Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކުށަކާނުލާ.. (6 ވަނަ ބައި)

aal Level 110 Stories
September 23, 2013 3 Mins Read
7 Comments

“ސަޅި ބިޓެއް ދޯ.. ބަލާބަލަ. އޭނަ އަދިވެސް ނީ އާ ދިމާއަށޭ އެބަލަނީ” ރިހުލާ އަތަށް ކޯކު ތަށި ދިއްކޮލުމުން އޭނާ ބުނެލިއެވެ. “އާން ދެން ބަލާލަން ކަމުދޭ. ރިހޫ ސެޓު ކުރަންވީނު. ނޮޓް މައި ޓައިޕް” އަހަރެންވެސް އޭނާއަށް ވައްކަޅިން ބަލާލީމެވެ. އިސްކޮޅުން ދިގެވެ. ބުޅި އިސްތަށިކޮޅެކެވެ. މެދުމިންވަރަކަށް ކަޅެވެ. ސޫޓު ލާފައި ހުރުމުން ފިރިހެންވަންތަކަން އިތުރަށް ދައްކުވައިދެއެވެ. “ރިޝް ހިނގާ ދާން. މިހާރު މާ ލަސްވެއްޖެ.” އިތުރަށް ހުންނާކަށް އަހަރެން ބޭނުމެއް ނުވިއެވެ. މާގިނައިރު ބޭރުގަ އުޅުމަކީ އަހަރެން މިހާރު ކުރާހިތްވާ ކަމެއް ނޫނެވެ.
“ދަނީތަ؟” ކައިވެނި ކުރެވުނު ދެމަފިރިންނަށް މަރުހަބާ ކިޔުމަށްފަހު، ނިކުންނަން ހިނގައިގަތްވަގުތު ގޮވާލި އަޑަށް އަހަރެން އެނބުރިލީމެވެ. “ވިޝާމް. ރައްޓެހިންގެ ނަމުންނަމަ ޝާމް.” އަމިއްލައަށް ތައާރަފް ވެލުމަށްފަހު އޭނާ ސަލާމަށް އަތް ދިއްކޮއްލިއެވެ. އެއީ ހަމަ އެޒުވާނާއެވެ. “އައިނީ” އަހަރެންވެސް ހިނިތުންވުމަކާއެކު ސަލާމްކޮއްލީމެވެ. “މީ ރިޝާ. ވަރަށް ލަސްވޭ އެބަ. ދެން ދަނީ” “ކުޑައިރަކު މަޑުކޮއްލިނަމަ. ތިހާ އަވަސް އަރުވަން ޖެހޭތަ؟ނުލާހިކު ރީތި ބިޓެއްވިއްޔަ. ނީވެސް ދޯ.” އަހަރެން ރިޝާގެ އަތުގައި ހިފައި ހިނގައިގަތުމުން ރިޝާ ބުނެލިއެވެ. “ޕްލީސް ރިޝް. އައިމް ނޮޓް އިންޓްރެސްޓެޑް. ރިޝްއަށް ހަމަ ރަނގަޅަށް އިނގޭނެ ކީއްވެކަން.” އަހަރެން ބުނަން އުޅުނު އެއްޗެއް ރިޝާއަށް އެނގުނެވެ. “މިދެން ކިހާ ދެރަ ކަމެއް ނީ. މީހަކު ވި ބޭވަފާއަކަށް މުޅި އުމުރު ދުވަހު ރޯން ޖެހޭތަ؟ ނީގެ ހަޔާތުގަ އަދި އެކަހަލަ ކިތަންމެ އަޔާނެއް އަންނާނެ. ހަގީގަތް ގަބޫލް ކޮއްބަލަ. ހަމައެކަނި ނީ އެކަންޔަކަށް ނޫނޭ ދުނިޔެމަތީ ކެހި ލިބެނީ. ވިސްނައިދީ ދީ އަހަރެން މޮޔަވެދާނެ. މޫވް އޮން ނީ. ކުޑަ ކުއްޖެއް ނޫނޭ ތީކީ” ރިޝާ އޭނާގެ އަބަދުގެ ޝަކުވާ ފެށިއެވެ.
އަހަރެން އެއްޗެއް ނުބުނެ ހުރީއެވެ. ބުންޏަސް ވާނެ ފައިދާއެއް އެބަ އޮތް ހެއްޔެވެ. ރިޝާއަށްވެސް ވިސްނޭނީ މިފަދަ ކަމެއް ކުރިމަތިވީމައެވެ. އަހަރެންގެ ހިތުގަ މިރިހޭ ރިހުމާ އަޅަމުންދާ ވޭން އިހުސާސެއް ނުކުރެވޭނެއެވެ. ބުނާހާ ފަސޭހައިން ކުރިއަށްދާނީ ކިހިނެތް ހެއްޔެވެ. އެތައް ރޭގެ ނިދިން އަހަރެން މަހުރޫމްވީ އަޔާން ދެކެ ވެވުނު ލޮތްބެއްގެ ބޮޑު ކަމުންނެވެ. އެއީ އަހަރެންގެ ފުރަތަމަ ލޮތްބެވެ. ލޮތްބަކީ ބުނާހާ ފަސޭހައިން ވެވޭނެ އެއްޗެއް ނޫނެވެ. އަދި ފަސޭހައިން ބަދަލުވާނެ އެއްޗެއްވެސް ނޫނެވެ.
ގެއާ ހަމައަށް އާދެވުނު އިރުވެސް އަހަރެމެން ދެމީހުން އިތުރު އެއްވެސް ވާހަކައެއް ނުދައްކަމެވެ. އަހަރެން ގެއަށް ވަނުމުން ރިޝާވެސް ދިޔައީއެވެ. “ކިހިނެތް ޕާޓީ ދަރިފުޅާ؟” އަހަރެން ވަންތަން ފެނުމުން މަންމަ އަހާލިއެވެ. “ރަނގަޅު.” އަހަރެންވެސް ކުރު ޖަވާބެއްދީ ނިންމާލީމެވެ. އަދި ވަރަށް ނިދި އައިސް ހުރި ކަމަށް ބުނެ ކޮޓަރިއަށް ދިޔައިމެވެ.
*************************************************
އަހަރެން ތައްޔާރު ވަމުން ދިޔައީ މެލޭޝިޔާއަށް ފުރުމަށެވެ. ބޭނުންވާނެހެން ހީވާ ސާމާނު ގަތުމަށްފަހު ގެއަށް އައިއިރު ފުރަން ދެތިން ގަޑިއިރަށް ވެއްޖެއެވެ. ރިޝާވެސް އެހީތެރިވުމަށް އަޔެވެ. “ދެން ނޭނގެ ދޯ ފެންނާނެ ދުވަހެއްވެސް. އަހަރެންވެސް ދެން އަންނަ ހަފްތާގަ ސިންގަޕޯރއަށް ފުރަން.” އަހަރެން ދާތީ ދެރަވެފައި ހުރި ރިޝާ ބުނެލިއެވެ. މަންމަވެސް ހުރީ ވަރަށް ދެރަވެފައެވެ. ދެމައިންގެ މިލާފައިވާ މޫނު ފެނުމުން އަހަރެންވެސް ދެރަވިއެވެ. “ބަލަ މަ އަންނާނަމޭ. ޗުއްޓީއެއް ލިބޭ އިރަށް މަ ހުންނާނީ މި ފަސް ގަނޑުގަ. ދެންވެސް ތިހާ މޫނު ކުނިކޮށްގެން ބާއި ނުކިޔަބަލަ” އަހަރެން މަސައްކަތް ކުރީ އެދެމޫނަށް ހިނިތުންވުމެއް ގެނެސްދެވޭތޯއެވެ.
ފުރުވުމަށްޓަކައި މަންމައާއި ރިޝާ ހުޅުމާލެއަށް އައެވެ. ބައްޕަ ބިޒީވެގެން ނާދެވުނީއެވެ. “ދެން ދަނީ. އެކޮޅަށް ދެވުނީމަ ގުޅާނަން.” ފުރާ ގަޑި ކައިރިވުމުން ސަލާން ގަލާން ކުރުމަށްފަހު އަހަރެން ފްލައިޓަށް އަރަން ދިޔައިމެވެ. މަންމައާއި އެންމެ ގާތް އެކުވެރިޔާއާއި ދުރަށް ވަކިން ދާން ޖެހުމުން ދެރަވިއެވެ. އެހެނަސް ކުޑައިރުއްސުރެ ދެކުނު ހުވަފެން ހަގީގަތަކަށް ހެދުމަށްޓަކައި ލިބުނު ފުރުސަތަށް ޝުކުރުވެރިވީމެވެ. އަދި ކާމިޔާބު މީހަކަށް ވެގެން އެނބުރި އައުމަށް އަޒުމް ކަނޑައެޅީމެވެ. ފްލައިޓް މާލޭގެ ފަސްގަނޑުން ނައްޓާލުމާއެކު ފުން ނޭވާއެއް ބޭރުކޮއްލީމެވެ. އަދި ހިނިތުންވެލީމެވެ.
މެލޭޝިޔާއަށް ދެވުމާއެކު ފުރަތަމަވެސް އަހަރެން ނަންބަރެއް ނަގައި މަންމައަށް ގުޅީމެވެ. އަދި ހެޔޮ ސަލާމަތުން އާދެވުނު ވާހަކަ ބުނެލީމެވެ. އަހަރެން ހުރުމަށް ހަމަ ޖެހިފައި އޮތީ ކޮލެޖްގެ ކުރިމަތީ ހުރި ކިޔަވާކުދިން އުޅޭ ފްލެޓްގައެވެ. އަހަންނާ ހަވާލުވެގެން ހުރި އަންހެނަކާއެކު އަހަރެންގެ ކޮޓަރިއަށް ދިޔައިމެވެ. އަހަރެންގެ އިތުރުން އެހެން ކުއްޖެއްވެސް އެކޮޓަރީ އުޅުނެވެ. “މަރުހަބާ. އައިމް ދީބާ” އަހަރެން ކޮޓަރިއަށް ވަނުމާއެކު ދީބާ މަރުހަބާ ކިޔެވެ. އަހަރެންވެސް ތައާރަފްވެލީމެވެ. ދީބާއަކީ ހިތްހެޔޮ ކުއްޖެއްކަން އޭނާގެ ވަހަކައިން އެނގުނެވެ. އަހަރެން ހަމަޖެހުމުގެ ނޭވާއެއް ބޭރުކޮއްލީމެވެ. މި ބީރައްޓެހި ގައުމުން ރަނގަޅު ރަހުމަތްތެރިއެއް ލިބުނީމައެވެ.
ކޮލެޖްގެ ފުރަތަމަ ދުވަހެވެ. މާހައުލަށް އާވުމުން އަހަރެން ހުރީ ކުޑަކޮން ހާސްވެފައެވެ. ކުލާހަކަށްފަހު ކުލާހެއް ނިމެމުން ދިޔައެވެ. ވަގުތު ފާއިތުވަމުން ދިޔަހެން އަހަރެންވެސް ހަމަޔަކަށް އެޅެމުން ދިޔައެވެ. މަސް ފެނަށް ދިރެން ފެށިކަހަލައެވެ.
ގަޑިތައް ނިމުމުން އަހަރެން ކޮޓރިއަށް ދިޔުމަށް ހިނގައިގަތީމެވެ. “ނީ.. ނީ..” އަހަރެންގެ ނަމުން ގޮވަން ފެށި އަޑަށް އަހަރެންގެ ފިޔަވަޅުތަކަށް ހުއްޓުން އެރިއެވެ. ދަންނަ އަޑެކެވެ. ނަމަވެސް މިތާ ދީބާ ނޫން އެހެން މީހެއް އަހަރެން ނުދަންނަމެވެ. ކާކުތޯ ބަލައިލުމަށް އަހަރެން ފަހަތަށް އެނބުރިލީމެވެ. އަހަރެންގެ ދެލޯ ބޮޑުވިއެވެ. ހީވެސް ނުކުރާ މީހަކު ފެނުމުންނެވެ. ކުރިމަތީގައި ހިނިތުންވެލައިގެން އެހުރީ ހަމަ އޭނާއެވެ……

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

aal

Level 110 Stories

Other Articles

Previous

ހަތިޔާރު (އައު) [ފުރަތަމަ ބައި]

Next

ހަތިޔާރު (ފުރަތަމަ ބައިގެ 2)

Next
September 24, 2013

ހަތިޔާރު (ފުރަތަމަ ބައިގެ 2)

Previews
September 23, 2013

ހަތިޔާރު (އައު) [ފުރަތަމަ ބައި]

7 Comments!

  1. ފާތުން says:
    September 23, 2013 at 9:44 pm

    ވވވވވވވވވވވވވވވވ ރީތި

  2. އިފޫ says:
    September 24, 2013 at 8:33 am

    ވ ސަޅި މިޕާޓްވެސް.. އެކަމް ވ ކުރު

  3. aal says:
    September 24, 2013 at 3:06 pm

    ތެންކްސް

  4. A zoo says:
    September 24, 2013 at 4:30 pm

    Sali

  5. Manha says:
    September 26, 2013 at 2:07 pm

    varah reethi vaahakae

  6. Sam says:
    October 12, 2015 at 12:55 pm

    Aal..kobaatha aal ge mivaahakaage 5vana bai…

  7. Angel says:
    June 28, 2016 at 11:28 pm

    Mi vaahakaige 5 vana part koba?

Comments are closed.

Next Episodeކުށަކާނުލާ.. (7 ވަނަ ބައި)←


All Right Reserved!