Skip to content
އެސްފިޔަ

ސޯލްމޭޓްސް – 2

ޔަލްވީއަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ޔުވާން ވަރަށް ބާރަށް ގެއިން ނުކުތެވެ. ޔުވާން ގެއިން ނުކުމެ ކާރަށް އަރައި ވަރަށް ބާރަށް ދުއްވާލިއެވެ. ޔުވާންގެ މިސްރާބުހުރީ މމ.ޒިލައިޓަށެވެ. ޒިލައިޓް ކުރިމައްޗައް ކާރު މަޑުކޮށް އެތެރެއަށް ވަދެގެންދިޔައިރު ކުރިމަތީ ބޮޑު އއަކުރުން ‘އޭ އޭ ކޮމްޕެނީ’ (އަލްފަރ އާރކިޓެކްސް ކޮމްޕެނީ) ޖަހާފައިން ދޮރުން އެތެރެއަށް ވަދެ ލިފްޓޓުގެ 15 ވަނަ ފްލޮރއަށް ފިއްތާލިއެވެ. ލިފްޓުގެ ދޮރުހުޅުވުނީ ޓެރަހަށްށެވެ. “އަޒާން! ކިހިނެއްވީ؟ ބޮޑު ކަމެއްވީތަ؟ ހާދަ ހާސްވެފަ؟” ޔުވާން ހާސްވެހުރެ އެއްފައްޗަކަށް ސުވާލުތައްކޮއްލީ އުނުގައި ދެއަތް ވިދެގެން ދެކޮޅަށް ހިނގަން ހުރި އަޒާންއާއެވެ. ޔުވާން ހާސް ނުވާންވީ ސަބަބެއްވެސް ނެތެވެ. ގޭގައި ހުއްޓާ އަޒާން ގުޅާފައި ބޮޑުކަމެއް ވެއްޖޭ ބުނިގޮތުން ކޮންމެ މީހަކކުވެސް ބިރުގަންނާނެއެވެ. “ޔޫވީ އަޅެ އަހަރެން ވީހާވެސް އަވަހަށް އައިސްދިނުމަށް އެދުނީމަވެސް ހާދަލަހެކޭ ތިވީ” ހާސްވެފަ ހުރިވަރުން އަޒާންއަށް ކުޑަކުއްޖެއްފަދައިން ޝަކުވާކޮށްލލެވުނެވެ. “އަޒާނޫ! އަޅެ އެންމެ 15 މިނެޓޭވީ، އެދެން ލަސްތަ؟ އެހެން ނޫނަސް މާލޭގެ ޓްރެފިކަކީ އަޒާންއަށް ވެސް ނޭނގޭ އެއްޗެއްނޫނެއްނު! ދެންވެސް ތިވާހަކަ ގިނަނުކޮށް ވީކަމެއް ބުނެބަލަ!” ޔުވާން އެއްނޭވައިން އަމުނާލިއެވެ. ”ވެގެން އުޅޭ ގޮތަކީ ޔޫވީ ބުނީމެއްނު ޝޭޑްސް އޮފް ގްރީން ހަދާށޭ ދޯ؟ މިމީހުން ހުރީ އޮޅުވާލާފަ. ގްރީންގެ ބަދަލުގައި ހުރީ ހުސް ޕާޕަލް ކުލަ” ދެރަވެލާފައި އަޒާން ކިޔައިދިނެވެ. ”ހޫން އެއްކަލަ މިސްޓަރ ޕާޕެކްޓް. އަޅެ އެއީތަ އެމަޖެންސީއަކކީ؟ އެދެން އެވަރު ކަމެއްނޫނޭ. ވީކެން ރިޕްލޭސް ދަ ޑެކޯ” ޔުވާން އަށް ހެވުނީ އަޒާން އެހާ ކުޑަކަމެއް ބޮޑުކޮށްލީމައެވެ. ޔުވާން އާއި އަޒާން އަކީ ‘ބެސްޓް ފްރެންޑްސް’ އަށް ވުމުން އަޒާންގެ ގޮތް ޔުވާންއަށް ވަރަށް ރަނގަޅަށް އެނގެއެވެ. ހުރިހާ ކަމެއްވެސް ހުންނަން ޖެހެނީ އަޒާން ދެކޭގޮތުގައި ‘ޕާރޕެކްޓް’ ކޮށެވެ. ކުޑަނަމަވެސް ‘ގްލިޗް’ އެއް އައިސިއްޔާ އަޒާން އަކަށް ކަމަކު ނުދެއެވެ. އެހެންކަމުން ޔުވާންގެ ކޮއްކޮމެންގެ ‘ވެލްކަމް ބެކް’ ‘ސަޕްރައިޒް” ޕާޓީ ރޭވުމަށް ޔުވާން ހަވާލުކުރީ އަޒާންއާއެވެ.
ޔަލްވީއާއި އާޔަތު ކައިނިމިގެން ތަށިތައް ދޮންނަން ތިބެ ދެއްކީ ކިޔަވަން ގޮސް އުޅުންއިރު ދިމާވި މަޖާކަންތަކުގެ ވާހަކައެވެ. ” ހަލޯ! ދޮންބޭ!” ޔަލްވީ ތަށިދޮންނަން ހުރުމުން އާޔަތު ފޯނުނަގައި ސްޕީކަރ އޮންކޮށްލިއެވެ. ”ޔައްލު! ދޮންބެ މިގުޅީ ވާހަކައެއް ބުނަންށޭ ދެކުދިން ކައިރީ. މާދަމާރޭ އެބައޮތް ދޮންބެގެ ވަރަށް ގާތް ކުއްޖެއްގެ ވެޑިންއެއް. އެންޑް ވީ އޯލްއާ އިންވައިޓެޑް. ދެކުދިން ދާންވާނެ ދޮންބެއާއެކު އިނގޭ” ޔުވާން ބޭނުންވީ ޕާރޓީ ‘ސަރޕްރައިޒްއެއް’ ގޮތުގައި ބޭއްވުމަށެވެ. އެހެންކަމުން އެކުވެރިއެއްގެ ކައިވެނި ޙަފްލާއެކޭ ބުނެ ދޮގުހަދަން ޖެހުނެވެ. ”އޯހް ވާއު! އަ ވެޑިން؟ އާފްޓަރ ސޯ ލޯންގް” ޔަލްވީ އާއި އާޔަތު އެއް އަޑަކުން އުފފަލުން ހަޅޭއްލަވައިގަތެވެ. ”ޑޮންޓް ވޮރީ ދޮންބެ! ވީ ވިލް ބީ ރެޑީ މާދަމާރޭ” އާޔަތު އުފފަލުން ގޮސް ދަތްކޮޅު އަތައް ނަގައިގެން ހުއްޓެވެ. ”އޯކޭ ދޮންބެ ޓްރާންސްފަރ ކުރާނަން ލާރި، ދދެކުދިންދޭ ޝޮޕިންއަށް މިރޭ. އެންޑް ބައި ޕްރިޓީ އައުޓްފިޓްސް ފޮރ ބޯތް އޮފް ޔޫ” ޔުވާން ވަރަށް ލޯބިން ދެކޮއްކޮ ކައިރީ ބުނެލިއެވެ. ”ޔޭ!ތޭންކްސް ދޮން”. ޔަލްވީ ‘އެކްސައިޓެޑް’ ރާގަކަށް ބުނެލިއެވެ. ”ޝޮޕިން ނިންމާފަ ދޮންބެއަށް ގުޅާ އިނގޭ ވީވިލް ގޯ ފޮރއަ ޑިނަރ ޓްގެދަރ” ކޮއްކޮމެންނާ އެކީ ވަގުތު ހޭދަކޮށްލަން ބޭނުންވެގެން ޔުވާން ރޭގަނޑުގެ ކެއުމަށް ދާނެ ވާހަކަ ބުނެ ފޯނު ބޭއްވިއެވެ. ”އާޔޫ، ހިނގާބަ ޔައްލުއަށް އަންޕެކް ކޮށްދޭން ހެލްޕްވާން،އަދި މިރޭ ލާނެ ހެނދުމެއްވެސް ނަގަންޖެހޭ” ޔަލްވީ އަވަސްވެގަތީ ފޮށިތައް ހުސްކޮށް އަލަމާރިއަށް ތަރުތީބު ކޮށް އެޅުމަށްށެވެ. އާޔަތުވެސް ޔަލްވީއަށް އެހީވިއެވެ. ”ޔައްލު، ހާދަ ބައިވަރު ފޮށިތަކެކޭ މިހުރީ؟” އާޔަތު ދިޔައީ ޔަލްވީ ގެނައި ފޮށިތައް ހާވަމުންނެވެ. ‘އޯހް ޔެސް’ ތި ދެ ފޮށީގަ ތީ އެންމެނަށް ގެނައި ގިފްޓްތައް. ”ވެއިޓް، ލެޓް މީ ފައިންޑް ޔުއަރ ގިޕްޓް” އަޅި ކުލައިގެ ފޮށި ހުޅުވައިލުމަށްފަހު ޔަލްވީ ނެގީ ‘ބެއިޖް’ ކުލައިގެ ބޮޑު ‘ގައުން’ އެކެވެ. އާޔަތު ޔަލްވީ އަތުން ހެދުން އަތުލައިގެން ހެޔޮވަރު ކޮށްލިއެވެ. ”ވާއު ހަމަ ޕަރޕެކްޓްލީ ފިޓްސް. ޔައްލުގެ ޗޮއިސް އިޒް ދަ ބެސްޓް” ލޯގަނޑުން ފަރި ބަލަންހުރެ އާޔަތު ބުނެލިއެވެ. ”ތިހެނދުން ފެނުނީމަ ބޭނުމެއްނުވި ނުގަނެ އަންނާކަށް،ހަމަ ހިތަށް އެރީ އާޔޫ އާ އެންމެ ގުޅޭނީ މި ޑްރެސްއޭ. ޔަލްވީ އާޔަތުގެ ހެނދުން ރީތިކޮށްލަމުން ބުނެލިއެވެ. ”ސޯ ދޮންބެ ފްރެންޑްގެ ވެޑިން ޕާޓީ އަށް އާޔޫ ލާނީ މިހެނދުން، ދެން މިރޭ ޝޮފިންއަށް ގޮއްސަ ގުޅޭ ފައިވާނެއް ހޯދާނީ” ހެނދުން ބާލާފައި ކޮނޑެއްގައި އަޅުވާލަމުން އާޔަތު ޔަލްވީގެ އެއްޗެހިތައް ފޮށިން ނަގައި އަލަމާރިއަށށް އަޅަން އެހީވިއެވެ. އެއްޗެހި ތަރުތީބުކޮށް ނިންމުމަށްފަހު ފިހާރައަށް ދިއުމުގެ ކުރިން އަރާމްކޮށްލަން ޖައްސާލިއެވެ.
ގަޑިން 07:15 ވެލިހާއިރު ޔަލްވީ ތެދުވެ ފެންވަރާލައިގެން ނަމާދުކޮށްލިއެވެ. ނަމާދުކޮށް ނިންމާލުމަށްފަހު އާޔަތު ތައްޔާރުވާން ފެށިތޯ ބަލާލަން އާޔަތުގެ ކޮޓަރިއަށް ދިޔައިރު އާޔަތު ހުރީ ނަމާދުކުރަންށެވެ. އެހެންކަމުން ޔަލްވީ އަވަސްވެގަތީ 8 ޖެހުމުގެ ކުރިން ތައްޔާރުވެވޭތޯއެވެ. ހުދުކުލައިގެ ‘ޓާޓަލް ނެކް’ ސްވެޓާރއެއްލުމަށްފަހު މަޑު ފިޔާތޮށި ކުލައިގެ ވައިޑްލެގް ޖަމްޕްސޫޓެއް ޔަލްވީ ލިއެވެ. ޔަލްވީގެ އުނަގަނޑާ ހަމައަށް އަންނަ ރާޅުބާނީ އިސްތަށިގަނޑު ފަހަތަށް ދޫކޮށްލެވިފައި އޮތެވެ. ތުންފަތުގައި މަޑުފިޔާތޮށި ކުލައިގެ ލިޕް ގްލޮސްއެއް ހާކާލައި މުޅިގަޔަށް ސެންޓުފުޅިން ޖަހާލިއެވެ. ޔަލްވީ ސިޓިންރޫމަށް ނުކުމެ ހުދު ކުލައިގެ ސްނީކަރސްއެއް ނަގައި ދޮރުކައިރީ ބަހައްޓާލަމުން އާޔަތުގެ ޙަބަރެއް ބަލައިލުމަށް ދިޔައިރު ތައްޔާރުވެގެން އާޔަތު ނުކުންނަނީއެވެ. ” އޯމައިގޯޑް އާޔޫ ޔޫ ލުކް ސްޓަނިނންގް” ލެވެންޑަރ ސްވެޓްޝާޓަކާއި ހުދުކުލައިގެ ޕެންސިލް ސްކާރޓެއް ލައިގެން ހުރި އާޔަތު ފެނިފައި ޔަލްވީއަށް ތައުރީފްކޮށްނުލާ ނުހުރެވުނެވެ. ” ޔޫ ލުކް އަމޭޒިން ޓޫ” އާޔަތުވެސް ޔަލްވީއަށް ތައުރީފުކޮށްލިއެވެ. އާޔަތު ހުދުކުލައިގެ ކުޑަ ހީލްއަކަށް އަރަމުން ޔަލްވީއާއެކު ގެއިން ނުކުމެވުން އިރު 08:10 ވަނީއެވެ. މަޖީދީ މަގަށް ނުކުތްއިރު ފުދޭވަރަކަށް ގިނަމީހުން ކޮޅުތަކަށށް ދާ މަންޒަރު ފެނެއެވެ. ޔަލްވީ އާއި އާޔަތު ވެސް އެކި ފިހާރަތަކަށް ވަންނަމުން ކަމުދާ އެއްޗެއް ފެނޭތޯ ބަލަމުން ދިޔައެވެ. ‘މެންގޯ’ އިން ދެމީހުން ވެސް ހިތްހަމަޖެހޭ ބައެއް އެއްޗެހި ލިބުމުން ‘މިނިސޯ’ އަށް ދިޔުމަށް ހިނގައި ގަތެވެ. އެކި ވާހަކަދައްކަމުން ދެމީހުން ސަމާސަކުރަމުން ދަނިކޮށް ޔަލްވީގޮސް މީހެއްގެގައިގަ ލައިގަތެވެ. ކުޑަކޮށް ސިއްސަގެން ދިޔުމުން ޔަލްވީގެ އަނގައިން ތޫނު ހަޅޭކެއް ވެސް ނުކުތެވެ. “”ވަރަށް ބޮޑަށް ސޮރީ!” ކުރިމަތީހުރި ޒުވާނާފެނި ޔަލްވީގެ ދެލޯ ބޮޑުވެގެން ދިޔަތތަން އާޔަތުއަށް ރަނގަޅަށްވެސް ފެނުނެވެ. “ޔަލް؟” ކުރިމަތީހުރި ޒުވާނާއަށްވެސް ވީހަމަ ޔަލްވީއަށް ވީގޮތެވެ. ކުޑައިރުކޮޅަކު ހިމޭނުން ހުރުމަށް ފަހު މާފަށްއެދެމުން ޔަލްވީ ހިނގައިގަތީ އެޒުވާނނާއަށް އިތުރު އެއްޗެއް ބުނުމުގެ ފުރުސަތު ނުދިނުމަށްށެވެ. “އެއީ ކާކު؟” އާޔަތުއަށް ނުހުރެވިގެން ސުވާލުކޮށްލެވުނެވެ. “މީހެއްނޫންއެއީ، މުހިންމެއްނޫން އެވާހަކަ ދައްކަން” ޔަލްވީގެ މޫޑު ހުރީ އެއްކޮށްބަދަލުވެފައެވެ. ” ޕްލީޒް ޔައްލު އާޔޫއަށް ހައިޑް ނުކޮށްބަ ވީ އާ ބެސްޓީސްއެއްނު” އާޔަތުހުރީ ދޫކުރާ ގޮތަކަށްނޫނެވެ. ” ފަހުން ކިޔާދޭނަން، ބޭނުން ނޫން މިރޭގެ މޫޑު ގޯސްކުރާކަށް، ދޮންބެއާއެކު ޑިނާއަށްވެސް ދާންޖެހެއެއްނު” ޔަލްވީބޭނުންވީ ވާހަކަ އޮއްބާލާށެވެ. “އޯކޭ ޔައްލު ބޭނުން ގޮތެއް” އާޔަތައް ޖެހުނީ ގޮތްދޫ ކުރާށެވެ. ‘މިނިސޯ’ އިން ބައެއް ތަކެތި ގަނެގެން ނުކުމެ އާޔަތު ގުޅާލީ ޔުވާންއަށްށެވެ. ޔުވާންއެދުނީ ދެމީހުން ތިބިތާގައި މަޑުކޮށްލުމަށްށެވެ. 10 ވަރަކަށް މިނެޓްތެރޭ ޔުވާން ކާރުގައި އާޔަތުއާއި ޔަލްވީ ބަލލާއައެވެ. ޔުވާން ކާރުމަޑުކޮށްލީ ބްރައިން ކުރިމައްޗައްށެވެ. ކާރު ޕާކު ކޮށްލުމަށްފަހު ޔުވާން އާޔަތުއާއި ޔަލްވީ ގޮވައިގެން ބްރައިންގެ ރޫފްޓޮޕަށްއެރިއެވެ. ބްރައިންގެ ރޫފްޓޮޕަކީ ހިތްފަސޭހަ ތަނަވަސް މާހައުލެކެވެ. ވަށައިގެން އުސްއިމާރަތްތައް އެއްފަރާތުން ފެންނަން އޮތްއިރު އަނނެއްފަރާތުން މޫދު ފެންނަން އިނެވެ. އެހާ ހަމަހިމޭން މާހައުލެއްގައި އާއިލާއާއެކު ކެއުމަށް އިންސާފުކޮށްލުމަކީ ކޮންމެ މީހެއްވެސް ތަޖުރިބާ ކޮށްލަން ބޭނުންވާނޭ ކަމެކެވެ. ޔުވާން އޯޑަރ ދިނުމަށް ވެއިޓަރއަށް ގޮވިއެވެ. ” އާޔޫ އާއި ޔައްލު ނަގާ އަވަހާކޮންމެސް އެއްޗެއް” ޔުވާން ބީފް ރައިސްއަކަށް އޯޑަރ ދެމުން ބުނެލިއެވެ. ” އައިވިލްޓޭކް ޗިކެން ފަޖިޓަސް ނަޗޯސް” ޔަލްވީ އޯޑަރ ދިނެވެ. “ފޮރ މީ އިޓްސް އެގް އޯ ރައިސް” އާޔަތުވެސް އޯޑަރ ދިނެވެ. ތިންމީހުންވެސް ބުއިމަކަށް ނެގީ އޯރިއޯ ޝޭކެކެވެ. 15 ވަރަކަށް މިނެޓްތެރޭ ކާއެއްޗެހި ގެނައެވެ. ކާއެއްޗެހި ގެނައުމުން ތިންމީހުންވެސް ކެއުމަށް އިންސާފުކުރިއެވެ. “ހާދަ މީރޭ ދޯ މިތާގެ ކާއެއްޗެހި” ކައި ނިންމާލަމުން ޓިޝޫއެއްނަގަމުން އާޔަތު ކާއެއްޗެހީގެ މީރުވާހަކަ ދެއްކިއެވެ. ޔުވާންގެ ރައްޓެއްސަކު ގުޅާފައި އެއަރޕޯޓްއަށް ބަލާއައުމަށް އެދުމުން ބިލަށް ފައިސާދައްކައި ކޮއްކޮމެން ގެއަށް ލައއިދިނުމަށް އަވަހަށް ދިޔައެވެ. ވެފައިހުރި ވަރުބަލިކަމުން އާޔަތުއާ ޔަލްވީއއަށްވެސް އެނދުގައި ޖައްސާލިއިރަށް ނިދުނީއެވެ.

އާދުވަހަކަށް އިރުއެރީ ޔަލްވީ ރޮށިފިހަން ހުއްޓައެވެ. އާޔަތުހުރީ މަސްހހުނި މޮޑޭށެވެ. “އާޗާ ހާދަމުރާލި ދެކުދިންނޭ ދޯ؟ ރަނގަޅަށް އިރުނާރަނިސް ސައިހަދަނީ ވިއްޔަ” ޔުވާން އާފުރެމުން އައިސް މަސްހުނިކޮޅެއް އަނގައަށްލިއެވެ. “އައްޗީ ދޮންބޭ! ދަތްވެސް ނޫގުޅާ!” އާޔަތު އޯކާދެމިލިއެވެ. “އެއޯކޭ ވާނޭ އަނގައިގަ އެއްނު ހުރިހާއެއްޗެއް ހުންނާނީ، ދެންބުނެބަލަ މާހެނދުނާ ދެކުދިން ތެދުވެ ތިއުޅެނީއޯ؟” ހެމުން ޔުވާން ޔަލްވީގެ ކޮޑުގައި އަތް ބާއްވާލިއެވެ. “ރޭގަ ވަރުބަލިވެގެން މާއަވަހަށް ނިދުނީމަ ތަންކޮޅެއް ހޭލެވުނީ ދޯ އާޔޫ” އާޔަތަށް ދޯ އެއްލަމުން ޔަލްވީ ހީލިއެވެ. “ސޯ ދެކުދިން ރެޑީ ދޯ މިރޭޕާޓީއަށް ދާން؟” ކޮޓރިއަށްވަންނަމުން ޔުވާން އަހާލިއެވެ. އާޔަތު ބޯޖަހާލީ އާނއެކޭ ބުނަމުންނެވެ. ޔުވާން ފެންވަރާލައިގެން ނުކުމެ ދެކޮއްކޮއާއެކު ސައިބޯން އިށީނެވެ. “ސޯ ލޯބީސް ކޮބާ މިއަދުގެ ޕްލޭންއަކީ؟” ތައްޓަށް މަސްހުނި އަޅަމުން ޔުވާން އަހާލިއެވެ. “އަނެއްހެން ނެތް ޕްލޭންއެއް، ހަމަ ގޭގަ ތިބޭނީ މިއަދު” އަނގަޔޔަށް ރޮށިގަނޑެއްލައިގެން ހަފަމުން އާޔަތުބުނެލިއެވެ. “އެހެންތަ؟ އޯކޭ ދެކުދިން ބަލައިގެން އުޅެއްޗޭ، ދޮންބެ ދަނީ އޮފީހަށްދާން ރެޑީވާން” ކައިނިންމާލަމުން ޔުވާން އޮފީހަށް ދާން ތައްޔާރރުވާން ދިޔައެވެ. ކެއި ތަށިތައްނަގައި މޭޒުމަތި ސާފުކޮށް ނިންމާލުމަށްފަހު ޔަލްވީއާއި އާޔަތުވެސް ފެންވަރަން އެމީހެއްގެ ކޮޓަރިއަށް ވަނެވެ. ފެންވަރައިގެން އައިސް އާޔަތު އޮށޯތީ ނެޓޓްފްލިކްސް އިން ކޮރެއަން ސީރީސްއެއް ބަލާށެވެ. ޔަލްވީވެސް ވާހަކަ ފޮތެއް ހިފައިގެން އައިސް އއާޔަތުގެ އެނދުގެ އެއްފަރާތެއްގައި އޮށޯތެވެ. ” އާޔޫ ކޮން ސީރީސްއެއް ތިބަލަނީ؟” ޔަލްވީ ފޮތްހުޅުވާލަމުން އަހާލިއެވެ. ” މީ އެންމެ ފަހުން ނުކުތް ސީރީސް ބިޒްނަސް ޕްރޮޕޯސަލް، ޔައްލު ބަލައިފިންތަ މި؟” އާޔަތު ޔަލްވީއަށް ބަލާލީ ސީރީސް ޕޯސް ކޮށްލާފައެވެ. “ޔެސް ބަލައިފިން ޓައިމޫ އަށް ކްރަޝްވެސް ވެގެން މިއުޅެނީ، ހީ އިޒް ސޯ ހެންސަމް” ސީރީސްގައި އުޅޭ ފިރިހެން ކެރެކްޓަރއަށް ޔަލްވީއާއި އާޔަތު ދިޔައީ ތައުރީފް ކުރަމުންނެވެ. ދެމީހހުންގެ ދުވަސް ހޭދަވީ އެކަހަލަ ގޮތަކަށްށެވެ. ބަންގި ގޮވުމުން ނަމާދުކޮށްގެން އައިސް އަނެއއްކާވެސް ވާހަކަ ކިޔުމާއި ސީރީސް ބެލުމުގައި މަސްއޫލުވެއެވެ.

އިޝާ ނަމާދަށް ބަންގި ގޮވުމުން ދެމީހުންގޮސް ނަމާދުކޮށްގެން ޕާޓީއަށް ދާން ތައްޔާރުވާންފެށިއެވެ. ޔަލްވީލީ ކްރީމްކުލައިގެ ކޮނޑުވާކޮޅެއްހެން އިންނަ ފފައިތިލައާ ހަމައަށްދާ ވަރުގެ ދިގު މެކްސީއެކެވެ. އިސްތަށިގަނޑު ކުޑަކޮށް ސްޓައިލްކޮށްލަމުން ދައްޗެއްޖަހާލިއެވެ. މޫނުގައި ވަރަށް ނެޗްރަލް މޭކަޕެއްކޮށްލިއެވެ. ޔަލްވީ ކްރީމްކުލައިގެ ގްލިޓަރ ހީލްއަކަށް އަރަމުން ލޯގަނޑުން ފަރިބަލާލިއެވެ. “މާޝާالله! މަގޭ ޔައްލުކޮޅު ހީވަނީހަމަ ޕަރީއެއްހެން. ދޮންބެގެ ޕްރިންސެސް ހާދަލޯތްބޭ” ދޮރުހުޅުވާލާފައި ވަތް ޔުވާން އަންތަރީސް ކޮށްލީ ޔަލްވީގެ ފުރިހަމަކަން ފެނިފައެވެ. “ހާއި އަމް ރެޑީ!” ބެއިޖް ގްލިޓަރ ގައުންގައި އާޔަތު ފަރި ހިންގުމެއްގައި އަންނަމުން ބުނެލިއެވެ. “ވާއު ދޮންބެގެ ލޯބި ބަޓަރފްލައި މިޔޮއްއައީ، ލޯބިކަން” ޔުވާން އާޔަތުއަށް ތައުރީފުކޮށްލިއެވެ. “ދޮންބެވެސް ބަލަ ހެންސަމްކަން، ބަލާ ކޮންމެ އަންހެންކުއްޖެއް ހޭނެތިގެން ނުވެއްޓުނިއްޔާ ރަނގަޅު” އާޔަތު ޔުވާންގެ އަތުގައި ހިފާލަމުން ތުއިވެލިއއެވެ. އާޔަތު ބުނީދޮގެއްވެސް ނޫނެވެ. ކަޅުކުލައިގެ ފަޓުލޫނަކާއި ހުދުކުލައިގެ ގަމީހެއްގައި ހުރި ޔުވާންގެ ކަސްރަތީ ހަށިގަނޑާއި ތަނަވަސް މޭމަތި ފެނިފައި ޔުވާންއަށް ހިތްނުލެބޭނެ އަންހެން ކުއްޖެއް ނުހުންނާނެއެވެ. “އޯކޭ އޯކޭ ދެން ހިނގާ އަވާހާ ދަމާ، 08:30 ވަނީ އެޔޮއް” ޔުވާން ދެކޮއްކޮ ގޮވައިގެން ގޮސް ކާރަށް އެރިއެވެ. ކާރުގޮސް މަޑުކޮށްލީ މ.ޒިލައިޓްއަށްށެވެ.ލިފްޓް ކުރިމަތީ މަޑުކޮށްލަމުން ޔުވާން ގުޅާލީ އަޒާންއަށްށެވެ. “ބްރޯ! ކޮބާ ކޮނންތާކު؟ އަހަރުން މިތިބީ ތިރީގަ” ޔުވާން ލިފްޓަށް އަރައި 15 ވަނަ ފްލޮރއަށް ފިއްތާލިއެވެ. އަޒާން މިއަންނަނީ ކަމަށް ބުނުމުން ޔުވާން ފޯނުބޭއްވިއެވެ. ލިފްޓުގޮސް ހުއްޓުނީ 15 ވަނަ ފްލޮރގެ ޓެރަހަށްށެވެ.
“ލޯބްސް މިތާ މަޑުކޮށްލާ އިނގޭ ދޮންބެއެބައަންނަން” ޔުވާން ދިޔައީ އަޒާން ގުޅީމައެވެ. ޔަލްވީއާއި އާޔަތު މަޑުކޮށްލީ އެއްފަރާތެއްގައެވެ. ޔަލްވީ ފާހަނައަށް ދާން ޖެހިއްޖޖެ ކަމަށް ބުނެ ޓެރެސްގެ ފާހަނަ ބަރިއާ ދިމާއަށް ދިޔައެވެ. އާޔަތު ކައިރީހުރި މޭޒުމަތިން ޑްރިންކެއް ނަގަން ހުއްޓާ ޔުވާން ގޮވާލިއަޑު އިވިގެން ބަލާލިއިރު ޔުވާން އަތުން އިޝާރަތްކޮށްލީ އެކޮޅަށް އައުމަށްށެވެ. އާޔަތު ހިނގައިގަތީ ލިފްޓް ކުރިމަތިން ހުރަސްކޮށްށެވެ. އެވަގުތަކީ ލިފްޓުގެ ދޮރުހުޅުވުނު ވަގުތެވެ. ލިފްޓުން ނުކުތްމީހާގެ ގައިގަ އާޔަތު ގޮސް ޖެހުނީ ވަރަށް ބާރަށްށެވެ. “ވަޓް ދަ….!” އާޔަތު އަތުގައިހުރި ކޯކްތަށި އެޅުނީ އާޔަތުގެ ހެދުމަށްށެވެ. ކުދި ކިޔަމުން އިސްއުފުލާ ބަލާލި އާޔަތުގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ……

Comments (10)

  1. Honey Bubbles

    Hello my dear readers! This is the 2nd part of soulmates story hope you like it..
    And Do comment below!
    Lots of love.. be safe ♥️♥️♥️

  2. Nayaa

    Masha Allah.. Vrh reethi story eh.. You are so talented darling.. And are u also a fan of K-dramas? Cux me tooo.. hehe.. I’m also watching business proposal.. Mihaaru 9th episode mi balany.. well, tae-moo ah crush nuvaany kaaku dhw.. but he’s Ha-ri’s man ennu..haha.. well once again story hama vrh vrh vrh reethi ingey.. keep it up dear.. lots of love <333

    1. Honey Bubbles
      Nayaa

      Thank you nayaa… Yes I’m a big fan of K-dramas. I just finished watching business proposal and yes tae moo oppa is the best.. thank you for the sweet comment. Saranghae <33

    2. Nayaa
      Nayaa

      Anytime dear.. ohh.. I’ve also watched the last episode reyga nd damn that was like, one of the ebst dramas I’ve watched.. just binge watched the entire drama iyye..hehe.. yeah tae moo is the best and so is sung hoon.. i love both the couples e drama ga.. i can’t even choose a favourite.. hehe.. Alheyy welcome inge darlx.. Nado saranghae <333

  3. eevss

    heii honey bubbles
    this stry is very nice
    when next??
    hope u will upload next part ASAP

    1. Honey Bubbles
      eevss

      Heii eevss!!
      Thank youuu<33
      Will upload third part on next Monday. Hope you guys will like it ♥️♥️

  4. Anonymous

    Masha Allah… vrh rythi…. next part kon irakun…

    1. Honey Bubbles
      Anonymous

      Thank you anonymous!!
      Next part will be up on Monday ♥️♥️

  5. Honey Bubbles

    HEII GUYS!! THANK YOU SO MUCH FOR THE LOVELY COMMENTS ♥️
    NEW EPISODES WILL BE UPLOADED ON EVERY MONDAY AND SATURDAY.
    Lots of love…. Be safe ♥️♥️

  6. Aishath ZAINA

    Vrh reethi mi part ves? can’t wait for the next part

Comments are closed.