Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ނާމާނޭ…13 (ފަހުބައި)

PluviophileNyctophilia
August 3, 2015
5 Mins Read
22 Comments

ލައިބްރަރީގައި ތިބެފައި، ތޯމަސް އޭނާގެ އެކުވެރިންނަށް ގޮވާލިއެވެ. އެމީހުން އޭނާ ގާތަށް އައުމުން ފޮތެއްގެ ސަފްހާއެއްގައި ލިޔެފައިވާ އެއްޗެހި ދެއްކިއެވެ. ފޮތުގެ ނަމަކަށް އޮތީ “ވެން ބީންގް މުސްލިމްސް” އެވެ. އެސަފްހާގައި ލިޔެފައިވާ ގޮތުން މުސްލިމަކަށް ވުމަށްފަހު، ތިމާގެ ނަންވެސް އިސްލާމީ ނަމަކަށް ބަދަލުކުރަން ޖެހެއެވެ. އެއެންމެންނަށް އެކަކު އަނެކަކުގެ މޫނަށް ބަލާލެވުނެވެ. $$$$
އެރެއެވެ. ލާރާ އޮތީ ފޯނު ހިފައިގެން، އެނދުގައެވެ. ވައިބަރ ހުޅުވާލައިގެން އޮތްއިރު އޭނާގެ މޫނުމަތިން ފެންނަމުންދިޔައީ ކަންބޮޑުވުމުގެ އަސަރުތަކެވެ. އޭނާ މިވާހަކަ ފަށާނީ ކިހިނެއްބާއެވެ؟ އެޑެމް، އޭނާއަށް މަޢާފުކޮށް ދޭނެބާއެވެ؟ ފުން ޚިޔާލުތަކެއްގައި އޮވެފައި، އެންމެ ފަހުން ހެލޯ އޭ ކިޔާފައި މެސެޖެއް ކޮށްލިއެވެ.
ޖަވާބުގައި ހާއި ހަވް އާރ ޔޫ އޭ ކިޔާފައި މެސެޖު އައީ ދެތިން މިނެޓު ފަހުންނެވެ. ލާރާ ވީ އުފާ ބުނެދޭންވެސް ނޭނގެއެވެ. އެލޯ ފެންކަޅިވީ އުފަލުންނެވެ.
“އެޑެމް، އަހަރެން ބޭނުން މަޢާފަށް އެދެން. އެޑެމްގެ ސިފައިގަ އެއައީ ޖިންނިއެއްކަން މިހާރު އަހަންނަށް ޤަބޫލުކުރެވޭ.. އަހަރެން ޤުރުއާންވެސް ދިރާސާ ކޮށްފިން. ވަރަށް ބޭނުން އިސްލާމްވާން. ޕްލީޒް. އަހަންނަށް މަޢާފުކޮށްދީ. ކޮންމެ އިންސާނަކަށްވެސް ކުށް ކުރެވޭނެ. އެކަމަކު އެކުށަށް ހެޔޮހިތުން މަޢާފުކޮށްދޭ އިންސާނާއަކީ ވަރަށް މާތް މީހެއް. އަހަންނަށް އިނގޭ އަހަންނަށް މިވާހަކަތައް ދެއްކުން ހައްޤުނޫންކަން. ސޮރީ. އައި ލަވް ޔޫ. އުޙިއްބުކަ ޔާ ޙަބީބީ.” ވަރަށް ދިގުކޮށް ލިޔެފައި ލާރާ ފޮނުވާލިއެވެ. އޭރު އޭނާގެ ހިތް ތެޅޭވަރުން މޭކަށިގަނޑު ފަޅާލާފައި ނިކުމެދާނެހެން ހީވެއެވެ.
ބަރާބަރު ދެމިނެޓުވެސް ހަމަނުވަނީސް ޖަވާބު އައީ އޯކޭއޭ މަޢާފުކޮށްފީމޭ ކިޔާފައެވެ. ލާރާ ވީ އުފަލުން ފޯނު މެޔާލައި ބޮނޑިކޮށްލައިގެން އޮތެވެ.

ފެންވަރައިގެން ނިކުތް އެޑެމް ތުވާލި ނުފެނިގެން އުޅެއެވެ.
“އެލާ! އެލާ އަޅެ އައިސްބަލަ!” އެޑެމް، އޭނާގެ އެގާރަ އަހަރުގެ އަންހެން ކޮއްކޮ އެލާއަށް ގޮވީ ކޮޓަރީގައި ހުރެގެންނެވެ. އޭނާ ހުރީ ސޯޓެއް ލައިގެންނެވެ. ގައިން ރަނގަޅަށް ފެން ނުހިކެއެވެ. ރަންރީނދޫ އިސްތަށިގަނޑުން ފެންތިކި ތަޅަމުން ދިޔައީތީ، އޭނާ އެއައީ ބޯދޮވެގެންކަން އެނގެއެވެ.
“ކީކޭ؟” އެލާ އައިސް ހުއްޓިލީ ހުޅުވިފައިވާ ދޮރު ކުރިމަތީގައެވެ.
“ދުށިންތަ މަގޭ ތުވާލި؟ މިއުޅެނީ އެ ލެވުނު ތަން ހަނދާން ނެތިގެން. މިކޮޓަރިއަކު ނެތް! މަންމަ އޭތި ދޮންނަ އެއްޗަށް އެޅިތަ؟” އެޑެމް ސުވާލުތައް އަމުނާލިއެވެ.
“ޕިސް ޕިސް. ސާބަހޭ! ބޭރުގަ އޭތި ހިއްކަން އެޅުވީ ތިދެ އަތުންނެއް ނޫންތަ؟ އަދި އެވެސް މިއަދު މީގެ ދެގަޑިއިރެއްހާއިރު ކުރިން. ތިއޮށްފަދަ ހަނދާނެއްދޯ.” އެލާ ބުނެލިއެވެ. އޭނާއަށްވެސް ލިބިފައިވަނީ ރަންރީނދޫ ފަން އިސްތަށިގަނޑެކެވެ. އެހެނަސް ލޮލުގެ ކުލަޔަކަށް ލިބިފައިވަނީ މުށި ކުލައެކެވެ.
“ހޫނ، މިހާރު ވަރަށް ހަނދާން ބައްޔޭ. ދެން ނުކިޔާތި މަށަށް ގަރަހިތައޭ އަނެއްކާ” މިހެން ބުނެފައި އެޑެމް ނިކުތީ ބޭރަށެވެ.
ރީތިވެލައިގެން އައިސް ސޯފާސެޓުގައި ޖައްސާލި އެޑެމް ކަމެއްގައި ތޯމަސަށް ގުޅާލަންވެގެން ފޯނު ކޮބައިތޯ ބަލައިލިއެވެ. އެލެވުނު ތަނެއް ހަނދާން ނެތުމުން އަނެއްކާވެސް ގޮވާލީ އެލާއަށެވެ. އެލާ ފޯނު ހިފައިގެން އައިސް އެޑެމް އަތަށް ދީފައި ހިނގައްޖެއެވެ.
ވައިބަރ ހާވާލިތަނުން، ލާރާއާ ޗެޓުކުރެވިފައި ވާތީ ފެނުމުން އެޑެމް ހައިރާންވިއެވެ. މިހާރު އެކަންވެސް ހަނދާންނެތީތާއޭ ހިތަށް އެރިއެވެ. އޭނާއަށް އާދެވުނީ ރުޅިއެވެ. އޭނާ އެއްވެސް ޙާލެއްގައި، ލާރާއަށް މަޢާފުކުރާކަށް ބޭނުމެއްނޫނެވެ.
“އެލާ! އެލާ! އައިސްބަލަ!” އެޑެމް، އަޑުގެ ކޮޅަށް ގޮވާލިއެވެ.
“ހޫނ ދެން މިހާރު އެލާއަށް ގޮވުން ނޫން ކަމެއް މީނައަކަށް ނުކުރެވެއޭ. ކީއްކުރަންތަ އެހާވަރަށް އެމަންޖެއަށް ތިގޮވަނީ؟” ސިޓިންގްރޫމަށް ނިކުތް ލީނާ ރުޅިވެރި ރާގެއްގައި ބުނެލުމަށްފަހު އެތަނުން ހިނގައިގަތެވެ. ލީނާ، އެލާއާ އެޑެމް ވަރަށް ތަފާތުކުރެއެވެ. އެލާއަކީ އެޑެމްގެ އެއްބަފާ ކުއްޖެއް ނޫނެވެ. ސަބަބަކީ އެއީކަމަށް ވުންވެސް އެކަށީނގެންވެއެވެ.
“ކީކޭތަ؟ ކީއްކުރަންތަ އިރުއިރުކޮޅާ މަށަށް ތިގޮވަނީ؟” އެލާ އެއްސެވެ.
“ލާރާ މަށަށް މެސެޖުކުރީމަ މަ މިއަށް ޖަވާބުދިނިންތަ؟ ހަނދާނެއް ނުވޭ.” އެޑެމް ބުންޏެވެ.
އެލާ ފެށީ ނުލަފާ ގޮތަކަށް ހޭށެވެ.
“ކިހާ ދެރަކަމެއް؟ މިހާރު އެލާ ދޯ މަށަށް ލަނޑު މިދިނީ؟ މަށެއް ބޭނުމެއްނޫން ލާރާއަށް މަޢާފުކުރާކަށް. ކީއްވެތަ އެހެންމީހުންނަށް ފޮނުވާ އެއްޗެއްސަށް ޖަވާބު ތިފޮނުވަނީ؟” ޗޮކެއް ކަނޑާލަމުން އެޑެމް ފަތިވަރެއް އަމުނާލިއެވެ.
“ދޮންބޭ! އެކަމަކު ތިހާވަރުވާކަށް ނުވާނެ. އާނ އަހަރެން އެމެސެޖުތަކަށް ރިޕްލައިކުރީ. އެކަމަކު ކޮބާ މައްސަލައަކީ؟ އަހަރެން ނުބައި އެއްޗެއް ނުފޮނުވަން. މީހަކަށް މަޢާފުކޮށްލީމަ ކޮބާ ލިބޭ ގެއްލުމަކީ؟ ދޮންބެގެ ދީނުގަވެސް އޮންނަނީ ހެޔޮ ހިތަކުން މަޢާފުކުރާށޭ އެއްނޫންތަ؟ ދޮންބެއަށް ލާރާ މަޢާފުނުކޮށްފިއްޔާ ދޮންބެވެސް ދެރަވާނެއެއްނު.” އެލާ ވިސްނައިދިނެވެ.
އެޑެމް އިރުކޮޅަކު ހަމަހިމޭނުން އިނެވެ.
“އާނ އެލާ! ހަމަ ރަނގަޅު ވާހަކައެއް ތިބުނީ. އަހަރެން އޭނައަށް ގުޅާފަ ބުނާނަން މިވާހަކަ. ޝުކުރިއްޔާ!” އެޑެމް ހިނިތުންވެލަމުން ކޮޓަރިއަށް ދިޔައެވެ. އޭނާ ލާރާއަށް ގުޅާފައި ހެޔޮހިތުން މަޢާފުކުރި ވާހަކައާއި ކޮއްކޮ ވިސްނައިދިން ވާހަކަ ބުންޏެވެ. އަދި ލާރާއާ ރައްޓެހިވާން ބޭނުންކަމަށް ބުނުމުން ލާރާ އާނއެކޭ ބުންޏެވެ. އެދެމީހުންގެ ދެކޮޅުވެރިކަމަށް ނިމުމެއް އައި ކަހަލައެވެ.
އަނެއް ދުވަހު، ސްކޫލް ސެޝަން ނިންމާފައި، ތޯމަސްމެން ދިޔައީ ތަންކޮޅެއް ދުރުގައި ހުންނަ އިސްލާމިކް ސެންޓަރަކަށެވެ. އެމީހުންނާއެކީ ލާރާވެސް ގެންދިޔައީ އޭނާވެސް އިސްލާމްވާން ބޭނުންވުމުންނެވެ.
ހަޤީޤަތުގައި އެމީހުން އެސެންޓަރަށް ދިޔައީ ރަނގަޅު އިސްލާމީ ނަންތަކެއް ހޯދާށެވެ.

ތޯމަސް އޭނާގެ ނަމަކަށް ތާރިޤް ކިޔަން ނިންމިއެވެ. ޖޭޑެނަށް ޒައިދުގެ ނަމެވެ. އެޑެމް ނިންމީ އޭނާގެ ނަމަކަށް އާދަމް ކިޔުމަށެވެ. ވެލެންޓީނާ ނިންމީ ވިސާމް ކަމަށެވެ. މާރލިއާ ކަނޑައެޅީ މުނާ އޭނާގެ ނަމަކަށް ކިޔުމަށެވެ. ލާރާ ބޭނުންވީ ލީން މިނަމެވެ. އެހުރިހާ އެންމެން ނަންތައް ހަމަޖެއްސުމަށްފަހު ގެއަށް ދިޔައީއެވެ. އެހެނަސް، އެދުވަހުގެ ހަވީރުގެ ވަގުތެއްގައި ނަން ބަދަލުކުރުމަށްޓަކައި ސަރުކާރަށް ފޯމް ހުށަހެޅިއެވެ.
މި،ހަ އެކުވެރިން މަޝްވަރާ ކުރުމަށްފަހު، އަމިއްލަ ޖަމިއްޔާއެއްވެސް ހެދުމަށް ނިންމިއެވެ. ޖަމިއްޔާއަށް އެމީހުން ދިން ނަމަކީ “ﷲ މަޢަކަ” އެވެ. މާނައަކީ ﷲ ވަނީ ތިބާއާ އެކުގައެވެ. ޖަމިއްޔާގެ އޮފީސް ހުންނަނީ ތޯމަސްގެ ގޭގައެވެ. މައިގަނޑު އަމާޒަކަށްވީ، އެޤައުމުގައި އިސްލާމްދީން ފެތުރުމެވެ. ކޮންމެ ހަފްތާއަކު އެއް ފަހަރު، ކޮންމެވެސް ހިސާބަކު، އެމީހުން އިސްލާމްދީނާ ބެހޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް ބާއްވައެވެ. އަދި އިސްލާމްދީނާ ބެހޭގޮތުން ލީފްލެޓްތައް ބެހުންފަދަ ކަންކަން ކުރުމުގެ ނަތީޖާއަކަށްވީ، ގިނަ ބަޔަކު އިސްލާމްވުމެވެ. އޭގެ ތެރޭގައި މުދީރު ކްރިސްޓޮފަރ، މޭރީ އަދި އެންތޯނީވެސް ހިމެނެއެވެ. “ނަމްބަރ ސެވަންޓީން ހައިސްކޫލް”ގެވެސް ގިނަ ކުދިންތަކެއް އިސްލާމްވުމުން ތޯމަސްމެންނަށް އާދަޔާޚިލާފު ހިތްހަމަޖެހުމެއް ލިބުނެވެ.

ހަމަސްދުވަސް ފަހެވެ. އައި.ސީ.ޔޫގެ ބޭރުގައި މަޑުކޮށްލައިގެން ހުރި ތާރިޤް (ތޯމަސް)ގެ ލޮލުން ފޭދެމުންދިޔަ ކަރުނަތައް ބަލަން، މުނާ (މާރލިއާ) ހުރީ ހިތުގައި ޖެހިފައެވެ. މުނާއާ އެތާ ދެންތިބި މީހުންގެ ލޯތަކުންވެސް ފެންނަނީ ހިތާމަވެރި އަސަރުތަކެވެ. އައި.ސީ.ޔޫ އެތެރެއަށް ވަދެފައި އައި ޒައިދު (ޖޭޑެން) މޮޅިވެރިކަމާއެކީ އައިސް ތާރިޤް ގާތު މަޑުކޮށްލިއެވެ.
އެތާ އެމީހުން ތިއްބާ، ޑޮކްޓަރު އައިސް އާދަމް (އެޑެމް) ނިޔާވެއްޖެކަމުގެ ޚަބަރު ދިނެވެ. ކުއްލި ޝޮކެއްގައި ތިބި އެންމެންނަށް ހޭވެރިކަންވީ އާދަމްގެ ބޮޑުދައިތައެއް ބަޑި ފަޅާފައި ރޯން ފެށުމުންނެވެ. އާދަމްގެ ގާތް އެންމެންނަށްވެސް އެގެއްލުނީ ތަރިއެއްފަދަ ކުއްޖެކެވެ. ލީން (ލާރާ) އިނީ ގޮނޑިއެއްގައި އިށީނދެގެންނެވެ. ރޯންވެސް ނޭނގިފައި އިނީ ލިބުނު ޚަބަރުގެ ބޮޑުކަމުންނެވެ. އޭނާ އެކަން ޤަބޫލުކުރަން ބޭނުންނުވާ ކަހަލައެވެ. ވިސާމް (ވެލެންޓީނާ) ރޮމުން ރޮމުން އައިސް ލީން (ލާރާ) ގާތުގައި އިށީނެވެ.
“ލާރާ! ލާރާ! އާދަމް ނިޔާވީ! އާދަމް ނިޔާވީ! އިންނާ ލިއްލާހި ވައިންނާ އިލައިހި ރާޖިޢޫން.” ވިސާމް އެހެން ބުނުމުން ލީން ވޭނީ ގޮތަކަށް ބަލައިލިއެވެ. އޭނާގެ ލޮލުން ފޭބީ ރިހުން އެކުލެވިގެންވީ ވޭނީ ކަރުނައެވެ.

ޖޮއާނާ އިނީ ލެޕްޓޮޕް ދޮށުގައެވެ. އެހެން އިންދާ ގޭދޮރުގައި މީހަކު ޓަކިޖަހަން ފެށުމުން އޭނާ ގޮސް ދޮރު ހުޅުވާލިއެވެ. ކުރިމަތީގައި މޮޅިވެރި މޫނަކައިގެން ހުރި ތާރިޤް (ތޯމަސް) ފެނި ޖޮއާނާއަށް އުނދަގޫވިއެވެ.
“ތޯމަސް!”
“ނޫން، މިހާރު ތޯމަސެއް ނޫން. ތާރިޤް. އިސްލާމްވެއްޖައިން. އަހަރެމެންގެ ޖަމިއްޔާގެ ލީފްލެޓެއް މިއޮތީ.” ތޯމަސް ދިއްކޮށްލި ލީފްލެޓުގައި ޖޮއާނާ ހިފިއެވެ.
ކޮޓަރިއަށް ވަދެ، ލީފްލެޓް ރަނގަޅަށް ކިޔާލިއެވެ. ކަލާނގެއަކީ ކޮބައިކަމާއި ރަސޫލާއަކީ ކޮބައިކަން ވަރަށް ސާފު ބަހުން ހެތްކާއެކު އޭގައި ލިޔެފައިވެއެވެ.
ލީފްލެޓުގެ މެދުގައި އެޖަމިއްޔާގެ މެމްބަރަކު ދެތިން ދުވަހެއް ކުރިން ނިޔާވެފައިވާ ކަމަށް ލިޔެފައިވެއެވެ. ނިޔާވީ ހަނދާން ނެތުމުގެ ބަލި ނުވަތަ އެންޒައިމާގައި ކަމަށްވެސް ވެއެވެ. މަރުވިއިރު ވަރަށް ޙާލު ދެރަކަމަށް ލިޔެފައިވެއެވެ. އޭނާގެ ވަޞިއްޔަތަކީ އެންމެންނާމެދުވެސް ހިތް ސާފުކޮށް ބޭއްވުމެވެ. ކިތަންމެ ބޮޑު ކުށެއް ކުރެވުނަސް އެމީހަކަށް ހެޔޮހިތުން މަޢާފުކޮށްދިނުމެވެ. ނިޔާވި މީހާގެ ނަން ފެނުމުން ޖޮއާނާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އާދަމެވެ. ނުވަތަ ކުރީގެ ނަމުންނަމަ އެޑެމެވެ. މަޑުމަޑުން ކަރުނަ އޮއްސަމުން ދިޔަ ޖޮއާނާ، ހިތުން ޢަޒުމް ކަނޑައެޅީ އަވަހަށް މުސްލިމަކަށް ވުމަށެވެ. އޭނާގެ ދެދައްތަގެ ހިތުން ޖާގަ ހޯދި އާދަމަކީ ހިތްވަރުގަދަ ޒުވާނެކެވެ. ( ނިމުނީ )
**********************************************************************

އޯލް އިން މައި މައިންޑް ބަޓް ދެއަރސް ނޯ ޝޭކިންގް
ބްރިންގް ދަ ސްކޭރީ، ސޭޑް ގާރލް ބެކް ޓު ލައިފް
ސްކޭރީ، ސޭޑް ތިންގްސް އައުޓް އޮފް މައި މައިންޑް، އޯލްވޭސް އޮން ޓައިމް
ބަޓް ދެއަރސް ނޯ ޓައިމް ޓު ނަން އިން ހާރ ހާރޓް، ސަމް އޮފް ދަ ތިންގްސް ޝީ ޑިޑް ސީމްޑް އޯލްމޯސްޓް ނައިސް
ބަޓް އައިމް ޓު ސްކޭރީ، ސޭޑް ޓު ކްރައި، އައި ކާންޓް ސްޓޮޕް ދަ ބްލަޝް ވެން ތިންގްސް އެރެންޓް ރައިޓް
ފީލް އިޓް ސޯ ސްޓްރޯންގް ބްޓް ޝީސް ޑަން އިޓް ސޯ ވްރޯންގް
އޯލް ދޯސް ސްކޭރީ، ސޭޑް ތިންގްސް، ސްކޭރީ ސޭޑް ތިންގްސް
އެވްރީ ސީކްރެޓް ފެމެލީ ކްރައިމް، އޯލް މައި ލަވް އަ ވޭސްޓް އޮފް ޓައިމް
އެވްރީ ޓައިމް ޝީ ސްލިޓް ހާރ ވްރިސްޓްސް، އައި ވިޝް ޝީ ހިޓް އެންސްޓޭޑް އޮފް މިސްޑް އެވްރީ ޑޮކްޓަރ
އެވްރީ ޝްރިންކް، އެވްރީ ބްލަޑީ ބާރތްރޫމް ސިންކް
އޯލް ދަ ފިލްތް ވީ ޓްރައިޑް ޓު ހައިޑް، ޖަސްޓް އަ ފޭސް އައި ނީޑެޑް ޓު ބީ ބިސައިޑް
އޯލް ދޯސް ސްކޭރީ، ސޭޑް ތިންގްސް އާރ ވަޓް އެނީ ލަވް ބްރިންގްސް
ސްކޭރީ ސޭޑް ގާރލް، ލީވް މައި ހެޕީ ލޯން ވާރލްޑް
އެވްރީ ގާރލް ދެޓް އައި އެވަރ ހޭޓެޑް ވޯސް ޖަސްޓް އަ މޯންސްޓަރ ދެޓް އައި ކްރިއޭޓެޑް
މޭބީ އިފް އައި ކްލޯސް މައި އައިސް ޓައިޓް، ދެން ދަ ސްކޭރީ ސޭޑް ތިންގްސް ވިލް ގޯ އަވޭ
އެންޑް އައިލް ކުއިޓް ލިވިންގް އިން ޔެސްޓަރޑޭ، އައިލް ޖަސްޓް ސްމައިލް އެންޑް ލާފް އެޓް އޯލް ދަ ސްކޭރީ، ސޭޑް
ނަން އޮފް ދަ ޑޮކްޓަރސް ކުޑް ފައިންޑް އަ ކިޔުއަރ
ތިންގްސް ޔޫ ޕުޓް މީ ތްރޫ
ޖަސްޓް އަ ސްކޭރީ، ސޭޑް ގާރލް އިން އަ ސްކޭރީ ސޭޑް ވާރލްޑް
ނަން އޮފް ދަ ޝްރިންކްސް ކުޑް މޭކް ހާރ ތިންކް އެބައުޓް އެނީވަން އެލްސް، ބަޓް ހާރ އައި ވޯންޓް ޓު ގޯ ހޯމް
އައި ވޯންޓް މައި މަމް ޓު މޭކް ދަ ބޭޑް ތިންގްސް ގޯ އަވޭ
ސްކޭރީ ސޭޑް ގާރލް ޓްރީޓް މީ، ދެޓް ވޭ އައި ވޯންޓް ޓު ފޮރގެޓް
އައި ކުޑް އެވަރ ލެޓް އެނީ އޯލް ދޯސް ސްކޭރީ ސޭޑް ތިންގްސް، ސްކޭރީ ސޭޑް ތިންގްސް
ފީލް އިޓް ސޯ ސްޓްރޯންގް، ބަޓް ޝީސް ޑަން އިޓް ސޯ ސްޓްރޯންގް
ކޯޒް ޝީސް ޑަން އިޓް ސޯ ރައިޓް
ޓްރުތް ކަމްސް އައުޓް އިން ޑްރީމްސް އެޓް ނައިޓް
އޯލް ދޯސް ސްކޭރީ، ސޭޑް ތިންގްސް، ސްކޭރީ ސޭޑް ތިންގްސް
******************************************************************

11
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

PluviophileNyctophilia

Other Articles

Previous

ޝުދޫ*****(13)ވަނަބައި

Next

ހަތަރު އުދަރެސް (14)

Next
August 3, 2015

ހަތަރު އުދަރެސް (14)

Previews
August 3, 2015

ޝުދޫ*****(13)ވަނަބައި

22 Comments

  1. helloween says:
    August 3, 2015 at 4:19 pm

    vr salhi

  2. Xee says:
    August 3, 2015 at 4:30 pm

    Me 2 nd dho

  3. hashma says:
    August 3, 2015 at 4:32 pm

    kada kada

  4. Shaan says:
    August 3, 2015 at 4:38 pm

    Emme fahun e iny lava eh dho? Anyways varah salhi. Pluvii hope to c another story of urs real soooooooon.???

  5. Huxny says:
    August 3, 2015 at 4:39 pm

    Kocheh kadaey hashma? Story salhi. Ehen kamakaa kataafa tha?

  6. Reen says:
    August 3, 2015 at 4:40 pm

    V.nice. Superb

  7. hashma says:
    August 3, 2015 at 4:41 pm

    story kada iy

  8. hashma says:
    August 3, 2015 at 4:42 pm

    aa , kamakaa kataafa myndhy

  9. Need a help? says:
    August 3, 2015 at 4:50 pm

    thafaathu sstory eh.. salhi

  10. shaan says:
    August 3, 2015 at 5:04 pm

    v vai koh thi nimmaaly

  11. shaan says:
    August 3, 2015 at 5:09 pm

    vai vai , varah vai

  12. xefrol says:
    August 3, 2015 at 5:15 pm

    nice

  13. naxx says:
    August 3, 2015 at 5:50 pm

    hama rovihjje. ….. story varah varah salhi…

  14. Mimmi says:
    August 3, 2015 at 6:11 pm

    Varah nyc nd iburaitheri story eh 🙂

  15. Meee says:
    August 3, 2015 at 8:02 pm

    Islam dheenge vaahaka liyefa dhn lavayakun ninmaalii.. joke ehnun thijehy idlam dheenah.. bodukameh.. midhen koacheh kiyuntherinah jessun kuran liyefa.

  16. ken says:
    August 3, 2015 at 8:27 pm

    Reethi…? as i guessed adam was suffering 4rm a disease..☺ btw aslu nimmaalaafa genesdhyfa in song dn ehaa ei noon…maa reethivaane iburaitheri poem ei liyeliyas…i meant story aa gulhuvaalaafa…☺

  17. Shabee says:
    August 3, 2015 at 8:53 pm

    V v v reethu dinple masha allah ur grt .. 😛 will miss u …heheee hope to c a nw story if urs… 😀

  18. Ina says:
    August 5, 2015 at 8:16 pm

    Vvv salhi vaahaka

  19. pinky says:
    August 6, 2015 at 5:33 am

    dhen eha ehaa reeceh noon..nimmun kada…ekam unique story eh..but i appriciate for ur hard work.. 🙂

  20. saidha says:
    September 16, 2015 at 11:09 pm

    Mihaa thanah kiyunu enme reethi vaahaka hama rovijje.??

  21. Dhaan says:
    October 6, 2015 at 1:01 pm

    Wow Varah Salhi

  22. subaa says:
    November 21, 2015 at 12:44 pm

    Vara dherevay :'(:*(
    Bt varah salhi

Comments are closed.

All Right Reserved!