ޒަވާޖީ ޙަޔާތަކީ ދެމަފިރިން އެކުގައި ޙަޔާތުގެ ރާސްތާ ކަނޑައްތުކުރުމަށް އެޅޭ އެންމެ ފުރަތަމަ ފިޔަވަޅެވެ. އެތައް އަހުދުތަކާއި ވަޢުދުތަކެއްގެ މަތީގައި އެޅޭ ބިންގަލެވެ. ދިރިއުޅުމުގެ އެންމެ ކުރު ދަތުރުން ފެށިގެން އެންމެ ދިގު މަންޒިލާހަމައަށް ދިޔުމަށް އެތައް ހުވަފެންތަކެއް ދެކެއެވެ. ދެމަފިރިން އެކުގައި ފަށާ ދަތުރު މުޅި ޢުމުރަށް އެކުގައިވުމަށް އެދެވެއެވެ. އަހަރެން ވެސް މި ދަތުރު ފެށީ ވަރަށް ފޮނި އުންމީދުތަކެއްގައެވެ. ޒަވާޖީ ޙަޔާތެއްގެ އަސްލު މަފްޙޫމް އަހަންނަށް އެނގުނީ މި ދަތުރުގެ ތެރެއިންނެވެ. އެއީ […]
“އެހެންވެ ތިކަންވެސް ތިވީ ރަނގަޅަށް ކަމަށް ބަލަމާ؟” ނުހާ އެއްސެވެ. “ވަޓް؟ ކައިލް ކީކޭ ހިތަށް އަރާނީ؟” މާވީ އެއްސެވެ. “ވަރަށް އުފާވާނެ” ނުހާ ބުންޏެވެ. “ނޫން.. ކައިލް ބޭނުމެއް ނުވާނެ ޔަޝޫއާއި އެހާ ގާތަސް ޔަޝޫގެ ބައްޕައަށް ވާކަށް” މާވީ ދެރަވެފައި ބުންޏެވެ. “ނޫއެއް ނޫން ކަންނޭނގެ މިހެން ބުނަން ޖެހޭނީކީ އެކަމަކު ބުނެދާނަން.. އިއްލު ވަރަށް ލޯބިވޭ ވީދެކެ” ނުހާ ބުންޏެވެ. “ވަޓް…؟” އިރުކޮޅެއްގެ ހަމަހިމޭން ކަމަށް ފަހު މާވީ އެއްސެވެ. (9 ވަނަ […]
“އައްސަލާމު އަލައިކުމް” މަންމަގެ ގެ ނަމަވެސް މިޒިޔަލް ސަލާމް ގޮވާލިއެވެ. ސިޓިންގް ރޫމްގައި އިން މިޒްނާއަށް ދެމަފިރިން ފެނި ތެދުވިއެވެ. “އަނހާ. ދެކުދިންއައީދޯ؟ އަވަހަށް އާދޭ. މިއީދޯ އިވްޔާއަކީ؟ މާޝާ ﷲ ދަރިފުޅު ހާދަރީއްޗޭ” މިޒްނާގޮސް އިވްޔާގެ އަތުގައި ފިރުމާލިއެވެ. އިވްޔާ ހިނިތުންވުމެއް ރައްދު ކޮށްލިއެވެ. “ހިނގާ އަވަހަށް ކާން” މިޒްނާ ކާގެއާއި ދިމާލަށް ހިނގައިގަންނަމުން ބުންޏެވެ. (2 ވަނަ ބައި) އިވްޔާގެ އަތުގައި ހިފައިގެން މިޒްނާ ގޮސް ބަދިގެއަށް ވަނެވެ. ބަދިގެ ތެރޭގައި ނެތް އެއްޗެއް […]
“މިހާރު ނައިން މިނެޓާއި ސެކަންޑް ކޮޅެއް މިއިނީ.. އަލާ މެން ސޭފް ބާ” ޒެވިއަލް ބެލީ ވީ އެންމެ އަވަހަކަށް އެތަނުން ނުކުމެވޭތޯއެވެ. ތިންވަނަ ފްލޯއިން ނުކުމެވި އޭނާ މިސްރާބު ޖެހީ އަލާރާ ހޯދުމަށެވެ. ހިތް ތެޅެމުން ދިޔައިރު ހިތުގައި އުފެދުނު ބިރުވެރިކަން ދެގުނަ ވީ އަލާރާއާއި ސޯފިޔާ ބައިތިއްބާފައި ދިޔަ ތާގައި ނެތުމުންނެވެ. މުޅި ފްލޯ ބެލުނު ހިނދު އެތަނުގައި އަލާރާ މެންގެ އެއްވެސް ހިލަމެއް ނުވެއެވެ. ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލެވުނު އިރު […]
ޒާއިދު އެހެން ހުއްޓައި ކޮންމެސް މީހަކު ދޮރުގައި ޓަކި ޖަހައިލިއެވެ. އުކައިލް ވަންނަން ހުއްދަ ދިނުމުން ދާރިއަން ވަދުނެވެ. ދާރިއަންގެ ފަހަތުން އެހެން ޒުވާނެއް ވަދުނެވެ. ފުލުސް ޔުނީފޯރމްގައި އެމީހާ ހުރިއިރު އޭނަގެ އިސްތަށިގަނޑު ވަނީ ތުނިކުރެވިފައެވެ. ދޮން ހަށިގަނޑެއްގެ ވެރިއެވެ. ޔުނީފޯރމް ލާފައި ހުރިއިރު އޭނަގެ އަތުގައި ވަރަށް ދުވަސްވެފައި ހުރި ފަދަ ޒަހަމްއެއް ހުއްޓެވެ. “އަހްމަދު ރުކައިން ފާރޫގް” އުކައިލް އެ ޒުވާނާގެ ޓެގްކޮޅުގައިއިން ނަން ކިޔައިލުމަށްފަހު ތެދުވެ ސަލާމްކޮށްލިއެވެ. ***ޕާޓް 21*** ރުކައިން […]
ހަވީރުގެ ވަގުތެވެ. ނުހާއާއި މާވީ ނިކުތީ ޔަޝާއާއި ޒިވިއާ ގޮވައިގެން އަތިރި މައްޗަށެވެ. ދެކުދިން ކުޅެން ދޫކޮއްލާފައި ދެމައިން ކުދިން ފެންނަހެން ކައިރީގައި އިން ބެންޗެއްގައި އިށީނެވެ. ފާއިތުވި 5 އަހަރު ތެރޭގައި މާވީއާއި ނުހާގެ ގުޅުން ވަނީ ވަރަށް ގާތްވެފައެވެ. “މިއަދު ޒިވީ ވަރަށް ރުއި އެހެން ކިޔާފަ. އެހެން ކުދިން ބައްޕި ހުރެޔެއްނުންހޭ ކޮބާހޭ ޒިވީގެ ބައްޕި.. އެހެންވެދެން ޒިވީ ގާތުގަ ބުނެފިން މިއަދު ބައްޕަ ނިޔާވެފައިވީ ވާހަކަ. ޔަޝޫއަށް އެނގޭތަ…؟” ނުހާ ސުވާލުކޮއްލިއެވެ. […]
ދޮރު ހުޅުވާފައި އެތެރެއަށް އައިސް ވަދެގަތީ ޔާސިރެވެ. “ކީކޭ އާތިކާ ތިކިޔަނީ؟ އާތިކާއާ ހެދިތަ މަރީ މަށާ ދުރަށް ދިޔައި. އަހަންނަށް އަންގާވެސް ނުލާ ދިޔަތަނެއްވެސް ނުބުނެ…” ޔާސިރު އަޑުގައިވީ ރިހުމެވެ. އަދި އަދަށް ދާންދެންވެސް މަރިޔަމްގެ ހަދާންތައް އޭނާއާ އެކުގައި ވެއެވެ. މަރީއޭ ބުނުމުން ހުޝާމްއަށް ޔާސިންއަކީ އަސްލުވެސް ޔާސިރުގެ ދަރިއެއްކަން ދެނެގަނެވުނެވެ. މިއޮއް ހުރިހާ ދުވަސްވިއިރުވެސް އޭނާ އަކަށް މިފަދަކަމެއް ހިގިކަމެއް ނުވެސް އިނގެއެވެ. “މަރީ އިނީ ބަލިވެއޭތަ.. ދެން ކީއްވެ އަހަރެން ކައިރި […]
މާލެ އާދެވުމުން އައްޒާމް އާއި ނަޔާން އަހަރެމެންނާއި ވަކިވާން ޖެހުނެވެ. އައްޒާމު ބަލައި އައިސް އޭނާގެ އަންހެނުން ހުއްޓެވެ.އަހަރެމެން ވަކިވީ އެކަމާވެސް އައްޒާމުއާއި ވަރަށް ދިމާކޮށްލައިފައެވެ.ނަސީބަކުން އޭނާގެ އަންހެނުންނަކީވެސް ވަރަށް ކޫލް މީހެކެވެ. އަހަރެމެން ކީހާ އެއްޗަކަށް އޭނާވެސް ދޫނުކޮށް ކޮންމެވެސް އެއްޗެކޭ ކިޔައިގެން އަހަރެމެންނާއި ވެސް ދިމާކުރިއެވެ. **** އަހަންނާއި އަނޫކް އެޕާޓްމަންޓްއަށް ދެވުމުން ފުރަތަމަވެސް ފެންވަރައި ތާޒާވެލައިގެން އަރާމުކޮށްލަން ޖައްސައިލީއެވެ.އެހެނަސް ޝާއީ ގާތުގައި އާދެވުނު ވާހަކަ ބުނެލަން އަހަރެން ބޭނުންވިއެވެ.ފޯނު ބަލައިލެވުނު އިރު ޝާއީގެ […]
އެއީ އަހަރެންގެ ބަނޑުން އުފަންވީ ކުއްޖެއް ނޫނެވެ.އެހެނަސް މިހިތުގައި އެ ތުއްތު ފުރާނާއަށްޓަކައި ދެވިފައިވަނީ އުފަން ދަރިއެއް ފަދަ ދަރަޖައެކެވެ.އެ ލޯބި ހިނިތުންވުން ފެންނަ ކޮންމެ ފަހަރަކު އަހަންނަށް ހިނިތުންވެވެނީ އިޚުތިޔާރަކާއި ނުލައެވެ.މަޑުމޮޅިވެ، ވޭނުން ފުރިފައި އިނދެވުނު އެތައް ދުވަހެއްގެ ތަކުލީފުތައް ލުއި ކޮށްދިނީ އެ މަޢުސޫމު ހަރަކާތްތަކުންނެވެ.އާއެކެވެ.އެއީ އަހަަރެން ފުރަތަމަ ބޮޑުދައިތައަކަށް ހަދައިދިން އަހަަރެންގެ ކޮއްކޮގެ ކުޑަ ކުޑަ ދަރިފުޅެވެ.ލޯބި ލޯބި ފިރިހެން ކުއްޖެކެވެ.ބޮއްތަގެ ލޯބި ލޯބި ނާވީއެވެ. **** ބޮޑުދައިތައަކާއި ބޮޑުދައިތަ ކިޔާ ކުދިންނާ […]