ޒާރާ އެކުއްޖާ ހަޅޭއްލަވައި ގަތުމުން ކްލާސް ތެރެއަށް ނަޒަރު ހިންގާ ލިއެވެ. ހުރިހާ ކުދިން ވެސް އެއްފަހަރު ޒާރާ ގެ އަތާ ދިމާލާށް އަނެއް ފަހަރު ޒާރާގެ މޫނާ ދިމާ ބަލާލައެވެ.ވާނީ ވެސް އެހެންނޫން ހެއްޔެވެ.މަންމަ އާއި ޑޮކްޓަރުން ފިޔަވައި އެހެންމީހަކަށް މި ބައްޔާ ބެހޭ ގޮތަކުން ނޭނގޭނެ އެވެ.ޒާރާ ލަސްލަހުން އަތާ ދިމަ ބަލާލަމުން ހިތަށް އެރި އެވެ.ކަންތަކާ ޖެހުނީ އެވެ. އެ ބަސްޓުވީ އެވެ.ޒާރާ ހީކުރީ ހަމަ ރަނގަޅަށެވެ.ޒާރާ ގެ އަތް އޮތީ ވަރަށް ބޮޑަށް ކަނޑައިގެން ގޮއްސަ އެވެ.އެހެން ނަމަވެސް ޒާރާ އަށް ނޭނގުނީ އޭނާ އަށް އެ އިހުސާސް ނުވާތީ އެވެ. އެދުވަހުގެ ފަހުން ޒާރާ އާ ދިމާ އަށް ކުދިން އެކި ނަންނަމުން ގޮވާ ހަދައެވެ. ޒާރާ ގެ އެންމެ ގާތް ރަހުމަތްތެރިޔާ ވެސް ޒާރާ އާ ވަރަށް ދުރުވެއްޖެ އެވެ.އަހަރެންނަށް ތަދު އިހުސާސް ނުވާތީ ކުދިން ހީކުރަނީ އަހަރެންނަށް މޮޔަވެފަ ނޫނީ ޖިންނި ކަމެއްކަށެވެ. ”އަން މިއޮތީ ނިމިފަ.. ދަރިފުޅާ ދެން ވެސް ބަލައިގެން އުޅޭތި.“ޒާރާ މަންމަގެ އަޑަށް ސިއްސައިގެން ގޮސް ހިޔާލު ތަކުން ދުރު ވެވުނެވެ. *******. ”ދަރިފުޅާ ސާރާ..ބައްޕަ އަށް ގެނަސްދީބަލަ ފޯނު… ކާކުތަ ގުޅަނީ..“މިހާދު އޭނާގެ ހުރި އަންހެން ދަރިފުޅަށް ގޮވާލިއެވެ.މިހާދުގެ ތިބެނީ އެންމެ ދެ ކުދިންނެވެ.އެންމެ ބޮޑު ކުއްޖާ ވީ އެމެރިކާ އަށް ކިޔަވަންގޮހެވެ.”އަން ބައްޕާ މިއޮތީ ފޯނު..ހައްވައްތަ އެ ގުޅަނީ..“ހަލޯ ކޮބާ ފިރިހެން ދަރިފުޅު އަންނަނީ ކޮންއިރަކުން.؟“”ދެ މަސް ދެން އޮތީ..“. ***********. […]
އެއްދުވަހެއްގެ ހެނދުނެވެ.ޒާރާ އުޅުނީ އޭނާގެ މަންމަ ހޭލަންވާއިރަށް ބަދިގެ އަށް ވަދެ ސައި ތައްޔާރުކުރާށެވެ.މިއީ ޒާރާގެ ކޮންމެ ސްކޫލު ބަންދު ދުވަހެއްގެ އާދައެވެ.މިހެން އުޅުމުގެ ތެރޭގައި އޭނާގެ އަތް ވަރަށް ބޮޑަށް ކަނޑައިގެން ދިޔައެވެ.ނަމަވެސް އޭނާގެ މޫނު މައްޗަކުން އޭނާ އަށް ތަދުވާހެނެއް ހިޔެއް ނުވެއެވެ.ޒާރާ މަޑުމަޑުން ހިނގާފަ ގޮސް މަންމަ ގެ ކޮޓަރި ދޮރުގަ ޓަކި ޖެހިއެވެ.އިރުކޮޅެއް ނުވެ މަންމަ ކޮޓަރި ދޮރު ހުޅުވާލިއެެވެ.މަންމަ ހުރީ ބިރުން ގޮސް ހަލާކުވާ ވަރު ވެފައެވެ.ވާނީ ވެސް އެހެންނޫންހެއްޔެވެ.އެހާވަރަށް ލޭ އެބަ އާދެއެވެ.”ދަރިފުޅާ އަވަހަށް ހިނގާ ހޮސްޕިޓަލަށް ދާން“ޒާރާގެ މަންމަ މިހެން ކިޔާ ޒާރާ ގޮވައިގެން ހޮސްޕިޓަލަށް ގެންދަން އުޅުނެވެ.”އަޅެ މަންމާ.. މަންމަ އަށް ވެސް އިނގޭނެ އެއްނު އަހަރެން މިކަހަލަ ކަމެއް ވެގެން ހޮސްޕިޓަލަށް ގޮއްސިއްޔާ ވާނެ ގޮތް.. އެހެންނޫނަސް އަހަންނަކަށް ތަދެއްވެސް ނުވެޔޭ..“. ޒާރާ އަކީ އެންމެ ކުޑަ އިރުއްސުރެ ފަށައިގެން ވެސް ސީއައިޕީ ކިޔާ ބައްޔެއް ހުންނަ ކުއްޖެކެވެ. މިބަލި ޖެހެނީވެސް ދުނިޔޭގަވެސް ވަރަށް މަދު މީހަކަށެވެ.މި ބަލީގައި އެއްވެސް ކަހަލަ ތަދެއް އަދި ހޫނުކަމެއް ވެސް އަދި ފިނިކަމެއް ވެސް އިހުސާސެއް ނުކުރެވޭނެ އެވެ. ޒާރާގެެ މަންމަ އަވަހަށް ފަސްޓް އެއިޑް ކިޓް ހިފައިގެން ބޭސް އަޅަން އުޅުނެވެ. މިހެން އިންދާ ޒާރާގެ ހަނދާނަށް އައި ކަމަކުން އޭނާ ފެންކަޅިވިއެވެ.އެއީ މީގެ ތިން އަހަރު ކުރިއެވެ. ޒާރާ އޭރު ކިޔަވަމުން ދިޔައީ ލާމު ގަމު ސްކޫލުގެ ގްރޭޑު އަށެއްގައެވެ.މި ބަލި ހުރުމަކުންނެއް ޒާރާ އަށް މާބޮޑު އުނދަގުލެއް ކުރިމައްޗެއް ނުވެ އެވެ.ނަމަވެސް އެދުވަހަކީ ޒާރާ ގެ މުޅި ޙަޔާތް ބަދަލު ކޮށްލި ދުވަހެކެވެ. ޒާރާ އިނީ އޭނާގެ އެންމެ ގާތް އެކުވެރިޔާ އާ އެކު ކްލާހުގައެވެ. ހުރިހާ ކުދިންވެސް ތިބީ ސްކޫލުގެ އެނިވާރސަރީ އަންނަން ވާއިރަށް ކަތުރާ ކަޓަރާ އެއްޗެހި ބޭނުންކޮށްގެން ކަރުދާސް މާ ކަފާށެވެ.ޒާރާ އިނީ ކަޓަރެއް ހިފައިގެންނެވެ. ރައްޓެހި ކުއްޖަކާ ދިމަ ބަލަހައްޓައިގެން އިނދެ ޒާރާ ވާހަކަ ދައްކަމުން ދިޔައެވެ. އިރުކޮޅެއްނުވެ ކުއްޖަކު ވަރަށް ބާރަށް ހަޅޭ ލަވައިގަތުމުން ޒާރާ ބަލައި ލިއެވެ.