އާދައިގެމަތިން ނީލް މިއަދުވެސް ކެމެރާ ހިފައިގެން ގެއިން ނިކުތީ އަތިރިމަތީގެ އިރުއޮއްސޭ މަންޒިރުގެ ރިތިފޮޓޯކޮޅެއެއް ނަގާލުމުގެ ނިޔަތުގައެވެ. ނީލް އޭނާގެ އަތުގައި އޮތް ކެމެރާ ކޮނޑުގައި އަޅުވާލައިގެން ، ސައިކަލަށް އަރާ މިސްރަބުޖެހީ އަތިރި މައްޗަށެވެ. ނީލްއައް ސައިކަލުގައި ދުއްވާފަ ދެވުނީ ވަކި ހިސާބަކަށެވެ. ވަރަށް ކަޅު ވިލާތަކެއް ދުނިޔެމައްޗަށް ރަސްކަން ކުރަން ފަށައިފިއެވެ. އިރުކޮޅެއްނުވަނީސް ބޯކޮން ވިއްސާރަ ވެހެން ފަށައިފިއެވެ.މަގުގެ އެއްކައިރީގައި ސައިކަލު ޕާކް ކޮއްލުމައްފަހު ނީލް އޭނާގެ ސައިކަލުގެ ވަށިގަނޑުގައި އޮތް އެނާގެ ކުޑަޔާ ވިއްސާރަ ކޯޓާއި ކެމެރާ ހިފައިގެން ހިގައިގަނެއްޖެއެވެ. އޭނާގެ އަތުގައި އޮތް ކެމެރާއިން ވަށައިގެން ހޫރެމުންދިޔަ ބޮޑު ބިޔަ ގަސްތަކުގެ ތުނިފަތްތަކުގެ ކޯތާފަތްމަތީ ކުދި ވާރޭ ތިކިތައް ނަށަމުން ދިޔަ މަންޒަރު ފޮޓޯ ނަގަމުންނެވެ. މަގުގެ ވަކިހިސާބަކަށް ދެވުނުތަނާ ގަހެއްގެ ނިވަލުގާ ހުރި އަންހެންކުއްޖެއް ފެނުނެވެ. ނީލް ކުޑަކޮން ހައިރާން ވިއެވެ. އަދި ދެފަރާތައް ބަލައިލީ އިތުރު މީހެއްގެ ހިލަމެއްވޭތޯއެވެ. އެދެ މީހުން ފިޔަވާ އެތާނގަ އިތުރު އެކަކުވެސް ނެތެވެ. ލަސް ފިޔަވަޅުތަކެއް ނަގަމުން ނީލް އެ އަންހެންކުއްޖާ ކައިރިޔަށް ދިޔައެވެ. އަދި އޭނާގެ މޫނަށް ބަލަިއިލިއެވެ. ފުރާވަރުގެ ޒުވާން ރީތި އަންހެންކުއްޖެކެވެ. އަދި އެހާމެ ރީތި އަންހެންކުއްޖެކެވެ. ވަށް ދޮން މޫނަކާއި ކަޅު އިސްތަށިގަނޑެއެއްގެ ވެރިއެވެ. އޭނާ ލައިގެންހުރީ ކަކުލާހަމަޔަށް އަންނަ އަތް ކުރު ހުދުހެދުމެކެވެ.
ނީލް އެއަންހެންކުއްޖާއަށް ގޮވާލިއެވެ. އަދި އަތުގައި އޮތް ވިއްސާރަ ކޯޓު އޭނާއަށް ދިއްކޮއްލިއެވެ. އެ އަންހެންކުއްޖަ އެއްވެސް އެއްޗެކޭ ނުބުނެ ނީލް އާއި ދިމަ ބަލައިލިއެވެ. އިރުކޮޅަކު އަޖައިބެއްފަދަ ނޫކުލައިގެ ދެލޮލުން ނީލް އާއި ދިމަ ބަލަން އިނުމަށް ފަހު ނޫނެކޭ ބުނުމުގެގޮތެން ބޯހޭރާލިއެވެ. ނީލް މިކުއްޖާ ކައިރިޔަށް ޖެހިލުމަށްފަހު ވިއްސާރަ ކޯޓު އަތަށް ލައިދިނެވެ. ނީލް ފުރަތަމަ ހީކުރީ އެއާ މަންމަން ކުޖެއް ކަމަށެވެ. އެހެންވެ އެއްވެސް އެއްޗެކޭނުބުނެ ހިނގައިގަތީ އޭނާގެ ސައިކަލާއި ދިމާލަށެވެ. ފަސް އެނބުރި ބަލައިލި ވަގުތު އެ އަންހެންކުއްޖާގެ މޫނުމަތިން ފެނިލިކުލަވަރުން ވިއްސާރަ ހުއްޓޭނެ ވަގުތެއްގެ އިންތިޒާރުގައި އިންކަން ނީލް އަށް ވަރަށް ރަނގަޅަށް ނަގައިގަނެވުނެވެ.
ސައިކަލަ އަރާހަމަވުމުން ޖީބުގައި އޮތް ތަޅުދަނޑި ނަގަން ޖީބަށް އަތްލިވަގުތު ކުރިމަތިން ފެނުނު ސޭރައިން ނީލް ސިހިފިއި ފަހަތަށް ވެއްޓުނެވެ…………………………………………………………..
5 Comments!
Comments are closed.

V reethi…. Waiting fr nxt..
thnkx kylie
Nice..maa sha Allah
waiting for the next part ???
Waiting for the next part. Varah reethi mi Vaahaka. ????????
thnkx guyx