“އާނިޝް” ދެވަނަ ފަހަރަށް އާނިޝް އަށް ގޮވާލުމަށް ފަހު ދުވެފައިގޮސް އާނިޝްގެ މޭތެރެއަށް ބޮނޑިވެ ގަން އިރު އާނިޝްދުރުގައިގެ މަންމަމެން އެތާ ތިބިކަން ވެސް ހަނާ ހަނދާންވެސް ނެތަ ފަދައެވެ.*
ދުރުގައި ހުރި ކައިޒަންއަށް މިމަންޒަރު ފެނުުމުން ހުރީ ހައިރާން ވެފައެވެ. އާނިޝް އަނެއްކާ އައީތާއެވެ. ހަނާގޮސް އާނިޝްގެ ގައިގައި ބައްދައިގެން ވަގުތު ކައިޒަންގެ ލޮލުން އަލިފާން ކަނި ބުރައިގެން ދިޔައެވެ. އޭނާ ހުރީ އެހާވެސް ރުޅިއައިހެވެ. އަވަހަށް އެތަނުން ދާން ހިނގައިގަތީ އިތުރަށް އެމަންޒަރު ބަލަން ހުންނަން ބޭނުން ނުވާތީއެވެ.
“ހަނާ. ދެން ހުއްޓާލާ..” އާނިޝްގެ މަންމަ އާތިކާ ހަނާ ގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. އެވަގުތު ހަނާ އަވަސްއަވަހަށް އަތުގެ ނުފުށުން ކަރުނަތަށް ފޮހެލިއެވެ.
“ގޯތި މީހުން ކައިރީ ނުބުނެތަ ތިއައީ”ބަނދަރު މަތީގައި އެމީހުން ލަފާތަނަށް އެއާއިލާގެ އެއްވެސް މީހަކު ނައުމުން ޔައިޝާ ބުނެލިއެވެ.
“އާނ… އާނިޝް ބުނީ ނުބުނާށޭ.. އެހެންވެ ލާރާ ކައިރީ އެކަނި ދޯ ބުނީ..” އާތިކާ އަނެއްކާވެސް ބުނެލިއެވެ.
“ކޮބާ.. ދެން ގެއަށް ދާންވީނު..” ކާރަށް ފޮށިތައް އަރުވާ ނިމުމުން އާނިޝްގެ ބައްޕަ ރިޝާދު ބުނެލިއެވެ. “ބައްޕަމެން ދޭ ކާރުގަ… އަޅުގަނޑު ހިނގާލާފަ މިދަނީ ގެއަށް..” އާނިޝް އޭނާގެ ބައްޕައަށް ބުނެލިއެވެ.
“މައްސަލައެއް ނެތް.. ހިނގާ އަހަރަމެންދެން ދާން..” ކާރަށް އަަރަމުން ރިޝާދު ބުނެލިއެވެ. ފަހަތުން އާތިކާވެސް ކާރަށް އަރަމުން ހަނާއަށް ހިނިތުންވެލިއެވެ. މިމަންޒަރު ބަލަން ހުރި ޔައިޝާ އެވަގުތު ހަނާ އަށް ބަލައިލީ ލާނެތް ނަޒަރަކުންނެވެ. އެއްޗެއް ބުނަން އަނގަ ހުޅުވާލާފަވެސް މަޑުމަޑުން ހުރީ ޒިވްޔަން ޔައިޝާއާ ދިމާ ބަލަހައްޓައިގެން ހުރުމުންނެވެ.
“ކައެއަށް ވާންވީ ގޮތަށް ތިވީ.. މަ ކިހާ ވަރަކަށް ބުނިން އެ އާނިޝްގެ ޚަބަރެއް ބަލާށޭ.. މިހާރު ތިހިރީ އަތަށް ގޮވާފަ.. ދެން ކޮންމެ ގޮތެއް ވިޔަސް ހަނާ ލިބޭނީ އާނިޝްއަށް…” އުލްޔާންގެ ބަހަކީ މިއީއެވެ.
“ބަލަ.. އޭނަގެ ޚަބަރެެއް ވޭތޯ މަ މަސައްކަތްވެސް ކުރިން ދޯ.. ކައެމެން ވެސް މަގޭ ޕްލޭންއާ އެއްގޮތަށް މަސައްކަތެއް ނުކުރޭ… އޭރު ވަގުތުގެ ބޭނުން ހިފާފަ އޭނަގެ ވަސް މި ދުނިޔޭން ފުހެލިނަމަ މިއަދު ނުހުންނާނެ ދޯ އެތާކު..” ކައިޒަން ހުރީ ރުޅިގަދަވެައެވެ.
“އަހަރުމެންނެއް ނޫންތަ ހުރިހާ ކަމެއް މިކުރީ… ދެން އޭނަ މަރުވާން ނެތިއްޔަކާ ނުވާނެ ދޯ މަރެއް.” އުލްޔާން ބުނެލިއެވެ.
“ދެން ތިހެން ވިއްޔާ މަ ހަދާނެގޮތެއް ބުނެބަލަ” ކައިޒަން އެންމެ ފަހުން އޭނަގެ ކުށް ގަބޫލުކޮށް ބުނެލިއެވެ.
“ބުނެބަލަ.. މަ އެކޮޅުަ ހުއްޓަ ހަނާ ވަރަށް ހަަނދާން ވިތަ؟؟” އާނިޝް މަގުމަތިން ދަމުން އަހާލިއެެވެ.
“ވަރަށް ވަރަށް ބޮޑަށް.. މިއަދަށް އާނިް ދިޔަފަހުން އެވީ ތިންމަހާ ތިން ހަފްތާ، ސޯ ހަތޭކަ ބާރަ ދުވަސް..” ހަނާ އާނިްގެ މޫނަށް ބަލައިލަމުން ބުނެލިއެވެ.
“ޔަގީންތަ؟؟؟” އާނިޝްއެހެން އަހާލުމުން ހަނާ ވަގުތުން ބޯޖަހާލީ އާނއެކޭ ބުނުމުގެ ގޮތުންނެވެ.
އެދެމީހުން އަމިއްލަ ވާހަކައިގައިތިބެގެން ފަހަތުން ހިނގާފައި ދިޔައިރު ކުރީގައި ތިބެގެން ޔައިޝާއާ ޒިވްޔަންގެ އިތުރުން ލާރާއާ ހިލްޔާން ހިނގާފައި ދިޔައެވެ.
ގެ ކައިރި ހުރި ފހާަރަޔަކުން ނިކުމަތް ހުސްނާއަށް ހުއްޓެން މަޖުބޫރުވީ ކުރިމަތިން ފެނުނު މަންޒަރު ގަބޫލު ނުކުރެވިގެންނެވެ. ހުސްނާ ހިތުން މިހާރު ހަނާ އާނިޝް މަތިން ހަނދާންވެސް ނެތެވެ. ނަމަވެސް އެއީ ކުށްހީއެއްތާއެވެ. ކައިޒަންއާ ވެސް ހަނާ ބޭއްވީ ހުސްނާ ހީކުރި ފަދަ ގުޅުމެއް ނޫންތާއެވެ. ހުސްނާ ވިސްނާލިއެވެ. މިހާރު ހަނާއާ އާނިޝްއާ ދެމެދަށް ވަންނާކަށް އޭނައަށް ވެސް ހައްގެއްނޫނެވެ. ދަރިންގެ އުފަލަށް ހުރަސްއަޅާ ފަދަ ރަހުމުކުޑަ މަޔަކަށް ވާކަށް ހުދު އޭނަވެސް ބޭނުމެއް ނޫނެވެ. ގަދަ ކަމުން ކުރާ ކައިވެންޏެއް ދެމި ނޯންނާނެކަން އޭނާގެ މާޒީ އޭނާއަށް ހެކިވެއެވެ. އެމީހުން ހުސްނާއާ އަރާ ހަމަވުމުގެ ކުރިން އޭނާ ގޮސް އަވަހަށް ގޭތެރެއަށް ވަނެވެ.
” ހަނާ.. އަހަރެން ދަނީ. ހަނާ މަންމައަށް ފެނިއްޖެއްޔާ ވަރަށް ރުޅި އަންނާނެ..” އާނިޝް އެހެން ބުނެފައި ހިނގައިގަތެވެ. ލާރާވެސް އާނިޝްއާ އެކު ދިޔުމުން ޔައިޝާވެސް ގެއަށް ދާން ހިނގައިގަތީ ފަހުން އަންނާނެ ކަމަށް ބުނަމުން އިރުއޮއްސެން ވެސް ކައިރިވެފައި ވާތީއެވެ.
ޒިވްޔަންއާ ހިލްޔާން އެތެރެއަށް ވަނުމުން ހަނާވެސް އެމީހުން ފަހަތުން އެތެރެއަށް ވަނެވެ. ހަނާ ހުރީ މިއިން ދުވަަހަކު އުފާނުވާވަރަށް އުފާ ވެފައެވެ.
ހުސްނާއަށް އެރޭ ހަތަރުދަމު ވިސްނެނީ ހަނާއާ ދޭތެރެއެވެ. ހަނާއާ ދޭތެރޭ އޭނާއަށް ކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަން މިއަދު ހުސްނާއަށް ވިސްމިއްޖެއެވެ. އޭރު ހަނާއާަ ދޭތެރޭ ކަންތައް ކުރެވުނުގޮތް ހިތަށް އަރާ ހުސްނާެ ލޮލުން ކަރުނަ ފާއްދާލިއެވެ. އާނއެކެވެ. އާނިޝްއަކީ މިހާރު ރަނގަޅު ކުއްެޖެކެވެ. ހަނާ އާނިޝް ދެކެ އެހާ ލޯބިވާއިރު ހުސްނާއަށް އެ ދޭތެރެއަށް ވަނުމުގެ އޮތީ ކޮން ހައްގެއް ހެއްޔެވެ؟
އެރޭ ކައިޒަން އެގެއަށް އައެވެ. ހަނާ އޭރު އިނީ ގޭގައި އިން އުނދޯލީގައި އިށީންދެލައިގެންނެވެ. ފޯނަށް ގެއްލިފައި އިން ވަރުން ހަނާއަށް ކައިޒަން އައި ކަމެއްވެސް ނޭނގެއެވެ.
“ހަނާ ..އާނިޝް އައީ ދޯ” ކައިޒަން އައިސް އިށީންނަމުން އަހާލިއެވެ.
” ހުމމ…އާނިޝްއައިއްސި..ކައިޒަނ އަށް ފެނުންތަ؟؟ އާނިޝް މިހާރު ހާދަ ތަފާތޭ” ހަނާ އުފާ ވެފާ ހުރި ވަރު ވާހަކައިން ވެސް އިނގިގެނ ދެއެވެ. ނަމަވެސް އެކަމުން ކައިޒަންގެ ހިތުައިވާ ނަފްރަތުގެ ހުޅހުގަނޑު އިތުރައް ރޯވެގެން ދިޔައެވެ.
ކައިޒަން ބަލައިލީ ހަނާ އަތުގައި އޮތް ފޯނަށެވެ. އޭރުވެސް ހަނާ ދިޔައީ އާނިޝް އަށް މެސެޖް ކުރަމުންނެވެ. ކައިޒަން އަންގައިން ނުބުނނެ އިނުމުން ހަނާ ބަލައިލި އިރު ކައިޒަން ހަނާގެ ފޯނައް ބަލަން އިނުމުން ހަނާ ހިތްހަމަ ނުޖެހުނެވެ.އަދި އަވަސް އަވަހަށް ފޯން ފޮރުވިއެވެ.
“ކޮބާ ކައިޒަންގެ ގާރލް ފްރެންޑް” ހަނާ އަހާލިއެވެ.
“ކޮން ގާރލް ފްރެންޑް އެއް” ކައިޒަން ޝައުގެއް ނެތި އަހާލިއެވެ.
“ކައިޒަން ބުނީމެންނު..” ހަނާ ހައިރާން ވެފައި އަހާލިއެވެ. އެވަުތު ހަނާގެ ފޯނަށް އާނިޝް ގުޅިއެވެ.
“ކައިޒަން..އަހަރެން ދާން ވެއްޖެ..” ހަނާ އަވަސް އަވަހަށް ތެދުވިއެވެ.
“އާނިޝް އައީމް މަށަށް ދޭނެ ވަގުތެއް ނެތް ދޯ” ކައިޒަން ހަނާއަށް ބަލައިަމުން އަހާލިއެވެ..
“އަހަނ..ކީކޭ މިހާރު ތިކިޔަނީ..ބައިދަވޭ.. ލަސްވޭ އެބަ ދަނީ” ހަނާ ނުކުންނަން ދިޔުމުން ފަހަތުން ކައިޒަން ވެސް އައެވެ. ނުކުމެފައި ހަނާ ދެކޮޅު ހޯދާލީ އާނިޝް ފެންނަ ހިސާބުގައި ހުރި ތޯ އެވެ. ނަމަވެސް ހަނާއަށް އާނިޝް އެއް ނުފެނުނެވެ.
ކައިޒަން އަށް އަނދިރިގަނޑުގައި ހުރި އާނިޝް ފެނުމުން ހަނާެ ކައިރިއަށް ޖެހިލިއެވެ. އަދި އާނިޝް އަށް ބަލައިލަމުން ވިހަ ގޮތަކަށް ހީލިއެވެ.
ކައިޒަންގެ މި އަމަލުން ހަނާއަށް ލިބުނީ ކުއްލި ސިހުމެކެވެ. ހިތްހަމަ ނުޖެހިފައި އަވަހަށް ލާރާ މެން ގެއަށް ދާން ހިނައިގަތީ އާނިޝް އަށް ގުޅަމުންނެވެ.
ލާރާމެން ގެއަށް ވަން އިރު އެގޭ ޖޯލިފަތީގައި ލާރާއާއި ލާމިއު ގޭމް ކުޅެން ތިއްބެވެ. އާނިޝް އެމީހުންނާ ތަންކޮޅެއް ދުރުގައި އިން އުނދޯލީގައި އޮތެވެ.
އާނިޝް އެހެން އޮއްވާ ފެނުމުން ހަނާ އަށް ގޭމުގައި އޮތް ލާރާައަށް ނިތްއަރުވާލެވުނެވެ. ލާރާވެސް ނޭނގެޔޭ ކިޔާ ލާމިއު ގޮވަިނ އެތެރެއަށް ވަނެވެ.
އާނިޝްގެ ލޮލުން ހުއްޓުމެއް ނެތި ކަރުނަ އަންނަމުން ދިޔަ އެވެ. ހަނާގެ އިންތިޒާރުގައި އޭނާ އަށް ހުރެވުން އެއީ ކުރެވުނު މޮޔަ ކަމެއް ހެއްޔެވެ؟ ހަޔާތުގަ ދުއްްވާލެވުނު ބޭކާރު ދުވަސް ތަކެއް ހެއްޔެވެ؟
“ދެރަ ކަމެންނު ކަލެޔާ ހެދި…މަށައް ކީއްތަ ހަނާ އާނިޝް އާއެކީ ދިޔަކަސް…މަށަށް ކުރެވޭނެ ކަމެއް އޮންނާނެތަ..ހަމަ ކަމެއް ވާއިރައް ބޮލައް ތުރާ ކުރަން ނުގުޅަބެ..މަ ނިދާފަ އޮއްވަ ގުޅީމައޭ މިއައީ” އުލްޔާންގެ ރުޅިގަނޑު ހީވީ ފަޅައިން ދިޔަ ހެންނެވެ.
“ކަލޭ ނޫން ކާކު ކައިރީ ކިޔަންވީ…ބަލަ ކަލެޔާ ދޯ މަ އާނިޝް މަރާލަން ހަވާލު ކުރީ..އެކަން ކުރަން ހާދަ ފައިސާ އެކޭ ކަލޭ އަތުލީ…ކިރިޔާ ސްކޫލް ނިމުން ގޮތައް ރިސޯޓައް ގޮސް އެއްކުރި ލާރިއޭ އެއީ… މަގޭ ރިސޯޓުން ކަނޑާލީވެސް ހަމަ ކަލެޔާ ހެދި..”” ކައިޒަން ވެސް ހުރީ ރުޅި އައިހެވެ،
“އައްޗި…މަށާ ހެއްޖޭ..މައެ ނުބުނަން ތަނތަނުން ވައްކަން ކޮއްގެން ލާރި ހޯދާކަށް…އެހެންނޯނަސް މައެ ބުނެގެން ވިއްޔާ ކައެ ޑްރަގް ވިއްކީވެސް…ކަންކަން ސިއްރުން ކުރަން ނޭނގޭ ގަޅިންނަށް ތިކަހަަލަ ލަނޑު ލިބޭނީ..ހުސްނާދައިތަ ޕާޓު ކޮއްލަން ކަލޭ މޮޅަކަސް ހުރިހާ ކަމެއް އެހާ ފަސޭހަ އެއް ނުވާނެ ..ހަހަހަ” އުލްޔާން ދިޔައީ ކައިޒަން އަށް މަލާމާތް ކުރަމުންނެވެ.
“ކަލޭ ލާރިކޮޅެއް އަތުޖެހުނީމަ ހާދަ ފުއްޕައިން ތިއުޅެނީ…ބުނަން މަދިން ލާރި މަށަށް ޖެހޭނީ ދޭން.. މަބުނި ކަންތައް ކަެއްކަށް ނުކުރެވުން” ކައިޒަން އަށް ހީވީ ގޮތް ހުސްވާން އުޅުނު ހެންނެވެ.
“މޮޔަނުުވޭ…ކަލެއަށް ހެދޭނެ އެއްވެސް ގޮތެއް ނޯންނާނެ.. މަ އާނިޝް ގޭންގަށް ވައްދާފަ.. މިރަށު އެންމެންނަށް އޭނަގެ ނުބައި ކަން ދެއްކީ…އޭނަ ކުރީ ކީއްތަ؟؟ ރީިއްޗަށް އުޅެމުން އައި ގަދަރުވެރި އާއިލާ އެކޭ އަހަރުމެން ހަލާކު ކޮއްލީ..އެއީ ކުޑަ ކަމެއްތަ؟؟ އާނިޝް އަށް ދިން ކިހާ ބޮޑު ދެރަ އެއް،،ހަނާ މަންމަ އާނިޝް ދެކެ ރުޅި އަންނަނީ މަ ކުރި ކަމަކުން ނޫންތަ؟؟..ހަނާއާ އާަނިޝް އާ ދުރުވީ މަގޭ ޕްލޭން އަކުން ނޫން ތަ؟؟ ހުރިހާ ކަމެއް މިކުރީ މަށެއް ނޫންތަ..އަދިވެސް ކަލޭ މަށަށް ދޭންވާ ފައިސާ ހަމައެއް ނުވޭ..އެ ހަވާލު ނުކުރަނީީި މަށެއް ނުހުއްޓާނަން.. ނޫނީ ކަލޭގެ ވާހަކަ މުޅި ރަށަށް ފަތުރާލާނަން..މަ ބެދުނަސް ނުވާނެ ޖެހިލުމެއް..ޖަލައް ލާނީ އަލަކަށް ނޯން..މީހުން ކިޔާނީ އަބަދުވެސް ކިޔާ އެއްޗިހި.. ލަދެއް ވެސް ނުގަންނާނެ.. އެކަމު ކަލޭ ތީ މިރަށު އެންމެން ދަންން ރަނގަޅު މީހެއް… ކިރިޔާ އަޑެއް އެރިއަސް ގަބޫލު ނުކުރާނެކަން އިނގޭ.. އެހެންވީމާ ބަސްޓް ކުރާނީ ހެއްކާ އެކު… ނޫނީ ލާރި ހޯދާ…” އުލްޔާން ދިޔައީ ވަރުގަދަ އިންޒާރު ދެމންނެވެ.
އުލްޔާން ދިޔުމުން ކައިޒަންވެސް ގެއަށް ދާން ފަހަތަށް އެނބުރުނު ވަގުތު ފެނުނު މަންޒަރުން ހިތް ނުހުއްޓުނީ ކިރިޔާއެވެ. ކައިޒަން އަށް ހުރެވުނު ތަންވެސް ރެއަކާލީ ކުރިމަތީ ހުރި މީހާ ފެނުމުންނެވެ. ކައިޒަންއާ އުލްޔާން ދެއްކިހާ ވާހަކަ އެއް އަޑު އިވުނީކަން މޫނު މަތީގެ ކުލަވަރުން އިންގެއެވެ. ކައިޒަން ހުރީ ހަދާނެ ގޮތް ހުސްވެފައެވެ.. އޭނާ ބޭޒާރު ވާކަށް މާ ގިނަ އިރެއް ނެތެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
7 Comments!
Comments are closed.



Kaakubaa ethaa ehury???dhne e kaizan vhk avahah bust kohalabala…..hanaa mom vx ok v dhw???ey aanish rouny kiive….abadhu aanish dhera nukohbaa ????btw mi part vx vvvvvvv rythi maasha allah???????next part vrh avas kurahchey ingey sunflower girllooo?????
alheyyy thank uu ey brww…sry midhya prt ga com ah ryp nudhevunyma..mi prt up kuran balaili thanaa com fenuny vxx nuvxx feney kurin…n ethaa huri meeheh balaalan hingaa dhww…kaizan vhk vx adhi bust vaane..ihah madu kolla
yh..abadhu anish dhera kureveny ey dhww…mi prt in ingeyne kmh hykury aanish rouny keehve kn..dhn hingaa nxt prt balailan dhww…nxt prt vrh avas kureveythww balaanan inge..in sha allah
Sunflowerrrrrrgirlllllllll
Haalu kihineh thrrrr..???
Unmydhu kuran rangalhu vaane kamah ☺️
Masha Allah ?
Mi part vx ehn part thakekey eh gothah vrh rythi ?❤️
Aanish ge mom men vrh cool dhw I hykury Aanish ge mom hanaa bavaalaany kamah ?
Enme fahun kaizan beyzaaru vaakah maa Gina ireh neh dhwwwww ?
I think kaizan ge fahathuga e hury hilyaan ?
Finally hanaa ge mom vx gabool v dhw ?
Coverr pic vx vrh rythi inge ❤️❤️❤️
Next part kon irakun… ?
I luv u so much ❤️sunflwrgurll ❤️ u are the best ?❤️?
Staysafe ❤️
Takecare ❤️
yeyshhh….m fine…wbu
thank uuu…aanish manma mn dhn ehn nuhadhaanennu dhww..vrh cool vaaney..hehe
yh…kaizan ah vaanennu dhww gotheh hadhan..nxt prt in ingeyne kaizan ge fahathuga hury kaaku kn
hanaa ge manma vx gaboolu vaan vaanennu
n again thank uu…cover pic ga huri kudhi gulheythhrr charecters thakaa??
nxt prt vx avahah up kureveythww masahkaii kuraanan inge..in sha allah//
luv yu too
stay safe
I am also fine
Yessssssss vrh gulhey hama perfect
alheyyy thank uuu
Malha tha thiee