Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ޝުދޫ*******(12)ވަނަބައި

DESTINY2020
August 2, 2015
4 Mins Read
12 Comments

 

” ނޫނޭ. އިވޭ އަޑުތަކުންނާއި ފެންނަ މަންޒަރާއި ދޭތެރޭ މިވިސްނަނީ؟” އަހަރެން ބުނީމެވެ.

” ތިކަމާއި ނުވިސްނާނެ މީހަކު ނުހުންނާނެ. އެކަމަކު، މައްސަލައަކީ މާޒީއަކީ އިޢާދަ ވާނެ އެއްޗެއްނޫންދޯ.” ޝިފާ މަޑުމަޑުން އެހެން ބުނުމުން އަހަންނަށް ނެގުނީ އެހެން މާނައެކެވެ.

” ތީ ހަމަ ތެދެއް. އެކަމަކު، ދިރިއުޅުމުގައި ފިޔަވަޅު އަޅާއިރު، އަނދަވަޅެއްގެ މަތީގައި ފިޔަވަޅު އެޅޭކަން އިނގެނީ ކިތައް އިންސާނުންނައްބާ؟” އަހަރެން ބުނީމެވެ.

” އޭ ހާސްނުވޭ. ނަތިސް އިސް އޭސް އިޓް ސީޒް. ތިހުރިހާ ކަމަކާއި ވިސްނައިގެން ބޯ ހަލާކުވާނީ. ލައިފް އިސް ފަން.” އިމާން އަކީ ދުވަހަކުވެސް ސީރިއަސް ވާނެ މީހެއް ނޫނެވެ.

” ދެން ތިވާހަކަ ނުދައްކާ ހިނގާ އަހަރެން ގެއަށް ލާން. މިހާރު މާލަސްވެއްޖެ. އިރުކޮޅަކުން މަންމަ ގުޅާނެ.” ފެންފޮދެއް ބޯލަމުން ޝިފާ ބުނެލިއެވެ.

” އާނ. ހިނގާ ދާން. މަންމަޔަށް ލަސްވެގެން ގުޅަން ފަށައިފިއްޔާ އަހަރެން ހިތްހަމައެއް ނުޖެހޭނެ.” ގޮނޑިން ތެދުވަމުން އަހަރެން ބުނީމެވެ.
” އޭ. ޝިފާ ލާފަ އަންނައްޗޭ. އެބައޮތް ބޮޑު ވާހަކައެއް.” އިމާން ތަންކޮޅެއް ބާރަށް ބުނެލިއެވެ.

އަހަރެން މަޑުމަޑުން ޝިފާ ގޮވައިގެން ވެސްޓް ޕާކުން ނުކުތީމެވެ. އަހަރެން އިތުރު ވާހަކައެއް ދައްކާކަށް ބޭނުމެއްނޫނެވެ. ޝިފާގެ އަގު އަހަރެންގެ ކުރިމަތީގައި ކުޑަކޮށް ވެއްޓިއްޖެއެވެ. އެއޮތް ހުރިހާ މީހުން ތިއްބައި، ފިރިހެން ކުއްޖަކަށް އެފަދަ އެއްޗެއް އަންހެން ކުއްޖަކާއި ދިމާލަށް ބުނަން ކެރޭނީ، ކޮންމެވެސް ކަމެއް ހިނގާފައި އޮތުމުންހެން ހީވެއެވެ. ނޫނީ އެތަނުގައި ތިބި އެހެން އަންހެން ކުއްޖަކާއި ދިމާލަށް ނަމަވެސް، އެހެން ބުނަން ވީ ނޫން ހެއްޔެވެ؟

ސައިކަލަށް އަރާ ސްޓާޓްކޮށްލިއިރުވެސް އަހަންނަށް ހަމަ ވިސްނެނީއެވެ. ދެން މިރޭ އަހަރެން ގެޔަށް ދިއުމުން، ގޭތެރެއިން ބަނޑިން ފަހަތަށް ލައިގެން ދުއްވުން ނޫންކަމެއް ނެތޭ ކިޔާ ކޮއްކޮމެން ދިމާކޮށްފިއްޔާ ހަތަރެސްކަން ހަމަވީއެވެ. ވީއިރު، ޝިފާއާއި ދޭތެރޭ ކުޑަކޮށް ވިސްނަން އެބަޖެހެއެވެ. ނޫނީ، އެހެން އަޑެއް އިވިދާނެއެވެ. އޭރުން މަގޭ ދިރިއުޅުމަށް އެކަމުގެ އަސަރުކުރުން އެކަށީގެންވެއެވެ. މިކަން ޝުދޫއަށް އިނގެއްޖެއްޔާ ޝުދޫ ބުނާނީ ކީކޭ ހެއްޔެވެ؟ މޮޔަވެގެން އަންހެނުން ފަހަތުން ދުވާ މީހެކޭ ނުބުނާނެ ބާވައެވެ.

ސައިކަލްގައި އައިސް ޝިފާގެ ގެއަށް އައިއިރުވެސް ޝިފާވެސް އިނީ މަޑުމަޑުންނެވެ. ހީވަނީ އަހަރެމެން ދެމީހުންނަކީ ދެ ބީރައްޓެހިން ހެންނެވެ. ވީ ކުޑަ އިރުކޮޅުގެ ތެރޭގައި ޝިފާއާއި އަހަންނާއި ދޭތެރޭގައި ވަރުގަދަ ފާރެއް ލެވުނު ކަހަލައެވެ.

” ގުޑް ނައިޓް.” ސައިކަލުން ފައިބަމުން ޝިފާ ބުނެލީ ހަމަ އެކަނި އެހެންނެވެ.

އަހަރެން އެއްވެސް އެއްޗެކޭ ނުބުނެ ސައިކަލުގައި ނައްޓާލީމެވެ. އިތުރު ވާހަކައެއް ދައްކާކަށް ބޭނުމެއްނޫނެވެ. ދެއްކޭނީވެސް ދެން ކޮން ވާހަކައެއް ހެއްޔެވެ؟ ޝުދޫ ނެތްތަނެއްގައި އަހަރެންގެ އެންމެ ބޭނުންވަނީ ޝިފާއެވެ. އެކަމު، ޝިފާގެ ގައިގައި އެ ފެންވަރު އެބަހުރި ހެއްޔެވެ؟ ޝިފާ މީ ކާކު ހެއްޔެވެ؟ ޙަޤީޤަތުގައިވެސް އިމާން ބުނި ކަހަލަ އަންހެން ކުއްޖެއް ހެއްޔެވެ؟ މިކަން ބަލަން އެބަޖެހެއެވެ. ޙަޤީޤަތް ނުބަލާ މީހަކަށް ތުހުމަތު ކުރާކަށް ނުވާނެއެވެ. އެއީވެވޭ ބޭ އިންސާފެކެވެ. ބަހެއް ބުނުމުގެ ކުރިން، ވިސްނަން ޖެހެނީ އެހެންވެއެވެ. ކަމެއް ކުރުމުގެ ކުރިން ދުރާލާ ވިސްނަން ޖެހެނީވެސް އެހެން ވެގެނެވެ.

އަހަރެން ވެސްޓް ޕާރކަށް ދިޔައިރު، އިމާން އިނީ ހަމަ އެމޭޒުގައެވެ. ފޫހިކަމެއްނެތި އެހާ ގިނައިރު، އިމާން އިނުމުން އަހަރެން ހައިރާންވެސް ވިއެވެ. އެވެސް ބައެއް މީހުން ދިރިއުޅުން ހުންނަ ގޮތް ތާއެވެ.

” މިރޭ ޝިފާ ވަރަށް ލޯބިދޯ.” އިމާން ވާހަކަ ފެށިއެވެ.

” ލޯބި. އެކަމަކު ހިތަށް އަރަނީ ބޭރުފުށުގެ ލޯތްބާއި ފުރިހަމަކަން އެތެރޭގަ ނުހުންނަނީ ކީއްވެގެން ބާވައޭ؟” އަހަރެން ސީދާ މައުޟޫއަށް ދިޔައީމެވެ.

” ތީ ދެރަކަމަކީ. ބޭރުފުށުން ރީތި ގިނަ އެއްޗެތީގެ އެތެރެފުށް މިދުނިޔެމަތީގައި އެހާ ރީއްޗެއް ނުވާނެ.” އިމާން ބުނީ ތެދެކެވެ.

” ދެން ނޭނގެ. އަހަރެން ބޯގޮވަނީ.” އަހަރެން ބޮލުގައި އަތް އަޅާލަމުން ބުނީމެވެ.

” އެހާ އަވަހަށް ބޯގޮވައިގެން ކަމަކު ނުދާނެ. ކޮބާތަ ޝުދޫ. އޭނައަށް ގުޅާލަބަލަ.” އިމާން ޝުދޫގެ މަތިން ހަނދާން ކޮށްދިނީ ކީއްވެގެން ކަމެއްވެސް ނޭނގެއެވެ.

އިމާން އެހެން ބުނުމުން، އަހަރެން ޖީބުން ފޯން ނަގާ ބަލާލީމެވެ. ސައިކަލްގެ މަތީގައި ހުއްޓާ ޝުދޫ ގުޅާފަ ހުއްޓެވެ. ދެފަހަރަށެވެ. ނަޞީބަކުން، މިފަހަރު މެސެޖުކޮށްފައެއް ނެތެވެ. އަހަރެން ޝުދޫގެ ނަމްބަރަށް ޑައިލްކޮށްލީމެވެ. ރިންގްވާން ފެށިއެވެ.

” ކީއްކުރަންތަ ތިވަރަށް ތިގުޅަނީ؟ މޮޔަވަނީތަ؟” އަހަރެން ތަންކޮޅެއް ބާރަށް ބުނީމެވެ.

” ނޫނޭ. ޢާޒިމް މޮޔަކޮށްލަންވެގެން މިގުޅަނީ. ތީ ތިބުނާ މާބޮޑަށް ލޯބިވާ މީހާ. ތީތަ ލޯބިވާ މީހުން ވާހަކަ ދައްކާގޮތް. ކުރިންވެސް ބުނީމެއްނެ މިދޭތެރޭ ޖެނެރޭޝަން ގެޕްގެ ތަފާތު އެބަހުއްޓޭ. އެކަން އިޞްލާޙްކޮށްބަލަ. ނޫނީ މިޒަމާނުގަ އެއްވެސް އަންހެން ކުއްޖަކާއެކު ނޫޅެވޭނެ.” ޝުދޫވެސް ބުނީ ވަރަށް ބޮޑު ޙަޤީޤަތެކެވެ.

” މިގަޑީ ކުޑަކޮށް ބިޒީ. ބޭރުގަ މިއުޅެނީ. އަހަރެން ޝުދޫއަށް ގުޅަންތަ ނިދަން އަރާފަ؟” އަހަރެން ބޭނުމީ ވަރަށް ހަމަޖެހިގެން ވާހަކަ ދައްކާށެވެ.

” ލޯބިވާ މީހުން ގުޅީމަ އޮވޭތަ ވާހަކަ ނުދެއްކޭ ވަގުތެއްވެސް؟”ޝުދޫ އަކީ ގޮތް ދޫކުރަން ދަންނަ ކުއްޖެއް ނޫނެވެ.

” އަހަރެން ޝުދޫ ދެކެ ވަރަށް ލޯބިވޭ. އަބަދުވެސް ވާނަން. އެކަމު، އަހަންނަކީވެސް އިންސާނަކަށްވީމަ ބައެއް ގަޑީގަ ބިޒީވާނެކަން ޝުދޫވެސް ދަންނަން ޖެހޭނެދޯ. ތީ އަންޑަރސްޓޭޑިންގ ކުއްޖެއްނުދޯ. ދެން އިހަށް ފޯން ބާއްވަނީ؟” ޝުދޫއަށް ވާހަކަ ދައްކާނެ ފުރުޞަތު ނުދީ އަހަރެން ފޯން ކަނޑާލީމެވެ.

ގެއަށް އާދެވުނީ ތަންކޮޅެއް ލަހުންނެވެ. އޭރު ހުރިހާ މީހުންހެން ތިބީ ނިދާފައެވެ. އަހަރެންވެސް ގޮސް އެނދުގައި ނިދަން ޖައްސާލީމެވެ. ހިތަށް އަރަނީ އަހަރެންގެ ދިރިއުޅުމުގެ ކަންތައްތައް ހުރި ގޮތާއި މެދުގައެވެ. ލޯބި ހާޞިލުނުވަނީ ކީއްވެގެން ހެއްޔެވެ؟ އަހަންނަށް ޝުދޫ އަދިވެސް މިނުފެންނަނީ ކީއްވެގެން ހެއްޔެވެ؟ ޝުދޫ ބަހުގައި ހިފަހައްޓަނީ ކީއްވެގެން ހެއްޔެވެ؟ އަހަންނަށް ކުރިން މާކުރިން ބުނެވުނު ބަހެއްގައި ޝުދޫ މިއަދާއި ހަމައަށް ހިފަހައްޓަން ޖެހޭ ބާވައެވެ؟ އިންސާނެއް ވިއްޔާ ކަމެއްގައި ޙުދޫދެއް އޮންނާނެއެވެ. ނުވަތަ އޮންނަން ޖެހޭނެއެވެ. ތާއަބަދު ގޮތް ދޫނުކޮށް އުޅެގެން ވަކި ޝުދޫއަށް ވާނީ ކޮން ފައިދާއެއްހެޔެވެ؟ ބުނާތީ އަޑު އަހަމެވެ. ނަޞީބު އަތުގައި ހިފުމުން، ފުރަގަސް ދޭމީހަކަށް ދުވަހަކުވެސް ނަޞީބެއް ނުލިބޭނެއެވެ. ޝުދޫވެސް އެހަދަނީ އެހެންހެން އަހަންނަށް ހީވެއެވެ.

ޝުދޫއަށް ގުޅާނަމޭ، ބުނި ހަނދާންވެގެން އަހަރެން ޝުދޫ އަށް ގުޅާލީމެވެ. ފުރަތަމަ ދެތިން ފަހަރު ނެޓްވޯރކް ބިޒީކަމުން ގުޅޭގޮތެއް ނުވިއެވެ. ތިން ވަނަ ފަހަރުން ޝުދޫގެ ފޯން ރިންގްވާން ފެށިއެވެ. ނަމަވެސް، ކުޑައިރުކޮޅެއް ނުވަނީސް ޝުދޫ ފޯން ބިޒީ ކޮށްލިއެވެ. ދެން ގުޅިއިރު، ޝުދޫގެ ފޯން އިނީ ކޯލް ވެއިޓިންގައެވެ. އަހަރެން ވީ ދެރައިން ދެވަނަ ފަހަރަށް ނުގުޅަމެވެ. ހިތަށް އެރިއެވެ. ދަންވަރުގަޑީގައި ޝުދޫ ވާހަކަ ދައްކަނީ ކާކާއި ހެއްޔެވެ؟ ޝުދޫ އުޅެނީ މީހަކާއި ރައްޓެހިވެގެން ބާވައެވެ؟ އެހެން އަހަރެން ޝުދޫއަށް ދިގުވެގެންވާ މެސެޖެއް ކުރީމެވެ. އެމެސެޖުގައި މިވީހާ ތަނަށް ޝުދޫ ހާޞިލުކުރަން ކުރި ހުރިހާ މަސައްކަތެއް އަހަރެން ބަޔާންކުރީމެވެ. އެހެން މީހުންނަށް ގުޅައިގެން ކޯލްވެއިޓިންގައި ހުރެ، އަހަރެން ދެރަ ނުކުރުމަށް ބުނީމެވެ.

” ޢާޒިމް. ޙަޤީޤަތް ނުބަލާ ފާޑުފާޑުގެ އެސް.އެމް.އެސް ނުކުރާތި. އަހަރެން ކޯލްވެއިޓިންގަ ހުރީ ކޮންމެހެން ހުންނަން ޖެހިގެން. އެއީ މަޖުބޫރު ކޯލެއް. ނޫންނަމަ، ޢާޒިމްއާއި ވާހަކަ ދެއްކީމުސް. ހިތަށް އަންނަހާ އެއްޗެއް ދެންވެސް ލިޔެ އަޅާނުލާތި. ފަހުން މަންޒަރު ހަޑިވެދާނެ.” ހެނދުނު ހޭލިއިރު ޝުދޫ އަހަންނަށް ކުރި މެސެޖުގައި ވަނީ އެހެންނެވެ.

އަހަރެން ވަގުތުން ޝުދޫއަށް ގުޅީމެވެ. ޝުދޫގެ ފޯން އޮތީ ނިވާލާފައެވެ. ރަނގަޅައްވިއްޔާ ޝުދޫ އަދި ނުވެސް ތެދުވާނެއެވެ. އަހަރެން މަޑުމަޑުން އެނދުގައި ވިސްނަން އޮތީމެވެ. ޝުދޫއާއި ދޭތެރޭގައެވެ. ދެން ޝިފާއާއި ދޭތެރޭގައެވެ. އަހަރެން ބޭނުންވަނީ ޝުދޫއެވެ. ހިތްއެދެނީވެސް ޝުދޫއެވެ. ނުފެނުނަސް، ޝުދޫގެ ހަރުކަށިކަން، މަޑުމައިތިރިކަމަށް ބަދަލުކުރަން އަހަރެން ބޭނުމެވެ. ޢުމުރުގެ ޚިޔާލުތަފާތުވުން ކުޑަކުރަން އަހަރެން ބޭނުމެވެ.

” ހަލޯ.” ޝިފާ ގުޅުމުން އަހަރެން ބުނީމެވެ.

” މިއަދު ނުދަނީތަ އޮފީހަށް؟” ޝިފާ ފުރަތަމަވެސް ކޮށްލީ އެސުވާލެވެ.

” އަހަރެން އޮފީހަށް ދޭތޯ ބަލަންތަ ތިގުޅަނީ؟” އަހަރެންވެސް ކޮށްލީ ސުވާލެކެވެ.

” ނޫނޭ. ހޭލާ އުޅޭތޯ ބަލަން މިގުޅާލީ. އަނެއްކާ ނުގުޅަންވީތަ އަހަރެން؟” ޝިފާ މަޑުމަޑުން ބުނެލިއެވެ.

” އެހެނެއް ނުބުނަންދޯ. އެކަމަކު، ހިތަށް އަރާ ޝިފާ ތިގުޅަނީ ކީއްކުރަންބާއޭ؟” އަހަރެން އެހެން ބުނީ ކަމެއްވެގެނެއްނޫނެވެ.

” އަހަރެން ފޫހިވާތީ މިގުޅާލީ. މިހާރު އަހަރެން ގުޅާނެ މާ ގިނަ މީހަކު ނުހުންނާނެ. އަހަރެން މިމަސައްކަތްކުރަނީ ރަނގަޅު ދިރިއުޅުމަކަށް.” ޝިފާ ބުނެލިއެވެ.

” ތިޢުމުރުގަ ރަނގަޅު ދިރިއުޅުމަކަށް ވިސްނައިގެން، ކިރިޔާވެސް ރަނގަޅުވާނީ. އެކަމު، އަހަރެންގެ ހިތުގަ ވަރަށް ބޮޑު ސުވާލު މާރކެއް ޖެހިފަ މިއިންނަނީ. ހިތަށް އަރަނީ ކިހިނެއްބާވައޭ އެވާހަކަ ދައްކާނީ؟” އަހަރެން ދުރުދުރުން ޝިފާއަށް އެއްޗެކޭ ބުނެލީމެވެ.

” އަހަންނަށް އިނގޭ ތިކަން. ކުރީރޭ ދިމާވި ކަންތައްތަކުން ޢާޒިމް އަހަންނާއި ދޭތެރޭ ދެކޭގޮތް ވަރަށް ބޮޑަށް ބަދަލުވެއްޖެކަން އަހަންނަށް އެވަގުތުން ފެށިގެން އިޙްޞާޞްކުރެވުނު. ދެން އެކަމާއި ނުވިސްނާ.” ޝިފާ އެހެން ބުންޏަސް، އެކަމާއި އަހަންނަށް ވިސްނޭނެއެވެ.

” ބުނަން ވަރަށް ފަސޭހަދޯ. އެކަމަކު، އަހަންނަށް އެކަމާއި ހަމަ ވިސްނޭނެ. އަޅެ. ޝިފާ އަހަންނަށް ކިޔާލަ ދީފާނަންތަ އޭނަ އެހެން ބުނަން ޖެހުނީ ކީއްވެގެންކަން؟ އޭރުން އަހަރެން ވަރަށް ހިތްހަމަޖެހޭނެ. ވާނުވާނޭނގި ހުރުމަށްވުރެ، ކަމެއްގެ ޙަޤީޤަތް އެނގުމުން އަހަންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއްލިބޭނެ.” އަހަރެން ބުނީމެވެ.

” އެއީ ވަރަށް ދިގު ވާހަކައެއް. ދިމާވުމުން ކިޔައިދޭނަން. ދެން ތެދުވެގެން އޮފީހަށްދޭ. މިހާރު ނުވައެއް ޖަހަން ކައިރިވަނީ.” ޝިފާ ފޯން ބޭއްވީ އެހެން ބުނުމަށްފަހުގައެވެ.

 

=ނުނިމޭ=

8
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

DESTINY2020

Other Articles

Previous

ރޯޒީ ***** (1)

Next

ހިޖުރަ (ނުވަވަނަ ބައި)

Next
August 2, 2015

ހިޖުރަ (ނުވަވަނަ ބައި)

Previews
August 1, 2015

ރޯޒީ ***** (1)

12 Comments

  1. nathoo says:
    August 2, 2015 at 1:20 am

    V salhi mihaaru thidha goyy

  2. Golden Pen 0555 says:
    August 2, 2015 at 1:20 am

    First 03 parts are written on real events n incidents. After that its not true or real n written on own ideas. Since the writer had written more than 60 pages on this story. We though we would continue it as a long story. So in the coming episodes more characters ll come. The main story is based on a single sentence. Thank you.

  3. Golden Pen 0555 says:
    August 2, 2015 at 1:23 am

    Story was first written on 2011 if we are not wrong. That time it was published on muraasil.com. Then the writers hobby was writing so we decided to encourage him to make it as a long story.

    Whoever commenting for this story we thank them… hope they dont make chaoes or arguments here.

  4. Golden Pen 0555 says:
    August 2, 2015 at 1:27 am

    Note: feel free to comment on but do respect others after all We are Muslims. In islam we are brothers n sisters.

    We dont want hurt or harm anybody by publishing this story. If so we request them to forgive us with a very kind heart n let us finish this story. N its with many days of hardwork the writer corporated with us to continue this story. Since the concept was nice we really want help him to finish this story.

    Thank you so much…

    1. Shaan says:
      August 2, 2015 at 1:50 am

      Amaaz.. Can u ans my question?

  5. ken says:
    August 2, 2015 at 1:38 am

    Mihaaru author ge name change vee tha???

  6. Anonymous says:
    August 2, 2015 at 1:48 am

    kae men dhuvaalakah nameh eba badhalu kuran dhoa… golden pen akas silver pen akas reehchah vaahaka liyeveythoa balaa.. Good luck ?

  7. Shaan says:
    August 2, 2015 at 1:50 am

    Cant u just answer this question amaaz? Is shudhoo ur gf.. Or ur crush?is this ur love story?

  8. Maya says:
    August 2, 2015 at 1:52 am

    Shaan ves ebuny thedheh… Hurihaa kiyun therin ge ves hithuga onnaane suvaaleh kanneynge e ey. So pls ans that question 4 us!

  9. nukko says:
    August 2, 2015 at 3:19 pm

    Rythi ekm dhen oii bai avs kohdhecheyy.. and abaan and amaaz thiee family members tha?… and where in bakurubey ge vaahak…

  10. sumone says:
    August 2, 2015 at 9:07 pm

    kn irakutha dhn oi bai up kohdheyny??????????? avas koh dhehchey…..

  11. Aanaa says:
    August 3, 2015 at 12:54 am

    Amaaz ge tharujamaanu tha mi reply kurany?

Comments are closed.

All Right Reserved!