Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނާއީ….. (1) ވަނަބައި

DESTINY2020 Level 210 Stories
August 2, 2015 2 Mins Read
10 Comments

ޢުމުރުން އެންމެ ތޭރަ އަހަރުގައި އިންސާނެއްގެ ހިތުގައި ދައުރުވާނީ ކޮންކަހަލަ އިޙްޞާޞެއް ހެއްޔެވެ؟ އެއީ ކޮންކަހަލަ ޢުމުރެއް ހެއްޔެވެ؟ މީހުން ބުނާގޮތުން ނަމަ އެއީ އެންމެ ނާޒުކު އެއް ޢުމުރެވެ. ކުޑަ ކުއްޖެއްގެ ޢުމުރު ފަހަޅަނާ ގޮސް ބޮޑު މީހަކަށް ބަދަލުވުމުގެ މަރުޙަލާގެ ފެށުން އަންނަނީ މިހިސާބުން ކަން ނޭނގެއެވެ. ދުނިޔެއަށް ލޯހުޅުވަން ފަށަނީ ނުވަތަ ފެށެނީ މިހިސާބުންނެވެ. ދިރިއުޅުމުގެ ޙަޤީޤީ މާނައަކީ ކޮބައިކަން ދަސްކުރުމަށް އަޅާ ފުރަތަމަ ރޮނގު އަޅަން ފަށަނީ މިހިސާބުންނެވެ.

ތެދެކެވެ. ތަފާތު މީހުން ކަންކަމާއި ވިސްނާގޮތާއި ދެކޭގޮތް ވަރަށް ތަފާތުވާނެއެވެ. އެއްވެސް ދެ އިންސާނެއްގެ ޙިޔާލު ހުރިހާ ކަމެއްގައި އެއްގޮތެއް ނުވާނެއެވެ. ވާކަށް ނުވެސްޖެހޭނެއެވެ. ޙަޤީޤީ ދިރިއުޅުމުގައިވެސް މިކަން އޮންނާނީ މިހެންނެވެ.

އަހަރެންވެސް އެއް ބަހެވެ. ޢުމުރުން ތޭރަ އަހަރުގައި ހިތުގައި އިޝްޤީ ހުޅުކޮޅު ރޯކުރުމަކީ ހަމަ ވެދާނެ ކަމެކެވެ. އެކަން މިއަދު އަހަންނަށް އިޙްޞާޞް ކުރެވެއެވެ. އަދި ވެސް އަހަރެންގެ ކަންފަތުގައިވަނީ އެ އަޑެވެ. އޭނާ ބޭނުންކުރި މީރު ސެންޓް ވަސް އަދިވެސް ދުވާހެން ހީވެއެވެ. ޔަޤީނެވެ. ލޯތްބަކީ ފިނިފޮނި އިޙްސާސްއެކެވެ. ރިހުން އެކުލެވިފައިވާ ލޯބީގައި އަދި މާފޮނި އިޙްޞާޞެއް ވާހެން ބައެއް ފަހަރު ހީވެއެވެ.

އަހަރެންގެ ހަނދާނުގެ ވާފަށް ގޮސް ގުޅެނީ މީގެ އެތަކެއް އަހަރު ކުރިއާއިއެވެ. އެއީ މީގެ ވިހި އަހަރު ކުރިއެވެ. އެ ދެ އަކުރުގެ ނަން ހިތަކުން ނުފިލިއެވެ. އެ ހިނިތުންވުން މަތިން ހަނދާނެއް ނުނެތެއެވެ. ފަސް ސިކުންތައް ނަމަވެސް ސަލާމްކޮށްލެވުނު ކަމަށްޓަކައި، އަދި ވެސް އެ އަތުގެ މަޑުކަމާއި އޮމާންކަން ހިތަށް ގެނެވެއެވެ. ދޮގެއް ނޫނެވެ. މިދުނިޔެމަތީގައި ލައްވަވާފައިވާ އެެންމެ ފުރިހަމަ އެކައްޗަކީ އަބުުރުވެރި ރީތި އަންހެނުންނެވެ. ނާއީ އަކީ މިފަދަ ރިވެތި މިސާލެކެވެ. އެކަން އަހަންނަށް އެނގެއެވެ. މީހަކަށް ރީތި ނުވިއަސް އަހަންނަށް ރީތި އެއްޗެއް ރީއްޗޭ ބުނެވިދާނެ ނޫންހެއްޔެވެ؟

އެއީ ވެސް ދުވަހެކެވެ. އަހަރެން ފިހާރަޔަކަށް ވަނީ އެއްޗެއް ގަތުމަށެވެ. އަހަންނަށް ނާއީ ފެނުނީ އެ ފިހާރައިގެ ތެރެއިންނެވެ. އަހަރެން ހުރީ ނާއީގެ ފަހަތުގައެވެ. ނާއީ އަށް އަހަރެން ފެނުނީ ތަންކޮޅެއް ފަހުންނެވެ. އޭނާ އަހަރެން ބަލާފައި ހީނލިއެވެ. އެހިނިތުން ވުމުގައި ވަނީ ފިނިކަމާއި ފޮނިކަމެވެ. ނާއީ އަކީ ކިހާ ރީތި ކުއްޖެއްކަން އަހަންނަށް ވިސްނުނީ އެހިނިތުންވުމުގެ ފަހުންނެވެ. ކުރިންވެސް ވަރަށް ގިނައިން ނާއީ ފެނެއެވެ. ކުޑަކޮށް ވާހަކަވެސް ދެކެވެއެވެ. އެކަމަކު، އެދުވަހު ނާއީ ހިނިތުންވެލިގޮތުން އަހަރެންގެ ހިތުގައި ނާއީގެ އެހިނިތުންވުން ބިންވަޅު ނެގުނެވެ.

ނާއީ އަކީ ޤަދަރުވެރި އާއިލާއެއްގައި ހުރި ހަމަ އެކަނި އަންހެން ކުއްޖާއެވެ. މައިން ބަފައިންނާއި އާއިލާ މީހުންގެ ލޯތްބާއި އަޅާލުން އޭނާއަށް އިންތިހާޔަށް ލިބޭކަން އަހަންނަށް އެނގެއެވެ. އެހެންވެ އޭނާ ބޮޑުވަމުން އަންނަނީ ކިހާ ލޯބިންކަންވެސް އަހަންނަށް އެނގެއެވެ. ލޯތްބާއި އަޅާލުން ލިބިގެން ބޮޑުވުމުގެ ނަޞީބު ނާއީ ލިބުނުކަމަށްޓަކައި އަހަރެން އިންތިހާޔާށް ޝުކުރު ކުރަމެވެ. މިދުނިޔޭގައި މައިންބަފައިންނާއި ތިމާގެ މީހުންގެ ލޯތްބާއި އަޅާލުމަށް ސަލާން ޖަހަމުންދާ ކިތައް މީހުން އުޅޭކަން އެނގޭނީ އެކަމަށް ވިސްނާލި މީހަކަށެވެ.

އަހަންނަށް އެންމެ ފުރަތަމަ ނާއީ ފެނުނު ދުވަހަކީ ދައްތަ ބުނެގެން އެގެއަށް ހެދުމެއް ބަލާ ދިޔަ ދުވަހެވެ. ނާއީގެ މަންމަ އަކީ ކުޑަކޮށް ފަހާ މީހެކެވެ. ދައްތަގެ ހުރިހާ ހެނދުމެއް ކަހަލަ ގޮތަކަށް އޭރު ފަހަނީ ނާއީގެ މަންމަ އެެވެ. އަހަރެން ނާއީގެ ގެއަށް ވަދެގެން ދިޔައިރު ނާއީ އިނީ ސިޓިން ރޫމްގައި އިން ކުޑަކުޑަ އުނދޯލީގައި ވާހަކަ ފޮތެއް ހިފައިގެން ކިޔާށެވެ. މަޑުމަޑުން އުނދޯލި ހެއްލަމުން ވާހަކައަށް ގެއްލިފައި ނާއީ އިންގޮތުން މީހުން ވާހަކަ ކިޔުމަށް ޝައުޤުވެރިވާ ވަރު އަހަންނަށް ދޭހަވިއެވެ. އަހަރެން މަޑުމަޑުން ގޮސް ނާއީގެ ގާތުގައި އެ އުނދޯލީގައި އިށީނީމެވެ.

” އޯކޭތަ؟” އިށީނުމަށްފަހު އަހަރެން ބުނީމެވެ.

” ކޯއްޗެއް؟” މަޑުމަޑުން ނާއީ އަނހާލިއެވެ.

” މިއުނދޯލީގައި އިށީނަސް އޯކޭހޭ؟” އަހަރެން ކުރަން ޖެހޭ ސުވާލު ފަހުން ކޮށްލީމެވެ.

” އުނދޯލި ހުންނަނީ އިށީންނަށް. ކޮޅަށް އަރާކަށް ނޫންދޯ. އިށީނދެ ނިމުނީމަ ތިސުވާލުނުކޮށް

ކުރިން ކުރިނަމަ. އޭރުން ދޯ ރީތިވާނީ؟” ނާއީ މޫނު ހަދާލަމުން ބުނެލިއެވެ.

” މާރީތި އެއްޗެއް ފެނުނީމަ، ރީތިގޮތް ހަނދާން ނެތުނީ؟” އަހަރެން ބަހަކުން ޖަހާލީމެވެ.

” ކޮން އެއްޗެއް؟ މަށަށް ވެސް ދައްކަންވީނު؟” ނާއީ އަވަސް އަވަހަށް ބުނެލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

DESTINY2020

Level 210 Stories

Other Articles

Previous

ނާމާނޭ…12

Next

އިންތިޒާރު 42

Next
August 2, 2015

އިންތިޒާރު 42

Previews
August 2, 2015

ނާމާނޭ…12

10 Comments!

  1. naxx says:
    August 2, 2015 at 7:39 pm

    dhen varah salhi ..daily mi story up kuraanantha??

  2. naxx says:
    August 2, 2015 at 7:40 pm

    yeyy I’m the first…mi story ge authorah nax ge salaam..

  3. ifaasha says:
    August 2, 2015 at 7:54 pm

    Saabahey nax.. anyways this part is fantastic.. bt little short dhw.. nxt part dhiguvaane kamah hope kuran.. and waiting 4 nxt part♡♡♡

  4. Huxny says:
    August 2, 2015 at 8:13 pm

    There u go again. Uploading the same story all over the internet. Reethi dho dhen.?

  5. Shaan says:
    August 2, 2015 at 8:15 pm

    ????

  6. elsa says:
    August 2, 2015 at 8:40 pm

    shaan hoadhaa eba shudhoo , in hijra

  7. elsa says:
    August 2, 2015 at 8:41 pm

    vr salhi story

  8. Shabee says:
    August 3, 2015 at 2:04 pm

    Ey dhen shudhoo up kohbala… plx plx.. 🙂

  9. xaaxaa says:
    August 4, 2015 at 11:41 pm

    Hey kba tha next prt a was kohlabrr I’m waiting to read this story awax kohlahchey ingey golden pennnnnnn maadha gennaane kamah ummyydhu kuran

  10. yaanu says:
    August 6, 2015 at 11:09 am

    Sakaraaiy nujahaa…avahah up kohbba…keh madhu vaniyyey

Comments are closed.

Next Episodeނާއީ….. (2) ވަނަބައި←


All Right Reserved!