Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ރޯޒީ ***** (1)

GOLDENPEN0555 Level 110 Stories
August 1, 2015 2 Mins Read
13 Comments

ސްކޫލު ދައުރު ނިމުނީއެވެ. ދެން ޖެހޭނީ ވަޒީފާއަކަށް ދާށެވެ. ނޫނީ މަތީ ތަޢުލީމް ޙާޞިލުކުރުމަށް ގޮތެއް ހޯދާށެވެ. ދިރިއުޅުމާއި ކުރިމަތިލާށެވެ. ކަންތަކާއި ޖެހޭނީ ދެނެވެ. ތެދެކެވެ. އަބަދު މައިންބަފައިންގެ ތައްޕަހުގައި ނޫޅެވޭނެއެވެ. މިއޮތް ހުރިހާ ދުވަހު އެމީހުން އެކޮށްދިނީ ކުޑަކަމެއް ހެއްޔެވެ؟ ދިހަ ވަރަކަށް އަހަރު ވަންދެން އަތުގައި ހިފައިގެން ސްކޫލަށް ގެންގޮސް ގެނައުމަކީ ކުޑަކަމެއް ހެއްޔެވެ؟ ބޭނުންވާ ގަޑީގައި ބޭނުންހާ ކަމެއް ކޮށްދިނުމަކީ ކިހާ އުދަނގޫ ކަމެއްކަން އެނގޭނީ އެދުވަސް އަހަރުމެންނަށް ކުރިމަތިވީމައެވެ. ބަޔަކު ޝުކުރުނުކުރިޔަސް އެކަމަށް އަހަރެންގެ މައިންބަފައިންނަށް އަހަރެން ޝުކުރު އަދާކުރަމެވެ.

އެއް ބަހެވެ. ސްކޫލު ދައުރަކީ އެންމެ މަޖާ އެއް ދުވަސް ވަރެވެ. ގިނަ ރައްޓެހިން ލިބެއެވެ. ތަފާތު އެތައް ކަމެއްގައި މަޖާ ކުރެވެއެވެ. ސްކައުޓެވެ. ކެޑޭޓެވެ. ބޭންޑެވެ. ދިވެހި ކުލަބާއި ނަންހުސްކޮށް ދެންވެސް ހުރި އެހެނިހެން ހަރަކާތް ތަކެވެ. ކުޅިވަރުގެ މަޖާ ހަރަކާތްތަކެވެ. މިހުރިހާ ކަމެއްގައި އެންމެ އިސްކޮށް އަހަންނާއި އުޅެން ޖެހެއެވެ. ދެން ވާނީވެސް އެހެން ތާއެވެ. އަހަންނަކީ މަޑުން ހުންނަން ބޭނުންވާ މީހެއް ނޫނެވެ. ވަގުތު ވިއްޔާ ހުރިހާ ޙަރަކާތެއްގައި ބައިވެރިވަމެވެ. ނުވިތާކަށް އެންމެ ފަހުން ކުރިކެޓްގައިވެސް ބައިވެރިވީމެވެ. އަހަރެންގެ މައިންބަފައިންނަށް ބޭންޑަށްވުރެ ކްރިކެޓް ރަނގަޅުވީމައެވެ. އަހަންނަށް ހެވެވެ.

އަހަރެން ދެކޭގޮތުގައި ތަޢުލީމާއި އެއްވަރަށް އެހެނިހެން ޙަރަކާތް ތަކުގައިވެސް ބައިވެރިވާން ޖެހޭނެއެވެ. އަނެއްކޮޅުން އަބަދު ގޭތެރޭގައި އުޅުމަކީ އަހަންނަށް މާމޮޅު ގޮތެއް ނޫނެވެ. ކޮންމެވެސް ވަރަކަށް އިތުރު ޙަރަކާތްތަކުގައި ބައިވެރިވާން ޖެހޭނެއެވެ. އެކަމުގެ ސަބަބުން ޢަމަލީ މައިދާނަށް ނިކުންނައިރު ފައިދާ ވާނެކަން އަހަންނަށް ވިސްނެއެވެ. ހަޤީޤަތުގައި ސްކޫލުތަކުގެ އިތުރު ޙަރަކާތްތަކުގެ ބޭނުމަކީ އެއީއެވެ.

އަހަންނަށް ވިސްނެނީ ދެން ހަދާނެ ގޮތަކާއި މެދުގައެވެ. ޔަޤީނުންވެސް އިތުރަށް ކިޔެވުމަކީ އަހަރެންގެ އުންމީދެވެ. ދެން އޮތީ އެކަމަށް ފައިނެގުމެވެ. ބުނާތީ އަޑުއަނހަމެވެ. ގޮތެއް އޮންނާނެއެވެ. އުންމީދުގައި މަސައްކަތް ކުރާ އިންސާނަކަށް ގޮތެއް ހުހެއް ނުވާނެވެ. މަސައްކަތް ކުރުމުން ކޮންމެކަމެއްވެސް ޙާޞިލުވާނެއެވެ. އެކަން އެންމެ ރަނގަޅަށް އަހަންނަށްވެސް އެނގެއެވެ. ސްކޫލުގެ ގިނަ މުބާރާތްތަކުން އެއްވަނަ ލިބުނީވެސް އެ ނިޔަތުގައި މަސައްކަތް ކުރުމުންނެވެ.

” ކީއްކުރަނީތަ؟ ހިނގާ ބަލަ ދިމާކޮށްލަން؟” އަހަންނަށް ގުޅީ އަހަރެން އެންމެ އަޑުއަހަން ބޭނުންވާ މީހާއެވެ.

” ވަރަށް ވަރުބަލި. ފަހުންދޯ.” އަހަރެން ވަރުބަލި އަޑަކުން ބުނީމެވެ.

” އެކަމަކު ބުނާނޭ ރޯޒީއާއި ދިމާކުރާކަށް ވަކި ގަޑިއެއް ނޯންނާނޭ.. ކޮންތާކު މިހާރު މިޖެހުނީ.” ރޯޒީ ސަމާސާ ރާގެއްގައި ބުނެލިއެވެ.

” މިގަޑީގަ ވިސްނަނީ؟ ވިސްނަނީ؟” އަހަރެން އަވަސް އަވަހަށް ބުނީމެވެ.

” ކޮންކަމަކާ؟ ދުރުކޮށްލަންތަ އަހަރުމެން؟ އަދި ކިރިޔާ މިދިޔަ ހަފްތާގަ ސްކޫލު މިނިމުނީ. ހާދަ އަވަހަކަށް ތި ބީރައްޓެހިވީ.. އާ ވީ ސްޓްރޭންޖާސް.” ހައިރާންކަން އެކުލެވިގެންވާ ރާގެއްގައި ރޯޒީ ބުނެލިއެވެ.

” ނޯ ނެވަރ. ކުޑަކޮށް ރެޑީވެގެން އެބަގުޅަން.” އަހަރެން ފޯން ބާއްވަމުން ބުނީމެވެ.

އެއީ ރޯޒީއެވެ. އަސްލު ނަމެއްނޫނެވެ. އަހަރެން ލޯބިން އޭނައަށް ކިޔަނީ އެނަމެވެ. ރޯޒީ ގުޅާފައި ބައްދަލުކުރަން ބުނުމުން ބައްދަލު ނުކޮށެއްނުވާނެއެވެ. އެއީ ރޯޒީއެވެ. އަހަންނާއި ރޯޒީ އަކީ އެއް ސުކޫލެއްގައި ތަޢުލީމް ޙާޞިލުކުރި ދެކުދިންނެވެ. އިއްތިފާޤުން ޖަމާލުއްދީން ގްރޭޑް އެކެއް އިން ފަހަކަށް އަހަރެމެން ދެމީހުން އުޅުނީ އެއް ކުލާހެއްގައެވެ. ރޯޒީ އަކީ މަޖާ މިޒާޖެއްގެ ކުއްޖެކެވެ. ކަންކަމާއި ސީރިއަސް ކަމެއް ނުހުންނާނެއެވެ. ހިތަށް އަރާ ކޮންމެ ކަމެއްވެސް ކޮށްލަފާނެއެވެ. މަޖާ ކުރަން ހަދައިގެން ގްރޭޑް ދޭއްގައި އަހަރެންގެ އަތަށް ފަންސުރު ހަރާލި ތަނުގެ ލަކުނު އަދިވެސް އެބަހުއްޓެވެ.

ރޯޒީ އަކީ ޚާއްޞަ ކުއްޖެކެވެ. ކިތަންމެ ވަރަކަށް ސަކަރާތް ޖެހިޔަސް މުޅި ކުލާހުން އެއްވަނަ ހޯދާނެއެވެ. ރޯޒީ އަކީ ހިތްއަލި ކިޔަވަން މޮޅު ކުއްޖެކެވެ. ޙަޤީޤަތުގައި މިހާތަނަށްވެސް އަހަރުމެންގެ ރައްޓެހިކަން ދެމި އޮތީ އެހެން ވެގެންނެވެ. އަނެއްކޮޅުން ރޯޒީ އަހަންނަށް އެހާ ވަރަށް ޖެއްސުން ކުރާނެއެވެ. ގްރޭޑް ތިނެއް ހަތަރެއް ފަހެއްގައި ކިޔަވަމުން ދިޔައިރު، ރޯޒީ އަހަންނާއި ސަމާސާ ނުކުރާ ދުވަހެއް މަދުވާނެއެވެ.

ޓީޗަރު ނުހުންނަ ގަޑި ބަލާފައި އަހަރެންގެ ކޮލުގައި ކޮށްޓާލާނެއެވެ. ބޯ ހާވާލާނެއެވެ. އަހަރެންވެސް އެކަހަލަ ކުދި ކުދި ސަމާސާ ރޯޒީއާއި ކުރަމެވެ. އެއީ އެދުވަހެވެ. އޭރު އެއީ ކުޑަކުދިންނެވެ. ކުޑަކުޑިން އުޅޭނީ އެހެންނޫން ހެއްޔެވެ؟ ބައެއް ފަހަރު ޓީޗަރަށްވެސް އެމަންޒަރު ފެނިފައި އެބަހުއްޓެވެ. ގިނަ ފަހަރަށް ބަސްޓްވަނީ އަހަންނެވެ. އެހެންވެ ގްރޭޑް ފަހެއްގައި އުޅުނު އިރު އިސްލާމް ގަޑީގައި އަހަރެން ކުލާހުން ބޭރަށްލާން ޖެހުނީވެސް ރޯޒީއާއި ހެދިއެވެ. އަހަރެން ދެރައެއް ނުވެއެވެ. ރޯޒީ އެކަމާއި ވަރަށް ދެރަވެގެން ރުއިކަން އަހަންނަށް އެގުނީ ފަހުން ނަހުމާ ބުނީމައެވެ. ނަހުމާ އަކީ ރޯޒީއާއި ޖެހިގެން ދެން އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެވެ.

” ކޮބާތަ؟ ހާދަ ލަހޭ؟” ރޯޒީ އަނެއްކާ ގުޅާފައި ބުނެލިއެވެ.

” ދީ ފަނަރަ މިނިޓް.” އަހަރެން އަވަސް އަވަހަށް ބުނީމެވެ.

” އޯކޭ. އަވަސް ކުރާތި؟” ކުޑަކޮށް އަމުރުވެރި ރާގެއްގައި ރޯޒީ ބުނެލިއެވެ.

=ނުނިމޭ=

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

GOLDENPEN0555

Level 110 Stories

Other Articles

Previous

އެސް.އެމް.އެސް. (2)

Next

ޝުދޫ*******(12)ވަނަބައި

Next
August 2, 2015

ޝުދޫ*******(12)ވަނަބައި

Previews
August 1, 2015

އެސް.އެމް.އެސް. (2)

13 Comments!

  1. Shaha says:
    August 1, 2015 at 11:14 pm

    V v v v v. Reethi mi vaahaka vs….. Waiting 4 next part….

  2. ken says:
    August 1, 2015 at 11:30 pm

    Kuriyah huri parts thah ves reethi vaane kamah heekuran…n medhu nukendi update kuraanekamah ummeedhu kuran…? good luck?

  3. Shaan says:
    August 2, 2015 at 1:55 am

    Nice.

  4. Rambey says:
    August 2, 2015 at 9:08 am

    Adhi v Reethi

  5. bbbb says:
    August 2, 2015 at 12:37 pm

    nice..(y)

  6. mine says:
    August 2, 2015 at 2:47 pm

    Weekly kohvex update koffiyaa v best massala akey baeh vaahaka thah vaki varakun huttalaathy..anyway vaahaka v reethi..

  7. shine says:
    August 2, 2015 at 3:09 pm

    nice

  8. liu says:
    August 2, 2015 at 3:11 pm

    ehvaahaka nimunyymaa ehen vaahakaeh liun feney

  9. shasha says:
    August 2, 2015 at 3:19 pm

    nice..keep it up

  10. suha says:
    August 2, 2015 at 10:34 pm

    Heevane reethi vaanehen. Abaan e ee v reethi nameh.

  11. mary says:
    August 2, 2015 at 11:59 pm

    Abaan ge name reethi viyyaa vaahaka salhi vaanekamah ummeedh kuran

  12. Zaar says:
    August 3, 2015 at 12:52 am

    varah reeti

  13. Na says:
    August 7, 2015 at 9:01 am

    Wow, roxy ge first part nukiyan kuriyakun. Ekamu miadhu 2nd part up kureema balaala iru mee magey favourite Abaan ge story eh. Ehenve 1st part ves hoadhaigen mi kiyaaly. Abaan haadha haadha molhey

Comments are closed.

Next Episodeރޯޒީ ***** (2)←


All Right Reserved!