= ކިޔުންތެރިންގެ ސަމާލުކަމަށް = (މިވާހަކައިގެ ފުރަތަމަ 7 އެޕިސޯޑް ވާނީ މީގެ 2 މަސް ކުރިން މިއަދު ނޫހަށް ވިއްކާލެވިފައެވެ. އެހެންނަމަވެސް ބާކީ ހުރި އެޕިސޯޑުތަށް މިއަދު ނޫހުން ގެނެސްދެވެން ނެތުމުގެ ސަބަބުން އެ އެޕިސޯޑުތަށް އަޕްލޯޑު ކުރެވޭނީ ހަމައެކަނި އެސްފިޔަ.ކޮމް އަށް ކަމުގައި ދެންނެވީމެވެ.) އޮލަ ވާހަކަ ތަކަކަށް ގައިދުވެފައިތިބި ތިން ކުދިންނަށް ވަގުތުތަށް ދިޔަގޮތްވެސް ނޭނގުނެވެ. އެކުދިންގެ ވިސްނުން ކުލާސްރޫމުގެ ތެރެޔަށް ގެނަސްދިނީ ބޯޑުކައިރީގައި ހުއްޓިލައިގެން ހުރި ޝައިހާމިސް ގޮވާލުމުންނެވެ. […]
“އިންޝާ ﷲ އަހަރެން ޓޮޕް ޓެންގައި ހިމެނޭތޯ ވަރަށް މަސައްކަތް ކުރާނަން… އެންޑް އާއިޝް ތި ކޮށްދެއްވާ މަސައްކަތަށް ވަރަށް ބޮޑަށް. ތޭންކްސް” މަލްޝާ ބުނެލިއެވެ. “މަލް ކޯންޗަކަށް ތަ ވާން ބޭނުން ވަނީ.” އާއިޝް ސުވާކެއް ކޮށްލިއެވެ. ” ކުރިން ވާ ހިތްވީ ޓީޗާ އަކަށް ބަޓް އާއިޝް އުޅޭ ގޮތް ފެނި ހިޔާލު ބަދަލު ވެއްޖެ… އައި ވޯންޓް ބީ އަ ޑޮކްޓާރ..ހިތުގެ ހާއްސަ ޑޮކްޓަރަކަށް މަލް ބޭނުންވަނީ ވާން. ސޯ އައި ވޯންޓް […]
“ނައި… އަހަންނަށް އެނގޭ ނައި ރުޅި އަންނާނެ ކަން. އަހަރެން ކަންތައް ކުރީކީ ރަނގަޅަކަށް ނޫންކަން ގަބޫލު ކުރަން. އަހަރެން ބޭނުން ނައިގެ ކިބައިން މާފަށް އެދެން” ފަސް ޖެހިފައިވެސް ޔަޒާން ބުންޏެވެ. “ޔަޒާން ކީކޭ ބުނަން ތި އުޅެނީ؟” ނައިހާ އަހާލިއެވެ. “އޭރުގެ ހުރިހާ ކަމަކަށް މާފަށް މި އެދެނީ—” ޔަޒާން ބުނަން އުޅުނު އެއްޗެއް ފުރިހަމަ ނުވަނީސް ނައިހާ ޔަޒާންގެ ވާހަކަ މެދު ކަނޑާލިއެވެ. “އަހަރެން ބޭނުމެއް ނޫން ޔަޒާން މާފަށް އެދޭ އަޑު […]
ކައިވެނީގެ ހެދުމާއި އެކު ގެއަށް ވަދެވުނު ތަނާ އަހަރެންނަށް ރޮއި ގަނެވުނެވެ. ހިތް މަތީގައި އަތް އަޅައިގެން ގޭގެ ސިޓިންގރޫމުގެ ތަށިމުށިގަނޑު މައްޗަށް އަހަރެން ޖެހިގަތީމެވެ. އަހަރެންގެ ބަދުނަސީބުކަން ހިތަށް އަރާފަ އެވެ. އަހަރެންނަށް ދުނިޔެމަތީގައި ހަމަ އެއްވެސް އުފަލެއް ނެތީބާ އެވެ؟ އަހަރެން ހިތާމަ ކޮށްކޮށް ވަރުބަލި ވެއްޖެ އެވެ. ލޮލުން ކަރުނަ ހުސްވާ ވަރު ވެއްޖެ އެވެ. އަހަރެންގެ ހިތް ރޫޅި ކުދިކުދި ވާއިރު އަހަރެންގެ ހިތާމަތަކުގައި ބައިވެރިވާނެ ހަމަ އެންމެ މީހަކު ވެސް […]
ޒާރާ އެކުއްޖާ ހަޅޭއްލަވައި ގަތުމުން ކްލާސް ތެރެއަށް ނަޒަރު ހިންގާ ލިއެވެ. ހުރިހާ ކުދިން ވެސް އެއްފަހަރު ޒާރާ ގެ އަތާ ދިމާލާށް އަނެއް ފަހަރު ޒާރާގެ މޫނާ ދިމާ ބަލާލައެވެ.ވާނީ ވެސް އެހެންނޫން ހެއްޔެވެ.މަންމަ އާއި ޑޮކްޓަރުން ފިޔަވައި އެހެންމީހަކަށް މި ބައްޔާ ބެހޭ ގޮތަކުން ނޭނގޭނެ އެވެ.ޒާރާ ލަސްލަހުން އަތާ ދިމަ ބަލާލަމުން ހިތަށް އެރި އެވެ.ކަންތަކާ ޖެހުނީ އެވެ. އެ ބަސްޓުވީ އެވެ.ޒާރާ ހީކުރީ ހަމަ ރަނގަޅަށެވެ.ޒާރާ ގެ އަތް އޮތީ ވަރަށް ބޮޑަށް ކަނޑައިގެން ގޮއްސަ އެވެ.އެހެން ނަމަވެސް ޒާރާ އަށް ނޭނގުނީ އޭނާ އަށް އެ އިހުސާސް ނުވާތީ އެވެ. އެދުވަހުގެ ފަހުން ޒާރާ އާ ދިމާ އަށް ކުދިން އެކި ނަންނަމުން ގޮވާ ހަދައެވެ. ޒާރާ ގެ އެންމެ ގާތް ރަހުމަތްތެރިޔާ ވެސް ޒާރާ އާ ވަރަށް ދުރުވެއްޖެ އެވެ.އަހަރެންނަށް ތަދު އިހުސާސް ނުވާތީ ކުދިން ހީކުރަނީ އަހަރެންނަށް މޮޔަވެފަ ނޫނީ ޖިންނި ކަމެއްކަށެވެ. ”އަން މިއޮތީ ނިމިފަ.. ދަރިފުޅާ ދެން ވެސް ބަލައިގެން އުޅޭތި.“ޒާރާ މަންމަގެ އަޑަށް ސިއްސައިގެން ގޮސް ހިޔާލު ތަކުން ދުރު ވެވުނެވެ. *******. ”ދަރިފުޅާ ސާރާ..ބައްޕަ އަށް ގެނަސްދީބަލަ ފޯނު… ކާކުތަ ގުޅަނީ..“މިހާދު އޭނާގެ ހުރި އަންހެން ދަރިފުޅަށް ގޮވާލިއެވެ.މިހާދުގެ ތިބެނީ އެންމެ ދެ ކުދިންނެވެ.އެންމެ ބޮޑު ކުއްޖާ ވީ އެމެރިކާ އަށް ކިޔަވަންގޮހެވެ.”އަން ބައްޕާ މިއޮތީ ފޯނު..ހައްވައްތަ އެ ގުޅަނީ..“ހަލޯ ކޮބާ ފިރިހެން ދަރިފުޅު އަންނަނީ ކޮންއިރަކުން.؟“”ދެ މަސް ދެން އޮތީ..“. ***********. […]
ރައިހާން އަހަރެންގެ ނިތުގައި އަތް ބާއްވާލިއެވެ.. އެވަގުތު އަހަރެންނަށް ބުނެދެން ނޭނގޭ އުފަލެއް ލިބުނުނެވެ.. މުޅި ހަށިގަނޑުގައި ކަރަންޓު ބާނި އެއް ދައުރު ކޮއްލި ފަދައެވެ… “ރައިހާން .. އައި ..ލަ ” އަހަރެން ބުނަން އުޅުނު ޖެމްލަ ހުއްޓުނީ.. ރައިހާންެ ފޯނު ގެ ވޯލް ޕޭޕާރ ގައި އިން އީޝާގެ ފޮޓޯފެނި ފައެވެ.. ވަގުތުނަ އަހަރެންގެ އަނގަ ބަންދުވިއެވެ.. ހިތަށް ތޫނު ކަށިތަކެއް ހަރާލި ފަދައެވެ.. އަހަރެން ކުރި ހިއްވަރު ވީ ބޭކާރެވެ.. “ކީކޭ ؟” […]
އެދޮރުން ކޮޓަރިއަށް ވަދެގެން އައީ މިއަދު ސުކޫލުން ފަތީން އާއި ދިމާވި ދިވެހި މުދައްރިސްއެވެ. އޭނާ ހުރީ އާދައެކޭ އެއްފަދައިން ވަރަށް ހިނިތުން ވެލާފައެވެ. އޭނާ ފެނުމާއެކު ފަތީން ވަރަށް ހައިރާންވިއެވެ. އޭނާގެ ކޮޓަރީގައި ފަތީން އޮތީ ކީއްވެބާއޭ އޭނާ ހިތަށް އެރިއެވެ. “މިސްގެ ކުލާހުގަ މިއަދު އިން ކުއްޖެއްދޯ؟ ނަން ހަނދާން ނެތިގެން މިސް މިއުޅެނީ..” ފަތީން އޮށޯވެގެން އޮތް އެނދު ކައިރީގައި ހުރި ކުޑަ ޑްރެސިންޓޭބަލް ގޮނޑިއެއްގައި އިށީންނަމުން އޭނާ ސުވާލުކޮށްލިއެވެ. “ފަތީން… ނަމަކީ […]
“ހެލޯ މަލާކް….މާ ބޮޑަށް ކަންބޮޑުވާނެ ކަމެއްނެތް ދަރިފުޅު. ދަރިފުޅަށް ކުށެއް ކުރެވުނިއްޔާ މަޢާފަށް އެދިލާ. އަޔާޒް ޢާއްމުގޮތެއްގަ އޭނަ ލޯބިވާ މީހުންގެ މަޢާފު ޤަބޫލުކުރާނެ. އެކަމަކު އޭނައާއި ވާހަކަ ދައްކައިގެން އޭނަ ހިތްހަމަޖައްސާލަދިނުން ވަރަށް މުހިއްމު. މި ޙާލަތުގަ އަޔާޒް އެކަނި ކޮށްނުލައްޗޭ މަލާކް. އޭނަ ހިތްހަމަޖައްސައިދީ އޭނަދެކެ ލޯބިވާކަން ހާމަކޮށްދީ.” ބޮޑުމަންމަ ފޯނުން އެހެން ބުނެލި ވަގުތަކީ މަލާކް ކާގޭގެ ދޮރާއި ހަމަވީ ވަގުތެވެ. އެވަގުތު އަޔާޒް އައިސްއަލަމާރި ހުޅުވައިގެން އޭގެ ތެރެއަށް ބަލަހައްޓައިގެން ހުރީއެވެ. […]
“ޝް…ޝައި…ޝައިލާ…” ދެއަތް މުއްކަވާލަމުން ލޫން އެނަން ކިޔާލީ އޭނަގެ ޖަޒުބާތުތައް ހިފަހައްޓަމުންނެވެ. “ލިނީ..އަޅާނުލާބަލަ..އަހަރެން ބޭނުމެއްނޫން ޝައިލާއާ ހެދި އަހަރެމެންގެ މި އުފާވެރި ދުވަސް ހަލާކުވެދާކަށް..ހީލަބަލަދެން..” ލޫންގެ މުއްކަވާލެވިފައިވާ އަތް ގަދަކަމުންކަހަލަ ގޮތަކަށް ހުޅުވާލަމުން އިއްބާން ލޫންގެ އެ ނާޒުކުއަތް އޭނާގެ ބޮޑު އަތުތެރެއަށްލާފައި އެ އަތަށް ބާރުކޮއްލަމުން ބުނެލިއެވެ. ލޫންއަށް އިއްބާން ހާސްވެފައިހުރި މިންވަރު އަންދާޒާކޮލެވުނީ ކަންނޭގެއެވެ. އަވަސް އަވަހަށް ހިނިތުންވެލަަމުން އޭނާގެ އަތުގައި ހިފާލެވިފައިވާ އިއްބާންގެ އަތަށް ބާރުކޮއްލިއެވެ. އޭރު ކައިވެނިކުރަން ހަމަޖެހިފައިވާތަނަށް އެއްވެފައިތިބި މީހުންތިބީ […]