ރާސްތާ2 ފަނަރަވަނަބައި
މެޗު ނިމުމާއެކު ނޫސްވެރިންގެ ކެމެރާތަކުގެ އަމާޒަކަށް އަލްޔަސްއާ ޔޫސުފް ވިއެވެ. ރާއްޖެއިން ޖެހި ތިން ލަނޑަކީވެސް އެދެކުދިންގެ ބައިވެރިވުމުން ޖެހި ތިން ލަނޑެވެ.
***
ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބު ދިނުން މާ އުނދަގޫ ކަމަކަށް އަލްޔަސްއަށާ ޔޫސުފްއަކަށް ނުވިއެވެ. ދެކުޅުންތެރިންވެސް ސަޕޯޓަރުންނަށާއި ކޯޗަށް ޝުކުރު އަދާކުރިއެވެ. ދެކުޅުންތެރިންނަށް އިތުބާރުކޮށްފައި މެޗަށް އެރުވުމުންނެވެ. ޔޫސުފް އޭނާގެ ބައްޕައަށާ އާއީލާއަށް ޚާއްސަކޮށް ޝުކުރު އަދާކުރިއެވެ. އަލްޔަސްވެސް އަކްމަލްއަށް ޚާއްސަ ޝުކުރެއް އަދާކުރިއެވެ. އިންޓަވިއު ނިންމާލާފައި ދެކުޅުންތެރިން ޓީމުގެ އެހެން ކުޅުންތެރިންނާ އެއްކޮށް ސަޕޯޓަރުންނާ ސަލާން ކުރަން ދިޔައެވެ. އެ ވަގުތުކޮޅުވެސް ސަޕޯޓަރުންގެ ފަރާތުން ހިތްވަރުގެ ބަސްތައް ލިބެމުން ދިޔައެވެ. ގިނަ ބަޔަކު އަލްޔަސްއާ ޔޫސުފްއާ އެކީ ސެލްފީ ވެސް ނެގިއެވެ.
އުއްމީދުވެސް ނުކޮށް ހުއްޓާ މަންމަ ފެނުމުން އަލްޔަސްގެ ދެލޯ ފެންކަޅިވިއެވެ.މެޗު ބަލަން މަންމަ ދަނޑަށް އަތުވެދާނެކަމަކަށް އަލްޔަސް ހިއެއް ނުކުރެއެވެ. މީހުންގެ ގަނޑު ތެރެއިން ލާފައި އަލްޔަސް ގޮސް ޝިއުރާ ކުރިމަތީ ހުއްޓިލިއެވެ. ޝިއުރާގެ ލޮލުގައި ކަރުނަ ވިދަމުން ދިޔައެވެ. ލޯބިވާ ދަރިފުޅާ މެދު އޭނާ ވަނީ ފަޚުރުވެރިވެފައެވެ. މުޅި ޤައުމު މާޔޫސްވެފައި އޮއްވައި އެދަރިފުޅު އެވަނީ ޤައުމު ހެއްވާލަދީފައެވެ. މުޅި ދަނޑުގައިވެސް އެއް އަޑަކުން އެ ދަރިފުޅުގެ ނަން ކިޔަމުން އެބަދެއެވެ. މީޑިއާ ތަކުގެ ފަލަ ސުރުޚީތަކުގައި ބަތަލެއްގެ ގޮތުގައި އެދަރިފުޅުގެ ނަން އެވަނީ ފަވާލާފައެވެ. އެތައް ބައެއްގެ ދުލުން އެ ދަރިފުޅަށް އެދަނީ ތައުރީފުގެ ބަސްތައް އޮހެމުންނެވެ.
ކުޑަކުއްޖެއް ފަދައިން މަންމަގެ ދެއަތުގެ ހިމާޔަށް ލިބުމުން އަލްޔަސްއަށް ރޮވުނެވެ. ލޮލުން ހޯސްލާފައި ކަރުނަ ފައިބަމުން ދިޔައިރު ގިސްވެސް ލެވެމުން ދިޔައެވެ. ދަނޑުގައި ތިބި ސަޕޯޓަރުންނާއި މީޑިއާގެ ސަމާލުކަން ވެސް ވަނީ އެދެމައިންނަށް ހުއްޓިފައެވެ. ބައެއް ސަޕޯޓަރުންގެ ލޯތަކުންވެސް ކަރުނަ އޮހެމުން ދިޔައެވެ.
އަލްޔަސްގެ ވޭނީ ރުއިން ފެނި އަލައިކާގެ ހިތަށް ތަދުވަމުން ދިޔައެވެ. ހިތުގައި އަޅަމުން ދިޔަ ވޭން ބުނެދޭންވެސް އޭނާއަށް ނޭންގެއެވެ. މެއަށް ބާރު ކުރަން ފެށުމުން މޭމަތީގައި އަތް އަޅާލެވުނެވެ. މީގެ ކުރިންވެސް ކުޅުންތެރިން ރޯތަން އޭނާއަށް ވަނީ ފެނިފައެވެ. އެހެނަސް އޭހާ ހިތްދައްޗެއް ނުވެއެވެ.
އަލްޔަސް ރޯތަން ފެނުމުން އަކްމަލްގެ ހަނދާނަށް އައީ އެންމެ ފުރަަތަމަ ސާފް ޗެމްޕިއަންޝިޕް ތަށި ނެގި ދުވަހު މެޗު ނިންމާފައި މަންމަ ގާތަށް ގޮސް ރުއި ހަނދާނެވެ. މަންމަ ފެނުމާއެކު އައިނައި ތަނެއް ނޭންގި ކަރުނަތައް އޮހެން ފެށި ގޮތެވެ. މަންމަ ގައިގައި ބައްދާލައިގެން ހިތްފުރެން ދެން ރޯން ބޭނުންވި ގޮތެވެ. އެދުވަހު ކުރެވުނު އިހްސާސްތަކަކީ ދުވަހަކުވެސް ދުލުން ބަޔާން ކޮށްދެވޭނެ ފަދަ އިހްސާސްތަކެއް ނޫނެވެ. އެއަށްވުރެ ފުން އިހްސާސްތަކެކެވެ. އެދުވަހުގެ ހަނދާންތައް އާވުމާއެކު އަލްޔަސްއަށް ހިނިތުންވެވުނެވެ. އަލްޔަސް އެގޮތަށް އެ ރޮނީ ކީއްވެކަން އަކްމަލްއަށް އިހްސާސް ކުރެވެއެވެ.
“ދަރިފުޅާ ދެން ހުއްޓާލާ އެންމެން އެއޮށް ބަލަނީ!” އަލްޔަސްގެ ބުރަކަށީގައި ފިރުމާލަމުން މަޑު މަޑުން ޝިއުރާ ބުންޏެވެ. އަލްޔަސް ދެލޯ ފުހެލުމަށްފަހު އޭނާގެ މޫނު ނެގިއެވެ. ރުއިމުގެ ސަބަބުން މުޅި މޫނާ ލޯ ވަނީ ރަތްވެފައެވެ. އަލްޔަސް ހީލާފައި ސަޕޯޓަރުންނަށް ބަލާލިއެވެ. އޭނާގެ މޫނު މަތީގައިވީ ހިތްތައް ކަތިލާލާ ފަދަ ހިނިތިންވުމެކެވެ. “ހިއެއް ނުކުރަން މަންމަ އަންނާނެ ކަމަކަށް” މީހާ ހަމައަކަށް އަޅުވާލުމަށްފަހު އަލްޔަސް އެހިއެވެ. “މަންމަގެ އަލްޔަސް ޤައުމީ ޓީމަށް ކުޅެދޭ ފުރަތަމަ މެޗު ބަލަން ނައިސް މަންމަ ހުންނާނެތަ؟ ދަރިފުޅު ބެންޗުގަ އިނުންވެސް އެއީ މަންމައަށް ލިބޭ ފަޚުރެއް. މިއަދު މަންމަ ވަރަށް ވަރަށް އުފާވެއްޖެ” މަންމަގެ ތައުރީފުގެ ބަސްތަކުން އަލްޔަސްގެ ހިތަށް ފުން އަސަރެއް ކުރުވިއެވެ. އަނެއްކާވެސް އޭނާގެ ދެލޮލުގައި ކަރުނަ ވިދަން ފެށިއެވެ. “އައި ލަވް ޔޫ ސޯ މަޗް މަމް”
އެނދުމަތީގައި އިން ތާނިޔާގެ ދެލޯ ވަނީ ކަރުނައިން ފުރިފައެވެ. ލޯ ކައިރީ އަޅައިފައި ހުރި އަނދުންވެސް ވަނީ އެކީހެން ފެވިފައެވެ. އަތުގައި އަޮތް ފޯނު އަތުގެ ކޮޅަށް ނަގާ ހޫރާލުމާއެކު ފާރުގައި ޖެހިފައި ފުނޑުފުނޑު ވެގެން ވެރުނެވެ. އޭނާގެ މެނޭޖަރުގެ ބަހަށް އަލްޔަސްއާ ވަކިވެވުނީތީވެ އެކަމުގެ މޮޔަ ތާނިޔާއަށް ހީވާމުން ދިޔައެވެ. މިއަދު މުޅި މީޑިއާ ތަކުގައިވެސް އޮތީ އަލްޔަސްގެ ވާހަކައެވެ. ފޭސްބުކްގައި ބައެއް ޒުވާނުން ތާނިޔާއާ މެދު ނުރުހިފައި ޕޯސްޓްތައް ކޮށްފައި ހުއްޓެވެ. އޭނާ އަލްޔަސްއާ ލޯބީގެ ގޮތުން ގުޅިގެން އުޅުނީ މީޑިއާގެ ސަމާލުކަން އަތުލަން ކަމަށް ބުނެ އޭނާއަށް ފާޑުކިޔާފައިވެސް ހުއްޓެވެ. އެހުރިހާ ކަމެއް ބަރުދާސްތު ކުރުން އުނދަގޫ ކަމަކަށް ތާނިޔާއަށް ވިއެވެ. މެނޭޖަރުގެ ބަސްތަކަށް ނުހެއްލި އަލްޔަސްއާ ވަކި ނުވެވުނު ނަމައޭ ހިތަށް އަރަމުން ދިޔައެވެ.
އައިރާގެ އެދުމަށް ދަނޑަށް އައި ޝާރިމްއަށް ނަވާރް ފެނި އެހެން ދިމާއަކަށް ބަލަންވެސް ނޭންގުނެވެ. ނަވާރްގެ މޫނު މަތިން އޭނާއަށް ސިފަވަމުން ދިޔައީ އެމީހެއް ދެކެ އިންތިހާއަށް އޭނާ ނަފްރަތްކުރާ މީހެއްގެ ސިފައެވެ. އެމީހެއްގެ ސަބަބުން އޭނާގެ އާއިލާއަށް އެތައް ދެރައެއް ލިބުނު މީހާގެ ސިފައެވެ. ޝާރިމްގެ ލޮލުން އަލިފާން ކަނި ބުރަމުން ދިޔައެވެ. ދެންމެ ދެންމެ ގޮސް ނަވާރް ބޮލަށް އަރައިގަނެފާނެހެންވެސް ހީވެއެވެ. ރުޅިގަދަ ވެގެން ގޮސް އަތުން ފައިން ގޯހެއް ނެހެދެނީސް ޝާރިމް ދަނޑުން ނުކުތެވެ.
ދަނޑުގައި ތިބެފައި ގެއަށް ދެވުނު އިރު ބާރަވެސް ޖަހާފިއެވެ. ނަވާރް އަންނަން ދެކަށް ނުނިދާ ދީނާ އިނެވެ. ނަވާރް ގެއަށް އައިސް ނިދަން ތައްޔާރުވެގެން އައުމާއެކު ދީނާގެ ދިމާ ކުރުންތައް ފެށުނެވެ. “މިރޭ ޔޫސުފްއަށް ސްކޯ ކުރެވުނީވެސް އަސްލު ނަވާ ފެނިގެން” ނަވާރް އެނދުމަތީގައި އޮތް ބާލިސް ނަގާ ދިނާ ގައިގައި ޖެހިއެވެ. ބާރަކަށް ހީގަނެފައި ދީނާ ނަވާރްގެ ހަމަލާތަކުން ރެކެމުން ދިޔައެވެ.
ކުޅުންތެރިން އެނބުރި ރިސޯޓަށް ގޮއްސައި ޔޫސުފްއާ އަލްޔަސްއަށް އެމީހުންގެ ފަރާތުން ހަދިޔާ ދިނެވެ. ބޮޑު ކޭކެއް ގެނަސް ދެމީހުން ގަޔަށް ޖެހިއެވެ. މުޅި ޓީމު އެކީ އުފާފާޅުކުރަން ތިބެފައި ނިދަން ދިޔައީ އެކެއްވެސް ޖަހާ ބޮޑުވިފަހުންނެވެ.
ފެންވަރައިގެން ނުކުމެ ހަމައެކަނި ސޯޓެއްގައި އަލްޔަސް ހުރި އިރު އަންހެން ކުއްޖަކަށް ފެނުނު ނަމަ އެކުއްޖަކު މޮޔަވީސް ކަން ޔަގީނެވެ. ނިދަން އޮށޯވެފައި އިންސްޓްގްރާމަަށް ވަން އިރު އޭނާއާ ޔޫސުފް ޓެގްކޮށްފައި އަލައިކާ ޕޯސްޓެއްކޮށްފައި އިނެވެ. ފަހަތުން އަރައި ތިން ލަނޑު ޖަހައިގެން ޓީމު މޮޅުކޮށްދިނީތީ ޝުކުރު އަދާކޮށްފައެވެ. އަލްޔަސް ވަގުތުން އެ ޕޯސްޓަށް ކޮމެންޓެއް ކުރިއެވެ. “ބުރޯ އަދި ނުނިދަން ދޯ!” ފޯނި ހިފައިހެން ބެލްކަނީގައި ހުރި ޔޫސުފް އެތެރެއަށް ވަންނަމުން އަހާލިއެވެ. އަލްޔަސް އެނދުގައި އިށީންދެލަމުން ބޯ ޖަހާލިއެވެ. “ޔޫސުފް. ތެންކް ޔޫ!” އަލްޔަސް ފުން ނޭވައެއް ދޫކޮށްލަމުން ޝުކުރު އަދާކުރިއެވެ. ޔޫސުފް ދެކޮނޑު މައްޗަށް ހިއްލާލަމުން ނިއް އަރުވާލީ އަލްޔަސް ޝުކުރު އަދާކުރީ ކޮންކަމަކަށް ކަން ނޭންގުމުންނެވެ. “އެސިސްޓް ތަކަށް. ޔޫސުފްއަށް ލަނޑު ޖެހެން އޮއްވަވެސް މަށަށް ޓްރަސްޓްކޮށްފަ ބޯޅާ ޕާސްކޮށްދިނީމަ. ތެންކް ޔޫ!” އަލްޔަސް ހިތުގެ އަޑިން ޔޫސުފްއަށް ޝުކުރު އަދާކުރިއެވެ. ހަގީގަތަކީ އޭނާއެށް ދެލަނޑުވެސް ޖެހުނީ ޔޫސުފްގެ އެހީތެރިކަމާއެކުގައި ކަމެވެ. އެއް އިރެއްގައި އޭނާ ޔޫސުފްއާ މެދު ނުތަނަވަސްކަން ހުރި ނަމަވެސް ޔޫސުފްއާ އެކު ކުޅެވުމުން ޔޫސުފްގެ ހިތްހެޔޮކަން އޭނާއަށް އެނގިއްޖެއެވެ.
ހަގީގަތް ނޭންގި ހުރެ ޔޫސުފް އަދި އާރާޝްއާ މެދު ވެސް ގޯސްކޮށް ވިސްނުނީތީ އަލްޔަސް ދެރަވިއެވެ. “ހެހެހެ. ޓީމެއްގަ އުޅޭއިރު އެކަކު އަނެކަކަށް ކުރާ އިތުބާރު އެއީ އެންމެ މުހިންމު އެތި. މެޗަކުން މޮޅުވާން ބޭނުންނަމަ އަމިއްލަ ނަފްސަަށް ކުރާ އިތުބާރާ އެއް ވަރަށް ޓީމުގެ އަނެއް ކުޅުންތެރިޔާއަށްވެސް އިތުބާރު ކުރަން ޖެހޭނެ. އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކަށް އެހީތެރިވެދޭންވެސް ޖެހޭނެ. އަނެއް ކުޅުންތެރިޔާގެ ކޮންފިޑެންސް ބިލްޑް ކުރަން އެހީތެރިވެދޭން ޖެހޭނެ. ޔޫ ޓޫ ގޭވް މީ އޭން އެސިސްޓް. ހަމަ އަލްޔަސްވެސް މަށަށް އިތުބާރުކޮށްފަ އެބޯޅަ މަށަށް ދިނީ. އެހެންވީމަ މަވެސް އަލްޔަސްއަށް އިތުބާރުކުރީ. އައި ސޯ ޔޫއާރ ހަނގާރ ފޯރ އަ ގޯލް. ބައްޕަ އަހަންނަށް އަބަދުވެސް ކިޔައިދޭ އަނެއް ކުޅުންތެރިޔާއަށް އިތުބާރު ކުރުމުގެ މުހިންމުކަން. ކާމިޔާބީ ހޯދަން ބޭނުންވެއްޖެނަމަ ކުރަން ޖެހޭ އެންމެ މުހިންްމުކަމާކީ ޓީމެއް ގޮތުގަ މަސައްކަތް ކުރުން. އަމިއްލަ ރިކޯރޑްތައް ހަދަން އުޅެގެން ޓީމާށާ އަދި ކުޅުންތެރިޔާއަށްވެސް ވާނީ ގެއްލުން. އަބަދުވެސް އެންމެ ފުރަތަމަ އިސްކަން ދޭން ޖެހޭނީ ލައިގެން ހުންނަ ޖާޒީގައި ހުންނަ ބެޖްގެ ނަން ކުރިއެރުވޭތޯ! އެ ބެޖްގެ ނަން ވިދުވޭތޯ މަސައްކަތް ކުރަން ޖެހޭނީ. އޭރަށް އިރާދަކުރެއްވިއްޔާ ކާމިޔާބު ވާނެ” އާރާޝް އޭނާއަށް ދަސްކޮށްދިން ކަންތައް އަބަދުވެސް ހަނދާނުގައި ޔޫސުފް ބަހައްޓައެވެ. އަމިއްލަ ނަން ކުރިއެރުވުމުވެ ބަދަލުގައި ޓީމުގެ ކުރިއެރުން އިސްކުރުމެވެ. އަލްޔަސްއަށް ލަނޑުޖަހަން އެހީތެރިވެދޭން ޔޫސުފްއަށް ފަސޭހަވީވެސް އެ އަޒުމުގައި ހުރީމައެވެ. އޭގެ އިތުރަށް މާޔޫސްވެފައި ހުރި އަލްޔަސްއަށް އަލުން އިތުބާރު ހޯދަދޭންވެސް އޭނާ ބޭނުންވިއެވެ. އެ އިތުބާރު ހޯދަން އަލްޔަަސްއަށް އެހީތެރިވެދެވުނީތީވެ ޔޫސުފް އުފާވިއެވެ. ޔޫސުފްގެ ހަރުދަނާ ވާހަކަތަކުން އަލްޔަސްއަށް ހަމަޖެހުން ލިބުނެވެ. ޔޫސުފްގެ އެ ނަސޭހަތުގައި ހިފައި ކުރިއަށް ދާން އަޒުމް ކަނޑައެޅިއެވެ. އާރާޝް ޔޫސުފްއަށް ނަސޭހަތްދީ ހިތްވަރު ދޭކަން އެނގުމުން އަމިއްލަ ބައްޕަ މަތިން ހަނދާންވެފައި އަލްޔަސް ދެރަވިއެވެ. އާރާޝް ފަދައިން އޭނާގެ ބައްޕަވެސް ހިތްވަރު ދޭނަމައޭ ހިތަށް އެރިއެވެ. އާރާޝްއާ ބެހޭ ގޮތުން އަލްޔަސްއަށް ސުވާލު ކުރެވުނީ އެހެންވެއެވެ. “ޔެއާ ބައްޕަ ވަރަށް ހެލްޕް ވެދޭ. މަންމަވެސް. މަންމައަށްވެސް ފުޓްބޯލްގެ ބޭސިކްސް އިނގޭ އެހެންވެ މަންމަވެސް ވަރަށް ހެލްޕްފުލް. އަންކަލްމެން ވެސް. ކަޒިންސްވެސް. މުޅި ފެމެލީވެސް. މިއަދު މިހިސާބަށް އާދެވުނީ އަސްލު އެ އެންމެންގެ އެހީއާ އެކީ. އަލްޔަސްގެ ފެމެލީ ކިހިނެއްވަނީ؟” އަލްޔަސްގެ އާއިލާގެ ހަގީގަތް ނޭންގޭ ހާލު ޔޫސުފްއަށް އެހުނެވެ. ވަގުތުން އަލްޔަސްގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. “މަންމަ އެކަނި ސަޕޯޓިވް އީ. ބައްޕަ ވަރަށް ހިތްހަމަ ނުޖެހޭ ކުޅޭތީވެ. ދެން އަންކަލްމެންނާ އާންޓްމެންނާ ވެސް ވަރަށް ހިތްހަމަ ނުޖެހިފަ ތިބެނީ. ޔޫސުފްހާ އަހަރެން ނަސީބު ގަދައެެއް ނޫން. ޔޫއާރ ރިއަލީ ލަކީ ޓު ހޭވް ސަޗް އަ ވޮންޑަރފުލް ފެމެލީ. އަހަންނަށް މި ހިސާބަށް އާދެވިފަ މިހިރީ ހަމައެކަނި މަންމައާ ޒެވްގެ އިތުރަށް ކޯޗުންގެ ހިތްވަރުންނޭ ބުނުމަކުން ދޮގަކަށް ނުވާނެ!” އަލްޔަސްގެ ހާލަތު އިނގުމުން ޔޫސުފް ދެރަވިއެވެ. އާއިލާގެ އެހީތެރިކަން ނުލިބި ކުރިއަށް ދިއުމަކީ ކިހާ އުނދަގޫކަމެއްކަން ތަސައްވަރު ކުރާކަށްވެސް ޔޫސުފްއަކަށް ނޭންގެއެވެ. އެނގޭހާވެސް އެއްޗަކީ އެ އެންމެންގެ އެހީތެރިކަން ނުލިބުނު ނަމަ މިއަދު ހުރި ހިސާބަށް ނާދެވުނީސް ކަމެވެ. “ޔޫ އާރ ރިއަލީ ސްޓްރޯންގް. ފެމެލީގެ ސަޕޯރޓްއާ ނުލާ މިހާ ހިސާބަށް އާދެވޭނީ ވަރަށް މަސައްކަތް ކޮށްގެން. ކޮންމެސް އެއް ދުވަހަކުން އަލްޔަސްގެ ފެމެލީ އަދި ޕްރައުޑް ވާނެ. އެދުވަހުން އެމީހުން ދެރަވެސް ވާނެ މިއަދު ސަޕޯޓިވް ނުވެވުނީމަ!” ޔޫސުފްގެ ހިތްވަރުގެ ބަސްތަކުން އަލްޔަސްގެ ހިތްވަރު ގަދަވަމުން ދިޔައެވެ. ޒެވިޔަން ފިޔަވާ އެގޮތަށް އެހެން ކުޅުންތެރިއެއްވެސް އޭނާއަށް ހިތްވަރު ދީފަކައި ނުވެއެވެ. “ތޭންކްސް ބްރޯ!” އެތައް އިރަކު ވާހަކަދައްކަން ތިބެފާ ލޮލަށް ނިދި ސަވާރުވުމުން ޔޫސުފްއާ އަލްޔަސްވެސް ނިދަން އޮށޯތެވެ. ދެދުވަސްފަހުން އަވަށްޓެރި އިންޑިއާއާ އެއްކޮށްވެސް އަމިއްލަ ދަނޑުގައި މުހިންމު މެޗެއް އެބައޮތެވެ.
ހެނދުނުގެ ސައި ތައްޔާރުކޮށްފައި ނަވްޔާ މާއިޒްއާއި ޒާޔާއަށް ގޮވިއެވެ. ޔާޒްއަށް ގޮވުމަކީ ބޭކާރުކަމެއްކަން އެނގޭތީވެ މިހާރަކަށް އައިސް ޔާޒްއަކަށް ނަވްޔާއެއް ނުގޮވައެވެ. މާއިޒްއާ ޒާޔާ އައުމުން ތަށްޓަށް އެއްޗިހި އަޅާދީފައި ނަވްޔާވެސް ސައިބޯން އިށީނެވެ. ނަވްޔާ އަދި މާއިޒްއަށްވެސް ހައިރާންކަން ލިބުނީ ޔާޒް އައުމުންނެވެ. ހޭލައިގެންވެސް އެންމެން އެކީ ސައިބޯން އައުމަކީ ޔާޒް ކުރާ ކަމެއް ނޫނެވެ. މޭޒު ދޮަށަށް އައިސް އެންމެންނަށް ހިނިތުންވެލާފައި ޔާޒް ޒާޔާއާ ޖެހިގެން އިން ގޮނޑީ އިށީންނުމުން ހައިރާންވެފައި ނަވްޔާއަށް ބަލަން އިނދެވުނެވެ. ޔާޒް އޭނާއަށް ބަލާލުމާއެކު އަވަހަށް ތެދުވެ ޔާޒްއަށް ތަށްޓެއް ގެނަސް ދިނެވެ. ކިތަންމެ ގިނަ އެއްޗިއްސެއް ހިތަށް އަރައި ފައިބަމުން ދިޔަ ނަމަވެސް ޔާޒް މޭޒު ދޫކޮށް ސައި ނުބޮއެ ގޮސްދާނެތީ މާއިޒް އަދި ނަވްޔާވެސް އެއްޗެކޭ ނުބުނެއެވެ. “ބައްޕާ” ސައިބޮއެ ނިމިގެން އެތައް ދުވަހެއް ފަހުން ޔާޒް ބައްޕާއޭ ކިޔާފައި މާއިޒްއަށް ގޮވާލިއެވެ. އަމިއްލައަށް ފެނިގެން ޔާޒް އޭނާ އަދި ނަވްޔާއާ އަނގައިން ނުބުނާތާވެސް އެތައް ދުވަހެއް ވެއްޖެެއެވެ. ލިބުނު އުފާވެެރިކަމުގެ ސަބަބުން މާއިޒްއަށް ހުރެވުނު ތަންވެސް ނޭންގެއެވެ. “އަޅުގަނޑު ބޭނުން މެރީ ކުރަން!” ޔާޒްގެ ބޭނުން އެނގުމާއެކު ނަވްޔާ އަދި މާއިޒްއަށްވެސް ދެލޯ ބޮޑުކޮށްލެވުނެވެ. ޔާޒް ކުދިންނާ ރަށްޓެހިވާ މިންވަރު އެދެމީހުންނަށް އޮޅިފައެއް ނެތެވެ. ކުއްލިއަކަށް ހުރެފައި ކައިވެނި ކުރަން ބޭނުމޭ ބުނުމުން ދެމީހުންނަށްވެސް ލިބުނީ ހައިރާންކަމެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
19 Comments!
Comments are closed.






Kiyaa kihineh miothee hadhaafa
Vv undhagulun kiyaalaafin
Ekam adhi thankolheh hama jehilaigen 1 faharu beynun mi part kiyaalan
Adhi ehfaharu kuh rangalhu kollaafami part up kolladheeba
Kiyaa dhen ok up nukodhinas ingey
Mihaaru ok vehjje
And vaahaka vv reethi
Anekka maize miulheny kaakaa Mary kuranbaa
And me first dho
Yweah summer ah first. Thankss dear. Hehhee hingaa dhw balamaa yaaz marry kuran beynun vegen ulheny kaakaa kan.
Wowww…….anehkaa yaaz e ulheny kaakaa marry kuranbaa????btw mi part vx hama habbu…..vvvv reethi…..and waiting for the nxt part…and whn nxt….ly kiyaa…❤️❤️❤️❤️❤️❤️❤️❤️❤️❤️
Thankss kairaa. Hingaa dhw balama yaaz marry kuran e ulheny kon kuhjjakaa tho. Next part liyevunu haa avahah In Sha Allah. Ly2♥️
Yaaz euleni airaa marry kuran dho soooo curious
Hehe lets see dhw. Yaaz marry kuran ulheny airaa tho.
Varah ????reethi ????maa sha Allah ??????
curiously??? waiting??for ???the ??next ???part??Lysm sis
Thanksss yanaa. Ly2♥️
Kihinei miothy mi part..?
Nimey kolhun fashaaagen kiyan jeheneee.. Heheheh v majaa…
N v nice mi part vx..
Thankss Fun. Ehentha othy. Alhe ehen hurehjeyaa alun load kolaba eyrah rythikoh hunnane. Kiyara ah ves baeh faharu ehem vey
Kiyaaaaa! Mi part varah salhi ingey.. ????Varah wait kurevijje new part akah n its finally here. So thanks.. yaaz marry kurany ey? ? I think airaa aa hen..? n it won’t be navaar right? Anyways varaaaaah reeeethi mi part vx.. waiting for next ???
#Yaira #Ayaaz
Thanksss kaya. Hehehe yaaz ge gotheh balama. Haadha loabi #tag ekey dhw. In Sha Allah next part varah avahah kiyaalan libeyne
Airaa aa mary kiran tha yaaz e ulhenee.. kiyaa.. 19th ge kurin adhi match eh genesdheynan dhw vaahakaiga.. Maldives and India ge.. pls pls kiyaa
Yaaz marry kurany kon kuhjjakaa tho balan hingama. Yessss In Sha Allah india aa rahjjeyge match 19th ge kurin genesdheyn varah masakkai kuraanan
Mi part ves varah reethi. Waiting for the next episode. Good luck. ??????????
Thanksss kuthoo♥️
kiyaa kyhve mihaaru ehaa lahun up kurany
Kiyara varah try kurin avaha up kohleveytho. Kan dhimaa kurin gothun hama nukurevuny. Mihaaru ihnnane next part up kohllafa