Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ނާމާނޭ…12

PluviophileNyctophilia Level 110 Stories
August 2, 2015 4 Mins Read
26 Comments

ސިއްސައިގެން ދިޔަލެއް ބޮޑުކަމުން ހިތް ހުއްޓިދާނެއޭ އޭނާއަށް ހީވިއެވެ. ***********************
“އާކިފް! މިތާ؟ ކީއްތި ކުރަނީ؟” ހުއްޓުން އަރާފައި އިރުކޮޅެއް ވަންދެން އިން ޖޮއާނާ އަހާލިއެވެ.
“ދެން ކޮންކަމެއްތަ ކުރާނީ؟ އަހަރެން މިއައީ އަހަރެންގެ ޙަބީބާ ގާތަށް. އާދޭ!” އާކިފް އިނީ އެނދުގައި އިށީނދެގެންނެވެ. އޭނާ މިކޮޓަރިއަށް އައި ގޮތަކާމެދު ޖޮއާނާ ހައިރާންވިއެވެ.
“ނޫން އާކިފް. ހެޔޮނުވާނެ. އަހަރެން ދޫކޮށްލާ. އަހަންނެއް ބޭނުމެއްނޫން އާކިފް.” ޖޮއާނާގެ ލޮލުން ކަރުނަ ނީރާލިއެވެ.
“ކީއްވެ؟ އާދެބަލަ! ކަމެއް ނުވާނެއޭ.” އާކިފް މަޑުމަޑުން، ޖޮއާނާއާ ގާތްވިއެވެ.
#####################################################################################
އެންތޯނީއަށް މިހާރަކަށް އައިސް ސްކޫލުތެރެއިން އާދަޔާ ޚިލާފު ކަންކަން ކުރިމަތިވެއެވެ. މިކަންތައް ބައެއް އެހެން މީހުންވެސް ފާހަގަކޮށްފިއެވެ. ގިނަމީހުން އެއީ ހީވާ ހީވުމެއް ކަމަށް ބަލާ ނިންމާލަނީއެވެ. އެކަމަކު މިކަމުގެ ޙަޤީޤަތް އެނގެނީ މަދުބަޔަކަށެވެ.
މިރޭވެސް އެންތޯނީ އޮތީ ގޮނޑީގައި ވެއްޓިފައި ކަހަލަ ގޮތަކަށެވެ. ހަމައަށް ނިދި ނުލިބޭތީ ކޮންމެ ރެއަކު އޭނާއަށް ވާވަރަކީ މިއީއެވެ. މިހެން އޮއްވާ ބޮކިތައް ނިވިދިއްލެން ފަށައިފިއެވެ. ޖިންނިތައް އައީއެވެ. މަޑުން ތިބޭ ނަމަވެސް އެންމެ ރަނގަޅުތާއޭ އޭނާގެ ހިތަށް އެރިއެވެ.

އޮފީހުގައި، ގަނޑުތަކެއް ޕްރިންޓުކުރަން ހުރި މޭރީއަށް ވިސްނެމުން ދިޔައީ އެންމެ ކަމަކާ ދޭތެރޭގައެވެ. ޖެސިކާ، އޭނާގެ ދައްތަ އެވަރުކަމަކާ ހެދި މަރާލަން ޖެހޭ ހެއްޔެވެ؟ މިހާރު އޭނާއަށްވެސް ޖެސިކާއާ ދޭތެރޭ ނަފްރަތު ކުރެވެން ފަށައިފިއެވެ. ސިހުރު ހެދުމަކީ އެތަކެއް ބަޔެއްގެ ދިރިއުޅުން ވިއްސިވިހާލި ކޮށްލާ ކަމެއްތާއޭ އޭނާގެ ހިތަށް އެރިއެވެ. އެހެން ހުއްޓާ، ފަހަތުން މީހަކު، އޭނާގެ ބުރަކަށީގައި އަތް އަޅާލިއެވެ. މޭރީގެ ޞައިޙާގެ އަޑު އިވިގެން ދިޔައެވެ.
“ހެލޯ، މޭރީތަ؟” ފަހަތުގައި ހުރީ ބައިމަތި ފުޅާ، ދޮންކުލައިގެ ޒުވާނެކެވެ.
“ތީ… ތީ ކާކު؟ ކޮންކަމެއް ބޭނުންވަނީ؟” މޭރީ ސިހިފައި ބުންޏެވެ.
“އަހަރެންގެ ނަމަކީ ފިރާޝް. އަހަރެމެންގެ ވާހަކަ މޭރީއަށް އެނގޭދޯ. މިސްކޫލުގަ މިހާރު ޖިންނީންގެ ހާއްޔެއް އެބައޮތް. އަހަރެން ބޭނުމީ މޭރީއާ ކުޑަކޮށް ވާހަކަދައްކާލަން. މޭރީގެ ތިޔަހަރަ ޖިމާލުކަން ފެނި އަހަރެންގެ ހިތް ދެވިއްޖެ.” އެހިސާބަށް ބުނެވުނުތަނާ، އޭނާގެ ކޯތާފަތަށް މޭރީގެ އަތުގެ ޙާއްރު އެތިފަހަރެއް އެރިއެވެ.
“ކަލޭ ލަދެއް ނުގަނޭތަ ތިޔަކަހަލަ ވާހަކަ ދައްކާކަށް؟ އަހަރެން މީ މީހެއްގެ އަންބެކޭ. އެހެންނޫނަސް ކީއްކުރަންތަ ކަލޭމެން އިންސާނުން ފަހަތުން ތިދުވަނީ؟ ކަލޭމެން ކަލޭމެންގެ ނަސްލުގެ މީހުންނާ އިނދެބަލަ. އިންސާނުންނަށް ކޮން ނޮހޮރައްޕާނެއް ޖައްސާކަށް.” މޭރީ ރުޅިއައިސްފައި ބުނެލިއެވެ.
“މޭރީ، ތިހެން ނަހަދާ. ތީ އަހަރެންގެ ޒަހްރާއަކީ.”
“ޒަހްރާވިޔަސް ޞަފްވާވިޔަސް މަށަށް ވަރިހަމަ. ރީތި އިންސާނުންގެ ސިފަ ޖެހިގެން ކޮންމެހެން އިންސާނުން ގާތަށް އަންނާނެކަމެއް ނެތް. ޖިންނީންގެ ތެރޭގަ ވެސް ތިބޭނެ ރީތި ފަތާތުން.” މޭރީ އަޑަށް ބާރުލާފައި ބުންޏެވެ.

ޢިޝާ ނަމާދު ކޮށްލައިގެން ސިޓިންގްރޫމަށް ނިކުތް ތޯމަސަށް އޭނާގެ މަންމަގެ ހާސްވެފައިވީ މޫނު ފެނުމުން ސާރާ ގާތުގައި އިށީނެވެ.
“މަންމާ! ކިހިނެއްވީ މިހާރު؟ އަދިވެސް އާކިފްގެ ކަންތައްދޯ.”
“އާނ ދަރިފުޅާ. އޭނަ މިހާރު ރީތި ސިފައެއް ގައިގައި ޖައްސައިގެން ގޮސް ޖޮއާނާއާ ބައްދަލުވެސް ކޮށްފި. އޭނަ އިސާހިތަކު އެކުއްޖާއަށް ހަދާނެ ގޮތެއްވެސް ނޭނގޭ. މަންމައަށް ފެންނަނީ ހަމަ އާކިފް އަންދާލަން. މަންމަ އެސިހުރު ހެދީ މިރަށުގެ ކޮޅުގަ އޮންނަ ބޯގަންވިލާ ވަލުތެރޭގަ. އޭނަ އަންދާލައިގެން ނޫނީ ތިސްކޫލު އަމާނެއް ނުވާނެ. އާކިފް އަންދާލައިފިއްޔާ ހުރިހާ ޖިންނިތަކެއް އަމާންދީފަ ދާނެ.” ސާރާ ބުންޏެވެ.
“އެހެންވީމަ، ކޮންއިރަކުން އޭނަ އަންދާލުމުގެ މަސައްކަތް ފަށާނީ؟” ތޯމަސް ސުވާލުކުރިއެވެ.
“މިރޭ، ބާރަޖަހާއިރު. އަވަހަށް ތައްޔާރުވޭ އެހިސާބަށް ދާން.” ސާރާ ޖަވާބުދިނެވެ.

ތޯމަސް، އެޑެމާ ޖޭޑެނަށް ގުޅާފައި އަވަހަށް އައިސްދިނުމަށް އެދުނެވެ. އޭނާ ބޭނުންވީ އެމީހުންވެސް ގޮވައިގެން އެހިސާބަށް ދާށެވެ.

ސްކޫލުގެ އޮފީސްތެރޭގައި، ލާރާ ހުރީ ސްލިޕްކޮޅުތަކެއް ތައްޔާރުކުރާށެވެ. އޭރު މޭރީ ދިޔަތާ އިރުކޮޅެއް ވެއްޖެއެވެ. ޚިޔާލެއް ފިކުރެއްނެތި، ކޮމްޕިއުޓަރ ދޮށުގައި އިންދާ، މޭޒު ކުރިމަތީގައި މީހަކު ހުއްޓިލިއެވެ. ނަމަވެސް ލާރާ، އެއީ ކާކުތޯ ބަލާކަށް ނޫޅުނެވެ. އެކަމަކު އެމީހާ އެތަނުން ދުރަށް ނޮގޮސް ހުރުމުން އިސްއުފުލާ ބަލާލިއެވެ. ރީތި މީހެކެވެ. އެކަމަކު އެޑެމަށްވުރެ އޭނާ ރީއްޗެއްނޫނޭ ލާރާގެ ހިތަށް އެރިއެވެ.
“ހެލޯ، ލާރާ! ކިހިނެއް؟ މަމީ ޝާހީން. އަހަރެން މިއައީ ހަމަ އެންމެ ކަމެއް ފުއްދާދޭތޯ. އަހަރެން ބުނާ ކަމަކަށް އެއްބަސްވާން ކެރިދާނެތަ؟” އެމީހާ ވާހަކަދެއްކިއެވެ.
“ބުނެބަލަ.” ލާރާ ކުރު ޖަވާބަކުން ފުއްދާލުމަށްފަހު، އަނެއްކާވެސް ކޮމްޕިއުޓަރ ސްކްރީނަށް، ލޯ އަމާޒުކޮށްލިއެވެ.
“އަހަންނާ ރައްޓެހިވާން ކެރިދާނެތަ؟ އަހަރެން ހާދަ ލޯތްބެއް ވެއޭ ލާރާދެކެ. މިތަނަށް އައި އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އަހަންނަށް ލާރާދެކެ ލޯބިވެވިއްޖެ.” ޝާހީން ބުންޏެވެ.
“ހުންނަ ގޮތްކުޑަކަން! ކީކޭ ހިތާތަ ތިއުޅެނީ؟ މަށެއް ނޫޅެން ކަލޭ ކަހަލަ މީހުންނާ ރައްޓެހިވާކަށް. އަހަރެން ލޯބިވަނީ ހަމަ އެންމެ މީހެއްދެކެ. އެމީހާގެ ލޯބި ނުލިބުނު. ކަލޭ ކޮން މޮޔައެއްވެގެން ތިއުޅެނީ؟ ހަލް އަންތަ މަޖުނޫން؟؟” އަތުގައި އެންމެ ފުރަތަމަ ޖެހުނު ފައިލުން ޝާހީންގެ ގައިގައި ބޮނޑިއެއް އަޅާލަމުން ލާރާ ރުޅިއައިސްހުރެ ބުނެލިއެވެ. އެއަށްފަހު، އޭނާގެ މަސައްކަތާއިގެން މަޝްޣޫލްވިއެވެ.
“ލާރާ! ޑްރާމާ ކުޅެނީތަ؟” އޮފީސް ދޮރު ކުރިމަތީގައި ހުންނެވި ކްރިސްޓޮފަރ ހައިރާންވެފައި އެއްސެވިއެވެ.
“އޭނ؟ ކީކޭތޯ؟ އެމީހާ… ކޮބާ؟ އެދިޔައީ.. އޭނަ އަޅުގަނޑު ގާތުން ރައްޓެހިވާން އެހީމަ އަޅުގަނޑު ބުނީ ނޫނެކޭ.” ލާރާ ބުންޏެވެ.
“ނޫނޭ.. ލާރާ ތިހުރިހާ ވާހަކައެއް ދެއްކިއިރު ސަރ އެބަހުރީމޭ މިތާ ބަލަހައްޓައިގެން.” ކްރިސްޓޮފަރގެ މޫނުން ދެންވެސް ފެނުނީ ހައިރާންކަމެވެ.
“އޭނ؟؟ ސަރ!”
“ނޫނޭ ލާރާ.. ބޭސްފަރުވާއެއް ހަމަޖައްސާލަދެވިދާނެ ލާރާ ބޭނުމިއްޔާ” ކްރިސްޓޮފަރ ވިދާޅުވިއެވެ.
“ނޫނޭ ސަރ.. އަޅުގަނޑުގެ ނެތް އެއްވެސް މައްސަލައެއް. ކުޑަކޮށް ބޮލަށް ބަރުވެފަ ހުރީމަ ހީވި ގޮތެއް ކަމަށް ވާނީ.” ލާރާ ދޮގު ހެދީ، ހަދަން މަޖުބޫރުވެގެންނެވެ. ކުރިން ދުވަހަކު، ތޯމަސްމެން ދެއްކި ވާހަކަތައް ހަނދާން ވާން ފެށިއެވެ.
“ދޭ އެހެންވީއިރު އަރާމުކޮށްލަން އަރާމުކުރާ ކޮޓަރިއަށް.” މުދީރު މިހެން ވިދާޅުވުމުން، ލާރާ ކޮމްޕިއުޓަރ ޝަޓް ޑައުން ކޮށްލާފައި އެތަނުން ނިކުންނަށް ހިނގައިގަތެވެ.

ތޯމަސް، ޖޭޑެން، އެޑެމް އަދި ސާރާ ތިބީ ރޭލުގައެވެ. އެރޭލު މިސްރާބު ޖަހާފައިވަނީ ބޯގަންވިލާ ވަލާ ދިމާއަށެވެ. ހަމަޖެހިފައިވާ ގޮތުން ބޯގަންވިލާ ވަލު ކައިރިއަށް އެރޭލު ހުއްޓައެވެ. އެމީހުންގެ މޫނުމަތިން ހާސްކަމާ އެއްވަރަށް ހިތްހަމަޖެހުންވެސް ފެންނަމުން ދިޔައެވެ.

ޖޮއާނާއާއި އާކިފް އަދިވެސް ތިބީ އެނދުމަތީގައެވެ.
“ޖޮއޭ، އަހަންނާ ރައްޓެހިވެދާނަންތަ؟” އާކިފް އެހަމަހިމޭންކަން ދުއްވާލިއެވެ.
“ނޫން، މަންމަމެން ޤަބޫލެއްނުވާނެ.” ޖޮއާނާ ބުނެލިއެވެ.
“ދެން؟ ސިއްރުންވެސް ރައްޓެހި ވެވިދާނެއެއްނު. އާނއެކޭ ބުނެބަލަ.” އާކިފް ބުންޏެވެ.
“އޯކޭ.” ޖޮއާނާ މިހެން ބުނެލުމުން އާކިފްގެ ލޮލުން އުފާވެރިކަން ފެނުނެވެ.

މިހާރު، ތޯމަސްމެން ތިބީ އެވަލުތެރޭގައެވެ. ސާރާގެ އެދުމަށް އެތިން އެކުވެރިން އަލިފާންގަނޑެއް ރޯކުރިއެވެ. ތޯމަސާ ސާރާ ޤުރުއާން ކިޔަވަން އިރުކޮޅަކު ތިބެފައި ސާރާ އޭނާގެ މަސައްކަތް ފެށިއެވެ. އޭނާ ބޭނުންވީ އެތަނަށް އާކިފް ގެނެސް އޭނަ އިސްލާމްނުވިނަމަ އަންދާލާށެވެ.
“ދެން އަހަރެމެން ކައިވެނިކުރާނީ..” އާކިފް ބުނެލިއެވެ.
“ކީކޭ؟ ހާދަ މައްޗަކަށް ތިދަނީ؟ ތިއުޅެނީ ހަމަ އަހަރެންގެ ބޭނުން ކޮށްލަންދޯ.” ޖޮއާނާ ގާތަށް ކުޑަކޮށް ރުޅިއައެވެ. އޭނާ ތަޅުންގަނޑު މަތީގައި އިށީނދެލިއެވެ.
“ޖޮއާނާ، އަދި ތިހާ ރުޅި އަންނާކަށް ނުވެއޭ. ޖޮއޭ ބޭނުންނަމަ މިހާރުވެސް މަށާ އިނދެވިދާނެ. އަސްލު ބުނަންތަ ވާހަކައެއް. މިހާރު ބަޔަކު އަހަރެން ނެތިކޮށްލުމަށް އެބަ ރާވާ. އަހަރެން ދެން ދުނިޔޭގަ ހުންނަން މާގިނަ އިރެއް ނެތް ކަންނޭނގެ. އަހަރެން މީ އަސްލު ޖިންނިއެއް. ޖެސިކާ، ފްލޯރާއަށް ސިހުރު ހަދައިގެން އަހަރެން ލައްވާ ގަދަކަމުން ފްލޯރާ މަރާލީ..” އާކިފްގެ މިވާހަކައިން ޖޮއާނާ ހުރީ ހައިރާންވެފައެވެ. އާކިފް އެވާހަކަތައް، ތަފްޞީލްކޮށް ކިޔައިދިނެވެ.

ސާރާގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ކުޅެލީ އަލިފާންގަނޑު ކައިރިން އާކިފް ފާޅުވުމުންނެވެ.
“ސާރާ! ސާރާ.. ތިއުޅެނީ މަ ނެތިކޮށްލަން ކަމަށްތަ؟” އާކިފްގެ މޫނުން ފާޅުވީ ރުޅިވެރިކަމެވެ.
“ކަލޭ ޖޮއާނާ ދޫކޮށްލާ! އެހެންނޫނީ ޖެހޭނީ ނެތިކޮށްލަން.” ސާރާ ހަރުއަޑުން ބުނެލިއެވެ.
“ނުކުރާނަން! މިހާރު ޖޮއާނާވެސް މަށާ ރައްޓެހިވެއްޖެ.” އާކިފް ގޮތްދޫނުކުރިއެވެ.
“އިސްލާމްވޭ! އަދި ދުވަހަކުވެސް އިންސާނަކަށް ކިއެއްތަ؟ ޖިންނިއަކަށްވެސް ގެއްލުމެއް ނުދޭނެކަމަށް ވަޢުދުވޭ” ސާރާ އެންގިއެވެ.
“ނުވާނަން! އިސްލާމެއްވެސް ނުވާނަން.. އަހަރެން އަންދާލަބަލަ ތިހާ ބާރުހުރި އިންސާނުންނޭ!” އާކިފް ހަޅޭއްލަވައިގަތެވެ. އޭރު އޭނާ ހުރީ ކުރިން ހުރި ރީތި ސިފައިގައެއް ނޫނެވެ. އެކަމަކު ހުތުރު އެއްޗެއްގެ ސޫރައިގައެވެ. ދެލޯ ބޭރަށް ނުކުމެފައިވާއިރު، ގައިގައި ކަޅު އަނދިރި ކުލައެއް ހުއްޓެވެ. އިންސާނަކާ އެއްގޮތަކަށްވެސް ވައްތަރެއް ނޫނެވެ.
އިތުރު ބަހުސަކާ ނުލައި، ސާރާ، އާކިފް އަންދާލިއެވެ. އާކިފްގެ އާހުގެ އަޑު ގުގުރިއެއްހެން ގުގުމައިގަތެވެ. ތޯމަސްމެންގެ މޫނުތަކަށް އުފާވެރިކަން ވެރިވިއެވެ.
އާކިފް ކުއްލިއަކަށް ގެއްލުމުން، ޖޮއާނާގެ ހައިރާންކަން ފިލައި ނުދެއެވެ. އެކަމަކު ޖިންނިއެއް ވީމާ އެކަހަލަ ބާރުވެސް ވާނެތާއޭ އޭނާގެ ހިތަށް އެރިއެވެ. ތިމަންނަ ދެން ދުނިޔޭގައި ހުންނަން މާކަ ގިނައިރެއް ނެތޭ އެބުނީ ސަބަބެއް އޮވެގެންނޭ އޭނާއަށް ހީވިއެވެ.

ޖެހިގެން އައި ހަފްތާގައި، ސްކޫލަށް ދިޔަ އެޑެމްމެންނަށް ކުރެވުނީ ވަރަށް ތަފާތު އިޙްސާސްތަކެކެވެ. މުޅި ސްކޫލު އަމާންވުމުން އެމީހުންގެ މޫނުމަތިން ހިނދުކޮޅަކަށްވެސް ހިނިތުންވުން ފިލައި ނުދެއެވެ. ދެން ވާނީވެސް އެހެންނެއް ނޫންހެއްޔެވެ؟

ލައިބްރަރީގައި ތިބެފައި، ތޯމަސް އޭނާގެ އެކުވެރިންނަށް ގޮވާލިއެވެ. އެމީހުން އޭނާ ގާތަށް އައުމުން ފޮތެއްގެ ސަފްހާއެއްގައި ލިޔެފައިވާ އެއްޗެހި ދެއްކިއެވެ. ފޮތުގެ ނަމަކަށް އޮތީ “ވެން ބީންގް މުސްލިމްސް” އެވެ. އެސަފްހާގައި ލިޔެފައިވާ ގޮތުން މުސްލިމަކަށް ވުމަށްފަހު، ތިމާގެ ނަންވެސް އިސްލާމީ ނަމަކަށް ބަދަލުކުރަން ޖެހެއެވެ. އެއެންމެންނަށް އެކަކު އަނެކަކުގެ މޫނަށް ބަލާލެވުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

PluviophileNyctophilia

Level 110 Stories

Other Articles

Previous

ހިޖުރަ (ނުވަވަނަ ބައި)

Next

ނާއީ….. (1) ވަނަބައި

Next
August 2, 2015

ނާއީ….. (1) ވަނަބައި

Previews
August 2, 2015

ހިޖުރަ (ނުވަވަނަ ބައި)

26 Comments!

  1. nukko says:
    August 2, 2015 at 3:25 pm

    Yes names thah change kureyy rythy Arabic names thakakah… ingeyy…… anyway story habeyx

  2. nukko says:
    August 2, 2015 at 3:25 pm

    And im 1 st… yippee

  3. Aleena says:
    August 2, 2015 at 3:55 pm

    Liyuntheriyaa ah bunelan beynunvany “nogos” mibas liyaa iru rangalhu gothaky nugos liyunyma dhw…v gina part thakun ekan faahaga kurevunyma mi bunely…unmeedhu kuran next part ga ragalhu kohlaane kamah 🙂

    1. PluviophileNyctophilia says:
      August 2, 2015 at 5:38 pm

      Jazaakillah Khairan

  4. Nikaaee says:
    August 2, 2015 at 4:00 pm

    im 2nd.. 1t veenama.. v salhi Arabic nan thakah igea badhal kuraanee……. 🙂

  5. Xzoo says:
    August 2, 2015 at 4:01 pm

    nice story ingeyy
    story nimuneetha mihaar!!!!!

    1. PluviophileNyctophilia says:
      August 2, 2015 at 5:40 pm

      Noon adhi nunimey

  6. Nikaaee says:
    August 2, 2015 at 4:03 pm

    ooooopssss…. im huh!!! dhen anna part miah vure thakolheh dhiguveema best vane.. hama kuda thankolheh dw pluviophile

  7. Aushaana says:
    August 2, 2015 at 4:05 pm

    Aush suvaaleh kuratha????? nimuneetha???? nunimenna ok.. bt nimuniyya maa avahah thi ninmaaleee.. v kiya hithun mihuree

    1. PluviophileNyctophilia says:
      August 2, 2015 at 5:43 pm

      Adhi nunimey ekamaku alhugandah heevanee mi vaahaka nimen, dhen iny emme baeh hen. Komme akas nimen varah kairivejje. HeHE

  8. why says:
    August 2, 2015 at 4:09 pm

    nikaaee , go there , plzz

  9. why says:
    August 2, 2015 at 4:10 pm

    vr salhi ingey , mi prt

  10. PluviophileNyctophilia says:
    August 2, 2015 at 5:56 pm

    Thiya hurihaa kiyuntheringe ehbaarulun beynun. Mi vaahakaige characters thakah dheyne islaamee nanthakeh e kiyuntheriaku hama beynun islaamee nameh bunelanvee. Mi faharu kiyuntherin dhey nanthakeh dheyny islaamee nanthakakah.. HeHE.. Shukuriyya

  11. Shaan says:
    August 2, 2015 at 7:44 pm

    V.best story eh me… Nd different from other storys i’ve read so far… So keep it up! U should know that ur a good writer.???

  12. alyaa says:
    August 2, 2015 at 8:08 pm

    vr rythi igea mi prt ves lia , nusaibaa ves eyy rythi islamic anhen name eh , eyy alyaa ge kuryge quruan sir ge dharifulhah kiyaa nan . edam ah kiyaany aadham , hahahaaha ,

  13. alyaa says:
    August 2, 2015 at 8:12 pm

    eyy anehkaa edam ah aadham nukiyahchey , earun kada , eyy majalakah buni ehcheh , hehehe

    1. PluviophileNyctophilia says:
      August 2, 2015 at 8:26 pm

      Thi nan kiyan hithu laigen huhtaa thi buny.. HEHE

  14. alyaa says:
    August 2, 2015 at 8:33 pm

    dhen liaa ves , edam eoh salhi boy ah , aadham kyma laaraa kihaa rulhi annaane , hahaha

    1. PluviophileNyctophilia says:
      August 2, 2015 at 8:51 pm

      Aadham eyee nulaahiku salhi namehnu.. Aharemen insaanunge bappaafulhuge namey.. Keehve Laara rulhi annanvy? Anehkaa enan nukiyan veetha?

  15. alyaa says:
    August 2, 2015 at 8:46 pm

    liaa nan ves eba jehey change kuran hehehehe

    1. PluviophileNyctophilia says:
      August 2, 2015 at 8:54 pm

      Nooney mi nameh badhaleh nuvaane. “Pluviophile” ey kihaa reethi nameh.. Nyctophilia e nan ves nulaahiku reethi.. Hehe

  16. alyaa says:
    August 2, 2015 at 9:13 pm

    hehehe . ekam edam ah aadham nukiyaadhi ,

  17. ken says:
    August 2, 2015 at 10:27 pm

    I think mihaaruge names thakaa gulhey gothkah konme meeheige name change kuryma reethivaanehen…misaalakah jaden ah zaidh keema reethivaane

  18. no name says:
    August 3, 2015 at 12:47 am

    Ethanun ekakah shifaz kiyaathi plxx plxx pluvi

  19. Shabee says:
    August 3, 2015 at 2:01 pm

    Finally names change kuranee dhw…huh its grt… love it..

  20. helloween says:
    August 3, 2015 at 3:41 pm

    aanaa kiyaathi kommes ekakah , plxplxplx

Comments are closed.

Next Episodeނާމާނޭ…13 (ފަހުބައި)←


All Right Reserved!