Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް ނުރޮއްވާ… (10)

Raina Level 110 Stories
August 31, 2013 4 Mins Read
4 Comments

……………..”ވަޓް ހެޕެންޑް ލާސްޓް ނައިޓް؟” ޒީޝާންގެ ސުވާލު ނިންމާލަމުން ރިހާއަށް ބަލާލިއިރު، ރިހާގެ މޫނުމަތީގެ ކުލަވަރު އެކަށް ބަދަލުވެގެން ދިޔަތަން ޒީޝާނަށް ފެނުނެވެ. އެ ސުވާލުން ރިހާއަށް ބާރަށް މަގުގައި ދެއަތުން ހިފަހައްޓާލުން ނޫން ކަމެއް ނުކުރެވުނެވެ.

ރިހާގެ މޫނު އަނެއްފަރާތަށް އަނބުރާލަމުން އެއްވެސް ކަމެއް ނުވާ ކަމުގައި ބުނެ ކޮޓަރިއާއި ދިމާއަށް ދާން ހިނގައިގަތް ނަމަވެސް ރިހާއަށް ހުއްޓެން މަޖުބޫރުވީ ޒީޝާން އަވަހަށް އައިސް ރިހާގެ ކުރިމައްޗަށް އަރާ ކުރި ބެއްދުމުންނެވެ. އިސްދަށަށް ޖަހައިގެން ހުރި ރިހާގެ ދަތްދޮޅީގައި ޒީޝާންގެ އިނގިލިތަކުގެ ކުރި ޖައްސައި މައްޗަށް އުފުލާލަމުން ޒީޝާންގެ ލޮލާއި ރިހާގެ ލޯ ސީދާ ކޮށްލަމުން މަޑުމަޑުން އޯގާތެރިކަމާއެކު ޒީޝާން ބުނެލިއެވެ. “ކަމެއްނުވާތީތަ ގިސްލަ ގިސްލާފަ ރުއީ؟… ކަމެއް ނުވާތިދޯ ތިމާއަށް ކުރެވޭ ނުކުރެވޭ ކަމެއްވެސް ނޭނގި ރޭގަ ގެއިން ބޭރަށް ނުކުމެގެން ދިޔައީވެސް؟!” ރިހާއަށް ބުނާނެ އެއްޗެއް ނޭނގިފައި އެހުރި ގޮތަށް ބަލަހައްޓައިން ހުރެވުނީއެވެ. ޒީޝާންގެ އަތް ނައްޓުވާލަންވެސް ނޭނގިފައެވެ. އެގޮތުގަ އިރުކޮޅަކު ހުރުމަށް ފަހު ރިހާ ކުއްލިއަކަށް ބޮލަށް ގޮތެއް ހަދާލުމާއެކު ޒީޝާންގެ އަތް ރިހާގެ ދަތްދޮޅިން ނައްޓުވާލަމުން އެހުންނަ ހަރުކަށިކަންމަތީ ބުނެލިއެވެ. “ވަޓް އެވާ އިޓް ވޯޒް، އިޓްސް ނަން އޮފް ޔޯ ކަންސާން… އެންޑް ޕްލީޒް ޑޯންޓް ޓަޗް މީ! މިވީހާތަނަށް އެއްވެސް ފިރިހެނަކު ތި ގޮތަށް އަހަރެން ގައިގަ އިނގިލި ކުރިވެސް ޖައްސާނުލާ…. އެންޑް އައި ވުޑް ލައިކް ޓު ކީޕް އިޓް ދެޓް ވޭ” ރިހާ އަނެއްކާވެސް ދާން ހިނގައިގަތެވެ. ނަމަވެސް ޒީޝާން ފަސްދީ ދިއުމަށް ފަހު އަލުން އެނބުރި ބުނެލިއެވެ. “ބައި ދަ ވޭ، ތޭންކްސް ފޯ ދަ ކޮފީ” އެއަށް ފަހު ދެން ޒީޝާންއަށް އިވުނީ ރިހާ ގޮސް ކޮޓަރިއަށް ވަދެ ދޮރު ލެއްޕި އަޑެވެ. އެ އަޑާއި އެކު ޒީޝާން ރިހާގެ ކޮޓަރި ދޮރާއި ދިމާއަށް އެނބުރުނެވެ. އަދި އެތަށް އިރެއް ވާންދެން އެގޮތަށް އެ ދޮރާއި ދިމާއަށް ބަލަން ހުރުމަށް ފަހު ފުން ނޭވާ އެއް ބޭރަށް ދޫކޮށްލިއެވެ. “އަހަރެންނާއި ބެހޭ ކަމެއް ނޫނަސް ރިހާ ތިވަރަށް ހިތް ދަތި ވާންޖެހޭ ސަބަބެއް އަހަރެން ހޯދާނަން…” ޒީޝާން މަޑުމަޑުން ބުނެލިއެވެ. އަދި ގޮސް ޒީޝާންގެ ކޮޓަރިއަށް ވަނެވެ.

ކުރީ ރެއެކޭ އެއްގޮތަށް މިރޭވެސް ރިހާ އެނދުގައި އޮތީ ނުނިދިފައެވެ. ކިތަންމެ ނިދަން ބޭނުން ވިއަސް ސިކުނޑީގައި އެނބުރެމުންދާ ހިޔާލުތައް ދިޔައީ އެކަމަށް ހުރަސް އަޅަމުންނެވެ. ހަޤީޤަތް އެނގެނީ ކޮންބަޔަކަށް ކިހާވަރަކަށް ބާއޭ ރިހާގެ ހިތަށް އަރަމުން ދިޔައެވެ. މިއިން ދުވަހަކުވެސް އެ ގޭ ތެރެއިން އެ ވާހަކަ ކުރިން ނީވުނީ ކީއްވެބާއެވެ؟ އެއީ ރިހާ އާއި ގުޅުން ހުރި ކަމަކަށް ވާއިރު އެއްވެސް މީހަކު ރިހާ ގާތު ނުބުނީ ކީއްވެ ހެއްޔެވެ؟ އެކަމާއި ހުރެ މުޅި އުމުރަށް ރިހާއަށް މަންމަގެ ނަފްރަތު ޙައްޤު ވޭ ހެއްޔެވެ؟ ރިހާގެ މަސައްކަތުން ރިހާ އެ ހޯދަން އުޅޭ މީހާ ފެނިއްޖެ ނަމަ މަންމަ ރިހާ އާއި މެދު ކަންތައްތައް ބަހައްޓާ ގޮތް ބަދަލު ވާނެ ހެއްޔެވެ؟ މިވީހާ ދުވަހު އެއްވެސް މީހަކު އެއްވެސް ވަރަކަށް އެ މީހާ ހޯދަން މަސައްކަތް ނުކުރަނީ ހެއްޔެވެ؟ ހައްތަހާވެސް ރިހާ ޖަވާބު ބޭނުން ވެފައިވާ ސުވާލު ތަކެވެ. އެ ސުވާލު ތަކުގެ ޖަވާބު ދެވޭނީ ރިހާއަށް އެނގޭގޮތުން ހަމައެކަނި ނަސީރު ނޫނީ ނަސީމާ އަށެވެ. ނަމަވެސް އެ ސުވާލުތައް އެމީހުނާއި ކުރިމަތިކޮށް އެމީހުން ހަދާން ނައްތާލަން ބޭނުންވާ މާޒީ އަލުން އެމީހުނަށް ހަދާން ކޮށްދީ، ރިހާއަށް ހުރިހާ އެއްޗެއް އެނގޭކަން ނަސީރާއި ނަސީމާއަށް އެނގޭކަށް އަދި ރިހާ ބޭނުމެއް ނުވެއެވެ.

އެނދުގައި އުއްޑުން އޮށޯވެ އޮތް ރިހާ އެނދުކައިރީ ހުރި ސައިޑް ޓޭބަލް މަތިން ރިހާގެ ފޯނު ނަގާ ކޯލް ލޮގް ބަލާލުމުން މިއަދު މެންދުރެއްހާއިރު ގުޅި މީހާގެ ނަންބަރު ފެނުމުން ވިހަ ހިނިތުންވުމެއް ރިހާގެ ތުންފަތަށް ވެރިވިއެވެ. އަދި ސީލިންގާއި ދިމާއަށް ނަޒަރު ހިންގާލަމުން ވަރަށް ހިތްހަމަ ޖެހިފައި ހުރެ މަކަރުވެރި ނުލަފާގޮތަކަށް ބުނެލިއެވެ. “ހަނާ! ގެޓް ރެޑީ ޓު ޕޭ ފޯ ޔޯ މިސްޓޭކްސް… އަހަރެންނަށް ހަނާ ފެނުމުގެ ކުރިން ހަނާ މަރުވެއްޖެޔާ އެއީ ހަނާގެ ނަސީބު، އެހެންނޫނީ…” އެހިސާބަށް ބުނެލުމަށް ފަހު މަކަރުން ފުރިގެންވީ ގޮތަކަށް މަޑުމަޑުން ރިހާ ހޭންފެށި އަޑު އެ ކޮޓަރި ތެރެއަށް ވެރިވިއެވެ. އޭރު އެމޫނުމަތީގައި މައުސޫމް ކަމުގެ ކަންފުޅެއްވެސް ނެތެވެ. ރިހާގެ އަޑުގައިވި ނުރައްކާތެރިކާއި އެއްވަރަށް އެމޫނުމަތިންވެސް ފާޅުވަނީ ނުރައްކާތެރިކަމެވެ.

ހެނދުނުގެ ވަގުތެވެ. މާހީ ހުރީ ދެވަނަ ފަންގިފިލާގައި ހުންނަ މާހީގެ ކުޑަދޮރުކައިރީ ހުއްޓިލައިގެނެވެ. މާހީ އެހެން ހުއްޓަ މާޔާ ކާޑުތަކެއް ހިފައިގެން އައިސް މާހީގެ އެނދުމަތީގައި އެ އެއްޗެހި ހިފައިގެން އިށީނެވެ. “މާހީ، މިތަނުން ކާޑެއް ޗޫޒް ކުރަން ހެލްޕް ވެދީބަލަ ޕްލީޒް…” މާޔާ އެނދުމަތީގައި ކާޑްތައް ބަހައްޓަމުން އޭގެން ފަހަރަކު ކާޑެއް ނަގާ ބަލާލަމުން ބުނެލިއެވެ. މާޔާ އެގޮތަށް ކާޑްތައް ބަލަން އިނދެފަ މާހީގެ އެއްވެސް އިޝާރާތެއް ނުވުމުން މާޔާއަށް ފުރަގަސްދީގެން ހުރި މާހީއަށް ބަލާލިއެވެ. “މާހީ! މާހީ!” މާޔާ ދެފަހަރަކު މާހީއަށް ގޮވާލިއެވެ. ދެންވެސް މާހީ އެހުރި ގޮތަށް ހުރުމުން މާޔާ ތެދުވެގެން ގޮސް މާހީ ކައިރީގައި ހުއްޓި މާހީ ހުވަފެނީ ގޮތަކަށް ބޭރު ބަލަހައްޓައިގެން ހުރުމުން މާހީ ބަލަނީ ކޯޗަކަށް ތޯ މާޔާ ބަލާލިއެވެ. ކުރިމަތިން ފެންނަން ހުރީ ގެއަށް ވަންނަން އިންނަ ގޭޓް ކައިރީ ހައްދާފައިވާ ބަގީޗާއެވެ. ނަމަވެސް މާހީގެ ނަޒަރު ހުއްޓިފައިވަނީ ބަގީޗާ ތެރޭގައި ހުރި ހިޔާދޭ ބޮޑުގަހެއްދަށުގައި ބެންޗެއްގައި އިށީދެލައިން ފޯނާ ކުޅެން އިން ޒީޝާނަށެވެ. ހިތަށް އެރި އެއްޗަކުން މާޔާ ހިނިގަނޑު ފަޅައިގެން ދިޔައެވެ. އެއަޑަށް އަމިއްލަ ހުވަފެނީ ދުނިޔެއެއްގައި ހުރި މާހީ ދިޔައީ ސިއްސަގެންނެވެ. މާޔާ ހެމުން ދިޔަ ގޮތުން ދެންމެ މާހީ ހުރި ގޮތް މާޔާއަށް ފެނުނީ ކަން މާހީއަށް އެނގުނެވެ. އަދި ގަތް ލަދުން މާހީގެ ދޮން ދޮން ދެކޯތާފަތް ރަތްވެގެން ދިޔައެވެ. “ދެން މާޔާ، އެއީ އެވަރު ކަމެއްތަ؟ އެންޑް މިއަދު ކުއްލިއަކަށް މާޔާ އަށް މާ އަވަހަށް މޯރނިންގ ވާނެ ކަމެއް މަށަށް ކިހިނެއް އެނގޭނީ!” މާހީ މިހެން ބުނި އިރު މާޔާ އޮތީ މާހީގެ އެނދުމައްޗަށް ވެއްޓިގަނެގެން ބަނޑުގަ އަތްއަޅައިން ހޭށެވެ. “އެވަރުކަމެއްހޭ؟” މާޔާ އަނެއްކާވެސް ހީގެންފާ ތެދުވެ ރީތިކޮށް އެނދުމަތީ އިށީނދެލިއެވެ. އަދި މާޔާ ކުރިމަތީގައި ކޮޅަށް ހުރި މާހީއާއި ދިމާއަށް ބަލާލަމުން ބުނެލިއެވެ. “އެވަރުކަމެއް ނޫންވީމަ ދޯ އަހަރެން ވާހަކަ ދައްކާ ދައްކާ އަނގަ ވާޅުވީ އިރުވެސް މާހީ ތިހުންނަނީ ޒީޝާނަށް ގޮސް ހުސްވެފަ؟” މާޔާ އެހެން ބުނުމުން މާހީ ލަދުން އިސްޖަހާލިއެވެ. “އޯ މައި ގޯޑް! ސިސް، ޔޫ އާ ބްލަޝިން” މާޔާ އަނގަ މަތީގައި އަތްއަޅަމުން ކުޑަކޮށް ސީރިއަސްވެލަމުން ބުނެލިއެވެ. “އާ ޔޫ ރިއަލީ ސީރިއަސް އެބްއުޓް ހިމް؟” މާޔާ އަހާލިއެވެ. “ނޭނގެ… ބަޓް އައި ޝުއާ އޭމް ކްރަޝިން އޮން ހިމް…” މާހީ އެއްވެސް ފަސްޖެހުމެއް ނެތި މާޔާއަށް އެހިތުގެ ހާލު ބަޔާން ކޮށްދިނެވެ.

މާޔާ އަށް ވުރެ މާހީ ހަގީ އެންމެ އަހަރެކެވެ. އެހެންކަމުން އެދެމެދުގައި އެއްބަނޑު އެއްބަފާ ކަމާއި އެއްވަރަށް ނޫނީ އެއަށް ވުރެވެސް ބޮޑަށް އޮތީ އެކުވެރިކަމެވެ. އެދެބެން އެކަކު އަނެކަކުގެ ކޮންމެ ވާހަކައެއްވެސް އަނެއް ކުއަޖާއާއި ހިއްސާ ކުރަން ފަހެއް ނުޖެހެއެވެ. މާހީ، މާޔާ އަށް ނަމުން މުޙާތަބް ކުރަނީ އެދެމެދުގައި އުމުރުގެ ތަފާތު ކުޑަވެފަ އޮންނަ އެކުވެރިކަމެއްގެ ސަބަބުންނެވެ. އަދި ޙުދް މާޔާވެސް އެގޮތަށް އެދޭތީއެވެ. “ހޫމް ދެން އާދެބަލަ މިއިން ރީތި ޑިޒައިނެއް ޗޫޒް ކޮށްދޭން!” މާހީގެ އަތުގަ ހިފާ ދަމާ އެނދުމައްޗަށް ވައްޓާލަމުން ބުންޏެވެ. ދެ ބެއއިން ވެގެން ކާޑުތައް ބަލާ އެއަށް ފާޑު ކިޔަމުން ދިޔައިރު ދޭތެރ ދޭތެރެއިން މާޔާ މާހީއާއި ދިމާކޮށްލައެވެ. އެގޮތަށް ޒީޝާން އޭ ކިޔައިން މާހީ އާއި ދިމާކޮށްލި ފަހަރެއްގައި މާހީ ބުނެލިއެވެ. “ކީއްތަވީ؟ މާޔާ އަށް ނުލިބުނީމަ ދޯ އޭނަ؟” މާޔާ ލާނެއްކަމާއެކު ކުރިއަށް ގެންދިޔައެވެ. “ބަލާލަ ޒާން ޅިޔަނަށް ވުރެ އެތައް ތަނެއް ސްމާޓް ވެފަ އެހާ ރީތި… އަސްލު މާޔާ ޖޭ ވީ ދޯ؟” މާހީ އަށް ލޯ އަޅާލަމުން މާޔާ ރައްދުގައި ބުންޏެވެ. ” އާނ، ޖޭ ވާނުން. އަސްލުވެސް އޭނަ ވަރަށް ރީތި… މޭބީ ޒާން އަށް ވުރެ ކުރިން ފެނުންނަމަ އަހަރެން އުޅުނީހީ އޭނަ އަތުއަޅުވާލެތޯ ކަންނޭގެ.”މާޔާ އެހެން ބުނުމުން މާހީ އާއި މާޔާ ދެ މީހުން އެކުގައި ހޭންފެށިއެވެ. “ހީވެތަ މާހީ އަށް މިކަން ވާނެހެން؟ އޭނަގެ ބިޓެއް ހުންނަ ކަން މާޔާއަށް އެނގޭތަ؟” މާހީ ސީރިއަސް ވެލާފަ މާޔާ ގާތު އަހާލިއެވެ. “ނޫން. ހިއެއް ނުވޭ އޭނަ ބިޓެއް ހުންނަ ހެނެއް.” ޒާންގެ ވާހަކަ ތަކުން މާޔާއަށް ޒީޝާން ޢައި ބެހޭގޮތުން އެވަރު އެނގިފަ އޮތުމުން މާޔާ ބުނެލިއެވެ. “ޓްރައި ކުރީމަ ދޯ އެނގޭނީ ވާނެކަން ނޫނީ ނުވާނެކަންވެސް… އެންޑް، މައި ޑިއާ ސިސް، މޮޔައެއް ކަންނޭގެ މާހީއަށް ނޫނެކޭ ބުނާނީ. މަގޭ މާހީ އެހާ ރީތި ވިޔަ، ކާކުތަ ނޫނެކޭ ބުނާނީ!” މާޔާ މާހީ އަށް ހިތަވަރު ލާއިދޭ ކަހަލަ ގޮތަކަށް މާހީގެ ފަހަތުން ދެއަތް މާހީގެ ކަރުގެ ވަށާލާ ހަގް ކޮށްލަމުން ބުނެލިއެވެ.” އަދި އެހެން އޮވެ މާހީގެ މޫނަށް ބަލާލާ ހިނިތުންވެލިއެވެ. މާހީވެސް ހިނތުންވެލިއެވެ.

މާހީގެ ކޮޓަރި ދޮރުމަތިން އެވަގުތު ހުރަސް ކުރި ރިހާއަށް މާހީއާއި މާޔާގެ ބަދަހި ގުޅުން ފެނުމުން ކޮންމެވެސް ވަރަކަށް ދެރަވިއެވެ. ވާނީވެސް އެހެންތާއެވެ. މިވީހާ ތަނުގަ ރިހާއާއި އެގޮތަށް އެއިން މީހަކު ހަގް ކޮށްލާ ހިތްވަރު ދީފައި ނުވާތަނުގައި އެއިން މީހަކު ރިހާއާއި ރީތިކޮށް ވާހަކަވެސް ނުދައްކައެވެ. ލޮލުން ކަރުން ހިލުނީ އެ ނަސީބު ރިހާއަށް ލިބޭނީ ކޮންދުވަހަކުން ބާއޭ ހިތަށް އެރުމުންނެވެ. ހަމައެއާއިއެކު ތުންފަތަށް ހިނިތުންވުމެއް ވެރިވީ މާޔާ އާއި މާހީ އެކަކު އަނެކަކު ދެކެ އެހާ ބޮޑަށް ލޯބިވާކަން އެނގުމުންނެވެ. އެގޮތަށް ކޮޓަރިތެރެއަށް އިރުކޮޅަކު ބަލަން ހުރުމަށް ފަހު ވިހަ ހިނތުންވުމެއް މޫނުމައްޗަށް ވެރި ކުރުވަމުން މާހީގެ ކޮޓަރިތެރެއަށް ވަނެވެ.

===(ނުނިމޭ)===

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Tags:

ލޯބި

Share Article

Follow Me Written By

Raina

Level 110 Stories

Other Articles

Previous

ކުށަކާނުލާ.. (2 ވަނަ ބައި)

Next

އެހީގެއަގު ނިމުން

Next
September 2, 2013

އެހީގެއަގު ނިމުން

Previews
August 30, 2013

ކުށަކާނުލާ.. (2 ވަނަ ބައި)

4 Comments!

  1. މިންމި says:
    August 31, 2013 at 7:31 pm

    ހާދަ ކުރޭ މިއަދު….

  2. ސަރު says:
    September 2, 2013 at 2:36 pm

    ވަހަކަ ކިތައްމެހާވެސް ރީތި.. އެކަމް މަގޭ ހިތަށް އަރާ މިވާހަކަ މިއަށްވުރެ ތަންކޮޅެއް ދިގުކޮށް އަދި ތަންކޮޅެއް އަވަހަށް ގެނެސް ދޭނީ ކޮންދުވަހަކުންބާއޭ….

  3. ނައު says:
    September 5, 2013 at 10:18 pm

    އަޅެތަން ކުޅޭޢް އަވަސް ކޮށްބަލަ

  4. raina says:
    October 4, 2014 at 10:05 am

    what are you saying plx understand others situations too i was damn busy ya if it goes like this then dont read my story okay got it and get lost\

Comments are closed.

Next Episodeހިތް ނުރޮއްވާ… (11)←


All Right Reserved!