ޒާރާ 2
ޒާރާ އެކުއްޖާ ހަޅޭއްލަވައި ގަތުމުން ކްލާސް ތެރެއަށް ނަޒަރު ހިންގާ ލިއެވެ. ހުރިހާ ކުދިން ވެސް އެއްފަހަރު ޒާރާ ގެ އަތާ ދިމާލާށް އަނެއް ފަހަރު ޒާރާގެ މޫނާ ދިމާ ބަލާލައެވެ.ވާނީ ވެސް އެހެންނޫން ހެއްޔެވެ.މަންމަ އާއި ޑޮކްޓަރުން ފިޔަވައި އެހެންމީހަކަށް މި ބައްޔާ ބެހޭ ގޮތަކުން ނޭނގޭނެ އެވެ.ޒާރާ ލަސްލަހުން އަތާ ދިމަ ބަލާލަމުން ހިތަށް އެރި އެވެ.ކަންތަކާ ޖެހުނީ އެވެ. އެ ބަސްޓުވީ އެވެ.ޒާރާ ހީކުރީ ހަމަ ރަނގަޅަށެވެ.ޒާރާ ގެ އަތް އޮތީ ވަރަށް ބޮޑަށް ކަނޑައިގެން ގޮއްސަ އެވެ.އެހެން ނަމަވެސް ޒާރާ އަށް ނޭނގުނީ އޭނާ އަށް އެ އިހުސާސް ނުވާތީ އެވެ. އެދުވަހުގެ ފަހުން ޒާރާ އާ ދިމާ އަށް ކުދިން އެކި ނަންނަމުން ގޮވާ ހަދައެވެ. ޒާރާ ގެ އެންމެ ގާތް ރަހުމަތްތެރިޔާ ވެސް ޒާރާ އާ ވަރަށް ދުރުވެއްޖެ އެވެ.އަހަރެންނަށް ތަދު އިހުސާސް ނުވާތީ ކުދިން ހީކުރަނީ އަހަރެންނަށް މޮޔަވެފަ ނޫނީ ޖިންނި ކަމެއްކަށެވެ. ”އަން މިއޮތީ ނިމިފަ.. ދަރިފުޅާ ދެން ވެސް ބަލައިގެން އުޅޭތި.“ޒާރާ މަންމަގެ އަޑަށް ސިއްސައިގެން ގޮސް ހިޔާލު ތަކުން ދުރު ވެވުނެވެ. *******. ”ދަރިފުޅާ ސާރާ..ބައްޕަ އަށް ގެނަސްދީބަލަ ފޯނު… ކާކުތަ ގުޅަނީ..“މިހާދު އޭނާގެ ހުރި އަންހެން ދަރިފުޅަށް ގޮވާލިއެވެ.މިހާދުގެ ތިބެނީ އެންމެ ދެ ކުދިންނެވެ.އެންމެ ބޮޑު ކުއްޖާ ވީ އެމެރިކާ އަށް ކިޔަވަންގޮހެވެ.”އަން ބައްޕާ މިއޮތީ ފޯނު..ހައްވައްތަ އެ ގުޅަނީ..“ހަލޯ ކޮބާ ފިރިހެން ދަރިފުޅު އަންނަނީ ކޮންއިރަކުން.؟“”ދެ މަސް ދެން އޮތީ..“. ***********. ”ހައްވާ.. ހައްވާ..“ޒާރާގެ މަންމަ އަށް އަވަށްޓެރިގޭ ސަމީމާ ގޮވާ އަޑަށް ބޭރަށް ނުކުތެވެ.އިރުކޮޅެއްނުވެ ހައްވަ ވެސް ނުކުތެވެ.”އޭ ހައްވާ މަގޭ ކުޑަކޮއި ވާހަކަ އެއް ދައްކާ އަޑު އިވިގެން މި އައީ.މަގޭ ކޮއި ބުނީ މިގޭ ޒާރާ ހުންނަނީ ޖިންނި ކަމެއް ވެފަޔޯ…ތަނެއް ކަނޑައިގެން ދިޔަޔަސް ރޭކާ ވެސް ނުލަޔޯ..“. ”ނޫނޭ ސަމީމާ މަގޭ ޒާރާ އަށް ތިކަހަލަ ކަމެއް ނުވޭ އިރާދަކުރެއްވިއްޔާ..އެދުވަހު މާ ބޮޑަށް ކަނޑައިގެން ގޮއްސަ ހުރީމަ އައްސި ވީ.. ދެން އިހުސާސެއް ނުވާނެ އެއްނު..“ހައްވަ ހަމަ ޖެހޭ ކަން ދައްކަމުން ބުނެލިއެވެ.”އެކަމު މަގޭ ކޮއި ބުންޏޭ ދެތިންދުވަހަކު ފެނުނޭ.. ދެން ނޭނގެ ތިހެންވެސް ވެދާނެ..ދެން ދަނީޔޭ..“. ސަމީމާ ދިޔުމުން ޒާރާ ބަދިގޭގަ ހުރެފަ ނިކުތެވެ. ޒާރާ އަށް ވަރަށް ސާފުކޮށް ސަމީމާ ދެއްކި ވާހަކަ އަޑު އިވުނެވެ.”ދަރިފުޅާ ޒާރާ މަންމަ ވަރަށް ބޮޑު ވާހަކަ އެއް ދައްކަން ވެފަ އެބަ އޮތް..“ޒާރާ މަޑުމަޑުން އައިސް މަންމަ ކައިރީ އިށީނެެވެ. “ދަރިފުޅާ ޒާރާ..މަންމަ ދައްކަމެއްނު މިހާދު ބޭބެގެ ވާހަކަ..ކުރިންދުވަހު މަންމަ ގުޅިން އެ ބޭބެ އަށް..މިހާދު ބޭބެ ބުނީ ދަރިފުޅު ކިޔަވަން އެކޮޅަށް ދާން ވީ ނޫން ހެއްޔޯ..އަނެއްކާ އޭނަގެ ދަރިފުޅު ވެސް ޑޮކްޓަރުކަން ކިޔަވައިގެން ވަރަށް އަވަހަށް އަންނާނެ.. އޭރުން ދަރިފުޅުގެ ބައްޔަށް ވެސް ލުޔެއް ލިބޭނެ..މަންމަ ބުނިން ދަރިފުޅު ފޮނުވާނަމޭ..އެ ގޭގަ ހުންނާނީ ވެސް އަންހެން ކުއްޖެއްވިއްޔަ..“ޒާރާ މަޑުމައިތިރި ކަމާ އެކީ މަންމަ ދައްކާ ވާހަކަ އަޑު އަހަން އިނެވެ. ************* ”ޑޮކްޓަރ އާހިލް..މިއޮތީ ޑޮކިއުމެންޓް ތަށް..“ އާހިލް އަކީ ސައިކޮލޮޖީ އާއި ސާރޖަން އެމެރިކާ ގައި ކިޔަވައިގެން ދެ އަހަރު ހޮސްޕިޓަލުގައި ވަޒީފާ އަދާ ކުރަމުން ދާ 24 އަހަރުގެ ޒުވާނެކެވެ.އާހިލް ރާއްޖެ ދާން ބޭނުން ނުވިއެއް ކަމަކު ބައްޕަގެ އެދުމުގެ މަތިން މި އަހަރު ފަހުކޮޅު އޭނާ ބައްޕަ ކައިރިއަށް މާލެ ދާނެއެވެ. ********. ”މަންމަ ވެސް ދަންތަ..؟..“ޒާރާ ވަރަށް މަޑުން އިނދެ މަންމަ ކައިރީ އަހާލިއެވެ.”ނޫނޭ ދަރިފުޅާ އަބަދަކު މަންމަ އެއް ނުހުންނާނޭ.. އެކަނި އުޅެންވެސް ދަސްކުރަންވާނެ…ދަރިފުޅު ދާންވާނެ..މަންމަ އަށް ވެސް އިނގޭ ދަރިފުޅުގެ ބައްޔަކީ ހައްލެއް ނެތް ބައްޔެއްކަން..އެކަމަކުވެސް ތި ބައްޔަ ލުޔެއް ﷲ އިރާދަފުޅުން ލިބިދާނެ..ދަރިފުޅު ދާން ވާނެ..މާދަމާ ނޫން އަނެއްދުވަހު ހެނދުނު ލޯންޗުން ފުރަން ތައްޔާރުވާން ވާނެ..“
