*”ހަނާ..” ކައިޒަން ގޭތެރެއަށް ބޯދިއްކޮއްލަމުން ގޮވާލިއެވެ. ނަމަވެސް އެވަގުތު ހަނާ ކަޅި ހުއްޓުނީ ކައިޒަންއަކަށް
ނޫނެވެ. ކައިޒަންގެ ފަހަތުގައި ހުރި މީހާއަށެވެ.*
“އުލްޔާން” ހަނާއަށް ހިތާހިތުން ބުނެވުނެވެ. އުލްޔާން ކައިޒަންއާ އޮތީ ކޮންގުޅުމެއްބާއެވެ. މިއިން ދުވަހަކުވެސް ކައިޒަން އުލްޔާންއާ އެކު އުޅެފައެއް ނެތެވެ. އުލްޔާންއަކީ ހަނާ އެންމެ ފޫހިވާ އެކަކެވެ. އާނިޝް އެކްސިޑެންޓު ވުމުންވެސް ހަނާއަށް މަލާމާތް ކުރި އެކަކެވެ.
“ހަނާގެ ހާލު ބަަލައިލަން ހަމަ މިއައީ” ކައިޒަން ހިނިތުންވެލަމުން ބުނެލިއެވެ. އަދި ހަނާ ރަނގަޅޭ ބުނުމުން އެމީހުން ދިޔައެވެ.
“ކޮބާ.. މަ ބުނީމެއްނު ހަނާއަށް ޝައްކެއް ނުވާނޭ” ކައިޒަން އުލްޔާާންއަށް ބުނެލިއެވެ.
“އެކަމު އޭނަ ހުއްޓެއްނު މަ ފެނިގެން ހުއްޓުން އަރާފަ.. އޭ ކައެ ތިހެން އުޅެފަ އެ އާނިޝްގެ ހާލެއް ބަލައިލަންތަ؟؟” އުލްޔާން އަހާލިއެވެ.
“ކީއްކުރަން ބަލަނީ… މިހާރު އެއޮތީ ނޭވާހޮޅިއަށް އެޅިފަ…. ދުވަސް ކޮޅަކުން ސަންދޯކަށް ލައިގެން ގޮސް އެއޮތްތާ ވަޅު ލާނީ.. އޭރުން ހަނާ އަކީ ހަމައެކަނި އަހަރެންގެ މީހެއް،،،” ކައިޒަން ހޭން ފަށަމުން އެހެންް ބުނެލި އިރު އޭނާެ ހިތުގައި އެއްވެސް ރަހުމެއް ހަމްދަރުދީއެއް ނެތެވެ.
“ކަލެއަށް ހެވިއްޔާހެޔޮ.. އެކަމު ބުނަން.. ރަނގަޅުވެގެން މިރަށައް އައިސިއްޔާ މަ ޒިންމާއެއް ނުނަގާނަން… ”
“ކިހިނެތްހޭ އޭނަ ރަގަޅު ވާނީ” ކައިޒަން އަނެއްކާވެސް ފެށީ ހޭށެވެ.
“މޮޔަޔާ.. އޭނަ އޮޕަރޭޝަން ކުރީ.. ކާމިޔާބު ވެއްޖެއްޔާ އަންނާނެއްނު މިކޮޅަށް” އުލްޔާން ސީރިއަސް ވެލާފައި ބުނެލިއެވެ.
“ދެން މަ ކިހިނެތް ހަނާ ކައިރީ އާނިޝް ވާހަކަ އަހާނީ.. އޭރުން އޭނާއަށް ޝައްކު ވާނެކަން ޔަޤީން..” ކައިޒަން ހާސްވިއެވެ.
“ކައެއަށް ވިސްނޭނީ ކޮންއިރަކުން.. ހަނާ ކައިރީ ދާގޮތަށް ގޮސް އޮަޕަރޭޝަން ކާމިޔާބުހޭ ނާހާ ގޮސް ނިކަން ހެޔޮ އެދިގެން އެކްޓު ކޮއްބަލަ… އާނިޝް ގާތު މާފަށް އެދެން ބޭނުމޭ ކިޔާ ހަނާ ހައްދާލަބަލަ.. ސުކޫލުގަ އުޅުން އިރު ކުޅުނު ޑްރާމާތަކުން މަށަށް އެނގުނޭ ކައެ އެކްޓު ކުރަން މޮޅުކަން” އުލްޔާން ހިޔާލެއް ދިނެވެ.
“ހަނާ އަކީ އެއަށް ވުރެ ބޯބޮޑު ކުއްޖެއް.. ތިވަރުން އޭނައަށް އިނގޭނެ” ކައިޒަން ބުނެލިއެވެ.
“އެބައޮތް ގޮތެެއް.. ގުރޫޕުން ގޮލަޔަކު ފޮނުވާފަ ލާރާ ބޯ ކާލާ” އުލްޔާން ޖޯޝުގައި އެހެން ބުނުމުން ކައިޒަން ލާރާއާ ހިލްޔާންގެ ވާހަކަ ކިޔައިދިނެވެ.
“އެކަމު އެހާ ފަސޭހައިން އެކަން ދޫކޮއްލައިިގެން ނުވާނެ އިނގޭެ.. އަހަރުން އާނިޝް ގުރޫޕަށް ވެއްދީވެސް ވަރަށް ހާލުން އިނގޭ..” އުލްޔާން ހަރުކަށި އަޑަކުން ބުނެލިއެވެ.
“ޒިވްޔަންގެ ބޭބެއެއްވެސް ހުރޭތަ” ހަނާ އަހާލިއެވެ.
“އާނ.. އެކަމު އާއިލާ މީހެއްނޫން… ބައްޕަ އޮފީހަށް ވަޒީފާއަށް އައި މީހެއް… ދެން އޭނަގެ އެއްވެސް މީހެއްނެތް ކަން އިނގުނީމަ ބައްޕަ އަހަރަމެން ގެއަށް ބޭބެ ގެނައީ… އެންމެ ފުރަތަމަ ކޮޅު ހުރީ ވަރަށް ދެރަވެފަ.. ޒިވްޔަން ވަރަށް ސުވާލުވެސް ކުރަން އެހެންވެ… ޒިވްޔަން އަށް ސޯޅަ އަހަރު ވީފަހުން އަސްލު ބޭބެއަށް ވީ ގޮތް ކިޔައިދިނީ” ޒިވްޔަން ބުނެލިއެވެ.
“ބޭބެ ދެކައިވެންޏެއް ކުރި.. ދެވަނައަށް އިން މީހާއަށް ދެދަރިން ވެސް ލިބުނު ފަހުން އިނގުނީ ފުރަތަމަ އިން މީހާގެ ބޭބެގެ ދަރިއެއް ހުންނަކަން… ދެން ބޭބެ އެކުއްޖާ ބަލައިލަން ދާން އުޅުމުން ބޭބެގެ އަންހެނުން ބޭބެގާތުން ވަރިވީ.. އަދި އިނގޭތަ.. އެއީ ވަރަށް މުއްސަދި އާއިލާއެއްގެ މީހެކޭ… އެކަމު އެމީހުންނާއެކީ ހަލާލުނޫން ފައިސާ ތަކެއމތީ އުޅެން ބޭބެ ބޭނުން ނުވީ”ޒިވްޔަންް އޭނަގެ ބޭބެގެ ވާހަކަ ކުރުކުރު ކޮށް ކިޔައިދިނެވެ.
“އެހެންތަ؟؟ ދެން ބޭބެ ފުރަތަމަ މީހާގެ ދަރިފުޅާ ބައްދަލުވިތަ ފަހުން؟؟” ހަނާ ޝައުގުވެރި ކަމާއެކު އެއްސެވެ.
“ނޫން.. އެމީހުން އުޅެނީ އެރަށަކުނޫން.. އުޅޭރަށެއްވެސް ނޭނގުން…އެކުއްޖާ އަދިއަދައދާންދެންވެސް ބޭބެގެ ލޮލަކަށް ނުފެނެ.. ބޭބެ ބުނާނެ އަހަރެން ވަރޭ މިހާރު އެކުއްޖާ ވާނީ”ޒިވްޔަން އިތުރަށް ކިޔައިދިނެވެ.
ޒިވްޔަން ދެއްކި ވާހަކަ ތަކުން ހަނާއަށް އާ ހިތްވަރެއް ލިބުނ ފަދައެވެ. އާނިޝް ނުފެންނާތީ ހަނާ އެހާވަރަށް ދެރަވައިރު ޒިވްޔަން އެބުނާ ބޭބެ އަދި ކިހާ ދެރަވާނެހެއްޔެވެ. ލޯބިވާ އަނބިމީހާ ނުފެންނައިރު ދަރިއެއްވެސް ނުފެނެ ވިއްޔާއެވެ. ހަނާއަށް އެއްއިރަކު އާނިޝްއާ އެކު އުފަލުގައި އުޅެވުނެއް ނޫންހެއްޔެވެ؟ ނަމަވެސް އެ ބޭބެގެ ލޮލަށް މިއިން ދުވަހަކު ނުފެންނަ އަމިއްލަ ލޭ ހިނގާ ދަރިއަކު އެބަހުރި ވިއްޔާއެވެ. ނަމަވެސް އެބޭބެ ކިހާ ހިތްވަރު ގަދަ ހެއްޔެވެ؟
“ހާދަ ހިތްވަރު ގަދަ ބޭބެއެކޭ… ދުވަސްކޮޅަކުން ދެން ޒިވްޔަންެގެ ބައްޕަމެންވެސް އަންނާނެ ދޯ.. ދާންވީ ޔައީ ކައިރީ އަވަހަށް ބުނަން” ހަނާ ޒިވްޔަންއަށް ހޭން ފަށަމުން ބުނެލިއެވެ.
“ކައިވެނި ހަމަޖައްސައިފިން..” ހަނާ ބަދިގެަށް ވަންނަމުން ޔައިޝާ ކައިރީ ބުނެލިއެވެ. އޭރު ޔައިޝާ އިނީ އެއްޗެއް ކޮށާށެވެ.
“ހަނާގެ ތަ؟؟؟ ކޮންކުލަަކުން ހެދުން ފަހަންވީ؟” ޔައިޝާ އޭނަގެ މަންމަ އެތާ ހުރުމުން އަވަހަށް ބުނެލިއެވެ.
“ނޫނޭ.. މި ކިޔަނީ ޔައީއާ ޒިވްގެ ވާހަކަ” ހަނާ އެހެން ބުނެލީ ޔުސްރާއަށް ބަލައިލަމުންނެވެ.
“ބަލާބަލަ ނިކަން.. މަންމަމެންނަށް އަންގާވެސް ނުލާ… ” ޔުސްރާ ޔައިޝާއަށް ހޭން ފަށަމުން ބުނެލިއެވެ. އެވަގުތު އަވަހަށް ޔައިޝާ ދެ ފަރާތަށް ބޯ ހޫރުވާ ލަމުން ނޫނެކޭ ބުނެފިއެވެ.
“ހުމމ… މަންމައަށް ވެސް ފެނުނޭ އެކަރުދާސް.. ބައްޕައަށް ދެއްކީމަ ބުނީ އަވަަހަށް ދާށޯ ތި ބާއްވަން.. ޔައީ ރުޅި އަތުވެދާނެޔޯ” ހަނާ ދެންމެ ވީކަންތައް ކިޔައިދިނުމުން ޔުސްރާ ބުނެލިއެވެ. އެހެން ބުނުމުން ޔައިޝާ އިސްޖަހާލުމަށްފަހު ފެށީ ހޭށެވެ.
“ދެން ޔައިޝާ މިގެއިން ދިޔައީމަ މަންްމަމެންވެސް ހާދަ ފޫހިވާނެޔޭ ދޯ” ޔުސްރާ ސަމާސާ ރާެއްގައި ބުނެލިއެވެ.
“ދެން މަންމާ….” ޔައިޝާ ވެސް ހޭން ފަށަމުން ބުނެލިއެވެ.
މެންދުރުގެ އަވިގަދަ ގަޑީގައި މަގުމަތިން ހިނގާފާދިޔަ ލާރާއާ ހިލްޔާން ތިބީ އޮލަ ވާހަކައެއްގައެވެ.
“ހިލްޔާން… ކައޭ މިހާރު ފެނިވެސް ނުލާ….” ކާއިން ހިލްޔާންއާ އަރާ ހަމަ ކުރަމުން ބުނެލިއެވެ.
“އޭ ލާރާތަ މިހިރީ… މިހާރު ކްލާސް ބަދަލުވީމަ ދޯ މި ނުފެންނަނީ” ކާއިން ލާރާއަށް ބުނެލިއެވެ. ލާރާ މަޑުމަޑުން ބޯ ޖަހާލިއެވެ.
“އޭ ކޮބާތަ މިހާރު ލާރާގެ ބޭބެ… އަޑުއެހިން ބޭރަށް ދިޔަ ވާހަކަ މިހާރުރަނގަޅުތަ؟؟” ކާއިން ނޫން ކަމަށް ހަދާފައި ބުނެލިއެވެ. އާނިޝްގެވާހަކަ އެހުުމުން ލާރާއަށް ލިބުނީ ސިހުމެކެވެ. ޖަވާބެއްދޭން ބޭނުން ނުވުމުން އަވަސްއަވަހަށް ހިނގާލަފައި ގޮސް އޭނަގެ ގެއަށް ވަނެވެ.
“މިވީ ކިހިނެތް؟؟ އަހަން ނުވާ ވަރުގެ އެއްޗެއްތަ ކައެެގެ ލާރާ ކައިރީ މިއެހުނީ…” ކާއިން ވަރަށް ހައިރާންވާ ކަމަށް ހަދާލައިފައި ބުނެލިއެވެ.
“މަ ލާރާ ކައިރީ އާނިޝްގެ ވާހަކަ އެހިޔަސް ޖަވާބެއް ނުދޭނެ.. ދެން މަ ދަނީ” ހިލްޔާން ލާރާ އެވާހަކަ ބުނަން ބޭނުން ނުވާތީ ގަސްތުގައި ދޮގެއް ހަދާލުމަށް ފަހު އެތަނުން ދިޔައީ އިތުރަށް ދިހަ ދޮގު ހަދަން އެތާ ހުންނަން ބޭނުން ނުވާތީއެވެ.
” އައްސަލާމް އަލައިކުމް” ޔައިޝާމެންގެ ގޭ ދޮރުމަތީގައި ހުއްޓިލަމުން ލާރާ ސަލާމް ގޮވާލިއެވެ.
” ވައަލައިކުމުއްސަލާމް… ލާރާތަ މިއޮއް އައީ… ޔައިޝާ ނކުމެބަލަ މިއޮތް އައީ ލާރާ..” ޔުސްރާ ޔައިޝާއަށް ގޮވާލިއެވެ.
“ލާރާ ކީއްވެ މިހާރު މިގެއަށް ނާންނަނީ” ޔުސްރާ ލާރާގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.
“ހަމަ ނާދެވެނީއޭ.. އަބަދު ސްކޫލްގަ މިއުޅެނީ..” ލާާރާ ބުނެލިއެވެ. އޭރު ޔައިޝާވެސް ބޮލުގައި ފުނާ އަޅަމުން އާދެއެވެ.
“ޔައިޝާވެސް އުޅލެބަލަ ބުރުގާ އަޅަން.. ބަލާބަލަ ލާރާވެސް ބުރުގާ އެޅީމަ ލޯބިކަން” ލާރާގެ ބޮލުގައި ފިރުމާލަމުން ޔުސްރާ ޔައިޝާއަށް ބުނެލިއެވެ.
“އާނ މަންމާ… ޔައީވެސް ވަރަށް ބުރުގާ އަޅާ ހިތްވޭ” ޔައިޝާ ލާރާއަށް ބަލައިލަމުން ބުނެލިއެވެ.
“މިއައީ ވާހަކައެއް ބުނާށޭ” ޔުމާނާ ދިއުމުން ލާރާ ބުނެލިއެވެ.
ހަފްތާއެއް ވެއިތުވެގެން ދިޔައިރު ހަނާވެސް ވަނީ ހަމަޔަކަށް އެޅިފައެވެ ޒިވްޔަންއާ ޔައިޝާގެ ގުޅުންވެސް ދުވަހެއް ދުވަހަކަށް ދިޔައީ ބަދަހި ވަމުންނެވެ. މިހާރު ޔައިޝާއާ ހަނާވެސް ވެސް ވަނީ ބުރުގާ އަޅާފައެވެ. އެހެންކަމުން ދެކުދިންވެސް ކުރިއަށްވުރެ ރީތިހެން ހީވެއެވެ.
“އަދި ފޯނެއްވެސް ނަގަނީކީ ނޫނޭ.. މިހާރު ރުޅި އަންނަ ވަރު ވެއްޖެ.” ޔައިޝާ ފޯނު ބާއްވަމުން ބުނެލިއެވެ.
“ޔައީ އަށް ރުޅިއަންނަން ވެސް އަދި އިނގޭތަ؟؟” ޒިވްޔަން ޔައިޝާއަށް ބަލައިލަމުްބުނެލިއެވެ.
” ހީކުރީ ނޭނގޭކަމަށް ދޯ” ޔައިޝާ ދެބުމަ ގޮށް ޖަހާލަމުން ޖެއްސި ވައްތަރުން އެންމެންވެސް ފެށީ ހޭށެވެ. އޭރުވެސް ލާރާ ހަނާއާ ގުޅޭތޯ މަސައްކަތް ކުރަމުން ދިޔައިރު ހިލްޔާން އުޅުނީ އޭނަގެ މަންމަމެންނަށް ގުޅޭތޯއެވެ.
“ޔައިޝާ ކޮންކަމަކާ މާ ރުޅިގަދަ ވަނީ” ކައިޒަން އެމީހުން ކައިރިއަށް ސައިކަލު މަޑު ކޮއްލަމުން ބުނެލިއެވެ. އެވަގުތ ޔައިޝާ ހަނާ ނައިއްސިގެންނޭ ބުނުމުން ކައިޒަން ހަނާ ބަލައޭ ކިޔައި ދިޔައެވެ.
“ނޯ…” ލާރާ ބޮލުގައި ޖަހާލަމުން ސައިކަލަށް ބަލަހައްޓައިގެން ހުރެ ބުނެލިއެވެ.
“ހާސް ނުވޭ….ދޮންތި ނާރާނެ ކައިޒަންބޭ ސައިކު ފަަހަތަކަށް” ހިލްޔާން އެހެން ބުނެލުމުން ޔައިޝާއާ ޒިވްޔަންވެސް އެކުއެކީހެން ބޯޖަ ހާލިއެވެ.
ކައިޒަންއަށް ހަނާމެންގޭ ހުންނަ މަގަށް އެޅުނުއިރު ހަނާ ގެއިން ނުކުމެއެވެ. ލާފާހުރި އަޅި ކުލައިގެ ބޮޑުހެދުމާއެކު އަޅާފައި ހުރި ދަނބު ކުލައިގެ ޝޯލްއެކެވެ. އަރާފައިވާ ދަނބު ކުލައިގެ ހައިހީލް އިން ހަނާ ކުރިއަށް ވުރެ ދިދުކަމަށް ދައްައެވެ.
“ހަނާ… ވަރަށް ރީތި އިނގޭ. އެމީހުން ބުނެގެން ހަނާ ބަލައޭ މިއައީ.. އަންނަގަ ސައިކު ފަހަތަށް އަރަން..”ކައިޒަން ހަނާއާ އަރާ ހަމަކުރަމުން ބުނެލިއެވެ.
“ނޯ..ނޯ… ހަނާ ދާނީ ހިނގާލާފަ.” ހަނާ ވަގުތުން އިންކާރު ކުރިއެވެ.
“ތިހެން ވިއްޔާ މަ ވެސް ދާނީ ހަނާއާ އެކު ހިނގާލާފައި..” ކައިޒަން ސައިކަލު ޕާކުކުރަމުން ބުނެލިއެވެ. އަދި ހަނާއާ އެކު ބަނދަރުމައްޗަށް ދިޔައެވެ. އޭރު ވެސް ހަނާ އަށް ވާން އުޅޭ ގޮތެއް ނޭނގުނެވެ. ހަނާވެސް ގޮސް ޔައިޝާ ކައިރީ ހުއްޓިލިއެވެ. “ކީއްކުރަން މިތަނަށް…” ޔައިޝާގެ ކަންފަތް ބުޑުގައި މަޑުމަޑުން ހަނާ ބުނެލިއެވެ.
“އާދޭ..” ޔައިޝާ ހަނާގެ އަތުގައި ހިފައިން ހިނގައިގަތީ ބަނދަރަށް ގާތް ކުރި ލާންޗާ ދިމާއަށެވެ. ފަހަތުން ކައިޒަން ފިޔަވައި އެންމެން އައެވެ. އެއިރު ދުރުގައި ހުރި ރުކެއް ކައިރީ ކައިޒަން ހުރީ ފޯނެއްގައެވެ.
“އާނިޝް..” ލާންޗުން ފޭބި ޒުވާނާ ފެނިފައި ހަނާއަށް ބުނެވުނެވެ. ދެ ފަހަރަކަށް ލޯ މަރާލާފައި ލޯ ހުޅުވާލީވެސް އެއީ އާނިޝް ތޯ ޔަގީން ކުރުމަށެވެ. ހަނާއަށް ހީވީ ހުވަފެނެއްގެ ތެރޭގައި ހުރެވުނު ހެންނެވެ.
އެކަމަކު އާނިޝް ހާދަ ތަފާތެވެ. ބަލާބެލުމަށް ދޮން ކަމުން ހީވަނީ ބޭރު ގައުމެއްގެ ކުއްޖެއް ހެންނެވެ. ކަޅުކަޅު އިސްތަށިގަނޑުވަނީ ރީތި ގޮތަކަށް ސްޓައިލް ކޮއްލާފައެވެ. ލައިގެން ހުރި ގަދަ ނޫ ކުލައިގެ ޓީޝާތް ގަޔަށްހިފާފައި ހުރުމުން އާނިޝް ގެ ކަސްރަތީ ިހަށިގަނޑު ދައްކުވައިދެއެވެ. އަތުގައި އަޅާފައި އޮތް ރިހި ކުލައިގެ ގަޑި ވެސް ހީވަނީ އާނިޝްގެ އަތުގައި އޮތުމުން ފަޙުރުވެރި ވެލާފައި އޮތް ހެންނެވެ. ހުރިހާ ސިފަ ތުކު ތެރޭންވެސް ހަނާ އެންމެ އަޅައިގަތީ ލޮލަށް ލައްވާފައިވާ ވިލު ނޫ ކުލައަކަށްދާ ލެންސެވެ.
“އާނިޝް” ދެވަނަ ފަހަރަށް އާނިޝް އަށް ގޮވާލުމަށް ފަހު ދުވެފައިގޮސް އާނިޝްގެ މޭތެރެއަށް ބޮނޑިވެ ގަން އިރު އާނިޝްގެ މަންމަމެން އެތާ ތިބިކަން ވެސް ހަނާ ހަނދާންވެސް ނެތް ފަދައެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
13 Comments!
Comments are closed.



Masha Allah♥️♥️♥️ mi part vx vrh rythi….❤️❤️❤️ Sunflower girl kon irakun next part….Next part mi ah vure thankolheh dhigu kolla dheveyne thrrr…. ?☺️? I mihaaru hithah aranee hanaa ah aanishge mom men fenunyma vaanee kihineh baey..? N I think xivyan ekiyaa beybe eii yaiiii ge dad ☺️☺️☺️
alhey….thank uuu..next prt maadhama in sha allah….mi prt maa kury thrr…knme part eh ga vx 1000 word ah vure kuru nukh genedheveythww mialanyy
balaanan nxt prt dhigu kohleveythww ingey
n nxt prt kiyaalama dhww dhn vaa gotheh balan
Vvvvvvvvvvvvvvvv rythi mi part vx maasha allah????kon irakun next part……vrh avas up kurahchey… vrh kiyaahithun mihury❤❤❤❤❤
No kuryky eh noon vhka rythi Kamun hama dhigu koh next part beynun v ☺️
hehe…thank u..mhr kuda kh busy kh ulheythyy ey…ekm i wil try inge
Sunflower girl ah liyevengnaa oke kithenme dhigu koh vhka genesdhinas ? I know abadhu vhka liyaa kah nueh ulheveyne dhuniyeyga ulhey iru kuran jehey baivaru kanthahthah hunnaane.. Sunflower girl ge age bunevidhaane tha seedhaa age nubuniyas like under 18 or 18+ e gotheh
hehe..haadha filaavalheh oveyey..noon nama dhww vhk liyan indheveynyy vxx..n 18 vaakh noolhey adhi
Ohhh Adhi Aslu bunan ulhun vhka handhaan nethuny
Mi vhkaiga Adhi kithah part innaanethwwwwww
mmm,,, thihn bunaakh neyngeyne adhi ..kurin innaaany 20 prts liyefa..bt nueh nimeyy dhn mhr anekka liyefa up kuraathy las vanyy vxx..i think 30 ah vure dhigeh nuvaane kanne
Asluvx Mihaaru filaavalhu hadhaafa ithuru kameh kuraane vagutheh nuvey.. anekkaa test thah vx feshen dhw e ulheny
yh…nxt mnth ga test vx fesheyne..bt balaanan v varakun up koh dheveythww
I hykury Sunflower girl grade 10 kamah 10 vejje yaa mihaaru onnaanee test thah feshifa dhw
nooney…10 ga eh noon adhi miulhenyy