Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތް ނުރޮއްވާ… (12)

Raina Level 110 Stories
September 18, 2013 3 Mins Read
4 Comments

………………ކޮންމެ ގޮތެއް ވިއަސް ވަރިހަމަ ކަމަށް ނިންމާފަ މާޔާ އެންމެ ފަހުން އެތަނުން އެންމެ ރީތި ކާޑުނަގާ އެ ކާޑު ބޭނުން ކުރުމަށް ނިންމިއެވެ. އެންމެނަށްވެސް އެ ކާޑުތަށް ކަމުދިޔައީމައެވެ. އަދި އެއަށްފަހު ރިހާއަށް “ތޭންކްސް” އޭ ލިޔެލާ މެސެޖް ކޮށްލިއެވެ.

ރިހާ މަސައްކަތް ކުރަން ޖެހެނީ ޒުބޭރުއެކީގައި ނޫންކަމާއި ޒީޝާންއެކީކަން ރިހާއަށް އެނގިގެން ދިޔައީ އެދުވަހު ބޭއްވުނު ކުޑަ މީޓިންގައެވެ. ނަމަވެސް އެކަމުގަ ރިހާގެ އެއްވެސް މައްސަލައެއް ނެތެވެ. ސަބަބަކީ ކޮންމެ މީހަކާއެކު މަސައްކަތްކުރަން ޖެހުނަސް ރިހާއަށް އެއީ އުނދަގު ކަމެއްނޫނެވެ. ފާއިތުވި މަދުއަހަރުތަކުގައި ރިހާ ވަނީ އެކަން ވަރަށް ރަނގަޅަށް ސާބިތުކޮށްދީފައެވެ. ރިހާ ބޭނުންވަނީ އަބަދުވެސް ވީ އެންމެ ފުރިހަމައަށް އެކަމެއްކޮށް ނިންމާލާށެވެ.

ދުވަސްތައް މާޒީއާއެކުވަމުން ދިޔައިރު ޒީޝާނާއި ރިހާގެ އެކުވެރިކަން އައީ ދުވަހެއް ދުވަހަކަށްވުރެ ބަދަހިވަމުންނެވެ. ފުރަތަމަކޮޅު ރިހާގެ އަމަލުތަށް ޒީޝާނާއި މެދު ހުރީ ހަމައެކަނި ބިޒްނަސް ޕާޓްނާއަކާމެދު އަމަލުކުރާ އުސޫލުން ނަމަވެސް، ފަހަކަށް އައިސް އެ ދެމެދުގައިވި ގުޅުން ބަދަހިވީ އެކަމަށް ޒީޝާން ކެނޑިނޭޅި ކުރި ބުރަމަސައްކަތާއެކުއެވެ. މިހާރަކަށް އައިސް ޒީޝާނާއި އެކު ވަގުތު ހޭދަކުރާއިރު އެ މޫނުމަތިން އުފާވެރިކަމާއި ހިތްހަމަޖެހުން އަބަދުވެސް ފެންނަން ހުންނަކަން ޒީޝާނަށް ފާހަގަ ކުރެވެއެވެ. މަސައްކަތުގައި އުޅެމުން ޒީޝާން ކޮށްލާ ކުދިކުދި ސަމާސާ ތަކުން ފުރަތަމަ ރިހާ ރުޅި އަންނަ ގޮތްވިއަސް މިހާރު އެދުވަސް ވެސް މާޒީއާއި އެކުވެ ގޮސް ޒީޝާންގެ އެފަދަ އަމަލު ތަކުން ރިހާ އަށް މަޖާވެއެވެ. ޒީޝާންގެ ސަމާސާ ތަކާއި ބައެއް ފަހަރު ރިހާއަށް އުނދަގު ކުރުމުގެ ގޮތުން ކުޅެލާ އެކިކަހަލަ ޕްރޭންކް ތަށް ރިހާއަށްވެސް ކަމުދާންފެށިއެވެ. އެހެންކަމުން މިހާރު ރިހާއަށް އެކަންކަން އެއީ މާ ބޮޑު ކަމަކަށް ނުވެއެވެ. ބަދަލުގަ ރިހާވަނީ އުފަލެވެ. އަދި ޒީޝާނާއި އެކު އެ ސަކަރާތުގައި ރިހާވެސް ބައިވެރިވަނީއެވެ.

ރިހާއަށް އަންނަމުން ދިޔަ ބަދަލު ޒީޝާންގެ އިތުރުން ދެން އެންމެ ކައިރިން ދުށީ ނަސީރެވެ. ފުރަތަމަ ނަސީރު ކުޑަކޮށް ހައިރާންވިއެވެ. އޭނާގެ ދަރިފުޅު އެހާ އުފާވެފަ ހުއްޓަ ކުރިން ދުވަހަކުވެސް ނަސީރު ނުދެކޭތީއެވެ. ނަމަވެސް އެއީ އޮފީހުގައެވެ. ނޫނީ ގެއިން ބޭރުގައެވެ. ގޭތެރެއަށް ވަނުމާއެކު ރިހާގެ މޫނުމަތިން އެ އުފާވެރިކަން ފިލައިގެން ދަނީ ސާދަވިލޭރޭގެ ހަނދު ކަޅިފައި ވިލާތަކުން ފޮރުވާލާ އުސޫލުންނެވެ. ނަމަވެސް ގޭގަވެސް ރިހާގެ އެޕާޓްމެންޓް ހުންނަ ބައިގަ ޒީޝާން އެއްކޮށް އުޅޭކަމަށް ވާނަމަ މަންޒަރު މުޅިން ތަފާތެވެ. ޒީޝާން އަބަދު ބަލާނީ ކޮންމެވެސް ގޮތަކުން ރިހާ ހެއްވާލެވޭތޯއެވެ. އަބަދު ރިހާ އުފަލުގަ ބެހެއްޓޭ ތޯއެވެ.

އެއްދުވަހެއްގެ ހަވީރުގެ ވަގުތެވެ. ރިހާއާއި ޒީޝާން ތިބީ “މެޕްލް އެންޑް ޕެރަޑައިސް”ގެ ރިހާ އާއި ޒީޝާން ދެމީހުނަށް ހާއްސަކޮށްފައިވާ ކެބިން ތެރޭގައި ލިޔުން ތަކެއް ޗެކުކުރާށެވެ. “މެޕްލް އެންޑް ޕެރަޑައިސް” އަކީ ނަސީރާއި ޒުބޭރު ގުޅިގެން ހިންގަން ބޭނުންވި ވިޔަފާރިއަށް ކިޔާނަމެވެ. އަދި އެއީ އެ ވިޔަފާރީގެ މައި އޮފީހެވެ. މެޕްލް އެއީ މާލޭގަ ހުންނަ ޒީޝާންމެންގެ ގެއަށް ކިޔާ ނަމެވެ. ވިޔަފާރިއަށް ނަންކީ އިރު ނަންކީ ޒުބޭރާއި ނަސީރާއި ދެމީހުންގެ ގޭގެ ނަން ހިމަނައިގެންނެވެ. އެކެބިން ތެރޭގައި ރިހާ އަދި ޒީޝާނަށް ވަކިން ދެ މޭޒު ހުންނައިރު ދެ މޭޒު ހުރީ ފުދޭވަރަކަށް ކައިރީގައެވެ. އަދި އެއްފަރާތެއްގައި ސޯފާތަށް ބަހައްޓާފަ ހުރިއިރު ސޯފާތަކުގެ މެދުގައި ކުޑަ ބިއްލޫރި މޭޒެއް ހުއްޓެވެ. އެވަގުތު ރިހާ އިނީ އެ ކުޑަ މޭޒުކައިރީ ކުޑަކަކޫ ޖަހާލައިން އިށީނދެއެވެ. އެއް އަތުން މޭޒުމަތީގައި ހުރި ގަނޑުތައް ހާވަމުން ބަލަމުން ދިޔައިރު އަނެއް އަތުގަ އޮތް ގަލަން ދިޔައީ ބޮލުގަ ކާއްތަމުންނެވެ. ރިހާއާއި ހިލާފަށް ޒީޝާން އިނީ މޭޒުގެ އެއްކޮޅުގައި ހުރި ކުޑަ އެކަކަށް އިނދެވޭ ވަރި ސޯފާގައި ގަނޑުތަކެއް ހިފައިން އިށީނދެއެވެ. އެހެން އިނދެފައި ޒީޝާން ކުއްލިއަކަށް ރިހާގެ އަތުގަ އޮތް ގަލަން އަތުލިއެވެ. މަސައްކަތަށް ގޮސް ހުސްވެފަ އިން ރިހާ ދިޔައީ ސިއްސައިގެންނެވެ. ރިހާ ޒީޝާނާއި ދިމާއަށް ބަލާލިއިރު ޒީޝާން އިނީ ފާޑަކަށް ހެވިފައެވެ. ރިހާ ގަލަން އަތުލަން އުޅެން ފެށުމުން ޒީޝާން ގަލަން ހިފައިން ތެދުވިއެވެ. ފަހަތުން ރިހާވެސް ތެދުވެ “ޒީޝާން” އޭ ކިޔާ ޒީޝާން ފަހަތުން ދުއްވައިގަތެވެ.

އެވަގުތު ބިއްލޫރިން ހަދާފައިވާ އެ ކެބިންގެ ބޭރުގައި އެމަންޒަރު ބަލަން ނަސީރާއި ޒުބޭރު ތިއްބެވެ. އެދެމީހުން އެތަނަށް އައީ ޒީޝާން އަދި ރިހާއަށް ކުޑަނަމަވެސް އެހީއެއް ވުމަށެވެ. ނަމަވެސް ދެމީހުންވެސް އައިރު ކެބިންތެރޭ މަސައްކަތުގައި މަސްޢޫލުވެގެން ތިބި ދެ ޒުވާނުން ފެނި އިހަށް ބޭރުގަ މަޑުކޮށްގެންތިބީއެވެ. “މެޕްލް އެންޑް ޕެރެޑައިސް” ވިޔަފާރި ފެށިގެން ދެތިން ދުވަސް ވަންދެން ޒުބޭރު ކުޅުދުއްފުށީގައި މަޑުކުރުމަށް ފަހު މާލެގޮސް އަލުން ކުޅުދުއްފުއްޓަށް އައީ ޒުބޭރުގެ ޢާއިލާ ގޮވައިން ނަސީރުގެ ޢާއިލާއާއި އެކު ޗުއްޓީ ހޭދަކޮށްލުމަށެވެ. ރިހާއާއި ޒީޝާން އަށް ބަލަހައްޓައިގެން ތިބި ނަސީރާއި ޒުބޭރުގެ ދެމީހުންވެސް ބަހަކުން ކުރެ ބަހެއް ނުބުނެ ތިބީ ވިސްނުމެއްގެ ތެރޭގައެވެ. އެހެން ހުރެފަ ނަސީރު އަސަރުން ފުރިގެންވީ ގޮތަކަށް މަޑުމަޑުން ބުންޏެވެ. “ރިހާގެ ފަރާތުން މިހާރު މިފެންނަ އުފާވެރިކަން އަހަރެން ކުރިއަކުން ނުދެކެން.” އިރުކޮޅަކު އެއްޗެކޭ ނުބުނެ ހުރުމަށްފަހު އަނެއްކާވެސް ނަސީރު ބުންޏެެވެ. “ރިހާ މިގޮތަށް ފެނުނީމަ އުފާވާވަރަށް ވުރެ ބޮޑަށް އަހަރެން ބިރުވެސް ގަނޭ. ނޭނގެ ދެން އަހަރެންގެ ދަރިފުޅަށް ކުރިމަތިވާނީ ކޮންފަދަ މުސީބާތަކާއި ކަމެއް. މީގެ ދުވަސްކޮޅެއް ކުރިން މިފަދަ މަންޒރެއް ފެންނާނެ ކަމަށް މީހަކަު ބުނިނަމަވެސް އަހަރެންނެއް އެވާހަކަ ޤަބޫލެއް ނުކުރާނަން. އެކަމް މިއަދު….” ނަސީރުގެ ވާހަކަތައް ކަނުލައި އަޑުއަހަން ހުރި ޒުބޭރު ނަސީރުގެ ކޮނޑުމަތީ އަތް ބާއްވާލަމުން ހިތްވަރުދޭފަދަ ގޮތަކަށް ބުންޏެވެ. “ނަސީރު ދެން އެވަރަށް ނުވިސްނާ… އިރާދަ ކުރެއްވިއްޔާ ދެން ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށް.” ޒުބޭރު އެހެން ބުނީ މާޒީގައި ކަންހިނގާފައިވާ ގޮތް ޒުބޭރަށް އެނގޭތީއެވެ. އެއަށްފަހު އެދެމީހުންވެސް އެނބުރި ދިއުމަށް ހިނގައިގަތީ އެވަގުތު ދެންމެ ދެކެވުނު ވާހަކައިގެ ސަބަބުން އެވަގުތު ނަސީރު ކުޑަކޮށް އެކަހެރިވެލަން ބޭނުންވުމުންނެވެ.

ދެބުރިއަށް ހަދާފައިވާ އެ އޮފީހުން ނުކުންނަމުން ނަސީރު ގާތު ޒުބޭރު ބުނެލިއެވެ. “ނަސީރު އަހަރެން ވަރަށް ބޮޑު ކަމަކާމެދު އެބަ ވިސްނަން… އެންޑް މިކަމަށް ނަސީރުގެ ހުއްދަ ބޭނުން އަހަރެން.” ނަސީރު ޒުބޭރާއި ދިމާއަސް ކޮންކަމެއްހޭ އަހާފަދަ ގޮތަކަށް ބަލާލިއެވެ. އަދި ސުވާލުކޮށްލިއެވެ. “ޒުބޭރު ކީއްކުރަންތަ އަހަރެންގެ ހުއްދަ ބޭނުންވަނީ؟” ޒުބޭރު ހިނތުންވެލަމުން ނަސީރުގެ އެސުވާލަށް ޖަވާބުދިނެވެ. “ހޫމް… އެއީ އަހަރެން ބޭނުން އަހަރެންގެ ޅީދަރިއަކަށް ރިހާ ހަދަން”

===(ނުނިމޭ)===

Tags:

ލޯބި

Share Article

Follow Me Written By

Raina

Level 110 Stories

Other Articles

Previous

މައި ނޭމް އިޒް ޚާން (ތިންވަނަބައި)

Next

ނަޞީބާއި ބުއްދި

Next
September 20, 2013

ނަޞީބާއި ބުއްދި

Previews
September 15, 2013

މައި ނޭމް އިޒް ޚާން (ތިންވަނަބައި)

4 Comments!

  1. އިފޫ says:
    September 18, 2013 at 10:08 am

    އޯސަމް… މައްސަލައަކީ ވާހަކަ ތަންކޮޅެއް ކުރުކަން އަދި އަޕް ވާލެއްވެސް ވ ލަސް… އެކަމް ސްޓޯރީ ހަމަ އޮބި

    1. Raina says:
      September 18, 2013 at 12:06 pm

      Thank You Ifoo for the lovely comment

  2. Raina says:
    September 18, 2013 at 12:10 pm

    For all the readers about the late updating & the story not being long enough, all I can say is I’m SORRY for that. Actually the things is, this is something I do as a hobby, in my free time, and since I happen to be a busy person, I don’t have all the time in the World for writing. Even now I don’t get time to write, thats the reason updating is slow/late.

    Once Again I’m Sorry for the inconvenience

  3. ސަރު says:
    September 20, 2013 at 2:43 pm

    the story is owsome bt the problem is late updating and the story is too short.. Please next time update fast and long.. waiting for the next part.. gud luck.. 🙂

Comments are closed.


All Right Reserved!