މަސްޢޫދުބެއާއި ވާހަކަ ދެއްކިތާ މާ ގިނައިރެއްނުވެ އަޔާޒްގެ ބްރޭކް ގަޑި ޖެހުމުން އޭނަ މިޞްރާބުޖެހީ ހޮސްޕިޓަލުގެ ނާރުގެ ޑޮކްޓަރާއި ބައްދަލުކުރަން ދިޔުމަށެވެ. ކަން ދިމާކުރި ގޮތުން އޭނަ ހިނގާފައި ދިޔަ ހޯލުގެ ތެރެއިން ވެސް އޭނައާއި އެކުވެރި ޑޮކްޓަރ ނަޒީހާއި ދިމާވުމުން ދެމީހުން އެކީގައި ހޮސްޕިޓަލުގެ ކެފެޓީރިއާއަށް ދާން ނިންމިއެވެ. ދެމީހުން އެކީގައި މޭޒެއްގެ ދޮށުގައި އިށީނދެ ހަމަޖެހިލުމުން އަޔާޒް އޭނަގެ ހިތުގައި އުފެދިފައި އޮތް ސުވާލުކުރިއެވެ. ސެރެބްރަލް ޕަލްސީ ޕޭޝަންޓަކު ފިޓް ނުޖެހި ހުރެފައި ކުރިއަށް […]
އެވަގުތު އައިޝަމްގެ މޫނުމަތިން އެހެން އަސަރެއްފެނިލިއިރު އެ ދެލޮލުން ފެނިގެންދިޔައީ އިންތިހާ ދަރަޖައިގެ ހާސްކަމެވެ. ______________________________________________ އައިލީންގެ ހިލަމެއްގެ ހިސާބުވެސް ގޮނޑުދޮށަކުނެތެވެ. އެވީ ކުޑަ ސިކުންތުކޮޅުގެ ތެރޭގައި އައިލީން އެވަދުނީ ކޮންތާކަށްކަމެއްވެސް އައިޝަމްއަކަށް ނޭނގުނެވެ. ނަމަވެސް ކުއްލިއަކަށް އައިޝަމްގެ ހިތަށްއެރިއެވެ. “އަނެއްކާ މީހަކު އައި….ނޫން..” އައިޝަމް ދެފަރާތަށް ބޯހޫރާލަމުން އެތަންގަނޑަށް އަވަސް ނަޒަރެއްދިނެވެ. އައިލީންގެ ކުޑަ ކުޑަ ހިލަމެއްވެސް އައިޝަމްއަށް އެތަނަކުންނުވިއެވެ. ކުއްލިއަކަށް އަވަސް ހިނގުމެއްގައި އައިޝަމް ޕާޓީއޮތް ސަރަހައްދާދިމާލަށް ހިނގައިގަތީ އަވަސް ނަމަވެސް، އެހާ ފިރިހެންވަންތަ […]
އެއީ ވަރަށް ވިއްސާރަ ހަވީރެކެވެ. އަހަރެން އިނީ ރެސްޓޯރެންޓެއް ގައެވެ. ބިއްލޫރިން ހަދާފައިވާ އެ ރެސްޓޯރެންޓަކީ ވިއްސާރައިގެ މަންޒަރު ދުށުމަށް ވަރަށް އެކަށޭނަ ތަނެކެވެ. ކުއްލި އަކަށް އަހަރެންގެ ފޯނަށް އައި މެސެޖަކުން ފެންކަޅިކޮށްލިއެވެ. ހަމަ އެ ސިކުންތުގައި އަހަރެންގެ ސިކުނޑިތެރޭ އެނބުރެން ފެށީ އެ ލޯބި ހަނދާންތަކެވެ. އާނއެކެވެ. އަހަންނާއި މާޔާގެ ރަން ޒަމާނެވެ. ލޯބީގެ ބަގީޗާއެއް ހައްދައި ފޮޅުވި ކުލަކުލައިގެ މާތަކުގެ ހަނދާނެވެ. ތަގުދީރު ނިންމަވައިފި ގޮތެއް އާދަމުގެ ދަރިއަކަށް ބަދަލު ކުރެވޭނެ ހެއްޔެވެ؟ ކުރެވޭނެ ނަމަ […]
ލަޔާގެ ތައްޓަށް ފެން އަޅައިދޭން ހުރި ޔައިޝްގެ ނަޒަރު އަހަރެންނަށް އަމާޒު ވެފައި ހުރުމުން އުނދަގޫވާގޮތް ވިއެވެ.. ބިޒްނަސް ފެއާރ ވަރަށް ވެސް ކާމިޔާބު ކަމާއެކީ.. ނިމިގެން ދިޔައެވެ.. އަހަރެންނަށް ގެއަށް އާދެވޭ ވަރުވީ 10 ވެސް ޖެހިފަހުންނެވެ.. ވެފައިހުރި ވަރުބަލި ކަމުން އައި ގޮތަށް އަހަރެންނަށް ނިދުނީއެވެ… މާދަމާ އަކީ ސަރުކާރު ބަންދު ދުވަހަކަށް ވާތީ…އަހަރެން ހުރީ ވަރަށް އަރާމު ކޮއް ނިދާލަން ހިތުލައިގެނެވެ… އަހަރެންނަށް ހޭލެވުނީ.. މަންމަ ގޮވާ އަޑަށެވެ… ދެލޯ އުނގުޅަމުން […]
މެންދުރުފަހު ދޭއް ޖަހާއިރަށް އިކާލްމެންގެ ޑިއުޓީ ނިމުމުން އެމީހުން އަވަސްވެގަނީ އަވަހަށް ގެޔަށް ދިޔުމަށެވެ. ވެފައި ހުރި ވަރުބަލިން ކަމަށް ވެސް ވެދާނެއެވެ. މާއީ އާއި އިކާލް އެކުގައި ދިޔައިރު ފަހަތުގައި ރާޔާ ހުރީ އެދެމީހުންނާ ދިމާލަށް ލޯ އަޅައިގެން ބަލާށެވެ. ނަމަވެސް އެކަމެއް އިކާލްމެންނަކަށް ނޭނގެއެވެ. ****** އިކާލް އަށް ގެޔަށް ވަނެފައި ފުރަތަމަވެސް ޖެހިގަނެވުނީ ސޯފާއަށެވެ. ވެފައި ހުރި ވަރުބަލިން އަރާމު ކޮށްލުމުގެ ނިޔަތުގައިއެވެ. ނަމަވެސް މާ ގިނައިރަކު އިކާލްއަކަށް އެހެންނެއް ނޯވެވުނެވެ. ފާއިޒް […]
އަލްވާން ޔުޝްރާ އާ ދިމާލަށް ބަލަން ހުރި ގޮތުން މަންހާ ގާތަށް ވަރަށް ހިނިއައެވެ. ” އަހަމް…” މަންހާ ކަރުކެހިލި އަޑަށް ޔުޝްރާާ ދިޔައީ ސިއްސައިގެންނެވެ. އަލްވާން މަންހާ އާ ދިމާލަށް ދެ ލޯ ހަނިކޮށްގެން ބަލަން ހުއްޓެވެ. ” ސޮރީ ފޯ ޑިސްޓާބިން ޔޫ ގައިސް… އަސްލު ޔުޝް އަށް ކުއްޖެއް ގުޅާތީ…” މަންހާ ޔުޝްރާ އަތަށް ފޯނު ދެމުން ބުންޏެވެ. ” ހަލޯ ޒިދާން ދޮންބޭ…” ޔުޝްރާ ޒިދާން އޭ ބުނުމުން އަލްވާންގެެ ލޯ […]
ނަވީން އޮތީ ގެއަށް އައި ގޮތަށް އޭނާގެ ކޮޓަރީގައި ޒޯޔާއާއި މެދު ވިސްނާށެވެ. ޒޯޔާ ފުރަތަމަ ފެނުން ދުވަހުން ފެށިގެން އެހިތުގާ ޒޯޔާއަށް ޓަކައި ވިންދު ޖަހާލިއެވެ. އެ މައުސޫމުކަން އެ ރީތި އަޑު އެ މަޑުމައިތިރިކަމަށް ނާވީންގެ ހިތް ޒޯޔާއަށް ޓަކައި ފިދާވިއެވެ. އޭނާގެ ހަޔާތަށް މިހާތަނަށް އެއްވެސް ކުއްޖަކަށް އާދެވިފައި ނުވާއިރު ޒޯޔާ ވަނީ ނަވީން ގެ ހިތް ފަތަހަކޮށްލާފައެވެ. ނާވީންއަށް މިއަދު ދިމާވި ހާދިސާ ލޯކުރިމަތިން ސިފަވަމުން ދާހެއް ހީވިއެވެ. ބޭއިހުތިޔާރުގައި […]
ސަމާހު: “ބުނީމެއްނު ފަޒީން މަރުވިރޭ ތިމަންނަޔާ އޭނަ ދިމަލެއް ނުވެޔޭ. އެކަމަކު ދެންމެ މި ދައްކާލި ވީޑިއޯގަ އެވާގޮތް މަށަށް ކިޔާދެވިދާނެތަ؟” ނަޒީހު: “އޭނަ ފުރަތަމަ ތަޅަން ފެށީ.. އަހަރެން ހަމަ ރީތިކޮށް ވާހަކަ ދެއްކީ ދޯ؟” ސަމާހު: “ރަނގަޅޭ.. ތިނޫން ވާހަކައެއް އަހަރެން ނުބުނަން ދޯ؟ މަގޭ މިބުނަނީ އެރޭ ވީގޮތް ރަނގަޅަށް ކިޔާދޭށޭ..” ނަޒީހު: “ބަލާއެއްނު. ތި ހޯދައިގެން ތިއުޅޭ ވީޑިއޯއެއްގަ އެޔޮތީއެއްނު ވީގޮތް ފެންނަން. ދެން އިތުރަށް ކޯއްޗެއްތަ ނޭނގިގެން ތިއުޅެނީ؟” ނަޒީހު […]
ފޮޓޯގަނޑު އެ ނެގި ތާނގައި ބޭއްވުމަށްފަހު ޝަހުދާން ގޮސްކޮޓަރީގެ ދޮރު ހުޅުވިއެވެ..އެޔާއެކު ޝަހުދާންގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.ކުރިމަތީގަ އިން އެލީ އިނީ ރުޅިން ރަތްވެ ތުން ދިގުކޮށްގެންނެވެ.އެވަގުތު.އެލީގެ މޫނު ފެނުނު ކޮންމެ މިހަކަށް ވެސް ވާނީހަމަ ީއެވަރެވެ.ދޮނީތިހާވަރަށް ހެންޏާ އެލީ ީމި ދަނީ.ދެން ފަހުން ރޮމުން ނާންނާތި އެލީގެފަހަތުން. ހުމމ..ދެން ވަދޭ އެތެރެއަށް .. ހިނިގަނޑު ހިންދާލަމުން ޝަހުދާން އެހެން ބުނެލީ އެލީގެ ރުޅިގަނޑު އެނގޭތީއެވެ. އެލީ ދުވަމުން އެތެރެއަށް ވަދެ ޝަހުދާންގެ އެނދަށް އަރައި ފުމަން ފެށިއެވެ.ލީނީ ދެން ބުނޭ ދޮނީ ކައިރީ ލީނީ ބޭނުންވެން ތިއުޅޭ އެއްޗެއް…ކިހިނެތް ދޮނީޔަށް އެނގުނީ …ދޮނީގެ ލީނީ މިރޭ ދޮންބެ ކިޔާފަ ގޮވީމަ އެނގުނީ…އޯވވވވ އެލީ އެހެން ބުނެލީި ވިސްނާލަން ހުރެގެންނެވެ.އެހެންވެއްޖެއްޔާ ދެން ހިނގާ އެލީ ގޮވައިގެން ފިހާރަޔަށް…. ހުޫނނ.. ދެން ހިނގާ މާމަގަނޑާ… ********************************************** ގެޔަށް ވަދެގެންއައި ޝެލީ އިނީ ރުޅިން ރަތްވެފައެވެ. ސިޓިންރޫމުގައިއިން ޝާމިންއަށް އެކަން ފާހަނގަ ވުމުން ޝެލީގާތުން ސުވާލުކުރަން ފެއްޓިއެވެ.ދަރިފުޅާ ކިހިނެތްވީ؟ބައްޕާ ޝެލީ ވާރެއާ ތެމެން އިންދާ މީހަކު އައިސް ޝެލީ ގައިގައި ބައްދައިގަތީ….ޝެލީ އެހެން ބުނެލީ ކުޑަކުއްޖެއް ޝަކުވާ ކުރާ ފަދައިންނެވެ.އާނ.. ދެން އެހެނެއް ނޫން ވާނީ ބައްޕަގެ ޝެލީ އެހާ ރީތިވީމަ….އާފްޓަރއޯލް ތިއީ ޝާމިންގެ ދަރިފުޅޭ…ޝާމިން އެހެން ބުނެލީ ތިމާޔަށް ލިބިފައިވާ ސިފަޔާ މެދު ފަޙުރުވެރިވެފައެވެ.ދެން ބައްޕަ ވެސް ދޯ……މިކަހަލަ ކަންތަކުގަ ބައްޕަ ޖެޙޭނީ އެންގްރީ ޔަންގް މޭން އަކަށް ވާން..އައިމީން އެންގްރީ ޔަންގް ޑޭޑް.އޯކޭ އެހެންވެއްޖެއްޔާ.. ބައްޕަ ސީރިއަސް ވެލާނަން..އޭނަ ދަރިފުޅުގައިގަ ބެއްދީމަ ދަރިފުޅު ކީއްކުރީ..އަނެއްކާ އެމީހަކު މަރާނުލަންތަ..އެޔާއެކު ޝާމިންގެ ހިނިގަނޑު ފަޅައިގެންދިޔައެވެ. ބައްޕާ ދެން…..އާނ އޯކޭ އެހެންވެއްޖެއްޔާ.. އާނ.. އަދި ދަރިފުޅު ބުނީމެއްނު މާދަން ޖޮބަށް ދާ ވާހަކަ؟ ހުމމ މާދަން ދޯ .. ނަސީބެއް ބައްޕަ ހަދާން ކުރުވިކަން…. ޝެލީ ހުރީ ހަނދާން ނެތިވެފަ.. އެކަމަކު ދަރިފުޅުގެ ބައްޕަގެ އަމިއްލަ ކުންފުޏެއް ހުއްޓާ ކީއްކުރަން އެހެންތާކަށް ޖޮބަކަށް ދާންވީ؟ބައްޕާ ޝެލީ ބޭނުންވަނީ ފުރަތަމަ އެހެން ކުންފުންޏެއްގައި މަސައްކަތް ކޮއް ރަނގަޅު ވޯރކް އެކްސްޕީރިއެންސް ހޯދަން…ދެން އެއަށް ފަަހު އަމިއްލަ ބިޒްނަސްއެއް ފަށަން….އެން ބްލޫ ވޭވް ކުންފުންޏަކީ ވަން އޮފްަދަ ބެސްޓް ކޮމްޕަނީ އިން މޯލްޑިވަސް…ބައްޕަ ވަރައް ހެޕީ ދަރިފުޅުގެ ވިސްނުން ތިހާ ރަނގަޅު ވެފަ އަމިއްލަ ގޯލްއެއް އެޗީވްކުރަން ވިސްނާތީ…އައިމް ޕްރައުޑް އޮފް ޔޫ…ތެންކްޔިއު ޑޭޑް… އާނ ދެން ޝެލީ މި ދަނީ މާދަމާޔަށް ތައްޔާރުވާން…. […]