މި ހަޔާތް އަލި ކޮށްދިނީ ޔާރާ…
އިންސާނާގެ ހަޔާތަކީ ވަރަށް ތަފާތު އެއްޗެކެވެ. މޫސުމަށް ބަދަލު އަންނަ ފަދައިން ބަދަލު އަންނަ އެއްޗެކެވެ.އަހަރެންނަށް މިކަން ވަނީ މާކުރިން ސަމާސާ އަކަށްވެ ނިމިފައެވެ. އަހަރެންނަށް އިންސްޓަގުރާމަކީ ވަރަށް މުހިންމު އެއްޗެކެވެ. އެއީ އަހަރެނަގެ ފޮޓޯ އެޅުމަށެވެ. އިންސްޓަގްރާމް އަށް ލާ ކޮންމެ ފޮޓަ އަކަށް 100 އަށް ވުރެ ގިނަ ލައިކްސް އަހަންނަށް ލިބެއެވެ.( ……..like and comment?)
އަހަރެންނަކީ ގުރޭޑް 8 ގައި ކިޔަވަމުންދާ ކުއްޖަކަަށް ވެ ހުރެވެސް މި ކަންކަން ކުރިއަށް ގެންދަމެވެ.ގޭ މީހުން ކިތަންމެ މިކަމަށް ނުރުހުނަސް އަހަރެން މި ކަން ކުރަމެވެ. މަންމަ މަރު ވެފައި ހުރި ކަން ވެސް އަހަރެންނެއް ހަނދާނެއް ނެތެވެ.ހަޤީޤަތުގައި މަންމަ ދިޔައީ އަހަރެން އުޅޭ ގޮތުން ރޮއި ހިތާމަ ކޮށް ކޮށްފައެވެ.
މެންދުރުގެ ވަގުތު އަހަރެން ސްކޫލުން ގެއަށް އައިސް ޔުނީފޯމް ބަދަލު ކޮށްލުމަށްފަހު އެނދުގައި ޖައްސާލުމަށް ފަހު އޭސީ ޖައްސާލީ ހޫނު ގަދަ ކަމުންނެވެ.ޗާޖަށް ޖަހާފައި އޮތް ފޯނު ނެގީ ސްނެޕް އެއް ކޮށްލުމަށްފަހު އިންސްޓަގުރާމް އަށް ލުމަށެވެ. ނަމަވެސ ްހުއްޓުން އެރީ “ޝިޒް.ޝިޒާން” ކިޔާފައި އިން ނަމަކުން “ހައި” ޖަހާފައި އިނުމުންނެވެ.އަހަރެން އޭނާގެ ޕްރޮފައިލް ހާވާލުމަށް އޭނާގެ ޕްރޮފައިލް އަށް ވަދީމެވެ. އެ ޕްރޮފައިލްގައި އޭނާގެ އެންމެ ފޮޓޮއެއް އިނެވެ. އެ ފޮޓޯ ވަނީ އޭނާގެ މަންމަ އާއެކު ނަގާފައެވެ. ކެޕްޝަން ގައި ” މައި މަމް އިޒް މައި އެވްރީތިންގ…އައި ކާނޓް ސްޕެންޑް އަ ސެކެންޑް ވިތް އައުޓް ޔޫ…” އަހަރެންނަށް ރޮވޭ ގޮތް ވިއެވެ. ނަމަވެސް އެއީ ރަނަގަޅު ގޮތް ނޫންކަން ވިސްނައި ދެމުން އޭނާ އަށް ރިޕްލައި ދިނީމެވެ.
*ހައީ…*
އަހަރެން ފޮނުވާލީމެވެ.
*ކިހިނެއްތަ..؟*
އޭނާ ބުންޏެވެ.
*ރަނގަޅޭ… އެންޑް ހައުސް ޔޫ*
އަހަރެން ބުނީމެވެ.
*އަހަރެން ރަނގަޅު. އެންޑް ތީ ކޮން ރަށަކު ކޮން ނަމެއް ކިޔަަ ކުއްޖެއް. އެންޑް ކޮން އުމުރެއް*
އެއްފަހަރާ އެ ހުރިހަަ ސުވާލެއް އަހަންނަށް އައެވެ.
*އަހަރެން މީ އައްޑޫ މަރަދޫ. އަހަރެންނަކީ ޝިފްނާ ގުރޭޑް 8 14 އަހަރު*
އަހަރެން ބުނީމެވެ.
*ސުބުހާނަﷲ އަހަރެން އަޖައިބު އަންތަރީސް ވެއްޖެ. ތިހާ ޅަ އުމުރުގަ އެކަހަލަ ނުބާ ފޮޓޯ ތައް ނަގާފައި ހުރުމުން… އަދި ދެރަވެސް ވި. އަންހެނުންނަކީ ފިނި ފެންމަލެއްގެ ކަރުގަނޑެއް ކަހަލަ ބައެއް. ފިނިފެން މަލުގެ ކަރުގަނޑު ވެސް އިންނަނީ އެތަށް ފިޔަ ތަތަކަށް ފަހު. އޭގެ މާނަ އަކީ އަންހެންނުން ވަރަށް ލަދު ގަންނަން ޖެހޭނޭ އެކަހަލަ ކަންތައް ކުރަން*
އޭނާ އެ ދިގު މެސެޖު އަހަރެން ކިޔާލީމެވެ.
* ތީ ވަކި މާ ރަނގަޅު މީހެއްތަ.މަންމަގެ ފައި ބުޑަ ވެއްޓިގެން އުޅޭކަށް ތިހާ ދީނީ ވަންޏާ ދާނވީނު ދީނީ ދަރުސް ދޭން.*
އަހަރެން ބުނީމެވެ.
* އަހަރެން ތި ކަން ވެސް ކޮށްފާނަން. އެކަމް ޝިފްނާ ޖެހޭނެ ތި އުޅުން ދޫ ކޮށްލަން.*
އޭނާ ޖަވާބު ދިނެވެ.
*ޗާ. މަ ނޫޅެން މުޅި ގައިގަ ފޮތި އެއްޗެއް އޮޅާކަށް އޭތިވަރު އެޅީމަ ހާދަ ހޫނޭ ..*
އަހަރެން ޖަވާބު ދިނީމެވެ.
*މިއަދު ހޫންުވިޔަސް މާދަމާ ޤިޔާމަތް ދުވަހުން ވަރަށް ފިނި ވާނެ”
އޭނާ ބުނެލިއެވެ.
އަހަރެން އޭނާއަށް ރިޕްލައި ދޭކަށް ނޫޅެމެވެ. ކުއްލި އަކަށް ކޯޓަރި ދޮރުފަތުގައި މީހަކު ތަޅައި ގަތް އަޑު އިވުނެވެ. އަހަރެން ކޮޓަރި ދޮރު ހުޅު ވާލީމެވެ. އޭރު ދޮންބެ ހުޢްޓެވެ.
“އަން މިއޮތީ. ކޮއްކޮ ބޭނުންވާ އެތި”
އިސްތަށިގަނޑުގައި ކުލަ ޖައްސާ އެއްޗެއް ދީފައި އަހަރެންގެ ދޮންބެ ބުންޏެވެ. އަހަރެން އޭގައި ހިފު މަށްފަހު ދޮރު ތަޅު ލީމެވެ.
އެ އެއްލާލުމަށްފަހު އަހަރެން އެނދު މައްޗައް ވެއްޓި ގަތީމެވެ.
ދެލޯ މެރި ނިދުނެވެ.
**
ބެރު ޖަހާ އެންމެން އަހަރެން ވަށާ އެނބުރެން ފާށާފިއެވެ. އޭރު އެތާ ކްރިސްޓިއަނުން އަޅު ކަން ކުރާ ބުދު ތައް ހުއްޓެވެ.އަހަރެން އޭގެން ބުދަކަށް ގޮސް ބޮސްދިނީމެވެ. އަހަރެންނަށް ބުނެވުނެވެ. ތިއީ އަހަރެންގެ ރަސް ކަލާނގެ އެވެ.
**
އަހަންނަށް ކުއްލިއަކަށް ހޭލެވުނެވެ. ވިސްނާ ލެވުނެވެ. އާއެކެވެ.އަހަރެންނަށް މި އުޅެ ވެނީ ކްރިސްޓިއަނުން އުޅޭ ގޮތަށެވެ.ޝިޒާން ބުނި ގޮތަށް އަންހެނުން ނަކީ ފިނިފެންމަލެއް ކަހަލަ ކަމެކެވެ. އަހަރެންނަށް ވިސްނެން އެއް ގަޑިއިރު ވެސް ނުނަގައެވެ. ަަހަރެން ފޯނު ނަގާ އިންސްޓަގުރާމް އެކޮން ސާފު ކޮށްލީމެވެ. ަަދި ޝިޒާން އަށް ޝުކުރު އަދާ ކުރީމެވެ. އަހަރެން ބޭނުންވީ މާތް ދީނުގެ މަގެވެ. ޝިޒާން އެއީ ނަމޫނާ އެކެވެ. އަހަރެން އޭނާގެ ލޯތްބަށް އެދި ހިތަ ގޮވަނަ ފެށުނެވެ. އެއީ އޭނާގެ ހުރި ވަފާތެރި ކަމެއްގެ ސަބަބުންނެވެ. އަހަރެންގެ ހަޔާތަށް އޭނަ ނޫނީ ރަނަގަޅު ފިރިހެނެއް ނާދެއެވެ. ޝިޒާން އެއީ ރަން ގަނޑެކެވެ.
އަހަރެން ތައުބާ ވީމެވެ. އަލުން އައު ފެށުމަކުން ފެށީމެވެ. ކުރިން ލީ ގަޔަށް ބާރު ހެންދުންތަށް އުކާލުމަށްފަހު އައު ރީތި ގަޔަށް ދޫ ހެނދުން ލާން ފެށީމެވެ. ބުރުގާ ވެސް އެޅީމެވެ. މިއަދު މަންމަ ހުރި ނަމަ ވަރަށް އުފާ ވާނޭ ކަން އަހަންނަށް އިނގުނެވެ. މަންމަގެ ހަނދާންތައް އަހަރެން އާވާނ ފެށިއެވެ. އަހަރެންގެ މި ދިރި އުޅުމަށް އެންމެން ތަޢުރީފް ކުރެއެވެ. މި ހަޔާތް އެންމެނަށް ވެގެން ދިޔައީ ނަމޫނާ އަކަށެވެ.
އަހަރެންގެ ހިތުގެ ވިންދަކީ ޝިޒާން އެވެ.
ދުވަސްތައް ހަފްތާއަށް ހަފްތާތައް މަސްތަކަށް މަސްތައް އަހަރު ތަކަށް ބަދަލު ވަމުން ގޮސް އަހަރެންނަށް 25 އަހަރު ފުރިއްޖެވެ.މިއަދު އަހަރެން މީ މުޅި ރާއްޖޭގައި ހާފިޒުންގެ ތެރެއިން އެކެވެ. އަހަރެންނަކީ އަލްހާފިޒާ އައިޝްތު ޝިފްނާއެވެ.އިތުރުން ޝިޒާންގެ ހައްޤެކެވެ. އަހަރެމެންގެ ލޯބީގެ ގުޅުމުގެ ރާނީ ޝަދާގެ މަންމައެވެ. ޝަދާ އަކީ ދީނަށް ލޯބި ކުރާ ވަރަށް ރަނގަޅު ހެޔޮ ކުއްޖެކެވެ. ދީނަށް ލޯބި ކުރާ ކުއްޖެކެވެ.ޝަދާ ވެސ ްމިހާރު ވަނީ އެތަށް ފޮތެއް ހިތު ދަސް ކޮށްފައެވެ.
……
…ނިމުނީ…
???speacial for Dhonthy
,kai,meekkomee,maii,
kylie,aisha,shifna,Mal,shiba and my fans……????
-And thank you for all your support……….? -▪︎



