Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

މަގޭ ދަރިފުޅާ..! 3

lynderrr Level 1
May 6, 2022 3 Mins Read
0 Comments

މެންދުރު ފަސްވި ފަހުން އަހަރެން ކޮޓަރިން ބޭރަށް ނުކުތީ ބަނޑުހައި ވާ ވަރުން ނޯވެވިގެންނެވެ. މަންމަ ވީ މިއަދު ރަށުގެ ހުރިހާ އަންހެން ވެރިންނަށް އަމާޒު ކޮށްގެން ބާއްވާ ސާފު ކުރުމުގެ ޕުރޮގްރާމްގެ ދަށުން ރަށުތެރެ ސާފް ކުރަން ގޮހެވެ. ކޮއްކޮ ވެސް ވާނީ ޓިއުޝަން އަށް ގޮހެވެ. ގޭގައި މިހުރީ އަހަރެން އެކަނިކަމުން ގޭތެރެއަށް ވެރިވެފައި ވަނީ މަރުގެ ހިމޭން ކަމެވެ. މަޑު މަޑުން ކާ ކޮޓަރިއަށް ގޮސް ފުރިޖުން އާފަލު ޖޫސް ޕެކެޓެއް ނަގާ، 3 ފޮތި ސޭންޑުވިޗް އާއި ޖޫސް ތައްޓެއް ބޯލުމަށް ފަހު އަނެއްކާ ވެސް އަހަރެން އައީ ކޮޓަރިއަށެވެ. ލެޕްޓޮޕް ނަގާ އަލީ ރަމީޒުގެ ” ހެޔޮ ހާލުގާ ” މި ލަވަ ޖަހާލުމަށް ފަހު އެނދުގައި އޮށޯވެ ދެލޯ މަރާލީ ހިތުގައިވާ އުދާސްތައް ފިލާތޯއެވެ. ކަމަކާ ދެރަވެ މާޔޫސްވާ ކޮންމެ ވަގުތަކު އަހަރެންގެ ހިތުގެ ހަމަޖެހުމަކީ މި ލަވައެވެ. ހިތުގައި ހާއްސަ ކަމެއް ދެވިފައި ވި މި ލަވައިގައި ނޭނގޭ ފަދަ ޖާދޫއެއް ވާ ކަހަލައެވެ.  މިހެން އޮތް އިރުވެސް ޒަޔާންގެ ހަނދާން ތަކުން ހިތަށް އުނދަގޫ ކުރަމުން ދިޔައެވެ. އަހަރެންނަށް ޒަޔާން ހިތް ހަމަ ނުޖެހޭ ވަރު ކޮންކަމެއް ކުރެވުނީތީ ބާއޭ އޭނާ އަހަންނަށް މިވަރުގެ ބޮޑު ދެރައެއް މި ދިނީ..؟ މީ މިއަދާ ހަމައަށް ވެސް އަހަރެންގެ ހިތުގައި ވާ އަދި މިހާ ތަނަށް ޖަވާބު ލިބިފައި ނުވާ ސުވާލެކެވެ. މަޑު މަޑުން ބަނޑުގައި ފިރުމާލަމުން ލިބެން އުޅޭ ދަރިފުޅާ އަހަރެން ވާހަކަ ދައްކަން ފެށީމެވެ.

” ދޫންޔާ..! އިނގޭތަ ތީ މަންމަ ގެ ދޮން ދޫނި ކަން؟ މަންމަ ވަރަށް ލޯބިވޭ ދަރިފުޅު ދެކެ. މިހާރު މަންމައަށް އަބަދުވެސް ހުރެވެނީ ދަރިފުޅު އުރާލަން ލިބޭނެ ދުވަހަކަށް ކެތްމަދުވެފަ. ލޯބި ލޯބިން ތި މައުސޫމު މޫނުގައި ބޮސް ދޭ ހިތުން މި މަންމަގެ ހިތް ވަނީ މޮޔަވާ ވަރުވެފަ. ދަރިފުޅާ..!  މިއަދު ދަރުފުޅުގެ ބައްޕަ ކުޑަ ކޮށް ހިތް ހަމަ ނުޖެހިފައި ހުއްޓަސް ދަރިފުޅު ފެނުނީމަ ހަމަ ޔަގީން ބައްޕައަށް ވެސް އުފަލުން ރޮވޭނެ، އަދި ދަރިފުޅު ދެކެ ވަރަށް ލޯބިވެސް ވާނެ. މަންމަގެ ހުރިހާވެސް އުންމީދަކީ ދަރިފުޅަކީ ބަސް އަހާ މައިންބަފައިންގެ ހެޔޮ ބަސް އަހާ ކިޔަމަންތެރި ދަރިއަކަށް ވުން. ތީ މަންމަގެ ދެލޮލުގެ ނޫރު، ހިތުގެ ހަމަޖެހުން. މަންމަ ގެ މި ކެތްތެރިކަމުގެ އަސްލަކީ މަންމަގެ ތި ލޯބިވާ ދަރިފުޅު. ” ރޮމުން ރޮމުން ގޮސް އަހަރެންގެ އަޑު ބެދުނެވެ. ހިތަށް ކުރަމުން ދިޔަ ފުން އަސަރުން މަޑު މަޑުން ގިސްލެވެންފެށުނެވެ. މިއަދު ޒަޔާން އަހަރެންނާ އެކު ހުރިނަމަ މީ އަހަރެންގެ ހަޔާތުގައި އަންނާނެ އެންމެ އުފާވެރި ދުވަސްތަކަށް ވީސް ކަން ޔަގީނެވެ. އަހަރެންގެ ހިތް ވަނީ ޒަޔާންއަށްޓަކާ ޝަކުވާއިން ފުރިފައެވެ.

ބެލްކަނީގައި ހުރި ގޮނޑިއެއްގައި އިން ޒަޔާން ވިސްނަމުން ދިޔައީ ލައިޝާއަށް ވިސްނަދޭނެ ގޮތަކަށެވެ. ކޮންމެ ގޮތެއް ވިޔަސް އޭނާގެ އަނދިރި ފަރާތް ޝިރާ އަށް ފަހަރެއްގައި ވެސް އެނގޭކަން ޒަޔާން ބޭނުމެއް ނުވެއެވެ. ނޫންނަމަ އެ ކައިވެނި މާ ގިނަ ދުވަހަކަށް ދެމި ނޯންނާނެއެވެ. ޒަޔާން އެންމެ ފަހުން އެތައް އިރަކު މިހެން އިނުމަށް ފަހު ފޯނު ނަގައި ލައިޝާގެ ނަންބަރަށް ގުޅާލިއެވެ. އެތައް އިރަކު ގުޅި އިރުވެސް ރިންގު ވުމަށް ފަހު ކޮންމެ ފަހަރަކުވެސް ފޯނު ކެނޑޭ އިރުވެސް ފޯނެއް ނުނަގައެވެ. ޒަޔާންގެ ރުޅި އިރަކަށް ވުރެން އިރެއް ދިޔައީ ގަދަވަމުންނެވެ. 10 ވަރަކަށް ފަހަރު ގުޅި އިރުވެސް ލައިޝާ ފޯނު ނަގަން ހިތަށްވެސް ނޭރިއެވެ.ގޮނޑި މައްޗައް ފޯނު އެއްލާލުމަށް ފަހު ސިނގިރޭޓެއް ރޯކޮށްލައިގެން ގޮސް ރެއިލިންގައި އަތް އަޅުވާލައިގެން މަގުމައްޗައް ބަލަހައްޓައިގެން ހުރި އިރު އެ މޫނު މަތިން ފެންނަން ހުރީ އިންތިހާ ދަރަޖައިގެ ރުޅިވެރި ކަމެވެ. އޭނާ އެއް އިރަކުވެސް ލައިޝާ ދެކެ ލޮތްބެއް ނުވެއެވެ. ލައިޝާ ދެކެ ލޯބިވާ ކަމަށް ބުނެ އޭނާ އަށް ހުވަފެން ދައްކަމުން އައީ، މިހާރު ޒަޔާންގެ އަނބިމީހާ ޝިރާ ކިޔަވަން މެލޭޝިޔާގައި ހުރި އިރު ވަގުތީ ގޮތުން ކަރު ހިއްކުން ފިލުވާލުމުގެ ބޭނުމުގައެވެ. އެކަން އޭނާއަށް ވަރަށް ރަނގަޅަށް ވެސް ކާމިޔާބު ވިއެވެ. ނަމަވެސް ފަހުން ކަންތައް ވީ ޒަޔާން ދުވަހަކުވެސް ބޭނުންވީ ގޮތަކަށް ނޫނެވެ. އޭނާ ގަބޫލު ކުރާ ގޮތުގައި އެއީ އޭނާއަށް ބަލަންވާ ވަރަށް ނުބަލާ އުޅެވުމުން ހެދުނު ޅަ އެއްޗެއް ކަމަށެވެ. ކިތަންމެ ވަރެއް ވިޔަސް ލައިޝާއަށް އޭނާގެ ދަރިއެއް ދޭކަށް ހުދު ޒަޔާން ވެސް ބޭނުމެއް ނުވެއެވެ. މިއަދު މިއޮތީ ނުވިސްނާ ހެދުނު އެންމެ ގޯހަކުން ހުރިހާ ކަމެއް ބޮއްސުންލާފައޭ ހިތައް އެރުމުން އަތު ހުރި ބާރެއްލާފައި ރެއިލިންގައި އަތުން ޖެހުނުވެ.  އެ ހުރި ރުޅިގަނޑު މަތީގައި ލައިޝާއަށް މެސެޖެއް ކޮށްލުމަށް ފަހު އިރުކޮޅަކު ފޯނަށް ބަލަން ހުރެފައި ކޮޓަރި ތެރެއަށް ވަދުނެވެ.

” ދަރިފުޅާ ލައިޝާ..! ” އަހަންނަށް ސިހިފައި ހޭލެވުނީ މަންމަ ގޮވާލުމުންނެވެ. ” މިހާރު އެހެރަ 11:30 ވަނީ، ހަވީރު އޮށޯވެތް ގޮތައް ތި އޮތީ އަދި ނުވެސް ކަމެއްނު. ތެދުވެ އެއްޗެއް ކާލަން އުޅެބަލަ. ” އޯގާތެރިކަމާއެކު އަހަރެންގެ ބޮލުގައި ފިރުމާލަމުން މަންމަ ބުނެލިއެވެ. ފާހާނާއަށް ވަދެލާފައި މި އަންނަނީ ކަމަށް ބުނުމުން އިތުރު އެއްޗެއް ނުބުނެ މަންމަ ދިޔައެވެ.

މެންދުރުގެ އެންމެ ހޫނު ގަދަ ވަގުތު ޒަޔާން އިނީ އޮފީހު މީޓިން އެއް ނިންމާލުމަށް ފަހު އަރުޝަމް އާއިއެކު ކޮފީއެއްގައެވެ. ދެ މީހުން ވެސް ދައްކަމުން ދިޔައީ ލައިޝާގެ ވާހަކައެވެ. އަރުޝަމް އެއީ ޒަޔާންގެ އެންމެ ގާތް އެކުވެރިޔާއެވެ. އަދި ލައިޝާ އާއި ޒަޔާންގެ ގުޅުމުގެ ހަގީގަތް އެނގޭ ހަމައެކަނި މީހާވެސް މެއެވެ.

ނުނިމޭ..

Share Article

Follow Me Written By

lynderrr

Level 1

Other Articles

Previous

ސޯލްމޭޓްސް – 2

Next

އަބަދަށް އެކުގައި 21

Next
May 6, 2022

އަބަދަށް އެކުގައި 21

Previews
May 6, 2022

ސޯލްމޭޓްސް – 2



All Right Reserved!