ބައިވެރިޔާ (3)
އެއީ ހަމަ އެ ބޭވަފާތެރިޔާއެވެ.ލޯބީގެ މަޅީގައި އަހަރެން ޖައްސައި ކެހިވެރިކަމުގެ ހިތި ރަހަ އަހަރެންގެ އަރުތެރޭގައި ލައްވައިލި ރާއިއެވެ.އަހަރެންނަށް ބަލައިލެވުނީ އަހަރެންެ ކުރިމަތީގައި ހުރި ކިއާން އާއި ދިމާލަށެވެ.އޭރު ކިއާންގެ ކަޅިވެސް ހުއްޓިފައިވާ އަހަރެންނާ ދިމާލަށެވެ.އަހަރެން އިސްދަށަށް ޖެހުމާއެކުހެން ކިއާން ހުރި ތަނުން ތެދުވުނުހެން ހީވިއެވެ.އަދި މަޑުމަޑުން އައިސް އަހަރެންގެ އަތުގައި ހިފިއެވެ.އަދި ކައިރީގައި ހުރި ރާއި ކައިރިން މާފަށް އެދުމަށްފަހު ނިކުމެގެން ބޭރަށް ނިކުތެވެ.ހިތަށް ވީ ތަދާއި އެއް މިންވަރަށް ލަދުގަތުުމުން ކިއާންއާއި ދިމާލަށް އިސް އުފުލާ ބަލާލާނެ ހިތްވަރެެއް ވެސް ނުލިބުނެވެ.
ކާރަށް ދެމީހުން އެރުމަށްފަހު ކިއާން ކާރު ދުއްވައިފައި ގޮސް މަޑުކޮށްލީ އާރޓިިފިޝަލް ބީޗްއަށެވެ.ދެމީޙުން އެކުގައި ގޮސް އެއްފަރާތެއްގައި ހުރި ބެންޗެއްގައި އިޝީނުމާއެކު ކިއާން މަޑުމަޑުން އަހަރެންގެ އަތުގައި ހިފާލައި ވީ ކީއްތޯ ސުވާލްކުރިއެވެ.އަހަރެން ކިއާންއަށް ދޭނީ ފަހެ ކޮން ޖަވާބެއްހެއްޔެވެ؟އެ އޮގާތެރިކަން އިހްސާސްވުމުން ކަރުނުން ފުރިފައިވި ދެލޮލުން ކަރުނަތައް އޮހޮރެން ފެށިއެވެ.އަހަރެން އަލިފުން ޔާއަށް ކިއާން އަށް ހަގީގަތް ކިޔައިދިނީ އެވަގުތު އަހަރެން އެންމެ އިތުބާރު ކުރާ އެއްފަރާތަކަށް ކިއާން ވުމުންނެވެ.އަހަރެންގެ ހިތަށް ހަމަޖެހުމެއް ލިބުނީ ކިއާން އަހަރެންގައިގައި ބައްދައިލުމުުންނެވެ.އެވަގުތު މުޅި ދުނިޔޭގެ ނުބައިން އަހަރެން އަށް ރައްކައުތެރިކަން ލިބުނުކަމުގެ އިހްސާސްވިއެވެ.ވޭނުން ފުރިފައިވި މިހިތަށް ހަމަަޖެހުން ލިބުނެވެ.މިރޭ ހަގީގަުގައި ވެސް ވެގެން މިދިޔައީ އަހަރެންނާއި ކިއާންއަށް ވަރަށް ހާއްސަ ރެއަކަށެވެ.އަހަރެންގެ ހިތުން ކިއާން އަށް ޖާގައެއް ދެވި އަހަރެން ކިއާންގެ މީހަކަށްވީއެވެ.އަދި ކިއާންއަކީ އަހަރެންގެ ހަމައެކަނި އަހަރެންގެ ހައްގަކަށ1ވީއެވެ.
އޭގެ އަނެއް ދުވަހަށް އިރުއެރީ އަހަރެންގެ ހަޔާތައް އުފާވެރިންގެނެސްދިނުމާ އެކުގައެވެ.އަހަރެން ސްކޫލަށް ގޮސް ރީމްއަށް ކިޔައިދިނީމެވެ.ރީމް އުފަލުން ގޮސްް ފުމެން ފެށިގޮތުން ހީވީ ރީމް އަށް “ލޮޓަރީ”އެއް ލައްވާލައިގެން އުޅޭހެންނެވެ.ކޮންމެއަކަސް އެ ދުވަހުން ފެށިގެން އަހަރެންނާއި ދިމާލަށް ކޮލެޖް ތެރޭގައި ކިޔައި އުޅެނީ “ބާބީ”އެވެ.އަހަރެންނާއި ކިއާންގެ ދެމެދުގައި ވީ ގުޅުން ސޮކޫލްގެ ޕްރިންސިޕަލް އިން ފެށިގެން ގޮސް ދެފަރާތުގެ އާއިލާ މީހުންނަށްވެސް ވަނީ އެގިފައެވެ.އިންތިޒާރުކުރެވެނީ ކޮލެޖް ނިމޭނެ ދުވަހަކަށެވެ.ދެމީޙުނުވެސް ބޭނުންވަނީ ވަޒީފާ އަށް ނިކުތުމުގެ ކުރީގައި ކައިވެނި ކުރާށެވެ.
ރައްޓެހިވެގެން 3 އަހަރު ފަހުން ކާމިޔާބު ކަމާއެކީ ކޯސް ނިންމުމަށްފަހު ދެމީހުން ވެސް ކައިވެނީގެ ގުޅުމުން ތާ އަަބަދަށް ގުޅުނީއެވެ.ހަގީގަތުގައި އަހަރެން ކިއާންގެ މިލްކަކަށް އަދި ކިއާން އަހަރެންގެ މިލްކަކަށްވީއެވެ.
ކައިވެނިއަށް 2 އަހަރު ފުރުނުއިރުވެސް އަހަރެންމެންގެ މިލޯތްބަށް ބަދަލެއް ނާދެއެވެ.ދެމީހުން އެކަކު އަނެކަކަށް ކުރާ އިތުބާރުވެގެންދިޔައީ ކައިވެނި ދެމިގެން ދިއުމަށްްް މަގުފަހިވި މައިގަނޑު ސަބަބެވެ.އަދި އަހަރުމެންގެ ލޯބި ލޯބި ދަރިފުޅު ކައިރާ ވެގެން ދިޔައީ އަހަރުމެން ދެމީހުންގެ ގުޅުން އިތުރަށް ބަދަހިވެގެން ދިޔަ ސަބަބަކަށެވެ.ރާއި ކަހަލަ ބައިވެރިޔަކު އަހަރެންގެ ނަސީބުގައި ލައްވާފައި ނެތީތީ އަހަރެން ހިތާއި ހިތުން ޝުކުރުކުރަމެވެ.އަދި އަހަރެންގެ ހަޔާތުގެ ބައިވެރިޔާާ އަކީ ކިއާން ކަހަލަ މާތް އިންސަނަކަށް ވުމުން ހަމްދު ކުރަމެވެ.
(ނިމުނީ)
