އާދައިގެމަތިން ނީލް މިއަދުވެސް ކެމެރާ ހިފައިގެން ގެއިން ނިކުތީ އަތިރިމަތީގެ އިރުއޮއްސޭ މަންޒިރުގެ ރިތިފޮޓޯކޮޅެއެއް ނަގާލުމުގެ ނިޔަތުގައެވެ. ނީލް އޭނާގެ އަތުގައި އޮތް ކެމެރާ ކޮނޑުގައި އަޅުވާލައިގެން ، ސައިކަލަށް އަރާ މިސްރަބުޖެހީ އަތިރި މައްޗަށެވެ. ނީލްއައް ސައިކަލުގައި ދުއްވާފަ ދެވުނީ ވަކި ހިސާބަކަށެވެ. ވަރަށް ކަޅު ވިލާތަކެއް ދުނިޔެމައްޗަށް ރަސްކަން ކުރަން ފަށައިފިއެވެ. އިރުކޮޅެއްނުވަނީސް ބޯކޮން ވިއްސާރަ ވެހެން ފަށައިފިއެވެ.މަގުގެ އެއްކައިރީގައި ސައިކަލު ޕާކް ކޮއްލުމައްފަހު ނީލް އޭނާގެ ސައިކަލުގެ ވަށިގަނޑުގައި އޮތް އެނާގެ ކުޑަޔާ […]