އެހީގެއަގު
އަށާރަވަނަބައި
” އޭރު އެވާނީ އާވަޅިއަކަށް. އެކަމު މިހާ ދުވަސްވާއިރު ބާވެ ހަޑިވާނެއެއްނު. ރަނގަޅަށް ބަލާފަ ޖަވާބު ދީބަލަ …. މިއީ
މީހެއްގެ މަރާ ދިރިހުރުމާ ގުޅިފައިވާ ވަޅިއެއް. ” އިނާގެ ވާހަކަތައް އަޑުއިވުމުން އަދްހަމް ހާސްވެ ކަންބޮޑުވިއެވެ. ނުތަނަވަސްކަމާ އެކު ވަށައިގެން ހޯދާލެވުނީ އެއްވެސް އިޚުތިޔާރަކާ ނުލައެވެ.
” މިއީ އެ ވަޅިއަށް ވެދާނެތަ؟ ” އަނެއްކާ ވެސް އިނާ އެހިއެވެ.
” ތިވެދާނެ އެވަޅިއަށް ވެސް. ކޮންމެ ކަމެއް ވެސް ވެދާނެ. އަހަރެން ދޫކޮށްލާ. އަހަރެން ހާސްވަން ފަށައިފި. ” ރޮއިގަންނަ
ފަދައަކުން އަދްހަމް ވާހަކަ ދެއްކިއެވެ. ހަމައެހެންމެ ފަހަރަކަށްވުރެ ފަހަރެއް އަޑު ބާރުވެގެން ދިޔައެވެ.
“ޝުކުރިއްޔާ! ” އަދްހަމަށް ޝުކުރު އަދާކުރުމަށްފަހު އިނާ ގޮސް އިށީނެވެ.
އަދްހަމްގެ ފަރާތުން އިނާ ހޯދަން ބޭނުންވާ މަޢުލޫމާތުތައް ހޯދުމަށްފަހު ގޮސް އޭނާގެ ގޮނޑީގަ އިށީނެވެ. އިނާ ނިންމާލުމުން
ހަސީލް ތެދުވެގެން އައިސް އަދްހަމާއި ސުވާލުކުރަން ފެށިއެވެ.
” ކޮންއެއްޗެއް އަހާކަށް. އަހަރެން މިބުނީނު ކޮންމެކަމެއް ވެސް ވެދާނެޔޭ. އަހަރެންގެ ވިސްނުން އެވަގުތު ނެތީ. އަހަރެންގެ
ސިކުނޑީގަ އެއްވެސް އެއްޗެއް ނެތް. އަހަރެން ހާސްވެއްޖެ … ކަލެއަށް ކަލޭގެ ވަޅި ވެސް … ކަބަޑު ވެސް. ” ދެއަތުން ވަރަށް ބާރަށް ބޮލުގައި ހިފަހައްޓަމުން ހަޅޭލަވައިގަންނަ ފަދައަކުން އަދްހަމް ހަޅޭލަވައިގަތެވެ.
އަދްހަމްގެ ހަރަކާތްތަކާއި ޢަމަލުތަކުގެ ސަބަބުން ކޯޓުގަތިބި މީހުންގާތަށް ހިނިއައިސް ބައެއްމީހުންނަށް ހީ ގަނެވުނެވެ. އޭނަ
ހީވީ މޮޔަވި ހެންނެވެ.
” އިތުރު އެއްވެސް ސުވާލެއްނެތް. ” އިސްގާޒީއަށް ބަލާލަމުން ހަސީލް ބުންޏެވެ. އަދި މަޑުމަޑުން ގޮސް އޭނާގެ ގޮނޑީގަ
އިށީނެވެ.
” ދެން ސަރީއަތް އޮންނާނީ މާދަމާ ހެނދުނު ދިހައެއް ޖަހާއިރު. ” ކޯޓްތެރެއަށް ނަޒަރުހިންގާލަމުން އިސްގާޒީ ބުންޏެވެ.
ސަރީއަތް މެދުކަނޑާލުމުން މީހުންތައް ކޯޓުން ނުކުންނަން ފެށިއެވެ. އިނާ ވެސް އޭނާގެ އަތްދަބަހަށް ލިޔުންތައް ލައިގެން
ދަބަސް ކޮނޑުގަ އަޅުވާލައިގެން ކޯޓުން ނުކުންނާން ހިނގައިގަތެވެ.
ކޯޓުން ނުކުންނާން އިނާ ހިނގައިގަތުމާއެކު ނާއިލް އައިސް އިނާގެ އަތުގަ ހިފަހައްޓާ ވާހަކަ ދައްކަން ފެށިއެވެ.
” އިނާ! އަހަރެން ބޭނުން ކަލެއާ ވާހަކައެއް ދައްކަން. ” އާދޭސްކުރާ ފަދައަކުން ނާއިލް ބުންޏެވެ.
” އަހަރެން ބޭނުމެއް ނޫން. ” ނާއިލްގެއަތް ފޮޅުވާލަމުން ހިތްހަމަ ނުޖެހުމާއެކު އިނާ ބުންޏެވެ. އަދި އަވަސް އަވަހަށް
ގޮސް ކޯޓުން ނުކުތެވެ.
އިނާ ގޮސް ކޯޓުން ނުކުންނަންދެން ބަލަހައްޓައިގެން ހުރުމަށްފަހު ނާއިލް ވެސް ގޮސް ކޯޓުން ނުކުތެވެ.
ރޭގަނޑު ނުވައެއް ޖަހާކަން ހާއިރެވެ. ގެއަށް ބޭނުންވާ ބައެއް ތަކެތި ގަނެގެން އައިސް ޓެކްސީއަށް އަރާ ދޮރުލައްޕަން
އުޅެނިކޮށް ކޮންމެވެސް މީހަކު އައިސް ދޮރުފަތުގަ ހިފެހެއްޓުމުން އިނާ ދިޔައީ ސިއްސައިގެންނެވެ. އިނާ އަވަސް އަވަހަށް ބޭރު ބަލާލިއިރު ދޮރުފަތުގަ ހިފަހައްޓައިގެން ހުރީ ޖިމާމްއެވެ. ނުރުހުމާއެކު އިނާއަށް ބަލަހައްޓައިގެންހުރި ޖިމާމް ފެނުމުން އިނާ ކޮންމެ ވެސް ވަރަކަށް ކަންބޮޑުވެ ހާސްވާގޮތް ވިއެވެ.
ދޮރުފަތުގަ ހިފަހައްޓައިގެން ހުރި ޖިމާމަށް އެއްވެސް ސަމާލުކަމެއް ނުދީ، އިނާ ކޮށްލި އިސާރާތާއެކު ޑުރައިވަރު ކާރު
ދުއްވާލުމުން ޖިމާމަށް މަޖުބޫރުވީ ދޮރުފަތުން އަތް ދޫކޮށްލާށެވެ.
ކޮންމެވެސް ވަރަކަށް ކަންބޮޑުވެ ނުތަނަވަސް ވެފައިހުރި އިނާ ގޮސް ގޯތިތެރެއަށް ވަތްއިރު އަތީލް އެގެއިން ނުކުންނަނީ
އެވެ. ކުއްލިއަކަށް އަތީލް ފެނުމުން ލިބުނު ސިހުމުގެ އިނާއަށް ހަޅޭލަވައި ވެސް ގަނެވުނެވެ.
” މަޢާފްކުރޭ އިނާ. ” އިނާއަށް ބަލާލަމުން އަތީލް ބުންޏެވެ.
” އެއީ އެވަރުގެ ކަމެއް ނޫން. ސިއްސައިގެން ދިޔަ ވަރުން ހަޅޭލަވައިގަނެވުނީ. ” އިނާ ހާމަކުރީ ޙަޤީޤަތެވެ.
” ކަންތައްތައް ރަނގަޅުތަ؟ ” އަތުގައޮތް ސިޓީއެއް އިނާއަށް ދައްކާލަމުން އަތީލް އެހިއެވެ.
” އާން. ހުރިހާކަމެއް ވެސް ރަނގަޅު. ކިހިނެތްވީ؟ ” އަތީލްގެ ސުވާލަށް ޖަވާބުދެމުން އިނާ ސުވާލުކުރިއެވެ.
” އިނާ! އަހަރެން މިހުރީ ކަލޭގެ އިންތިޒާރުގަ. އަނެއްކާ ވެސް ސިޓީއެއް ލިބިއްޖެ. އަހަރެންނަށް ހީވާގޮތުން މިއީ ވެސް
އެއްކަލަ ޓައިޕްރޭޓަރއިން ޓައިޕްކޮށްފައިވާ ސިޓީއެއް … މީގަ ވެސް ވަނީ މިމަސައްކަތަށް އެހީވާނެ މީހެއްގެ މަޢުލޫމާތު. ” އަތީލް ވާހަކަ ދައްކަމުން ދައްކަމުން އިނާގެ އަތަށް ސިޓީދިނެވެ.
އިނާގެއަތަށް އަތީލް ސިޓީދިނުމުން އިނާ ސިޓީއުރަ ކަނޑާލިއެވެ. އަދި އެދެމީހުން ވެސް އެސިޓީ ކިޔުމަށްފަހު އޭގައިވާ
ފަދައިން ކަންތައް ކުރުމަށް ނިންމިއެވެ.
ސިޓީގައިވާ ފަދައިން ރަށުގެ ދެކުނުއަވަށަށް އިނާ އާއި އަތީލް ގޮސް ދޫހިމެރިމާގޭ އިރުސާދާއާ ބައްދަލުކުރިއެވެ. އިރުސާދާ
އަކީ އޭނާގެ ރީތިކަމާއި ފުރިހަމަކަމަށް ތަޢުރީފުކުރާނަމަ ތަޢުރީފުކޮށް ހުސްނުވާހާ ވެސް ފުރިހަމަ ރީތި ޒުވާނެކެވެ. ފެންނަ ކޮންމެ ފިރިހެނެއްގެ ހިތަށް އަސަރުކުރާފަދަ ހެދިހުރި ފުރިހަމަ އަންހެންވަންތަ ހަށިގަނޑެއް އޭނައަށް ލިބިފައިވާކަމީ ގަބޫލުކުރަންޖެހޭ ޙަޤީޤަތެވެ. އަންހެންކުދިންގެ ރީތިކަމަށް އިތުރު ފުރިހަމަކަން ލިބޭ ދޮންކަމަކީ ވެސް އޭނައަށް ލިބިފައިވާ ސިފައެކެވެ.
އިރުސާދާއާ ބައްދަލުކޮށް ނާއިލާއި އިނާ ދައްކަން ބޭނުންވާ ވާހަކަތައް ދެއްކުމުގަ ބައިގަޑިއެއްހާއިރު އެގޭގަ މަޑުކުރިއެވެ.
ސިކުންތުކަށީގެ ފަހަތުން ދައުރުވަމުންދިޔަ މިނިޓްކައްޓާއި ގަޑިކަށީގެ ދައުރުވުމާއެކު ވަގުތުތައް ފާއިތުވަމުން އައިސް އައު
ދުވަހަކަށް އިރުއަރައިފިއެވެ. އެއާއެކު ރަށުތެރެއަށް ހަލަބޮލިކަން ވެރިވާން ފެށިއެވެ.
ހެނދުނު ދިހައެއް ޖަހާންވީރު ކޯޓްތެރެވަނީ މީހުނުން ފުރި ބާރުވެފައި ކަހަލަގޮތަކަށެވެ. ކޮންމެހެން އަންނަންޖެހޭ މީހުންގެ
އިތުރުން ނޫސްވެރިންނާއި ކެމެރާމަނުންނާއި ސަރީއަތް ކުރިޔަށްދާގޮތް ބަލާލުމަށް އައިސް ތިބި މީހުން ނުހަނު ގިނައެވެ.
ދިހައެއް ޖެހުމާއެކު ސަރީއަތް ފެށިއްޖެއެވެ. ލަންމާގެ ގާތިލަކީ ނާއިލް ނޫންކަން ސާބިތުކޮށްދިނުމަށް އިނާ ކުރަމުންދާ
މަސައްކަތުގެތެރެއިން ނާއިލްއާ އެއްކޮޅަށް ހެކިދެމުންދިޔަ މީހުން ފަހަރަކު މީހަކު ކޯޓަށް ހާޒިރުކޮށް ސުވާލުތައް ކުރަމުންދިޔައެވެ.
ރީތިކަމާއި ފުރިހަމަ ކަމުގަ ދެވަނައެއް ނެތް އިރުސާނާ އިސްގާޒީގެ ހުއްދައާއެކު ގޮސް އޭނައަށް ޚާއްޞަކުރެވިފައިވާ
ގޮނޑީގަ އިށީންދެ ހަމަޖެހިލުމުން އިނާ ތެދުވެގެން ގޮސް އޭނައާ ސުވާލުކުރަން ފެށިއެވެ.
” އިރުސާނާ! 9 ޖެނުއަރީގަ ކަލެއަށް ދިމާވި ހާދިސާއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިދާނެތަ؟ ” މަޑުމަޑުން ގޮސް
އިރުސާނާ ގާތަށް ހުއްޓެމުން އިނާ އަހާލިއެވެ.
” އެރޭ ދަންވަރު އަހަރެން ނިދާފައިއޮއްވާ ކުއްލިއަކަށް އިވުނު އަޑަކުން ލޯ ހުޅުވާލެވުނު. ގަތްބިރާއެކު އަވަސް އަވަހަށް
ހަޅޭލަވައި ގަންނަން އުޅެނިކޮށް ކޮންމެ ވެސް މީހަކު އަހަރެންގެ އަނގަމަތީ އަތްއެޅި. އޭރު އަހަރެން އޮތީ ބިރުން ހަލާކުވާވަރު ވެފައި. އަހަރެންނަށް ފެނުނު ކޮންމެވެސް މީހަކު އަހަރެންނާއި ދިމާއަށް ގުދުވެ އޮއްވާ. އޭނަ ހުރީ ކަޅުކުލައިގެ އެއްޗެއްލައި ކަޅު ކުލައިގެ އެއްޗަކުން މޫނު ނިވާކޮށްގެން. އޭނާގެ ކަނާއަތުގަ ވަޅިއެއް ވެސް އޮތް. އޭރު .. ” އިރުސާނާ ވާހަކަ ދައްކާ ނުނިމެނީސް ދައުލަތުގެ ވަކީލް ހަސީލް ތެދުވެ ވާހަކަދައްކަން ފެށުމުން އިރުސާނާ ވާހަކަ ދެއްކުން ހުއްޓާލިއެވެ.
” ހަސީލް! ޤަވާޢިދަށް ހުރުމަތްތެރިކޮށް ހިއްތަވާ. ” ހަރުކަށިކަމާއެކު އިސްގާޒީ އެންގިއެވެ.
އިސްގާޒީގެ އެއެންގުމާއެކު އެންގުމަށް އިޚުތިރާމްކޮށް ހަސީލް އިށީނެވެ.
” އިރުސާނާ! ކަލޭ ހަނދާން ހުންނާނެއެއްނު އެވަޅި ފެނުނުއިރު އޮތްގޮތް. ” އިނާ ބުނެލިއެވެ.
” އާން. އެއީ ބޮޑުވަޅިއެއް. ހިމަ ދިގު ވަޅިއެއް. ” އިރުސާނާ ދައްކަމުންދިޔަ ވާހަކަތައް ނޫސްވެރިންތައް ނޯޓްކުރަމުން
ދިޔައެވެ.
” ދެން ވީ ކިހިނެތް؟ ” އިނާ އަހާލިއެވެ.
ނުނިމޭ
2 Comments!
Comments are closed.
ހަބޭސް ވާހަކައެއް. ނީރު އިސް ދަ ބެސްޓް
salhi ekamaku not IRUSAAD pls write IRUSHAAD