Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކޮންމެވެސް އެއް ދުވަހަކުން*******

GOLDENPEN0555 Level 110 Stories
August 3, 2015 4 Mins Read
8 Comments

ވާރޭ ވެހެން ފެށީ ކުއްލިއަކަށެވެ. އަހަރެން އިނީ ގޭ ގޯތިތެރޭގައި ހުރި ޖޯލި ފަތީގައެވެ. އަހަރެން ނޫން އެންމެން ވާރޭން ސަލާމަތްވުމަށްޓަކައި ގޭތެރެއަށް ވަނެވެ. އެކަމަކު އަހަރެން ގޭ ތެރެއަށް ވަންނަ ހިތެއް ނުވިއެވެ. އަހަރެން ބޭނުންވީ ވާރެޔާއި ތެމިލާށެވެ. ވާރޭ ވެހޭ ވަގުތަކީ އަހަރެން އެންމެ ހިތްހަމަ ޖެހޭ ވަގުތެވެ. އަހަރެންގެ އެންމެ އިންތިޒާރު ކުރާ އެއް ވަގުތަކީވެސް އެއީއެވެ. ވާރޭގެ ކުދި ކުދި ތިކިތަށް ގައިގައި ބީހެމުން ދާއިރު ހީވަނީ ފިރުމަމުން ގެންދާހެނެވެ. އެކަމުން ލިބޭ އަރާމާއި ހިތްހަމަ ޖެހުމަކީ ވަރަށް ބޮޑު އެއްޗެކެވެ. އެކަން އިޙްޞާޞްކުރެވޭނީ ހިތްހަމަޖެހިގެން މިނިވަންކަމާއިއެކު ވާރެޔާއި ތެމިލުމުގެ ފުރުޞަތު ލިބިފައިވާ މީހަކަށެވެ. އިރުއޮއްސުނީވެސް އަހަރެން އެ ޖޯލީގައި ހުއްޓައެވެ. އެހެނަސް އަހަރެން ހަމަ ޖޯލީގައި އިނީމެވެ. އެތަނުން ދާހިތްވެސް ނުވެފައެވެ. އެއީ ކީއްވެގެން ކަމެއްވެސް އަހަންނަކަށް ނޭނގެއެވެ.

” ޝާމާ. ދެން އެތެރެއަށް ވަދޭ! މިހާރު ހުންނާނީ ހިތްހަމަޖެހޭ ވަރަށް ވާރެޔާ ތެމެވިފައި. ދެން މާދަމާ ރޯގާޖެހިގެން ނޯއް ދަމަށް ފެށީމަ މަންމަ އެހާ ހިތްހަމައެއް ނުޖެހޭނެ.” އަހަރެންގެ މަންމަ އަހަންނަށް ގޮވާލަމުން ބުންޏެވެ.

” ކުޑަ އިރުކޮޅަކުން މިވަންނަނީ.” އަހަރެން ވަންނާކަށް ބޭނުމެއް ނޫނެވެ.

ކުއްލިއަކަށް ވާރޭ ތުނިކޮށްލިއެވެ. އަހަރެން މައްޗަށް ބަލާލީމެވެ. އުޑުމަތި ބަނައެވެ. ނަމަވެސް، ކުޑަ އިރުކޮޅެއް ފަހުން ފަނޑު ހަނދުވަރުގެ އަލި މުޅި ގޯތި ތެރެއަށް ފެތުރެން ފެށިއެވެ. އަހަރެން ޖޯލިފަތިން ތެދުވެ ބަލާލީމެވެ. ގޯތިތެރޭގައިވާ ގަސްތަކުގެ ތެރެއަށް ހަނދުވަރުގެ އަލި އެޅިފައި އޮތްއިރު ވަރަށް ހިތްގައިމެވެ. މުޅި ތަނަށް އޮތީ ކޮކާ ހަނދުވަރު ދީފައެވެ. އެމަންޒަރަކީ އަހަރެން ވަރަށް ބަލާހިތްވާ މަންޒަރެކެވެ. އެހެންވެ ކުޑައިރުކޮޅަކު ޖޯލީގައި މަޑުކޮށްލީމެވެ. ދެން ފުން ނޭވާއެއް ލުމަށްފަހު ޖޯލީގައި ހަމަޖެހިގެން އޮށޯވެލީމެވެ. ހިތަށް އެރިއެވެ. މިހެން އޮތްވައި ނިދިއްޖެއްޔާ މަންމަ ވަރަށް ރުޅި އަންނާނެއެވެ. އެހެންވެ ޖޯލިން ތެދުވެ ގޭ ތެރެއަށް ވަނުމަށް ހިނގައިގަތީމެވެ.

” ހާދަ އަވަހަކަށް ތި ދަނީ. މިރީތި މަންޒަރު ބަލާލަން މަޑުކޮށްލަންވީނު. ނޫނީ އަހަރެން ވަރަށް އެކަނި ވާނެ.” އަހަރެން ހިގައިގަތުމުން ކޮންމެވެސް މީހަކު އެހެން ބުނެލި އަޑު އިވުނެވެ.

” ދެން ނުހުރެވޭނެ.” ކޮންމެވެސް ވަރަކަށް ޖެހިލުންވެއިދެ އަހަރެން ބުނީމެވެ.

” މިކޮޅު ބަލާލަބަލަ. އޭރުން ހަމަ ގައިމުވެސް ޝާމާ ތިހެން ނުބުނާނެ. ” އެއީ އަހަރެން ވަރަށް ދަންނަ އަޑެކެވެ.

” ޝާޔަންތަ؟ އަންގާވެސް ނުލާދޯ ތިއައީ؟” އަހަންނަށް ލިބުނީ ޙައިރާންކަމެކެވެ.

” ހިނގާލަންދާންވީނު.” ޝާޔަން ޖަވާބު ދިނީ އަހަރެންގެ ސުވާލަކަށް ނޫނެވެ.

” މިރޭތަ ހަމަ؟ އެހެން ރެއަކުންދޯ.” އަހަރެން އިންކާރު ކުރީމެވެ.

” ނޫން. ހަމަ މިރޭ ދާންވާނެ. މިފަދަ ކޮކާ ހަނދުވަރެއްގަ ހިނގާލުމުން އަސްލު ލޯތްބަކީ ކޮބައިކަން އިނގޭނީ؟” ޝާޔަން އައިސް އަހަންނާއި ކައިރިވެލަމުން ބުނެލިއެވެ.

އިތުރު އެއްޗެކޭ އަހަރެން ނުބުނަމެވެ. މަޑުމަޑުން ގޮސް ޝާޔަންގެ އަތުގައި ހިފީމެވެ. އެއަތުގައި ވަނީ ފިނިކަމެވެ. ދެން މަޑުމަޑުން ހިނގަން ފެށީމެވެ. ޝާޔަން އަކީ އަހަރެން އެންމެ ގާޔާވާ އަދި ލޯބިވާ މީހާއެވެ. އަހަރެމެން ދެމީހުންގެ ގުޅުމަށް މިހާރު ތިން އަހަރު ވަނީއެވެ. ސްކޫލު ދައުރުގައި އުފެދުނު އެކުވެރިކަން ލޯތްބަށް ބަދަލުވީއެވެ. ދެފަރާތުގެ ޢާއިލާގެ ރުހުމުގެ މަތިންނެވެ. އަވަސްކަމުން ކައިވެންޏަކާއި ހަމައަށް ދާން އަހަރެން އަދި ބޭނުން ނުވަނީއެވެ. އަހަރެންގެ ޢާއިލާގައި ދެން ތިބި ހުރިހާ މީހުންވެސް ކައިވެނިކުރީ ކުއްލިއަކަށެވެ. ހަމަ އެހާ އަވަހަށް އެކައިވެނިތައް ވަނީ ރޫޅިފައެވެ. އެކަމުގެ ހިތާމައިން އެމީހުން ސަލާމަތް ނުވެގެން އުޅޭތަން އަދިވެސް އަހަންނަށް ފެނެއެވެ. އެއީ އަހަރެންގެ ދިރިއުޅުމުގައި ޖައްސަން އަހަރެން ބޭނުންވާ ކުލައެއް ނޫނެވެ.

ހިނގަމުން ގޮސް އަހަރެމެން އިށީނީ ތުނޑިމަތީގައެވެ. ހަނދުވަރުގެ އަލިން މުޅިތަންވަނީ އުޖާލާ ވެފައެވެ. ހަނދުވަރުގެ އަލި މޫދަށް އެޅިފައި އޮތްއިރު ހީވަނީ މުޅިތަނަށް ރިހި ވިރުވާ އަޅާފައި އޮތްހެނެވެ.

” ކޮންކަމަކާތަ ތިވިސްނަނީ؟” އަހަރެން މަޑުން އިނުމުން ޝާޔަން އަނހާލިއެވެ.

” ކައިވެނި ކުރެވޭނެ ދުވަހަކާއި ދޭތެރޭ މިވިސްނަނީ.” މަޑުމަޑުން އަހަރެން ބުނީމެވެ.

” އެހެންތަ؟ ދެން ނުވާނެ ގިނަ ދުވަހެއް.” އަހަރެންގެ އަތުގައި ހިފާ ބާރުކޮށްލަމުން ޝާޔަން ބުނެލިއެވެ.

އަހަރެން އިސްދަށަށް ޖަހާލީމެވެ. ޝާޔަން އަހަންނަށް ބަލާލިއެވެ. ދެން އަހަރެންގެ އުނގުގައި ބޯއަޅާލިއެވެ. އަހަރެން މަޑުމަޑުން ޝާޔަން ގެ ބޮލުގައި ފިރުމަމުން ގެންދިޔައީމެވެ. ޝާޔަން ތެދުވިއެވެ. މަޑުމަޑުން އަހަންނާއި ގާތްވެލިއެވެ. ދެން ދިޔައީ ހަމަ ހިމޭނުގެ ވަގުތެކެވެ. އަހަރެން ބޭނުމީ އެވަގުތުކޮޅު ދިގު ކުރާށެވެ. ޝާޔަން ގެ ފަރާތުން ދުވަހަކުވެސް ނުލިބޭ ހިތްހަމަޖެހުން އަހަންނަށް ލިބުނެވެ. މަޑުމަޑުން އަހަރެންގެ ދެލޯ މެރެން ފެށިއެވެ.

އަހަންނަށް ހޭލެވުނީ ގަޔަށް ހޫނުވުމުންނެވެ. ބަލާލިއިރު، އިރު އަރަމުން އަންނަނީއެވެ. ދެން ކުއްލިއަކަށް އަހަރެން ބަލާލީމެވެ. އަހަންނަށް އޮވެވުނީ ތުނޑީގައެވެ. ލިބުނީ ޙައިރާން ކަމެކެވެ. މިއޮތް ހުރިހާ އިރު އަހަންނަށް މިއޮވެވުނީ ހަމަ މިތުނޑި މަތީގައިބާވައެވެ؟ އަހަރެން މިތަނަށް ގެނައީ ކާކު ހެއްޔެވެ؟ ހަނދާންވީ ދެނެވެ. ދެން ބަލާލެވުނީ ޝާޔަން އޮތްތޯއެވެ. ނެތެވެ. އަހަރެން މަޑުމަޑުން ހިނގައިގަތީމެވެ. ގެއަށް ދިއުމަށެވެ.

” ކޮންތާކުންތަ ތިއައީ؟” އަހަރެން ގެއަށް އައުމުން މަންމަ އަނހާލިއެވެ.

” ތުނޑިމަތިން.” ކުރު ޖަވާބަކުން އަހަރެން ނިންމާލީމެވެ.

” ކާކާއިއެކުގަތަ ދިޔައީ؟” މަންމަ އަނހާލިއެވެ.

” ޝާޔަން .” އަހަރެން ބުނީމެވެ.

” ކޮން އިރަކުތަ ޝާޔަން އައީ؟ ކޯސް ނިންމާފަ އަދި އޭނައެއް ނާދެއެއްނު. ރޭގަވެސް މަންމަ ވާހަކަ ދެއްކީމޭ ޝާޔަން ގެ މަންމަޔާ. ބުނި އަދި އަހަރެން ފަހުންނޭ ޝާޔަން އަންނާނީ.” މަންމަ އެހެން ބުނުމުން އަހަރެން ދިޔައީ ސިއްސައިގެންނެވެ.

އެހިސާބުން އަހަންނަށް ލިބުނީ ޙައިރާން ކަމެކެވެ. ޝާޔަން ނާންނަ ކަމުގައި ވާނަމަ، ރޭގައި ތުނޑީގައި އަހަރެން ވަގުތު ހޭދަ މިކުރީ ކާކާއި އެކުގައި ހެއްޔެވެ؟ އެއީ ޝާޔަން އެއް ނޫން ބާވައެވެ؟ އެކަމަކު ޝާޔަން އާއި އޭނަ ހާދަ ވައްތަރެވެ. އެއްވެސް ކަމެއްގައި ތަފާތެއް ނެތެވެ. ބަލާ ބެލުމާއި އެފިރުމުން ތަކުގައިވެސް ހުރީ ހަމަ އެއްގޮތް ކަމެވެ. ވީއިރު، މިވީ ކިހިނެއް ހެއްޔެވެ؟ އަހަންނަށް އޮޅުނީ ހެއްޔެވެ؟ ނޫނިއްޔާ އެއީ ދެން ފަހެ ކާކު ހެއްޔެވެ؟ އަހަރެންގެ ހިތް އުފަލުން ފުރާލަދިނީ ޝާޔަން ނޫން ދެން ކާކު ހެއްޔެވެ؟ އަނެއްކާ އެއީ އެހެން މަޚްލޫޤެއް ބާވައެވެ؟ ކޮންމެ ގޮތެއް ވިޔަސް އެފަރި ފިރުމުންތަކުން ވަރަށް ހިތްހަމަޖެހުން އިޙްޞާޞް ކުރެވުނެވެ. ދުވަހަކުވެސް ނުލިބޭ ހިތްގައިމު މީރުކަން ލިބުނެވެ.

ދެހަފްތާ ފަހުން ކުއްލިއަކަށް ޝާޔަން ރަށަށް އައެވެ. ޝާޔަން ރަށަށް އައިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި އަހަރެން ޝާޔަންއާއި ކައިވެނިކުރީމެވެ. އަހަރެން ވަރަށް ހިތްހަމަ ޖެހުނެވެ. އަނެއްކޮޅުން ޝާޔަން ވެސް ހުރީ ވަރަށް އުފާވެފައެވެ. ސްކޫލު ދައުރުގެ ރައްޓެހިކަން ލޯތްބަށް ބަދަލުވެގެން ކައިވެންޏާއި ހަމައަށް އާދެވެނީ ވަރަށް މަދު މީހަކަށެވެ. އެމީހުންގެ ތެރޭގައި އަހަރެމެން ދެމީހުން ހިމެނުމުން އަހަރެމެން ވަރަށް އުފާވިއެވެ. އެކަމާއި އުފަލުން އަބަދުވެސް ޝާޔަން އަހަރެންގެ ގާތުގައި އެވާހަކަ ދައްކައެވެ.

އަހަންނާއި ޝާޔަން އާއި ދެމީހުން ނިދަން ވަންނަނީ އެގާރަވެސް ޖަހާ ފަހުންނެވެ. އޭގެ ކުރިން ތިބެނީ ޖޯލި ފަތީގައެވެ. ޝާޔަން ވަރަށް އަވަހަށް ނިދާނެއެވެ. ކޮންމެ ރެއަކުވެސް ޝާޔަން ނިދުމުން، އަހަރެން ބޭރަށް ނުކުންނަމެވެ. ނޫނެކެވެ. ނުކުންނަން މަޖުބޫރު ވަނީއެވެ. އަހަންނަށް ބޭރުން މީހަކު ގޮވަނީ އެވެ. އެއަޑަށް އަހަރެން ސަމާލުކަން ދެމެވެ. އަދި އޭނާއާއިއެކު، ތުނޑި މައްޗަށް ކޮންމެ ހަނދުމަހެއްގެ ތިންރޭ އަހަރެން ދަމެވެ. ކައިވެނި ކުރަން ހުއްދަދިނީ ވެސް އަހަންނަށް އެކަމަށް ޝަރުތުކޮށްފައެވެ. ނޫންނަމަ، ފިރިމީހާގެ ފުރާނައަށް ނުރައްކާވާނެކަމަށް އަހަންނަށް އިންޒާރުވެސް ދިނެމެވެ. އަދި އަހަރެން ފެނުނުގޮތާއި ލޯބިވިގޮތްވެސް އޭނާ އަހަންނަށް ކިޔައިދިނެވެ. ތުނޑިމަތީގައި އޭނާ އަހަރެންގެ ފަރާތުން ހިތްފުރެންދެން އުފާ ހޯދައެވެ. އަހަރެންގެ ހިތްވެސް އުފާކޮށްދެއެވެ.

އަހަރެން ބައެއް ފަހަރު ވަރަށް ދެރަވެސް ވެއެވެ. އަހަރެންގެ ފަރާތުން ޝާޔަން އަށް އެއްވެސް އުފަލެއް ހޯދައި ނުދެވޭތީއެވެ. އެކަމާއި ޝާޔަން ޝަކުވާއެއްވެސް ނުކުރެއެވެ. އަނެއްކޮޅުން ޝާޔަނަށް އަހަރެން ތުނޑިމައްޗަށް ދާކަން އަދިވެސް ނޭނގެއެވެ. އެކަމަކު އަހަރެން ވަރަށް ބިރުވެސްގަނެއެވެ. ޖެހިލުންވެސް ވެއެވެ. މިކަން މިހެން ދެމިއޮންނާނީ ކިތައް ދުވަސްވާންދެން ބާވައޭ ހިތާއިހިތުން ސުވާލުވެސް ކުރެވެއެވެ. ޝާޔާންގެ ފުރާނަޔަށް ގެއްލުމެއް ލިބިދާނެތީ، މީހެއްގެ ގާތުގައި މިވާހަކަ ބުނެވޭކަށްވެސް ނެތެވެ. އަނެއްކޮޅުން ޝާޔަން އަށް އެކަން އިނގިދާނެތީ އަހަރެން އިންނަނީ ހާސްކަމެއްގެ ތެރޭގައެވެ. ތެދެކެވެ. އަބަދު މިކަން ސިއްރެއް ނުވާނެއެވެ. ކޮންމެ ހަނދުވަރަކުން ތާއަބަދު އަހަންނަށް އުފަލެއް ނުވަތަ އަނިޔާއެއް ލިބިގެންނުވާނެއެވެ. އެކަމަކު، ކޮންމެވެސް އެއްދުވަހަކުން މިކަން ޝާޔަން އަށް ފަޅާ އަރާނެއެވެ. އެދުވަހަކުން ކަންތައް ވާނެގޮތް އެގެނީ ކާކަށްހެއްޔެވެ؟ ދެން ހިތަށް އަރައެވެ. މިބުނާ ކޮންމެވެސް އެއްދުވަހަކުން އަންނާނީ މާދަމާކަންވެސް ނޭނގެއެވެ.

=ނިމުނީ=

Share Article

Follow Me Written By

GOLDENPEN0555

Level 110 Stories

Other Articles

Previous

އިންތިޒާރު 42

Next

ޝުދޫ*****(13)ވަނަބައި

Next
August 3, 2015

ޝުދޫ*****(13)ވަނަބައި

Previews
August 2, 2015

އިންތިޒާރު 42

8 Comments!

  1. emiliya says:
    August 3, 2015 at 12:57 pm

    Nice…….. hope to read more stories of abaan

  2. nukko says:
    August 3, 2015 at 2:05 pm

    NYC

  3. shame says:
    August 3, 2015 at 2:18 pm

    koacheh alhe dhen mee hywany kuda kuhjeh liyefa oih ehcheh hen!

  4. stranger says:
    August 3, 2015 at 2:22 pm

    Kuda kudhin liya echehi vane mihen… keikurey.. fahun rythivane adi… ok

  5. ken says:
    August 3, 2015 at 3:25 pm

    Thankolhei dhigukoh genesdhin nama…i mean kiru vaahaka akas haadhissage ithuru thafseelu genesdyfa nimmaalinama vaahaka furihama vaanew…nyways good luck ?

  6. Shaha says:
    August 3, 2015 at 4:28 pm

    V v v v v v v reethi abaan ge vaahaka thah vex ….

  7. Aarsh says:
    August 25, 2015 at 1:34 pm

    BEEEEEEEEUTIFULLLLLLLLLLLLLLL

  8. Rsh says:
    November 7, 2017 at 10:19 am

    Nice mi part ves

Comments are closed.



All Right Reserved!