ލޯބިވާތީ…6
“ދެން އެކަމާ ނުވިސްނާ ނިދާލެވޭތޯ އުޅެލާ..ފަހުން ތިކަމަށް ގޮތެއް ނިންމާނީ ދޯ”މިހެން ބުނެލުމަށްފަހު ރާއިލް ހިނގައިގަތީ ކޮޓަރިން ނުކުތުމަށެވެ.ރާއިލް ނުކުތުމުން ކައިލް އެނދުގައި އޮށޯތީ ނިދޭތޯއެވެ.
………
އާ ދުވަހަކަށް އިރު އަރައިފިއެވެ. ހެނދުނުގެ ނާސްތާ ތައްޔާރު ކުރުމުގައި އަވަދިނެތި އައިރާ އުޅުނެވެ.ގަޑި ޖެހުމުގެ ކުރިން ސައިބޮއެގެން އޮފީހަށް ދެވޭތޯއެވެ. ސައި ހަދާ ނިމުންތަނުން މީހަކު ސަލާމް ގޮވާލި އަޑު އިވުނެވެ.
“ވަޢަލައިކުމުއްސަލާމް..”ސިޓިންރޫމުގައި ޓިވީ ބަލަންއިން އައިރާގެ ބައްޕަ ސަލާމަށް ޖަވާބުދިނެވެ.
“އަނހަ ކައިލް.. މިއޮއް ހެނދުނާ..ކިހިނެއްވީ އަނެއްކާ؟”އަމްޖަދު ވާހަކަ ދެއްކީ ކައިލްއާ އެވެ.
“ހެހެ..ނުވޭ ކަމެއް.. ހަމަ އައި ކައިރިއަށް މިއައީ..އައި އޮފީހަށް ލައިދޭން”ކައިލް ޖަވާބުދިނީ މަޑުމައިތިރި ކަމާއެކުއެވެ.
“އެހެންތަ..އައިރާ އެބައުޅޭ ބަދިގެތެރޭގަ”އަމްޖަދު ޖަވާބުދިނުމުން ކައިލް ހިނގައިގަތީ ބަދިގެއާ ދިމާލަށެވެ.ބަދިގެއަށް ވަން އިރު އައިރާ ހުރީ ދޮރަށް ފުރަގަސްދީގެންނެވެ.
އައިރާ ސިއްސައިގެން ދިޔައީ ކުއްލިއަކަށް މީހަކު ފަހަތުން އައިސް ބައްދާލުމުންނެވެ.
“ހައި ބޭބީ..ކީއްތިކޮށްލަނީ؟” އައިރާ ގައިގައި ބައްދައިގެން އޮވެ ކައިލް ވާހަކަ ދެއްކިއެވެ.
“ކައިލް.. މީހަކަށް ފެނިދާނެއޭ..”ކައިލް ފަހަތުން އައިސް ބައްދާލުމުން އައިރާގެ މޫނަށް ޖަންބުކުލަ ވެރިވެގެން ދިޔައެވެ.
“ހެހެހެ.. އޯކޭ..”އައިރާ ގައިން ދޫކޮށްލަމުން ކައިލް ހޭންފެށިއެވެ.
“ސައިބޮއެފިންތަ؟”އައިރާ ސުވާލުކޮށްލީ ކައިލްއާއެވެ.ނޫނެކޭ ބުނުމުގެ ގޮތުން ކައިލް ބޯހޫރުވައިލާފައި މޭޒު ކައިރީގައި އިށީނެވެ.
“ހިނގާ ސައިބޯން ދޯ..”އައިރާ މިހެން ބުނެ ދެތަށި ނަގާ މޭޒުމަތީގައި ބެހެއްޓިއެވެ.ރޮއްޓާއި ބިސްރިހަ ލައިގެން ދެމީހުން ހެނދުނުގެ ނާސްތާކޮށް ނިންމައިލިއެވެ. ތަށިތަށް ދޮވެލާފައި އައިރާ ތައްޔާރުވާން ވަނުމުން ކައިލް ގޮސް އިށީނީ އައިރާ ބައްޕަ ކައިރީގައި އަނގަ ތަޅާށެވެ.
މާ ގިނައިރުތަކެއް ނުވެ އައިރާ ނުކުތެވެ.ލައިގެން ހުރި މަޑުމުށިކުލައިގެ ހެދުން އައިރާއާއި ވަރަށް ގުޅެއެވެ.ކޮށްފައިފާ ލުއި މޭކަޕްގެ ސަބަބުން މޫނަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ.
“ލެޓްސް ގޯ”އައިރާ މިހެން ބުނެލީ ކައިލް ބަލަހައްޓައިގެން އިނުމުންނެވެ.
” ޔޫ ލުކް ސޯ ޕްރިޓީ އައި” ބޭރަށް ނުކުމެލާފައި އައިރާގެ ދެއަތުގައި ހިފައިލަމުން ކައިލް ބުންޏެވެ.
“ތެންކްސް”އައިރާ ލަދުން އިސްޖެހިއެވެ.ދެމީހުން ގޮސް ސައިކަލަށް އެރިއެވެ.ކައިލް ސައިކަލު ދުއްވާލާފައި ގޮސް މަޑުކުރީ އައިރާ މަސައްކަތް ކުރާ އޮފީހުގެ ދޮރުމައްޗަށެވެ.އައިރާ އޮފީހަށް ލުމަށްފަހު ކައިލްވެސް މިސްރާބުޖެހީ އޭނާ މަސައްކަތްކުރާ އޮފީހަށް ދިޔުމަށެވެ.
އޮފީސް ނިންމާލާފައި އައިރާ ދިޔައީ ރާއިލްމެން ގެއަށެވެ.އެގެއިން މެންދުރުގެ ކެއުން ނިންމުމަށް ފަހު އެމީހުންނާއެކު ސަކަރާތް ޖަހަން އިނެވެ.ހަވީރުވުމުން ހަތަރުމީހުން ރީތިވެގެން ނުކުތީ ޖޫގޯ ބޯން ދިޔުމަށެވެ.ހަވީރުގެ މަޖާ ވަގުތުކޮޅު ނިންމާލާފައި ކައިލް ދިޔައީ އައިރާ ގެއަށް ލައިދޭށެވެ.ސައިކަލުން ގޮސް އައިރާގެ ގޭ ދޮރުމައްޗަށް މަޑުކުރުމުން އައިރާ ފޭބިއެވެ.
“އައި..”ގެއަށް ވަންނަން ދިޔަ އައިރާ އެނބުރުނީ ކައިލް ގޮވާލި އަޑަށެވެ.
“މީޓް މީ މިރޭ.. ނުވައެއް ޖަހަންވާއިރަށް ތައްޔާރުވެގެން ހުންނާތި..ބަލާ އަންނާނަން އަތިރިއަށްދާން..”ކައިލް މިހެން ބުނިއިރު މޫނުމަތިން ފެންނަން ހުރީ ސީރިއަސްކަމެވެ.
“އޯކޭ ކައި..ރެޑީ ވާނަން” މާ ގިނަ ސުވާލު ނުކޮށް އައިރާ ޖަވާބުދިނެވެ.އައިރާ މިހެން ބުނުމުން ކައިލް ސައިކްލު ދުއްވާލީ ގެއަށް ދިޔުމަށެވެ.ކައިލް ދާތަން ބަލަން ހުރެފައި އައިރާ ގޭތެރެއަށް ވަނީ ބަންގި ގޮވުމުންނެވެ.
އެރޭ 8:30 ވި އިރު އައިރާ ތައްޔާރުވެގެން އިނީ ކައިލްގެ އިންތިޒާރުގައެވެ.މާ ގިނައިރަކު މަޑުކުރާކަށް ނުޖެހުނެވެ.ކައިލްގެ ސައިކަލުގެ އަޑުއިވުނެވެ.އައިރާ ބޭރަށް ނުކުތްއިރު ކައިލް ސައިކަލުމަތީގައި މަޑުކޮށްލައިގެން އިނެވެ.އައިރާ އައިސް ސައިކަލަށް އެރުމުން ކައިލް ސައިކަލު ދުއްވާލިއެވެ.ދުއްވާލައިފައި ގޮސް މަޑުކުރީ އެމީހުން ފުރަތަމަ ދިމާވި ތަނަށެވެ.ސައިކަލުން ފޭބުމަށްފަހު ދެމީހުން ހިނގައިގަތީ އަތިރިއާ ދިމާލަށެވެ.
“ކައި..އާރޔޫ އޯކޭ؟”އައިރާއަށް ކައިލްގެ ހިމޭންކަން ނަގައިގަނެވުނެވެ.
“ހިނގާ އިށީނަން..އައި ވިލް އެކްސްޕްލެއިން”ކައިލް މިހެން ބުނުމުން ދެމީހުން ހިނގާލާފައިގޮސް ވެލިގަނޑު މަތީގައި އިށީނެވެ.ހަމަހިމޭން އެ ގޮނޑުދޮށުގައި އެދެމީހުން ފިޔަވައި އިތުރު ބަޔަކު ނެތެވެ.
” ދެން ބުނެބަ..ކަމެއްވީތަ؟”އައިރާއަށް މަޑުން ނީނދެވުނެވެ. ކައިލް އައިރާގެ ލޮލަށް ބަލައިލީ ވަރަށް ފުން ނަޒަރަކުންނެވެ.އެ މޫނުމަތިން ފެންނަން ހުރީ ސީރިޔަސްކަމާއި ހިތާމައެވެ.
“ކައިލް.. ދެން..”އައިރާއަށް މިމަންޒަރު ބަލާކަށް ކެތެއް ނުވިއެވެ.ކައިލްގެ ނަޒަރު މަޑުމަޑުން ގޮސް ހުއްޓުނީ ކުރިމަތިން ފެންނަން އޮތް މޫދަށެވެ.އެއަށްފަހު ފުންނޭވާއެއް ދޫ ކޮށްލިއެވެ.
“އައި..އަހަރެން އައި ދެކެ ވަރަށް ލޯބިވޭ..ކައިރީގަ ހުއްޓަސް ނެތަސް މިކަން ހަނދާނުގަ ބަހައްޓާތި..”ކައިލް އެންމެފަހުން ވާހަކަ ދެއްކިއެވެ.
“ކައި..ކޮންކަހަލަ ވާހަކައެއްތަ ތިދައްކަނީ..އަހަރެން ބިރުގަނޭ އެބަ”އައިރާ މިހެން ބުނެލީ ހިންހަމަ ނުޖެހޭ ރާގެއްގައެވެ.
“އައި..އަހަރެން މިއަންނަ ހަފްތާ ފުރަން…”ކައިލް މިހެން ބުނެލަމުން ބަލައިލީ ސީދާ އައިރާގެ ލޮލަށެވެ.
“ވަޓް؟؟”އައިރާއަށް ލިބުނީ ކުއްލި ޝޮކެކެވެ.
“ނޯ ކައިލް..ނޯ..އައި ޑޯންޓް ވޯންޓް ޔޫ ޓު ލީވް” އައިރާގެ ބޮޑު ދެލޮލަށް ކަރުނަ ޖަމާވިތަން ކައިލްއަށް ވަރަށް ރީތިކޮށް ފެނުނެވެ.
“ނޯ ކައި.. ނޯ..”އައިރާއަށް ރޮވެން ފެށުނެވެ.ކައިލް މަޑުމަޑުން އައިރާ ގެނެސް ގަޔާލައި ބޮނޑި ކޮށްލިއެވެ.އަދި އައިރާގެ ބޮލުގައި ބޮސްދިނެވެ.އައިރާގެ މަޑު ގިސްލުމުގެ އަޑުވަނީ މުޅިތަނަށް ގުގުމާފައެވެ.
“އައިމް ސޮރީ އައި..އައި ނޯ އައި ދެރަވާނެކަން..އެކަމަކު އަހަންނަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް.އަހަރެން ކުރަން އައި މަސައްކަތްވެސް މިހާރު ނިމެނީ..”ކައިލް މިހެން ބުނެލިއިރު އަޑު ކުރަކިވެއްޖެއެވެ.ކިތަންމެ ނުރޯން މަސައްކަތް ކުރި ނަމަވެސް ކައިލްގެ ލޮލަށްވެސް ކަރުނަ ޖަމާވިއެވެ.
“އައި ލަވް ޔޫ އައި..އައި ލަވް ޔޫ ސޯ މަޗް..އަހަރެން ބޭނުމެއް ނުވޭ އައި ދޫކޮށްފަ ދާކަށް”ކައިލް މިހެން ބުނެލަމުން އައިރާ ގައިގައި އިތުރަށް ބައްދާލިއެވެ.ފަނަރަވަރަކަށް މިނިޓްވި އިރުވެސް އެދޭތެރޭގައި ވަނީ ހަމަހިމޭންކަމެވެ.ރުއިން ހުއްޓާލައިފައި ކައިލް ލޯ ފުހެލިއެވެ.އަދި ކައިލްގެ އަތުން އައިރާގެ ކަރުނަތަށްވެސް ފުހެލަ ދިނެވެ.
“އައި..އަހަރެން ދުރުގަ ހުއްޓަސް ލޯބިވަނީ ހަމައެކަނި އައި ދެކެ..އަހަރެން އައި އަށް ކޮންމެ ދުވަހަކު ގުޅާނަން..ދެރަ ނުވައްޗޭ..”ކައިލް މިހެން ބުނެލީ އައިރާގެ މޫނުގައި ދެއަތުން ހިފާލައިގެން ހުރެއެވެ.
“ހމމ.. އައި ވިލް މިސް ޔޫ ކައިލް”އައިރާގެ ލޯ އަނެއްކާވެސް ކަރުނުން ފުރުނެވެ.
“ނޫން ބޭބީ.. ނުރޯނެ..ބީ ސްޓްރޯންގް..”ކައިލް ދެކޮޅަށް ބޯ ހޫރުވައިލަމުން އައިރާގެ ގައިގައި ބައްދާލިއެވެ.އަބަދުވެސް އެދެއަތުގެ ހިމާޔަތް ލިބޭނެއޭ ބުނާ ފަދައިންނެވެ.
“އައި..ހިނގާ ގެއަށް”އައިރާ ގަޔާ ދުރުކޮށްލަމުން ކައިލް ބުނެލިއެވެ.ރޮއެ ރޮއެ ގޮސް އައިރާގެ ބޮޑު ނޫދެލޯ ވަނީ ރަތްވެފައެވެ.މިމަންޒަރު ފެނިފައި ކައިލްގެ ހިތަށް ވަރަށް އަސަރުކުރިއެވެ.ނަމަވެސް ހިތްވަރު ކޮށްލާފައި ކައިލް އިންތަނުން ތެދުވެ އައިރާ ތެދުކުރިއެވެ. ހިނގާލައިފައި ގޮސް ދެމީހުން ސައިކަލަށް އެރިއެވެ.ކައިލް ސައިކަލު ދުއްވާލީ އައިރާ ގެއަށްލާން ދިޔުމަށެވެ.
ދުއްވާފައިގޮސް އައިރާގެ ގޭގެ ދޮރުމަތީގައި ސައިކަލު މަޑުކޮށްލިއެވެ.އައިރާ ސައިކަލުން ފޭބުމަށްފަހު ކައިލް ކައިރީގައި އިސްޖަހައިގެން މަޑުކޮށްލިއެވެ.ކައިލް މަޑުމަޑުން އައިރާގެ މޫނުގައި ހިފައި އިސްއުފުލައިލިއެވެ.އަދި އައިރާގެ ލޮލަށް ފުންކޮށް ބަލައިލިއެވެ.
މަޑުމަޑުން ކައިލްގެ މޫނު އައިރާގެ މޫނާއި ކައިރިވިއެވެ.އަދި އައިރާގެ މަޑު ތުންފަތުގައި ލޯބިން ބޮސްދިނެވެ.އައިރާވެސް މިއަމަލުގައި ބައިވެރިވިއެވެ.އެހިސާބު ގަނޑުގައި އެދެމީހުން ފިޔަވައި އެހެން ބައެއްގެ ހިލަމެއް ނުވެއެވެ.ހީވާ ގޮތުން އެންމެން ނިދަންވަނީއެވެ.
“ލަވް ޔޫ ބޭބީ..” ކައިލްގެ މޫނު އައިރާގެ މޫނާއި ދުރުކޮށްލަމުން ބުނެލިއެވެ.
“ލަވް ޔޫ ޓޫ..” އައިރާ ކިތަންމެ ދެރަވެފައި ހުރިނަމަވެސް ކައިލްގެ މިއަމަލުން އައިރާ ލަދުގަތެވެ.މިތަން ފެނިފައި ކައިލްގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ.
“އަވަހަށްދޭ ނިދާލަން ދެން..މާދަން ހެނދުނު އަންނާނަން އޮފީހަށްދާން ބަލާ..”ކައިލް މިހެން ބުނުމުން އައިރާ ހިނގައިގަތީ ގެއައް ވަނުމަށެވެ.
ކައިރާ ގެއަށް ވަންނަތަން ބަލަން ހުރެފައި ކައިލް ފުންނޭވާއެއް ދޫ ކޮށްލިއެވެ.އަދި ގެއާ ދިމާލަށް މިސްރާބު ޖެހީ ނިދުމުގެ ބޭނުމުގައެވެ.
..
އެރޭ ދޭއް ޖެހިއިރުވެސް އައިރާއަށް ނިދޭ ގޮތެއް ނުވިއެވެ.ހީވާ ގޮތުން ނިދިވެސް މިރޭ އައިރާއާއި ރުޅިއެވެ.އެންމެފަހުން ނުނިދިގެން އައިރާ ފޯނު ހުޅުވައިލިއެވެ.އަދި ކައިލް އޮންލައިންގައި އިނުމުން ‘ހައި’ ޖަހާ މެސެޖްކޮށްލިއެވެ.
‘އައި ނުނިދަންތަ؟’ކައިލް ރިޕްލައި ކޮށްލިއެވެ.
‘އައި ކާންޓް ސްލީޕް’ އައިރާ މިހެން ބުނެފައި ރިޕްލައި ކޮށްލިއެވެ.މިހެން ބުނުމުން ކައިލް ގުޅަން ފެށިއެވެ.
“ކިހިނެއްވީ ބޭބީ ނުނިދިގެން ތިއުޅެނީ..” އައިރާ ފޯނު ނަގައި ހަލޯ ކިޔުމުން ކައިލް ސުވާލުކޮށްލިއެވެ.
“ދެން ކައިއަށްވެސް އިނގޭނެ..އައި ކާންޓް ސްޓޮޕް ތިންކިން އެބައުޓް އިޓް”އައިރާ މަޑުމަޑުން ބުނެލިއެވެ.
“އަޅެ ދެން އެކަމާ ނުވިސްނާ ނިދަން އުޅޭ.. މާދަން އޮފީހަށްވެސް ދާން ޖެހޭނެއެއްނު..”ކައިލް ވަރަށް ލޯބިން ބުނެލިއެވެ.
“އޯކޭ އައި ނިދާ..އަހަރެން ހުންނާނަން މިތާ”ކައިލް މިހެން ބުނުމުން އައިރާއަށް ހެވުނެވެ.އެކިއެކި ވާހަކަ ދައްކަން އޮއްވާ އައިރާއަށް ނިދުނީ ތިނެއް ޖަހަން ކައިރިވެފައި ވަނިކޮށެވެ.އައިރާއަށް ނިދުމުން ފޯނު ކަނޑާލައިފައި ކައިލްވެސް ނިދޭތޯ މަސައްކަތް ކުރިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.

Vrh reethi mi part ves? when next part