ހިތް ނުރޮއްވާ… (13)
………………………ދެބުރިއަށް ހަދާފައިވާ އެ އޮފީހުން ނުކުންނަމުން ނަސީރު ގާތު ޒުބޭރު ބުނެލިއެވެ. “ނަސީރު އަހަރެން ވަރަށް ބޮޑު ކަމަކާމެދު އެބަ ވިސްނަން… އެންޑް މިކަމަށް ނަސީރުގެ ހުއްދަ ބޭނުން އަހަރެން.” ނަސީރު ޒުބޭރާއި ދިމާއަސް ކޮންކަމެއްހޭ އަހާފަދަ ގޮތަކަށް ބަލާލިއެވެ. އަދި ސުވާލުކޮށްލިއެވެ. “ޒުބޭރު ކީއްކުރަންތަ އަހަރެންގެ ހުއްދަ ބޭނުންވަނީ؟” ޒުބޭރު ހިނތުންވެލަމުން ނަސީރުގެ އެސުވާލަށް ޖަވާބުދިނެވެ. “ހޫމް… އެއީ އަހަރެން ބޭނުން އަހަރެންގެ ޅީދަރިއަކަށް ރިހާ ހަދަން” ޒުބޭރުގެ އެޖުމްލައިން ނަސީރުގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ. އަދި އުފާވިވަރުން ގޮސް ޒުބޭރާއި ކަރާކަރު ޖައްސާ ސަލާމްކޮށްލިއެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ނަސީރުގެ މޫނުމަތީގައިވި ހިނިތުންވުން ގެއްލިދިޔައެވެ. މިހާރު އެމޫނުމަތިން ފެންނަން ހުރީ މާޔޫސްކަމެވެ. އަދި ނާއުއްމީދީ ގޮތަކަށް ކަރު އެލުވާލަމުން ނަސީރު ބުނެލިއެވެ. “ނުވާނެ ތިކަމެއް… އަހަރެން ބޭނުންނުވާތީއެއް ނޫން. މައްސަލައަކީ ޚުދް ރިހާ. އެމަންޖެ ޤަބޫލެއްނުވާނެ ކައިވެންޏަކަށް.”
“އެ ކީއްވެ؟” ޒުބޭރު އަހާލީ ހަމައެކަނި އެހެންނެވެ. ޖަވާބުގައި ނަސީރު އޭނާ އެހެން ބުނާ ސަބަބު ބުނެދިނެވެ. “އެއީ… އެއީ އަހަރެން ކުރިންވެސް އެތަށް ފަހަރަކު ރިހާ ގާތު ކައިވެނީގެ ވާހަކަ ދެއްކިން. އެއިން ކޮންމެ ފަހަރަކުވެސް ރިހާ އެކަމަށް ސާފު ބަހުން ކުރަނީ އިންކާރު… ރިހާ އެހެން ހުރިހާ ކަމެއްގަ އަހަރެންނާ ދެކޮޅަށް އެކައްޗެކޭވެސް ނުބުނާއިރު މިކަމުގަ އަހަރެން ރިހާއަށް ވިސްނައިދޭން ކުރާ ހުރިހާ މަސައްކަތެއް ވަނީ ބޭކާރު. ރިހާ އަށް މިކަމުގަ ވިސްނައިދިނުމަކީ ފޫނެއް ފަޔަކަށް ފެންފުރުން ކަހަލަ ކަމެއް.” ނަސީރު އިނީ ހަމަ ރަގަޅަށްވެސް ދެރަވެފައެވެ. ޒުބޭރު ނަސީރުގެ ބުރަކަށީގައި ހިތްވަރުކުރާށޭ ބުނާ ކަހަލަ ގޮތަކަށް ޖަހާލަމުން ކާރާއިދިމާއަށް އިޝާރާތްކޮށް ދެމީހުންއެކީ އަލުން ހިނގައިގަންނަމުން ބުންޏެވެ. “ނަސީރު ދެންމެއޭނުން ބުނީ ރިހާގެ ފަރާތުން މިހާރަކަށް އައިސް ކުރިން ނަސީރު ފެންނާނެކަމަށް އުންމީދު ނުކުރާ މަންޒަރުތަށް ފެންނަން ފެށިވާހަކަ. މިބުނީ ރިހާގެ ބަދަލުވެފައިވާ މިޒާޖުގެ ވާހަކަ. އެހެންވީމަ ވެދާނުން މިހާރު ރިހާ ކައިވެންޏަމެދު ދެކޭގޮތްވެސް ބަދަލުވެދާނެކަމަށް…” ޒުބޭރު ހާމަކުރީ ޒުބޭރަށް ލަފާކުރެވުނު ގޮތެވެ. ނަސީރުވެސް ކުޑަކޮށް ވިސްނާލުމަށްފަހު އާއެކޭ ބުނެ ބޯޖަހާލީ އެއީވެސް ވެދާނެ ކަމެއް ކަމަށް ޤަބޫލުކުރަމޭ ބުނާ ފަދައަކުންނެވެ.
“އައްދޯއި!” ޒީޝާންގެ އަތުގަ ރިހާ ވިކައިގަތުމުން ޒީޝާން އެތަނުގަ އަތުން ފިރުމާލަމުން ބުނެލިއެވެ. “ތަދުވެއްޖޭ ރިހާ ގަނޑާ” ރިހާ ވަރަށް ސީރިއަސްވެލާފަ ޒީޝާން ގާތު އަހާލިއެވެ. “އަސްލުވެސްތަ؟ ދައްކަބަލަ.” ޒީޝާންގެ އަތް ރިހާއަށް ދައްކާލިއެވެ. އެވަގުތު ރިހާ ޒީޝާންގެ އަތުގަ ޖެހިއެވެ. “އައުޗް… ރިހާ މޮޔަވީތަ؟” ރިހާ ހިނިތުންވަމުން ޒީޝާން އަތުން ގަލަން އަތުލަމުން ބުނެލިއެވެ. “އުހުން. އަދި ނުވޭ. އެކަމް ޒީޝާން އެކީ އުޅެންވެއްޖެޔާ އެދުވަސް ވެސް ދެން މާދުރަކުނޫން ކަންނޭގެ އޮތީކީ… އެންޑް ދެޓް” ޒީޝާންގެ އަތަށް އިޝާރާތް ކޮށްލަމުން ރިހާ ކުރިއަށް ގެންދިޔައެވެ. “ސާރވްސް ޔޫ ރައިޓް. ކީއްކުރަންތަ ކޮންމެހެން ރިހާއަށް އުނދަކުރަނީ؟” ޒީޝާން އެތާ ހުރި ސޯފާއަށް ވެއްޓިގަންނަމުން ބުނެލިއެވެ. “ހޫމް. ދެން ހެވޭ. ތި ދެން މިސް ވާކްއަހޯލިކް ވިޔަ. ދެން ތި ބަހައްޓާފަ ހިނގާބަލަ އެއްޗެއް ކާލަން. ކިހާއިރެއް މިހާރު މިކަމުގަ އުޅޭތާ. ހިނގާބަލަ.” ޒީޝާން ތެދުވެ ރިހާގެ އަތުގައި ހިފައިގެން ދަމަންފެށިއެވެ. “ދެން އަހަރެން ނުދިއަސް ޒީޝާނަށް ދެވިދާނުންތަ! ދޭބަލަ ކާން. އައި ނީޑް ޓު ފިނިޝް ދިސް އެޓް ދި އާލިއެސްޓް. ރިހާއަކަށް ޒީޝާނަށް ހާ ފަސޭހައެއް ނޫނޭ. ޒީޝާން ތިޖެހެނީ މިތަން އެކަނި ވިއްޔަ ބަލަހައްޓަން. ބަޓް މީ، އައި ގޮޓް ވަން އަދާ ކޮމްޕެނީ ޓު ތިންކް އެބަޓް ޓޫ.” ރިހާ އެހެން ބުނުމުން، ރިހާ ނުދަންޏާ ޒީޝާންވެސް ނުދާނަމޭ ކިޔާފަގޮސް އަލުން ސޯފާގަ އިށީނެވެ. ޒީޝާން އެހެން އިނުމުން އެންމެފަހުން ރިހާ ދާން އެއްބަސްވިއެވެ.
ރިހާއާއި ޒީޝާން ގޮސް ވަނީ އެތާ ކައިރީގައި ހުރި ކެފޭއަކަށެވެ. އެދެމީހުން ވަނުމާއެކު އެތާ ތިބި ޒުވާންފުރައިގެ ކުދިންގެ ލޯތަށް އެދެ ޒުވާނުންނަށް އަމާޒުވިއެވެ. ޒުވާން ފިރިހެން ކުދިންގެ ލޯ ރިހާއަށް އަމާޒުވެގެން ދިޔައިރު ޒުވާން އަންހެން ކުދިންގެ ލޯތަށް ޒީޝާނަށް އަމާޒުވީއިރު އެކުދިންގެ ހިތްތަށް ރިހާއަށް ހަސަދަވެރިވިއެވެ. ރިހާ ފަދަ “ބޮޑާ” މީހުނާ ނުގުޅޭ މިޒާޖުގެ ކުއްޖަކާއި އެކު ޒީޝާން ފަދަ ރީތި ސްމާޓް ޒުވާނަކު އުޅޭތީވެސް އެމީހުން ހައިރާންވެއެވެ. އެތާތިބި މީހުނަށް ސަމާލުކަމެއް ނުދީ ރިހާއާއި ޒީޝާން ގޮސް އެތަނުން ހުސް މޭޒެއްގައި އިށީނެވެ. ޒީޝާން އިނީ ރިހާގެ ކުރިމައްޗަށް ވާ ގޮތަށެވެ. ހަވީރުގެ ހިތްފަސޭހަ ވަގުތު އެ ހިތްފަސޭހަ މާހައުލުގައި ޒީޝާނާއި ރިހާ އެކިވާހަކައިގައި ތިބެ ސައިގެ ކަންތައް ކުރިއަށް ގެންދިޔައެވެ. އެވަގުތު ރިހާގެ ފޯނަށް ކޯލެއް އައެވެ. ރިހާ ފޯނުބާއްވާފައި އޮތީ މޭޒުމަތީގައި ކަމުން ޒީޝާނަށް ފޯނަށް އެރި ނަން ފެނުނެވެ. ގުޅަނީ ރާޝިދު ކިޔާ މީހެކެވެ. ރިހާ އަވަހަށް ފޯނު ނެގުމަށް ފަހު ކަނޑާލިއެވެ. އޭރު އެމޫނުމަތިން ފެންނަނީ ހާސްކަމެވެ. އެހާސްކަން ފޮރުވަމުން ރިހާ “ސްކިއުޒް މީ” އޭ ކިޔާ ހިނިތުންވެލަމުން އެތަނުން ތެދުވެ ގޮސް ކެފޭގެ މީހުން ނެތް ހިސާބެއްގައި މަޑުކޮށްލާ ރާޝިދަށް ގުޅާލިއެވެ. “ކިހިނެއްވީ؟” އެކޮޅުން ފޯނު ނެގުމާއެކު ރިހާ ސުވާލުކޮށްލިއިރު އެ އަޑުގައިވަނީ އާދައިގެ ގޮތެކެވެ. “އަހަރެން ބުނީމެއްނު އަހަރެންނަށް ނުގުޅާށޭ. އަހަރެން ގުޅާނަމޭ. ހޫމް ދެން ބުނޭ، ކިހިނެއްވީ؟ ހަނާ ފެނިއްޖެ ތަ؟” ރިހާ ސުވާލުކުރަމުން ދިޔައެވެ. އެކޮޅުން ރާޝިދު ޖަވާބު ދިނެވެ. “އަހަރެން ހަނދާން އެބަހުރި ރިހާ އެހެން ބުނިކަން. އެކަމް ޚަބަރުގެ ގޮތުން ހަމަ ގުޅާނުލާ ނުހުރެވުނީ.” ރާޝިދު އެހިސާބަށް ބުނިތަނާ ރިހާ އަނެއްކާ ސުވާލުކޮށްލިއެވެ. “މާނައަކީ؟” އޭރު ރިހާގެ ހިތް ދިޔައީ އޮބިނޯންނަވަރަށް ތެޅެމުންނެވެ. “މާނައަކީ ރިހާ ބޭނުންވި ކަންތައް ވެއްޖެއޭ. ހަނާ ފެނިއްޖެ.” ލިބުނު ޙަބަރުން ރިހާއަށް ބޭއިޙްތިޔާރުގަ ލޯމަރާލެވުނެވެ. އަދި އެތެރެއަށް ހިފަހައްޓައިގެން ހުރި ނޭވާ ބޭރަށް ދޫކޮށްލިއެވެ. ރިހާގެ ތުންފަތުގައި އެވަގުތު ދުވެލީ ކާމިޔާބުގެ ހިނިތުންވުމެކެވެ.
ރިހާ ތެދުވެގެން ދިޔައީސުރެ ޒީޝާން އިނީ ރިހާގެ ހަރަކާތްތަކަށް ފަރުވާތެރިކަމާއެކު ބަލަހައްޓައިންނެވެ. ޒީޝާންގެ ހިތުގައި ވަނީ ޝައްކުތަކެއް އުފެދިފައެވެ. މިވޭތުވެ ދިޔަ ދުވަސްތަކުތެރޭގައި ރިހާއެގޮތަށް ފޯނެއްގަ ހުއްޓަފެނެއެވެ. އާންމުކޮށް އެއީ ރޭގަނޑުއެވެ. މިއީ އެމީހާގެ ކޯލެކޭ ޒީޝާންގެ ހިތް ބުނަމުން ގެންދިޔައެވެ. ނަމަވެސް ޒީޝާނަށް ނަގައިނުގަނެވުނު އެއްތަންކޮޅު އޮވެއެވެ. ކޮންމެ ފަހަރަކު އެމީހަކު ގުޅާއިރަށް ރިހާގެ މޫނުމަތިން އެހެންޏާ ނުފެންނަ ކުލަވަރެއް ފެނެއެވެ. އަދި އެމީހަކު ގުޅާއިރަށް ކަނޑާލުމަށް ފަހު އަބަދުވެސް ރިހާ އަލުން ގުޅައެވެ. އެ ކީއްވެ ހެއްޔެވެ؟ އެއީ ރިހާގެ ކާކު ހެއްޔެވެ؟ ރިހާގެ ލޯބިވެރިޔާ ހެއްޔެވެ؟ މިއީ ޒީޝާންގެ ހިތުގަ އުފެދިފައިވާ ނަމަވެސް ޖަވާބު ނުލިބިވާ ސުވާލުތަކެވެ.
ޒީޝާން ބަލަހައްޓައިން އިންދަ ރިހާ ފޯނު ކޯލް ނިންމާލުމަށް ފަހު އަންނަ އެނބުރުނީ ކުރިމަތިން ފެންނަން އޮތް މަގަށް ނަޒަރު ހިންގާލަމުންނެވެ. ރިހާ ޒީޝާނާއި ދިމާއަށް އެނބުރިފަ އިރުކޮޅެއްވެސް ނުވެ އަލުން އެނބުރި އެ މަގަށް ނަޒަރު ހިންގާލިއެވެ. އަދި ހަމައެއާއެކު ދެން ފެނުނީ ރިހާ ވަރަށް ބާރަށް ކެފޭތެރެއިން ނުކުންނަން ހިނގައިގަތް ތަނެވެ. ވާނުވާ ނޭނގިފަ އިން ޒީޝާން އަވަހަށް ބިލް ޕޭކުރުމަށް ފަހު ކެފޭ އިން ނުކުމެ ރިހާ ފެނޭތޯ ވަށައިގެން ހޯދާލިއެވެ. ޒީޝާނަށް ރިހާ ފެނުނީ ވަރަށް ބާރަށް މަގުގެ އަނެއްފަރާތަށް ދާ ތަނެވެ. ރިހާގެ މިސްރާބު ހުރި ދިމާ ބަލާލި އިރު ކުރިމަތިން ފެނުނީ ރަށުގައި ގިންވެގެން އުޅޭޒާތުގެ ތިން ފިރިހެން ކުދިންނެވެ. ރިހާ އެދިމާލަށް ދާންވީ ސަބަބެއް ޒީޝާނަކަށް ނުވިސްނުނެވެ. އެވަގުތު ޒީޝާނަށް ފެނުނީ އެމީހުންގެ މެދުގައި ހައްޔަރުވެފަ ހުރި މާހީއެވެ. ވީގޮތް ޒީޝާނަށް އޮޅުންފިލިއެވެ. އަދި އަވަހަށް ރިހާ ފަހަތުން ދުއްވައިގަތެވެ.
“ހޭ ޔޫ!” ރިހާ އެމީހުނާ އަރާ ހަމަވެފަ ގޮވާލިއެވެ. އެ އަޑުގައިވި ރުޅިވެރިކަމުން އެ ތިންމީހުން ސިއްސައިންދިޔައެވެ. އަދި ފަހަތަށް އެނބުރި ބަލާލިއެވެ. މާހީވެސް ބަލާލީ އަޑުއައި ދިމާއަށެވެ. ރިހާ އެތިން މީހުނާއި ދިމާއަށް ލޯއަޅާލައިގެން ބަލަހައްޓައިން ހުރި އިރު އެދެލޮލިން އަލިފާންކަނި ބުރާކަހަލައެވެ. އަޑުގައިވި ރުޅިވެރިކަން އެ ދެލޮލުންވެސް ފެންނަން ހުއްޓެވެ. “މާހީ” ރިހާ އެހުރި ގޮތަށް ހުރެ މާހީއާއި ދިމާއަށް އަތް ދިއަކޮށްލަމުން ބުނެލިއެވެ. މާހީ ވަގުތުން ރިހާ ގާތަށް އައެވެ. މާހީ އައުމާއެކު ރިހާ މާހީ ގޮވައިން ދާން އައިކޮޅަށް އަނބުރާލިއެވެ. އޭރު ޒީޝާން އައިސް ރިހާމެންނާއި އަރާ ހަމަވަނީއެވެ. ރިހާމެން ދާން އެނބުރުން ތަނުން މާހީއާއި ދިމާކޮށްލައިން އުޅުން ތަނުން އެކަކު ތުބުން ފުމެލަމުން ބުންޏެވެ. “ތިޔަ މަންޖެ ގެންދިއަސް އޯކޭ، އެކަމު މަންޖެ އަންނަން ވީނުން އަހަރެމެން ކައިރިއަށް. މައްސަލައެއް ނެތް މިހާރު ނޫނަސް. ފްރީވެލީމަ އާދޭ. އެހެންނޫނަސް މަންޖެ މާ ލޯބި.” އެމީހާ އެހެން ބުނީ ރިހާއަށެވެ. ރިހާ ދަތްކުނޑިވިކާ ބާރުކޮށްލިއެވެ. އެއަޑު އިވުމުން ޒީޝާން ގާތަށް އައި ރުޅިން އެމީހުނާ ދިމާއަށް ދާން އުޅުނެވެ. ނަމަވެސް ޒީޝާން ހުއްޓުނީ ރިހާ، މާހީ އަށް ރިހާގެ ކާރާށް އިޝާރާތް ކޮށްލަމުން ބުނެލި ޖުމްލައިންނެވެ. “ގޯ ސިޓް އިން ދަ ކާރ!” ރިހާގެ އަޑުގައިވީ އަމުރުވެރި ގޮތެކެވެ. އެއަށްފަހު އަލުން އެމީހުނާއި ދިމާއަށް އެނބުރުނެވެ. އަދި އެމީހުނާ ގާތަށް ދެތިން ފިޔަވަޅު އަޅާލަމުން އެމީހުނާ ދިމާއަށް ހިނިތުންވެލިއެވެ. ރިހާގެ އެއަމަލުން އެތަނުން އެހެން ކުއްޖަކު ބުންޏެވެ. “ކަލޯ އެމަންޖެ ބޭނުމީ މިހާރުކަންނޭގެ…” އެ މީހާގެ ޖުމްލަ ފުރިހަމަނުވެއެވެ. ރިހާގެ އަތުގެ ހޫނު އެތިފަހަރެއް އެމީހާގެ ކޯތާފަތް މައްޗަށް އެރިއެވެ. ދެން ހުރި މީހާ ރިހާއާއި ދިމާއަށް ހަޅޭއްލަވައިގަތުމުން އެމީހާގެ ކޯތާފަތް މައްޗަށްވެސް އެރީ ހަމައެކަހަލް ހޫނު އެތިފަހަރެކެވެ. އަދި ރިހާ ބުންޏެވެ. “ހީކުރަނީ ދޯ ހުރިހާ އަންހެން ކުދިންނަކީ ބަލި ކަށި ބައެކޭ. ބަޓް އައިމް ނޮޓް.” ރިހާ އެނބުރި ދާން ހިނގައިގަންނަމުން ފޯން ނަގާ އެ ތިން މީހުނަށް ގޮވާލިއެވެ. “ހޭ ބޯއީސް. ސްމައިލް” އަދި އެމީހުން ބަލާލު ވަގުތު ރިހާގެ ފޯނުން އެމީހުންގެ ފޮޓޯ ނެގިއެވެ.
ރިހާމެން ދާ ތަން ބަލަން ހުރެފަ އެތަނުން އެކަކު ބުންޏެވެ. “އޭ ބްރޯ، ކިހިނެތް ތިހެދީ؟ އެމަންޖެ އެދިޔައީ އަހަރެމެންގެ ފޮޓޯވެސް ނަގާފަ.” އެވަގުތު އެތަނުން އެކަކު ކަމަށްވާ މިހާދު ބުންޏެވެ. “ހާސް ނުވޭ… އަދި އެ މަންޖެއަށް ރަނގަޅު ލަނޑެއް ދޭނަން. ހިތުން ފިލުވާ ނުލެވޭނެ ވަރުގެ ހަދިޔާއެއް ދޭނަން” އެހެން ބުނުމަށް ފަހު ނުލަފާ ގޮތަކަށް މިހާދު ހީލިއެވެ. އޭނާގެ ކައިރީ ތިބި ދެމިހުން ކަމަށްވާ ހުޝާމާއި ހާނިމް ވެސް އެގޮތަށް ހީލިއެވެ.
===(ނުނިމޭ)===
3 Comments!
Comments are closed.
wow.. awsome.. ވ ގިނައިން ބަލަން މިސްޓޯރީ އަޕްވެފަ އިންތޯ.. މިވަހަކަ ވ ސަޅި…
NICE…WAITIN FOR THE NEXT…PLX UPLOAD ASAP….
Plx upload