ހިތް ނުރޮއްވާ… (11)
………………މާހީގެ ކޮޓަރި ދޮރުމަތިން އެވަގުތު ހުރަސް ކުރި ރިހާއަށް މާހީއާއި މާޔާގެ ބަދަހި ގުޅުން ފެނުމުން ކޮންމެވެސް ވަރަކަށް ދެރަވިއެވެ. ވާނީވެސް އެހެންތާއެވެ. މިވީހާ ތަނުގަ ރިހާއާއި އެގޮތަށް އެއިން މީހަކު ހަގް ކޮށްލާ ހިތްވަރު ދީފައި ނުވާތަނުގައި އެއިން މީހަކު ރިހާއާއި ރީތިކޮށް ވާހަކަވެސް ނުދައްކައެވެ. ލޮލުން ކަރުން ހިލުނީ އެ ނަސީބު ރިހާއަށް ލިބޭނީ ކޮންދުވަހަކުން ބާއޭ ހިތަށް އެރުމުންނެވެ. ހަމައެއާއިއެކު ތުންފަތަށް ހިނިތުންވުމެއް ވެރިވީ މާޔާ އާއި މާހީ އެކަކު އަނެކަކު ދެކެ އެހާ ބޮޑަށް ލޯބިވާކަން އެނގުމުންނެވެ. އެގޮތަށް ކޮޓަރިތެރެއަށް އިރުކޮޅަކު ބަލަން ހުރުމަށް ފަހު ވިހަ ހިނިތުންވުމެއް މޫނުމައްޗަށް ވެރި ކުރުވަމުން މާހީގެ ކޮޓަރިތެރެއަށް ވަނެވެ.
“ވެލް ވެލް ވެލް، ޔޫ ޓޫ އާ އަވޭކް އާލީ! މިއަދު އިރު އެރީ ކިހިނެއްތަ؟” މާހީ އާއި މާޔާ ދެމީހުނަށް ބަލާލަމުން މަލާމާތް ކުރާ ފަދަ ގޮތަކަށް ރިހާ ބުނެލިއެވެ. ވީ ފޫހިންނާއި އައި ރުޅިން މާޔާ ޢައި މާހީ ކުރެ އެކަކުވެސް އަގައިން ނުބުނެ ތިބީއެވެ. އެވަގުތު ރިހާއަށް އެނދުމަތީގަ ހުރި ކާޑުތައް ފެނުނެވެ. “މޭ އައި؟” ކާޑު ތަކަށް އަތުން އިޝާރާތް ކޮށްލަމުން މާޔާ ގާތު ރިހާ އެ ކާޑުތައް ބަލާލުމުގެ ހުއްދައަށް އެދުނެވެ. ” ގޯ އޮން…” މާޔާ ފޫހި ގޮތަކަށް ބުނެލިއެވެ. މާޔާ ބޭނުންވީ ރިހާ ލަދުގަންނާވާލުމަށެވެ. އެހެނީ މާޔާ ހީކުރާ ގޮތުން އަބަދު ބިޒްނަސްގެ ކަންކަމާއި އުޅޭ، ޕާޓީ ތަކަށް އެއްވެސް ފޯރިއެއް ނުހުންނަ ރިހާއަށް ރީތި ރަގަޅު ކާޑެއް ޗޫސް ކުރާކަށް ނޭނގޭނެއެވެ. ނަމަވެސް މާޔާގެ އެ ހީކުރުން ދޮގުކުރީ ކުޑަ އިރުކޮޅަކު އެނދުގެ ކައިރީ ކަކޫ ޖައްސާލައިގެން އިނދެ ކާޑުތައް ބެލުމަށް ފަހު އެތަނުން ތިން ކާޑު ނަގާ މާޔާ އަތަށް ދިނުމުންނެވެ. “ހިއާ… މީ މަށަށް އެންމެ ކަމުދިޔަ ތިން ކާޑް… އެންޑް ދިސް އިޒް ދަ ވަން އައި ލައިކް މޯސްޓް” އެތަނުން އެއް ކާޑު ދައްކާލަމުން ރިހާ ބުންޏެވެ. “ބަތް ދަ ޗޮއިސް އިޒް ޔުއާސް” އެހެން ބުނެ މާޔާ އަތަށް ކާޑުތައް ދީފަ ރިހާ އެތަނުން ނުކުމެގެން ދިޔައީއެވެ.
މާޔާ ބަލާލީ ރިހާ ދީފަ ދިޔަ ކާޑުތަކަށެވެ. ދެން އެނދުމަތީގައި ހުރި ކާޑުތަކަށެވެ. އާނއެކެވެ. އެތަނުގަ އޮތް އެންމެ ރީތި ތިން ކާޑު އޮތީ މާޔާގެ އަތުގައެވެ. މާޔާއަށް ވެސް ކަމުދިޔައީ ހަމަ ރިހާއަށް އެންމެ ކަމުދާ ކަމަށް ބުނި ރަން ކުލައަކަށް ދާ ކާޑެވެ. ނަމަވެސް ރިހާގެ ހޮވުމަށް ވުމުން އެއިން އެއްވެސް ކާޑެއް ބޭނުން ކުރާކަށް މާޔާ ބޭނުމެއް ނުވިއެވެ.
ރިހާ އިނީ ރިހާގެ ކެބިން ތެރޭގައި ފައިލް ތަކެއް ބަލާށެވެ. ޒުބޭރާއި އެކު ފަށަން އުޅޭ ވިޔަފާރިއާއި ބެހޭ ގޮތުން މަޝްވަރާކޮށްލުމަށް ބާއްވާ ކުޑަ މީޓިންއެއް އެ ކެބިން ތެރޭގައި ފަސްވަރަކަށް މިނެޓް ފަހުން އޮންނާތީވެ ރިހާ އިންތިޒާރު ކުރަމުން ދިޔައީ ނަސީރާއި ޒުބޭރު އަންނާނެ ވަގުތަކަށެވެ. ރިހާ އެ އިންތިޒާރުގައި ފައިލް ބަލަން އިންދަ ރިހާގެ ފޯން ވައިބްރޭޓްވިއެވެ. ފޯނު ނަގާ ބަލާލި އިރު އައީ މެސެޖެކެވެ. ކާކުގެ މެސެޖެއްތޯ ބަލާލިއިރު އެއީ މާޔާގެ މެސެޖެއްކަން އެނގުމުން ރިހާ ހައިރާންވިއެވެ. އެހެނީ މާޔާ އެއީ ރިހާ އަށް އެއްވެސް އިރެއްގައި ގުޅާ ނުވަތަ މެސެޖްކޮށް ހަދާ ކުއްޖެއް ނޫނެވެ. ވީ ކީއްބާއޭ ރިހާގެ ހިތަށް އެރިއެވެ. އަނެއްކާ ނަސީރަށް ކަމެއް ވީ ހެއްޔެވެ؟ ނޫނީ ގޭ އެހެން މީހަކަށް ކަމެއް ވީ ހެއްޔެވެ؟ އެހެން ހިތަށް އެރުމާއިއެކު ރިހާ ކުޑަކޮށް ޖެހިލުންވެ ހުރެ މެސެޖް ހުޅުވާލި އިރު މެސެޖްގައި އިނީ ރިހާ ހީކުރިކަހަލަ އެއްޗެއް ނޫނެވެ. އެ މެސެޖްގައި ވަނީ އިނގިރޭސިން ލިޔެފައިވާ ކުރު އެންމެ އިބާރާތެކެވެ. “ތޭންކްސް” މިހެންނެވެ. ރިހާ ހީކުރި ކަހަލަ ކަމެއް މެސެޖްގައި ނެތުމުން އެހިތަށް ހިތްހަމަ ޖެހުން ލިބިގެން ދިޔައެވެ. އަދި އެއާ އެކު ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައީ ހަޤީޤަތުގަވެސް ރިހާ އެވަގުތު އުފާވިވަރުންނެވެ. ރިހާ އެތައް އިރަކު އެ މެސެޖަށް ބަލަހައްޓައިން އިނެވެ. ރިހާގެ ހޮވުން މާޔާއަށް ކަމުދިޔައީ ކަން އެ މެސެޖްގައި ބުނެފަ ނެތް ނަމަވެސް ރިހާއަށް ޔަގީން ވެގެން ދިޔައެވެ.
މާޔާ ފުރަތަމަ ނިންމައިގެން ހުރީ ރިހާ ދިން ތިން ކާޑުން ކުރެ އެއްކާޑުވެސް ބޭނުން ނުކުރުމަށެވެ. އެހެންވެ މާޔާ ކާޑުތައް ހިފައިން މާޔާގެ ކޮޓަރިއަށް ގޮސްވެސް އެހެން ކާޑުތަކާއި އެ ތިން ކާޑު ބޭއްވީ ވަކިންނެވެ. އެނދު ކައިރީ ހުރި ސައިޑް ޓޭބަލް މަތީގައި ރިހާގެ ހޮވުން ކަމުގައިވި ތިން ކާޑު ބޭއްވި އިރު އެހެން ކާޑުތައް ބެހެއްޓީ މާޔާގެ އެނދު ކުރިމަތީގައި ދެ ފޫޓެއްހާ ދުރުގަ ހުރި ކުޑަ ބިއްލޫރި މޭޒުމަތީގައެވެ. މާޔާ ދެފައި ތިރިއަށް އެލުވާލައިން ކަހަލަ ގޮތަކަށް އެނދުމަތީގައި އުއްޑުން އޮށޯވެލައިން އޮއްވަ ޒާން އައިސް އެކޮޓަރިއަށް ވަނެވެ. މާޔާ އޮތްގޮތް ފެނިފަ ޒާން އެނދުގައި އިށީނދެލަމުން މާޔާއަށް ސުވާލުކޮށްލިއެވެ. ” މަގޭ ޕްރިންސެސްއަށް ކިހިނެއްވެފަ ތިއޮތީ؟” ޒާންގެ އަޑަށް މާޔާ ސިހިފަ ކަހަލަ ގޮތަކަށް ތެދުވެ އިށީނދެލިއެވެ. އަދި މޭޒު މަތީގައި ހުރި ކާޑުތައް ދައްކާލަމުން ކާޑެއް ޗޫޒް ނުކުރެވިގެން އޮތީކަމަށް ބުނެލިއެވެ. “އަޅެ ޒާން ޕްލީޒް ހެލްޕެއް ވެދީބަލަ. މިތާ ނެތް ރީތި އެންމެ ޑިޒައިނެއްވެސް!” މާޔާ ކުޑަކުއްޖެއް ފަދައިން ބޮޑާ ހާކާލިއެވެ. “ތިވަރުގެ ކަމަކާތަ ތި އޮންނަނީ… އުޅޭދޯ ޗޫޒް ކުރަން، ބަޓް، ބިފޯރ ދެޓް…” މާޔާ ގަޔާލައި ބޮނޑިކޮށްލަމުން ޒާން ބުނެލިއެވެ. އަދި މާޔާގެ މޫނާއި ޒާންގެ މޫނު ކައިރިކޮށްލިއެވެ.
“އޭތް އޭތް… ތަންފުކެއް ބަލައިގެން އުޅެން ވެއްޖޭނުން” މާޔާއާއި ޒާންއަށް ސިހުން ގެނުވީ އެވަގުތު އެކޮޓަރިތެރެއަށް ވަދެގެން އައި ޒީޝާނެވެ. ފެނުނު މަންޒަރުން ޒީޝާން އެމީހުނަށް ފުރަގަސްދީގެން ހުރިއިރު މާޔާއާއި ޒާން އަވަހަށް ދުރައްޖެހިލިއެވެ. “މީނައަކާ ހެދި ނޯންނާނެ އެއްކަމެއްވެސް ވާކަށް!” ޒާން ލާނެއް ގޮތަކަށް ޒީޝާނަށް ބުނެލިއެވެ. ޒީޝާންވެސް މާޔާމެންނާ ދިމާއަށް އެނބުރެމުން ބުނެލިއެވެ. “މަށާއި ހެދިތަ؟ ކީއްތަ ވާނީ ކުޑަކޮށް ކެތްތެރިވި ވިއްޔާ! ދެން ނެތް ވިޔަ މާ ގިނަ ދުވަހެއް ވެސް. އޯ އެޓްލީސްޓް ދޮރު ލައްޕާލިނަމަ…ނަސީބެއްނު އެހެން މީހަކަށް ނުފެނުނު ކަން” ޒާން ލާނެއް ޒާތަކަށް ހިނިތުންވެލިއެވެ. “ޕްރައިވެސީ އޭ ކިޔާ އެއްޗެއްވެސް އޮވެއޭ ޝާން… މަށަށް އެކަމު މިހިރީވާ ވަރުގަދަ އެކުވެރިއެއް ލިބިފަ… ނޭނގެ ވެޑިން ނައިޓްގަވެސް މީނަ މިހެން ގޮވަމުން ނާންނާނެ ކަމެއް” ޒާންގެ އެ ޖުމްލައިން މާޔާގެ ކޯތާފަތް ލަދުން ރަތްވެގެން ދިޔައެވެ. އަދި “ޒާން” އޭ ކިޔާ ޒާންގެ ކޮޑުގަ އަޅާ ކޮށްޕާލަމުން މާޔާ ޒާންއަށް ލޯ އަޅާލިއެވެ. “ހޫ… ކޮންތާކަށް ދާންތަ މާވަރަކަށް ރެޑީވެފަ ތިހުރީ. އެންޑް މަށަށް އުނދަގު ކުރަން ތިއައީ ކަމަކުތަ؟” ޒާން މަޢުޟޫއު ބަދަލުކޮށްލަމުން ޒީޝާން މާ ރަސްމީވެފަ ނޫކުލައިގެ އަތްދިގު ގަމީހަކައި ކަޅުކުލައިގެ ޖިންސެއް ލައިގެން ބެގީކޮށްލާފަ ހުރުމުން އަދި ޓައީވެސް އަޅާލާފަ ހުރުމުން އަހާލިއެވެ. “ޔާ… އެބައޮތް ކުޑަ ވާހަކައެއް ދައްކަންވެފަ. އެހެންވެ ޒާން މިތަނަށް ވަންނާތި ފެނިގެން މިއައީ. އެންޑް މިއުޅެނީ ޑޭޑް އެއްކޮށް ބިޒްނަސް ކަމަކު ދާން.” ދޮރުފަތުގައި ލެނގިލަމުން ޒީޝާން ބުނެލިއެވެ. “ކޮންމެ ވާހަކައެއްވިއަސް އިޓް ވިލް ހޭވް ޓު ވެއިޓް، މިހާރު މިއުޅެނީ މަގޭ ޕްރިންސެސް އަށް ކާޑެއް ޗޫޒް ކޮށްދެވޭތޯ… ޝާންވެސް ތިތާ ނުހުރެ އާދެބަލަ ހެލްޕް ވާން. އެކަމް ލަސް ނުވަންޏާ.”ޒާން ކާޑުތައް ހާވާލަމުން ބުނެލިއެވެ. ޒީޝާން ލަހެއް ނުވެއޭބުނެ ކާޑްތައް ކައިރީ ކުޑަކަކޫ ޖަހާލައިން އިށީނދެލިއެވެ.
ޒީޝާން، މާޔާ އަދި ޒާން އާއި ތިން މީހުން ވެގެން ކާޑުތައް ބަލަން އެތައް އިރަކު ތިބުމަށްފަހު ކަމުދާ ކަހަލަ ކާޑެއް އެތާހުރި އެތައް ސަތޭކަ ކާޑުތަކުންވެސް ނުފެނުމުން ޒީޝާން އެންމެފަހުން އެކަން ނުނާނެކަމަށް ނިންމާ ދާން ތެދުވިއެވެ. އެވަގުތު ސައިޑް ޓޭބަލް މަތީގައި ބާއްވާފަ އޮތް ތިން ކާޑް ޒީޝާނަށް ފެނުނެވެ. ” ހޫނ.. ތި ދެމީހުން ވާ ރަގަޅު ކާޑު ޗޫޒްކޮށްފަ ދޯ މަށަށް ތި ޖެއްސީ މިއޮއްހުރިހާ އިރު މިކާޑުތަކުން އެއްޗެއް ހޯދަން.” ޒީޝާން ނިންމީ އޭރު ޒީޝާނަށް ފެނުނު މަންޒަރުން ވާހަކަ އޮޅުވާލަން ވެގެން މާޔާ އާއި ޒާން ކާޑު ސެލެކްޓް ކުރުމަށް ފަހުވެސް ޒީޝާނަށް އެކަންތައް ޖެއްސީ ކަމަށެވެ. “ކީކޭ ތި ކިޔަނީ؟” ޒާންއަށް ޒީޝާން ބުނި އެއްޗެއް ނޭނގުމުން އަހާލިއެވެ. ޒީޝާން ގޮސް އެ ތިން ކާޑުނަގާ ދައްކާލަމުން ބުނެލިއެވެ. “މި ކިޔަނީ މީގެ ވާހަކަ. ބަލާބަލަ. އެންމެ ޑިޒައިން ރީތި ތިން ކާޑު ނަގާ ބާއްވައިގެން އަހަރެންގެ ޓައިމް ވޭސްޓް ކުރީނުން” ޒީޝާން ކުޑަކޮށް ހިތްހަމަ ނުޖެހޭ ގޮތް ދައްކާލަމުން ބުނެލިއެވެ. “އަސްލުވެސް ޝާން މަށަކަށް ނޭނގެ! މާޔާ ކީއްވެތަ ކުރިން ނުބުނީ ސެލެކްޓް ކުރި ވާހަކަ؟” ޒާން އެއްފަހަރާ ދެމީހުނާ މުހާތަބް ކުރިއެވެ. ޒާންވެސް ހުރީ ކުރެވުނީ ބޭކާރު މަސައްކަތެއް ކަން އެނގުމުން ކުޑަކޮށް ހިތްހަމަނުޖެހިފައެވެ.
“ދެޓްސް ބިކޯޒް ޝީ ޑިޑިންޓް.” އެވަގުތު މާޔާ ހީދަމުން އައިސް ވަން މާހީ ޒާންގެ ސުވާލަށް ޖަވާބު ދިނެވެ. “ތި އަސްލު މިއަދު ހެނދުނު މާހީމެން ކާޑު ޗޫޒް ކުރާތަން ފެނިގެން، މާހީ މެނަށް އެކަން ނުވީމަ ދޮންތަ ޗޫޒް ކުރި ތިން ކާޑު. މާހީއަށް ވެސް ވަރަށް ރީތި ތި ތިން ކާޑް. މާޔާއަށް ވެސް ރީތިވީމަ މާޔާ އެހުންނަނީ އެ ހަޑިއޭވެސް، ކަމަކު ނުދެއޭވެސް ނުބުނެ. ބަޓް، ދޮންތަގެ ޗޮއިސް ވިއްޔަ، އެހެންވެ މާޔާ ބޭނުން ނުވަނީ އެއިން އެއްވެސް ކާޑެއް ޔޫޒް ކުރަން.” މާހީ އެމީހުނަށް ކަންވީ ގޮތް ކިޔައިދިނެވެ. ޒާން ދެފަރާތަކަށް ބޯހޫރުވާލިއެވެ. “މާޔާ! މާޔާ! ތި ގޮތް ދެން ދޫކުރަން ވެއްޖޭނުން މިހާރު.” ޒާން މާޔާއާއި ވާހަކަ ދެއްކީ ވިސްނައިދޭ ފަދަ ގޮތަކަށެވެ. “އެއީ މާޔާގެ ދޮންތައޭ. އެންޑް ޝީ ނެވާ ޑިޑް އެނީތިން ޓު ހާޓް ޔޫ އޯ އެނީވަންއެލްސް އިން ދިސް ފެމިލީ، ޑިޑް ޝީ؟ ދެން ކީއްވެ އަބަދު ދޮންތަ އާއި މެދު ތިގޮތަށް ކަންތައް ކުރަނީ؟” ޒާން މިފަހަރު ކޮށްލީ ޒީޝާންގެ ހިތުގަ އަބަދުވެސް އޮންނަ ސުވާލެވެ. މާޔާ އެއްވެސް އެއްޗެކޭ ނުބުނެއެވެ. އެހެންކަމުން ޒާން މާޔާގެ ދެކޮނޑުގަ ހިފާ ޒާންއާއި ދިމާއަށް އަނބުރާލަމުން ބުނެލިއެވެ. “ދޮންތަވެސް ދެރަވާނުން އަބަދު މާޔާމެން ތިހެން ކަންތައް ކުރީމަ.” މާޔާ ޒާންއަށް ބަލާލިއެވެ. އަދި ބުންޏެވެ. “ދެރައޭ! ނުވާނެ ދެރައެއް. ދެރަ ވާނަމަ އަބަދު އެގޮތަށް ރުޅިއައިސް ހަރުކަށިކޮށް ވާހަކަ ނުދައްކާނުން. ކޮމްޕެނީގެ ހުރިހާ ކަމަކާ ދޮންތަ ހަވާލުވީއްސުރެ ރީތިކޮށް އަނގައިން ނުބުނޭ. އެންމެން ވަނީ އޭނަ ބުނިހާ ގޮތަކަށް ހަދައިން ތިބެން. ހީވަނީ އަހަރެމެން މި އޭނަ ކުޅެން ގެންގުޅޭ ޕަޕެޓްތަކެއްހެން.” މާޔާ ހުރީ ޒާން ރިހާއާއި އެއްކޮޅަށް ވާހަކަ ދައްކާތީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ.
“އެއްފަހަރު ވެސް ވިސްނާލިންތަ ރިހާ އެގޮތަށް ކަންތައް ކުރަނީ ކީއްވެބާއޭ؟” މިފަހަރު ވާހަކަ ދެއްކީ ޒީޝާންއެވެ. މަޑުމަތިރިކަމާއެކުއެވެ. ޒީޝާންވެސް ބޭނުންވީ މާޔާއާއި މާހީއަށް ވިސްނައިދޭށެވެ. “ހިތަށް އެރިތަ އެއްފަހަރުވެސް މާޔާމެންގެ ދޮންތަ އެގޮތަށް ކަންތައް ކުރަނީ މާޔާމެނަށްވެސް އެ ދޮންތައާއިމެދު ކަންތައް ކުރެވޭ ގޮތުންނޭ؟ ނިކަން އަމިއްލަ ނަފްސާ ސުވާލުކޮށްލަބަލަ، ކީއްވެތޯ މާޔާ ވެސް، މާހީވެސް ރިހާއަށް ތިވަރަށް ނަފްރަތު ކުރަނީ؟!” ޒީޝާން ހަމަ އެ މަޑުމަތިރިކަން މަތީ މާޔާ އަދި މާހީ އަށް ސުވާލަކަށް ފަހު ސުވާލެއް ކުރިމަތި ކުރުވަމުން ދިޔައެވެ.
މާހީވެސް އަދި މާޔާވެސް އެއްޗެކޭ ނުބުނެތިބުމުން ޒާން އަނެއްކާވެސް މާޔާއަށް ބުންޏެވެ. “އެނީވޭސް، މި ފެމިލީގައ ކޮންމެ މައްސަލްއެއް އޮތަސް ހެޔޮ… އައި ވޯންޓް މައި ވެޑިންގ ޓު ބީ އޭޒް ޕާފެކްޓް އޭޒް އިޓް ކޭން ބީ. އެހެންވީމަ ވަކި މީހެއްގެ ޗޮއިސްއަށް ވީމަ ވަކި ކާޑުގެ ޑިޒައިންވެސް ޗޭންޖް ކުރަން ބޭނުމެއްނޫން. މާޔާ ވެސް އޮގޮތް ބޭނުންނުވާނެކަންނޭގެ. ޕްލީޒް އަދި އެއްފަހަރު ވިސްނާލަބަލަ.” އެހެން ބުނުމަށްފަހު ޒާން އެތަނުން ނުކުތުމަށް ހިނގައިގަތެވެ. ފަހަތުން ޒީޝާންވެސް ނުކުތެވެ.
މާޔާ ވިސްނިއެވެ. ރިހާ ޗޫޒްކުރި ކާޑަކަށް ވުމުން އެ ކާޑު ބޭނުން ކޮށްފިޔާ ގެއްލުންވާނީވެސް މާޔާއަށެވެ. ނަމަވެސް އެކާޑު ބޭނުންކޮށްފިއްޔާ، މާޔާއަށް އެވަރު ކުޑަ ކަމެއްވެސް އަމިއްލައަށް ނުކުރެވޭ ހިތާ ރިހާ އޭނާއަށް މަލާމާތް ކުރާނޭ މާޔާގެ ހިތްބުނަމުންދިޔައެވެ. އަދި ރިހާގެ ބޭނުމަކީވެސް އެއީ ކަމަށް މާޔާއަށް ހީވިއެވެ. ނޫނީ އެތަނުން ކާޑެއްބޭނުން ނުކޮށް މާޔާ އެހާ ގަޔާނުވާ ޑިޒައިނެއްގެ ކާޑެއް ބޭނުންކޮށްފިއްޔާ ވެސް އެއީ ރިހާ އަށް ފައިދާ ހުރި ކަމަކަށް ވެދާނެއެވެ. އެހެނީ އޭރުން ގައިމުވެސް މާޔާގެ ވެޑިން މާޔާ ބޭނުންވާހާ ފުރިހަމައެއް ނުވާނެއެވެ. އެއީވެސް ރިހާގެ މަޤްޞަދަށް ވުން އެކަށީގެންވެއެވެ. މާޔާ ދެކޭގޮތުގައި ރިހާ ދުވަހަކުވެސް މާޔާއަށް ހެވެއް ނޭދޭނެއެވެ. ކޮންމެ ގޮތެއް ވިއަސް ވަރިހަމަ ކަމަށް ނިންމާފަ މާޔާ އެންމެ ފަހުން އެތަނުން އެންމެ ރީތި ކާޑުނަގާ އެ ކާޑު ބޭނުން ކުރުމަށް ނިންމިއެވެ. އެންމެނަށްވެސް އެ ކާޑުތަށް ކަމުދިޔައީމައެވެ. އަދި އެއަށްފަހު ރިހާއަށް “ތޭންކްސް” އޭ ލިޔެލުމަށް މެސެޖް ކޮށްލިއެވެ.
===(ނުނިމޭ)===
One Comment
Comments are closed.
nice