ޔޫނުސް ނަޞްރާގެ އަތުން ދޫކޮއްލީ ނަޞްރާގެ ގެއާއި ހަމައަށް ދެވުމުންނެވެ. ޕާޓީ ހަމަޖެހިފައިވާ ގޮތުން ފިރިހެނުންނަށް ކާން ލިބެނީ ގޭގައި ޒީނަތްތެރި ކުރެވި ގޮނޑި ޖަހާފައިހުރި ފެންޑާ ތެރެއިންނެވެ. އަންހެނުން ތިބެން ހަމަޖެހިފައި އޮތީ ގޭގެ ތެރޭގައެވެ. ޔޫނުސް ފެންޑާގެ ވަކި ހިސާބަކުން ޝަރީފްމެންނާއި ވާހަކަ ދައްކަން މަޑުކޮއްލީ ވަގުތު ނަޞްރާ ހިތާއި ދެކޮޅަށް ގޭގެ ތެރެއަށް ދާން ހިނގައިގަތެވެ. ނަޞްރާ ބޭނުންވީ ޔޫނުސްއާ އެކީ ހުންނާށެވެ. އެއްވެސް ވާހަކައެއް ނުދެއްކިޔަސްމެއެވެ. ގޭގެ ދޮރު ކައިރިއަށް ގޮސް މަޑުކޮއްލަމުން ނަޞްރާއަށް އަދިވެސް އެއްފަހަރު ޔޫނުސްއަށް ބަލާލެވުނެވެ. އަފްރާޒްއާއި ވާހަކަ ދައްކަމުން ދިޔަ ޔޫނުސް ކޮންމެވެސް ކަމަކާ ހެމުން ގޮސް އެއްލިކަޅިއަކުން ދުރުގައި ހުރި ނަޞްރާ ފެނުނެވެ. ދުރުބަލަން އުޅެފަވެސް ޔޫނުސް އަނެއްކާވެސް ނަޞްރާއަށް ބަލާލިއެވެ. ނަޞްރާއަށް ވެސް ބަލަހައްޓައިގެން ހުރެވުނެވެ. އިރުކޮޅަކު ހުރެފައި ޔޫނުސް އޭނައަށް ހަދިޔާކޮށްލީ އޭނަގެ ހިތް ވިރިގެންދާފަދަ ލުއި ހިނިތުންވުމެކެވެ. އޭނަގެ ދެފައިން ވާގިދޫވާން އުޅުނުހެން ހީވުމުން ނަޞްރާ އަވަސްއަވަހަށް ދޮރު ހުޅުވައި ގެއަށްވަނެވެ.
ގަޑިން 8:30 ވީއިރު ފެންޑާއާއި ގޭގެ ތެރެވެސް ފުރި މާޙައުލު ހަލަބޮލިވެގެން ދިޔައެވެ. ފެންޑާގައި އަނބުގަސް ދަށުގައި ހުރި ޔޫނުސްއާ ގިނައިން ސަލާމްކުރަމުން ދިޔައީ ނަޞްރާގެ މީހުންނެވެ. އޭނަގެ އެކުވެރިއަކަށް އައީ ޒަޔާން އެކަންޏެވެ. ޔޫނުސްއާއެކީ މަސައްކަތް ކުރާ އޮފީސް ކުދިންކުރެ އެކަކުވެސް ނާދެއެވެ. އެމީހުން ނާންނާނެކަން ވެސް ޔޫނުސްއަށް އެނގެއެވެ. އެހެނީ މިރޭ އޮފީހުގައި ނޫހުގެ 6 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ޕާޓީއެއް އެބަ ބޭއްވެއެވެ. ޙަޤީޤަތުގައި ޔޫނުސްވެސް އެ ޕާޓީއަށް ދާންޖެހެއެވެ. އޭނަ ނަޞްރާމެން ގާތު މި ދުވަހުގައި އޮންނާނެ އެ ޕާޓީގެ ވާހަކަ ކުރިން ނުބުނީ އޭނަ އެކަހަލަ ތަންތަނަށް ދާހިތްނުވާތީވެއެވެ. އޮފީހުގައި އުޅޭ ގިނަ މީހުންނަކީ އޭނައަށް މާ ކަމުދާ މިޒާޖެއްގެ ބައެއްނޫނެވެ. އެމީހުން ބާއްވާ އެފަދަ އެއްވުންތަކަކީވެސް މާ ރަނގަޅު އެއްވުންތަކެއްނޫނެވެ.
ސިޓިންގް ރޫމުގެ ސޯފާގައި އިން ނަޞްރާ އިނީ ފޫހިވެފައެވެ. އޭނަ ހުރީ ޔޫނުސް ދެކެން ބޭނުންވެފައެވެ. ނަޞްރާއަށް އިރުއިރުކޮޅާ ގޭގެ ލައްޕާފައިވާ ދޮރާއި ފަރުދާ ދަމާލެވިފައިވާ ކުޑަދޮރާއި ދިމާލަށް އެބަ ބެލެވެއެވެ. ޔޫނުސް ހަމަ އެތާ ބޭރުގައި ހުންނާނެއޭ ހިތް ތަކުރާރުކޮށް ބުނަމުން ދިޔައެވެ. ޔޫނުސްގެ ގާތަށްދާން ބޭނުންވި ވަރުން އޭނަގެ ދެފައިގައި ރިހުމެއްވެސް އުފެދިފައިވިއެވެ. ނަޞްރާ މާޔޫސްވެފައި ކަހަލަ ގޮތަކަށް އިންދާ ސަދަފް އައިސް އޭނައިން ދިގު ސޯފާއަށް ވެއްޓިގަތެވެ. ނަޞްރާ ސިއްސައިގެން ގޮސް ސަދަފްއަށް ބަލާލިއެވެ. ސަދަފް އިނީ ހެވިފައި ނަޞްރާއަށް ބަލަހައްޓައިގެންނެވެ.
“ކޮބާ ވަރަށް ހިތް އެބަތެޅޭ؟” ސަދަފް ލާނެތް ގޮތަކަށް އަހާލިއެވެ.
“ހުނ…..އެއްވެސް ހިތެއް ނުތެޅޭ!” ނަޞްރާ ދެބުމަ ކައިރިކޮށްލަމުން ރުޅި ގޮތަކަށް ބުނެލިއެވެ. ސަދަފް ހީލިއެވެ.
“ނަޞްރާވެސް ދެން ދައްކާ ވާހަކަ. ހިތް ނުތެޅި ކިހިނެއް މީހަކު ދުނިޔޭގަ ހުންނާނީ……އޭނަ ވަރަށް ދެކޭހިތް އެބަވޭދޯ؟” ސަދަފް އުފާވެރި މޫނަކާއެކީ އަހާލިއެވެ. ނަޞްރާގެ މޫނު ރަތްވެ އޭނައަށް ހިނިތުންވެވެން އުޅުނުތަނާ އޭނަ ވާހަކަ ދެއްކިއެވެ.
“އަފޫ ކޮބައިތަ؟” ނަޞްރާ އޭނަގެ ހިނިތުންވުން ފޮރުވަން މަސައްކަތް ކުރަމުން މަޢުޟޫއު ބަދަލުކޮށްލިއެވެ. ސަދަފްއަށް އަނެއްކާވެސް ހީލެވުނެވެ.
“އާޒް ނޫނީ އަފޫގެ ވާހަކައެއް އަންނާނީ މި ކުއްޖާއާ ލޯބީގެ ވާހަކައެއް ދެއްކިއްޔާ. ހެހެ….އާޒް ނިންދަވާލައިފިން. އަފޫ…..މިތާ ދެންމެއަކު އުޅުނެއްނު؟” ސަދަފް ވަށައި ހޯދާލިއެވެ.
“އާނ ހުރި އަހަރެން ގެއަށް އައިއިރު. އަހަންނާ ވާހަކަ ދައްކަން ވެސް އިން. އޭނަ ބުނީ ދެން ދޮންތަ ވެސް މިގެއިން ދާނީދޯއޭ. އެކަމަކު އެ ވާހަކަ ދެއްކިއިރުވެސް ވަރަށް ފޯރީގަ އުފާވެފަހުރީ.” ނަޞްރާ ހިސާބަކަށް ޙައިރާންވެހުރެ ވާހަކަ ދެއްކިއެވެ.
“އޭނަ ވެސް ދެން ވަކި ހިތާމައެއް ނުކުރާނެއެއްނު ނަޞްރާއަށް އުފަލެއް ލިބޭ ދުވަހު؟ އަހަންނަށް ހީވަނީ އޭނަވީ ކޮޓަރީގަހެން.” ސަދަފް ކަނާތް ފަރާތުގައި ހުރި ނަޞްރާގެ ކޮޓަރިއާއި ޖެހިގެން ހުރި އަފްރީންގެ ކޮޓަރީގެ ދޮރާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. ނަޞްރާ ހޫންލައްވާލިއެވެ.
އަފްރީން އިނީ އޭނަގެ ކޮޓަރީގައި ހުރި އެނދުމަތީގައި ދެފައި ދަމާލައިގެން ލެޕްޓޮޕް އުނގުމަތީގައި ބަހައްޓައިގެންނެވެ. އެ ބޮޑު އެނދުގެ ހެޑްބޯޑަށް ލެނގި، ލެޕްޓޮޕަށް ނަޒަރު ހުއްޓައިގެން ހުރިއިރު އެ މޫނުމަތީގައި ހިނިތުންވުމެއްވިއެވެ. ރޫޅާލެވިފައިވާ އިސްތަށިގަނޑު އެއްފަރާތަކަށް ޖައްސާލެވިފައިވީއިރު އޭނަގެ ލޯ ހަނިވެފައިވި ގޮތުން އޭނަ މަސްތެއްގައި ޖެހިފައިވި ފަދައެވެ. އޭނަގެ ލޯ އަމާޒުވެފައި ހުރި ލެޕްޓޮޕުން ފެންނަމުން ދިޔައީ އޭނަގެ ފޭސްބުކް ޕްރޮފައިލެވެ. ކަނެއްގައި ހުޅުވިފައި ހުރި ޗެޓް ލޮގެއްގައި އޮތީ “ސިނާން ވަޙީދު” މި ނަމެވެ. އެ ޗެޓް ލޮގްގައި އެންމެ ފަހަކަށް އައިސްފައި އޮތް މެސެޖަކީ “އައި ލަވް ޔޫ” އެވެ. އަފްރީން އެ މެސެޖަށް އެއްވެސް ޖަވާބެއް ނުދީ އެއަށް ބަލަހައްޓައިގެން އިނީއެވެ.
ސިނާންއަކީ މި ދިޔަ އަހަރުތެރޭގައި އަލަށް އަފްރީންމެން ސްކޫލާއި ގުޅުނު ފިރިހެން ކުއްޖެކެވެ. ސިނާން އައީއްސުރެ އޭނައަކީ ކިހާ މޮޅު ކުއްޖެއްކަން އެންމެނަށް ވެސް ފާހަގަވާން ފެށިއެވެ. ކުލާސް ޓެސްޓްތަކުންނާއި ބައެއް މަންތްލީ ޓެސްޓްތަކުން ފުލް މާކްސް ހޯދުމަކީ އޭނައަށް އެއްވެސް ކަމެއްނޫނެވެ. އަފްރީން ދަންނަ ގިނަ ފިރިހެން ކުދިންނާއި ޚިލާފަށް ސިނާން ކުލާސް ކުރިމަތީގައާއި އެސަމްބްލީގައި އެއްވެސް ޖެހިލުމެއްނެތި އެކި އެއްޗެހި ހުށަހަޅައެވެ. ސްކޫލުން ބާއްވާ އެކިއެކި އިތުރު ޙަރަކާތްތަކުގެ ތެރެއިން އޭނަ ބައިވެރިނުވާ ޙަރަކާތެއްނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ސިނާންގެ މި ކަންތައް ފާހަގަވެފައި އަފްރީން ކުރީކޮޅު އައީ ރުޅިއެވެ. އެހެނީ ސިނާން އައުމުގެ ކުރިން އެ ކަހަލަ ދަރިވަރަކަށް މުޅި ސްކޫލްގައި ވެސް ހުރީ އޭނަ އެކަންޏެވެ. އެހެންކަމުން އޭރު އޭނައަށް ބެސްޓް އޯލް ރައުންޑް ލިބޭނެ ކަމުގެ ޔަޤީންކަން ލިބިފައި އޮތެވެ. ނަމަވެސް ސިނާން އައުމަށްފަހު އެކަން ބަދަލުވިއެވެ. ބައެއް ޓެސްޓްތަކުން ސިނާންއަށް އޭނައަށްވުރެ މަތިން ލިބުމުން އަފްރީންއަށް ހުރެވެނީ ދަތްވިކަވިކައެވެ. މި ދިޔަ އަހަރު ބޭއްވި ސްޕޯޓްސް ފެސްޓިވަލުން އޭނަގެ ހައުސް މޮޅުނުވެ ސިނާންގެ ހައުސް މޮޅުވުމުން އަފްރީން ރުޅިން ގޮސް ފަޅައިގެން ނުދިޔައީ ކިރިޔާއެވެ. އޭނަގެ މި ހުރިހާ އިޙްޞާޞެއް އޭނަ ޙިއްޞާކުރަމުން ދިޔައީ އޭރު އޭނަގެ ލޯބިވެރިޔާ ކަމަށްވާ ނިމާލްއާއެވެ. އެއީ މި ދިޔަ އަހަރުގެ ފަހުކޮޅާ ހަމައަށެވެ. ދެވަނަ ސެމިސްޓާރގެ ފަހު އިމްތިޙާން އޮތް ދުވަހު ނިމާލް އަފްރީންއާއި ވަކިވީ ތިމަންނަ އެހެން ކުއްޖަކާ ރައްޓެހިވެއްޖައީމޭ ބުނަމުންނެވެ. މިއީ އަފްރީންއަށް އެއްގޮތަކަށްވެސް އާ ކަމެއްނޫނެވެ. ނިމާލްއަކީ އޭނަ ރައްޓެހިވީ ހަތަރުވަނަ ކުއްޖާއެވެ. މީގެ ކުރިން އަފްރީން އެދިގެން އެފަދަ ގުޅުމެއް ކެނޑިގެން ދިޔައީ އެންމެ ފަހަރަކުއެވެ. އެހެން ފަހަރުތަކުގައި ބާކީވީ މީހަކަށްވީ އަފްރީންއެވެ. ނިމާލްއާއި ވެސް ވަކިވުމުން އާދައިގެ މަތިން އެކަމުގެ ހިތާމައިގައި ދުވަސްކޮޅަކަށް އަފްރީން އުޅުނެވެ. އެ ދުވަސްކޮޅު އަފްރީންއަށް އެކުވެރިކަމުގެ އަތެއް ދިއްކޮއްލީ ސިނާންއެވެ. ފޭސްބުކްއިން ސިނާން ފްރެންޑް ރިކުއެސްޓެއް ފޮނުވުމުން އަފްރީން ހުރީ އެ ޤަބޫލުނުކުރަން ވެގެންނެވެ. ހުއްޓާ ސިނާން އޭނައަށް މެސެޖް ފޮނުވަން ފެށިއެވެ. ކުލާހުގައި އޭނައާ އެކުވެރި ނުވާ ކުއްޖަކަށް ހުރީ އަފްރީން އެކަނި ކަމުގައި ބުނަމުންނެވެ. އަފްރީން ރުޅީގައި ހުރެ އޭނަ އެކުވެރިވާކަށް ބޭނުމެއްނުވާ ވާހަކަ ބުންޏެވެ. ސިނާން އެއީ ކީއްވެތޯ ސުވާލުކުރުމުން އަފްރީން އޭގެ ޖަވާބުވެސް ދިނެވެ. އޭނަ ރުޅި އަންނަ ކަންތައްތަކުގެ ވާހަކަ ކިޔައިދިނެވެ. އަދި ވާހަކަ ނިންމާލީ ސިނާންއަކަށް ތިމަންނަ ދެރަ ނުކުރެވޭނެއޭ ބުނަމުންނެވެ. އެ ހުރިހާ ވާހަކައަކަށް ސިނާން ހެވުނުކަން އޭނަ އިމޯޓިކޯންތަކުން އަންގާލިއެވެ. އަފްރީން އިނީ ޙައިރާންވެފައެވެ. ސިނާން އޭނަގެ ހުރިހާ ވާހަކައެއް ސަމާސާއަކަށް ހަދައި ތިމަންނަ މި އުޅެނީ ވާދަކުރާކަށް ނޫންކަމުގައި ސިނާން ބުންޏެވެ. އަދި އަފްރީން ބޭނުމިއްޔާ އަފްރީންއަށް ބެސްޓް އޯލް ރައުންޑް ދޫކޮއްލާނެ ކަމުގައިވެސް ބުންޏެވެ. އޭނަ ބޭނުންވަނީ ހަމައެކަނި އެކުވެރިވާން ކަމަށާއި، ކިޔެވުމުގައި އެކަކު އަނެކަކަށް އެހީވުމުން ދެމީހުން ވެސް އިތުރަށް މޮޅުވާނެ ކަމުގައި ސިނާން ބުނެދިނެވެ. އަފްރީން އެކަމާ އެއްބަސްވެ ސިނާންގެ ފްރެންޑް ރިކުއެސްޓް ޤަބޫލުކުރިއެވެ. އެ ދުވަހަށްފަހު އަފްރީންއާއި ސިނާންއާ ދެމެދު ވާހަކައެއް ނުދެކެވެއެވެ. އެ ދެމީހުން ދެން ބައްދަލުވީ ޑިސެމްބަރު މަހުގެ ޗުއްޓީއަށްފަހު ޖެނުއަރީގައި އަނެއްކާވެސް ސްކޫލް ފެށުމުންނެވެ. ގްރޭޑް 10 އެއްގައި ވެސް އަފްރީންއާއި ސިނާން ޖެހުނީ އެއްކުލާހެއްގައެވެ. އެއްދުވަހު އިންޓަވަލް ގަޑީގައި އަފްރީން ފިޒިކްސްގެ ސުވާލެއް ހަދަން ނޭނގިގެން އުޅެނިކޮށް ސިނާން އައިސް އޭނައަށް އެހީވެދިނެވެ. އެ ވެގެން ދިޔައީ އާ ފެށުމަކަށެވެ. އެ ދުވަހަށްފަހު ސިނާން އަބަދުވެސް އަފްރީންއަށް އެހީވެދެއެވެ. އަފްރީން ވެސް ސިނާންއަށް އެއްޗެއް ނޭނގިގެން އުޅޭކަން އެނގިއްޖެއްޔާ އެހީވެދެއެވެ. މާ ގިނަ ދުވަހެއްނުވެ އެ ދެމީހުން ވަރަށް ގާތް ދެ އެކުވެރިންނަށްވިއެވެ. އަފްރީން ސިނާންއާމެދު ދެކެމުން އައީ އެކުވެރިއެއްގެ ގޮތުގައި ކަމަށްވިޔަސް އެކުވެރިވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސިނާން ކިހާ ރީތިކަން އަފްރީންއަށް ފާހަގަވާން ފެށިއެވެ. ސިނާން ހިނިތުންވުމުގައާއި އޭނަގެ ހިނގުމުގައި އެ ހުންނަ ފިރިހެންވަންތަކަން އަފްރީންގެ ހިތް ދަމަންފެށިއެވެ. އަފްރީންގެ އެ ހިތް ސިނާންއާއި އެހެން ފިރިހެން ކުދިންނާއި އަޅާ ކިޔައި ސިނާންގެ މޮޅުކަމަށް ސިއްރުސިއްރުން ތަޢުރީފުތަކެއް ކުރަމުން ދިޔައެވެ. ސިނާންއަށް ވެސް އޭނައަށްޓަކައި މިފަދަ އިޙުޞާޞްތަކެއް ކުރެވެން ފެށިކަން އަފްރީންއަށް އެނގުނީ ސިނާން އޭނައަށް ބަލާލާ ނަޒަރު ތަފާތުވުމުންނެވެ. އޭނައާ ވާހަކަ ދައްކާ ގޮތްގަނޑު ބަދަލުވާން ފެށުމުންނެވެ.
މިއަދަކީ އަފްރީން ސިނާންއާއި އެކުވެރިވިތާ ފަސްވަނަ މަސް ފުރިހަމަވާ ދުވަހެވެ. ހަމަ މިއަދު ސިނާން މިވަނީ އަފްރީންއަށް ލޯބި ހުށަހަޅާފައެވެ. އަފްރީން ހުރީ މި ދުވަހަށް އިންތިޒާރު ކޮށްގެންނެވެ. އޭނަ ހުރީ ސިނާން އާއި ރައްޓެހިވާން ބޭނުންވެގެންނެވެ. ސިނާންގެ ޙަރަކާތްތަކުން މި ދުވަސް އަންނާނެކަން އަފްރީންއަށް މާ ކުރިންވެސް އެނގެއެވެ. ދޭންވީ ޖަވާބާއިމެދު އަފްރީންގެ ހިތުގައި އެއްވެސް ޝައްކެތް ނެތުމުން އަފްރީން “އައި ލަވް ޔޫ ޓޫ” އޭ ޖަހައި ފޮނުވާލިއެވެ. ސިނާން އޭނަ އުފާވާކަން ސްޓިކާރއަކުން އަންގާލިއެވެ. އަފްރީންއަށް ހީލެވުނެވެ. އޭނަ ޗެޓް ލޮގް ކްލޯސްކޮށްލަމުން އަމިއްލަ ޕްރޮފައިލަށް ދިޔައެވެ. އަދި ޢާއިލާ މީހުންނަށް ނުފެންނާނެހެން އޭނަގެ ރިލޭޝަންޝިޕް ސްޓޭޓަސް އަޕްޑޭޓްކޮށްލައިފިއެވެ. “އިން އަ ރިލޭޝަންޝިޕް ވިތް ސިނާން” އޭ ކިޔާފައި އޮތް ޕޯސްޓަށް ވަގުތުން ލައިކްސްތަކާއި ކޮމެންޓްތައް ލިބެން ފެށިއެވެ. ކޮމެންޓްތަކުގައި މިއީ ހަމަ އެންމެ ފުރިހަމަ ރިލޭޝަންޝިޕް ކަމުގައި މީހުން ބުނަމުން ދިޔަ ގޮތުން އަފްރީންއަށް ފަޚުރުވެރިވެވުނެވެ. ހަމަ އަސްލުވެސް އެންމެ މޮޅު ފިރިހެން ކުއްޖާއާއި އަންހެން ކުއްޖާވެގެން ހެދިފައި މިވަނީ ކިހާ ރީތި ލޯބީގެ ވާހަކައެއްހެއްޔޭ އޭނަގެ ހިތް ބުންޏެވެ.
ގަޑިން 11:00 ޖެހިއިރު ނަޞްރާމެން ގެއިން ހުރިހާ މެހުމާނުން ހުސްވިއެވެ. ޔޫނުސް ޝަރީފާއި އަފްރާޒާއި އެކީ ގެއަށް ވަދެގެން އައިއިރު ނަޞްރާ ހުރީ އޭނަގެ ކޮޓަރީގެ ދޮރުމަތީގައި ކޮޓަރިއަށް ބަލަހައްޓައިގެންނެވެ.
“އަފޫ ތިތާ ތިހުރި ހުރިހާ ގަލަމެއް ދޮންތަގެ ހޭންޑްބޭގަށް އަޅާ.” ނަޞްރާ ގޮވާލިއެވެ. ޔޫނުސްމެންނަށް އެ ދިމާލަށް ބަލާލެވުނެވެ. މާ ގިނައިރެއްނުވެ އާދައިގެ ބުރުގާއެއް އަޅައިގެން ހުރި އަފްރީން ކޮޓަރީގެ ދޮރުމައްޗަށް އައިސް ހިނިތުންވުމަކާއެކީ ނަޞްރާގެ އަތް ދަބަސް އޭނައަށް ދިއްކޮއްލިއެވެ.
“ނަޞްރާ ކީއްކުރާހާ ގަލަމެއްތަ؟ ޔޫނުސްގެ ގޭގަ ގަލަން ނުހުންނާނީތަ؟” އަފްރާޒް ހީލުމަކާއެކީ ދުރުގައި ހުރެ އަހާލިއެވެ. މޫނު ނިވާނުކޮށްހުރި ނަޞްރާ ޖަވާބު ދިނުމަށްޓަކައި އެ ފަރާތަށް އެނބުރިލީ ވަގުތު ޔޫނުސް ފެނިފައި އޭނަ ބިރެއް ފެނިގެން ކަހަލަ ގޮތަކަށް ދުރުބަލަމުން މޫނު ނިވާކޮށްފިއެވެ. ޝަރީފާއި އަފްރާޒާއި އަފްރީން ވެސް ހޭންފެށި ވަގުތު ޔޫނުސް ޖިންސްގެ ޖީބަށް އަތްޖަހައި ހިނިތުންވެލަމުން އިސްޖަހާލިއެވެ.
“ބަލަ ދެން ނަޞްރާ…..ޔޫނުސްއަށް ވެސް މުޅި އުމުރަށް ނުހުރެވޭނެއޭ މައްސަލައެއްނެތޭ ކިޔަކިޔާ.” ޝަރީފް ދެން ވެސް ހެވިފައިހުރެ އެހެން ބުނުމުން އަފްރާޒަށް އިތުރަށް ހެވުނެވެ. ދުރުގައި ހުރި ނަޞްރާއަށް ވެސް ހީލެވުނެވެ. ނަމަވެސް އެކަން އެކަކަށްވެސް ނޭނގުނެވެ. ނަޞްރާ ކުރިމައްޗަށް ބަލާލި ވަގުތު މޫނު އަޅައިގެން ހުރި ސަދަފް އޭނަގެ ހެދުން ފޮށި ދަމަމުން އައިސް ކޮޓަރިން ނިކުމެފިއެވެ.
“އަފްރާޒް މާ ބޮޑަށް ހޭނެކަމެއްނެތް. މުޅި މިރޭ ބަނޑުގަ ރިއްސައިގެން އުޅެންޖެހޭނީ.” ސަދަފް އޭނަ ގެނައި ފޮށި ކޮޅަށް ބަހައްޓަމުން ސީރިއަސް ރާގަކަށް ބުނެލިއެވެ. އެވަގުތު އަފްރާޒް ފިޔަވައި އެތާތިބި އެންމެނަށް އަނެއްކާވެސް ހެވުނެވެ. އަފްރާޒް ޔޫނުސްގެ ކޮނޑުގައި އެއްއަތް އަޅާލިއެވެ.
“ޔޫނުސް….މިއީ އިނގޭ ދެން ވާނެގޮތް؟ ނުވެސް ހެވޭނެ ރަނގަޅަކަށް.” އަފްރާޒް ބުނެލިއެވެ. ޔޫނުސް ހިނިތުންވުމަކާއެކީ އަފްރާޒްއަށް ބަލަންހުރެ ނަޞްރާއަށް ބަލާލިއެވެ. އެވަގުތު ނަޞްރާވެސް ހުރީ އޭނައަށް ބަލަހައްޓައިގެންނެވެ. ނަޞްރާގެ މޫނުމަތީގައި އެވަގުތުވި ކުލަވަރު ފެންނާނެނަމައޭ ޔޫނުސްގެ ހިތަށްއެރިއެވެ. ނަމަވެސް އޭނަ އެއްވެސް އެއްޗެކޭ ނުބުންޏެވެ. ނަޞްރާ އިސްޖަހާލިއެވެ.
“އާނ ދެން އަވަހަށް ދާންއުޅޭ ޔޫނުސް. ނަޞްރާ ގޮވައިގެން.” ޝަރީފް ހުނުން މަޑުކޮށްލަމުން ބުނެލިއެވެ. އަނެއްކާވެސް ޔޫނުސްއާއި ނަޞްރާގެ ލޯބައްދަލުވިއެވެ. ޔޫނުސް އިރުކޮޅަކު ހުރެފައި ނަޞްރާއާއި ދިމާލަށް ދާންފެށިއެވެ. ނަޞްރާއަށް އަވަސްވެގެން ދިޔަ ހިތަކާއެކީ ދުރުބަލަން ފެށުއެވެ. އޭނަ ހީކުރީ ޔޫނުސް އެ އަންނަނީ އޭނަގެ އަތުގައި ހިފައިގެން ދާންކަމަށެވެ. ނަމަވެސް ޔޫނުސް އޭނަ ހުރި ހިސާބަށް އައިސް އެތާ ހުރި ފޮށި ނެގުމުން ނަޞްރާގެ ހިތް ހިތާމަކުރިއެވެ.
“ނަޞްރާއަށް ދޮންބެގެ ގިފްޓް ކަމުދާނެކަމަށް އުންމީދުކުރަން. ފޮށި ތެރޭގަ އޮންނާނެ. ދޯ ސަދަފް؟” އަފްރާޒް ބުނެލިއެވެ. ނަޞްރާ އަފްރާޒްއަށް ބަލަން ހުރެ ސަދަފްއަށް ބަލާލިއެވެ. އެވަގުތު ސަދަފް ދެލޯ މަރާލަމުން ބޯޖަހާލިއެވެ.
“ކޮން ގިފްޓެއް؟ އަފޫއަށް ނުވެސް އަންގާ!” އަފްރީން ޝަކުވާކުރިއެވެ.
“އެއީ ދޮންތައަށް ސަޕްރައިޒެއް. މިހާރަކު ނުބުނެވޭނެ.” އަފްރާޒް ބުނެލިއެވެ.
“މިރޭ ދަންވެދާނެ ކަންނޭނގެ މި މީހުން މިތާ ތިއްބާ. ޔޫނުސް….” ޝަރީފް ޔޫނުސްއަށް ބަލާލަމުން އޭނައަށް ގޮވާލިއެވެ. އަދި ނަޞްރާއާއެކީ ދިޔުމަށް ބޮލުން ޢިޝާރާތް ކުރިއެވެ. ޔޫނުސް ވެސް ނަޞްރާއަށް ބަލާލަމުން ބޮލުގެ ޢިޝާރާތުން ހިނގާށޭ ބުނެލިއެވެ. ނަޞްރާ ބޯޖަހާލިއެވެ. އަދި ޔޫނުސް ހިނގައިގަތުމުން އޭނަގެ ފަހަތުން ހިނގަން ފެށިއެވެ. ޝަރީފް ފަހަނަޅައި ނަޞްރާ ދާން އުޅުނު ވަގުތު އޭނަ ނަޞްރާއަށް ގޮވާލިއެވެ. ނަޞްރާއާއި ޔޫނުސްގެ ފިޔަވަޅުވެސް މަޑުޖެހި އެމީހުންގެ ނަޒަރު ޝަރީފަށް އަމާޒުވިއެވެ.
“އަންނައްޗޭ މިގެއަށް ދޭތެރެއަކުން.” ނަޞްރާގެ ބޮލުގައި ފިރުމަމުން އެހެން ބުނެލިއެވެ. އެވަގުތު އެ މޫނުމަތިން ފެނުނު ހިތާމައިގެ އަސަރަކުން ނަޞްރާގެ ލޯ ތެމުނެވެ. އޭނަ ދާން މިއުޅެނީ ކިތަންމެ ކައިރީގައި ހުރި ގެއަކަށް ކަމަށްވިޔަސް މި ދާން އުޅެނީ މާ ދުރު ތަނަކަށްހެން ހީވަމުން ދިޔައެވެ. ނަޞްރާއަކަށް އެއްވެސް އެއްޗެކޭ ނުބުނެވުނެވެ. އޭނަ ހަމައެކަނި ބޯޖަހާލިއެވެ.
“ކިތަންމެ ބޭނުން ނުވިޔަސް ދެން އަންނަންތާޖެހޭނީ.” އަފްރާޒް ލާނެތް ރާގަކަށް ބުނެލިއެވެ. ނަޞްރާ ފަސްއެނބުރި އޭނައަށް ބަލައި ދެލޯ ހަނިކޮށްލި ގޮތުން ނަޞްރާ ދޫނެރުނީކަން އަފްރާޒްއަށް އެނގުނެވެ. އެއީ ނަޞްރާ އެންމެ ކުޑައިރުވެސް ހަދާގޮތްކަން ހަނދާނަށް އައުމުން އަފްރާޒްއަށް ވެސް ނަޞްރާއަށް ބަލަހައްޓައިގެން ހުރެވުނެވެ. އޭނަ ބޭރަށް ދިޔަޔަސް އޭނަވެސް ނަޞްރާމަތިން ހަނދާންވާނެ މިންވަރު އިޙްޞާޞް ކުރެވުނެވެ.
“އަފޫއަށް މައްސަލައެއްނެތްދޯ ދޮންތަ ދިޔަޔަސް؟” ސަދަފް އޭނަ ކައިރީގައި ހުރި އަފްރީން ގާތު އެންމެނަށް އިވޭވަރަށް އަހާލިއެވެ.
“އާނ އަފޫއަކަށް އެއްވެސް މައްސަލައެއްނެތް. އަފޫއަށް ބޭނުންހާއިރެއް ވަންދެން ޓީވީ ބަލަން ހުރެވޭނެއެއްނު؟” އަފްރީން ސަމާސާ ރާގަކަށް ބުނެލިއެވެ. ނަޞްރާ ކަރުތެރެއިން ރުޅި އަންނަ ކަހަލަ އަޑެއް ލައްވަމުން އަފްރީންއާ ދިމާލަށް ފިޔަވަޅުތަކެއް އަޅާލިއެވެ. އަފްރީންއާއެކު ދެންތިބި އެންމެނަށް ވެސް ހެވުނެވެ.
“ބައްޕާ މި އަފޫ ރަނގަޅަށް ބަލާތި.” ނަޞްރާ ޝަރީފްގާތު އެހެން ބުނެލީ ޙަޤީޤަތުގައި ވެސް އަފްރީންއަށްޓަކައި ކަންބޮޑުވެ ހުރެއެވެ. އަފްރީން ހުރިހާ ނުބައި ކަމަކުން ދުރުކުރެއްވުމަށް އެދި ނަޞްރާއަށް ހިތާހިތުން ދުޢާކުރެވުނެވެ.
“ބަލަ…..ޔޫނުސް ހުންނަތާ ކިހާއިރެއް؟ ޔޫނުސް ދެން މި މީހުން ވާހަކަ ދެއްކިއަސް ދޭ. އަވަހަށް ދޭ.” ޝަރީފް ޔޫނުސްއަށް ބަލަހައްޓައިގެން ހުރެ ބުނެލިއެވެ. އެވަގުތު އަފްރާޒްމެން ހީލިއެވެ.
“ހިނގާ.” ޔޫނުސް ޖެހިލުންވުމަކާއެކީ އެހެން ބުނެލަމުން ނަޞްރާގެ އަތުގައި ހިފާލިއެވެ. ނަޞްރާ އެއްފަހަރު އޭނަގެ އަތަށް ބަލައި އަނެއްފަހަރު ޔޫނުސްއަށް ބަލާލިއެވެ. އޭނަ ބޭނުންވި ކަންތައްމިވީ އަދި ކިރިޔާއެވެ. ނަޞްރާއަށް ސިއްރުސިއްރުން ހިނިތުންވެލެވުނެވެ. ހަމަ އެއާއެކު ޔޫނުސް ހިނގަން ފެށުމުން ނަޞްރާވެސް ހިނގައިގަތެވެ.
ގެއަށް ދިޔަ މަގުމަތީގައި ޔޫނުސްއަށް އަނެއްކާވެސް ވިސްނެންފެށީ ނަޞްރާއާއި ވާހަކަ ދައްކަން ފަށާނެ ގޮތަކާއިމެދުގައެވެ. ފޮށި އުފުއްލައިގެން ހިނގަމުން ދިޔަ ޔޫނުސްގެ ފަހަތުން ދިޔައިރު ނަޞްރާއަށް ވިސްނެމުން ދިޔައީ އޭނަ މޫނު ފޮތިކޮޅު ނަގާނެ އިރަކާއިމެދުގައެވެ. ގެއަށްވަދެ ވަގުތުން ނަގާނީ ހެއްޔެވެ؟ ނޫނީ ޔޫނުސް ނަގަންދެން މަޑުކުރާނީ ހެއްޔެވެ؟ ނޫނީ ދުވަހަކުވެސް ނުނަގާނީ ހެއްޔެވެ؟ އެންމެ ފަހު ގޮތަކީ ނަޞްރާ ކިތަންމެ ބޭނުންވާ ގޮތް ކަމަށްވިޔަސް އޭނަ އެ ގޮތަށް ކައިބޮއި އުޅޭނީ ކިހިނެއްތޯ އޭނަގެ ހިތް ސުވާލުކުރިއެވެ.
ޔޫނުސް ގޭގެ ދޮރުގެ ތަޅު ހުޅުވަމުން ގެއަށް ވަތް ވަގުތު އޭނައަށް ނަޞްރާއާއި ވާހަކަ ފަށާނެ ގޮތުގެ މޮޅު ޚިޔާލެއް ލިބުނެވެ. މުޅި ގެ ނަޞްރާއަށް ދައްކާނީއެވެ. އެއީ އެހެންނޫނަސް ކުރަންޖެހޭނެ ކަމެއްނޫން ހެއްޔެވެ؟ ޔޫނުސް އެތާ ފާރު ކައިރީގައި ނަޞްރާގެ ފޮށި ބަހައްޓަމުން ގެއަށްވަދެ ދޮރު ލައްޕާލި ނަޞްރާއަށް ބަލާލީ ހެވިދިއްލިފައި ހުރެއެވެ. ނަޞްރާ ޔޫނުސްއަށް ބަލާލި ވަގުތު ޔޫނުސްގެ މޫނު ފެނިފައި ނަޞްރާ ހުއްޓުން އެރިއެވެ. ޔޫނުސްއަށް އެހާވަރަށް ހެވެނީ ކީއްވެބާއޭ އޭނަގެ ހިތަށްއެރިއެވެ.
“މިހިރީ ސިޓިންގް ރޫމް!” ޔޫނުސްއަށް ފޯރި އަރައިގެން ގޮސް ކަނާތް ފަރާތަށް ޢިޝާރާތްކޮށްލަމުން ބުނެލެވުނީ އެހެންނެވެ. ހަމަ އެއާއެކު އޭނައަށް ބުނެވުނު އެއްޗެއްގެ މޮޔަކަން އިޙްޞާޞް ކުރެވުނެވެ. މިއީ ސިޓިންގް ރޫމެއްކަން ނަޞްރާއަށް ނޭނގެނީ ހެއްޔެވެ؟ ޔޫނުސްގެ ހިނިތުންވުން ފަނޑުވެގެން ދިޔަދިޔަހެން އޭނަ އޭނަގެ އުފުލާލެވިފައިވާ އަތްވެސް ތިރިކޮށްލައިފިއެވެ.
“ހްމް….” ނަޞްރާއަކަށް ބުނާނެ އިތުރު އެއްޗަކާމެދު ނުވިސްނުނެވެ. މިތާނގައި ޔޫނުސް ކޮށްއުޅެނީ ކޮންކަމެއްތޯ އަހަން ހިތަށްއެރިއެއްކަމަކު އެއީވެސް ދެން ކޮންކަހަލަ ސުވާލެއްހޭ ނަޞްރާގެ ހިތް ބުންޏެވެ.
ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު އަނެއްކާވެސް ވާހަކަ ދެއްކީ ޔޫނުސްއެވެ.
“އާދޭ.” ޔޫނުސް ބުނެލީ ހަމައެކަނި އެހާވަރަށެވެ. އެހެން ބުނެލަމުން އޭނަ ނަޞްރާއަށް ފަސްދީފައި ގޭގެތެރެއަށް ދާން ހިނގައިގެންފިއެވެ. ނަޞްރާ އޭނަގެ ފަހަތުން ދާން ހިނގައިގަތެވެ. ސިޓިންގް ރޫމް ފަހަނަޅައި ދެވެން އޮތް ހަނި މަގުގެ ދެފަރާތުން ދޮރުތަކެއް ފެންނަމުން ދިޔައެވެ. ކަނާތް ފަރާތުން އެންމެ ފުރަތަމަ ހުރި ދޮރު ޔޫނުސް ހުޅުވާލިއެވެ.
“މިހިރީ ކާގެ.” ޔޫނުސް އެހެން ބުނެލަމުން ނަޞްރާއަށް ބަލާލިއެވެ. ނަޞްރާ އެތާ ތެރެއަށް ބަލާލަމުން އެއްފަހަރު ބޯޖަހާލިއެވެ. ޔޫނުސް އަނެއްކާވެސް ކުރިއަށް ހިނގައިގަންނަމުން އެ ދޮރާއި ޖެހިގެން ހުރި ދޮރު ކައިރިއަށް ގޮސް އޭތިވެސް ހުޅުވާލިއެވެ.
“މިހިރީ ބަދިގެ. އެއް…” ޔޫނުސް އިތުރަށް ބަދިގެއާއިމެދު އެއްޗެކޭ ބުނަން އުޅުނެއްކަމަކު ނުބުނެވުނީ އޭނައަށް މި ވާހަކަ ދެއްކެނީ ވަރަށް މޮޔަކޮށޭ އޭނަގެ ހިތް ހުއްޓުމެއްނެތި ބުނަމުން ދިޔައީތީވެއެވެ. މި އިނދެވުނީ ސިކުނޑި ސަކަރާތްވެފައިހުރި މީހަކާއޭ މިވަގުތު ނަޞްރާގެ ހިތަށްވެސް އަރާނެކަން ޔަޤީނެވެ. ޔޫނުސް ނަޞްރާއަށް ބަލަހައްޓައިގެން ހުއްޓާ ނަޞްރާ އަނެއްކާވެސް ޔޫނުސް ހުޅުވާފަ ހުރި ދޮރުން އެތެރެ ބަލާލަމުން ބޯޖަހާލިއެވެ. ޔޫނުސް ދެން ހިނގައިގަތީ އެ ހަނި މަގުގެ ވާތް ފަރާތަށެވެ. ޔޫނުސްގެ ފަހަތުން ދަމުން އެ ފަރާތަށް އަނބުރާލި ވަގުތު ނަޞްރާގެ އެއްލޮލަށް އެއްޗެއް އެޅުނުހެން އޭނައަށް ހީވެއްޖެއެވެ. ނަޞްރާ އަވަސްއަވަހަށް އެސްފިޔަ ޖަހާލީ ރަނގަޅުވާނެ ކަމަށް ހީކޮށެވެ. ނަމަވެސް ރަނގަޅެއްނުވިއެވެ. އޭނަ ޔޫނުސްގެ ފަހަތުން ދަމުން އެ ލޯ އުނގުޅަން ފެށިއެވެ. ނަމަވެސް މޫނުފޮތިކޮޅުގެ ސަބަބުން އޭނައަށް އެކަން ރަނގަޅަށް ކުރެވޭ ގޮތެއްނުވިއެވެ. ނަޞްރާ މާ ބޮޑު ވިސްނުމެއްނެތި އެ ފޮތިކޮޅު މޫނުން ނަގާލިއެވެ. އެވަގުތު ޔޫނުސް ދޮރެއްގެ ކައިރިއަށް ގޮސް މަޑުކޮށްލައިފިއެވެ. ނަމަވެސް ނަޞްރާގެ ސަމާލުކަން ދެވިފައިވީ އޭނަގެ ލޮލަށް ކަމުން އޭނަ ދެންވެސް ކުރިއަށް ހިނގަމުން ދިޔައެވެ.
“ކޮޓަރި!” ޔޫނުސް އެހެން ބުނެލަމުން ފަސްއެނބުރިލީ ވަގުތު ނަޞްރާ އޭނަގެ އަތުތެރެއަށް އައިސްވަނެވެ. ނަޞްރާގެ މޫނު ގޮސް އޭނަގެ މޭމަތީގައި ޖެހުނު ވަގުތު ޔޫނުސް ގަނޑުވިއެވެ. ނަޞްރާގެ ގައިގައި ހިފަހައްޓާލަން ވެސް ނޭނގިފައި އޭނައަށް ހުރެވުނެވެ. މިވީ ކީއްކަން އޭނައަށް އެއްގޮތަކަށް ވެސް ނޭނގުނެވެ.
ވީ ގޮތެއް ނަގައިގަނެވުނު ނަޞްރާއަށް ދެލޯ ބޮޑުކޮށްލަމުން ދުރަށް ޖެހިލެވެން އުޅުނެވެ. ނަމަވެސް މާ ދުރަށް ނުދެވެނީ އޭނަ ވަށަލެވިގެންވީ ޔޫނުސްގެ އަތް އިޙްޞާޞް ކުރެވުމުން އިތުރަށް ދުރަށް ދާކަށް ނުކެރުނެވެ. ނަޞްރާއަށް ޔޫނުސްއަށް ބަލަހައްޓައިގެން ހުރެވުނެވެ. އެވަގުތަށްޓަކައި ނަޞްރާ އޭނަގެ ލޮލަށް އެއްޗެއް އެޅިފައިވިކަން ވެސް ހަނދާން ނެތުނެވެ. އޭނަ މިހިރީ މޫނު ފޮތިކޮޅު ނަގައިގެންކަން ފާހަގަވީ ވަގުތު ނަޞްރާގެ މޫނު ރަތްވިއެވެ. އޭނަ މޫނުގައި އަތްއަޅަން ބޭނުންވިއެވެ. ނަމަވެސް އެއްވެސް ޙަރަކާތެއް ނުކުރެވުނެވެ.
ކުރިމަތިން ފެންނަމުން ދިޔަ ސޫރައަކުން ޔޫނުސްގެ ލޮލަށް ފިނިވިއެވެ. މީގެ އަހަރުތަކެއް ކުރިއަށް އޭނަގެ ޚިޔާލުތައް ދަތުރުކުރިއެވެ. އެހެން ރަށަކުން އައި އެތައް ބީރައްޓެހިންގެ ތެރެއިން އޭނައަށް ފާހަގަވީ އެންމެ ސޫރައަކީ މިއީއެވެ. ނަޞްރާގެ މޫނަށް ކުޑަވެސް ބަދަލެއް ނާންނަހެން ޔޫނުސްއަށް ހީވިއެވެ. އެ މޫނުމަތިން ފެނުނު އެތައް ކުލަވަރެއް ހަނދާނަށް އައުމުން ޔޫނުސްއަށް ހިނިތުންވެލެވުނެވެ. އޭނައަށް އަނެއްކާވެސް އެ ހުރިހާ ކުލަވަރެއް ބޭނުންވަރަކަށް ފެންނާނެކަން އެނގުމުން ހިތާހިތުން ޙަމްދުކުރެވުނެވެ.
ނަޞްރާއާއި ޔޫނުސް އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިއްބާ އެދެމެދަށް ވެރިވެފައިވި ހިމޭންކަން ނަގާލީ ރިންގުވާންފެށި ޔޫނުސްގެ ފޯނެވެ. އެއާއެކު ޔޫނުސް ހިތާއި ދެކޮޅަށް ނަޞްރާގެ ގައިން ދޫކޮއްލުމުން ނަޞްރާ ވެސް އިސްޖަހާލަމުން ދުރުވެލިއެވެ. ޔޫނުސް އޭނަގެ ޖިންސްގެ ޖީބަށް އަތްކޮއްޕައި ފޯނު ނެގިއެވެ. އޭގެ ސްކްރީނަށް ބަލާލިއިރު ފެނުނު ނަމަކުން ޔޫނުސްގެ ނިތަށްރޫއެރިއެވެ.
“އެބަ އަންނަން.” ޔޫނުސް ނަޞްރާއަށް ފޯނު ދައްކާލަމުން ބުނެލިއެވެ. ނަޞްރާ މަޑުމަޑުން ބޯޖަހާލިއެވެ. ޔޫނުސް ފޯނު ހިފައިގެން ސިޓިންގް ރޫމަށް ދިޔަތަން ބަލަން ނަޞްރާއަށް ހުރެވުނެވެ. ޔޫނުސް ނަޞްރާގެ ލޯމައްޗަށް ގެއްލުނުތަނާހެން ޔޫނުސް ހެލޯއޭ ކިޔާލި އަޑު ނަޞްރާއަށް އިވުނެވެ. ނަޞްރާ ކޮޓަރިއަށް ވަނީ އޭނަ އަޑުއަހަން ޔޫނުސް ބޭނުން ނުވާނެ ވާހަކައެއް އަޑު ނޭހުމަށްޓަކައެވެ.
“ކީކޭ ޝިފާޒް؟” ސިޓިންގް ރޫމުގެ މެދުގައި ކޮޅަށް ހުރި ޔޫނުސް ފޯނުގެ އަނެއްކޮޅުގައި ހުރި މީހަކާ ސުވާލުކުރިއެވެ. ފޯނުގެ އަނެއްކޮޅުން މިއުޒިކެއްގެ އަޑު ޔޫނުސްއަށް އިވެމުން ދިޔައެވެ.
“އޭ ޔޫންސް އާދެބަލަ ޕާޓީއަށް.” ޝިފާޒް ނިކަން ޖޯޝާއެކީ ބުނެލި އަޑުއިވުނެވެ. ޔޫނުސް ޙައިރާންވިއެވެ.
“ކީއްވެތަ ޝިފާޒް އަހަރެންގެ މަތިން ކުއްލިއަކަށް ތި ހަނދާންވީ؟” ޔޫނުސް އަހާލިއެވެ. ޝިފާޒް ޗޮއްކަނޑާލި އަޑުއިވުނެވެ.
“މިވެސް ދެން އަނގަގަދަ ސޮރެއް. ކޮންމެ ކަމަކާމެދު ސުވާލުކުރަން ޖެހޭތަ؟ މާ ގިނަ ވާހަކަ ނުދައްކާ ޕާޓީއަށްއާދޭ.” ޝިފާޒް ނުރުހިފައި ކަހަލަ ގޮތަކަށް ބުނެލިއެވެ.
“ނާންނާނަން އަހަންނެއް.” ޔޫނުސް ސީދަލަށް ބުނެ ފޯނު ބާއްވަން އުޅުނުތަނާ ޝިފާޒް ވާހަކަ ދެއްކިއެވެ.
“ޔޫނުސް ޔޫނުސް ޔޫނުސް….ފޯނު ނުބާއްވައްޗޭ ޕްލީޒް. ނަވާޒް އަހަރެން ކައިރީގަ ބުނުއްވީ ޔޫނުސް ގެންނާށޭ.” ޝިފާޒް ވާހަކަ ދެއްކަމުން ދިޔަ ރާގު ބަދަލުވިއެވެ. އޭނަ އެންމެ ފަހު ޖުމްލަ ބުނެލީ ވައި އަޑަކުންނެވެ.
“ކާކޭ؟” ޔޫނުސް ނިތަށް ރޫއަރުވައިގެން ހުރެ އަހާލިއެވެ.
“ނަވާޒް. މަނިކުފާނު ދުރުވެފަ އެބަ ހުންނެވި. މިރޭ ޕާޓީ ފެށުނު ފަހުން މި ކޮޅަށް ދުރުވީވެސް.” ޝިފާޒް ބުނެލިއެވެ. ޝިފާޒް ވާހަކަ ދައްކަމުން ދިޔައިރު ޔޫނުސްގެ ނިތުން ރޫ ފިލަމުން ދިޔައެވެ. ނަމަވެސް އޭނަގެ ވައްޓާލެވިފައިވާ އަތް މުއްކެވިގެން ދިޔަ ވަގުތު އަނެއްކާވެސް އޭނަގެ ބުމަ ގޮށްޖެހުނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
89 Comments!
Comments are closed.







Ma sha allah ♡♡♡♡♡♡
lovely..i wish something like this will happn to me too ?
hehe…..just make dua to Allah. He will make it happen if He Wills 🙂
V rythi Mashaallah
Alhamdhulillah! 🙂
alhey haadha kuruhen hyyveyey…..yoonus ah dhera gotheh nuhadhaathi ingey…story vara reethi….liuah mihaaru yagynaa gaathah igihje vaane goy..p..when next part jana???????love this story and u……..
alhe jana ah haadha heevey liu ah neyngeyhen dhen vaane goiy 😛 mi part kuruhen heevy jana ah heevany mi part ga maa madhu kanthah vaathee vehen. dhen part dhigukoh genesdheveytho balaanan Tuesday ga In Sha Allah 😀 Love you too 🙂
varah
wowwwwwwwwwww…its just amaxing story…lilly kiaa varah gina vaahaka thakugai alhuvaalaigen gengosfa masthuvaathakathi dhyyfa emyhun ge mulhi dhiri ulhumugai ekamuga safaaaa kuranjeheyyy,,,,ehen vaaa vaahakathah kiaa kiaa lilly mihaaru foohivehje….i hope u will not do that type of messs…..myhama liilllyge hiaalu ingey jana,,,,,….i apriciate ur hard work….kiaahivaaleh bodukamun liubunaahen hyyvany adhives kuruhen…..luv u and this beautiful storyyyyyyyy………………………………………………………………………………………………………………………………………………………………………………………………………………
Alhamdhulillah! 🙂
hmm….jana ves ekahala baivaru vaahaka thah kiyunin. ehenvyma dhen liyaa hitheh nuvey 😀 Jazakallah Khairan for the support. Love you too 🙂
olhuvaalaigen
Nikaa vex lilly ah support… dw lilly….. egothah yooonuss ah nahadhahchey… other weyss aharen moya veddhaane.. hehehehe
nikaa moya nuvahchey mi vaahaka kiyaafa. jana eyge zimma nagan jehidhaane 😛 ehenvyma jana liyan ves vaany nikaa moya nuvaa gothah thaa dho? 😛
jaan gandaa haadha ryhchey mi prt
Alhamdhulillah! 🙂
nikaa , wat r u doing here
mee bodu friendunge groupeh dho jana ah readers mennakah libigen mi ulheny? 🙂
Wow wow woooow….habeys mi prt vex jana…love it.. it has really changed my life…really appreciate u jana…love u soooo much… ummwah…m sorry i cnt wait today in esfiya site to c the comments…m too busy.today…. but i really really mis u jana… bi bi insha allah tonight I’ll b back at 10… heheew 😉 jana u knw dhw y?? Hhehe i knw u’ll…once again love u a lot…biiii ummwah 😛
hehe….of course i remember shabee. 😀 Love you too. Jazakallah Khairan for the support. And Alhamdhulillah! 😀
of course i remember shabee 😉 Anekkaves shabee ge loabi commenteh libunythy varah ufaavejje. Alhamdhulillah! Jazakallah Khairan for your support. asluves varah hiyvaru libey shabee ge comment thakun. Alhamdhulillah! 🙂
This is the only story I read from esfiya site. It remembers my day. The same fylngs. Wen is the next part jana.
By the way jana, can eat when covering. Hehe
The storys here are awesome.. I hope u will enjoy them as much as i do. But u should know that u cant get attention by others or jana by tellin that this is thenonly story u read in this site.. ????????.. Just checkin ur temper.?. Anyways wc to here.?
Huxny akah neyngeyne dho Maria ge hithuga oiy ehcheh? Jana akah ves adhi Huxny akah ves ehaa faseyhain meehaku miulheny attention seek kuraakashey nueh buneveyne….
yes you could eat. ekamaku mulhi life ah ehen kaan jehunyma haadha udhangoo vaane ey dho? Nasra emme beynun vi gothaky ey 😛 Next part tuesday ga
Masha Allah, Best dhivehi story i have read so far…hats off to u jana..
hehe..Alhamdhulillah! 🙂
Nice. Thankolheh dhigu kolladheeba next prt. Plx ?????
Next part dhigukoh genesdheveytho balaanan In Sha Allah 🙂
jaan , budhadhuvahu dw next prt , jazakallah khairan
elsa nooney. tuesday ga In Sha Allah. elsa ge comment kiyaafa furathama commentah reply kurevunyves nubaikoh *facepalm*
Elsa, jana buni tha wednesday ga ey next part?
Shaan ey elsa ah olhuny kamah vaany. jana bunefa onnany dhedhuvahun ehdhuvahu ey. ehenvyma dhen onnaany tuesday ga ehnu dho?
Hmmm. Boys ves ulhey tha mi site ge readers ge theryga?
hehe….firihen liyuntherin ulhenya firihen kiyuntherinves ulheyne thaa dho? 😛
Ma mihury nu. Ehen boy eh nethas!. Thanks for replyin
Shaan? Dhiya ee thr? I also wanted to have a few chats with u. Can i??
Shaaaan?
R u gone?
Do u mind givin ur num?
R u the playboy shaante?
I think ur.
Shaaaaaaaaaan? Pls reply.
7868483
Mi bai ga ves chat box eh hulhu v tha? Aneh hen majaa dho. Boy eh reply eh nukure. But the grl boy vaahaka nudhahkaigen moyavany!
vaahakaige dhashuga ves vaahaka eh live koh eba kuriah dhey dho mira? -.-‘
uhun , eyy jaan dhedhuvahun eh dhuvahu genes dhey thy , oops sorry , tuesdayga dw , i hykury miadh monday kamah n kaak me ge name use kury , emme fahun in elsa ge comment is not my comment
aan tuesday ga In Sha Allah. neynge mee koh Elsa eh kameh. jana olhun bolhun vedhaane dhuvaskolhakun….
shudhoo n shaan chat kurey , elsa noolhen ,hahaha
eyy jaan dw , tuesday ga eh nun dhen in prt
hmm……In Sha Allah
nice story
Alhamdhulillah! 🙂
u can see the difference , elsa ge name ga innaany simple e eh bt , elsa ge name ga comment kohfa in aneh kuhjja eyndhy capital e eh ,
hmm…mysterious. Jana heekury thi elsa hama gasdhuga caps in liyefa hury kamah 😛
not bad , ehaa ehaa eh noon dhw dhen
not bad ey buneema maana aky kommeves varakah reehchey. reethi viyya e thaureefu haqqu vany Allah ah. 🙂 Alhamdhulillah (All praise and thanks belongs to Allah)! 😀
O my gosh jinni ehvrx ebaulhey mi bauga….oooo m scared… jana Adhivexx ehfaharu hama comment eh kohllaa hiyy v ingey… 🙂 salhi ingey mibai…
hehehe….mi comment kiyaafa hama hevijje. Love you Shabee once again 🙂
dwwww
May i ask who ur? ” shudhoo”?… Thats a nickname. Btw m not a playboy.M not gonna keep my numbr in a sale. So cant. Sorry?. (Every1 sorry for writin waste comments in here. Just givin an answer to her. Hope u guys dnt mind?)
Its ok. I dont mind. Donno abt othrs. Y r u calld a playboy?
Mashakah ves neynge. Bt i cant chat with u here. U shud know that. Nd every1 pls dnt call me pb. Once again sorry
Elly. R u writin a comment 4 me???
Sorry. Maria. I was just checkin if u have a bad temper. nd jana r u in the vibr group.?
ekamaku meehun gasdhuga rulhi aruvaakahves nuvaane ehnu dho?
jana varah viber beynun nukuran. join kuriyas message eh libuniyya eythi ethah masthakeh fahun kanneynge fennaany….
Mi page ga 2 storys eba kuriyah dhey dho? Lol. V. Nice 2 story ves… Shaan . Its ok. Dhekolhun ves anhen kudhin dho!shudhoo nd elsa. Good luck!
wat the hack , me eh noolhen , shudhoo n elly ulheny
MashaAllah. Mivahaka komme dhuvahaku up vaane nama ey hithah araa.. jana v best writer eh. Hope adhi mikahala dheeny vaahaka thah fennane kamah. Jana viber group ga ulhen tha??
For the commenters, bunelan othy mi vaahaka kiyan v hama ekani reethi vegen nooney. Mi vaahaka in ves ibraiy thakeh haasil kuran jehey. Evves haalehga hiley anhenaka hiley firihenaku talk kurumaky ragalhu kameh noon. V dhera vey mithaaga ekahala vaahaka thah dhekeveythy. Anyways mikanthah ragalhu vaane kamah ummeedh kuran.
N jana ah Jazakillah khairan mikahala ibraiy theri vaahaka eh liyaathy.
jana vaahaka ekko liyefa oiy nama komme dhuvahaku up kurevunys. ekamaku…..
Ukhthy thibuny esfiyaige viber group vaahaka dho? noolhen. jana mee ehen noonas viber ah ehaa ginain vadhe ulhey kujje noon.
ukhthy, comment thah kiyaafa jana mi hunnany hama evves ehchekey nukiyanvegen. ey jana ah engey ey hama ekani commentakun bunegen hallu vaane massala thakeh noonkan. mi vaahakain ves varah saafukoh ekan engeyne In Sha Allah. ekamaku jana ehgothakahves evves kiyuntheriakaa medhu nubai gothakah nudhekeynan. jana akah evves haqqe noannane ehen meehunna medhu nubai koh visnaakah. meehegge hiy Allah aa kairee kihaa varakah kan jana akah neyngeyne. jana ah beyrufushun meehegge nubai sifathah fenunas vedhaane hama evaguthuves emeehegge hiy e kurevey ‘amalaa medhu hithaama kurany kamahves. ehenvyma…
Jazakallah Khairan Ukhthy 🙂
Oh v dera veje. Attention seek kuraka noon ehen buny. Im v busy n dont hav time to read stories. N esfiya ah van thanun meege part 1 fenigen kiyan fetuny.
i’m sure Maria 🙂
vaahaka varah varah reethi janaa.
Alhamdhulillah! 🙂
Jana alhe plx daily kh up khdhee ehen nooney shabee moya vedhaane…haadha kiyaa hiyy veyey… i really love this… plx for my sake do it… plx jana daily kh up khdjee plx… but still i love you… heheee 😛
daily koh up kuran vejjeyya jana kuraane haa kamaky vaahaka liyun 😛 ekamku ey rangalhu gotheh noonennu dho? i hope you will understand. Love you too 🙂
jaan , reply plxxxxx , alhe vr miss vay mi story mathin , igea tha , miadh kuhjaku ehcheh dhinyma jaxakallah khairan eyy bunyma , e kuhjaa buny , aaiy , kykey thibuny mi hen , hahahaha , dhen elsa buny mibuny thnk u eyy , hahaha
alhe elsa jana edhuvahu bunedhin maana buni nama maa rangalhuvees. eyrun ekujjaa ah ves engeyne eh nun ey kihaa reethi ehchehkan? komme akas varah ufaavejje elsa hama asluves Jazakallah Khairan kiyan aadha kureethee. Alhamdhulillah 😀
Jana v try kuran eba 10 vandhen mithaa ndheveytho…but mihaaru vex meenee thaahyyaaa jehi jehi…miadhu busy kamun v nidhi aissa meenee… dhen ekam jana plx daily kh up khdheee… adhi jana ah ithurah kiyaidhentha shabee family ge vaahakaa??? 🙂
uhun shabee. mihaa public koh family situation eh kiyaidhinun rangalheh nuvaane. shabee plx plx plx plx jana akah daily koh up koh nudheveyne. kohdheynamey bunaa hiyvey. ekamaku nuvaane kameh kureveyne ekey nubunaanan In Sha Allah. But i still love you. hama varah ufaavey rangalhu ehcheh dhenegannan vaahaka kiyaathy 🙂
mee ves , jaan reply kuryma vr happy , haaah , soo sleepy
jaxaakalaah khairan jaan , shabee aa elsa mithibyhama thahyaa jehijehi , haadha nidhiaadhey , ekam ves keykohlaigen miiny .
Jazakallah Khairan. elsa aa shabee dhen nidhan dhaanvee ennu. jana ves mihiry varah varubali vefa miadhu….. ZZzzzz
nidhi annaha varubayyeh noon ingey ekamaku 😛
jaxakallah khairan , elsa hadhaan nethunyeyy jaan bunithan kolhu , ehnve ekuhjaa kairinubuny , goas koh bunevihjehyaa , sakaraaiy vaane dw , ehn ve , ehn buny , eh fahar bunevunu thnk u eyy ves , hehehe , dhen kiyan feshyma ok vaane dw ,
hmm….farithavaan dhuvaskolheh nagaane. But i know you can do it In Sha Allah 🙂
mihaar geyga ves kiyany jaxakallah khairan , geymyhun buny konthaakun hoa dhas kury thihen kiyan , elsa buny vaahaka liyaa kuhjekey bunedhiny , hehehe , bunyma geymyhun buny , dhen ragalheh nunhoa , vaahaka kiyaigen ves neyngey ehcheh ingunyma , hehehe
i seriously cant believe this. Just…..Alhamdhulillah! 🙂
jaxakallah khairan thidhey hiyvarah takaa 🙂 🙂
Jazakallah Khairan 😀
jazaakallah khairan ge maana bunelevi dhaane tha ahi eh fahar , plzz
elsa arabi kiyevin , onnaane madhynaa arabic readers ge book one ves , elsa men rashuga kiyavaidhey arabic , mihaarves , igea baeh arabi bas bas ves
jazaakallah khairan
vadhaau jaan
Shabee akah neynge arabieh 🙁 hama ekani ingenee Arabic numerals… hehee…but elsa thee 12 yrs ge kujjehnun coarse hadhaa vaahaka thikiyaneee?? Ni hard feelings ingey but confusion eh ulheythe… jana?? Dhiyaeeetha?
Vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv reeeeeeeeeeeeeeeeeeethi!