ނާކާ… އެޕިސޯޑް 01 ބޭބެގެ ކުއްލި މަރާއެކު އާއިލާއަށް ލިބުނު ހިތްދަތި ކަމަށް މިއަދަކީ ތިންވަނަޔަށްވީ ދުވަހެވެ. މަންމަ އާއި ބައްޕަ އަދި ކޮށްކޮ އަށްވެސް ހިތްވަރު ދޭން މިއަދު ހުރި ހަމައެކަނި މީހަކީ ފަތީންއެވެ. ކިތަންމެ ހިތާމައެއް ކުރި ކަމުގައިވިއަސް ބޭބެއެއް ދެނެއް އަނބުރައެއް ނާންނާނެއެވެ. ފަތީން ދުވަސް ފެށީ އާ އަޒުމަކާއި އެކުގައެވެ. އާހިއްވަރަކާއި އެކުގައެވެ. މި ހިތްދަތިކަމުން އަރައިގަނެ އާދައިގެ ދިރިއުޅުމެއް އަލުންބަލުން ފަށައިގަތުމުގެ ނިޔަތުގައެވެ. ސުކޫލަށްދާން ތަށްޔާރުވެ ޔުނީފޯމު އަޅައިލައިގެން ނުކުތްއިރު […]
މެންދުރުގެ އެވަގުތުގައި އިކާންއާއި ސާއިލާތިބީ މެންދުރުގެ ކެއުން ކާށެވެ. ފިހުނު ގެރިމަހާއި ވަރަށް ސޯސީކޮށް ކުޅިކޮށް ސާއިލާ ހަދާފައިހުރި މަޝްރޫމް ސްޕެގެޓީ ކާންތިބިއިރު އެދެމެދުގައި ދެކެވެމުން ދިޔައީ މަޝްހޫރު ސީރީޒް ފްރެންޑްސްގެ ވާހަކައެވެ. ވަރަށް މަޖާކޮށް ވާހަކަ ދައްކަމުން ދައްކަމުންގޮސް ކައި ނިންމާލައިފައި ފެންތަށި ބޯލައިން ތެދުވިގޮތަށް ސާއިލާ އަނގައިގައި އަތް އަޅަމުން ވަރަށް ބާރަށް ދުއްވައިގަތީ ފާހަނައާއި ދިމާއަށެވެ. އިކާންވެސް ސާއިލާގެ ފަހަތުން ދުވެފައި ދިޔައިރު ސާއިލާއޮތީ ފާހަނަތަށި ކައިރިޔަށް ގުދުވެ ފާހަނަ ތަށިތެރެއަށް ހޮޑު […]
އެ މަންޒަރު ފެނުމުން އިޝާމްގެ މެއަށް ގޮތެއް ވެގެން ދިޔައެވެ. ނަޒްހާގެ ބަދަލުގައި ނައިހާގެ އަތުގައި ހިފައިގެން ހުންނަން އިޝާމް ބޭނުން ވިއެވެ. އެ ވޭނުގައި ނައިހާއަށް އެހީވެދީ އެންމެ ކައިރީގައި ހުންނަން ބޭނުން ވިއެވެ. ނައިހާއަށް ބަލަން ހުރެފައި އިޝާމްއަށް ކުރިއަށް ފިޔަވަޅެއް އަޅާލެވުނެވެ. “ނާޔާ، ދަރިފުޅު ނުސްރާއަށް ގުޅާލާފަ ބުނެދީބަލަ ދޮންތަ ގޮވައިގެން ހޮސްޕިޓަލަށް ދާ ވާހަކަ” ނަރީމާ އެ ވަގުތު ބުންޏެވެ. އިޝާމްއަށް ފަހަތަށް ޖެހިލެވުނެވެ. “މަންމާ، އަހަރެންވެސް ބޭނުން ދާން” ނައިހާއާ […]
“އޭނާ ދަންނަންތަ؟” ރިފާ ކުރި ސުވާލުގެ ސަބަބުން އަހަންނަށް ދެބުމަ ކައިރިކޮށްލެވުނެވެ. ރިފާގެ މޫނަށް ވެރިވި ކުލަވަރުންނާއި، އެ އަޑުގައިވާ ހާސްކަމުން، އެމީހާ އެއީ އާދައިގެ މީހެއް ނޫންކަން އަހަރެންގެ ސިކުނޑި ދެނެގަތެވެ. ރިފާގެ މޫނަށް ބަލަހައްޓައިގެން އަހަންނަށް ހުރެވުނީ ސުވާލު އުފެދިފައެވެ. ********************** “ޝަބާ؟… އޭނާ ދަންނަންހޭ؟…” ރިފާ ދެވަނަ ފަހަރަށްވެސް އޭނާގެ ސުވާލު ތަކުރާރުކޮށްލިއެވެ. އަހަރެން ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރާލީމެވެ. “ނޫން… ނުދަންނަން… ނޭންގެ އެއީ ކާކުކަމެއް…” އަހަރެން […]
އަޒްހަދުގެ ވާހަކަތަކަށް ރައްދެއްނުދީ އިންނަމަވެސް ނަފީސާގެ މޫނު މަތިން ހިތްހަމަނުޖެހުމުގެ ކުލަވަރުތައް ފާޅުވާން ހުއްޓެވެ. ދިމްނާ އަވަސް އަވަސްކޮށްލައިގެން ނުކުތީ އޭނާ އިނުމުން އެމައްސަލަ އިތުރަށް ހޫނުވެދާނެތީއެވެ. ހުކުރުން ފައިބައިގެން ކާރުގައި ގޭގެ ދޮރުމަތީގައި ވިޝާލް މަޑުކޮށްލައިގެން އިނީ އަންހެނުންނާއި ދަރިފުޅުގެ އިންތިޒާރުގައެވެ. ލަސްތަކެއްނުވެ އެދެމައިން ނިކުންތަން ފެނި ވިޝާލްގެ ތުންފަތަށް ހިނިތުންވުމެެއްވެރިވިއެވެ. ވިޝާލް ކާރުން ފޭބުމަށްފަހު އޭނަގެ ގާތުގައި އައިސް ހުއްޓިލި ރާޔާ އުރާލުމަށްފަހު ކާރުގެ ކުރީ ސީޓަށް އަރުވާ ސީޓް ބެލްޓް އަޅުވާލަދިނެވެ. ރިއާޝާ […]
އެރޭ ރާއްޖޭގެ ގަޑިން 11 ޖަހަން ގާތްވެފައިވަނިކޮށް މަސްޢޫދު އޭނަގެ ބައެއް އެކުވެރި ފަޅުވެރިންނާއެކީ މަހަށް ދިޔަ ދޯނި ފާލަމާއި ގާތްކުރަމުން ދިޔައެވެ. އެކަނި އުޅެން ފެށިފަހުން ކޮންމެ ދުވަހަކު އޮފީހުގެ ޑިއުޓީ ނިންމުމަށްފަހު އެ ވަގުތެއްގައި ދަތުރު ފަށާ މަސް ދޯންޏަކަށް އަރައި މަހަށް ދިޔުމަކީ އޭނަގެ އާދައެކެވެ. އެއީ އޭނަ އިތުރު ފައިސާ ހޯދުމަށްވުރެ ބޮޑަށް އެކަނިވެރިކަމުގެ އިޙްސާސުން ދުރުވުމަށް ކުރާ ކަމެކެވެ. މަލާކް ދޭތެރެދޭތެރެއިން އޭނައަށް ގުޅިއެއްކަމަކު އެހާ ގިނަ އަހަރުތަކެއް ވަންދެން […]
އިޝާމް ފެނުމުން ނައިހާގެ ފިޔަވަޅުތައް މަޑު ޖެހިލި ނަމަވެސް، ނޫރާ ނައިހާގެ އަތުގައި ހިފާލުމުން ނައިހާ ގޮސް ގޮނޑިއެއްގައި އިށީނެވެ. “އިޝާމް… ހިނގާ” ނާއިލް ގޮވާލުމުން އިޝާމް ސިހިފައި ބަލާލިއެވެ. އަދި އަވަހަށް ނާއިލްއާ އެކު ނިކުތެވެ. ކައި ނިމިގެން ނައިހާ މައްޗަށް ގޮސް އެއްޗެހި ބަދަލު ކޮށްގެން އެނދުގައި އޮށޯވެލިއެވެ. “ދޮންތާ، އެއްޗެއް އަހާލަންތަ؟” ނާޔާ އެނދުގައި އިށީނދެ ނައިހާގެ ދެ ފައިތިލަ މޮޑެދޭން ފެށިއެވެ. އަބަދު ރިއްސާފައި ހުންނަ ފައިތިލައަށް ލުއި ވާން ފެށުމުން […]
އަލައިކާއާ ޒެވިޔަންގެ ގުޅުމަށް އެއް މަސްވީ ދުވަހަކީ ފުޓުބޯޅަ ސީޒަން ފެށުނު ދުވަހެވެ. ކަން ދިމާ ކުރިގޮތުން ފުރަތަމަ މެޗު ކުޅެން ޖެހުނީ އަލްޔަސް ކުޅެން ޖެހުނީ އޭނާގެ ކުރީގެ ކުލަބާ ދެކޮޅަށެވެ. މެޗުގެ ޕްރީޝޯގައި އެނަލިސްޓުން އެވާހަކަ ނުހަނު ގަދަޔަށް ދެއްކިއެވެ. ކޯޗު އަކްމަލްގެ ދަށުން ކުޅޭ ޓީމުގެ ފުރަތަމަ އެގާރާގައި ޔޫސުފްއާއި އަލްޔަސް ހިމެނުމުންނެވެ. އިދިކޮޅަށް ކުޅޭ ޓީމުގައި ތިބި ކުޅުންތެރިންނަށް އަލްޔަސް ވަރަށް ރަނގަޅަށް އިނގޭނެ ކަމެވެ. މެޗު ފެށުނީންސުރެ ސަޕޯޓަރުންގެ އަޑު […]
ކާރު ގޮސް މަޑުކޮއްލީ ބޮޑުގޭޓެއްގެ ކުރިމައްޗަށެވެ.ގޭޓު ހުޅުވިގެން ދިއުމުން ޝަހުދާން ކާރު އެތެރެއައް ވައްދާލިއެވެ.އަދި ކާރުން ގޮސް ޕާކުކުރާ ތާާނގައި ކާރު ޕާކުކޮއްލުމަށް ފަހު ކާރުން ފޭބިއެވެ. އެވަގުތު ވާރޭ އެށްކޮށް ހުއްޓިފައި ވުމުން ޝަހުދާންގެ ފިރިހެންވަންތަ ހިނގުމުގައި ގޮސް އެ ބޮޑު ގަނަވަސް ދޮރުގެ ކުރިމަތީ ހުއްޓިފައި ގޭގެ ބެލްގައި މަޑުމަޑުން ފިއްތާލުމުން ކޮންމެވެސް އަންހެން މީހަކު އައިސް ގޭގެ ދޮރު ހުޅުވާލިއެވެ. އެއާއެކު އެތެރޭގަ ތިބި މީހުންގެ ނަޒަރުވެސް ޝަހުދާން އަށް ހުއްޓުނެވެ.އެތެރޭގަ ތިބި މީހުނަށް އަޅާލުމެއްނެތި ޝަހުދާން އެތެރެއަށް ވަދެގެންގޮސް ސިޑިން މައްޗަށް އަރައިގއން ގޮސް ކޮޓަރިއަށް ވަދެ ނިވާވިއެވެ. *********************************** ގޭގެ ބެލް ރިންގުވުމުން ގެނައި ކޮފީގެ ތަބަށް މޭޒުގައި ބެހެއްޓުމަށް ފަހު އުފާވެރި މޫނަކާ އެކީ ޥީނާ ދޮރު ހުޅުވަން ދިޔައީ އެއީ ކާކުކަން އެނގިހުރެއެވެ.އުއްމީދުކުރި މޫނު ފެނުނު ކަމުގަިވިޔަސް އެމޫނުން ފެނިގެންދިޔައީ މީގެ 2 އަހަރުކުރިން ފެނިގެންދިޔަ ހިތާމަ އެވެ.އެޔާއެކު ވީނާޔަށް ފަހަތަށް ބަލައިލެވުނީ ފިރިމީހާޔަށް އެކަން ފާހަނގަވިހޭ އަހާލާ ފަދަ ގޮތަކަށެވެ. އެވަގުތު އެއްޗެއް ނުބުނުމަށް ޝާމިން ވީނާޔަށް އަތުން މަނާ ކުރީ ހާލަތު އެނގިގެންނެވެ.ވީނާ އެނބުރި ކުރިމަށްޗަށް ބަލާލިއިރު ޝަހުދާން ވީނާޔަށް ބަލައިވެސް ނުލައި އެތަނުން ދިއުމުން ވީނާ މިލާމޯޅި ވެފައިވާ މޫނަކާ އެކީ ގޮސް އެތާ ކައިރި ހުރި ގޮނޑިއެއްގައި ގޮސް އިށީނެވެ. އޭރު އެތާ އިން ޝައުނާ މަންމަޔަށް ހިތްވަރު ދިނުމުގެ ގޮތުން ވާހަކަ ދައްކަން ފެއްޓިއެވެ. މަންމާ… ދެން ތިހާ ދެރަ ނުވެބަލަ. ކޮއްކޮ އަދި މަންމަޔާ ވާހަކަ ދައްކާނެޔޭ…. ނޫން ދަރިފުޅާ މަންމަޔަކަށް ހިޔެއް ނުވޭ ޝަހޫ މަންމަޔަކާ ވާހަކަ ދައްކާނެހެން … މިހާރު ޝިއު އަހަރުމެންނާ ވަކިވެ ދިޔަތާ މި ވަނީ 17 އަހަރު.އޭރު ޝައުނާގެ އުމުރުން ވާނީ 10 އަހަރު، އަދި ޝަހުދާން އަށް އެންމެ 7 އަހަރު…މިހުރިހާ އަހަރު ވެގެން ދިޔައިރު ވެސް ޝަހޫ އަހަންނާ އެންމެ ބަހެއް ވެސް ނުބުނޭ … ވާހަކަ ދެއްކީ ވެސް ހަމައެކަނި ޝަލީން އާ ޝަހޫ ރައްޓެހިވެގެން އުޅުނު އިރު ….. ނަމަވެސް ޝަލީން ޝަހޫ ދޫކޮއް ދިއުމުން އަނެއްކާވެސް ކުޑައިރު އުޅުނު ގޮތަށް ވުރެ މާ ނުބައިކޮށް.. މާ ހިތާމައިގަ މިހާރު ޝަހޫ އުޅެމުން އެ ދަނީ ..މަންމަ ހާދަ ދެރަވެޔޭ … ދޮންމްންމަޔަށް ވިޔަސް މަންމަ ޤަބޫލުކުރަނީ ތި ދެކުދިންނަކީ ވެސް މަންމަގެ ދެ ކުދިންގެ ގޮތުގަ… މަންމާ ޝައުއައް އެނގެޔޭ ހުރިހާ ކަމެއް…ޝައުއަށްވެސް މަންމަގެ ރަނގަޅު ކަން އެނގި މަންމަޔާއެކު އުޅެން […]