ވާނަން އުމުރަށް – 37 –
“ޝް…ޝައި…ޝައިލާ…” ދެއަތް މުއްކަވާލަމުން ލޫން އެނަން ކިޔާލީ އޭނަގެ ޖަޒުބާތުތައް ހިފަހައްޓަމުންނެވެ.
“ލިނީ..އަޅާނުލާބަލަ..އަހަރެން ބޭނުމެއްނޫން ޝައިލާއާ ހެދި އަހަރެމެންގެ މި އުފާވެރި ދުވަސް ހަލާކުވެދާކަށް..ހީލަބަލަދެން..” ލޫންގެ މުއްކަވާލެވިފައިވާ އަތް ގަދަކަމުންކަހަލަ ގޮތަކަށް ހުޅުވާލަމުން އިއްބާން ލޫންގެ އެ ނާޒުކުއަތް އޭނާގެ ބޮޑު އަތުތެރެއަށްލާފައި އެ އަތަށް ބާރުކޮއްލަމުން ބުނެލިއެވެ. ލޫންއަށް އިއްބާން ހާސްވެފައިހުރި މިންވަރު އަންދާޒާކޮލެވުނީ ކަންނޭގެއެވެ. އަވަސް އަވަހަށް ހިނިތުންވެލަަމުން އޭނާގެ އަތުގައި ހިފާލެވިފައިވާ އިއްބާންގެ އަތަށް ބާރުކޮއްލިއެވެ. އޭރު ކައިވެނިކުރަން ހަމަޖެހިފައިވާތަނަށް އެއްވެފައިތިބި މީހުންތިބީ ލޫންގެ މޫނަށްވެރިވި ކުލަވަރުން ވާނުވާގައެވެ. ނަމަވެސް ދެން ކުއްލިޔަކަށް ލޫންގެ މޫނުމަތިން ފެނިލި ހަމަޖެހުމުގެ ކުލަވަރުން އެންމެން ހަމައަކަށް އެޅިލިއިރު ހަމަހިމޭންވީ ޤާޒީއަށް ފުރުސަތުދެމުންނެވެ.
ޤާޒީގެ ވާހަކަތަށް ކަނުލާ އަޑުއަހަމުން އެންމެންވެސް ދިޔައެވެ. އެ ވާހަކަތަށް އަޑުއަހަންހުރި އައިޝަމްގެ ނަޒަރު ހުއްޓުނީ އޭނަޔާ ޖެހިގެން އޭނާ ކައިރީގައިހުރި އައިލީންގެ މޫނަށެވެ. އޭރު އައިލީންހުރީ ޤާޒީގެ ވާހަކަތަށް ޝައުގުވެރިކަމާއެކު އަޑުއަހާށެވެ.
އައިޝަމްގެ ތުންފަތްމައްޗަށް ފިރިހެންވަންތަ ހިނިތުންވުމެއް ވެރިވެގެންދިޔައީ އައިލީންގެ އެ ނިޔަނެތި މޫނުފެނިފައެވެ. އެދޮން މޫނަށް ނަޒަރު ހުއްޓާލައިގެންހުރެ އޭނާ މުޅި އުމުރު މިގޮތުގައި ހޭދަކޮއްފާނެއެވެ. އައިޝަމްއަށް އޭނާއަށް އައިލީންދެކެ ލޯބިވެވުނުގޮތެއް ނޭނގެއެވެ. ނަމަވެސް އައިޝަމްއަށް އެނގެނީ ދެން އޭނާއަށް އައިލީންއާ ނުލާ ނޫޅެވޭނެކަމެވެ. އައިޝަމްގެ ހިތް އޭނަގެ އަތުން ވީއްލިގެން ދިޔައިރުވެސް “އޭރު” އައިޝަމް އެކަން ނުދަނެހުއްޓެއެވެ. އެހިތް އައިލީން މިލްކުކޮއްލީ އޭނައަށްވެސް ނޭނގި ސިއްރު ސިއްރުންނެވެ. އެ ހަނދެއްފަދަ މޫނުފެންނަ ކޮންމެ ފަހަރަކު އައިޝަމްގެ ހިތް ފުރެނީ ނޭނގޭފަދަ އިހުސާސަކުންނެވެ. އެހިތް ފުރި ބަންޑުންވާ އިހުސާސްތައް އޭނަގެ ދުލުން ބަޔާންކުރަން އައިޝަމް ވަނި ނުކުޅެދިފައެވެ. މިރޭ އޭނާ ކޮންމެ ގޮތެއް ހަދާފައިވެސް އައިލީން ގާތުގައި އޭނާގެ ހިތުގެ ހާލު ބަޔާންކުރާނެއެވެ.
އައިލީންއާއި އައިޝަމްގެ ހަތަރުކަޅި ހަމަވެގެންދިޔަ ވަގުތު ދެހިތްވެސް ތެޅިލީ އެއްވިންދެއް ޖަހާފައެވެ. އައިލީން ލަދުރަކި ގޮތަކަށް އިސްޖަހާލިއެވެ. އައިޝަމްގެ ތުންފަތް މައްޗަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ. އައިޝަމް، އައިލީންއާ ކުޑަކޮށް ކައިރިޔަށް ޖެހިލަމުން ސިއްރުން އައިލީންގެ ކަންފަތްދޮށުގައި ބުނެލި އެއްޗަކުން އައިލީންގެ މޫނު ރަތް ފިނިފެންމަލުގެ ފިޔަތައްހާ ރަތްވެގެން ދިޔައީ ބަސްބުނާހާ ހިނދުކޮޅެއްގެ ތެރޭގައެވެ. އައިޝަމް އޭނަގެ ތުންފަތް މައްޗަށް ހިތްތައް ކަތިލާފަދަ ހިނިތުންވުމެއް ވެރިކުރުވަމުން އައީލީންއާ ކުޑަކޮށް ދުރަށް ޖެހިލިއިރު އެ ނޫކުލައިގެ ބޮޑު ދެލޮލުން ފެނިލީ ލާނެތް ވިދުވަރެކެވެ. އައިލީން ގަބޫލުކުރެވޭފަދަ ނަޒަރަކުން އައިޝަމްއާ ދިމާލަށް ބަލައިލުމާއެކު އައިޝަމް އެއްލޯ މަރާލުމުން، ފުންނޭވާއެއް ދޫކޮއްލިއެވެ. މަންޒަރު ބަލަން ހުރި ކައިޒިލްގެ ހިތް އެތިކޮޅު ތަކަށްވަމުން ހިމުންވެގެން ވެއްޔާ އެކުވިކަހަލައެވެ. އެނޭދެވޭ މަންޒަރު ބަލަން ހިތަށް ކުޅަދާނަ ނުވުމުން ދަތްތައް ކާރުވައިގަންނަމުން ދެލޯމަރާލިއިރު މުއްކަވާލެވިފައިވާ އަތް ޖީބައްޖަހާލިއެވެ.
” އަނބި ގަބޫލުކޮއްފިން ” އިއްބާންގެ ހިތްގައިމު އަޑުން އެދެ ލަފުޒު ބުނެލި ވަގުތުކޮޅު ދުވަހެއްގެ ކޮޅުންވެސް ލޫންގެ ހަނދާނަކާ ވަތްކެއް ނުވާނެއެވެ. ލޫން އިއްބާންގެ އަތަށް ބާރުކޮއްލި ވަގުތު އެދެލޮލުން ވެއްޓުނީ އުފާވެރިކަމުގެ ކަރުނަތިއްކެކެވެ. އިއްބާން ލޫންގެ އަތަށް ފިތާލިއިރު އެ ތުންފަތްމަތިން ފެނިލީ އަންހެންކުދިންގެ ހިތްތައް ކަތިލާފަދަ ފިރިހެންވަންތަ ހިނިތުންވުމެކެވެ.
އެންމެން އެދެމަފިރިންނަށް މަރުހަބާ ކަމުންދިޔައެވެ. ޕާޓީ ބާއްވަން ހަމަޖެހިފައިވާ ތަނުގައި އިން ބޮޑު އުދޯއްޔެއްގައި ލޫންއާ އިއްބާން އިށީނދެލައިގެން ތިއްބެވެ. އިއްބާން އާއި ލޫންގެ އަތް ލާމެހިފައިވާއިރު އެދެމަފިރިންގެ ތުންފަތްމަތިން ނުފިލާ ހިނިތުންވުމެއް ފެންނަން ހުއްޓެވެ. އިރުއިރުކޮޅާ އިއްބާން ލޫންއަށް އެބަލާލާ ލޯބިވެތި ނަޒަރުން މަރުހަބާ ކިޔަން އަންނަ އެންމެންނަށްވެސް ފެނިގެންތިޔައީ އިއްބާން ލޫންދެކެވާ ތެދުވެރި ލޯތްބެވެ. ލޮލަށް ނުފެންނަ މީހެއްދެކެ އިއްބާން އެވާ ލޯތްބާމެދު ގިނަ މީހުން ސުވާލުއުފެދިފައި ވިޔަސް އިއްބާންގެ އެ ލޯބިވެތި ބާލުމުންވެސް އިއްބާން ލޫންދެކެވާ ލޯބި ފެނި އެ ސުވާލު ގިނަމީހުންގެ ހިތުން ފުހެވިގެންދިޔައެވެ. ކޮންމެ މީހެއްގެވެސް އުނިސިފަތަކެއް ހުންނާނެއެވެ. އެކަން ގަބޫލުކޮށް ލޯބިވަންނާ ލޯބިވާ މީހާވެސް އެ އުނިސިފަތައް ދެކެ ލޯބިވެވޭނެއެވެ. އަދި އެމީހަކު އޭނަގެ ހަޔާތުން ނެރެ އެއްލާލުމުގެ ބަދަލުގައި އެމީހާ ބަލައިގަންނާނެއެވެ.
ތަނބަކަށް ލެގިލައިގެންހުރި ކައިޒިލްގެ މޫނުން އެކައްޗެއްވެސް ދޭހައެއް ނުވެއެވެ. އެ މޫނުމަތިން އެއްވެސް އަސަރެއް ފެންނާކަށްނެތެވެ. އޭނާގެ ނަޒަރު ހުއްޓިފައިވަނީ މީހުންނާ ވަކިން ދުރުގައި މަޖާކުރަމުންދިޔަ އައިލީންއާ އައިޝަމްއަށެވެ. އެދެމީހުން ހީހީފައި ވާހަކަދައްކާތަން ބަލަން ކައިޒިލް ހުރިއިރު މުއްކަވާލެވިފައިވާ އަތުންވެސް އޭނާގެ އިހުސާސްތައް ކޮންޓްރޯލްކޮއްލައިގެންހުރިވަރު އެނގޭހާއެވެ. ކައިޒިލް އެދެމީހުންނަށް ނަޒަރުހުއްޓާލިއެވެ. އެވަގުތު އައިޝަމް އައިލީން ކައިރިޔަށް ގުދުވެލަމުން އެއްޗެކޭ ބުނެލިއެވެ. އަދި އައިލީންގެ އަތުގައި ހިފައިގެން ގޮނޑުދޮށާދިމާލަށް ހިނގައިގަތެވެ.
އެދެމީހުން ދިޔަ ދިމާލަށް ބަލަން ހުރެފައި ކައިޒިލް ބޮލުގެ ފުއްކިބަ ތަނބުގައި ޖައްސާލަމުން ދެލޯ މަރާލިއެވެ.
“އައިޝަމް..ކޮންތާކައްތަ ތި ގެންދަނީ..” ހިތްއަވަސްވެފައިވާ ހާލު އައިލީން އަހާލިއެވެ.
“އެހެ..ޖަސްޓް ޓްރަސްޓް މީ..އޯވކޭ..” ކުޑަ ހުނުމަކާއެކު އައިޝަމް ބުނެލީ އައިލީންގެ ލޮލުގައި ކަޅުކުލައިގެ ފޮތިކޮޅެއް އައްސާލަދެމުންނެވެ. އައިލީން ބޯޖަހާލިއެވެ.
( ހިނދުކޮޅެއްފަސް )
“ދެން އޯކޭ ނެގިޔަސް..” އައިޝަމް ބުނެލިއެވެ. ލަސް ހަރަކާތަކާއެކު އައިލީން ލޯމަތިން ފޮތިކޮޅުނެގިއެވެ. ދެލޯ ހުޅުވާލި ވަގުތު އެދެލޯ ބޮޑުކޮއްލި ގޮތަށް އައިލީންއަށް އަނގަމަތީގައި އަތްއަޅާލެވުނީ ފެންނަ މަންޒަރު ޤަބޫލުނުކުރެވިގެންކަހަލައެވެ. ކަޅާއި ހުދުކުލައިގެ ފިނިފެންމާ ފިޔަތަކުގެ އެހީގައި ހުދު ދޮންވެލި ގަނޑުމަތީގައި އަޅާލެވިފައިވާ ތިން ލަފުޒު ” އައި ލަވް ޔޫ ” އަޅާލެވިފައި ވަނީ ވަރަށްވެސް ރީތިކޮށެވެ.
“އައިލީން..އައި ލަވް ޔޫ….ވަރަށް….ވަރަށް ލޯބިވަން..ޕްލީޒް ބީ މައިން…އަހަރެންގެ ހިތުގެ ވިންދަކީ ތީ..ވަރަށް ލޯބިވޭ..” އައިޝަމް އެތިން ލަފުޒު ބުނި ކޮންމެ ފަހަރަކުވެސް އައިލީންގެ ދެލޮލަށް އުފާވެރިކަމުގެ ކަރުނަ އެއްވަމުންދިޔައެވެ. އައިލީންގެ ތުންފަތް މަަތީގައިވި ހިނިތުންވުން ފުންވެގެން ދިޔައިރު ކޯތާފަތަށް އެޅުނު އަޑިކޮޅުން އެ ހަރަކާތް އިތުރަށް ފުރިހަމަކޮއްދިނެވެ.
“އައި..އައި ލަވް ޔޫ ޓޫ..” ވައި އަޑުން އައިލީން ބުނެލިއިރު ކޯތާފަތަށް ރަތްކުލަ ވެރިވެގެންދިޔައެވެ.
އައިޝަމްއަށް ލިބުނު އުފާ ބަޔާންކޮއްދެންވެސް ދައްޗެވެ. އައިލީން ގައިގައި ކުޑަކޮއް ބައްދާލުމައްފަހު ދުރަށްޖެހިލިއެވެ.
“ތެންކްސް…” އައިޝަމްގެ ނޫކުލައިގެ ދެލޮލުން ތޫނު ވިދުމެއްފެންނަން ހުއްޓެވެ. އެ ރަތްކުލައި ތުންފަތުގައި ފިރިހެންވަންތަ ހިނިތުންވުމެއް ދުވެލިއިރު ޖެހިލި ވައިރޯޅިޔާއެކު އެކުރުކޮއް ކޮށާލެވިފައިވާ ފަން އިސްތަށިގަނޑު ވައިގެ ސަމަސާއާއި ބައިވެރިވެ ވިހުރިލައިގެން ދިޔަގޮތުން އައިޝަމްގެ ދެލޮލަށް ނިވާއަޅާލިއެވެ. އެއްއަތުން އިސްތަށިކޮޅު ދުރައްޖައްސާލަމުން އައިޝަމް އައިލީންއާ ދިމާލަށް ބަލާލި ވަގުތު އައިލީން އިސްޖަހާލިއެވެ.
“ފޯ ވަޓް؟” އައިލީން އަހާލިއެވެ.
“ފޯރ އެވްރީތިން…އައިލީން އަހަރެންގެ ހަޔާތުގައި ވީތި…ތިގޮތަށް ހުރެދެއްޗޭ އަބަދުވެސް އަހަންނާއެކު..” ދޮންވެލިގަނޑުގައި ފައިގެ ނިޝާންތައް ދޫކުރަމުން ކުރިޔަށްހިނގައިގަތެވެ.
“އިންޝާ ﷲ ހުރެދޭނަން އަބަދުގެ އަބަދައްވެސް…އައިޝަމްވެސް ހުރެދެއްޗޭ އަހަރެންނާއެކު..” ކޮނޑުމަތިން ކުރިމައްޗަށް ވެއްޓިފައިވާ އިސްތަށިގަނޑުގެ ބަޔަކާ ކުޅެމުން އައިލީން ބުނެލީ އައިޝަމްގެ މޫނަށް ބަލާލަމުންނެވެ.
“އިންޝާ ﷲ…އައިލީންއާކު ވާނަން، އުމުރަށް..” އައިޝަމްއާ އައިލީންގެ އަތް ލާމެހިގެންދިޔައިރު ތެ ތުންފަތްމަތީގައިވެސް ނުފިލާ ހިނިތުންވުމެއްވިއެވެ.
ތަރިތައް އެހެން ރޭތެކައްވުރެ ޗާލުކޮށް ފިޔަޖަހަމުންދިޔައިރު ހަނދު އެހެން ރޭރެޔާ ހިލާފަށް ނުކުމެއިނީ މުޅިތަން އަލިކޮއްލައިގެނެވެ. ގޮނޑުދޮށުގައި އިށީންނަމުން ދެމީހުންވެސް އެ ހިތްގައިމު މާހައުލަށް ނަޒަރުހިންގާލަމުން ފުންނޭވާއެއްދޫކޮއްލިއެވެ. އިރުކޮޅަކު ވައުދުތަކާ އަހުތުތައް ކުރަން އެދެޒުވާނުން ތިއްބެވެ. އިރުކޮޅަކު އެހެން ތިބުނައްފަހު އައިޝަމް ތެދުވަމުން އައިލީންއަށް ބަލާލިއެވެ. އަދި ހިނގާލާފައިގޮސް ބިނދާލާފައި އަންނަ ރާޅު ދޮންވެލީގައި ބޮސްދެމުން އައިޝަމްގެ ފައިތިލަ ތެމޭ ހިސާބުގައި މަޑުކޮއްލިއެވެ. ދެޖީބަށް އަތް ޖަހާލަމުން އައިޝަމް އިސްއުފުލާލަމުން މައްޗަށް ބަލާލިއެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު އައިލީންގެ ހިލަމެއްނުވިތާގައި އަޑެއް ބަޑެއްވެސް ނީވުމުން އައިޝަމް ފަހަތްބަލާލިއެވެ. އެވަގުތު އައިޝަމްގެ މޫނުމަތިން އެހެން އަސަރެއްފެނިލިއިރު އެދެލޮލުން ފެނިގެންދިޔައީ އިންތިހާ ދަރަޖައިގެ ހާސްކަމެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
54 Comments!
Comments are closed.








Varah???varah???? varah ???reethi.???Aisham nd ???aileen??? gulhunii?? dhw??????Curiously ???waiting??? for ????the??? next ??part❤❤❤❤❤Lysm sis
Thanks yanaa:).yhh..dhn e gulhuneenu.ly♥
Salaam rwaders.mi othee 37 vana part up koaladheefa. And sorry ehaa intixaaru kurvan jeuneema. Dbn komme dhuvahakuves ” Waanan Umurah ” ge aa part eh kiyaalan libyne insha allah.
Kiyuntherinnah heevanee aileen ah evee kihineh hen thr? Share you viwes. Feel free to comment your viwes:)
Love ya all my readers:)♥
Yanaa first dhw..congrats ingey sis..
Mi part varah salhi.waiting for the next part
Eheh zern. Congrats yanaa:)
Thanks zern.
Babe kolhu???v v v v v v habbu nge mi part vx???kon irakun dhen oiy bai upkurany???alhe dhooni u finished hama ehme nubai thanun???v curious vefa ngey mihury…aslu kaixil ulhey gothun dhera vx vey baehfaharu but dhen ekm dhww???eyna ehaa nugulhey aileen akaa…hey smarti aisham kairii bunebala dhen vx leen hoadhan dhaashey???ehenn nuuny e loabi darlinn beevedhaaney???n v v v majaa msg eh kohfa ihnaane ngey??? online vefa please give a reply ngeyy❤❤❤love mo ngeyyyy
Thanks mugnumm.?insha allah varah ahah next part up koaladheynan. Heh. Nubaathanakah dhw mi nimmaalhevunee. Ekm dhn anna faharuves neyge hutteyne thanei^.^
Yh.mal ves dheravy.kykuraani dhw. Dhn tagudheerah dhookoalanamaa dhn. Heh. Feijje msg.mugnumm vesdhw dhn? reply dheefin.ly more:)
??Wow Malkko…..varah varah reethi ingyy mi part ves???? curiously waiting for the next part ?????? luv yeahh ???????? miss u so much…..??????????? One of my favourite ?????????
Awwn.thanks meekk ly 2. I miss you more. Kyve mihaaru ol nuvanee meekk?.
Varah ufaa veje favourite thereyga mi vaaka ves himenykan enguneema..thanks:)
Mal wow curious varah waiting for next part
Thanks lavza??
Lavza sis beynun Mal ah vaahaka dhahkan
I am a big fan of you
Awwn..thankx sis..
Umm..sis hangout use kuran thr? Gmail viyas?
?????????masha Allah varah reethi mi part vx keep up the good work malkko ????????????ly
Thank u so much Axee? ly 2?
Sorry comment nukureveythy
Treat me like your sis or friend I am 15
Its okk sisi. Of coz i’d love to
Mal I am lavza treat me like your sis or friend
I am 15
🙂
No Mal phone mahsalaeh jehigen miulheny
Ohh. Dhn kihineh tlk kuraanee?
I will talk after this year
Messenger gengulhen tha ?
Nun..mal nugengulhen mesenger eh..heh. dhn i will wait. Next year ga tlk kuran. ?
Maashaa allah…..vvvv reethi mi part??????hama habbu?????varah reethi ingey??????waiting nxt part ah…..ly mal
Thanks kai:)ly 2
Mal messenger use kuranya plx dheeba ID ???
Nuny sisiy..mal mesenger use eh nukuran. Dhn kihoneh hadhaanee?
Kihineh*
Mai ah dhw enme fahun comment mi kohlevunee…
Varah varah reethi n varah furihama mi part vx???
Varah kiyaahithun indhaa nimunee vx❤❤❤
Konirakun aneh bai up kolla dheveynii???
Waiting for it☺??
Love you mal??
Nuney maiii..its kk..?.thanks. insha allah varah avahah..ly 2 ?
Let’s wait ?
Yhh:)
OMG thee gr 7 he kujje tha?? Mihisaabah vaahaka kiyamun airu ves comment nukuran……just asking ingeyy…..haadha molhey Masha Allah❤
Thanks hindhi. Noony i’m in grade 6. Next year ga 7
Wow vrh rythi
Thankx:)
Vrh reethi nd vrh interest vaahaka eh… Waiting for the next part…. Mi story Mi kiyany aslu vrh kiyaa hithun. Knme dhuvahaku ves new episode eh up Kohfa in tho balan❤️ Masha Allah u vrh molhu story liyan welldone nd keep it up☺️?
Thankx?♥
Mal when is the next part….. I’m curious to know it
Liye vunuhaaaaa amme avahah..????
Thankx
Vrh riithi??❤ when next part ??? waiting for next… ???
Thankx
Alhe Shen please vaahaka up kodhiba .varai kiyaahi Ebavey . please, please
Thankx❤
Mal dhoonii… Mi prt vx varah reethi… Whn is the next prt??? Avahah up kohla dhehcheyy.. Love this story… And good luck with this story… ???????????❤?❤?❤???????❤?
Thankx❤
alhey malkolhu molhu ingey vikko ah mikiyunii maafahun mipart bxy kamun BTW it was amaizing welldone mal haadha interesting koshey thininmaalii
Eheh..iss okk..Thankx❤
kobaa mivaahakige anehbai haadha lahey up kuraaleh kadae thythi plx avas kohdhyba
Thankx suvaalu mark ❤
Kobaa mi vaahakaige aneh baa haadha lahey up kuraaleh ????
Thankx
Umm guyxx..balaalabala mal up kohfa in vaahaka ” KEYVEHEY ” eii thankolheh kurin up kuri vaahka eh..mahsalagandheh dhimaavegen i can’t write this story.. ekm i will come 2022 ga mi vaahka nimman..”Keyvehey?” E vaahakaige comments thah kiyaaleema engyne kyvekan mal vaahka up nukuranee mi..ekm faharehgga 2021 gaves mal aiisfaane nge..i will really miss you guyxx..i hope u all will frogive me..live u all..take care my readers..u guyx are the.best.