Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ޝުދޫ*****(13)ވަނަބައި

DESTINY2020 Level 210 Stories
August 3, 2015 4 Mins Read
23 Comments

 

” އެއީ ވަރަށް ދިގު ވާހަކައެއް. ދިމާވުމުން ކިޔައިދޭނަން. ދެން ތެދުވެގެން އޮފީހަށްދޭ. މިހާރު ނުވައެއް ޖަހަން ކައިރިވަނީ.” ޝިފާ ފޯން ބޭއްވީ އެހެން ބުނުމަށްފަހުގައެވެ.

ފާޚާނާއިން ފެންވަރައިގެން ނިކުތްއިރު އިމާން ގުޅަނީއެވެ. އަހަރެން އޮފީހަށް އައުން ލަސްވެގެންކަން ޔަޤީނެވެ. އަންހެނުންގެ ކަންތައްތައް ކިތަންމެ މައްޗަސް، އިމާން ގަޑިއަށް އޮފީހަށް އަންނާނެއެވެ. އެގޮތުން އެއީ ނަންބަރ ވަންއެވެ. އެހާވެސް ބަރާބަރުވާނެއެވެ. އަނގަޔާއި އެއްވަރަށް އޭނާގެ އަތްފައިވެސް ޙަރަކާތްކުރާނެއެވެ. އެއީ ފިރިހެން ދަރިއެވެ.

” ލަސްވީދޯ.” އަހަރެން ފޯން ނެގުމަށްފަހު ބުނީމެވެ.

” މާބޮޑަށްވެސް. އަވަހަށް އާދެބަލަ. އަހަރެން އެބަޖެހޭ ވަރަށް އަވަހަށް އެއަރޕޯރޓަށްދާން. އެއްކަލަ ދެމީހުން އެބައާދޭ މިއަދު.” އިމާން އަވަސް އަވަހަށް ބުނެލިއެވެ.

” އަދި ކިރިޔާތަ އެމީހުން އެއަންނަނީ؟” އަހަރެން އަނހާލީމެވެ.

” އާނ. މިހާރު ކަންތައްތައް ހުންނަ ގޮތުން، ފިސާރި ހާސަރު ބޮޑޭ ބޭރު މީހުން ގެންނަންވީމަ. ދެންވެސް އިތުރު ވާހަކަ ނުދައްކާ އަވަސްކޮށްގެން އާދޭ.” އިމާން ފޯން ބޭއްވިއެވެ.

އަހަރެން އަވަސް އަވަހަށް އޮފީހަށް ދިޔައިރު، އިމާން އޮފީސް ތަޅުލާފައި ނިކުންނަނީއެވެ.

” ހުރިހާ ކަމެއް ބަރާބަރަށް ގެންދައްޗޭ. އަހަންނަށް އާދެވޭނީ އިރުގަނޑެއް ފަހުން ހެން ހީވަނީ.” އިމާން އަވަސް އަވަހަށް ދަމުން ބުނެލިއެވެ.

” އޯ.ކޭ. މައްސަލައެއްނޯންނާނެ.” އަހަރެން އޮފީހަށް ވަންނަމުން ބުނީމެވެ.

އޮފީސް މަސައްކަތް ކުރަމުން އަހަރެން ގެންދިޔައީ މަޑުމަޑުންނެވެ. ކުޑަ އޮފީހެއްކަމުން މާ މަސައްކަތް ގިނައެއްނުވާނެއެވެ. އަހަރެމެން އުޅޭ އޮފީހުގެ އެންމެ ހިތްހަމަޖެހޭ ކަމަކީއެއީއެވެ. ދެމީހުންނަށް އޮފީހުގެ ހުރިހާކަމެއް ކުރެވޭނެއެވެ. ވެރިމީހާ އަކީ ރަނގަޅު މީހެއްކަމުން ހުރިހާ ބާރެއް އޮންނަނީ އަހަރެމެންނަށް ދީފައެވެ. އެއީވެސް ބޮޑު ނަޞީބެކެވެ. އެކަމުގެ އަގު އަހަރެމެންވެސް ވަރަށް ވަޒަން ކުރަމެވެ.

މެންދުރަށް ކުޑަ ބުރޭކެއް ނެގުމަށްޓަކައި ގޮނޑިން ތެދުވެ މޯޅިއަކަށް ދެމިލީމެވެ. ލޮލުގައި އަޅައިގަތީ އިމާންގެ ކޮމްޕިއުޓަރެވެ. އަވަސް އަވަހަށް އޮފީހުން ދާންވެގެން، އޭނަ ދިޔައީ ފޭސްބުކުން ލޮގް އައުޓް ނުވެއެވެ. ހިތަށް އެރިއެވެ. ކުޑަކޮށް އިމާންގެ ފޭސްބުކު ހާވާލަން ވާނެއެވެ.

އަހަރެން މަޑުމަޑުން އިމާންގެ ފޭސްބުކު ބަލަމުން ގެންދިޔައީމެވެ. އިމާން އެޑްކޮށްފައި ހުރީ ހުސް އަންހެން ކުދިންނެވެ. ޖުމްލަ އެއްހާސް ރައްޓެހިން އެޑްކޮށްފައިވާއިރު، ދިހަ މީހުން ފިޔަވައި ދެން ތިބީ ހުސް އަންހެން ކުދިންނެވެ. ހުސް ރީތި ކުދިންނެވެ. އޭގެ ތެރެއިން ފަންސަވީސް އަންހެން ކުދިން ތިބީ އޮންލައިންގައެވެ. ހިތަށް އެރިއެވެ. އިމާންމީ ވާ ކާމިޔާބު މީހެކެވެ. ހާދަ އަވަހަކަށް މީހުން ގާތް ކޮށްލަން އިމާން އަށް އިނގެއެވެ.

އަހަރެންގެ ލޮލުގައި އަޅައިގަތީ އޮންލައިންގައި އިން ޝިފާއެވެ. ޝިފާ އޮން ލައިންގައި އިނުމުން އަހަރެން އިމާންއަށް ވެގެން ޝިފާއާއި ޗެޓްކުރަން ފެށީމެވެ. ނަޞީބަކުން ޝިފާޔަށް އަހަންނަކީ އިމާން ނޫންކަން ފަހުމެއް ނުވިއެވެ. އަހަރެން ފަނަރަ މިނިޓްވަންދެން ޝިފާޔާއި ވާހަކަ ދެއްކީމެވެ. ޝިފާގެ ބައެއް މަޢުލޫމާތު ހޯދަން ބުނުމުން، ޝިފާ ބުނަނީ ހުރިހާ އެއްޗެއް އެނގޭ މީހަކު، ދެން ހޯދަން އޮންނާނީ ކޮން އެއްޗެއް ހެއްޔެވެ؟ ސަކަރާތް ނުޖެހުމަށްވެސް ޝިފާ ބުނެލިއެވެ. އަހަރެން އިތުރު ވާހަކަ އެއް ނުދައްކަމެވެ. ދެން އަހަރެން އެހީ އަހަރެން ދެކެ ލޯބިވޭހެއްޔެވެ؟ ޝިފާ ބުނެލީ އަބަދުވެސް އިމާން ދެކެ، ލޯބިވާނެކަމަށެވެ. އެއީ އަނހަންޖެހޭ ކަމެއް ނޫނެވެ. އަހަރެން ސިއްސައިގެން ދިޔައީ އެހިސާބުންނެވެ. ހުރެވުނު ތަންވެސް އަހަންނަށް ނޭނގުނު ކަހަލައެވެ. ޝިފާ އިމާންދެކެ އަދިވެސް ލޯބިވޭ ބާވައެވެ؟ ޝިފާޔަށް އިމާން އެއީ ކާކުކަން އަދިވެސް ނޭނގެނީ ހެއްޔެވެ؟ އަހަރެން އިތުރަށް ވާހަކަ ނުދައްކާ ބިޒީއޭ ކިޔާފައި އޮފް ލައިންވީމެވެ. އިމާންއަށް މިކަން އެނގިއްޖެއްޔޭ ގޯސްވާނެއެވެ. އެކަމަކު، ޝިފާ އެބުނީ ހަމަ ތެދެއް ހެއްޔެވެ؟ ޝިފާ އަދިވެސް އިމާންދެކެ ލޯބިވާނެ ހެއްޔެވެ؟ އަހަންނަށް މިއިވެނީ ކޮން އަޑެއް ހެއްޔެވެ؟ ފެންނަނީ ކޮން މަންޒަރެއް ހެއްޔެވެ؟ އިމާން ބުނާ ގޮތުގައި ޝިފާއަކީ ވަގުތީ މެހެމާނެކެވެ. އަހަރެން ދެކެނީ ޝިފާއަކީ ގާތް ރައްޓެއްސެއްގެ ގޮތުގައެވެ. ލޯބިވެރިޔަކަށް ހެދުމުގެ ކުރިން ޝިފާ ފާސްވާންޖެހޭ އެތައްކަމެއް އެބައޮތެވެ.

މެންދުރު ކެއުމަށް އޮފީހުން ނުކުތީ އިރުކޮޅެއް ފަހުންނެވެ. އަހަރެން ގޮސްވަނީ ފިޒަސް އަށެވެ. އަހަރެން އެތަނަށް ވަންއިރު، އެންމެ މޭޒެއް ފިޔަވައި ހުރިހާ މޭޒެއް ވަނީ ފުރިފައެވެ. ހުރިހާ މޭޒެއްގައި ކަހަލަ ގޮތަކަށް ތިބީ އަންހެން ކުދިންނެވެ. ކެންގަރޫ ކިޑްސް ސްކޫލު ޓީޗަރުން ތިބީ ބޮޑު އެއްމޭޒުގައެވެ. ދެން ތިބީ ކޮލެޖްގައި ކިޔަވާ ކުދިންނެވެ. ދެން ތިބި މޭޒުގައި ތިބީ ޔޫއެން މުވައްޒަފުންނެވެ. ދެން ތިބި މޭޒެއްގައި ތިބީ ކޮންބައެއްކަމެއް ނޭނގެއެވެ. ހަމުން ދޮންވެފައި، ޔޫރަޕްގެ ގޮތްގަޑު ހުއްޓަސް، އެވެސް ދިވެހިންކަން އަހަންނަށް ޔަޤީނެވެ. އަހަރެން އިށީން ނަން ޖެހުނީ، އެމީހުންނާއި ޖެހިގެން ކަނުގައި އިން މޭޒުގައެވެ. އެހެންވެ، އަހަރެން އިށީނީ އެމޭޒުގައެވެ. އެކަނި އިންނަން ޖެހޭތީ، އަހަރެން އިނީ ގިނަ މީހުންނަށް އަހަރެންގެ މޫނު ނުފެންނަގޮތަށެވެ.

ފިޒަސްގައި ބިޒީ ގަޑިއެއްކަމުން، ވޭޓަރު އަންނަންދެން އަހަރެން މަޑުކޮށްލީމެވެ. ފޯން ނަގާ އިމާންއަށް މެސެޖްކޮށްލީ އާދެވޭނީ ކޮން އިރަކުތޯ ބެލުމަށެވެ. ދިހަ މިނިޓް ތެރޭގައި އާދެވޭނެކަމަށް އިމާން ބުނުމުން އޯކޭ ޖަހާފައި ރިޕްލައި ފޮނުވާލީމެވެ.

” ޝުދޫ. ކޮބާތަ އެއްކަލަ މޮޔަ ސޮރު؟” އަހަރެންގެ ފުރަގަހުގައި ތިބި މޭޒުން އަންހެން ކުއްޖަކު އެހެން ބުނުމުން އަހަރެން ދިޔައީ ސިއްސައިގެންނެވެ. ނަމަވެސް، އެމޭޒަށް ބަލާކަށް އަހަންނަކަށް ނުކެރުނެވެ.

” އެބައުޅޭ. އެއީވާ މީހެއް އިނގޭ. އަދިވެސް ހަމަ އަހަރެންގެ ފަހަތުން ނުނެއްޓިގެން އެއުޅެނީ. ބޮޑުކަމެއްމީ އިނގޭ.” ޝުދޫ ބުނެލިއެވެ.

” ދެން އާނއެކޭ ބުނެބަލަ. އެވަރަށް ލޯބިވާ މީހަކު އަހަންނަށް ލިބޭނެ ނަމަދޯ.” އެހެން އަންހެން ކުއްޖަކު ބުނެލިއެވެ.

” ތީ ތެދެއް. އޭނަ ޝުދޫދެކެ ހާދަ ލޯބިވޭދޯ. ޝުދޫގެ ވާހަކަވެސް މުރާޞިލްގަ މިހާރުވެސް އެބަ ލިޔެދޯ. އޭނާ ކިހާ ރަނގަޅު. ކޮން ނަމެއްތަ ކިޔަނީ އޭނަޔަށް؟”އެހެން އަންހެން ކުއްޖަކު އަނހާލިއެވެ.

” ޢާޒިމް އޭނަޔަށް ކިޔަނީ. ތީވެސް ބޮޑުކަމެއް މިހާރު. ކުރިން ދުވަހު އެހެން ރައްޓެއްސަކުވެސް ގުޅާފަ ބުނި، ޝުދޫގެ ވާހަކަދޯއޭ މުރާސިލްގަ އެއޮތީ. އަހަރެން މިހާރު ބުނެފިން ޢާޒިމްގާތު އެވާހަކަ ނިންމާލާށޭވެސް. އެކަމަކު ބުނީ ނުނިންމޭނޭ. އަހަންނާއި ދިމާވި ދުވަހަކުންނޯ ނިންމޭނީ. ” ޝުދޫ ހެމުންހެމުން ކިޔައިދިނެވެ.

” އަސްލު އިންސާނުންނަށް ނުވާނެ ތިހެން ހަދާކަށް. މިހާރު ކިތައް ދުވަސްދޯ މިވަނީ ޢާޒިމް ޝުދޫގެ ފަހަތުން ދުވާތާ؟ ހެޔޮނުވާނެ ޕްލީޒް. އެސޮރަށް ކޮންމެވެސް ޖަވާބެއް ދީބަލަ.” އެތަނުން އަންހެން ކުއްޖަކު އަހަންނަށް ހަމްދަރުދީވިކަންވެސް ނަޞީބެކެވެ.

” ދެން ނޭނގެ. ތިމީހުން ދެން ތިހާ ހަމްދަރުދީ ވަންޏާ ޢާޒިމްއާއި ރައްޓެހިވެބަލަ. މިއޮތީ ނަމްބަރު.” ޝުދޫ އަހަރެންގެ ނަންބަރު ހުރިހާ އަންހެން ކުދިންނަށް ބަހަނީ ހެއްޔެވެ؟

” ނޫނޭ. ނަމްބަރު ދޭށެކޭ ނޫން ދޯ މިބުނީ. މިޒަމާނުގަ ޙަޤީޤީ ލޯތްބަކީ ހޯދަން އުދަނގޫ އެއްޗެއް. އަހަންނަށް އިނގޭ ޢާޒިމް ވަރަށް ލޯބިވާކަން. ނޫނީ ދެއަހަރު ވާން ދާއިރު، އެގޮތަށް ފަހަތަކުން ނުދުވާނެ. މީ އަންހެނުން ހުސްވިތާ ކޮޅު މައްޗެއްނޫން ދޯ. އަނެއްކޮޅުން ޝުދޫވެސް ތިހުންނަނީ ހުސްކޮށް. ދެން ކޮބާތަ މައްސަލައަކީ ޝުދޫ ޢާޒިމްއާއި ރައްޓެހިވީމަ؟” ބައެއް އަންހެން ކުދިންނަށް ވަރަށް ވިސްނޭތާދޯއެވެ.

” ދެން ތިވާހަކަ ނުދައްކާ ހިނގާ ދަމާ.” ކުއްލިއަކަށް ވާހަކަ މެދުކަނޑާލާފައި އެހުރިހާ ކުދިން ކަހަލަ ގޮތަކަށް އެމޭޒުކައިރިން ތެދުވިއެވެ.

އެހުރިހާ ކުދިން ތެދުވެގެން ދާން ފެށުމުން އަހަރެން ބަލާލީމެވެ. ތިބީ ހުސް ރީތި ކުދިންނެވެ. ހުތުރޭ ކިޔާފައި ދައްކާނެ އެއްވެސް ކުއްޖަކު އެތާނގައި ނެތެވެ. ދެކުދިން ވަރަށް ވައްތަރެވެ. އެހެންވެ، އެތަނުން ޝުދޫ އަކީ ކާކުކަން ވަކިކުރާކަށް އަހަންނަށް ނޭނގެއެވެ. އަނެއްކޮޅުން ޝުދޫއޭ ކިޔާފައި ގޮވާލައިފިއްޔާ ވާނެ ގޮތެއް ނުވެސް އިނގެއެވެ. ޝުދޫއަކީ ރުންކުރު ގޮތެއް ހުންނަ ކުއްޖެކެވެ. މުޅި ތަނަށް އަހަރެން ބަދުނާމްވެސް ކޮށްލަފާނެއެވެ. ޝުދޫއަކީ، ބައެއް ފަހަރަށް ހިތަށް އަންނަ އެއްޗެއް ދުލަށް ގެންނަ ކުއްޖެކެވެ. އަހަންނަށް ގޮވާލެވޭ ގޮތަކުން ޝުދޫ ހުޅުވެސް ހިފައިދާނެއެވެ. އޭރުން އެޖެހުނީ ހަކަންތަކާއެވެ. ޝުދޫ ފިނިކުރަން ފެންޖަހާނެގޮތެއް އަހަންނަކަށް ނޭނގެއެވެ.

އިއްތިފާޤުން އިމާންއަށް ވަދެވުނީ އެކުދިންގެ ކުރިމައްޗަށެވެ. އިމާންގެ ކަޅި ފުރަތަމަވެސް ދިޔައީ އަންހެން ކުދިންނާއި ދިމާލަށެވެ. ވަކިވަކިން ވަރަށް ފުން ނަޒަރަކުން ހުރިހާ ކުދިންނާއި ދިމާލަށް އިމާން ބަލާލިއެވެ. އެމީހުން ސިނޑިން ފައިބައިގެންދަންދެން އިމާން ހުރީ ބަލަހައްޓައިގެންނެވެ. ހީވަނީ އިމާންއަށް ދުވަހަކުވެސް އަންހެން ކުއްޖަކު ނުފެންނަހެނެވެ. މީވެސް ވާ ކަމެއްތާ ދޯއެވެ. އެއޮތް ހުރިހާ ބިޓުން ގެންގުޅޭ މީހާޔަށް ކުއްލިއަކަށްމިވީ ކީއްހެއްޔެވެ؟ އެހެން ވާނެއެވެ. އެދިޔަ ހުރިހާ ކުދިންވެސް ލައިގެން ހުރީ މީހަކު ދެލޯބޮޑުނުވާ ކަހަލަ ހެނދުންތަކެއްނޫނެވެ.

” ހާދަ ރީތި ކުދިން ކޮޅެކޭދޯ އެދިޔައީ.” ގޮނޑީގައި އިށީނުމަށްފަހު ފުރަތަމަވެސް އިމާން ބުނީ އެހެންނެވެ.

” ރީތި މީހުން އުޅޭ ޤައުމެކޭ މީ. މައްސަލައަކީ ރީތިކަމާ އެއްވަރަށް އަޚްލާޤް ނުހުންނާތީ.” އަހަރެން މަޑުމަޑުން ބުނީމެވެ.

 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

DESTINY2020

Level 210 Stories

Other Articles

Previous

ކޮންމެވެސް އެއް ދުވަހަކުން*******

Next

ނާމާނޭ…13 (ފަހުބައި)

Next
August 3, 2015

ނާމާނޭ…13 (ފަހުބައި)

Previews
August 3, 2015

ކޮންމެވެސް އެއް ދުވަހަކުން*******

23 Comments!

  1. Shaan says:
    August 3, 2015 at 3:38 pm

    Amaaz ge crush aky shudhoo dho!

  2. Shaan says:
    August 3, 2015 at 3:39 pm

    Pls i ge comment ah reply kuraathi ingey. Anyways m the frst!

  3. Elly says:
    August 3, 2015 at 3:40 pm

    Badi pb shaante

  4. shaa says:
    August 3, 2015 at 3:41 pm

    waaoo awsome <3 love this story yipppeee m the first this time.
    actually this is true story dhow writer???/

  5. Shaan says:
    August 3, 2015 at 3:42 pm

    Elly 24 gadi iru innany online ga tha? Thnx4 callin that?

  6. Elly says:
    August 3, 2015 at 3:43 pm

    Like va meha online storys kiyanyaa innan vaane ennu!

  7. Anonymous says:
    August 3, 2015 at 3:44 pm

    Mi baives v salhi….kon irakun next part

  8. Shaan says:
    August 3, 2015 at 3:45 pm

    Blllll. M the frst shaa. Mashah kameh kohdhenyaa shaa elly ah ehen anhen kudhin ulhey gothah ulhun bahattan dhaskoh dheebala

  9. Shaa says:
    August 3, 2015 at 3:47 pm

    E buny thedheh. Ulhumeh dhaskuran jeheyne thy anheneh. Chat kuran beynun kudhin vibr group ah join kuran v nu,

  10. Elly says:
    August 3, 2015 at 3:50 pm

    Mashah kiyaa dheyne kameh neh. Loabi vevunyma engeyny vaa vareh

    1. :p says:
      August 3, 2015 at 3:54 pm

      hadhavareh thivany Elly , hama shaan aa hedhi ? , hahaha

    2. Shaan says:
      August 4, 2015 at 3:38 pm

      U love me? We dont even know each othr!?????. Amaaz shudhoo aky eynage crush kamah nubunyas mashah kerey bunan. Ma kujjeh dheke v.loabi vey. Ekujja ans eh dhen dhen ma hunnaany allah ge rahmai fulhaa eku huhah.refuse koffiyya wait kuraany or will do a arrang marrig. Dont mean to be rude. But lai ah ekai ma life ga loabi dheven othy….sorry?

    3. sumone says:
      August 4, 2015 at 3:40 pm

      Dhn thihaa varah lwbi vanyaa ehnn meehun ves lwbi vaa gothakah ulhen v ehnun………… Ehn noony lwbi nulibi dhaane……

    4. sumone says:
      August 4, 2015 at 3:45 pm

      There u have it………. so dhnves knmes ehn kamakaa ulheveytho balaa…………… nuvaane kan ingey kan kamah inthizaaru kurumaky beykaaru kameh……………. I’m telling this for ur own good……. dhnbes bas ahain reethikoh ulheveytho balaa…………….

    5. Shaan says:
      August 6, 2015 at 3:36 pm

      Thnx. But l think move on kuryma ehen kujjakah hen gellun vaany. I mean i cant love anyone except lai.

  11. Xee says:
    August 3, 2015 at 3:51 pm

    Mithaaves 2 storys eba kuriah dhey dho. Same people. Amaaz story varah kamudhey. Kn irakun next part?

  12. :p says:
    August 3, 2015 at 3:59 pm

    varah hadi hadi hadi hadi

  13. Shaha says:
    August 3, 2015 at 4:09 pm

    V v v v v v reethi mi bai vx ….. Waiting for the next part.

  14. naxa says:
    August 3, 2015 at 4:37 pm

    Mi vaavaahakayakun vaanuvaaea neyge.

    1. stranger says:
      August 3, 2015 at 5:37 pm

      Rangalah tibuny…

  15. Shabee says:
    August 3, 2015 at 8:46 pm

    Not bad…. 🙂

  16. leen says:
    August 4, 2015 at 11:17 am

    Mivaahaka konme faharakuves mivarah upload kohffa kuriah nugendeveneetho

  17. sumone says:
    August 4, 2015 at 3:43 pm

    dhn kn irakutha dhn in bai up kurany??????????

Comments are closed.

Next Episodeޝުދޫ***** 14 ވަނަބައި←


All Right Reserved!