Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކުށަކާނުލާ.. (2 ވަނަ ބައި)

aal Level 110 Stories
August 30, 2013 2 Mins Read
9 Comments

“ދޮރުމަތީ މިހުރީ. ހުޅުވާލަބަލަ ދެން” އަހަރެން ބިރުގަތެވެ. އެމީހަކު އެންމެ ފަހުން ގެއަށްވެސް އައީއެވެ. ހިތްވަރު ކޮށްލާފައި ގޮސް ދޮރު ހުޅުވީމެވެ.
“އަޔާ؟” އަޔާން ފެނުމާއެކު އަހަރެންނަށް ހުރެވުނު ތަންވެސް ނޭނގުނެވެ. “ވަޓް އަ ސަޕްރައިޒް”. އަޔާނަކީ އަހަރެންގެ ކުރީގެ ރަހުމަތްތެރިއެކެވެ. މަތީ ސާނަވީ ކިޔެވުމަށް ލަންކާއަށް ބަދަލްވީ މީގެ ދެއަހަރު ކުރިންނެވެ. “ކޮން އިރަކު އައީ؟ އެންޑް ރޭއްސުރެ ކޮންހާ ޖެއްސުމެއް ތިކުރީ؟” އަހަރެން އަޔާނާ ސުވާލު ކުރަން ފެށީމެވެ. “މަންޖެ ހެދޭ ވަރެއް ބަލާލީ ހަމަ. މިހާރު އައިތާ ދެދުވަސް މިވީ. ކޮބާތަ މަންމަ؟” އަހަރެން މަންމައަށް ގޮވީމެވެ. އަޔާން ފެނުމުން މަންމަވެސް ހުރީ ވަރަށް އުފާވެފައެވެ. މަންމަގެ އިތުރު ކުއްޖަކު ނެތުމުން މަންމަ އަޔާނާ ދޭތެރޭވެސް ދެކެނީ ހަމަ ދަރިއަކު ފަދައިންނެވެ. “ދަރިފުޅާ އަޔާނަށް ކާން ހަދާބަލާ.” މަންމަގެ ބުނުމަށް އަހަރެން ދިޔައީ ކާން ހަދާށެވެ. މުއްސަންޖެއް ކަމަކު މިގޭގައި ނޯކަރެއް ނުގެންގުޅެމެވެ. އެއީ އަހަރެން ބޭނުންވި ގޮތެވެ.
އަޔާނާ ވަހަކަ ދައްކަން މަންމަ އެތައް އިރެއްވަންދެން އިނުމަށް ފަހު ކޮޓަރިއަށް ދިޔައެވެ. އަހަރެނަ އިނީ އަނގަތަޅާނެ ވަގުތެއް ނުލިބިފައެވެ. “ކިހިނެއްތަ މިހާރު ކަންތައް؟ ވަރަށް ހަނދާންވޭ އަޔާ މަތިން. އެކަމު ފޮނި ކަމުން ހަބަރެއް ނުވިތާ މިކޮޅަށް އައީ އެއްވެސް ނޫން. އަހަރެން ހީކުރީ މީހަކާ އިނދެގެން ދަރިންތަކެއް ލިބުނީ ކަމަށް” އަހަރެން ސަމާސާ ކޮއްލީމެވެ. “އެކޮޅު މާ މަޖާ. އެހެންވެ ނައީ. ހަމަ އެކަނި ނީ ނެތް ކަން. އެހެން ނޫން ނަމަ މިފަހަރުވެސް ނައިމުސް. މަވެސް ވަރަށް މިސްވޭ” “ވަރަށް ދެން. މަ ހައްދާނެ ކަމެއް ނެތް” އަހަރެން ބުނީމެވެ. “މަދެން ދަނީ. މިހާރު ވަރަށް ލަސްވެއްޖެ. ނީ ވެސް ދެން ނިދަންދޭ. ސުކޫލަށްވެސް ދާން ޖެހެއެއްނު. އަނަނާނަން މާދަން.” އަޔާން ދާކަށް އަހަރެން ބޭނުމެއް ނުވިއެވެ. ނަމަވެސް މާއިރު ވަންދެން ހުރުމަކީ ރަނގަޅު ގޮތެއް ނޫންކަންވެސް އަހަންނަށް ވިސްނެއެވެ.
ތައްޔާރު ވެލައިގެން އަހަރެން ނިދަން އޮށޯތީމެވެ. ނަމަވެސް ހިތަށް ވެރިވާ ސޫރައަކާ ހެދި ނިދޭ ގޮތެއް ނުވިއެވެ. އަޔާން މިހާރު ކުރިއަށްވުރެ ރީއްޗެވެ. ޒުވާން ކޮންމެ ކުއްޖަކަށްވެސް އަޔާން ފެނިއްޖެނަމަ އަސަރު ނުކޮށެއް ނުދާނެއެވެ. ފަންފަން އިސްތަށިގަނޑެކެވެ. ޖާދުވީ ބެލުމެކެވެ. އަޔާންގެ ހަނދާންތައް އާވާން ފެށުމުން އަހަރެންގެ މޫނުމައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ފުރޮޅި ފުރޮޅި އޮއްވާ ނިދުނު އިރެއްވެސް ނޭންގެއެވެ. ހޭލެވުނީ މަންމަ ގޮވާ އަޑަށެވެ. އަވަސް އަވަހަށް ތައްޔާރުވެލައިގެން ސުކޫލަށް ދިޔައިމެވެ.
ރިޝާ ފެނުމާއެކު އަހަރެން އަޔާންގެ ވަހަކަ ކިޔައިދިނީމެވެ. އެދުވަހުގެ ކަމަކަށް އޮތީ އަޔާންގެ ވަހަކައެވެ. “ތި ނޫން އެއްޗެއް ކިޔާބަލަ ދެން. އަޔާން އެއީ ފްރެންޑެއްނު. ބިޓެއް ނަމަވެސް ރަނގަޅު ކެނޑިނޭޅި އޭނަ ވަހަކަ ދައްކަން. އަނެއްކާ ނީ….” ރިޝާ ބުނެލިއެވެ. ފަށަފަށައިގެން މިދެއްކެނީ އެއްވަހަކައެއްކަން އަހަންނަނަށް ވިސްނުނީ ދެނެވެ. “ނޭނގެ ދޯ. އަޔާ ފެނުމުން ވީ ބުނެދޭންވެސް ނޭނގޭ ކަހަލަ އިހުސާސްތަކެއް” އަހަރެން ބުނީމެވެ. “ތީ ލޯބީގެ ފެށުމޭ.” ރިޝާ ގާތަށް ހިނި އައެވެ. މީގެ ކުރިން ފިރިހެން ކުއްޖެއްގެ ވަހަކަ ދެއްކުމަކަށް އަހަރެން ޝައުގެއް ނުހުރެއެވެ. ނަމަވެސް އަޔާންގެ އަޑު ކަންފަތުގައި ޖެހުނު ހިނދުން ފެށިގެން ނޭގި ނަމަވެސް އެއަޑަށް އިންތިޒާރު ކުރެވެން ފެށުނެވެ. އަދި އެއީ އަޔާންކަން އެނގުމުން އަޔާން ދުށުމަށް މާބޮޑަށް އެދެވެން ފެށުނެވެ. ކުރިންވެސް އަހަންނަށް އަޔާނަށް ޙާއްސަކަމެއް ދެވުނެވެ. ނަމަވެސް މިކަހަލަ ވިންދެއް ޖެހި ކަމުގެ އިހުސާސެއް އޭރަކު ނުކުރެވެއެވެ.
ގެއަށް ދެވުމާއެކު އަހަރެން އަޔާނަށް ގުޅީމެވެ. “ހަވީރު ހިނގާލަން ދެވޭނެތޯ ބަލަން މިގުޅީ” އަހަރެން ބޭނުންވީ އަޔާނާއެކު އެކަނި ވަގުތުކޮޅެއް ހޭދަކޮށްލާށެވެ. “އާން. ނީ ވިއްޔަ. ނޫނެކޭ ނުބުނެވޭނު. ރެޑީވެވުނީމަ ގުޅާ. މަ ދާނަން ބަލާ.” އަޔާން ދާން އެއްބަސް ވުމުން އަހަރެން ވަރަށް އުފާވިއެވެ. ލާނެ ހެދުމެއް އިހްތިޔާރުކުރަން ވެސް ގަޑި އިރަކަށްވުރެ ގިނަ ވަގުތު ހޭދަވިއެވެ. އެންމެ ފަހުން ރަތް ކުލައިގެ ހެދުމެއް ނެގީމެވެ. ރަތް ކުލައަކީ އަޔާނަށް އެންމެ ރީތި ކުލައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

aal

Level 110 Stories

Other Articles

Previous

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 40

Next

ހިތް ނުރޮއްވާ… (10)

Next
August 31, 2013

ހިތް ނުރޮއްވާ… (10)

Previews
August 30, 2013

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 40

9 Comments!

  1. މަންހާ says:
    August 31, 2013 at 3:45 pm

    ވަރަށް ރިތި!!! ޕްލީޒް ކޮންޓިނިއު!! ސާބަސް!!
    ކޮންމެ ގޮތެއް ވިޔަސް ލޯބީގެ ވާހަކައެއް ދޯ؟؟؟ ދެންވާނީ ކިހިނެއް؟؟؟ 3 ވަނަ ބައި ނުކުންނާނީ ކޮންއިރަކު؟؟؟؟؟؟؟؟؟؟؟

  2. aal says:
    August 31, 2013 at 8:12 pm

    ތޭންކްސް.. ކީޕް ރީޑިންގ. މާދަމާ އިރާދަކުރެއްވިއްޔާ 3 ވަނަ ބައިވެސް ރިލީސް ކުރެވޭނެ..

  3. Manha says:
    September 5, 2013 at 7:50 pm

    !!fast it Make. story the write to time of lots takink are You.Please.

  4. ޒޫ says:
    September 6, 2013 at 2:08 am

    ހާދަ ކުރުކޮށޭ ތިގެނެސް ދެނީ . . .

    1. Aman says:
      February 5, 2014 at 4:20 pm

      What a plaseure to meet someone who thinks so clearly

    2. condition ask says:
      September 23, 2014 at 3:15 am

      That’s a knowing answer to a difficult question

  5. aal says:
    September 7, 2013 at 2:13 pm

    ވަރަށް ބޮޑަށް ސޮރީ. މާ ބިޒީ ދުވަސް ކޮޅަކަށްވީމަ.. މިހާރު އަނެއްބައިވެސް ނެރެފިން 🙂

  6. aal says:
    February 16, 2014 at 7:46 pm

    thanks aman

  7. Hai says:
    August 9, 2019 at 12:08 pm

    Varah reethi????????????????

Comments are closed.

Next Episodeކުށަކާނުލާ.. (3 ވަނަ ބައި)←


All Right Reserved!