އެނދުގައި އިށީދެގެން އިން ރީމް ތެދުވެ ދެކޮޅަށް ހިނގަންފެށިއެވެ. ހީވަނީ ކުރާނެ ނުކުރާނެ ކަމެއް ނޭގިގެން އުޅެނީހެންނެވެ. ދެން ފެނުނީ ކުއްލިއަކަށް އައިސް އަހަރެންގައިގާ އޮޅުލާ ގަތްތަނެވެ.
ރީމްގެ މި ޚަރާކާތުގެ ސަބަބުން އަހަރެންނަށް ލިބުނީ ކުއްލި ސިހުމެކެވެ. އަހަރެންނަށް ހީވީ ބައްޕަ އަހަރެންގައިގާ ތަތް ވެގަތް ހެންނެވެ. އަހަރެންގެ ހަށިގަނޑުގައި ބީހެން ފެށިހެންނެވެ. އެހެންކަމުން މޫނުމަތީގެ އުފާވެރިކަން ގެއްލި މުޅި މީހާ ހާސްކޮށްލީ ދާދިއަވަހަށެވެ. ހަނދާންކުރަން ބޭނުންނުވާ އެ ހިތި މާޒީ ލޯކުރިމައްޗަށް ސިފަވާންފެށިއެވެ. އަހަރެންގެ ނުރުހުމުގައި ކުރި އަނިޔާތައް ހަނދާނަށް އަންނަން ފެށިއެވެ. އެޔާއެކު ހިތުގައި ނޭގޭ ބިރުވެރިކަމެއް އުފެދި އުނދަގޫތަކެއް ކުރިމަތިވާން ފެށިއެވެ. އެތެރެހަށިން ހޫނު އަރާ ދާހިއްލަންފެށިއެވެ. އެހިނދު އެއްވެސް އިޚްތިޔާރަކާނުލާ ރީމް ދުރައްކޮށްޕާލެވުނެވެ.

ރީމްގެ ބޮޑު ދެލޮލުން ހައިރާންކަމާއެކު ބަލަމުން ދިޔައެވެ. އަހަރެން ރީމްގެ މޫނަށް ބަލާލަމުން ބާރު ހިނގުމުގައި ގޮސް ކޮޓަރިން ނިކުތީއެވެ.
“..ޚާން.. ކިހިނެއްވީ.. ހާދަވަރަކަށް ހާސްވެފަ..” ކޮޓަރިން ނުކުތުމާއެކު ޝާންޓޭ ބުނެލިއެވެ. އަހަރެން އެއްވެސް ޖަވާބެއް ނުދީ ގެއިން ނުކުތުމަށް ހިނގައިގަތީމެވެ.
“..ވަޓްސް ރޯންގް..” ޝާންޓޭ ބުނި އަޑުއިވުނެވެ. ނަމަވެސް އަހަރެން އެ އަޑު އިވުންކަމަކަށް ނަހަދަމެވެ. ބާރު ހިނގުމުގައި ގޮސް ޝާންޓޭމެން ގެއިން ނުކުތީއެވެ.
ބޭރަށް ނިކުމެވުމާއެކު ޖެހެމުން ދިޔަ ފިނި ވައިރޯޅިތަކުން މުޅި ހަށިގަނޑު ފިނިވެގެންދިޔައެވެ. އަހަރެންގެ މޫނުމަތިން ކަނދުރާ ދަށަށް ފައިބަމުން ދިޔަ ދާތިކިތައް އަތުން ފޮހެލީމެވެ. އަދި ލައިގެންހުރި ގަމީހުގެ މަތީ ގޮށް ނައްޓުވާލަމުން ގެޔާ ދިމާލަށް ހިނގައިގަތީމެވެ.
އަހަރެން ގެޔަށް ވަދެގެން ދިޔަގޮތަށް ދިޔައީ ކޮޓަރިއަށެވެ. ކޮޓަރިއަށް ވަދެ އެނދު މައްޗަށް އުއްޑުން ވެއްޓިގަތީމެވެ. އޭރުވެސް އަހަރެން ރަނގަޅަކަށް ހަމަޔަކަށް ނޭޅެއެވެ. ލޯ ކުރިމައްޗަށް އެމަންޒަރު ސިފަވަމުން ދިޔައެވެ. ސިކުނޑީގައި އެތަކެއް ސުވާލުތަކެއް ފުނިޖެހެމުން ދިޔައެވެ. އަހަރެންނަށް މިވީ ކިހިނެއް ހެއްޔެވެ؟ ރީމް ކައިރިވުމުން އެ ޖައްބާރުގެ ހަނދާންތައް އެއައީ ކީއްވެ ހެއްޔެވެ؟ އެނުބައި ޝައިތޯނާގެ ހިޔާލު އެގަޑީ އެ ކުރެވުނީ ކީއްވެ ހެއްޔެވެ؟ އަހަރެންނަށް އެ ހަނދާންތައް އުނދަގޫކުރަން އެނގުނީ އެކަހަލަ ގަޑިއެއްގަ ހެއްޔެވެ؟ ރީމްގެ ހިތަށް އަރާނީ ކީކޭ ހެއްޔެވެ؟ އަހަރެން ދެލޯ މަރާ ބާރުކޮށްލަމުން ދެއަތުން ބޮލުގައި ހިފަހައްޓާލީމެވެ. އެހެން އޮއްވައި އަހަރެންނަށް ނިދުނީއެވެ.
އަހަރެންނަށް ސިހިފައި ހޭލެވުނީ ދޮރުގައި ޓަކި ޖަހާ އަޑަށެވެ. ގަޑި ބަލާލިއިރު އިރު އޮއްސި 06 ޖަހާ ބޮޑު ވެއްޖެއެވެ. މަޑު ހިނގުމެއްގައި ގޮސް ދޮރު ހުޅުވާލީމެވެ. ދޮރު މަތީ ހުރީ ވިމްލާ އެވެ.
“..ދޮންބެ ހޯދަން..” ވިމްލާ ބުންޏެވެ. އަހަރެން ހުރީ ކުޑަކޮށް ނިދާލެވުމުގެ ސަބަބުން ހަމަޔަކަށް އެޅިފައެވެ. އަހަރެން ދޮރުން ބޯދީ ބަލާލީމެވެ. ގޭގައި ހުރި ޖޭމް ގަހުގައި އެލުވާފައިވާ އުނދޯލީގައި ޝާންޓޭ އޮތެވެ.
“..ޝާންޓޭ ކައިރީ ބުނޭ ދޮންބެ ނަމާދު ކޮށްލައިގެން އެބަ ނުކުންނަމޭ..” އަހަރެން ބޭނުންވީ މަޣްރިބް ނަމާދު ނުކުރެވި ހުރުމުން ނަމާދުކޮށްލާށެވެ. އެހެންކަމުން ފާހާނާއަށް ވަދެ ވުޟޫކޮށްލައިގެން ނުކުމެ ނަމާދުކޮށްލީމެވެ.
****************
“..ދެން މަށަށް ފައިދަށަށް ވެއްޓި އާދޭސް ކުރަން ނުޖައްސާތި..” އަހަރެން ކޮޓަރިން ނުކުތުމާއެކު ޝާންޓޭ އުނދޯލިންތެދުވަމުން ބުނެލިއެވެ. އަހަރެންނަށް ހެވުނެވެ. އަހަރެން މި ނިކުތީވެސް އެވާހަކަ ދައްކަން ބޭނުންވާތީއެވެ. ރީމް ކިބައިން މާފަށް އެދެން ބޭނުންވާތީއެވެ. އެހެންނޫންނަމަ ނުވެސް ނިކުތީމުހެވެ.
“..ކޮބާ ރީމް.. ހިނގާބަލަ ތިގެޔަށް..” އަހަރެން ބޭނުންވީ ހަމަ އެވަގުތު ރީމް އާ ބައްދަލުކޮށް ވެދިޔަ ކަންތަކަށް މާފަށް އެދޭށެވެ.
“..މިހާރު މިގެޔަށް ޚާން ހޯދަންވެސް ހަތްދިހަ ފަހަރު އާދެވިއްޖެ.. ކޮޓަރި ތަޅުލާފަ ހުރީމަ ނިދަނީކަން އެނގުނީމަ އަޅާނުލާ ކޮންމެ ފަހަރަކު ދަނީ..” އަހަރެމެން ދެމީހުން ގެއިން ނުކުތުމަށް ހިނގައިގަތީމެވެ.
“..މަށަށް ޖައްސާލިތަނާ ނިދުނީ އޭ.. ނިދުނުކަންވެސް ނަސީބެއް އެހެންވެ ހަމަޔަކަށް އެޅިއްޖެ މިހާރު..” އަހަރެން ބުނީމެވެ.
“..ރިއަލީ.. އައި ޑޯންޓް އަންޑަސްޓޭންޑް ޔޫ.. އަޖައިބެއް ކަހަލަ ފިރިހެނެއް ތީ.. ރީމްވެސް އެއްވެސް އެއްޗެއް ނުބުނެ ބިމަށް ތުން ހަރާގެން އެބައިން.. އަހާ އަހާވެސް ވީގޮތެއް ނުބުނި.. އެންމެފަހުން މިގެޔަށް އަންނަން އުޅެން ހެދީމަ ބުނެފި ޚާން ކައިރީ ބުނާށޭ ސޮރީއޭ.. އިތުރު އެއްޗެއް ނުބުނި.. ކިހިނެއްތަ ތި ހެދީ.. މަށަކަށް ރީމް މޫނުމަތިންވެސް އުފާވެރިކަމެއް ނުފެނޭ.. ޚާން ޔެސް ނުބުނަންތަ؟..” ޝާންޓޭ ބުންޏެވެ. އަހަރެން ދިޔަ މަގުމަތީގައި ހުރިހާ ވާހަކަތަކެއް ޝާންޓޭއަށް ކިޔާދިނީމެވެ.
“..ކީއްވެތަ ޚާން ގައިގަ މަ އޮޅުލާއިރު ތިހެން ނުވަނީ..” އަހަރެން ޝާންޓޭ އާ ދިމާލަށް ބަލާލީމެވެ. އޭނާ ބޭނުންވީ އެކަމަށްވެސް ޖޯކް ޖަހަންހެއްޔެވެ.
“..އެހެންވީމަ ކައެ މަށާ ރައްޓެހިވާން ވީނުން ދޯ..” އަހަރެންވެސް އަނގައިން ދެރަވާކަށް ބޭނުމެއް ނުވިއެވެ. ޝާންޓޭ ޖަހާލީ ހިނިގަނޑެކެވެ.
“..އެމަޖާ.. ޑޯންޓް ބީ ސީރިއަސް.. މިހާރު ގޭގަ އުޅޭނެ ތުއްތަ އާ މަންމަވެސް.. ސިއްރުން ވާހަކަ ދައްކާލާނެ ޗާންސެއް ހިޔެއްނުވެ ލިބޭނެހެނެއް.. ހަވީރު ރަނގަޅު ޗާންސެއް ލިބުނީމަވެސް ދުވެ ފިލީ ވިއްޔަ.. ހަމަޔަކަށް އެޅެންދެން މަޑުކޮށްލިނަމަ ވީހެއްނުން.. އަސްލު ޚާން މާ ބޮޑަށް ފިނޑިވަނީ.. ވަރަށް ކެރިގެން މިކަހަލަ ކަންތައްވާނީ..” ޝާންޓޭ އަހަރެންނަށް އެގަޑީގައި ވީގޮތާމެދު ކުޑަކޮށްވެސް ވިސްނިހެނެއް ހިޔެއްނުވެއެވެ. އަހަރެން އެންމެ ކުޑައިރުން ސުރު މިއަދާ ހަމައަށް ކަންތައްވަމުން އައި ގޮތާމެދު ކުޑަކޮށްވެސް ވިސްނާލިނަމަ އެހެން ނުބުނީހެވެ. ނަމަވެސް އަހަރެންގެ އެއްވެސް ހިތްހަމަ ނުޖެހުމެއް ޝަކުވާއެއް ޝާންޓޭއާ މެދަކުނެތެވެ. އޭނާއަށް ނުވިސްނެނީއެވެ. އަހަރެންގެ އިޙްސާސްތައް އެނގޭނީ އަހަރެންގޮތަށް އަނިޔާތަކާއި ވޭންތައް ތަހައްމަލްކުރަން ޖެހުނު މީހަކަށްކަން ވިސްނެއެވެ.
“..ގޮސް ބުނޭ ބީޗަށް އަންނާށޭ.. މަ މިދަނީ އެކޮޅަށް..” އަހަރެން ބޭނުންވީ ކޮންމެގޮތެއް ހަދާފަނަމަވެސް ރީމް އާ މީޓް ކުރާށެވެ.
“..އައްދެ ހާދަ ގަދަ ތިކޮށްލީ..މަ ފިނޑިއޭ ބުނީމަ ދޯ..” ޝާންޓޭ ހީކުރީ ކީކޭ ކަމަށް ހެއްޔެވެ؟ އަހަރެން ރީމް އާ ރައްޓެހިވީ އެކީގައި އުޅެން ބޭނުންވާތީއެވެ. ލޯބިވާތީއެވެ. އަހަރެން އޭނަ އާ ވާހަކަ ދައްކަން މީޓް ކުރަން ނުކެރިގެނެއް ނޫޅެމެވެ. ބައްޕަދެކެ ބިރުން ގުޅުން ސިއްރުކުރަން ނިންމުން އެއީ އަހަރެންނަށް ފިނޑިއެއްގެ ލަގަބު ދޭންޖެހޭ ވަރު ކަމެއް ނޫނެވެ.
“..މަ އެހެން ބުނި އެއްޗެއް ނޫނޭ އެއީ..މާ ގަޓް ހުންނަ މީހަކަށްވާން މިގަޑީގަ އެތަނަށް ދާނެކަމެއްނެތް.. ކޮންމެސް ގޮތެއް ހަދާނީ ގެޔަށް ހިނގާ..” ޝާންޓޭ ބުންޏެވެ.
************
“..ރީމް.. ކޮޓަރިއަށް ދެ ކޮފީ ގެނެސް ދީބަލަ..” ޝާންޓޭ ގެޔަށް ވަންނަމުން ސިޓިންގ ރޫމްގައި އިން ރީމްއަށް ބުނެލިއެވެ. ޝާންޓޭ މަންމަ އާއި ތުއްތަވެސް އިނެވެ. އެމީހުން ތިބީ ކޮންމެސް ޑްރާމާ ސީރީޒްއެއް ބަލާށެވެ. އަހަރެން ރީމްއަށް ބަލާލަމުން ހިނިތުންވެލީމެވެ. ރީމްވެސް ބަލާލަމުން ފަނޑު ހިނިތުންވުމެއް ދިނެވެ. އޭނާ މިއަދު ވީ ކަންތަކާ ކަޑަވެފަ އިންވަރު އެ މޫނު މަތިން ކިތަންމެ ރީއްޗަކަށްވެސް އަހަރެންނަށް ދޭހަވިއެވެ.
އަހަރެން ހުރީ ރީމްގެ އިންތިޒާރުގައި ދެކޮޅަށް ދެކޮޅަށް ހިނގާލަ ހިނގާލާއެވެ. ޝާންޓޭ އޮތީ އެނދުމަތީގައެވެ. 05 މިނެއްޓެއްހާއިރުފަހުން ކޮޓަރި ދޮރު ހުޅުވާލައިފައި ރީމް ވަނެވެ. ތަބަކެއް މަތީ ބަހައްޓާފައި ހުރި ކޮފީ ތަށިން ހޫނު އާވި އަރަމުން ދިޔައެވެ. ރީމް އަހަރެންނާ ދިމާލަށް ބަލާވެސް ނުލާ ތަބަށް އެތާ ހުރި މޭޒެއްމަތީ ބަހައްޓާފައި ދާން އެނބުރިގަތެވެ. އަހަރެން ހުރި ފިޔަވަޅު މަތީ ހުއްޓުން އަރާފައި ހުރެވުނީ ރީމް ބަލާލާނެ އިރަކަށް އިންތިޒާރުކުރަމުންނެވެ. އެކަމް ރީމް ބަލައެއްނުލިއެވެ.
“..ރީމް..” އެންމެފަހުން އަހަރެން ރީމްއަށް ގޮވާލީމެވެ. ރީމް ވަގުތުން ހުއްޓުނެވެ. އަހަރެން ހިނގާލާފައި ގޮސް ހުޅުވިފައިވާ ދޮރު ލައްޕާލީމެވެ.
“..އައި އޭމް ރިއަލީ ވެރީ ސޮރީ..” އަހަރެން ރީމް އަތުގަ ހިފާލީމެވެ. “..އެގަޑީގަ އަހަރެން މާ ބޮޑަށް ނާވަސް ވީ..” ރީމް ހިނިތުންވެލަމުން ބަލާލީ ޝާންޓޭ އާ ދިމާލަށެވެ. ޝާންޓޭ އިނީ ކޮފީ ތަށި ހިފައިގެން އެނދުމަތީގައެވެ.
“..މަ ދާން ވީތަ މިތަނުން..” ޝާންޓޭ އެނދުން ތެދުވިއެވެ.
“..އުހުން.. އިނދޭ ތިތާ.. އަހަރެން މި ދަނީ.. ގޭގަ މީހުންވެސް އެބައުޅެއެއްނުން ދޯ..” ރީމް މަޑުމަޑުން ބުނެލިއެވެ.
“..މާފެއްވެސް ނެތްތަ؟..” ރީމް ހިނގައިގަތުމުން އަހަރެން ބުނީމެވެ.
“..ޚާން މާފަށް އެދޭވަރު ކަމެއް ނުކުރެވޭ.. އަހަރެން އެކަމަކާ ހިތްބުރައެއް ނުކުރަން.. ” އިތުރު އެއްޗެއް ނުބުނެ ރީމް ނުކުމެގެން ދިޔައީއެވެ.
“..މިހާރު އެބަ ރަނގަޅުވޭ..” ޝާންޓޭ ބުންޏެވެ. “.. މަށަށް ހީވަނީ ޚާން ފުރަތަމަ ފަހަރަށް އަންހެނަކާ ކައިރިވި ފަހަރުވީމަ ވީގޮތެއްހެން އެއީ.. ދުވަސްކޮޅަކުން ހަމަޔަކަށް އެޅިދާނެ..” އަހަރެންގެ އުންމީދަކީވެސް އެއީއެވެ. ހުރިހާކަމެއް ހަމަޔަކަށްއެޅި ރަނގަޅުވުމެވެ. އަހަރެން އެހުރިހާކަމެއް ރަނގަޅުކުރަން މަސައްކަތްކުރާނަމެވެ. އަހަރެންގެ އެ ހިތި މާޒީގެ ހިޔަނި މުސްތަޤުބަލަށް އެޅުނަކަ ނުދޭނަމެވެ. ނަމަވެސް އަހަރެންނަށް ނޭގުންކަމަކީ އަހަރެން އޮތީ ފުން އަނދިރި ވަޅުގަނޑަކަށް ވެއްޓިފައި ކަމެވެ. އެ މާޒީގެ ސަބަބުން އަހަރެންގެ މުސްތަޤްބަލް ހަލާކުވެފައިވާކަމެވެ.
ދެންއައީ އަހަރެން ހަޔާތުގައި އައި އެންމެ އުފާވެރި ދުވަސްތަކެވެ. ކުރީގައި އަހަރެން މީހުންނަށް ފެންނާނީ މަރުވެފައިވާ މީހެއްފަދައިންނެވެ. އަހަރެންގެ މޫނުމަތިން ފެންނާނީ މާޔޫސްކަމާ އެކަނިވެރިކަމެވެ. އުފާވެރިކަމެއް ނުފެންނާނެއެވެ. ބޭރަށް ނުކުމެ އުޅެން ފޫހިވާތީ އަހަރެން ގިނަވަގުތު އޮންނަނީ ގޭގައެވެ. ދުނިޔޭގައި އުޅުމުގެ އެއްވެސް ބޭނުމެއް ނޯންނަކަހަލައެވެ. ނަމަވެސް އެހުރިހާކަމެއް ރީމްގެ ސަބަބުން ބަދަލްވެގެން ދިޔައީ ދާދި އަވަހަށެވެ. އަހަރެން ހަޔާތުގެ ނިވިފައިވާ ހުޅުކޮޅު ރީމް ރޯކޮށްލަ ދިނީއެވެ.
އަހަރެންގެ މޫނުމަތިން އުޖާލާކަމާއި އުފާވެރިކަން އެންމެނަށްވެސް ފެންނަން ފެށިއެވެ. ރަނގަޅަށް ކެވި ހަށިގަނޑުގައި ވަރުޖެހި ހީވާގިވާންފެށިއެވެ. ގޭތެރޭގެ ހަތަރު ފާރު އެތެރޭ އޮންނަން ފޫހިވެގެން ބޭރަށް ނުކުންނަން ފެށީމެވެ. އަހަރެން ގިނައިން އުޅެނީ ޝާންޓޭ މެން ގޭގައި އޭނައާ އެކުއެވެ. އެވެސް ރީމް ފެންނަ ހިސާބެއްގައި އުޅެން ހިތް އެދޭ ވަރުންނެވެ. ކުލާހުގައި ކުރިއަށްވުރެ ހަލަބޮލި ވެވޭކަން ކުލާސްކުދިންވެސް ފާހަގަކުރިއެވެ.
ހުކުރު ދުވަހެއްގެ މެނދުރުވަގުތެވެ. އަހަރެން އިނީ ކާންވެގެން މޭޒުކައިރީގައެވެ. މަންމަ ބަދިގެ ތެރޭ ކަންތައްކޮށްލާ އުޅުނެވެ. އަހަރެން ކަމުންދިޔައިރު ސިކުނޑީގައި ވަނީ ރީމްގެ ފޮނިފޮނި ހިޔާލްތަކެވެ. ލޮލުކުރިމައްޗަށް ސިފަވަމުން ދިޔައީ ރީމްގެ ހިތްގައިމު ސޫރައެވެ.
“..ދަރިފުޅު އެކަނި އިނދެ ހިނިތުންވާކަން މަންމައަށް ވަރަށް ފާހަގަކުރެވޭ.. ވަރަށް ހަމަޖެހިގެން އުފަލުން އުޅޭހެން ހީވަނީ..” އަހަރެން ހިނިތުންވެފައި އިންދާ ފެނިގެން މަންމަ ބުނެލިއެވެ.
“..މިގޮތް ކަމުނުދަނީތަ މަންމައަށް..” އަހަރެން މަންމަ އާ ދިމާލަށް ބުނީމެވެ.
“..ނޫން މަންމަ ވަރަށް އުފަލުން މިހުންނަނީ ދަރިފުޅު އުފަލުގަ އުޅޭތީ.. މަންމަގެ ހެޔޮދުޢާތައް ދަރިފުޅާއެކު އަބަދުވެސްވާނެ..” އަހަރެން ހިނިތުންވެލީމެވެ.
އަހަރެންނަށް އަންނަމުން ދިޔަ އެކަހަލަ ކިތަންމެ ބަދަލްތަކެއް މަންމައާއި، ޝާންޓޭވެސް ދިޔައީ ފާހަގަކުރަމުންނެވެ. އަސްލު ހަޤީޤަތުގައި ރީމް އަހަރެންގެ ހަޔާތައް އައުމުން އަހަރެންނަށް އިތުރު ހިތްވަރެއް ލިބުނީއެވެ. އުއްމީދުތަކެއް އާވީއެވެ. ދިރިހުރުމުގެ މުހިންމުކަން އިޙްސާސް ވީއެވެ. އަހަރެންނަށް އިޙްސާސްކުރެވެމުން ދިޔައީ އަހަރެން ދުނިޔޭގައި ދިރިއުޅުމުގެ ބޭނުމެއްވާކަމެވެ.
އަހަރެންނާއި ރީމްގެ ގުޅުން ދިޔައީ ދުވަހެއް ދުވަހަކަށް ބަދަހިވަމުންނެވެ. އަހަރެން ހިތުގައި ރީމްގެ މައްޗަށް އޮތްލޯބި ދިޔައީ އިތުރުވަމުންނެވެ. އެކަކު އަނެކަކަށް ވަފާތެރިވެ އުމުރަށް އެކީ އުޅުމަށް ވަޢުދުތަކާ އަހުދުތައް ވަމުން ދިޔައީމެވެ. ސިޓީގެ ޒަރީއާއިންނާއި ސިއްރު ބައްދަލުވުން ތަކުންނެވެ.
އަހަރެންނާއި ރީމް ބައްދަލުވުންތައް ބާއްވަމުން ދިޔައީ ޝާންޓޭ ކޮޓަރި ތެރޭގައެވެ. އެންމެނަށް ސިއްރުންނެވެ. އަހަރެންނާއި ރީމް ރައްޓެހިވެގެން އުޅޭކަން އިނގޭނީވެސް އަހަރެންގެ ފަރާތުން ޝާންޓޭއަށެވެ. ރީމްގެ ފަރާތުން ޒާނާއަށެވެ.
“..ޚާން ދެން އަހަރުމެން އަބަދުވެސް އެންމެނަށް ސިއްރުންތަ އުޅޭނީ.. އަބަދު މިހެން އުޅޭނީ ކިހިނެއް..” ރީމް އެއްދުވަހަކު ބުންޏެވެ. އަހަރެންނާއި ރީމް ތިބީ ޝާންޓޭ ކޮޓަރީ އެނދުމަތީ އިށީދެލައިގެންނެވެ. އެކަކުގެ އަތްވަނީ އަނެކަކުގެ އަތާ ގުޅި ލާމެހިފައެވެ. އެހެންދުވަސްތަކެކޭ އެއްފަދައިން ފާރަވެރިޔާ ބޭރުގައި ފާރަޔަށް ހުއްޓެވެ.
“..ރީމް.. އަހަރުމެން ކިޔަވާ ނިމެންދެން ސިއްރުކޮށްލަދީ.. އޭގެ ފަހުން އަހަރެން މުޅި ދުނިޔެއަށް މިކަން އިޢުލާން ކުރާނަން.. އޭގެ ކުރިން މިކަން މީހުނަށް އެނގި ފެމިލީ މީހުނަށް އެނގި ވަކިވާން ޖެހިއްޖެނަމަ މާދެރަޔެއްނުން..” އަހަރެން ހިނިތުންވެލަމުން ބުނީމެވެ. ރީމް ހިނިތުންވަމުން އަހަރެންގެ ކޮނޑުމަތީ ބޯއަޅާލީ އެކަމަށް އެއްބަސްވަމުންނެވެ.
އަހަރެން ވިސްނައިގެން ހުރީ ކިޔަވާ ނިމުމުން ބައްޕަމެންނާ ވަކިވުމަށެވެ. ރަނގަޅު ވަޒީފާއެއް ހޯދައިގެން ރީމް އާ ކާވެނިކޮށްގެން ރީމްގެ ރަށަށް ބަދަލްވުމަށެވެ. އޭރުން ބައްޕަގެ ކިބައިންވެސް އަހަރެން އުމުރަށް ސަލާމަތްވީއެވެ.
އަހަރުމެންގެ އެއްވެސް ބައްދަލުވުމެއްގައި އަހަރުމެން ދެމެދު ނަހަމަ އެއްވެސް ގުޅުމެއް ނުހިނގައެވެ. ހިންގާކަށް ނުވެސް އުޅެމެވެ. އެންމެ ބޮޑުވަރަކަށްވެސް އަހަރެން ރީމްގެ އަތުގަ ހިފާލަނީއެވެ. އެވަރުން އަހަރެން ހިތްހަމަޖެހެއެވެ. ރީމްވެސް އަހަރެންނާ ގައިގޯޅިވާކަށް މަސައްކަތެއް ނުކުރެއެވެ. ފުރަތަމަ ދުވަހު އަހަރެންނަށް ވީ ގޮތުން އެގޮތްވާން އޭނާ ބޭނުންނުވީ ކަންނޭގެއެވެ.
ދުވަސްތައް މާޒީއާ އެކުވަމުންގޮސް އަހަރުމެން ގްރޭޑް 10 ށް ބަދަލުވެއްޖެއެވެ. އެޔާއެކު ރީމް އުޅޭގެވެސް ބަދަލްވިއެވެ. ޝާންޓޭމެން ގެޔަށް އޭނާގެ ދޮންތަ އައުމުން އެހެން ގެޔަކަށް ރީމް ބަދަލްވާން ޖެހުނީއެވެ. ރީމް ހުންނަން ޖެހުނީ އޭނާގެ މާމަގެ ރައްޓެއްސެއްކަމުގައިވާ ނާއިލްމެން ގޭގައެވެ. އެގޭގައި އުޅެނީ ނާއިލް އާއި އޭނާގެ އަންހެނުންނާއި ކުޑަ ދަރިފުޅެވެ.
ނާއިލް ގެޔަށް ބަދަލްވިފަހުން އަހަރުމެންނަށް ޖެހުނީ ބައްދަލުކުރާނެ އިތުރުގޮތެއް ހޯދާށެވެ. އެގޮތުން ރޭގަނޑުގަޑީގައި ބީޗް ސަރަހައްދުގައި ބައްދަލުކުރަން ފެށީމެވެ. ބީޗް ސަރަހައްދަކީ މީހުން ރޭގަނޑު އާއްމުކޮށް ގޮސް އުޅޭ ހިސާބެއްނޫނެވެ. ހަނދުވަރު ދޭ ދުވަސްކޮޅެއްނޫންނަމަ މުޅި ހިސާބުގައި ރަސްކަންކުރާނީ ކަނު އަނދިރިކަމެވެ. ހޭޅިފަށުގައިވަނީ ބޮޑު ޖަންގައްޔެކެވެ. އަހަރެމެން ކުރިން ބައްދަލުވާހެން ގިނަ ގިނައިން ބައްދަލުނުވިޔަސް ހަފްތާޔަކު މަދުވެގެން އެއްފަހަރު އެތަނަށްގޮސް ބައްދަލުކޮށް އުޅުނީމެވެ. އަހަރެން ވެއްޓިފައިވާ ވަޅުގަނޑުގެ ފުންމިން ހާމަވާންފެށީ ބީޗް ސަރަހައްދުން ބައްދަލުކުރަން ފެށި ހިސާބުންނެވެ. އެޔާއެކު ރީމްއަށްވެސް ބަދަލްތަކެއް އަންނަމުންދާކަން އަހަރެންނަށް ފާހަގަވަމުން ދިޔައެވެ.(ނުނިމޭ)

7

6 Comments

 1. liu

  September 26, 2013 at 3:57 pm

  nice tankolheh avaha up kurabaaaa eerrun kiaahivaaniiiiiiiiiii example 4days in a weak

  • nishan

   September 26, 2013 at 5:21 pm

   kurin las vee mi site ah enter vumuga undhagu thakeh dhimaa vii ma.. adhives mi site ga font size fennanee mv boli font in.. ehenve ehaa gayaa vegen story up kuran noolhevenii.. ekahala kanthakaa hure story up nukurevi las vee.. dhen ekam ehaa laheh nukuraanan.. thanx

  • admin

   September 27, 2013 at 1:25 am

   try Google Chrome and the font should be loaded correctly

  • nishan

   September 27, 2013 at 5:01 am

   thanx admin 😀

 2. mirah

  September 26, 2013 at 4:01 pm

  is this my name is khan…just kidding……beautiful story,,,,,keevetha nishan sun kiuentheringe baigaa up nukuranyyyy,,..keep i

  • nishan

   September 26, 2013 at 5:23 pm

   sun ga vs publish kuran.. ekam 2 part publish kohfa 3 vana part fonuveema vs emeehun publish nukohdhey adhives.. thanx for the coment

Comments are closed.