Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ނާމާނޭ…9

PluviophileNyctophilia Level 110 Stories
July 30, 2015 4 Mins Read
10 Comments

ތޯމަސް ޖޭޑެނާ އަރާ ހަމަވެފައި އެޑެމް ވީކޮންތާކުތޯ އެއްސެވެ. ޖޭޑެން ބުނިގޮތުގައި މުދީރު ކްރިސްޓޮފަރ ވިދާޅުވެގެން، އެޑެމްވީ އޮފީހަށް ގޮހެވެ. ތޯމަސްގެ ހިތަށް ނޭނގޭ ގޮތްތަކެއް ވިއެވެ. ރައްދެއްވެސް ނުދީ ދުވެފައި ކަހަލަ ގޮތަކަށް އެތަނުން ނިކުމެގެން ދިޔުމުން ޖޭޑެނަށް ކަމެއް ގޯސްވެއްޖެކަން ނަގައިގަނެވުނެވެ. *******

ތޯމަސަށް އޮފީހާ ހަމައަށް ދެވުނުއިރު އެޑެމް އެތާ ދޮރު ކުރިމަތީގައި ހުއްޓެވެ. އެޑެމްގެ މާޔޫސްވެފައިވާ މޫނާއި ފެންކަޅިވެފައިވި ދެލޯ ފެނުމުން ތޯމަސަށް އުނދަގޫވިއެވެ.
“އެޑެމް، ކިހިނެއްތަވީ؟ ކީކޭތަ ކްރިސްޓޮފަރ ވިދާޅުވީ؟” ތޯމަސް ސުވާލުކުރިއެވެ.
އެޑެމް ދިއްކޮށްލީ ފާޑެއްގެ ގަނޑެކެވެ. ތޯމަސް އެގަނޑު ނަގާ، ކިޔަން ފެށިއެވެ. އޭނާގެ މޫނަށް އެއްފަހަރާ އެތައް ކުލަވަރެއް ވެރިވެގެން ދިޔައެވެ.
“މީ ކިހިނެއްވާނެ ކަމެއް؟ އެޑެމް! ކަލޭ އެކަހަލަ ކަމެއް ނުކުރާނެ. ވީއިރު ހަމައެކަނި ލާރާގެ ބަހަށް ބުރަވެފަ ބޭއިންސާފުން މިފަދަ ނިންމުމެއް ނުނިންމޭނެ. ވިސްނާލަބަލަ! އެޑެމްގެ އަބުރޭ! އަނެއްކޮޅުން މަޤާމް! އަދި އެވަރުން ނުފުދިގެން އަޚްލާޤު ހިސާބަށްވުރެ ގޯސްވެއްޖެކަމަށް ކަނޑައަޅާ މީހެއްގެ ފުރާނަ ދުއްވާލަން އުޅުނު ކަމަށް ނިންމާފަ މިއޮތީ. މީ ކޮންކަހަލަ އިންސާފެއް؟؟ އަހަނ، ބަލާބަލަ! ސްކޫލުންވެސް ވަކިކޮށްފަ! އެންމެ މީހެއްގެ ބަހަށް ބުރަވެ މިހުރިހާ ކަމެއް ނިންމޭނެހޭ މަގޭ ސުވާލަކީ؟؟” ތޯމަސް ބުންޏެވެ. އޭނާ ގޮތްހުސްވެފައިވާ ކަހަލައެވެ. އެޑެމްގެ މޫނުންވެސް ފެންނަނީ އެފަދަ ކުލަވަރެކެވެ.
“ތޯމަސް، ހަމައެކަނި ލާރާގެ ބަހެއް ނޫނޭ، މާރލިއާގެ ބަހަށްވެސް ބަލާފަ.” އެޑެމްގެ އަޑު އައީ ކުރެހިގެންނެވެ. އޭނާއަށް ހުރީ ހަމަ ރަނގަޅަށްވެސް ރޮވިފައެވެ.
ތޯމަސް ވަނީ އޮފީހަށެވެ. އޭނާ އެތާ އެތެރޭގައި އަޑުގަދަކުރަން ފެށިއެވެ. އެއީ އެޑެމަށް ނުވާނެކަމަށާއި ލާރާއަކީ އަބަދުވެސް އެޑެމާ ޖައްސާލާފައި ހުންނަ ކުއްޖެއް ކަމަށާއި އެޑެމްގެ އަގު ވައްޓާލަން އޭނާ ކޮންމެފަދަ ކަމެއްވެސް، ކޮންމެފަދަ ވާހަކައެއްވެސް ދައްކަފާނެ ކަމަށާއި މާރލިއާއަށްވެސް ލާރާއަށް އެކަންކުރި މީހެއްގެ މޫނު ނުފެންނަކަމަށް ބުނެ އަޑުއުފުލިއެވެ. އޭރު އެތާނގައި މުދީރުވެސް ހުންނެވިއެވެ.
“ތޯމަސް، އިތުރަށް އަޑުގަދަކުރަންޏާ ޕްރީފެކްޓުކަމުން ވަކިކުރަންޖެހިދާނެ. ކިތަންމެ ގާތް ރަޙުމަތްތެރިއަކަސް ގޯސްކަމެއް ވާނީ ހަމަ ގޯސްކަމަކަށް. ރަޙުމަތްތެރިޔާ ދިފާޢުކުރުމުގެ ބަދަލުގަ އޭނައަށް ވިސްނަދިނިއްޔާ މާ ރަނގަޅުވާނެ. ތީ ރަނގަޅު ރަޙުމަތްތެރިން ކަން ކުރަންވާނެ ގޮތެއްނޫން.” މުދީރު ވިދާޅުވިއެވެ.
“އެކަމަކު، ސަރ! އެޑެމް ތަކުރާރުކޮށް އެކަމަށް އިންކާރުކުރޭ. އަނެއްކާ ލާރާއަށް އެބުނާ ކަމެއް ކުރި ގަޑީގަ އެޑެމް ހުރީ އަޅުގަނޑުމެންނާއެކު ތިރީބައިގަ. އިންޓަވަލް ގަޑީގަ އެއްކޮށް އެޑެމް އުޅުނީ އަޅުގަނޑާ ޖޭޑެނާއެކު. ޖޭޑެންވެސް މިކަމަށް ހެކިވާނެ. ކީއްވެތޯ އެޑެމްގެ ބަހެއްވެސް ނުހޯއްދަވާ ޙުކުމް ތިކުރައްވަނީ؟” ތޯމަސް އަޑު ދިޔައީ ހިނދެއް ހިނދަކަށް ގަދަވަމުންނެވެ.
“މައްސަލައެއް ނެތް. އެގަޑީގަ އެޑެމް ތިރީބައިގަ އުޅުނުކަމަށް ހެކިވާނެ އިތުރު ބަޔަކު އެބަތިބިތަ؟ ތިބިއްޔާ އެއެންމެން ގާތު ބުނޭ ނިމޭ ގަޑިއަށް އޮފީހަށް އަންނާށޭ. އެމީހުންގެ ސޮއި ބޭނުންވާނެ. ނަމަނަމަ ދޮގުހެކި ނުދޭތި!” މުދީރު އިންޒާރެއް ދެއްވިއެވެ.
“އަޅުގަނޑުމެން ކީއްކުރަންތޯ ދޮގުހެކި ދޭންވީ؟ އެޑެމާ އެއްކޮޅަށް ހެކިދޭ މީހުން ގިނަވެއްޖެއްޔާ އޭނައަށް އޭނަގެ މަޤާމުގަވެސް އަދި ސްކޫލުގަވެސް ހުރެވޭނެ ދެއްތޯ؟” ތޯމަސް އެއްސެވެ.
“އާނ، ދެން ވެދާނެ ފަހަރެއްގަ ލާރާއަށްވެސް އަދި މާރލިއާއަށްވެސް ހީވިގޮތްކަމަށް އެއީ. ކޮންމެގޮތެއްވިޔަސް އެންމެ ގިނައިން އެއްކޮޅަށް ހެކިދެވުނު މީހާއަށްތާ ކާމިޔާބުވާނީ. އެހެންވީމަ ސަރ މިބުނި ގޮތަށް ހަދަންދޭ. ލާރާއާ ނުބެހޭތި!” މުދީރު ދެވަނަ ފަހަރަށްވެސް އިންޒާރެއް ދެއްވިއެވެ.

އެދުވަހު ސެޝަން ނިންމާފައި އަށެއްކަ ހެކިވެރިން ގޮވައިގެން ތޯމަސްމެން އޮފީހަށް ދިޔައެވެ. މައްސަލަ ނިމުނީ އެޑެމްމެންގެ ކޮޅަށް ބުރަވަމުންނެވެ. އެކަމާ އެމީހުން ތިބީ ވަރަށް ހިތްހަމަޖެހިފައެވެ. އަމުދުން އެޑެމްގެ މޫނުމަތީގައި ހިތްހަމަޖެހުމުގެ ކުލަވަރު ފަތުރާލާފައިވެއެވެ.
“އޭ، ހިނގާބަލަ އެ ލާރާއާ ވާހަކަދައްކާލަން. އެމަންޖެ މިއަދު ސުކޫލަށްވެސް ނާދޭދޯ. ކޮބާތަ މާރލީ؟ އޭނަވެސް ދައްކާނުލަ.” ޖޭޑެން ބުންޏެވެ.
“މާރލިއާ ތިއޮށް ދަނީއެއްނުން ޓީނާއާއެކީ.” ތޯމަސް އިޝާރާތްކޮށްލިއެވެ.
އެދެމީހުންނާ އަރާ ހަމަވެފައި ތޯމަސް އެއެންމެންނަށް އޭނާގެ މަންމަގެ ވާހަކަތައް ކިޔައިދިނެވެ. އެމީހުން އެވާހަކަތައް ޝައުޤުވެރިކަމާއެކު، ކަނުލާ އެހިމެއެވެ.
“އެހެންވީމާ އަހަރެމެން ޤުރުއާން ޖަހަންވީދޯ ސުކޫލުގަ؟” ޖޭޑެން ޚިޔާލު ފާޅުކުރިއެވެ.
“އާނ، އިހަށް ކަލޭމެން އިސްލާމްވެބަލަ. ހުރިހާ ކަމެއް އެނގިތިބެ ފުރަގަސްދިނީމަ ވާނީ ކޯއްޗަކަށް؟” ތޯމަސް ބުންޏެވެ.
“ހޫނ، އިސްލާމިކު ސެންޓަރަކަށް ގޮހެއްނު އިސްލާމްވެވޭނީ.” ޖޭޑެން ރައްދުގައި ބުންޏެވެ.
“ކަލޯ މިދީނުގަ ނުޖެހެޔޭ ކޮންމެހެން ތިޔަބުނާ އިސުލާމިކު ސެންޓަރަކަށް ދާކަށް. ހިތުގެ އަޑީން ޤަބޫލުކޮށް އަދި ދުލުން ޝަހާދަތުގެ ދެކަލިމަ ކިޔުމަށްފަހު ދީނުގައި ކުރަން އަންގަވާފައިވާ ކަންކަން ކޮށް ނަހީކުރައްވާފައިވާ ކަންކަން ދޫކޮށްލީމަ ވާނެ މުސްލިމަކަށް. ކޮންމެހެން ނުޖެހޭ ރަށު ރައްޔިތުން އެއްކޮށްފަ ތިމަންނަ އިސްލާމުވެއްޖައީމޭ އަންގާކަށް. މީ ހިތުން ވާ އެއްޗެއް. އެއާ އެކީގަ ކުރަންޖެހޭ ކަންތައްތަކާއި އަދި ނޮކޮށް ދޫކޮށްލަންޖެހޭ ކަންތަކެއް މިވަނީ.” ތޯމަސް ކިޔައިދިނެވެ.
“ތިޔަހުރިހާ ކަމެއްވެސް އެނގޭނީ ކަލޭ ބުނެދިނީމައެއްނު. އޯކޭ. އެހެންވީއިރު މަ މިއަދުން ފެށިގެން އިސްލާމްވެއްޖައިން.” އެޑެމް ބުންޏެވެ.
“އޭ މަވެސް.” ޖޭޑެންވެސް ބުންޏެވެ.
“ތިދެމީހުން އެކަނިތަ؟ މަވެސް މުސްލިމްވެއްޖައިން.” ވެލެންޓީނާވެސް ބުންޏެވެ. ނަމަވެސް މާރލިއާ އެއްޗެކޭ ނުބުނެ ކުރިއަށް ފިޔަވަޅު އަޅަމުން ދިޔައެވެ.
“މާރލީ؟” ތޯމަސަށް ގޮވާލެވުނެވެ. އެކަމަކު މާރލިއާއަށް އަޑުއިވުނު ކަމަކަށް ނުވިއެވެ. ތޯމަސްގެ މޫނު މިލައިފިއެވެ.
“މަސް، އެކަމާ ނުވިސްނާތި. އަހަރެން އެބަދަން އޭނައަށް ވިސްނަދޭން. އިރާދަކުރެއްވިއްޔާ އޭނަވެސް މުސްލިމްވާނެ.” ވެލެންޓީނާ މިހެން ބުނެފައި ހިނގައިގަތެވެ. ހިނދުކޮޅަކަށް ނަމަވެސް ތޯމަސްގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ.
އެތިން އެކުވެރިން މިސްރާބުޖެހީ ހަސްފަތާލާ ދިމާއަށެވެ. ލާރާއާ ވާހަކަދެއްކުމަކީ އެމީހުންގެ ނިޔަތެވެ.

“ނޫނެކޭ، އަހަންނަށް ކިހިނެއްތަ ޤަބޫލުކުރެވޭނީ؟ އެއީ ހަމަ އެޑެމް. ދެން ތިބުނާ ޖިންނި އޭނަގެ ސިފައިގަ އައީއޭ؟ ކޮންކަހަލަ ފޯރކްލޯރ ވާހަކައެއްތަ؟ ތިމީހުން ހާދަ މޮޅޭދޯ ވާހަކަ ހަދަން؟ އެޑެމް ހަމަ އެއީ.” ލާރާއަށް ވީގޮތް ކިޔައިދިނުމުން އޭނާގެ ޖަވާބަކަށްވީ މިއެވެ.
“ލާރާ، ލާރާ ޤަބޫލުކުރިއަސް ނުކުރިއަސް ޤުރުއާނުގަ އެބައޮތް ޖިންނިން އުޅޭ ވާހަކަ. ސިހުރުވެރިންގެ ބަހަށް ބަލާއިރުވެސް އިންސާނުން ކިއެއްތަ؟ ކޮންމެ އެއްޗަކަށް ބަދަލުވުމުގެ ބާރުވެސް ޖިންނީންނަށް އޮތްކަމަށް ވަނީ.” ތޯމަސް ބުންޏެވެ.
“ހުހް، އަހަރެން ގާތުގަ ކަލޭގެ ދީނުގެ ވާހަކަ ނުދައްކާ. އަހަރެން ޤަބޫލުކުރާ އެއްޗެއްނޫން ދީނަކީ.” ލާރާ އޭނަގެ ބުޅި އިސްތަށިގަނޑާ ކުޅެމުން ޖަވާބުދިނެވެ. އޭނަގެ ޖަވާބުން ތޯމަސްމެން އެހާ ހިތްހަމަނުޖެހުނު ނަމަވެސް އެކަމެއް ނުދައްކައެވެ. އެމީހުން އެތަނުން ދާންޖެހުނީ ލާރާގެ ގާތުގައި ދެއްކި އެއްވެސް ވާހަކައެއް އޭނާ އަޑުނޭހުމުންނެވެ.

ހަވީރު ވަގުތު، ސްކޫލުގައި އޮތް ބާސްކެޓްބޯޅަ މުބާރާތުގެ ކަންކަން ބަލާލުމަށް ތޯމަސް ދިޔައެވެ. އެކުދިން ކުޅޭތަން އިރުކޮޅަކު ބަލަން ހުރެފައި އޭނާ ދިޔައީ ރިސެޕްޝަނަށެވެ. ޖެސިކާގެ ހަޤީޤަތް މޭރީއަށް ކިޔައިދިނުމުން އޭނާއަށް ހުރީ ޤަބޫލުނުކުރެވިފައެވެ.
“އެއީ ނުލާހިކު ރަނގަޅު ކުއްޖެއް. އެކަމަކު…” މޭރީގެ ވާހަކަ ހުއްޓުވީ ތޯމަސެވެ.
“ޤަބޫލުނުކުރެވެންޏާ އެބައޮތް ވީޑިއޯވެސް ޖޭޑެން އަތުގަ. އޭނައަށް ގޮވާ ގެންނަންތަ؟” ތޯމަސް އެއްސެވެ.
“އާނ.” މޭރީގެ ޖަވާބު ކުރެވެ. އޭނާއަކީވެސް ޖިންނި ޝައިތާނުންގެ ކަންކަން ޤަބޫލުނުކުރާ، އެތީސްޓެކެވެ.

ކުޅެ ނިންމާފައި ކުޅިވަރު ހެދުމުގައި ހުރެ، ޖޭޑެން ތޯމަސާއެކީ ގޮސް މޭރީއަށް އީވާންގެ ހަށިގަނޑު ތެރެއަށް ވަދެ އޮތް ޖިންނި ދެއްކި ވާހަކަތައް ހުރި ވީޑިއޯ ދެއްކިއެވެ. ހިނދުކޮޅަކު، ބުނާނެ ބަހެއް ނޭނގިފައި ހުރި މޭރީ، އެންމެ ފަހުން ޖިންނީން ވާކަމަށް ޤަބޫލުކުރިއެވެ.

ޖެހިގެން އައި ދުވަހަކީ ސްކޫލުގެ އަންހެން ކެޕްޓަނަށް ހޮވުނީ ކާކުތޯ އިޢުލާންކުރާ ދުވަހެވެ. ޒަޚަމްތައް މުޅިން ރަނގަޅުނުވިކަމުގައި ވީނަމަވެސް ލާރާވެސް އެދުވަހު ސްކޫލަށް އައެވެ. އަންހެން ކެޕްޓަނަކަށް ލާރާ ހޮވުނުކަމަށް އިޢުލާންކުރުމުން އޭނާއަށް ހީވީ ދުނިޔެ ރަންވިހެންނެވެ. އެޑެމް އެހާ ހިތްހަމަނުޖެހުނު ނަމަވެސް އޭނާ ލާރާއަށް މަރުޙަބާ ކިޔެވެ. ނަމަވެސް މިފަހަރު އެޑެމަށް ފެނުނީ މުޅިން ތަފާތު ލާރާއެކެވެ. ކުރިން އެޑެމް ފެނުނަސް އޭނައާހެދި މޮޔަވެފާ ހުންނަ ލާރާއެއް މިއަދަކު ނުފެނުނެވެ. އޭގެ ބަދަލުގައި އަދު، ފެނުނީ އެޑެމްދެކެ ނުރުހުންވާ، އޭނަގެ ކުރިމައްޗަށް އަރަންވެސް ބޭނުންނުވާ ލާރާއެކެވެ. އެހެން ދުވަސް ދުވަހާ ޚިލާފަށް އެއްވެސް މޭކަޕެއްވެސް ލާރާ ނުކުރެއެވެ.
ހަމަ އެދުވަހު، އެޑެމްމެން ސްކޫލުގެ މުދީރާ ބައްދަލުކޮށް އެސްކޫލުގައި މިޔުޒިކު ކުޅުން ހުއްޓާލުމަށް އެދުނެވެ.
“އެއީ ކީއްވެ؟ އެއީވެސް ހުނަރެއް. ތިކަމެއް ނުވާނެ. ލަވަކިޔާ، މިޔުޒިކް ކުޅޭ ހިތްވާ ކުދިންވެސް ތިބޭނެ. އެކުދިންނަށް އެފުރުސަތުތައް ހުޅުވާލުމަކީ ސަރމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް.” މުދީރު ކްރިސްޓޮފަރ ވިދާޅުވިއެވެ.
“އެކަމަކު މިސްކޫލުގައި އެފަދަ ކަންކަން ނުކުރެވޭ ގޮތަށް ހަދަންވީ ނޫންތޯ؟ އެކުދިންނަށްވެސް ވަރަށް ބޮޑުތަން ފަސޭހަވާނެ އަދި މަޖާ މާޙައުލެއްގަ އެކަންތައްތައް ކުރަން މާ ބޮޑަށްވެސް ގަޔާވާނެ ސްކޫލުން ބޭރުގައި އެފަދަ ޙަރަކާތްތައް ހިންގީމަ.” ތޯމަސް، މުދީރަށް ވިސްނިވަޑައިގަންނަވާނޭފަދަ ގޮތަކަށް ވާހަކަދެއްކިއެވެ.
“ހުމްމް، ތިކަމާ ދޭތެރޭ ވިސްނާލާނަން. އާނ އެންމެ ރަނގަޅު. ހަމަ ވަރަށް ރަނގަޅު ވާހަކައެއް ތިދެއްކީ. އެހެންވީމަ މީގެ ފަހުން މިޔުޒިކާބެހޭ ހުރިހާ ކަމެއް ސްކޫލުން ބޭރުގައި ކުރާ ގޮތަށް ހަމަޖެހިގެންދާނެ. ސަރ ވަރަށް އުފާވޭ ތިހާ ވިސްނޭ ކުދިންތަކެއް މިސްކޫލުގައި ތިބީތީ.” މުދީރު ހިނިތުންވެވަޑައިގަތެވެ.
ތޯމަސްމެންގެ މޫނުތަކަށްވެސް ވެރިވީ މާނަފުން ހިނިތުންވުންތަކެކެވެ. ހަޤީޤަތުގައި އެމީހުން ބޭނުންވި އެއްކަންތައް ފުރިހަމަވީއެވެ. ދެން އޮންނާނީ ޤުރުއާން ޖެހުމުގެ ކަންތަކެވެ. އިސާހިތަކު މިތަން އަމާންވެގެންދާނެއެވެ. އެއީ އެމީހުންގެ އުންމީދެކެވެ.

މޭރީ އިނީ ކޮންމެވެސް އެއްޗެއް ލިޔާށެވެ. އެވަގުތު ރިސެޕްޝަނުގައި އެހެން ކުއްޖެއްވެސް އިނެވެ. މޭރީ އެހެން އިންދާ ހީވީ އޭނާގެ މުށިރަތްކުލައިގެ ފަން އިސްތަށިގަނޑުގައި މީހަކު އަތްޖައްސާލިހެންނެވެ. އެކަމާ އަޅާނުލާ އިންދާ އޭނާގެ ބަނޑުގައި އެމީހަކު ފިރުމަންފެށި ހެންހީވިއެވެ. އޭނާ ދިޔައީ އެއްލިގެންނެވެ. ގޮނޑި ދުރުކޮށްލާފައި ތެދުވެ، މޭޒުދަށުގައި މީހަކު އޮތްތޯ ބެއްޔެވެ. ނެތެވެ. ދެން އޭނާ ބަލާލީ ތަންކޮޅެއް ދުރުގައި ކޮމްޕިއުޓަރުން މަސައްކަތެއް ކުރަން އިން އަންހެންކުއްޖާއަށެވެ.
“ލިސާ! މިތަނަށް މީހަކު ވަތްތަ؟” މޭރީ އަހާލިއެވެ.
“ނޫން، އަޅުގަނޑަށް އެނގިގެން ނާދެ. ކިހިނެއްތޯ ވީ؟” ލިސާ އެއްސެވެ.
“ނޫން، ކަމެއްނުވޭ.” މޭރީ ހަމަޖެހޭކަމަށް ހެދެމުން އިށީނެވެ. އިއްޔެ، ތޯމަސްމެން ދެއްކި ވީޑިއޯއިން ޖިންނީން އެއީ ޙަޤީޤަތެއް ކަމަށް އޭނާއަށް ޤަބޫލުކުރެވުނެވެ. އެހެންކަމުން ނާމާންކަން އޭނާގެ ހިތަށް ވެރިވެގަތެވެ. *********

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

PluviophileNyctophilia

Level 110 Stories

Other Articles

Previous

ޝުދޫ******* (9) ވަނަ ބައި

Next

ވަހުތާން

Next
July 30, 2015

ވަހުތާން

Previews
July 30, 2015

ޝުދޫ******* (9) ވަނަ ބައި

10 Comments!

  1. naxx says:
    July 30, 2015 at 7:35 pm

    yeyyy I’m the first..v v v v v reethi..

  2. ken says:
    July 30, 2015 at 7:45 pm

    ??????reeethi

  3. nukko says:
    July 30, 2015 at 7:46 pm

    Reethi Ekm islam v thankolhu detail kohlli nama maa reethi vees… ok hama mi story. V nyc… dhen names vs islam v ma change kohllan nun dw..I hate Christian names….. anyway v reethi

  4. PluviophileNyctophilia says:
    July 30, 2015 at 7:59 pm

    Hehe Shukuriyya hurihaa Kudhin

  5. Xzoo says:
    July 30, 2015 at 8:05 pm

    vaahaka v interesting !!!
    v salhi ..
    waiting for next part …

  6. Ariaana says:
    July 30, 2015 at 8:49 pm

    noon.. meyree eh noonn… ehn meehau.. meyree merumun aharen ulheynee ihineh…?? Aana ah hieh nuvey meyree aai jinni avalun rangalhuhen…. plx plx plx… rain.. mayree aai jinni ava nulachey rain.. Ok dw pluviophie ah rain kiyass… if you dosn’t care igea

    1. PluviophileNyctophilia says:
      July 30, 2015 at 9:06 pm

      Haha, Hama Okay.. Dhen vaa gotheh ves egidhaane tha dhoa kiyaaleema

  7. sahyn says:
    July 30, 2015 at 9:24 pm

    Pluvi vx vrh unique vaahaka eh genesdheythi thanksss.. aslu vrh reethi mi vaahaka.. bst of luck fr the future episodes

  8. Shabee says:
    July 30, 2015 at 9:31 pm

    Dimple ur so gud at writing this….v reethu but Adhivexx nanthakaa hurr kuda kh confuse vey…. but v habeys ingy

  9. unknown says:
    October 28, 2017 at 9:55 am

    varah salhi vaahaka eh good job

Comments are closed.

Next Episodeނާމާނޭ…10←


All Right Reserved!