ވަކިވީ އަސަރާ މަންޒަރު ހިތަކުން ހަމަ ނުފިލާނޭ
ހީލަމުން އަހަރެންވެސް ލޯބީގެ އިޤުރާރުތަށް އެހެންރެއެކޭވެސް އެއްފަދައިން އެރޭވެސްވީމެވެ.
ކެއުމަށް އިންސާފުކޮށް ނިމުމުން އަހަރެން ބިލަށް ފައިސާ ދެއްކުމަށް ފަހު ބޭރަށް ނިކުތީމެވެ. އޭރު އަހަރެންގެ ކާރު ކައިރީގައި ޒުވާން ދެ ފިރިހެން ކުއްޖަކު ހަރަކާތް ތެރިވަމުން ދިޔައެވެ. އަހަރެމެން ކަރާއި އައިސް ހަމަކުރުމާއި އެކު އެދެކުދިން ދުއްވައިގަތެވެ. މާލެ ތެރޭގައި އިންތިހާއަށް ވައްކަންގިނަ ދުވަސް ކޮޅަކަށް ވުމުން އަހަރެން ނިންމީ އެއީވެސް އެފަދަ އިތުރު ކަންތަށް ގަނޑެއް ހިންގުމަށް މަސައްކަތް ކުރިބައެއްކަމަށެވެ.
އެރޭ ނިޝާގެ އެދުމުގެ މަތިން އަހަރެން ކާރު ދުއްވަމުން ދިޔައީ އަލިވިލާގެ އާއި ދިމާލަށެވެ. އެއީ އަހަރެން ދިރިއުޅެމުން ދާގެއެވެ. މާގިނަ ނޯކަރުންތަކެއް ނޫޅެއެވެ. އާއިލާ ބަޔަކު ނުވަތަ ތިމާގެ ބަޔަކު ތިބީއެއްނޫނެވެ. ނޯކަރަކަށް އުޅޭ މާނާގެ ބުރަ މަސައްކަތުން މުޅި ގެ ސާފުކޮށް ބަލަހައްޓައެވެ. އެރޭ ގޭގައި މަނާއަށް އަތްގާތް ކޮއްލަދޭން ގެނެސް ފައި ހުރި ނިހާ ފިޔަވައި އެކަކުވެސް ނޫޅެއެވެ. މަނާވެސްވީ އޭނާގެ އެކުވެންތަކެއްގެ ކައިރިޔަށް ގޮސްފައެވެ. އިރުއެރުމުގެ ކުރިން ގެ ހުރިތަންވެސް އޭނާއަށް ނޭގޭނެކަން އަހަންނަށް އެނގެއެވެ.
އެރޭ އަހަރެން ނިހާއަށް ޗުއްޓީދިނީ މެވެ. އަހަރެމެންގެ އުފާވެރި ކަމުގެ ހުރަހަކަށް އޭނަވާކަށް އަހަރުމެން ބޭނުން ނުވީއެވެ. ނިހާވެސް ލިބުނު ހުސްވަގުތުގެ ބޭނުން ހިފަމުން އޭނާގެ އެކުވެރިންގެ ގާތަށް ދިޔުމަށް ގެއިން ނިކުތެވެ.
އަހަރެން ނިޝާ އުރާލައިގެން ސިޑިންއަރަން ފެށީމެވެ. ބުޅާ މަސްގަނޑަށް ބަލާއުސޫލުން އެދެލެލޮލަށް ބަލަމުންނެވެ. އެންމެ ފެންވަރު މޮޅު ފަންނުވެރިންގެ އަތުމަސައްކަތުން ފަރުމާކުރެވިފައިވާ ކޮޓަރީގެ ދޮރާހަމައަށް އާދެވުމުން ނިޝާ ލުއި ހިނިތުންވުމެއް އަހަންނަށް ހަދިޔާކުރިއެވެ. އަހަރެންވެސް ހީލަމުން ކޮޓަރީގެ ދޮރު ހުޅުވާލީމެވެ.
ނިޝާ ހުރީ ހައިރާންވެފައެވެ. ކޮޓަރީގެ ފުރިހަމަ ކަމުންނެވެ. ރަތާއި ކަޅުން ޖަރީ ވެފައިހުރިލެއް ފުރިހަމަކަމުން ނެވެ.
“މިއީ އަހަރެންގެ ކޮޓަރި…… އާންމު ގޮތެއްގައި އަހަންނަށް ކަމުދާނީ ހުރިހާ ކަމެއްވެސް ވަރަށް ޕާފެކްޓް ވީމަ، އޭގެ ހެއްކެއް މިކޮޓަރި އަކީވެސް….”
އަހަރެން އެނދުގައި އިށީން ނަމުން ވާހަކަފެށީމެވެ. މަޑުންނުހުރެވުނީ އެވެ. ހަމަހިމޭން ވެރިވުމުން ގަޔަށް ހިނިއެރީ ތޯއްޗެކެވެ.
“މުއްސަނދި މަހުޖަނުންގެ ކޮޓަރި ރީތި ވާނެއެއްނު….ނުވިތާކަށް ހިތްގައިމުވެސް ވަނެ…” ނިޝާއެއް މިޔަކަނުން ހީލަމުން އަހަރެންގެ ގާތުގައި އިށީނެވެ.
“ތިވެސް މަހުޖަނެއްގެ ދަރިއެއްނު…” އަހަރެން ނިޝާގެ ބޮލުގައި ފިރުމާލީމެވެ. ލޯބިންނެވެ.
“އެއީ ބައްޕަގެ މަނީ..އަހަރެން މިއުޅެނީ އަމިއްލަ އިންކަމްއެއް ހޯދަން މަސައްކަތެއް ފަށަން އަބަދު ބައްޕަ ދިނީމަ ކައިގެން އުޅެން އަހަރެންގެ ހިތެއް ނުރުހޭ………..”
“ތިއީ ހާދަވަރުގަދަ ހިތެކޭ ދޯ……އަދި އެބޮތް އެހެންގޮތެއް ،ބައްޕަގެ މަނީގަ އުޅެން ބޭނުން ނޫނީޔާ އަހަންނާއި މެރީ ކުރޭ…. އޭރުން މި ރޫމްގަ މި ކޮޓަރީގަ ރަނިކަން ކޮއްކޮށް ބައްޕަގެ މަނީ ނުހޯދާ އުޅެވިދާނެ…” ނިޝާގެ އުނގުގައި ބޯއަޅާލަމުން އަހަރެންގެ ހިޔާލު ފާޅުކޮއްލީ މެވެ.
“ކިހިނެތްވީ…އަނެއްކާ އަޔާން އަހަރެން ވަޒީފާ އަދާކުރަން ހިތްހަމަ ނުޖެހުނީތަ؟” އަހަރެންގެ އިސްތަށިގަނޑާއި ކުޅެމުން ނިޝާވާހަކަދައްކަމުން ދިޔައެވެ.
އެރޭ ދެންއިތުރަކަށް އަހަރެން އެމަޢުޟޫއަށް ބަހުސް ކުރާކަށް ބޭނުމެއް ނުވިއެވެ. އެހެންކަމުން މަޑުމަޑުން އެ ވާހަކަތަށް ވެސް ހިންދާލީއެވެ. އެހެނަސް އޭގެ އަނެއްދުވަހުގެ އިރުއެރީ އަހަރެންގެ އުންމީދު ކުރި ފަދައަކުން ނޫނެވެ.
3 Comments!
Comments are closed.
ހާދަ ކުރޭ.
އަދި ނުނިމޭތަ
///////
VAAHAKA LIYAMUDHAAIRU, KIYUNTHERING SHAUGU VERIVAANE VARAH DHIGU KOH LIYELAA.
VAAHAKAIGE MIBAI VARAH REETH.