Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ތީ އޭ ހަނދަކީ 5

ReeshA CoronA
ReeshA CoronA Level 410 Stories100 Comments100 Login
May 8, 2022 6 Mins Read
10 Comments

އަތުގައި ހުރި ކޮފީ ޖޯޑުން ކޯވަރެއް ބޯލުމަށް ފަހު އަނެއްކާވެސް އަލީ އޭނާ ކުރަން އިން މަސައްކަތައިގެނަ ކުރިއަށް ދިޔައެވެ. އޭނާ ބަލަމުން ދިޔައީ އެމީހުންގެ ސްޓޫޑިއޯ އަށް ދިމާވެފައި ވާ މައްސަލަ ވަރަށް ތިލަކޮށް ޙައްލު ކުރެވޭ ތޯއެވެ. އެލް އެލްގެ ދުޝްމިން ކަމުގައި ވާ ކޮމެޑީ ލޭންޑް ވައްޓާލަން ދެން އޭނާ އަށް ކުރެވެން އޮތީ ހަމަ އެންމެ ކަމެކެވެ. ކޮމެޑީ ލޭންޑްގެ އަބުރާއި ޢިއްޒަތް ފޭރިގަތުމެވެ. ސިކުނޑި އަށް އައި މޮޅު ޚިޔާލާއި އެކު ނުލަފާ ހިނިގަނޑެއް އޭނާ ޖަހާލި އެވެ.

******************
“ކިހާ އިރެއް މިހާރު ލިލް މިތާ އިންނަތާ؟” ރިޔާޝް އައުމާއި އެކު އެންމެ ފުރަތަމަ ކަމަކަށް ވެސް ލިޔާ ޝަކުވާ ކޮށްލިއެވެ. “ހޫން މަޑުކޮށްބަލަ… ކޮންބައެކޭ މާ މައްޗަށް އަރައިގެން މިއުޅެނީ؟” އާދައިގެ މަތިން ލިޔާގެ ކުސްތެޅުން ތަކަށް ބީރު ކަންފަތެއް ދިނުމަށްފަހު ރިޔާޝް އޭނާ ދައްކަން އައި ވާހަކަ ފެށިއެވެ. ރިޔާޝް އަކީ ކޮމެޑީ ލޭންޑް އާއި ގުޅުން ހުރި މީހެއް ކަމެއް ލިޔާ އަކަށް ނޭނގެ އެވެ. ކޮމެޑީ ލޭންޑްގެ އުނދަގޫ އެމީހުންނަށް ފޯރާފައިވާ މިންވަރު ލިޔާ ރިޔާޝް އަށް ކިޔައިދެމުން ދިޔައިރު ރިޔާޝް ވެސް މޫނުމަތިން ކޮމެޑީ ލޭންޑް ދެކެ ރުޅި އައިސްފައި ހުރި ކަން ދައްކަމުން ދިޔައެވެ. ޙަޤީޤަތުގައި އޭނާ ލިޔާ އާއި ރައްޓެހި ވުމުގެ ބޭނުމަކީ ވެސް އެމީހުން ކޮމެޑީ ލޭންޑް އަށް ގޮން ޖަހާ ގޮތް ހޯދާ އެ ކަންކަމުން ލޭންޑް ސަލާމަތް ކުރުމެވެ. މިހާތަނަށް އަދިވެސް އޭނާ އަށް ނޭނގިފައި އޮތް ބޮޑު ސިއްރެއް އޮތީތީވެ ލިޔާގެ ލޯބިވެރިޔާގެ މަޤާމުގައި ހުރީ އެވެ. އެ ސިއްރު ފާޅުވާ އިރަށް އޭނާ އެނބުރި ރަސްމީ ކޮށް ރީޝާގެ މިލްކަކަށް ވުމަށް އޭނާ ވަނީ އަމިއްލަ ނަފްސަށް ނަދުރު ގަންފައެވެ.

ވީރާނާ ވެފައިވާ ހިތަކާއިގެން އެކަހެރި ހިސާބެއްގައި ހުރި މޭޒެއްގެ ދޮށުގައި ރީޝާ އިށީނދެ ލައިގެން އިނެވެ. ފޯނުގެ ސްޓޮޕް ވޮޗް ޖައްސައިގެން އޭނާ އިނީ ރިޔާޝް އޭނާގެ ލޯބިވެރިޔާ ދޫކޮށްފައި އޭނާގެ ގާތަށް އަންނަނީ ކިހާ އިރަކުންތޯ ބަލާށެވެ. ހަމައެކަނި ފެން ފުޅިއަކަށް އޯޑަރު ދިނުމަށްފަހު އައިސްކްރީމް ނުބޯން އޭނާ އެ އިންނަނީ ރިޔާޝްގެ އިންތިޒާރުގައެވެ. ދިގު އިންތިޒާރުގެ ނިމުން ފޮނި ވާނޭ މީހުން ބުނާތީ އޭނާ ވެސް އަހައެވެ. އޭނާގެ އިންތިޒާރުގެ ނިމުން ފޮނީ ކިހާވަރަކަށްތޯ ބަލާލަން އޭނާ އިނީ އިންތިހާއަށް ބޭނުން ވެފައެވެ.

މި ލޯބީގެ ގުލްޝަން ފަރިވެ ފޮޅެޔޭ….
ވީމޭ ކަލާއަށް އިންތިޒާރުގައި…
ބޭނުން އަބަދަށް ތިޔަ ނަން މަގޭ….
މި ހިތުގައި ލިޔެވުން އިނގޭތޯ ވަރަށް ލޯބިން…

ތީ އޭ ހަނދަކީ….
ތީ އޭ ހަނދަކީ…
ލޯބީގެ ތީ އޭ ހަނދަކީ…

ލޯބިވާ މަގެ ހަނދަކީ ތީ އޭ…
އޮއެވަރާއެކު ބީވެ ނުދާށޭ…..
ވަކި ނުވެވޭހާ ލޯބިވޭ….

ލޯބިވާ މަގެ ހަނދަކީ ތީ އޭ…
އޮއެވަރާއެކު ބީވެ ނުދާށޭ…..
ވަކި ނުވެވޭހާ ލޯބިވޭ…

ލައިވް ޝޯވ އެއް ނިންމާލާފައި ނަޔާ، އަހުޝަމް އަދި ރިއާޝް ބެލްކަންޏަށް ނުކުމެލިއެވެ. މިއޮށް ފަދަ މާލޭގައި ތާޒާ ވައި ކޮޅެއް ހޯދާލުމަކީ ދަތިކަމަކަށް ވާއިރު އެކުދިންގެ ސްޓޫޑިއޯ ހުންނަ ހިސާބުގެ ގޮތުން ބެލްކަނި ދިމާވަނީ ބޮޑު ރީތިމާ ގަހެއްގެ ހިތްގައިމުކަން ތަސައްވުރު ކުރެވޭ ދިމާލަކަށެވެ. ސްޓޫޑިއޯ ހުންނަނީ އެ އިމާރާތުގެ ދެ ވަނަ ފަންގިފިލާގައި ކަމުން ރީތިމާ ގަހުގެ ހިޔާ ވަރަށް ރީތިކޮށް ބެލްކަންޏަށް ލިބެއެވެ. ބަހާރު މޫސުމުގައި ބެލްކަނި ފުރިފައި އޮންނާނީ ރީތިމާ ގަހުގެ މާތަކުންނެވެ. އެ ދުވަސް ވަރު އެއީ ރީޝާ އާއި ނަޔާ ބެލްކަނިން ނުނިކުންނަ ދުވަސް ވަރެކެވެ. ބަހާރު މޫސުމުގައި ހުރިހާ އަންހެން ކުދީންގެ ފޯނު ތައް ފުރިފައި އޮންނާނީ ރީތިމާ ގަހުގެ ފޮޓޯ ތަކުންނެވެ. އެކަމާ އަހުޝަމް އަދި ރިއާޝް ރީތިމާ ގަހަކީ ޖިންނި އުޅޭ ގަހެކޭ ކިޔައިގެން އެކުދިން ބިރުދައްކާ ހަދައެވެ. “އޭ ތި ނުބިންނާތި…. އޮވެދާނެ ޖިންނި ދަރި ނިންދަވާފައި..” ރީތިމާ ގަހުގައި ފަރިވެ ފޮޅިފައި އިން މަލެއް ބިނދެލުމަށްޓަކައި ހިއްލާލި ނަޔާގެ އަތް ތިރި ކޮށްލަން ޖެހުނީ އަހުޝަމް ބިރުދައްކަން ފެށުމުންނެވެ. ނަމަވެސް ވަރަށް ގަޓުވެލާފައި ބިސްމި ކިޔުމަށްފަހު ނަޔާ އެ މާ ބިނދެލިއެވެ. އަދި އަހުޝަމް އަށް އެއްބުމަ ހިއްލާލަމުން ސްނެޕް ކޮށްލިއެވެ. އަންހެން ކުދީންގެ އެ ހުންނަ ފޮޓޯ ނެގުމުގެ ފޯރި ގަދަ ކަމުން ރިއާޝް އާއި އަހުޝަމް ތިބެނީ ހައިރާން ވެފައެވެ. ދެރައީ ފިރިހެން ކުދިން އަންހެން ކުދީންނަށް ހުންނަ ފޯރި އެދެ މޮޔައިންނަށް ނުވިސްނޭތީއެވެ. ކުރާނީ ކީއް ހެއްޔެވެ؟ އަހުޝަމަށް އެކަން ރޭކާ ލާނީ އޭނާ އަންހެން ކުއްޖަކާއި ދިމާއަށް ބަލައިލައިގެން ނޫން ހެއްޔެވެ؟ ރިއާޝް އަށް އެކަން އެނގުނަސް ނޭނގޭ ކަމަށް ހަދައިގެން ހުންނަނީ ރީޝާ މެން ދިމާކުރާނެ ކަން އެނގޭތީއެވެ. ކޮންމެ އަކަސް މަޖާ ވަގުތު ކޮޅެއް އެ ތިން ކުދީން ބެލްކަނީގައި ހޭދަ ކޮށްލި އިރު ހަވީރު އަތަށް އަޅަން ވަނީ ނުހަނު ގާތް ވެފައެވެ. ސްޓޫޑިއޯ ބަންދު ކުރުމަށް ފަހު ތިން ކުދިން ގެއަށް ދިޔައީ ރީޝާ ނާންނާތީ އެކަމުގެ ޝަކުވާ ވެސް އެކަކު އަނެކަކާއި ކޮށްފައެވެ.

ލިޔާ އަށް ކުޑަވެސް ޝައްކެއް ނުވާނޭ ހެން ރިޔާޝް ދިޔައީ އެލް އެލްގެ މަޢުލޫމާތު ހޯދަމުންނެވެ. ލިޔާގެ ފަރާތުން އެނގުނު ގޮތުގައި އެމީހުން ވަނީ ކޮމެޑީ ލޭންޑްގެ ރަޖިސްޓްރީ ވަގަށް ނަގާފައެވެ. އަލީ ލިޔާ އާއި ރަޖިސްޓްރީ ހަވާލު ކުރިތާ ދެ މަސް ފަހުން ލިޔާ ވިލިނގިއްޔަށް ކުރި ދަތުރުގައި އެ ރަޖިސްޓްރީ ވަނީ ގެއްލިފައެވެ. އެއީ ރިޔާޝް މެން ވިލިނގިއްޔަށް ދިއުމުގެ ބޭނުމެވެ. ލިޔާގެ އަތުގައި ރަޖިސްޓްރީ އޮތް ކަން އެނގުމުން ކޮމެޑީ ލޭންޑްގެ ކުދިން ވިލިނގިއްޔަށް ދިޔައީ ލިޔާ ވެސް ވިލިނގިލީގައި އެދުވަސްވަރު އިނުމުން ނެވެ. އަދިވެސް ލިޔާގެ ދުލުން ރިޔާޝް ހޯދަން ބޭނުންވެގެން އުޅޭ ސިއްރެއް ބޭރެއް ނުވެއެވެ. އެންމެ ފަހުން ކެތްނުވެގެން ރިޔާޝް ދުރު ދުރުން އެ މަޢުލޫއަށް ދިޔައެވެ. “މީގެ ކުރިން ކޮމެޑީ ލޭންޑްގެ މަންޖެ އެއް އެކްސިޑެންޓު ވެގެން ހިތުގެ އޮޕަރޭޝަނެއް ވެސް ކުރި ދޯ؟…” ވަރަށް ނޫން ކަމަށް ހެދިލާފައި ރިޔާޝް ލިޔާ އަށް ދޯ ދިނެވެ. އޭނާ އެހެން އެހުމުން ލިޔާގެ ބަސް ހުއްޓުނެވެ. ނަމަވެސް ރިޔާޝް އަށް ކުރާ އިތުބާރެއްގެ ބޮޑު ކަމުން އޭނާ އެވާހަކަ ރިޔާޝް އާއި ހިއްސާ ކުރަން ފެށީ މި ދެއްކެނީ ކިހާ ބޮޑު ވާހަކައެއް ކަން ނުވިސްނޭ ޙާލުގައެވެ. ލިޔާގެ ދުލުން މަޑު މަޑުން އެ ސިއްރު ބޭރުވާން ފެށުމުން ރިޔާޝްގެ ހިތް އަވަސް ވާން ފެށިއެވެ. ކެތްތެރިކަން ކޮޅުން ލާން ފެށީ އިންތިހާ އަށެވެ. އޭނާގެ އިންތިޒާރުގައި މީހަކު އިން ކަން ވެސް އޭނާ ހަނދާން ނެތުނެވެ. ލިޔާގެ ދުލުން ނުކުންނަމުން ދިޔަ ކޮންމެ ލަފްޒަކާއި އެކު ރިޔާޝްގެ ލޭ ކެކެން ފެށިއެވެ. ލިޔާގެ ވާހަކަ މާ ދުރަށް ނުދަނީސް އޭނާ ލިޔާ ހުއްޓުވިއެވެ. ފޯނާ ކުޅޭ ކަމަށް ހެދި ލާފައި އޭނާ ފޯނު ރިކޯޑިންނަށް ލިއެވެ. “މަޑު ކޮށްބަ މަޑު ކޮށްބަ… ތިކީ އެކައްޗެއް ވެސް މަށަކަށް ގެޓެއް ނުވޭ އަދި… އަލުން ފަށައިގެން ކިޔާ ބަލަ…” ލިޔާގެ ދުލުން ކުރިން ކީ ހުރިހާ އެއްޗެއް އަލުން ބޭރު ކުރުމަށްޓަކައި ރިޔާޝް މޮޅު އެއްޗެކޭ ބުނެލިއެވެ. ލިޔާގެ ވާހަކަ އެއްކޮށް ނިމުނު އިރު އޭނާ އިނީ ރުޅިން ފިހި ފިހި އެވެ. މޫނުމަތިން ކިތަންމެ ހަމަޖެހޭ ކަން ދެއްކިއަސް އޭނާގެ އެތެރެ ހަށީގައި ރޯވެފައި ވަނީ ނަފުރަތުގެ ހުޅުގަނޑެކެވެ. “ލިލް ގެއަށް ލާދޭނަން ދޯ ރިޔާ…” ދެއްކުނު ވާހަކައިން ރިޔާޝްގެ ތަބީޢަތު މުޅީން ގޯސްވެފައި ވާކަން ނޭނގޭ ޙާލު ތުއި ވެލާފައި ލިޔާ ބުނެލިއެވެ. ލިޔާގެ ކުރިމަތީގައި ހަމަޖެހޭ ކަން ދައްކަން ވެގެން ހިނިތުން ވެލާފައި ރިޔާޝް ބޯ ޖަހާލި އެވެ. އަދި ތެދުވެ ލިޔާގެ އަތުގައި ހިފައިގެން ކެފޭ އިން ނުކުންނަން ދިޔައިރު ރީޝާގެ މަތިން އޭނާ ކުޑަކޮށް ވެސް ހަނދާނެއް ނުވިއެވެ. އެއަށްވުރެ އޭނާގެ ސިކުނޑީގެ ތެރޭ އެނބުރެމުން ދިޔަ ކަންތައް އޭނާގެ ތަބީޢަތާ ކުޅެލައިފިއެވެ.

ދުރުގައި މަންޒަރު ބަލަން އިން ރީޝާ ހީވަނީ ފުނޑު ފުނޑު ވެދާނެ ހެންނެވެ. އޭނާގެ ދެލޮލަށް ރަނގަޅަށް ބަލައިލި މީހަކަށް އެދެލޮލުގައި ހައްޔަރު ވެފައިވާ ކަރުނަ ތައް ފެންނާނެ އެވެ. ރިޔާޝް ލިޔާ އަށް ހަދިޔާކުރި ހިތްގައިމު ހިނިތުންވުން ފެނި އޭނާގެ ހިތް ހީވީ ފޮތި ފޮތި ވެގެން ދިޔަ ހެންނެވެ. ރިޔާޝް ލިޔާގެ އަތުގައި ހިފާލި ގޮތް ފެނި ރީޝާ އަށް ހީވީ އެތަށް ހާސް ތީރު ތަކެއް އައިސް އެއްފަހަރާ އޭނާގެ ހިތަށް ހެރުނު ހެންނެވެ. އޭނާ އާއި ދިމާއަށް ބަލާވެސް ނުލައި ރިޔާޝް ނުކުމެގެން ދިއުމާއި އެކު އެއޮއް ހުރިހާ އިރު އޭނާގެ ދެލޮލުގެ ތެރޭގައި ހައްޔަރު ވެފައިވާ ކަރުނަ ތައް ހޯސް ލައިފައި ފައިބަން ފެށިއެވެ. ރިޔާޝް ދިޔަތާ ފަސް މިނެޓު ވީ އިރު ވެސް އޭނާ އަށް އެތާނގައި އިނދެވުނެވެ. ރިޔާޝް ދިއުމުން އެތާނގައި އިނުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ. ފޯނުގެ ސްޓޮޕް ވޮޗް ނިއްވާލިއިރު 45 މިނެޓާއި 38 ސިކުންތު ވެއްޖެއެވެ. ބޮޑުވައި އިނގިލިން ކަރުނަ ތައް ފުހެލުމަށް ފަހު ކެފޭ އިން ނުކުންނަން އޭނާ ދިޔައެވެ. ކެފޭ އިން ނުކުމެ ނުކުމެ ހުއްޓާ ބުޅަލެއް އުރައިގެން ހުރި ކުއްޖަކު ފެނި ރީޝާ މަޑުޖެހިލި އެވެ. އަހުޝަމް އަށް ގުޅާފައި އޭނާ ބަލައި އައުމަށް އެދުނީ ބުޅަލެއް ފެންނަން އޮތް ހާ ހިނދަކު އެތަނުން ގުޑާލަން އޭނާ އަށް ނުކެރޭނެތީއެވެ.

ލިޔާ ގެއަށް ލުމަށްފަހު ރިޔާޝް އޭނާގެ ގެއަށް ދިޔައެވެ. ފުރަތަމަ ވެސް އޭނާގެ ދެލޯ ހޯދާލީ ރިއާޝް އެވެ. ރިއާޝް ގޭގައި ނޫޅޭ ވާހަކަ މަންމަ ބުނުމުން ބޯ ހަމަޖައްސާލުމައްޓަކައި ކޮޓަރިއަށް ރިޔާޝް ދިޔައެވެ. އަސުރު ނަމާދަށް ގޮވަން ގާތް ވެފައި ވާތީ އިތުރަށް ބޭރަށް ދާ ޚިޔާލެއް އޭނާ ނުކުރިއެވެ. ގަޑިބަލައިލަން ވެގެން ފޯނު ހުޅުވާލުމާއި އެކު ފޯނުގެ ވޯލްޕެޕާރ އިން ފެނުނު ރީޝާގެ ފޮޓޮއިން ރިޔާޝް އަށް ސިހުން ގެނުވިއެވެ. އޭނާގެ އިންތިޒާރުގައި ރީޝާ އިންނާނެކަން ހަނދާން ވުމުން ދުން ޖަހާފައި ސައިކަލަށް އަރަން ދިޔައެވެ. ބާރު ސްޕީޑް ގައި ގޮސް އައިސްކްރީމް ޝޮޕްގެ ކުރިމަތީގައި ސައިކަލު ހުއްޓާލުމާއި އެކު ބަންގި ގޮވި އެވެ. އަސުރު ނަމާދުގެ ވަގުތަށް ފިހާރަ ބަންދު ކުރާނެކަން އޭނާގެ ހަނދާނަށް ކުރިން އައި ނަމައެވެ. ރީޝާ އަށް ގުޅާލަން އުޅެފައި ވެސް މަޑު ކޮށްލީ ރީޝާ އިންނާނީ ހިތް ހަމަ ނުޖެހިފައި ކަން އެނގުމުންނެވެ. އޭނާ އަށް ނޭނގުނު ކަމަކީ ރީޝާ އިނީ ހިތް ހަމަ ނުޖެހިފައި ނޫން ކަމެވެ. ނަމަވެސް ހިތް ހަލާކުވެފައި ކަމެވެ. އިތުރު ވަގުތު އެތާނގައި މަޑު ނުކޮށް ރިޔާޝް މިސްކިތް ދާން މިސްރާބު ޖެހީ އަވަހަށް ރިއާޝް މެންނަށް ލިޔާގެ ފަރާތުން އެނގުނު ޙަޤީޤަތް ކިޔައިދިނުމަށެވެ.

ހަވީރު އަތަށް އެޅުމާއި އެކު އެއޮއް ހުރިހާ އިރު ވަންދެން ރީތިކޮށް އޮތް މޫސުން މަޑު މަޑުން ބަދަލުވާން ފެށިއެވެ. އަސުރު ނަމާދަށްފަހު މީހުންތައް މިސްކިތުން ފޭބުމާއި އެކު ވާރޭ ވެހިގަތެވެ. ނަމާދު ދޮޅި ބާލާފައި މުސައްލަ އޮޅާލި ރީޝާ ހިނިތުން ވެލިީ ވާރޭ ވެހޭ އަޑު އިވުމުން ނެވެ. އަވަސް އަވަހަށް މުސައްލަ އޭގެ މަޤާމުގައި ބޭއްވުމައްފަހު ކޮޓަރިން ނިކުންނަން ދުއްވައިގަތެވެ. ބެލްކަންޏަށް ނުކުން ގޮތަށް ވާރޭގެ ޝަބްނަމް ތިކި ތަކުން އޭނާގެ މޫނު ތެންމާލިއެވެ. ޖެހިލި ފިނި ވައި ރޯޅިއަކާއި އެކު ރީޝާގެ ނިތް މައްޗަށް އިސްތަށި ކޮޅެއް ވެއްޓުނެވެ. މިހާރު އޭނާގެ މަޢުސޫމުކަން އިންތިހާއެވެ. އެ ހުރި ގޮތަށް ހުރެ މަޑުމަޑުން ރީޝާ ލަވައެއް އަޅުވާލިއެވެ. ރޭޑިއޯއިން އިވޭ ލަވަތަކަށް ވުރެ ވެސް އޭނާގެ އަނގައިން އިވޭ ލަވަތަކަކީ ހިތްގައިމު ކަމުގައި އެފަދަ ދެވަނައެއް ނުވާ ލަވަތަކެކެވެ.
ހާދަ ދެރައޭ އަޅާނުލީ ދޯއޭ ފާރު މޭގައި މިވާ ފިލާ ނުދެޔޭ….
ހާދަ ދެރައޭ އަޅާނުލީ ދޯއޭ ފާރު މޭގައި މިވާ ފިލާ ނުދެޔޭ…..
ހޫނާ އެކުވީ އުދާހޭ ވިސްނާލާށޭ…..
ފައިބަނީ ހިތިކަރުނައޭ ހޭނެތެނީއޭ ހޭނެތެނީއޭ…..
ބޭނުމޭ އިޝްގާ އޭގެ މޭވާ ފޮނިކަމާއެކީ ދޮންވެފައި ވީމާ….
މަސްތު ވެވުނޭ ބެލީމާ ލޯބީގައި….
ހޯދެނީ އޭ ކަން މިހެން ވީމާ….
ހާމަކޮށްލީ މި ލިބޭތޯއޭ….
ނާޒުކީ މާ ޗާލޫ ފަރި ވީމާ….
ބޭނުމޭ އިޝްގާ އޭގެ މޭވާ……
ލަވަ ކިޔާ ނިމުނު އިރު ރީޝާގެ ދެލޮލުން ކަރުނައިގެ އަސަރު ފާޅުވާން ހުއްޓެވެ. ރިޔާޝްގެ މަތިން މާ ބޮޑަށް ހަނދާން ވާން ފެށުމުން އަމިއްލަ ނަފްސު ކުށްވެރި ވެސް ކުރެވުނެވެ. މިއަދު ހިނގާ ދިޔަ ހާދިޘާ ހަނދާން ނައްތާލުމަށްޓަކައި ސްޓޫޑިއޯ އަށް ދާން އޭނާ ތައްޔާރު ވާން ފެށިއެވެ.

ރިއާޝް އާއި އަހުޝަމް ސައިކަލު ޕާކު ކުރުމަށްފަހު ސްޓޫޑިއޯ ހުންނަ ޢިމާރާތަށް ވަންނަން ދިޔައެވެ. ސަކަރާތް ޖަހަމުން ދެމީހުން ގޮސް އެ އިމާރާތަށް ވަން އިރު އެމީހުންނަށް ފާރަލަމުން މީހަކު ދިޔައެވެ. އެމީހެއްގެ މޫނު ނިވާކޮށްފައި ވާއިރު ލައިގެން ހުރީ ގޮޅިޖެހި ގަމީހަކާއި އެކު ސޮހިފައިވާ ޖިންސެކެވެ. އޭނާގެ އަތުގައި އޮތް ބައްތި ފޯނުން ކޮންމެވެސް މީހަކަށް ގުޅާ ކޮންމެވެސް އެއްޗެކޭ ކިއުމަށްފަހު އެމީހާ އެ މަގުގައި ހުރި އެހެން އިމާރާތަކަށް ވަންނަން ދިޔައެވެ. މާ ގިނަ އިރެއް ނުވެ ރިޔާޝް ވެސް ސްޓޫޑިއޯ އަށް އައެވެ. އޭރު ނަޔާ އާއި ޒާނާ ވެސް ސްޓޫޑިއޯ ގައި ތިއްބެވެ. ރިޔާޝްގެ މޫނުމަތިން ހާސްކަން އިންތިހާއަށް ފެންނަން ހުރުމުން ހުރިހާ ކުދިން ވީ ކިހިނެއްތޯ ރިޔާޝް ކުރެން އެއްސެވެ. “ބްރަހް… އައި ގޮޓް އިޓް…” ޖީބުން ފޯނު ނަގަމުން ރިޔާޝް ސޯފާގައި އިށީނދެލިއެވެ. އެއަށް ފަހު ފޯނު ނަގައި ލިޔާގެ ރިކޯރޑިންގް އަޅުވާލިއެވެ. ސުވާލުގެ ނަޒަރަކުން ރިޔާޝް އާއި ދިމާއަށް ބަލަން ތިބި ހުރިހާ ކުދިންގެ މޫނުމަތިން ރިކޯރޑިންގް ނިމުނު އިރު ފެންނާން ހުރީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ. އެކުދިން އެކަކު އަނެކަކާއި މެދު އެ ރިކޯރޑިންނާއި ބެހޭގޮތުން ވާހަކަ ދައްކަން ފެށިއިރު އެއްބަޔަކު އެ ޕޮލިހަށް ފޮނުވަން ވެސް ޚިޔާލު ދިނެވެ. “އޭ މަޑު.. ތި އަދި ރީޝް އަށް އަޑު އިއްވަން ޖެހޭނެއްނު؟…” ރީޝާ އޭރު ސްޓޫޑިއޯ ގައި ނެތުމުން ނަޔާ ކަންބޮޑުވިއެވެ. “ނޫން ރީޝް އަށް މި އަޑު އިވިއްޖެއްޔާ ރީޝް މާ ބިރު ގަންފާނެ…” ރިޔާޝް ހާސް ކަމާއި އެކު ބުނެލިއެވެ. ކޮންމެއަކަސް މިއީ ވެސް ވަރުގަދަ ރިކޯރޑިން އެއްތާއެވެ. އެއީ ރީޝާ އަށް އަޑު ނީއްވޭ ވަރުގެ ކޮން ފަދަ ރިކޯރޑިން އެއް ބާއެވެ؟ ވަގުތުން އެ ޕޮލިހަށް ފޮނުވަން އެއްބަޔަކު ކިއީ ކީއްވެ ބާއެވެ؟ އެންމެން އެ އަޑުއަހާފައި ހާސް ވާންވީ ކޮން ސަބަބަކާއި ހުރެ ބާއެވެ؟ މި ހުރިހާ ސުވާލެއްގެ ޖަވާބު ހޯދުމަށް ދެން އޮތް އެޕިސޯޑަށް އިންތިޒާރު ކޮށްލައްވާށެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

ReeshA CoronA
Follow Me Written By

ReeshA CoronA

Level 410 Stories100 Comments100 Login

ᵒⁿᵉ ᵃⁿᵈ ᵒⁿˡʸ ᴿᵉᵉˢʰᴬ ᶜᵒʳᵒⁿᴬ

Other Articles

Previous

ބައިވެރިޔާ (3)

Next

ވާތީ މަ ކައިރީގައި 7

Next
May 9, 2022

ވާތީ މަ ކައިރީގައި 7

Previews
May 8, 2022

ބައިވެރިޔާ (3)

10 Comments!

  1. ReeshA CoronA ŘęęśhÅ ÇøřõňÄ says:
    May 8, 2022 at 1:23 pm

    Assalaamu Alaikum ?
    Thee ey handhakee 5th episode vx iraadhakurehvihyyaa miothy… ?
    Unmeedhu kuran hurihaa kiyun thereennah vx kamudhaane kamah.. ?

    1. Nayaa Nayaa says:
      May 8, 2022 at 3:42 pm

      arrn klw.. kamu dheyey.. nulaahiku kamu dheyey.. ey manje konme episode akaa eky hama dhany pro vamunney dhw.. haha..klw alhe manje aharunnah yaash dhonbe ge vhk thah kiyaidhey nama dhwww..pss pss.. magey nama arn dhn huredhaane nubune.. ekm manje thy kiriyaa kameh vaa irah aharun kairi bunaa mehennu.. daily life vx update kuramennu.. ur very open-minded and carefree irl.. but mi story ga ulhey reeshaa aa manje aa haas bai thafaathu..
      ey ma buny gahuga jinni ulhey kiyaafa ahutti mn e kiyaa ehchehin ma nuganey bireh.. ma jeymu binna konme faharaku rattehin vx kiyaane ehn.. but who cares?? 5;30 v fahun eh dhuhu vx jeymeh bindheli kamah takaa emeehun kiyey ma ulhuny jinni moya vegenney.. huvaa mi buny ma gaathah rulhi vx ai.. ekm hini vx ai emeehun ulhunu vahthrun..haha
      ey brw mi episode vx hama habeys ingey as always.. e liyaa mn dhn kuraane kamakaa dheytherey vrh curious.. yageen halaalu kameh nukuraane kan.. yageeney rannu ge accident vx eii emeehun raavaigen kuri kameh kan.. dhn dhimaa kohlaany aharumennaa thaa.. hurebala nikan.. magey gaiga ingili kuri jassaaliyas haanthi aruvaalaanan.. balan hunnaathi arn.. hama moonu mahchah biryani gandeh jahaany arn..vrh foohivey..huh
      ey brw dhn oiy episode ah vrh curious ingey.. waiting for it..
      dhn vrh lwbi vx vey ingeyy..
      aan hoon aan dhn ma vx bechy namaadhu kuran..adhi asuru vx nukoh mi ulheny.. klw manje roadha thr?
      aan dhn dhiyaee ey.. balaigen ulheythi.. rangalhah kaathi.. ginain fen boathi.. baai baai

  2. ReeshA CoronA ŘęęśhÅ ÇøřõňÄ says:
    May 8, 2022 at 6:21 pm

    Reply for @Nayaa
    Aarrnn aarrnn engeyey kamudhaane kan vxx
    Aan dhen klw pro vx vaanethaa???
    Ahdheyyyy klw dhen aan dhw reesha dhww.. Egolaa ulhey vahtharu badhalu kohlan vee dhw?? ??aaan maadhan bunaanan manje kairy yaash dhonbe vhk.. Ey dhwn ma vx haqeeqee ihusaas thakeh hingaathy bunan fasjehevuny ey.. Ey ekm yageen hama mashah meehakau dheke real life ga lwbi vevihjjehyyaa ma vaguthun men kairy bunaanan.. Dhen mi vhk salhi kuraashey ihah evhk meeheh kairy nubunan mi huhnany… Aan ma konme dhuhuku mee hukuru huthubaa liyaa hen daily life bodu akurun yaumihyyaa ga liyaa golaeh..
    Ey aan klw ma vx buny ahutti men adhi lha vaaney.. E soru mennakah neyngeyne meehun biru ganna vaakah vx.. Ey ma buny aslu vx aharumenge comedy land studio ekahla gaheh kairy huhnangnaa haadha hiy faseyha vaaney????
    Klww mashakah vx neynge e liyatte men kohgen e ulhey mududhaaru kameh.. Gaimu konmes haraamu kameh kohgen dhw evarah yaatte golaa haas vaanee.. Adhi e ehchaku noolhe yey ma kairy bunaakah vx… Huvaa mibuny..

    Eyyyy e Alvitte miadhu vx naadhey schl akahh??????? miadhu ekm msg kuri.. Maadhanannaane thwcheh schl ah…
    Aan rangalhu manje jahaa biriyani gandeh.. Ma jahaanan dhaiy goani.. Aan hoon aan hoon dhen kandaayaa ma vx maqrib namaadhu kuran dhaan veee.. Aainnn saabaheyy?? Ma roadha eh noon mihaaraku… Dhen bangi goveema kaaku tha roadha vaanee???
    Ahdheyy dhww.. Manje heevany ma mee maabandu anheneh hen… Balaigen ulheyshw rangalhah kaashw???pis pis.. Manje nubungnas ma kaane kan engey dhw???
    Aan hoon dhen ma vx heskiyaaha lwbi veyey…
    Hellow Hi bye bye?

  3. Anonymous says:
    May 8, 2022 at 11:00 pm

    Masha Allah… Mi part vx vrh rythi vrh furihama
    Next part ah vrh inthixaaru kurevey e recording ga kee ehcheh balan…sifa kurunthah vx vrh rythi….. Reeshoo vx dhw kuraa kanthah stop watch jassaigennn.. Reesh real life ga vx egothah stop watch jessintha…??? Reeshoo Mi part ge rihulaa kobaathrrrr….reeshooooooo……… Undhagoo nooniyyaa Next part thankolheh dhigu kolla dhehcheyy mi bunee bxy nooniyyaa….anekkaa Mi buniiii mi part kuru vhka eh noon inge…

    1. ReeshA CoronA ŘęęśhÅ ÇøřõňÄ says:
      May 9, 2022 at 12:21 pm

      Reply for @Anonymous
      Helloww dharifooo
      Shukur shukur… Ahdhey aan e recording ga kee keekey thw balan jeheynehnu..
      Aahahaha nooney adhi bitakaa eky date akah gosgen thaa stop watch jesseynyy?
      Rihulaa dhww mi part ga neh thr rihulaa eh… Rihulaa vx ulheyne male thereyga..
      Dharifulhaa dhoongnaa bunaakah Miulheny mubaaraathah practice kuran hadhaigen ehkameh vx nuvegen… Buraasfathi dhuvahu reesh enme furathama ah vx vhk dhahkan othy.. Ehnma aslu mubaaraai maadhan fashaathy vrh bxy vaane.. Ey aan reesh balailan beynumihyyaa buraasfathi dhuvahu gaumee vhk dhehkumuge mubaaraai balahchey.. Enme furathama vhk dhahkaany reesh??..
      Aan yes yes vrh balaanan dhigu kohlevey thw…
      Thank you soo much dhoonii❣️❣️

  4. Anonymous says:
    May 9, 2022 at 2:45 pm

    Hellwwwwwwwww
    Owhhh I hykury reesh vrh Gina bitunnaa ekkoh date ah dhiya kamah
    Yessss rihulaa eh neh… Rangalhah practice kurahcheyyy… good luck reeeeeeshhhhhhhhhhh
    Thijehunee mubaaraih balaakannu dhenn Adhi I ah reesh fennan 2 dhuvas eba oeh dhwwwwwww can’t waittttttttt for Thursday
    I vrh beynunnn reesh aa vhka dhakkaalan ☺️ reesh insta noon ehn ehvx social media ge app eh beynun kuran thrrr

    1. ReeshA CoronA ŘęęśhÅ ÇøřõňÄ says:
      May 9, 2022 at 3:36 pm

      Ahdhoooiii reesh meehakaa rahttehi vaany vx mieehakaa innan veema… HARAAM…
      Aaan yes yes Rangalhah practice kuraanan insha Allah.. Thank you dhooniiii….
      Aaan mubaaraai balaathi konme hen hadhaafa vx.. Reesh fennaane… Ey ekm aslu kiyany reesh eh noon ingey?ehn nameh.. Ekm Thursday ge mubaaraathuga enme furathama vhk dhahkaany hama gaimu vx reesh… Ehnma ingeyne thaa nan vx.. Yes yes 2 dhuvas vandhen inthizaaru kohllaa…
      Dhen viber inaany.. Ithuru ehcheh nugen gulhen..

  5. Anonymous says:
    May 9, 2022 at 6:06 pm

    Ahahaha reesh ah vx lwbi vevunyma ingeyny ??
    Aaaaannnnn gaimennu konmehennn hadhaafa vx reeshhh vhka dhakkaa than beleythw balaanan
    Eyyyyyyyy reesherrrrr i rashuga huregen bleyne dhw phone in live kohhh
    Yessss mi faharu nanvx ingeyne thwcheh ? I ah vx kiyanee anonymous eh nooneyyy ?????
    Mihaaru Thursday naisgen mi ulhenyyyy ?
    So sad I nugengulhen viber n insta

    1. ReeshA CoronA ŘęęśhÅ ÇøřõňÄ says:
      May 9, 2022 at 10:45 pm

      Dhen balamaa lwbi vevey thw??
      Eyy brwww happy newss… Mihaaru list ga iny enme kurin reesh araa gothah… Ehma Thursday ge kurin vx fennaane… Dhuvas yageen veema bunelaanan ingey???
      Yes yes beleyne…
      Aan dhen nan vx engeynehnu.. Mi koe ge nan laigen baivaru kava vx huhnaaney.. Kuda hint eh dheefaanan.. Kuda kudhinge rhythm huhnnaane alhuganduge nan laigen hadhaafa.. ?? falho bindhefa vashigandah alhaa rhythm ?????
      Aan dhen manje ah kiyaany anonymous noon kan engeyey…
      Alheyyyy dhen insta alhaaba avahah……
      Nooooooo this is my first time.. Mubaaraathah araa.. ????

  6. Anonymous says:
    May 9, 2022 at 6:10 pm

    N kurin vx reesh vhka dhekkumuge gaumee mubaarathah Erinthsss….???

Comments are closed.

Next Episodeތީ އޭ ހަނދަކީ 6←


All Right Reserved!