ހެއި ރީޑަރސް!…. މި ވާހަކައިގެ އުޅޭ އާނިޝާ އެންޑް އާނިޝް ގެ ނަން މާބޮޑަށް ގުޅޭތީވެ، އާނިޝާ ގެ ނަން ..*އަފްރީން*.. އަށް ބަދަލު ކޮށްލައިފީމެވެ.

”ޔާޝާ…. ދީބާ ނަންބަރު” އާނިޝާ ބުނެލިއެވެ. ޔާޝާ ނަމްބަރު ދިނުމުން އާނިޝާ އަށް މިސް ކޯލް އެއް ޖަހާލާފައި މިރޭ ކޮންމެސް ވަގުތެއްގެ ގުޅާނަން ކަމަށް ބުނެ، އަނުމް މެން ކައިރި އަށް ދިޔައެވެ.

***

ހެނދުނުގެ ވަގުތެވެ. ޔާޝާ އޮފީހައް ގޮސް ވަތްއިރު އޮފީހުގައި އުޅެނީ އައިޝަން އެކަންޏެވެ. ”މާ މައިރާ ދޯ މިއާދެވުނީ” އައިޝަން ފިޔަވައި އެހެން އެއްވެސް މީހެއް ފެންނަން ނެތުމުން ޔާޝާ އައިޝަން ކައިރީގައި އަހާލިއެވެ. ”ނޫން އަވަހެއް ނޫން” އައިޝަން ކުރު ގޮތަކަށް ޖަވާބު ދިނެވެ. އެއައްފަހު ޔާޝާ ގޮސް ޔާޝާގެ ކެބިން އަށް ވަނެވެ.

ކެބިން ތެރޭގައި އިން ޔާޝާ ކުރިމަތީގައި ހުރި ކޮމްޕިއުޓަރަށް ނަޒަރު ހުއްޓައިލައިގެން ފަރުވާތެރި ކަމާއެކީ، މަސައްކަތް ކުރަން އިންދަ ކުއްލިއަކަށް ފޯން ރިންގު ވާން ހެދީމަ ކޮމްޕިއުޓަރުން ނަޒަރު ވަކި ކޮށްލުމަށްފަހު ފޯނާ ދިމާލަށް ބަލާލިއެވެ. ގުޅަނީ އަފްރީން އެވެ.

”ހެލޯ ޔާޝާ… މިގުޅާލީ މިއަދު އަހަންނާއެކީ އާޓިފިޝަލް ބީޗް އަށް ދެވޭތޯ ބަލާލަން ވެގެން. ވަރަށް ބޮޑު ވާހަކަ އެއް ދައްކަން ވެފަ އޮތީމަ” އަފްރީން ޔާޝާ ފޯން ނެގި ތަނުން ބުނެލިއެވެ.

”މިރޭ ދެވިދާނެ… މިއަދު ހިޔެއް ނުވޭ ދެވޭނެ ހެނެއް” ޔާޝާ ކުޑަަކޮށް ވިސްނާލުމަށް ފަހު ޖަވާބު ދިނެވެ.

”އެކަމް ނާލް ނުލައި އާދެވޭތޯ ބަލައްޗޭ… އެއީ އަަހަރެންގެ ޕާސަނަލީ ވާހަކަ އެއް ވީމަ” އަފްރީން ބުނެލިއެވެ.

”ޔާހް އޯކޭ” ޔާޝާ މިހެން ބުނެލުމާއެކު، އަފްރީން އަދި ފަހުން ގުޅާނަން ކަމަށް ބުނެ ފޯނު ބޭއްވިއެވެ.

*****

އައިޝަން ކެބިން ތެރޭގައި އިނދެގެން ވިސްނަމުން ދަނީ ޔާޝާއާ ދޭތެރޭގައެވެ. މިހާރު އައިޝަން ގެ ކަމަކީ ހުސްވަގުތެއް ލިބިއްޖިއްޔާ އަބަދު ޔާޝާ އާ ދޭތެރޭ ވިސްނުމެވެ. އެދުވަހު އީމާ ފެނުމުން ޔާޝާ މޫނު މައްޗަށް އައި ކުލަވަރާއި، އެދެލޮލުން ފޭބި ކަރުނަ ފެނި އައިޝަން އަށް އަބަދު ވިސްނެނީއެވެ. ”އަހަރެންނަށް ކީއްވެތަ އަބަދު ޔާޝާ މަތިން މި ވިސްނެނީ؟” އައިޝަން އަތް ކުޑަ ކޮށް މުއްކަވާލާފައި، މޭޒު މަތީގައި ކުޑަ ބާރެއް ލައިފައި ޖަހާލަމުން އަމިއްލަ ހިތާ ސުވާލު ކުރިއެވެ.

”ސަރ… ސަރ މީޓިންގ ރޫމް އަށް ނުދުރުވެ އިނީމަ. ސަރ ކޮބާތޯ ބަލާލަން ވެގެން މިއައީ” އައިޝަންގެ ކެބިން ތެރެއަށް ވަދެގެން އައި އީމާ އައިޝަންގެ މޫނަށް ނަޒަރެއް ދެމުން ބުނެލިއެވެ.

”މިހާރު 10 ޖެހީތަ… އާނ މިދަނީ” އަތުގައި އަޅާފައި އޮތް ގަޑިއަށް ނަޒަރެއް ދެމުން އައިޝަން ބުނެލީ ގަޑި ދާގޮތް ނުވެސް އެނގިހުރެއެވެ. އެއޮށް ހުރިހާ އިރު އައިޝަން އަށް އެ އިނދެވުނީ މީޓިންގ މަތިން ވެސް ހަނދާން ނެތި، ޔާޝާގެ ވިސްނުމުގައެވެ.

***

ކައްކާ ނިންމާފައި، ފެންވަރާ ތާޒާ ވެލައިން ނުކުމެފައި ޔަނާލް އެނދުގައި އޮށޯވެލިއެވެ. ވެފަ ހުރި ވަރުބައްޔަކުން ކުޑަކޮށް ނިދި ވެސް އާދެއެވެ. މާ ގިނަ އިރުތަކެއް ނުވެ ޔާޝާ ގުޅިއެވެ.

”ކީކޭ ދޮންތާ” ފޯން ނެގި ގޮތައް ޔަނާލް އަހާލިއެވެ.

”ދޮންތަ އަށް ކަމެއް ކޮށްދެވިދާނެތޯ އަހާލަން ވެގެން.. އޫމް… ނާލް އަށް ދެވިދާނެތަ އަފްރީން މެން ގެއަށް؟ ގޮއްސަ އަފޫ ކައިރީ ބުނޭ މިއައީ ދޮންތަ ބުނެގެން އެއްޗެއް ބަލައޭ. އޭރުން ދޭނެ” ޔާޝާ ވަރަށް ހަމަޖެހިލައިގެން ވާހަކަ ދެއްކިއެވެ.

”ހޫމް މިދަނީ… އެކަމް ދޮންތަ ގެއަށް އަންނަނީ ކޮންއިރަކުން؟” ޔަނާލް އަހާލިއެވެ.

”ދޮންތަ އަށް ދެވޭނީ އަދި އެއްގަޑި އިރު ވަރަކަށް ފަހުން…. އޯކޭ ބޭއްވީ އިނގޭ. ނާލް ބަލައިން މަގުމަތީގައި އުޅެއްޗޭ… ބާއި” ޔާޝާ ފޯނު ބޭއްވިއެވެ.

ޔާޝާ އެދުމުން ޔަނާލް ނުކުތީ އަފްރީން މެން ގެއަށް ދާށެވެ. ޔަނާލް އެގެއަށް ގޮސް ވަތްއިރު، ސިޓިމްގ ރޫމް ގައި ފަހާފޮއްޓެއް ކައިރީ ފަހަން އިން އަނުމް ފިޔަވާ އެއްވެސް މީހަކު ފެންނާކައް ނެތެވެ.

”އައްސަލާމް އަލައިކުމް” ޔަނާލް ގެއަށް ވަދެ ފުރަތަމަ ގޮވީ ސަލާމެވެ.

”ވައަލައިކުމް ސަލާމް… ކޮންކުއްޖެއް؟” އަނުމް ސަލާން ބަލައި ގަތުމަށްފަހު ހިނިތުން ވެލަމުން އަހާލިއެވެ.

”ޔަނާލް… ދޮންތަ ބުނެގެން އަފްރީން ހޯދާލަން ވެގެން މިއައީ” ޔަނާލްގެ ނަން ބުނެލުމަށްފަހު އައީ ކީއްކުރަން ކަން ބުނެލިއެވެ.

”އެހެންތަ. ހާދަ ދުވަސް ކޮށްފަ އޭ ދޯ މިފެނުނީ. ޔަނާލް އަށް ދައްތަ ނޭނގުނަސް ދައްތަ އަށް އިނގޭ ޔަނާލް. ކުރީގަ ވެސް ޔާޝާ އަންނާނެ އަފްރީން ކައިރި އަށް ޔަނާލް ގޮވައިން. އޭރު ޔަނާލް ވަރަށް ކުޑަ ވެސް ވާނެ” އަނުމް ތުންފަތައް ފުޅާ ހިނިތުންވުމެއް ވެރި ކުރަމުން ބުނެލިއެވެ. އޭގެ ބަދަލުގައި ޔަނާލް ވެސް އަނުމް އަށް ހިނިތުންވުމެއް ރައްދު ކޮށްދިނެވެ.

”އަފޫ… ދަރިފުޅާ އާދެބަލަ” އަފްރީން ފެންނަން ނެތުމުން އަނުމް ގޮވާލީ ކުޑަކޮށް ބާރަށެވެ.

”މަންމާ.. ދެންމެ އެދިޔައީ ދޮންތަ ފިހާރައަކަށް” ކޮޓަރިން ނުކުތް އާނިޝް ބުނެލީ އެތާގައި ޔަނާލް އިންކަމެއް ނޭނގިއެވެ.

”އެހެންތަ… ޔަނާލް މިތާގައި އިށީންދޭ” ސިޓިންގ ރޫމްގައި ހުރި ސޯފާ އަށް އިޝާރާތް ކޮށްލަމުން އަނުމް ބުނެލިއެވެ.

”ނިޝް… މިހިރީ ޔަނާލް. ދޮންތަ ރައްޓެހި ޔާޝާގެ ކޮއްކޮ. ޔަނާލް…. މިހިރީ އަހަރެންގެ އެންމެ ކުޑަ ދަރި އާނިޝް” އަނުމް ކުޑަކޮށް ދެކުދިން ދެކުދިންނަށް ތައާރަފް ކޮއްދިނެވެ. މަދު ސިކުންތު ކޮޅެއް ތެރޭގައި ޔަނާލް އާއި އާނިޝް ސަލާން ކޮށްލިއެވެ. އަފްރީން އަކީ ޔާޝާގެ ރަހްމަތް ތެރި އެއް ވީމަ، ޔަނާލް ބެލީ އަފްރީން އަދި އާނިޝް އަކީ ވެސް ޔަނާލްގެ ދެ ރަހްމަތްތެރިން ކަމަށެވެ.

5 މިނަޓް ވަރަކަށް ފަހުން އަފްރީން އައިސް ވަނެވެ. ”ނާލް… ލަސްވިދޯ؟” ގެއަށް އައިސް ވަތް އަފްރީން ސޯފާގައި އިން ޔަނާލް ފެނިފަ ބުންޏެވެ. ޔަނާލް ނޫނެކޭ ބުނުމުގެ ގޮތުން ދެފަރާތައް ބޯ ހޫރު ވާލިއެވެ.

އަފްރީން ކޮޓަރިއަށް ވަދެ ނުކުމެލާފަ، އެތެރެ ނޭނގޭ ކޮތަޅެއް ޔަނާލް އަތައް ދިނެވެ. އަދި ގެންގޮސް ޔާޝާ އަތައް ދޭށޭ ބުންޏެވެ. ޔަނާލް އަށް ވީ އެއްޗެއް ވެސް އޮންނާނޭ ބުނުމުން ޔާޝާ އަފްރީން އަށް ހިނިތުންވުމެއް ރައްދު ކޮށްލާފައި، ދަނީ ކަމަށް ބުނެ، ގެއަށް މިސްރާބު ޖެހިއެވެ.

***

މެންދުރުގެ އަވިބާރު ދިލަ ހޫނުގެ ވަގުތެވެ. ޔާޝާ އޮފީސް ނިންމާލާފައި ގެއަށް ދާން ނިކުތް އިރު އޮފީސް ބޭރުގައި، މަގުގެ ދެފަރާތައް ބަލަބަލަ އީމާ ހުއްޓެވެ.

”ޔާޝާ… އާދެބަލަ އިހައް މިތާގައި މަޑު ކޮށްލަން” ޔާޝާ ގެއަށް ދާން ނުކުތުމުން އީމާ ބުނެލިއެވެ. އީމާ ގޮވުމުން ޔާޝާ އަށް ދެކޮޅު ހަދަން ނުކެރިގެން އީމާ ގާތައް ޔާޝާ ދިޔައެވެ.

”ޔާޝާ އެކަނިތަ ގެއަށް ދަނީ؟ އައި މީން ބޯއިފުރެންޑް ބަލައެއް ނާދޭހޭ؟” އީމާ ބަލައި ކޮންމެ ދުވަހަކު ނާއިޝް އަންނާތީ، އެކަމް ޔާޝާ އަބަދުވެސް ހިނގާފަ އެކަނި ދާތަން ފެންނާތީވެ އީމާ އަހާލިއެވެ.

”އެހެހެ… ނޫން އަހަރެންގެ ހުންނަނީ މިތާ ވަރަށް ކައިރީގަ އެހެންވެ އެކަނި ދަނީ” ޔާޝާ އީމާ އެހެން އެހުމުން ދެރަވި ނަމަވެސް ޔާޝާގެ މޫނު މަތިން އެކަން ނުދައްކާ ވޭތޯ ބަލަން ވެގެން ގަދަކަމުން ހީލަމުން ބުނެލިއެވެ.

އީމާ ބަލައި ނާއިޝް އަންނާނެ ކަން ޔާޝާ އަށް އެނގެއެވެ. އެހެންވެ ޔާޝާ ބެލީ ނާއިޝް އަންނަން ވާއިރަށް އެތަނުން ދެވޭތޯ އެވެ. ނަމަވެސް އެކަން މިފަހަރަކު ޔާޝާ އަކަށް ކާމިޔާބެއް ނުވިއެވެ. ނާއިޝް އައިސް ސައިކަލު މަޑުކޮށްލިއެވެ.

”ޔާޝާ މިހިރީ އަހަރެންގެ ބީ އެފް ނާއިޝް. ނާއިޝް، މިހިރީ މި އޮފީހުގައި އުޅޭ ކުއްޖެއް ޔާޝާ” އެވަގުތު ސަލާން ކޮށްލުމުގެ ގޮތުން ނާއިޝް ޔާޝާ އަށް އަތް ދިމާ ކޮށްލިއެވެ. އަދި ނާއިޝް ހުރީ، އެސްފިޔަ ވެސް ޖަހާނުލާ ޔާޝާ އާ ދިމާލައް ބަލާށެވެ. ނަމަވެސް ޔާޝާ ސަލާން ވެސް ނުކޮށް އިސްޖަހައިގެން ގެއާ ދިމާލައް ދިޔައެވެ.

”ޔާޝާ………..  ޔާޝާ ދާތަން ބަލަން ހުރެފަ އީމާ ގޮވާލީ ތަންކޮޅެއް ބާރަށެވެ. ”ތަންކޮޅެއް މޫޑް ގޯސްވެފަ ހުރީމަ ތޯޗެ އެދިޔައީ.. ހިނގާ ނާއި ގެއަށް ދާން” ޔާޝާ ބަލާނުލާ ދިޔައީމަ އީމާ ނިންމީ މިއަދު ޔާޝާގެ މޫޑް ނެތީމަ ވީ ކަމަކަށެވެ. އަދި ނާއިޝް ކައިރިއަށް ގެއަށް ދާން ހިނގާށޭ ބުނެ، ސައިކަލު ފަހަތައް އެރިއެވެ.

***

ރޭގަނޑުގެ ވަގުތެވެ. ޔާޝާ އާއި އަފްރީން ތިބީ އާޓިފިޝަލް ބީޗް ގައި ހުންނަ ޖޯލި ފަތީގައި އިށީންދެގެންނެވެ. އަފްރީންގެ މާޒީގަ މާ ބޮޑު އެއްޗެއް ނެތުމުން ވަރަށް އަވަހައް އަފްރީންގެ ވާހަކަ ނިމުނެވެ. ދެންފެށީ ޔާޝާގެ ވާހަކައެވެ.

”އަހަރެން އަފޫ ރާއްޖޭން ބޭރަށް ދިޔަތާ ކައިރީގަ ނާއިޝް ކިޔާ ޒުވާނަކާ ގުޅުނިން. ދެމީހުންވެސް އުޅެމުން އައި އެކަކު އަނެކަކަށް އަޅާލާ ވަރަށް ލޯބިން. އަނެއްކާ އެތަކެއް ވައުދު ތަކަކާ ހުވާ ވެސް ކުރި ނާއިޝް އަހަންނާއެކީ ލޯބިން އަބަދުވެސް އުޅޭނަމޭ ކިޔާފަ. ފަސް ވަރަކަށް މަސްވީއިރު ދެމީހުންގެ ލޯތްބައް އެއްވެސް ހީނަރު ކަމެއް ނާދޭ. ދެން ހަވަނަ މަސް ފުރުން އިރު، ނާއިޝް އެކި އެކި ގޮތްގޮތުން ބަދަލު ވެއްޖެ ކަން އަހަންނަށް ފާހަކަ ކުރެވުން. އެއްވެސް ވަރަކަށް ލޯތްބެއް އަޅާލުމެއް އަހަންނަކަށް ނުދޭ. އޭނަ ބޭނުންވީ އަހަރެންގެ ފަރާތުން ކައިވެނީގެ ފަހުން ހޯދަން ޖެހޭ ކަހަލަ އުފާ ކައިވެނީގެ ކުރިން އަހަރެންގެ ހަށިގަނޑުން ހޯދަން، އެކަމަކު އެކަމަށް އަހަރެން އިންކާރު ކުރިން. ދެން ނާއިޝް އުފާ ހޯދަން ގެންގުޅެން ފެށި އެއްފަހަރާ ތިން ހަތަރު އަންހެން ކުދިން. އަހަރެން އެހެން ނޫޅޭށޭ ބުނީމަވެސް އޭނަ އަހަންނަށް ދެނީ ބީރު ކަންފަތެއް، ބައެއްފަހަފު ބުނޭ އަހަރެންނަކާ ބެހޭ ކަމެއް ނޫނޭ. އަހަރެން އޭނައަށް 3 ފުރުސަތު ދިނިން. އެކަމް އެތިން ފުރުސަތު ވެސް އޭނަ ބޭނުމެއް ނުހިފި. ދެން އަހަރެންނަށް ކެއްނުކުރެވިގެން އޭނައާ ވަކިވީ. ވަރަށް ފަހުން މެސެޖް އެއްވެސް ކޮށްފަ އިން ސޮރީ އޭ ކިޔާފަ. އެކަމް އަހަރެން އެއަށް ރިޕްލައި އެއް ނުކުރަން. މިއަދު އަނެއްކަ އޭނަ އަހަންނަށް ފެނުން އޮފީސް ކައިރިން. މިހާރު ނާއިޝް ރައްޓެހި ވެގެން އުޅެނީ އަހަރެން އޮފީހުގަ އުޅޭ އީމާއާ”

ހުރިހާ ވާހަކަ އެއް ކިޔައިދީ ނިމުން އިރު ޔާޝާގެ ލޮލުން ހޯސްލައިފަ ކަރުނަ އާދެއެވެ. މިތަން ބަލަން އިން އަފްރީން ޔާޝާ އަށް ހިތްވަރު ދެވޭތޯ ބެލިއެވެ.

 

-*.ނުނިމޭ.*-

100

21 Comments

  1. Meekkomee

    November 16, 2019 at 7:12 am

    Woww😍varah reethi ingyy mi part ves ❤️❤️❤️❤️😘😘😘😘 curiously waiting for the next part 😉😊😊😊😊😊 LYSM 😘😘😘😘❤️❤️❤️❤️varah miss ingyy maii mathin😘😘😘😘😘😘😍😍😍😍😍❤️❤️❤️❤️❤️

    • Maisha maii

      November 16, 2019 at 8:42 am

      Awwwn thank you so much meekko💙❤.. Mai vx varah miss vey meekko mathin☺💛💙💜… Lym❤❤❤❤❤❤… And keep waiting💜💙💜

  2. Yanaa

    November 16, 2019 at 7:34 am

    Varah❤❤❤ varah ❤❤❤varah varah❤❤❤ reethi ❤❤❤maa sha Allah❤❤❤💯💯💯💯💯💯 curiously❤❤❤waiting❤❤❤for❤❤❤the❤❤Next❤❤❤part❤❤❤Lysm mai sis

    • Maisha maii

      November 16, 2019 at 8:45 am

      Awwwn💛💛💛… Thankyou so much yanaa❤❤❤… Haadha colorful comment ekey dhw😍😍😍… Keep waiting💚💚.. Lym yanaa💙💚❤

  3. Maisha maii

    November 16, 2019 at 8:53 am

    Hey guys😊… Miothy thedhuveri loabeege part 4 vx up kolla dheefa❤… Ummeedhu kuran hurihaa kudhinnah vx kamudhaane kamah… Kiyaalaafa comment eh kohlahchey… And mistake eh inas bunela dheythi… Next part insha Allah Tuesday ga… Love you all. Take care❤💛

  4. Shaakko

    November 16, 2019 at 9:21 am

    Vvvv🖤💙❣💜❤ reethi..🖤💙❣💜❤hama❤💜❣💙🖤 habeys❤💜❣💙🖤.when❤💜❣💙🖤 nexttt?,❤💜❣💙 maiii❤💜❣💙🖤 kyhve ❤💜❣💙ol ❤💜❣💙🖤nuvy.❤💜❣💙🖤..and ❤💜❣💙🖤mihaaru❤💜❣💙🖤 shaa❤💜❣💙🖤 use❤💜❣💙🖤 nukuran ❤💜💙🖤❣hangouts.💜❣💙

    • Maisha maii

      November 16, 2019 at 10:38 am

      Thank you so much the colourful comment❤❤❤❤❤… Mai edhuvahu on vee mom phn in kuda irkolhakun😊… Shaa vx use nukuran dhw mihaaru… Next part Tuesday ga… Keep waiting💛💚… Thanks again
      ❤💙

    • Anonymous

      November 17, 2019 at 6:48 am

      Meehun comments kuraa gothah comments kuran vx dhas kury tha..Meehun russan tha yanaa aa shaakko??

    • Yanaa

      November 17, 2019 at 6:56 am

      Sorry Anonymous.Alhugandu kaaku kuraa gothah comment kuree.Alhugandakah nufeney Alhugandu kuraa gothah comment kuraa ehen meehei.nd Alhugandu noolhen meehaku ruhssaa kah.

    • ?????¿¿¿😠😠

      November 17, 2019 at 6:59 am

      Hey Anonymous 😠😠😠 Yanaa aa behen thy kaaku tha..Meehun kuraahaa kanthakaah nubehi madun hurey ingey.😠😠😠😠😠😠

    • Anonymous

      November 17, 2019 at 11:30 am

      Haha kykuraani.beynun kameh kuraani adhi beynun ehcheh kiyaani.😛Jiji Yanaa zaaee meekkomee shaakko kaira eii meehun ah dhehken ulhey baeh hiy rusan.Mi site ge halaaku 😀😀

    • Amko

      November 17, 2019 at 11:37 am

      anonymous moya nugovaa hure..😠😠😠😠😠😠😠😠Thidhn rangalhu meehaa tha hurihaa vaahaka ah negative comments kuran

    • Samkko

      November 17, 2019 at 12:43 pm

      Jiji aa Yanaa aa kaira aa nubehi hure ingey Anonymous..Yanaa nukurey ehen meeheh kuraa gothakah com eh ehen meehun kuran yaamun kurani..Yanaa eh noon.Dhn vx Yanaa aa nubehey thi ingey.. (mi site ge dhiru maky YANAA JIJI KAIRA SHAAKKO ZAAEE MEEKKOMEE♡♡)😀😀

    • Naaish

      November 17, 2019 at 12:47 pm

      Hey Anonymous.Yanaa nukurey ehen meehun comment kuraa gothakah..Nd Yanaa aa dhimaalah dhen thikahala ehchei nubunaathi ingey.Hageegei balaafa kiyaani

    • Anonymous

      November 17, 2019 at 1:00 pm

      Thi Ammen ah ky..eii mi site ge hithi thakeh.Bodu thuraa eh.Huriha liyaa kudhin hiy athulan ulhey hithi thakeh.liyaa kudhin vaahaka liyan igeynama rangalhe adhi liyaa vaahaka dhekolheh nujehey

    • ???

      November 17, 2019 at 1:06 pm

      Seriously.vaahaka liyan igey meehaa liyan veenu dhn.Yanaa aa jiji aa dhimaalah ehchehi nukiyaathi…OKAY

  5. Kuthoo

    November 16, 2019 at 8:42 pm

    Mi part ves varah reethi. Waiting for the next episode. Good luck. 🙂🙂🙂🙂🙂🙂🙂🙂👍👍👍🙃

    • Maisha maii

      November 17, 2019 at 5:07 pm

      Thankssss dear☺😐😑… Keep waiting🌸🌸🌸

  6. Maisha maii

    November 17, 2019 at 7:58 pm

    Guys!!!… Mihaaru part 5 submit kohlaifin☺

  7. §HåĂĶĶÓ

    November 17, 2019 at 8:54 pm

    Mai ekka id innaane add kollaafa grp akah ok tha..??

    • Maisha maii

      November 17, 2019 at 9:13 pm

      Ok ekam mai mihaaru nuvannan hangout akah..

Comments are closed.