އޮފީހައް އައި އާ ކުއްޖާ ފެނިފަ ޔާޝާ އިތުރައް ދެރަވާން ފެށިއެވެ. ކަރުނަ ތައް ލޮލައް ޖަމާވާން ފެށިއެވެ. އެއީ ހަމަ ޔާޝާ އަށް ދޯކާ ދީހެދި ޔާޝާގެ ކުރީގެ ލޯބިވެރިޔާ ނާއިޝް ގެ މިހާރު ލޯބިވެރިޔާ އީމާ އެވެ. ”ތީތަ މި އޮފީހައް އަލައް ޖޮއިން ވި ކުއްޖަކީ؟” ޔާޝާ ދެރަނުވާ ކަމައް ހަދާފައި، އަހާލިއެވެ. ”ލައްބަ” އީމާ ޖަވާބު ދިނެވެ. ޔާޝާ އަކީ ނާއިޝް އާ ކުރިން ގުޅުން ކުއްޖެއް ކަމެއް އީމާ އަކަށް […]
“ކޮން ހިޔާލެއްގާ..؟” ޝަފާހް އަކީ އާއިޝްގެ * ▪︎-ކުޑައިރުންސުރެ އެންމެ ގާތް ކޮށް އުޅުނު މީހާއެވެ. އާއިޝްގެ ސިއްރުތަކާ ވާހަކަތަކެއް ފޮރު ވިފައި ވަނީ ޝަފާހުގެ ހިތުގައި އެކަންޏެވެ.”އެއްވެސް ކަމެއް ނޫން މިތާ ކީއްކުރަނީ؟” ޝަފާހް ސުވާލް ކުރިއެވެ. “އަހަރެންނަށް ޝާން ހޮސްޕިޓަލު ނިކުންނަނކޮށް ފެނިގެން މިއާ ކިހިނެއް ވީ ތޯ އަހާލަން..” ޝަފާހު ބުނެލިއެވެ.”ޝަފާހު ބުނާކަށް އެއީ ވަރަށް ދިގު ވާހަކަ އެއް ހިނގާބަލަ ކޮފީ އަކަށް އަރަން އޭރަށް ކިޔާދޭނަން” އާއިޝް ބުނެލިއެވެ.”ހިނގާބަލަ. ” […]
ލޫޝާ. ވަރަށް ރީތިނަމެއް. ” ޒުލޭޙާ އުފާވެރި ރާގެއްގައި ބުންޏެވެ. ” ކޮބާ ރަޝީދާ؟” ހަލީމް ރަޝީދާ ފެންނަން ނެތުމުން އަހާލިއެވެ. ” ރަޝީދާވީ ބޭރަށް ގޮސް. މިހާރު އަންނަން އުޅޭނެ. ” ޒުލޭޙާ ބުންޏެވެ. ” އެހެންތަ؟ ” ހަލީމް ބުނެލިއެވެ. އަދި ޒުލޭޙާގެ އަތުން ކުޑަދަރިފުޅު ނަގާ އުރާލިއެވެ. ” ކާފަގެ ހުރިހާ ހުވަފެނެއް. މިދަރިފުޅުގެ ބައްޕަ ވެއްޔާ މޮޑެލާފި. މިދަރިފުޅުވެސް ބޮޑުވެގެން ޝަކުވާ ކުރާނެ. ގޯސްވާނީ މިމުސްކުޅިކާފަ އާއި މާމަ. ” ހަލީމް […]
އާކިފްގެ ވާހަކަތަކުން ހަމަޖެހުމެއް ލިބުނު ހަފްޒާވެސް ހިނިތުންވެލަމުން ބޯ ޖަހާލިއެވެ. އިކާން އާއި މަލްހާގެ ގުޅުމުގެ ކަންކަން ނޭނގިތިބެ އެދެމީހުން ދަނީ އެދެކުދިންނަށްޓަކައި އެތައް ހުވަފެންތަކެެއް ދެކެމުންނެވެ. އެތައް އުއްމީދުތަކެއް ކުރަމުންނެވެ. ސައިބޮއެގެން ކޮޓަރިއަށް ވަން ގޮތަށް ނިކުންނަ ހިތްނުވެފައި ޔަނާލް ކޮޓަރީގައި މަޑުކުރިއެވެ. އިޝާ ނަމާދަށްފަހުވެސް ޔަނާލް ކޮޓަރިން ނުކުންނަ ޚިޔާލެއްނުކުރިއެވެ. މުޅި ދުވަހުވެސް އުޅެންޖެހުނު ބުރަކަމާއެކު އޭނަގެ ހަށިގަނޑަށް އިހުސާސްވަމުން ދިޔައީ ވަރުބަލިކަމެވެ. މިއަދު ކަންތައް ދިމާވީ ގޮތުން މާޒީގެ ބައެއް ޚިޔާލުތަކުން އަދިވެސް […]
އަކްމަލްގެ އެދުމާ އެއްބަސް ވުމުގެ ގޮތުން ޔޫސުފް އަދި އަލްޔަސް ބޯޖަހާލިއެވެ. އަކްމަލް އެދެކުދިންނަށް ޝުކުރު އަދާކުރިއެވެ. އާރާޝްގެ ފަރާތުން އެރޭ އަލްޔަސް ގިނަ ތައުރީފު ލިބުނެވެ. އަލްޔަސް އާރާޝް އަދި ޔޫަސުފްއާ މެދު ދެކެމުން އައި ގޮތްވެސް ކޮންމެސް ވަރަކަށް ބަދަލުވިއެވެ. ******* ދެކުލަބާއެކު ކުރެވުނު މަޝްވަރާ ތަކަށް ފަހު ބޮޑު އަގުގައި ޔޫސުފް އަދި އަލްޔަސް އަކްމަލްގެ ކުލަބާ ގުޅުނެވެ. ފަހުގެ ތާރީޚެއްގައި ދެކުޅުންތެރިއަކަށް އެންމެ ބޮޑު ހޭދައެއް ކުރި ދެކުޅުންތެރިންނަށް އަލްޔަަސްއާ ޔޫސުފް […]
އައިރާގެ އެދުރުކަމުގެ ފަހަތުގައި ޝާރިމްގެ އަތެއް ވާކަން ޔާޒްއަށް ރޭކާލީ އެގެއަަށް ދިޔަ ދުވަހު އައިރާ ކަންތައް ކުރިގޮތުންނެވެ. ޝާރިމްއަށް ވުރެ ޔާޒް ރުޅިއައީ އައިރާދެކެއެވެ. ************* ވިއްސާރަ ވިލާ ނަގާފައި ވުމާއެކު ދުނިޔެމަތި ވަނީ އެއްކޮށް އަނދިރިވެފައެވެ. މެންދުރުގެ އެވަގުތުގައިވެސް އެއްވެސް އަލިކަމެއް ނެތެވެ. މަގުތަކާ އިމާރާތްތަކުގެ އަލި ވަނީ ދިއްލާފައެވެ. ވާރޭ ނުވެހުނު ނަމަވެސް ވައިގަދައެވެ. ދޭތެރެއަކުން ވިދާލައިފައި ގުގުރި ޖަހައެވެ. ރަސްރަނި ބަގީޗާތެރޭގައި ހުރި ބެންޗެއްގައި އިށީންދެލައިގެން އައިރާ ހުރީ ޝާރިމްގެ އިންތިޒާރުގައެެވެ. […]
“ބުނޭ! ކާކު ބުނެގެން ރޭ އަހަރުމެން ގެއަށް އައީ؟ އެއީ ކޮން ސިޓީ އުރައެއް؟” އަޔާޒް ހަރުކަށި އަޑަކުން ސުވާލުކުރިއެވެ. ސާޝާއަކީ އޭނަގެ ގާތް އެކުވެރިއަކަށް ވިޔަސް އޭނައާއެކީ އުޅުނުއިރު ވެސް ފައިސާއަށްޓަކައި ސާޝާ އެފަދަ ކަންތައް ކުރާކަން އޭނައަށް އެނގޭތީވެއެވެ. ސާޝާ ދެންވެސް ޖަވާބެއް ނުދީ އަޔާޒްގެ ފައިގައި ފައިން ޖަހަން އުޅުމުން އަޔާޒް އެ ހަމަލާއިންވެސް ރެކިގަންނަމުން ސާޝާގެ ގިރުވޯނަށް ބާރުކޮށްލިއެވެ. “ބުނޭ! ކާކު ފޮނުވީ؟” އަޔާޒް ތަކުރާރުކޮށް ސުވާލުކުރިއެވެ. އެހިނދު އަޔާޒްގެ […]
މިޒްރާން އީނާލް އަތްދަނޑި މައްޗަށް އުފުލާލިއެވެ.އަދި ކައިރީގައި ހުރި މީހާއާ ދިމާލަށް ދެލޯ އަޅާލިއެވެ.”ކަލެއަށް މި ވަރު ކަމެއް ނުވިތަ؟؟ ކަލޭމެން ހުރެގެން މަށަށް ކޮން ފައިދާއެއް ވަނީ؟؟؟މަށަށް ހުރިހާ ކަމެއް….މަ ނެތިއްޔާ ގަލެއްވެސް ހިއްލާ ނުލެވޭ އެއްވަރުގެ ގަމާރުން….” ބޮޑާ ކަމާ އެކީ މޭ ފުއްޕާލަމުން މިޒްރާން އީނާލް ގޮވައިގެން ދުރުގައި އޮތް ކާރަށް އެރިއެވެ. އެމީހާ ފަހަތުން އައެވެ. އީނާލްގެ ގޭ ފަހަތުގައި ނިވާވެގެން ހުރި ޒައިންގެ ދެ އަތް މުށް ކެވުނެވެ. ހާލަތު […]
” ޑެޑީ… ” އެތެރެއަށް ފިޔަވަޅެއް އަޅާލުމާއެކު ސިޓިންރޫމު ސޯފާގައި ކުޅޭ އެއްޗެހިތަކެއް ހިފައިގެން ކުޅެން އިން ފަސް އަހަރުގެ ކުޑަ އަންހެން ކުއްޖާ އެޒުވާނާ ފެނިފާ ގޮވާލިއެވެ. އެއަޑަށް އިސްއުފުލާ ބަލައިލި ވިޝާލް ނުހަނު ބޮޑަށް ހިނިތުންވެލަމުން ތިރިވެލާ ދެއަތް ފުޅާކޮށްލިއެވެ. އެއާއެކު އެއަންހެން ކުއްޖާ ދުވެފައި ގޮސް ވިޝާލްގެ ކަރުގައި ދެއަތް ވަށާލިއެވެ. ނުހަނު ލޯތްބާއެކު ވިޝާލް އެއަންހެން ކުއްޖާގެ ކުޑަ ހަށިގަނޑުގައި ބައްދާލަމުން އިސްތަށިގަނޑުގައި ތުންފަތް ޖައްސާލިއެވެ. ”ޑެޑީގެ ޕްރިންސަސް… ޑެޑީ ވަރަށް […]