Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
....ލޯބިވާތީ
އެހެނިހެންމަޖާލޯބި

ލޯބިވާތީ….5

Naushyn Niyaz Level 1
May 6, 2022 3 Mins Read
3 Comments

ހިނގާލާފައި ގޮސް އައިރާ އުއްބައްތިތަކުގެ ކައިރީގައި ހުއްޓުނެވެ.އެވަގުތު އައިރާ ލޮލުގައި އަޅައިގަތީ ބިންމަތީގައި ބޮޑުއަކުރުން އަޅާފައި އޮތް “ވިލްޔޫ މެރީ މީ”އެވެ. ވާނުވާ ނޭނގިފައި އައިރާ ފަހަތަށް އެނބުރުނީ ޒާނާ ވީ ހިސާބެއް ބެލުމަށެވެ.ނަމަވެސް ފަހަތަށް އެނބުރުނުއިރު ފެނުނު މަންޒަރުން އައިރާ ހުއްޓުންއެރިއެވެ.

ކުރިމަތީގައި އެއްފައި މައްޗަށް ތިރިވެ މަލެއް ދިއްކޮށްގެން ހުރި ކައިލް ފެނިފައި އައިރާއަށް އަނގަމަތީގައި އަތް އެޅުނެވެ.

“އައިރާ.. އަހަރެން އައިރާދެކެ ލޯބިވެވިއްޖެ..އަހަރެން ބޭނުންވަނީ އައިރާ އަހަރެންގެ މިލްކަކަށް ހަދަން..”ކައިލް މިހެން ބުނެލީ ސީދާ އައިރާގެ ލޮލަށް ބަލަން ހުރެއެވެ.

“ވިލް ޔޫ މެރީމީ؟” އައިރާއާއި ހަތަރުކަޅި ހަމަކޮށްލަމުން ކައިލް ބުނެލިއެވެ.އަނގަމަތީގައި އަތް އަޅައިގެން ހުރި އައިރާގެ ދެލޯ ކަރުނުން ފުރުނީ އޭނާގެ އްވެސް ބާރެއް ނެތިއެވެ.އެހެން ނުވާންވީ ސަބަބެއް ނެތެވެ.ކައިލްގެ ދުލުން އެ ބަސްތަށް އަޑު އަހާލަން ބޭނުންވެފަ ހުންނަތާ އެތަށް ދުވަހެއް ވެއްޖެއެވެ.

“ޔެސް..ޔޭސް ކައިލް ޔެސް” އައިރާ ބޯ ޖަހަމުން މިހެން ބުނިއިރު ހުރީ ރޮވިފައެވެ.ބިންމަށްޗައް ތިރިވެގެން އިން ކައިލް ތެދުވެލާފައި އައިރާގެ ގައިގައި ބައްދާލިއެވެ.އައިރާވެސް އެނާގެ މޫނު ކައިލްގެ މޭގެތެރޭގައިފޮރުވާލިއެވެ.ކުއްލިއަކަށް ފަހަތުން އަތްތިލަބަޑި ޖަހާ އަޑު އިވުނެވެ.ދެމީހުން ފަހަތަށް އެނބުރުނުއިރު ޒާނާ އާއި ރާއިލް ހެވި ދިއްލިފައި ތިއްބެވެ.

” ކޮންގްރޭޓްސް ޔޫ ޓޫ..” އަތްތިލަބަޑި ޖަހަމުން ޒާނާ އާއި ރާއިލް އެކުއެކީގައި ބުނެލިއެވެ.

ކައިލްގެ އޭނާގެ މޭގެތެރޭގައި ބޮޑިވެގެން ހުރި އައިރާއަށް ބަލައިލިއެވެ.އަދި އައިރާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަށް ކައިލް އަތުން ފުހެލަދިނެވެ.ދެމީހުންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ އުފާވެރިކަމެވެ. އުފާވެރި ވަގުތުކޮޅަކަށް ފަހު ހަތަރު މީހުން އެނބުރި ޓެންޓުތަށް ތިބި ދިމާލަށް ދިޔައެވެ.އަދި ހެދުން ބަދަލުކޮށްގެ ނިދަން ތައްޔާރުވެލިއެވެ. ޒާނާއާއި އައިރާ އެއް ޓެންޓަށް ވަނުމުން ކައިލްއާއި ރާއިލް އަނެއް ޓެންޓަށްވަނީ ނިދާލުމަށެވެ.

….

އިރު އުދަރެހުން ފާޅުވެ ފަޒާ އަލިކޮށްލައިފިއެވެ.އާ ދުވަހަކަށް އިރުއެރީ އައިރާއާއި ކައިލް ތުނޑީގައި ތިއްބައެވެ.އިރުއަރާ މަންޒޒަރުގެ ފޮޓޯ ނެގުމުގައި ދެމީހުން އަވަދިނެތި އުޅުނެވެ.އައިރާގެ ކޮންމެ ހަރަކާތެއް ފަރުވާތެރިކަމާއެކު ކައިލް ދިޔައީ ބަލަމުންނެވެ.ވަޔާ ހޫރެމުންދާ އައިރާގެ އިސްތަށިގަނޑާއި މޫނަށް އެޅިފައިވާ އިރުގެ ރަންދޯދިތަކުގެ ސަބަބުން އައިރާ ހީވަނީ ޕަރީއެއް ހެންނެވެ.ވަރަށްވެސް ރީއްޗެވެ.ކައިލް އައިރާއަށް ނޭނގޭ ގޮތަށް އައިރާގެ ފޮޓޯއެއް ނަގައި ފޯނުގައި ރައްކާކޮށްލިއެވެ.

“އައި..”ކައިލް ވަރަށް ލޯބިން ގޮވާލިއެވެ.ފޮޓޯ ނެގުމުގައި އަވަދިނެތި އުޅުނު އައިރާ ފަހަތަށް އެނބުރުނީ ކައިލް ގޮވާލި އަޑަށެވެ.

“ހމމ؟”އައިރާ ހޫމް އަޅުވައިލިއެވެ.

“ހިނގާ ރާއިމެން ކައިރިއަށް ދަމާ.. ހަތެއް ޖަހަން އެއުޅެނީ..ވަރަށް ބަނޑުހައިވެސްވެއްޖެ..”ކައިލް މިހެން ބުނުމުން އައިރާ ބޯ ޖަހާލުމަށްފަހު ހިނގާލައިފައި އައިސް ކައިލް ކައިރީގައި ހުއްޓުނެވެ.ކައިލް އައިރާގެ މަޑު އަތުގައި ހިފާލާފައި ހިނގައިގަތީ ޓެންޓުތަށް ތިބި ދިމާލަށް ދިޔުމަށެވެ.

އަތު ގުޅުވާލައިގެން ދެމީހުން ހިނގާފައި އަންނަތަން ފެނިގެން ޒާނާ ރާއިލްއަށް ގޮވިއެވެ.

“އޭއި ރާއި..ބަލާބަ..ކިއުޓް ދޯ!” ޒާނާ ރާއިލްގެ ގައިގައި ކޮށްޓަމުން ބުނެލިއެވެ.

“ވަރަށްވެސް ކިއުޓް..ވަރަށް ގުޅޭ ކަޕްލްއެއް..” އެދެމީހުންނާއި ދިމާލަށް ބަލަން އިނދެފައި ރާއިލް ބުނެލިއެވެ.

“ކޮބާ ކައްކާކަށް ނުވޭތަ؟.. ވަރަށް ބަނޑުހައި” ޒާނާއާއި ރާއިލްއާއި އަރާ ހަމަކުރަމުން ކައިލް ބުނެލިއެވެ.

“ނޫނޭ..ކައްކަންވީ ހަމަ..ތިދެމީހުން ނައިސްގެން މިތިބީ..ދޯ ރާއި..” ޒާނާ ރާއިލްއަށް ދޯ ދިނެވެ.

ހެނދުނުގެ ނާސްތާއެއްގެ ގޮތުގައި މަސްހުންޏާއި ރޮށި ތައްޔާރުކުރިއެވެ.އަދި ހެނދުނުގެ ނާސްތާ ނިންމާލާފައި ހަތަރުމީހުން މޫދަށް އެރުނެވެ.މޫދުގައި ތިބެ ސަކަރާތް ޖަހާ ވަރުބަލިވުމުން ހަތަރުމީހުން މޫދުން އެރީ ދޯނިއައުމުގެ ކުރިން ހިކުމުގެ ބޭނުމުގައެވެ.ޒާނާ އާއި އައިރާ ހެދުންތަށް ހިފައިގެން ގިފިލިއަށް ވަނުމުން ކައިލްއާއި ރާއިލް ވެލިގަނޑު މަތީގައި ޖައްސާލިއެވެ.

“ކައިލް..އައިރާ ކައިރީގަ ބުނެފިންތަ މިއަންނަ ހަފްތާ ފުރާ ވާހަކަ؟”ރާއިލް ސުވާލު ކޮށްލީ ކައިލްއާއެވެ.

“ނޫން ނުބުނަން އަދި..މަ ބޭނުމެއް ނޫން އައިރާ ދޫކޮށްފަ ދާކަށް”ކައިލް ވެލިމުށެއް ނަގައި ދުރަށް އެއްލާލަމުން ބުންޏެވެ.

“އެކަމަކު ނުބުނެ ހުއްޓާ ފުރާ ދުވަސް އައިސް ޖެހުނީމަ އައިރާ މާ ދެރަވާނެ ދޯ..މަށައް ފެންނަނީ ވީ އެންމެ އަވަހަކަށް ބުނަން”ރާއިލް އޭނާގެ ހިޔާލު ހުށަހެޅިއެވެ.

“ތިކަމާ ވިސްނާނަން”މިހެން ބުނެލަމުން ކައިލް މޫދާ ދިމާލަށް ނަޒަރު ހުއްޓާލަމުން ފުންނޭވާ އެއް ދޫ ކޮށްލިއެވެ.

“ރާއި…ކައީ.. އަވަހަށް ވަދޭ ހިކެން..ދޯނި އަންނާނެ އިރުކޮޅަކުން”ވެލިގަނޑުމަތީގައި ވާހަކަ ދައްކަން ތިބި ކައިލްއާއި ރާއިލް ފަހަތަށް އެނބުރުނީ ޒާނާ ވާހަކަ ދެއްކުމުންނެވެ.ދެމީހުން ތެދުވެ ވެލި ފޮޅައިލުމަށްފަހު ގިފިއްޔަށްވަދެ ހިކިގެން ނުކުތެވެ.

“ނެތްތަ ކާލާނެ އެއްޗެއް؟”ރާއިލް ބަނޑުގައި އަތް އުނގުޅަމުން ބުންޏެވެ.

“އުހު..ހުންނާނެ ފޮށިގަނޑުގައި” ޓެންޓު ފަތްޖަހަން ހުރި ޒާނާ ބުނެލިއެވެ.

ރާއިލް ކާއެއްޗެހި އަޅާފައި ހުރި ފޮށިގަނޑު ހާވާލުމަށްފަހު ދެތިން ކޭކު ޕެކެޓާއި ފެންޓާ ފުޅިތަކެއް ނެގިއެވެ.އަދި އެތަނުން އެއްޗެއް ކޮންމެ މީހެއްގެ އަތަށް ދިއްކޮއްލިއެވެ.ހަތަރު މީހުން އެއްޗެހި ޕެކްކޮށް ނިންމާލުމަށްފަހު ކާއެއްޗެހި ހިފައިގެން އައިސް ވެލިގަނޑުމަތީގައި ޖައްސާލިއެވެ.ކައި ނިމުމުން ހަތަރުމީހުން އެއްކޮށް ރަށުތެރެ ބަލާލަން ދިޔައެވެ.މެންދުރު އެކެއް ޖެހިއިރު ދޯނިއޮތީ އެމީހުން ބަލާ އައިހެވެ. އެއްޗެހި އަރުވާ ނިމުމުން ދޯނި އެރަށުން ފުރިއެވެ.ރަށައް އައިސް ކައިލްއާއި އައިރާ އެދެމީހުންގެ ގުޅުމުގެ ވާހަކަ އާއިލާއާއި ހިއްސާ ކުރިއެވެ.ދެފަރާތު އާއިލާއިންވެސް މިކަމަށް ރުހި ޤަބޫލުވެ ހިތްވަރުދިނީ އުފަލުންނެވެ.

އައިރާ ގެއައް ލާފައި އައިސް ކައިލް ފެންވަރައިގެން އެނދުގައި ޖައްސާލީ ވަރުބަލި ފިލުވާލުމަށެވެ.ސީލިންގުގައި އެނބުރެމުންދިޔަ ފަންކާއާއި ދިމާލަށް ބަލަން އޮއްވާ ކައިލްގެ ހަނދާނަށްއައީ މިއަދު ރާއިލް ދެއްކިވާހަކައެވެ.ވަގުތުން ކައިލްގެ މޫނުމަތިން ހިތާމަވެރިކަން ފާޅުވިއެވެ.އެވަގުތަކީ ރާއިލް އެ ކޮޓަރީގެ ދޮރު ހުޅުވާލާފައި ވަން ވަގުތެވެ.

“ބްރޯ ކިހިނެއްވީ؟ހާދަ ބޮޑު ފިކުރެއްގަ؟..” ނިތްމަތީ އަތްބާއްވާލައިގެން ސީލިންގަށް ގެއްލިފައި އޮތް ކައިލް ފެނުމުން ރާއިލް ބުނެލިއެވެ.

“ވިސްނޭނެ ދޯ..ދެދުވަސް ފަހުން ފުރަންޖެހޭ ވިއްޔާ..”ކައިލް ތެދުވެ ރާއިލް ކައިރީގައި އިށީނެވެ.

“މިހާރު ބުނެފިންތަ އައިރާ ކައިރީގަ؟”ރާއިލް ކޮށްލީ ސުވާލެކެވެ.

“ނޫން އަދި ނުބުނަން..މާދަން ވަކިން ދިމާކޮއްފަ ބުނަން މިހުންނަނީ”ކައިލް މިހެން ބުނެލީ ބިންމައްޗަށް ބަލަން އިނދެއެވެ.

“އެކަމަކު ހައްތަހާވެސް މަގޭ ހިތަށް އަރައީ އައި ދެރަވާނެ ވަރު”އަނެއްކާވެސް ވާހަކަ ދެއްކީ ކައިލްއެވެ.

“އިޓސް އޯކޭ ކައި..އައިމް ޝުއަރ ޝީ ވިލް އަންޑަރސްޓޭންޑްކަން”ކައިލްގެ ކޮނޑުމަތީގައި އަތް ބާއްވާލަމުން ރާއިލް ބުނެލީ ބޭބެއެއް ކޮށްކޮއަކަށް ނަސޭހަތްދޭ ފަދައިންނެވެ.ރާއިލް މިހެން ބުނުމުން ކައިލް ފުންނޭވާއެއް ދޫކޮށްލިއެވެ.

“ދެން އެކަމާ ނުވިސްނާ ނިދާލެވޭތޯ އުޅެލާ..ފަހުން ތިކަމަށް ގޮތެއް ނިންމާނީ ދޯ”މިހެން ބުނެލުމަށްފަހު ރާއިލް ހިނގައިގަތީ ކޮޓަރިން ނުކުތުމަށެވެ.ރާއިލް ނުކުތުމުން ކައިލް އެނދުގައި އޮށޯތީ ނިދޭތޯއެވެ.

.

 

 

 

.

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Naushyn Niyaz

Level 1

Other Articles

Previous

އަބަދަށް އެކުގައި 21

Next

އިޙްސާސް 4

Next
May 6, 2022

އިޙްސާސް 4

Previews
May 6, 2022

އަބަދަށް އެކުގައި 21

3 Comments!

  1. s.n.o.w.f.l.a.k.e Dark angel says:
    May 6, 2022 at 8:07 pm

    Vrh reethi Maasha allah? waiting 4 the next part.?

    1. Naushyn Niyaz says:
      May 7, 2022 at 4:33 pm

      thank u?❤

  2. Aishath ZAINA says:
    May 6, 2022 at 8:39 pm

    Wow ?varah reethi mi part ves? can’t wait for the next part

Comments are closed.

Next Episodeލޯބިވާތީ…6←


All Right Reserved!