އިވްޔާ ފެށީ ހޭށެވެ. އޭނައަނެއްކާވެސް ގޮނޑީގައި އިށީދެފައި ހަމަޖެހިލިއެވެ. ގޮނޑި ވީހާވެސް ބޮޑަށް މޭޒާއި ކައިރިކޮށްލާފައި ދެބުމަ ގޮށްޖަހައިލަމުން މިފްތާޙަށާއި ސަލާހަށް ބަލައިލީ ނަފުރަތުގެ ބެލުމަކުންނެވެ. “ތެދަށް ބުނޭ… ނާބިހް މަރާލީ ކީއްވެ؟…” މޭޒުމަތީގައި ބާރަށް ޖަހައިލަމުން އިވްޔާ ސުވާލުކުރިއެވެ. ******** އިވްޔާގެ ސުވާލާއިއެކު މުޅި ތަނުގައި ހީވީ ބޮމެއް ގޮއްވާލި ހެންނެވެ. ނަތާޝާއަށް އޭނާގެ އަނގަމަތީގައި އަތް އަޅައިލެވުނީ އިވްޔާ ފުންމައިގެން ތެދުވި ގޮތުންނެވެ. “ހަޤީގަތް މިއޮތީ އަހަރެމެން އެންމެން ކުރިމަތީ ހާމަވާން… ދެންވެސް […]
ފައުޒާ ހުރީ އާނިސްއަށް ފުރަގަސްދީގެންނެވެ. ފައުޒާގެ ޖަވާބެއް ނުލިބުމުން އާނިސް ތެދުވެ ފައުޒާ އާއި ގާތް ވެލިއެވެ. “ފައޫ… ބުނެބަލަ.” އާނިސް ސުވާލުކޮށްލީ ފައުޒާގެ އެއްވެސް ޖަވާބެއް ނުލިބުމުން ކަންބޮޑުވެ ހުރެއެވެ. އެވަގުތު ފައުޒާ އެނބުރި އާނިސްއަށް ބަލައިލިއެވެ. އޭނާ ހުރީ ހާސް ވެފައެވެ. ހިތް ނުތަނަވަސް ވެފައިވާކަން މޫނުމަތިން ދޭހަވެއެވެ. “ނޭނގެ.” ފައުޒާ ބުނެލީ އެންމެ ޖުމްލަ އެކެވެ. އެޖަވާބުން އާނިސްގެ ހިތުގައި އުފެދުނީ ސުވާލު މާކެކެވެ. ފައުޒާއަށް ނޭނގޭކަމަށް އެބުނަނީ ކޮން އެއްޗެއް ބާއެވެ. […]
އަހަރެން މިއަދު މި ތައްޔާރު ވަނީ ޒަވާޖީ ޙަޔާތެއް ފަށަންށެވެ. ނަމަވެސް އަހަރެން ބޭނުން ވެގެނެއް ނޫނެވެ. އަހަރެންނަށް މަޖުބޫރުވީ އެވެ. އަހަރެންނަށް އެކަމަށް މަޖުބޫރު ކުރީ އަހަރެން ބަލާ ބޮޑު ކުރި އަހަރެންގެ މައިންބަފައިންނެވެ. އެހެންކަމުން ދެން އަހަރެންނަށް އެކަމަށް އިތުރަށް ދެއްކެން އޮންނާނީ ކޮން ދެކޮޅުވެރި ކަމެއް ހެއްޔެވެ؟ މިއީ އަހަރެންގެ މައިންބަފައިންގެ ވިސްނުމެވެ. ނަމަވެސް މިއީ އަހަރެންގެ އަމިއްލަ ދިރިއުޅުމެވެ. އަހަރެންނަށް އަހަރެން ލޯބިވާ މީހަކާއި އެކު ޙަޔާތެއް ފެށުމުގެ ހައްޤު އޮންނަށް […]
މަލްޝާ ގޮސް ކޮޓަރިއަށް ވަނެވެ. ކޮޓަރިއަށް ވަނުމުން މިއަދު ދިމާވި ހައިޒަލް އާ މެދު ވިސްނެން ފެށުނެވެ.ހައިޒަލްގެ އެ ހީލުމާއި ހައިޒަލް ހުންނަ ގޮތް މަލްޝާގެ ކުރިމަތިން ސިފަ ވާން ފެށިއެވެ. ސްކޫލް ޔުނީފޯރމްގައި ހުންނައިރު އެހާ ވެސް ފުރިހަމަ އެވެ. އޭނާގެ ފަން އިންސަތަށިގަނޑު ސްޓައިލް ކުރުމުން އިތުރަށް ފުރިހަމައެވެ. މި ހިޔާލުތައް މަލްޝާ އަށް އުނދަގޫ ކުރާތީ ގޭގައި އިންނަ ޓެރެހަށް ނިކުތީ ވާހަކަ ފޮތަކާއި ފޯން ހިފައިގެންނެވެ. ހިޔާ ކޮށްލެވިފައި އިންނަ ތަންކޮޅަށް […]
” އިނގޭތަ! ސާއިލާބަލަން އައި ޑަކްޓަރ ހީކުރީ އަހަރެން މީ ސާއިލާގެ ހަޒްބެންޑްކަމަށް. އެހެންވެ ޕްރެގްނެންސީ ޓެސްޓް ހަދަންވެސް ލޭނެގި. އަހަރެން ބޭސްނަގަން ގޮސް އައިތަނާ އައިވީގެ ޑްރޮޕްލެޓްސް އެޑްޖަސްޓް ކުރަންހުރި ނަރުސްކުއްޖަ އެހެން ބުނެފަ ދިޔައީ. ބުނީ ޓޭކް ކެއަރ އޮފް ޔުއަރ ވައިފް އޭ ހަހަހަ.” އިކާން އެވާހަކަ ދައްކާ ނިންމާލުމުން ސާއިލާއަށް ހެވިއްޖެއެވެ. އެވަގުތު އެތަނަށް ޑަކްޓަރަކާ ނަރުހެއް އައުމުން ދެމިހުންގެ ނަޒަރުވެސް އެދިމާއަށް ހުއްޓިގެން ދިޔައެވެ. ދެމިހުންގެ މޫނަށް ބަލާލަމުން ހިނިތުން […]
“އަހަރެންގެ ކުށަކީ ކޮބާތަ މަންމާ؟” ***** “އޭނ. ކުށޭ. ކަލޭ ހާދަ ހަޔާތްކުޑައޭ ދޯ. މިހާރު މަށާއި ޖަދަލުކުރަންވެސް ފެށީއޭދޯ. ނަ**ޅު. މަގޭ ކުރިމަތިން ރައްކާވޭ. މިހާރު ކައިވެނި ހަމަޖެއްސީމަ އެކަން ނުކުރެވޭތޯއޭ ތިއުޅެނީ. ޙަމަ ކައިވެނި ކުރަންޖެހޭނީ” ނުލަފާ ހިނިތުންވުމެއްގައި ހުރެ ހަސީނާ އެތިވަރު ގޮވާލިއެވެ. ޝާޔާގެ ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބައިގަތެވެ. ހަސީނާ ޝާޔާ އާއި ދިމާލަށް ވައްތަރެއް ޖައްސާލާފައި ދިޔައެވެ. **** ލޯގަނޑު ކުރިމަތީހުރެ ފަރިބަލާލުމަށްފަހު ޝާޔާ ކޮޓަރިން ނުކުތެވެ. އޭރު ހަސީނާ […]
އެޔާއެކު ޝަހުދާންގެ ލޮލުން ކަރުނަ އޮހޮރިގެން ދިޔަ އެވެ. އަދި ޝަހުދާންއަށް މާޒީގެ ތެރެއަށް ފީނާލެވުނެވެ. **************************************** ދުވަހަކީ ޝަހުދާންގެ ވަޒީފާގެ ފުރަތަމަ ދުވަސްކަމުން ޝަހުދާން ހުރީ ހިސަބަކަށް ބިރުގަނެފައެވެ.ނަމަވެސް ތައްޔާރުވެގެން ގޮސް ކާރަށް އަރައި ދުއްވާލީ ކުޑައިރު މަންމަ ޝަހުދާންއަށް ހިތްވަރުދިނުމުގެ ގޮތުން ބުނި ބަސްތަށް ހަދާންކުރަމުންނެވެެ. އޭރު އުމުރުން އެންމެ 7 އަހަރު ވުމުން ކީއްވެ ކަމެއް ހަދާނެއް ނެތެވެ. ނަމަވެސް ހަދާން ހުރީ ހަމައެކަނި މަންމަ ދިން އަގުހުރި ނަސޭހަތެވެ. ދަރިފުޅާ އަބަދުވެސް ހަދާންކުރާތި ކުރާ ކޮންމެ ކަމަކީ ބޮޑު އަދި ކުޑަކަމެއް ނޫން …. ރަނގަޅު ގޮތަކީ ކުރާ ކަމެއް ކުރާ ހިތުން ހިތްވަރާއެކު ކުރުން… މަންމަ މަތިން ހަދާންވިވަރުން ޝަހުދާން އަށް އިޙްތިޔާރުން ބޭރުގައި ރޮވުނެވެ.ވާނީވެސް އެހެންތާއެވެ. އެއީ ދެވަނައެށް ނުވާ މަންމަ އެވެ. ޝަހުދާން އަށް ކާރުގެ ބުރޭކްގައި ހިފާލެވުނީ ކާރު ގޮސް އެއްޗެއްގައި ޖެހުނު ހެނ ހީވުމުްންނެވެ.އަވަހަށް ކަރުނަތަށް ފޮހެލަމުން ކާރުން ބެރަށް ނުކުތެވެ.އޭރު ބިންމަތީގައި އަންހެންކުއްޖަކު ވެއްޓިފަ އޮތެވެ. އަވަހަށް އެކުއްޖާޔަށް އެހީވުމުގެ ގޮތުން އެކުއްޖާ ގާތަށް ދިޔައެވެ.އޭރު އެތަނަށް މީހުން ޖަމާވަމުން ދިޔައެވެ.އަވަހަށް އެކުއްޖާގެ އަތުގަ ހިފައި ތެދުކޮށްލެވުިނެވެ.އެކުއްޖާގެ އަގައިން ކުޑަ އާހް އެއްގެ ބޭރުވިއެވެ.ޝަހުދާން ވަގުތުން މާފަށް އެދުނެވެ.އިޓްސް އޯކޭ. އަމް އޯކޭ.މާބޮޑު ކަމެއް ނުވޭ. އެކުއްޖާގެ މޫނަށް ޝަހުދާން ބަލާލީ އެވަގުތުއެވެ. އަދި އެކުއްޖާގއ މޫނަށް ބަލަން އިނދެވުނީއެވެ.މަޑު ނޫކުލައިގެ ގަމީހާ ކަޅު ދިގު ސްކާޓާ ޕީޗްކުލައިގެ ޝޯލްގައި އެ އަންހެންކުއްޖާ ފެންނަނީ ބޭރުކުއްޖެއްގެ ގޮތުގައެވެ. […]
ކުއްލިއަކަށް އިވުނީ ފޯނު ރިންގްވާން ފެށި އަޑެވެ. ރައިންގެ ހަށިގަނޑަށް ލުއިވިހެން ހީވިއެވެ. ކަރުގައި ޖައްސާފައިވާ ވަޅި ދުރުކޮށްލާފައި، އެމީހަކު އޭނަ އާއި ދުރަށްޖެހުނުކަން ރައިންއަށް އިޚްސާސްވިއެވެ. އެވަރުންވެސް ލޯ ހުޅުވައިލަން ނުކެރިފައި އޭނަ އިނީއެވެ. ކުޑަ އިރުކޮޅަކު އެހެން އިނދެފައި، ރައިން އޭނާގެ ދެލޯ ހުޅުވައިލިއެވެ. އޭރު ތަން އޮތީ ހިމޭންވެފައެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. މުނީރުގެ ފުރާނަ ނެތް ހަށިގަނޑުވެސް މެއެވެ. ******** އެނދުގެ އެއް އަރިމަތީގައި ނަޢީމު ހުރީ ނައިރާގެ ކަރުގައި […]
ހުރިހާ ވާހަކަ އެއް ކިޔައިދީ ނިމުން އިރު ޔާޝާގެ ލޮލުން ހޯސްލައިފަ ކަރުނަ އާދެއެވެ. މިތަން ބަލަން އިން އަފްރީން ޔާޝާ އަށް ހިތްވަރު ދެވޭތޯ ބެލިއެވެ. *** ކިންގް ސައިޒް ބޮޑު އެނދުގައި ވިސްނުމެއް ތެރޭގައި އައިޝަން އޮތެވެ. އައިޝަންގެ ލޮލައް މިހާރު ހަމަ ނިދި ލިބެނީކީ ވެސް ނޫނެވެ. ކޮންމެ ރެއަކު ނިދެނީ މެންދަމު 2 ޖަހާ ބޮޑުވާ ފަހުންނެވެ. އަބަދު ޔާޝާ އާ ދޭތެރޭގައި ވިސްނެނީއެވެ. އެކަމް އެއީ ކުށެއްހެވެ؟ އައިޝަން ހިތުގައި […]