މަލްހާގެ މެޔަށް ތަދެއް އަރައިގެން މާލިކް އޭނާގެ ކާރުގައި މަލްހާ ހޮސްޕިޓަލަށް ގެންދަނިކޮށް އެކްސިޑެންޓް ވި ޚަބަރު ވީ ‘ކޮޓޭޖް’ އަށް ލިބުނު ބިރުވެރި ޚަބަރަކަށެވެ. ގޭގައި މަސައްކަތްކުރަން އުޅުނު ނޯކަރުންވެސް ހިތާމައިގެ ފުން ކަނޑަކަށް ގެބުނެވެ. މާލިކްގެ ދެމަފިރިންގެ ހާލު ބޮޑުވެ މަލާ އާއި ލޫތުއަށް ބައްދަލު ކުރުމުގެ ހުއްދަ ލިބުމުން އައިސީޔޫ އަށް ވަންއިރު އެދެމަފިރިން ބާއްވައިފައިވަނީ ޖެހިޖެހިގެން ދެ އެނދުގައެވެ. ކެތްކޮށްލައިގެން ހުރި މަލާގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބަން ފެށީ މާލިކް […]
ްއިރުއޭގެ ވާޖިބު އަދާކުރިއެވެ. މުޅިން އާ ދުވަހެކެވެ. ކުދި ނޫކުލައިގެ ވިލާތައް އެތުރިފައިވަނީ ބަލައި ފޫހިނުވާނެ ގޮތަަކަށެވެ. ގުދުރަތުގެ ފުރިހަމަ ކަމާއެވެ. ކޮވެލިތައް ގޮވާއަޑުން އިތުރު ފުރިހަމަ ކަމެއް ގެނުވައި ދިނެެވެ. ވައިރޯޅިއާއިއެކު ރުއް ގަސްތައް ހެލިލާގޮތެވެ. ހިތައް ބުނެދޭން ދަތި އުފާވެރިކަމެއް ވެރިވެގެން ދެއެވެ. އަހަރެންނާއި ފިރިމީހާ ސެހެރު ތިބީ އަތިރިމަތީގަ އެވެ. ތަންކޮޅެއް ދުރުގައި ވެއްޔާއި ކުޅެން އަހަރެމެންގެ ދެއަހަރަށްދާ މަލާކް އިނެވެ. ބަންދު ދުވަސްތަކުގައި ވެއްޔާކުޅެން މަލާކް ގޮވައިގެން އަތިރިމައްޗައް ދިޔުމަކީ އަހަރެންނާއި […]
ރަތްދަކާ އަވީގައި ދަލުން ތަތްތެޅިގެން ގޭގެ މައި ގޭޓް ކައިރީ މަޑުކޮށްގެން ނައިއަލް ހުރީ ކާރުގެ އިންތިޒާރުގައެވެ. ފަނަރަ ވަރަކަށް މިނެޓު ވީއިރުވެސް ކާރު ނައުމުން އިންޓަވިއުއަށް ލަސްވާނެއޭ ހިތާ ދުއްވައިގަތީ، ބެލްޓެއްގެ އެހީއެއް ނެތް ފަޓުލޫނު، ފައިބާވަރުން އަރުވާޖަހަމުންނެވެ. ބެލްޓު އަޅަން ހަނދާން ނެތުނީ ކަމެއް ނުވަތަ ކަންފަސޭހަކޮށްލާފައި ނޭޅީކަމެއް ނޭންގެއެވެ. ގެއާއި މާދުރު ނޫން ހިސާބެއްގައި ހަދާފައި ހުރި އެ ދިހަ ބުރީގެ އިމާރާތުގެ ކުރިމައްޗަށް ނައިއަލް އެރި އިރު މައި ދޮރާށި ކުރިމަތި […]
“މިހާރު މިތިބީ ހުރިހާ އެންމެންވެސް އެއްތާކުން ދިމާވެފައެއްނު”ހަމަޖެހިލެވުމާއިއެކު މަންހާ ބުނެލިއެވެ. “ދެން މަ ނަށަން ވީ؟”ނައިނާ ރައްދުދިނެވެ.”އަސްލު އެންމެން މިހެން ނުވާނެ ދޯ ބައްދަލެއް އަބަދަކު.އެހެންވީމަ ތައާރަފް އެއްވެސް އިންނަން ޖެހޭނެއެއްނު.ސާރާމެންނަށް މިތިބީ ކޮންބައެއްކަން އެނގުނަސް މިތިންމީހުނަށް އެކަކު އަނެކަކެއް ނޭގޭނެއެއްނު.ސޯ ޝިޔާ ފައްޓާ”.ސާރާ މަންހާއަށް ސަޕޯޓްކުރަމުން ބުނެލިއެވެ. “އޯކޭ.މިއީ ޝަފްރާޒް.އަހަރެމެން ދެމީހުން އެކީގައި އުޅޭތާ މިހާރު ހަތަރު އަހަރުވީ.”ޝިޔާރާ ބުނެލިއެވެ. “މިއީ ޝާއިފް.ނަން ނޭނގުނަސް ކުރިންވެސް ފެނިފައި ކަންނޭގެ ހުންނާނީ.އަހަރެމެން ދެމީހުން އެއްކޮށް އުޅޭތާ […]
ހިތްހަމަ ޖައްސާލަން އައި ދަތުރުވެސް އެއްކޮށް މަޑުޖެހުނެވެ. އަކްރަމްގެ އަތުގައި ބޭސް އަޅައިގެން ވެކޭޝަންގެއަށް ތިންމީހުން ދިޔައެވެ. އަކްރަމްގެ އަތް ޒަހަމްވެފައި ވުމުން ކާރު ދުއްވަން ކުޑަކޮށް އުދަގޫވިއެވެ. ނުހާ އާއި ޒާންގެ އެދުމުގެ މަތިން އަކްރަމް މަޑުކޮށްލީ ރޭވުމުން އެމީހުންނާ އެއްކޮށް މާލެ ދިޔުމަށެވެ. *** އަދިވެސް ނުހުއްޓޭ މިކަމެއް – ޝާންގެ ވައިބާއަށް ފޮޓޯތަކެއް ފޮނުވާފައި އަރީކާ މެސެޖްކޮށްލިއެވެ. އޭރު ޝާން އިނީ މީޓިންގްއެއްގައި ކަމުން މެސެޖު ބަލައެއް ނުލެވުނެވެ. އޮފީސް ނިންމާލުމަށްފަހު ގެއަށް […]
ނަމަވެސް އެތަނަށް އެޅުނު ފުރަތަމަ ފިޔަވަޅާއެކު އިވެމުން ދިޔަ އަޑަކުން ތިންމީހުންގެ ފައިގައި ވެސް ތަޅުއެޅުވުނު ފަދައެވެ. *** ހުރިހާ ފަރާތަކުން ބޯ ފިތެން ފެށުމުން ޔުނާން ކޮޓަރިން ނުކުމެ ހިނގައިގަތީ ރަސްފަންނަށް ބޯ ހަމަޖައްސާލަން ދިޔުމަށެވެ. ފޯނަށް ހުރިހާ ސަމާލުކަމެއް ދީގެން އިން ޔުނާންގެ ކަންފަތުގައި ޖެހުނު އަޑަކުން އޭނާގެ ހުރިހާ ހިއްސުތަކެއް ކޮޅަށް ޖެހުނު ފަދައެވެ. އެވަގުތަށް އޭނާގެ ކަންފަތް ބީރުވި ނަމައޭ އޭނާ އެތައް ފަހަރަކު ހިތައް އަރަމުން ދިޔައެވެ. ބިން ފަޅައިފައި […]
ދެތިން ދުވަސްތެރޭ އަހުމަދާއި ރަޔާޝްގެ އެހީގައި ކައިވެންޏަށް ނިންމަންޖެހޭ ހުރިހާ ކަމެއް ނިމިގެން ދިޔައެވެ.އެ ދެތިން ދުވަހު ރައިހާ އޭނާގެ މައިންބަފައިންގެ ގެޔަށް އައިނަމަވެސް އަމީނާ އޭނާ އަކާ ވާހަކައެއް ނުދައްކައެވެެ. ރައިހާގެ ހިތަށް ކިތަންމެ އަސަރު ކުރިނަމަވެސް ބައްޕަ އާއި ދޮންބެ ދެމުން ދިޔަ ހިތްވަރުން އަދި މަންމަގެ ރުހުން ލިބޭނެކަމަށް އުންމީދު ކުރަމުން ދިޔައެވެ. ކައިވެނިކުރަން އޮތްދުވަހުގެ ވިލޭރޭ ރައިހާ ގަސްތު ކުރީ ކައިވެނި ކުރުމުގެ ކުރިން ފަހު ފަހަރަށް މަންމަ އަށް ވިސްނަދޭން […]
އިރުގެ އެންމެ ފަހު ދޯދިތައް ފޮރުވާލުމުގައި ކާމިޔާބު ހޯދަމުން އުޑުމަތި ބަނަ ވިލާތަކުން ބައްދާލީ އަންނަންއުޅޭ ކޮޅިގަނޑުގެ ބޮޑުކަން މަގުމަތީގައި ހިނގާބިގާވެ އުޅޭ މީހުންނަށް އަންގާދެމުންކަހަލައެވެ. ގަސްތައްވެސް ދިޔައީ ވިލާތަކާއި ބައިވެރިވަމުން މާޙައުލަށް އިރުތު ހަލަބޮލިކަމެއް ގެނެސްދެމުންނެވެ. ގޮފިތައް ވައިގެތެރޭގައި ހޫރެމުންދިޔައީ ފަޒާގައި ބޫން އަޑު ލައްވަމުންނެވެ. މިއުޒިކެއްފަދައިން އެ ރާގު ފަޒާގެ ތެރޭގައި ފެތުރެމުން ދިޔައިރު ‘ޑާކްޖެމް’ ގެ ފެންނަނީ ވަރަށް ހަމަހިމޭންކޮށެވެ. ފަސް ބުރިއަށް ނަގާފައިވާ ‘ޑާކްޖެމް’ ގެއެކޭ ބޮޑު ގަނޑުވަރެކޭ ތަފާތެއްނެތެވެ. ގޭގެ […]
އިފާން ރުކެއްގައި ލެގިލައިގެން ހުރެ ވިސްނަމުން އެދަނީ ވީރާނާ ވަމުންދާ އޭނާގެ ޙަޔާތާ މެދުގައެވެ. އެ ވޭނީ އިޙުސާސްތައް މުޅި ހަށިގަނޑުގައި ވެސް ކުރާ ކަހަލައެވެ. އެހެން ނުވާންވީ ސަބަބެއްނެތެވެ. ތިމާގެ ލޯ ކުރިމަތީގައި ތިމާގެ ޙަޔާތް ބަރުބާދުވަމުން ދާއިރު އެކަމައި މެދު ތިމާއަށް އެއްކަމެއް ވެސް ކުރެވެން ނެތުމުން ދެރަވެ ހިތާމަ ނުކުރާނީ ފަހެ ކާކު ހެއްޔެވެ. އޭނާގެ ލޮލުން ވެއްޓެމުން ދިޔަ ކޮންމެ ކަރުނަ ތިއްކެއް ވެސް ބަޔާންކޮށް ދެނީ އޭނާއަށް ލިބިފައިވާ ހިތްދަތިކަމާއި […]