Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު 42

darkangel
August 2, 2015
3 Mins Read
35 Comments

“ޒަޔާން އަހަރެން މިތަނުން ގެންދޭ، މިހާރު މިވަގުތު އަހަރެން މިތަނުން ގެންދޭ ޕްލީޒް، އިތުރަކަށް އަހަންނަކަށް ކެތެއްނުވާނެ، ރާއިން….. ރާއިން ގާތު އަހަރެން އެދުނީ ހަމައެކަނި އަހަރެންދެކެ އެންމެ ފަހަރަކު ލޯބިވެޔޭ ބުނެދިނުމަށް، އެކަމް އޭނަ ނުބުނި، އައި ބެގްޑް ހިމް، ބަޓް ހީ ޑިޑިންޓް… އޯލް ހީސެޑްވޯޒް ހީއިޒް ގޮއިންގ ޓްމެރީހާ، ޒަޔާން ބުނީމެއްނު އޭނަ އަންނާނޭ، އޭނައަށް ނުބުނެވުނު އަހަރެންދެކެ ލޯބިވެޔޭވެސް…. ޕްލީޒް އަހަރެން މިތަނުން ގެންދޭ، އައި ބެގް ޔޫ، ޒަޔާން ބުނީމެއްނު އަހަރެން ބުނާ ކޮންމެ ކަމެއް ކޮށްދޭނަމޭ…” ޒަޔާންގެ ގައިގައި ބައްދައިގެން ހުރެ ޒާޔާ ވާހަކަ ދައްކަމުންދިޔައީ ރޮމުންނެވެ.

“ޒާ ހަމަޖެހިބަ، އެހަށް ހުއްޓާލަބަ…”ޒަޔާން ޒާޔާ ހމައަކަށް އެޅުވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ޔާނާގާތުގައި ފެންތައްޓެއް ދޭށޭ އެދެމުން ޒާޔާ އެނދުގައި ބޭންދިއެވެ.

“ފެން ފޮދެއް ބޯލާފަ ހަމަޖެހިބަ” ޒާޔާއަތަށް ފެންތަށިދެމުން ޒަޔާން ބުނެލިއެވެ.

“އަހަރެން ބޭނުމީ މިތަނުން ދާން، ރާއިންގެ ކުރިމަތިންދާން، ދައްތަގެ ކުރިމަތިން، ރާއިން ދެންނާންނާނެ…. ހީއިޒް ގޯން” ޒަޔާންގެ އެދުމަށް ފެންފޮދެއް ބޯލުމަށްފަހު އަނެއްކާވެސް ޒާޔާ ކިޔަންފެށިއެވެ.

“ޒާ އަހަރެން ޕްރޮމިސް ކުރިންދޯ ޒާގެ ލޯބި ޒާއަށް ހޯދަދޭނަންކަން، ޕްލީޒް ޒަޔާންއަށް އެންމެ ފަހަރަކު ޓްރަސްޓްކޮށްފާނަންތަ…” ޒާޔާގެ މޫނުފޮހެދެމުން ޒަޔާން ވާހަކަ ދެއްކިއެވެ. ނަމަވެސް ޒާޔާ ތަކުރާރުކޮށް ބުނަމުން ދިޔައީ އެއްވާހަކައެކެވެ. އޭނަ އެވަގުތު އެގެއެއިން ދާން ބޭނުންވާހަކައެވެ. އަދި ވީއެންމެ އަވަހަކަށް ރާއްޖެ ދާން ބޭނުންވާހަކައެވެ.

“ޒާ މިވަގުތު ކިހިނެތްތަ ޓިކެޓާ ހުރިހާ އެއްޗެއް ހަމަޖައްސާނީ، އަންޑަސްޓޭންޑްވެބަ ޕްލީޒް” އެންމެފަހުން ހިތްހަމަނުޖެހިގެން ޒަޔާންއަށް ބުނެވުނެވެ. ޔާނާވެސް ހުރީ މިކަމާ ބޯގޮވާފައެވެ. ޒާޔާއަށް ވާނެވަރު އެދެމީހުންނަށްވެސް އެނގެއެވެ. ނަމަވެސް އެވަގުތު ޒާޔާ އެއެދޭ ގޮތަށް ކަންތައް ކުރާނީ ކިހިނެތް ހެއްޔެވެ؟

“އަހަރެން ބޭނުމެއްނޫން އަންޑަސްޓޭންޑްވާކަށް، ޒަޔާންއަށް އަހަރެން މިތަނުން މިހާރު ނުގެންދެވެންޏާ އަހަރެން އެކަނި ހިނގައިދާނަން….” ޒާޔާވެސް ވީ ރުޅީގަދައެވެ. ކޮޓަރިން ނުކުންނަން ހިނގައިގަތުމުން އަވަހަށް ކޮންމެވެސް އެއްޗެކޭ ކިޔައިގެން ޒަޔާން އޭނަ މަޑުކުރުވިއެވެ.

“ޒަޔާން ފްރެންޑެއްގެ ގޭގަ ނޫނީ ފެމެލީ މީހެއްގެ ގާތު ނުބެހެއްޓޭނެތަ، ދެން މާދަމާ ހަމަޖެހިގެން ބަލާނީ ޓިކެޓް ލިބޭތޯ، އަހަރެންގެ ފޮރެންޑެއްވެސް ހުންނާނެ މިކޮޅުގަ، އެގޭގަވެސް ބެހެއްޓިދާނެ، އޭރުން ސުވާލުކުރާނެ މީހަކުވެސް ނުހުންނާނެ،” ޔާނާ ހިޔާލެއް ހުށަހެޅިއެވެ. ޒަޔާން އެދުނީ ޔާނާގެ ރައްޓެއްސަކަށް ގުޅައިގެން އެގޭގައި ހުރުމުގެ އިންތިޒާމު ހަމަޖެއްސުމަށެވެ. އޭނަގެ އާއިލާ މީހެއްގެ ގޭގައި ބަހައްޓައިފިނަމަ ސުވާލުތައް ކުރިމަތިވާނެތީއެވެ. ޔާނާ ފޯނުނަގައިގެން ގުޅަން ފެށުމުން އޭނަ ޒާޔާގާތުގައި ތައްޔާރުވެލުމަށް ބުންޏެވެ.

“ޒަޔާންވެސް ދާން ވީނުން ޒާޔާއާއެކު، ހެލްޕެއްވެސް ބޭނުންވެދާނެ، އަހަރެންވެސް މިދަނީ ގުޅާފަ،” ޒާޔާ ނުކުމެގެންދިޔަތަން ބަލަންހުރެފައި ޔާނާބުނެލިއެވެ. ޒަޔާންއަށްވެސް އެއީ ރަނގަޅުގޮތެއްކަމަށް ވިސްނާ ޒާޔާގެ ކޮޓަރިއާދިމާއަށް ހިނގައިގަތެވެ. ޔާނާ ހުރީ ޒާޔާ ހީކޮސްގެން ހުންނާނެ އެއްޗަކާމެދު ވިސްނާށެވެ. ކޮންމެ ގޮތެއްވިޔަސް މިހާރު ޒާޔާއަށް ހީވެފައި އޮންނާނީ އަދިވެސް އޭނައާ ރާއިންގެ ކައިވެނި ކުރެވޭނެ ކަމަށެވެ. އެވާހަކަތައް ކިޔާދެވެނީވެސް ޒާޔާ ހަމަޖެހިގެންނޫންހެއްޔެވެ؟

ޒާޔާގެ ކޮޓަރިއަށްވަތް ޒަޔާންއަށް ލިބުނީ ހައިރާންކަމެކެވެ. ޒާޔާހުރީ މާކުރީއްސުރެ އެއްޗެހިވެސް ޕެކްކޮށްފައެވެ. ޒަޔާންއަށް މަޑުމަޑުން ޒާޔާގެ ނަން ކިޔާލެވުނެވެ.

“އަހަރެން ބޭނުމީ މިހާރު މިވަގުތުވެސް ދާން، އަހަރެން މިހުރީ ރެޑީވެގެން” ސޫޓްކޭސް ކައިރީގައި ހުއްޓި އަތްދަބަސް ކޮނޑުގައި އަޅާލަމުން ޒާޔާ ބުނެލިއެވެ.

“ޒާ ހަމަޖެހިބަ، މޫނު ދޮވެލާ ރީތިވެބަ، ޒާ ބޭނުންވޮގޮތަށް މިކަންތައް ކޮށްދެނީ، ޕްލީޒް، އަހަންނަށްޓަކާ ދެން އެވަރުގެ ކަމެއްވެސް ނުކުރެވޭނެތަ” ޒާޔާގެ އަތުން އަތްދަބަސް ނަގާފައި އެނދުގައި ބާއްވަމުން ޒާޔާގެ މޫނުގައި ހިފާލަމުން ޒަޔާން ބުނެލިއެވެ. ޒާޔާ ފާޙާނައަށް ވަނީވެސް ޒަޔާން ދެވަނަފަހަރަށް ބުނުމުންނެވެ. ދޮރުމަތީގައިހުރި ޔާނާއަށް މިމަންޒަރުފެނިފައި ހިތުގައި ރިއްސާލިއެވެ. ނަމަވެސް ހިތަށް ވިސްނަދިނީ ޒަޔާންގެ ދިރިއުޅުމަށް އަންނަން ނިންމީ ޒާޔާއަކީވެސް އެދިރިއުޅުމުގެ ހިއްސާއެއްކަން އެނގިހުރެންކަން ހަނދާންކޮށްދެމުންނެވެ. ޔާނާހުރިގޮތްފެނުމުން ޒަޔާންއަށް ވީގޮތް އެނގުނުނަމަވެސް އެއްޗެކޭ ނުބުނެއެވެ.

“ގެ ހަމަޖެހިއްޖެ، މިގަޑީގައި އަޔަސް އޯކޭއޯ، ދާންވީނުން” ކޮޓަރިތެރެއަށް ވަންނަމުން ޔާނާ ބުނެލިއެވެ.

“ތެންކްސް….” ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިކުރަމުން ޒަޔާން ބުނެލިއެވެ.

“ޝުކުރު އަދާކުރާވަރުގެ ކަމެއް ނޫނެއްނު އެއީ…” އިސްޖަހާލައިގެން ހުރެ ޔާނާވެސް އިއްވާލިއެވެ.

ޒާޔާ ފާޙާނައިން ނުކުތުމުން ގެހަމަޖެހުނު ވާހަކަ ބުނެފައި ތިންމީހުން އެކީ ކޮޓަރިން ނުކުތެވެ. ގޭތެރޭގައި އެވަގުތު މީހަކުވެސް ނޫޅޭކަން ނަސީބޭ ޒަޔާން ހިތާހިތުން ކިޔާލިއެވެ. ނޫންނަމަ އަނެއްކާ ކުރިމަތިވާނީ އަނެއް ކަންތަކެވެ. ޒާޔާ ކާރުގެ ފަހަތަށް އެރުމުން ޔާނާ ކުރީގައި އިށިއިނދެލިއެވެ. ގެހުންނަތަން ކިޔައިދޭންފެށުމުން ޒަޔާން ކާރުދުއްވާލިއެވެ. ބޭރުބަލަހައްޓައިގެން އިން ޒާޔާއިނީ އަދިވެސް ރޮވިފައެވެ. މިހާރު އޭނަ އެހުރީ ހުރިހާކަމަކުން އުންމީދު ކަނޑާލައިގެނެވެ. ދެން އިތުރަށް ރާއިންގެ ފަރާތުން އެއްވެސް ކަމަކަށް އޭނަ އުންމީދެއް ނުކުރާނެއެވެ. ބައިގަޑިއިރެއްހާއިރުގެ ދަތުރަކަށްފަހު އެމީހުންގެ މަންޒިލަށްއާދެވުނެވެ. އޭރު ޔާނާގެ ރަހުމަތްތެރިޔާ އަދި އޭނަގެ ފިރިމީހާއާއި ދެމީހުން ދޮރުމަތީގައި މަޑުކޮށްލައިގެން ތިއްބެވެ. ދެދުވަހެއްގެ ތެރޭގައި ޒާޔާ ބަލާއަންނާނެ ކަމަށްބުނެފައި ޝުކުރުއަދާކޮށްފައި އެދެމީހުން ގެއާދިމާއަށް މިޝްރާބުޖެހިއެވެ.

އައިގޮތެކޭ އެއްފަދައިން ދެންވެސް ކާރުތެރެއަށް ވެރިވެފައި އޮތީ ހަމަހިމޭންކަމެވެ. ނަމަވެސް ޒަޔާންއަށް އެގޮތް ބޭޏުމެއް ނުވިއެވެ. ކޮންމެގޮތެއްވިޔަސް އެދެމީހުން ދައްކަން ފަށާފައިއޮތްވާހަކަ އޮތީ ނުނިމިއެވެ. ޒަޔާން ބޭނުންވީ އެވާހަކަ ކުރިއަށް ގެންދާށެވެ. ނޫނީ އޭނައަށް ބޮޑަށް މުހިންމީ ޒާޔާއޭ ޔާނާއަށް ހީވެދާނެތީއެވެ. މަގުގެ އެއްފަރާތަކަށް ކާރު ދުއްވާލުމަށްފަހު އޭނަ ކާރުޕާކުކޮށްލިއެވެ. މީހުން މާގިނައިން ނޫޅޭ ހިސަބަކަށްވެފައި ދަންވަރުގެ ވަގުތުކަމުން މަދު ދުއްވާއެއްޗެއް ނޫނީ ނުދެއެވެ. އިސްޖަހައިގެން ފޯނާ ކުޅެންއިން ޔާނާ ބަލާލީވެސް ދެނެވެ. އޭރު ސީޓުގައި ހަށިގަނޑުދަމާލައިގެން ޔާނާއަށް ބަލަހައްޓައިގެން ޒަޔާން އިނެވެ. ޒަޔާން އެގޮތަށް ބަލަހައްޓައިގެން އިންތަން ފެނުމުން ޔާނާއަނެއްކާވެސް އިސްޖަހާލިއެވެ. މިވަގުތު އޭނަގެ ހިތުގައިވަނީ އެންމެ ސުވާލެކެވެ. ޒާޔާ އެނބުރި ޒަޔާންގެ ހަޔާތަށް އަންނަން ވިސްނައިފިނަމަ ދެން ޒަޔާން ކަންތައް ކުރާނީ ކިހިނެތް ހެއްޔެވެ؟

“ޔާނާގެ ހިތުގައި ތިއޮތްއެއްޗެއް އަހަންނާ ހިއްސާކޮށްބަ، އަހަރެން ރުޅިއެއް ނާންނާނަމޭ”އިންގޮތަށް އިނދެ ޒަޔާން ބުނެލިއެވެ.

“ޒާޔާ އެނބުރި ޒަޔާންގެ ލައިފްއަށް އަންނަން ބޭނުންވެއްޖެއްޔާ…..އޭރުން ކިހިނެތް ހަދާނީ…އޭރުން….” ޔާނާ ބުނަން އުޅުނު ޖުމްލަ ފުރިހަމަކުރެވުނީ ދެތިންފަހަރު ފަށައިގެންނެވެ. އެސުވާލުކޮށްލުމަށްފަހު ތުންފަތުގައި ދަތް އަޅާލުމަށްފަހު ބޭރުބަލައިލީ ކުރެވުނު ސުވާލަކީ މޮޔަ ސުވާލެކޭ ހިތާއެވެ. ނަމަވެސް އޭނައަށް ހައިރާންކަމެއް ގެނުވީ ޒަޔާންގެ މަޑުހުނުމުގެ އަޑެވެ. ޒަޔާންއާ ދިމާ ބަލަހައްޓައިގެން އިންދާ އޭނަ ވާހަކަ ދައްކަން ފެށިއެވެ.

“ޔާނާއަށް ހަމަ ހީވޭތަ އޭނަ އަންނާނެހެން، އައި ޑޯންޓް ތިންކްސޯ” ޒަޔާން ބުނެލީ މަޑުމަޑުންނެވެ.

“އަހަންނަށް މިހާރުވިސްނިއްޖެ، އެމް ނޮޓްދި ވަން ފޯރ ހާ” ޔާނާއާ ދިމާއަށް ބަލާލުމަށްފަހު މައުނަވީގޮތަކަށް ޒަޔާން ބުނެލިއެވެ. ޔާނާ ވިސްނާލިއެވެ. ވަގުތަކީ ޒަޔާންއަށް ޖަވާބުދޭން އެންމެ ފުރިހަމަ ވަގުތެވެ. އާއެކޭ ބުނާށޭ އޭނަގެ ހިތުން ގޮވާލިކަހަލައެވެ. ނަމަވެސް މިފަހަރުވެސް ހާލަތު އޭނައާ ދެކޮޅުވީއެވެ. އެވާހަކައަށް ހުއްޓުމެއް ގެންނަން ޖެހުނީ ޒަޔާންގެ ފޯނަށް އައި ކޯލަކުންނެވެ. ވާހަކަ ދެއްކިގޮތުން ކަމެއް ވަރަށް ގޯސްވިކަން ޔާނާއަށް ނަގައިގަނެވުނެވެ. ހިތުގައި ބުރަކަމެއް ނުބޭއްވޭތޯ މަސައްކަތް ކުރަމުން އޭނަ ދިޔައެވެ. ފޯނު ބޭއްވިގޮތަށް ޒަޔާން ކާރު ބާރު ސްޕީޑުގައި ދުއްވާލިއެވެ. ޔާނާއަށް އެއްޗެކޭ އަހަންވެސް ނުކެރުނީ ޒަޔާންވެސް އެއްވެސް އެއްޗެކޭ ނުބުނެ އިނުމުންނެވެ.

54
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

darkangel

Other Articles

Previous

ނާއީ….. (1) ވަނަބައި

Next

ކޮންމެވެސް އެއް ދުވަހަކުން*******

Next
August 3, 2015

ކޮންމެވެސް އެއް ދުވަހަކުން*******

Previews
August 2, 2015

ނާއީ….. (1) ވަނަބައި

35 Comments

  1. darkangle says:
    August 2, 2015 at 11:51 pm

    sorry guys kury ep ga liyevifa innany 40th, actually that is 41st, sorry for the mistake, n thank you inthixar kura hithun stry ah inthixar kuri n story kiyi kuriha kudhinnavves. gud nyt.

  2. ummi says:
    August 3, 2015 at 12:01 am

    Haadha kurukosheyy .. ehaa dhuvas fahun up kuri iruvess

  3. sadh says:
    August 3, 2015 at 12:06 am

    Subboo. Eha lahun eha kurukon. Alhe this is out of my tolerance for sure. Alhe please thihen nuhadha. Eha kiya hithun indha dhe folhivathun thi ninmaalee. Adhi eves eha dhuvas koffa :/ v v dissapointing

  4. Me says:
    August 3, 2015 at 12:12 am

    Maa kuri… Kuri dhigu inthizaaraa alhaa balaafa maayood vaa varah kuru 🙁

  5. nqc says:
    August 3, 2015 at 12:28 am

    Dhn mivaahaka ninmaalamvynu… Hama dhigu dhanmany e … Upvany ehaa lahun adhi eves ethi fukeh… Hyvany jessumeh kuraahn

  6. Someone says:
    August 3, 2015 at 12:33 am

    shudhoo….. vaahaka liyun huhtaalyma shudhoo kihineh mi vaahaka kiyaani.. aslu thiha rulhi asfa comment thikureveni vaahaka reethive kiyaa hiyyvathy… liyaa myha liyunas kiyan beynun nuva myhaku nukima vynu balaa ah nugovaa.. mikan kuran feshima ingeyny mi kiyaa vagutheh heydhakuranjehey kamehkan.. aharemen nahtakaa bayaku ivarukohdheykan vex ragalhu dhw.. myhun kura masahkathah thauryf kuran dhaskohbala.. story v naice.. keep it up

  7. Anonymous says:
    August 3, 2015 at 6:10 am

    Nice

  8. Rausher says:
    August 3, 2015 at 6:12 am

    Waiting 4 next part 🙂

  9. Ali says:
    August 3, 2015 at 6:41 am

    Mihaaru mivaahaka Varah hadi kiyaa hivvagotheh nuhurey

  10. Fancy says:
    August 3, 2015 at 6:54 am

    Enme salhi thankolhun vaahaka ninmaaly….v kiyaa hithun huhtaa vaahaka nimihje

    Wating for next part

  11. Fancy says:
    August 3, 2015 at 6:57 am

    Anyway…..v nice mi part vs <3

    Waiting for next part

  12. neel says:
    August 3, 2015 at 7:21 am

    Varah hadi hama dhigu dhanmany

  13. emiliya says:
    August 3, 2015 at 7:30 am

    Waiting for the next part ………..gorgeous…………… ♡♥♡

    1. Eeen says:
      August 3, 2015 at 7:58 am

      Waiting for the next part. Kon irakun tha ebai genesdheyny pls thankolheh avas koh dheebala

  14. cherish says:
    August 3, 2015 at 8:24 am

    Reethi…mi story ah inthixaaru kiaathy tha mihaa inthixaaru thi kuruani….thihen hadhaathy v foohi..

  15. ifaa says:
    August 3, 2015 at 8:30 am

    alhey eyoh interesting koh kiyan indhaa nimaaly dhr..im surprised ehaa duvas kohfa vx ehaa kurukoh genesdinyma..v sad vehje 🙁

  16. ainyyy says:
    August 3, 2015 at 9:23 am

    Vaahaka reethiii… ekamaku midhen boduvaru dho…. ehaa varah inthizaaaru kuruvaa eba raain ah zaaya inthizaaru kuruvaa varah…. mihaa dhuvas koffa update kuraa iru miahvure dhigu kollan vejje kanneyge…. vaahaka rythi v ma kiyaahithun mihaavarah beleniiives

  17. hajja says:
    August 3, 2015 at 9:29 am

    Vaahaka varah reethi…ekam vaahaka up kurumugai konmmeves gavaidheh gengulheba…dhe dhuvahun edhdhuhu up koffa anekka hafthaayaku edhdhu up koffa mahaku effaharah badhal vaathy varah foohubey…

  18. Hajja says:
    August 3, 2015 at 10:05 am

    Nyc ekam haadhakureyyy miparrt??

  19. Ekkala ayya says:
    August 3, 2015 at 12:08 pm

    Dark angel ge fb id libidhane tha?

  20. Mimmi says:
    August 3, 2015 at 12:28 pm

    V nyc mi story..keep it up:-)

  21. shau says:
    August 3, 2015 at 1:51 pm

    Mi vaahaka kiyaa hithun dhe iru kaa beyheh hen eba balan up vefa huritho ekam vaahaka up kolli iru ves 2 folhuvai… dhn eba jehey vaahaka genesdheyn vaki dhuvaheh ninman

  22. nukko says:
    August 3, 2015 at 2:01 pm

    Rythi ekm kuru v ma fake…… nukko v dhera vefa mihuryy.. ehaa las up kuraaleh…. rulhi….. :’-( :’-( :’-( :’-(

  23. Shabee says:
    August 3, 2015 at 2:09 pm

    Maa kutu thihaa dhuvas fahun up kuranyaa jeheyne djw dhigu kh up kuran… dhen ok anehen… not bad 😀

  24. i says:
    August 3, 2015 at 2:11 pm

    Dhn alhey ehaa dhuvahu bala balaafa up vi iruga mi iny kuda thankolheh… thankolheh ginain liyahchey dhn…. n do upload REALLY SOON!!!!!!!

  25. shaan says:
    August 3, 2015 at 2:42 pm

    Nice

  26. Shaan says:
    August 3, 2015 at 2:44 pm

    Mi story varah salhi. Ekam daily koh up nuvaathy problm aky. 2or 3 days in part eh up kurevey tho balaaba. Mashah hyvany eyrun kiyuntherin ge faraathun hiyhama jehey balaalan reethi comment libeyne hen. If i were rude , sorr, nd m really unpatient?

    1. Shaan says:
      August 3, 2015 at 2:45 pm

      *sorry

    2. Shaan says:
      August 3, 2015 at 2:45 pm

      *sorry
      .

    3. Anonymous says:
      August 3, 2015 at 3:00 pm
  27. liu says:
    August 3, 2015 at 2:59 pm

    plsssssssssssss nextpartavahah up kohdheeebaaaaaaaaaaaaaaaaaaaaaaaaaaaa….vvvvvvvvvvvv kuru

  28. marsha says:
    August 3, 2015 at 5:21 pm

    Anekkaavess dhigu inthixaarehtha? But plx make next ep longer, engey rythi vaanekan, ekamuves compkain kureveny las vaathy, mifaharu avas kohdheynan dho dark angle? Story veerrrrrrryyyyyy nice, as always…

  29. me says:
    August 3, 2015 at 8:12 pm

    alhe mihaa dhuvas fahun genes din iruvx vaahaka haadha kurey!!! next part avahah up koh dheythi higey!!! anyways mipartvx reethi…

  30. MYSCHIC says:
    August 4, 2015 at 3:12 pm

    mi story me kon irakun update kuraa ehcheh tha … aharaku eh faharu meethi update thi kurany . kiyuntherin vess mihaaru foohi vaa hisaabah gossi .

  31. me says:
    August 4, 2015 at 6:07 pm

    dhen kniraku tha next part up kurane????

Comments are closed.

All Right Reserved!