Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީބިރުވެރިލޯބި

ވާތީ މަ ކައިރީގައި 7

Lana Level 110 Stories
May 9, 2022 4 Mins Read
0 Comments

މާ ދުރުނޫން ހިސާބެއްގައި ޒޯހާ ހުއްޓިގެން ހުރީ ހިތް އަވަސް ވަމުން ދާތީއެވެ. ނޫޙު ފެނުމުން ޒޯހާއަށް ބުނެދޭން ނޭގޭ ގޮތް ތަކެއް ވަނީއެވެ. ނޫޙު ފަހަތަށް އެނބުރިލީ ޒޯހާ އައިސްހުރިކަން އެނގުމުންނެވެ. ނޫޙުވެސް ލައިގެންހުރީ ހުދުކުލައިގެ އަތް ދިގު ޓީޝާރޓެކެވެ. ތިރިން ލައިގެންހުރި ޖީންސްގައި ވަރަށް ސްމާރޓްއެވެ. ކުރިއަށް ޒޯހާ ހިނގައިގަތީ ނޫޙު ހުރިތަނާއި ދިމާލަށެވެ. ހިތުގެ ވިންދު އަވަސްވަމުން ދިޔަނަމަވެސް އެ ޒުވާނާއާއި ދުރުގައި ހުންނަން އެންމެ ހިނދުކޮޅަކަށްވެސް ޒޯހާގެ ހިތެއް ނޭދެއެވެ.

“ވަރަށް ފުރިހަމަ، އުޑުގައިވާ ތަރިތަކަށް ވުރެންވެސް މިރޭ ޒޯހާ މާ ފުރިހަމަ. މި ސާދަވިލޭރޭގެ ހަނދުފަދަ ތިޔަ މޫނު. ހީވަނީ  ޕަރީންގެ ރާނީއެއް ބިމަށް މިރޭ ފައިބައިގެން އުޅޭހެން.” ލޯބިވެތިކަމާއިއެކު އަތްދިއްކޮއްލަމުން ނޫޙު ބުނެލިއެވެ. އޭނާގެ ހިތާއި ނަފްސުވެސް ޒޯހާ ބަލައިގެންފިއެވެ. އޭނާ ޒޯހާދެކެ ލޯބިވީ މިއަދަކު ނޫނެވެ. އޭނާގެ އަމިއްލަ ނަފްސު މަރާ ހަވާލުކުރިއަސް ޒޯހާއަށް ނުރައްކަލެއް ކުރިމަތިވިޔަ އޭނާ ނުދޭނެއެވެ. އެއީ ނޫޙުގެ ފުރާނައެވެ. ނޫޙުގެ ހިތުގެ އެންމެ ފުންމިނުގައި ވަނީ ޒޯހާގެ ތަސްވީރު ކުރެހި ނިމިފައެވެ. އެއީ ފަނާނުވާނޭ ބާރުގަދަ ލޯއްބެކެވެ.

“ޝުކުރިއްޔާ” ހިނިތުން ވެލަމުން ޒޯހާއަށް ބުނެވުނީ އެވަރަށެވެ. މޫނުމައްޗަށް ވެރިވި ޖަންބު ކުލައިން ޒޯހާ ލަދުގަތީކަން ނޫޙުއަށް ދެނެގަނެވުނެވެ. އެއީ ނޫޙުއަށް އެންމެ ލޯބި އެއް މަންޒަރުވެސް މެއެވެ. އެ މައުސޫމް އަންހެން ކުއްޖާ ނޭގިހުރެ ކޮންމެ ފިޔަވަޅަކާއި އެކު ދިޔައީ ނޫޙުގެ ހިތަށް ބާރުފޯރުވަމުންނެވެ. ރެއަކީ ހިތްގައިމު ރެއެކެވެ، އިވެމުން ދިޔައީ ރާޅުތަށް ލަވަކިޔަމުން ދިޔަ އަޑު އެކަންޔެވެ. ދެމީހުން އިށީނދެގެން ހުއްޓަ މާ ގިނައިރެއް ނުވެ މޫދުގައި ރެދަން ލާން ފެށިއެވެ. މި މަންޒަރު ޒޯހާއަށް ފެނި ދެ ލޯ ބޮޑުވެގެން ދިޔައެވެ. ރެދަން ލާފައި ހުންނަ މަންޒަރު ބަލާލުން އެއީ ޒޯހާ އެންމެކުޑަ އިރުއްސުރެންވެސް ބަލާލަން ބޭނުންވާ މަންޒަރެކެވެ. އުޑުގައި ވިދަމުން ދިޔަ ތަރިތައްފަދައިން ދިއްލިފައިވާ ރެދަންތައް މޫދުގައި ވިދާ ބަބުޅަމުން ދިޔައެވެ.

“ނޫޙުއަށް އެބަ ފެނޭތަ؟ ބަލާބަލަ ރީތިކަން” އަނގަމަތީގައި އަތް އަޅާލަމުން ޒޯހާ ތެދުވެ މަޑު ދުވުމެއްގައި މޫދުން ރެދަން ލާފައިވާ ލޮނުފެންކޮޅެއް އަތަށް ނެގުމަށްފަހު ނޫޙުއަށް ދައްކާލިއެވެ. އަދި ޒޯހާގެ ފޯނުން އެ ފޮޓޯ ރައްކާ ކޮއްދިނުމަށް ނޫޙު ކައިރީގައި އެދުނެވެ. ފޯނުން ފޮޓޯ ނަގާލިއިރު ޒޯހާގެ ތުންފަތްމަތީގައިވާ ހިނިތުންވުން ނޫޙުއަށް ވަރަށް ކަމުދިޔައެވެ. އެވަގުތުކޮޅު، އެ ހިނދުކޮޅު ނޫޙުގެ ހިތުގައި ރައްކާކުރެވުނެވެ. އުޑުމަތީގައިވާ ތަރިތަށް ނަށަމުން ދާ ކަހަލައެވެ، ނަމަވެސް ޒޯހާއަށް ވުރެން ފުރިހަމަ އެހެން ކަމެއް ނޫޙުގެ ލޮލުގައި ނުވެޔެވެ. އޭނާ އަބަދުވެސް ބޭނުންވަނީ ޒޯހާގެ ދިރިއުޅުމަށް އުފާވެރިކަން ގެނެސްދިނުމަށެވެ. އެހާ އުފާވެރިކަމާއިއެކު ޒޯހާ ފެނުމުން ނޫޙުގެ ހިތްފުރިގެން ދިޔައެވެ. ޒޯހާގެ ހިނިތުންވުން ދުވަހަކުވެސް ފަނޑުވެ ނުދިޔުމަށް މާތް ރަސްކަލާނގެއަށް ހިތާހިތުން ނޫޙުއަށް ދުޢާ ކޮއްލެވުނެވެ.

ނޫޙު ކުރިއަށް ޖެހިލާ ޒޯހާގެ މޫނުގައި ފިރުމާލީ ލޯބިވެތިކަމާއި އެކުއެވެ. ނޫޙުގެ ހަރަކާތުން ޒޯހާވެސް ހިމޭންވިއެވެ. “ޒޯ… އަހަރެން ޒޯހާ ވަރަށް ބޮޑަށް ބަލައިގެންފިން. ފެނުން ފުރަތަމަ ދުވަހުން ފެށިގެންވެސް އަހަރެންގެ ހިތް ތިޔަ ނޫން އިތުރު ފަރާތެއް ބެލުމަކަށް ނޭދޭ” ނޫޙު އެއްވެސް ޖެހިލުމެއްނެތި ބުނެލިއެވެ.

“ނޫޙު، އަހަރެން ވަރަށް އުފާ ވެއްޖެ މިކަހަލަ ރީތި ރެއެއް ނޫޙުއާއި އެކު ހޭދަ ކޮއްލެވުނީމަ. މިރޭގެ މިވަގުތު ކޮޅު އަބަދަށް މިހިތުގައި ބިންވަޅު ނެގިއްޖެ” މޫނުގައިވާ ނޫޙުގެ އަތުގައި ހިފާލަމުން ޒޯހާ ބުނެލިއެވެ.

ލޯބިން ފޮޅެމުން ދިޔަ ނޫޙުގެ ހިތަށް ކެތްނުވެ، ޒޯހާ އެ ބާރުގަދަ އަތުގެ ހިމާޔަތަށް ގެނެސް މޭގައި ފޮރުވާލިއެވެ.

“އަހަރެން މިރޭގަ އެއްވެސް ގޮތަކަށް ދާހިތެއް ނެތް، އެކަމު މިހާރު މާ ލަސް ވެއްޖެ” ކުޑަކޮށް ދުރަށް ޖެހިލަމުން ޒޯހާ ބުނެލިއެވެ. އެހާ އަވަހަށް މީހަކާ ގާތްގުޅުމެއް ބާއްވަން ޒޯހާ ބިރުގަންނަނީއެވެ. ނަމަވެސް ބިރުވެރި ކަމުގެ އެއްވެސް އިހުސާސްއެއް ޒޯހާއަށް، ނޫޙުގެ ފަރާތުން ނުކުރެވެއެވެ. ހިތް ބުނަމުން ގެންދިޔައީ ނޫޙުއަކީ މިވީހާ ދުވަހުގައި އޭނާގެ ހިތް އެދެމުން ގޮވަމުންދިޔަ ފަރާތް ކަމުގައެވެ. ނޫޙުގެ ލޮލުން ފެންނަނީ ޒޯހާއަށްޓަކާ ސާފު ތެދުވެރި ލޯއްބެވެ.

ބާރަ ޖެހުމުގެ ކުރިން ޒޯހާ ގެއަށް ވަނެވެ. އަދި މަޑު ހިނގުމެއްގައި ކޮޓަރިއަށްވަދެ އެނދުމައްޗަށް ވެއްޓިގަތެވެ. ހަޔާތުގައިވެސް އެހާ ރީތި ރެއެއް ޒޯހާ ނުދެކެއެވެ. ނަމަވެސް ނޫޙުގެ ރީތިކަން އެހެން ހުރިހާ ރީތި ކަމެއް ފޮރުވާލައެވެ. ޒޯހާގެ ހިތް ނޫޙު މިލްކު ކޮއްފިއެވެ. ޒޯހާއަށްވެސް ދެނެގަންނަން އުނދަގޫވީ ނޫޙުއަށްޓަކާއި އޭނާގެ ހިތުގައި މިހާ އަވަހަށް ލޯބީގެ ކުލަވަރު ޖެހުމުންނެވެ.

ނިދާ އެއްޗެހި ލައިގެން ނިކުތްއިރު މިރޭވެސް ކުޑަދޮރު ހުރީ ހުޅުވާފައެވެ. ހިތަށް ވަހުމްތަކެއް ވަނުމުގެ ފުރުސަތު ޒޯހާއެއް ނުދިނެވެ. ޒޯހާއައިސް ކޮޓަރިއަށް ވަންއިރުވެސް ކުޑަދޮރު ހުރީ ހުޅުވާފައި ކަންނޭގެއެވެ. އާދައިގެ މަތިން ކުޑަދޮރުން ބޯދިއްކޮއްލާ ގޮތަށް މިރޭގައިވެސް ޒޯހާ ބޭރު ބަލާލިއެވެ. ހަނދުގެ ފުރިހަމަކަންމަތީގައި އުޑުމަތީގައި ރަސްކަން ކުރަމުން ދިޔައެވެ. ހިނިތުންވެލަމުން ޒޯހާ ކުޑަދޮރު ލައްޕާލާ ނިދަން އޮށޯވެލިއެވެ. މާ ގިނައިރެއް ނުވެ އަރާމު ނިންޖަކަށް ޒޯހާގެ ނަފްސު ގެނބިގެން ދިޔައެވެ.

މޫނު މައްޗަށް މީހަކު ފުމެލިހެން ހީވެގެން ޒޯހާއަށް ހޭލެވުނުއިރު އެލާމުގެ އަޑު މުޅި ކޮޓަރީގައިވެސް ވަނީ ގުގުމާލެވިފައެވެ. މޫނުމަތީގައި ވިހުރިގެންފައިވާ އިސްތަށިކޮޅު އެއްފަރާތް ކޮށްލަމުން ޒޯހާ ތެދުވީ ފަތިސް ނަމާދު ކުރުމަށެވެ. މިއަދު ދަތުރު ދާތީވެ ޒޯހާ ހުރީ ނިކަން އުފަލުންނެވެ. ފަތިސް ނަމާދު ކޮށް ނިންމާލައިގެން ޒޯހާ ތިރިއަށް ފޭބިއިރު ނަޒީރާވެސް ކޮޓަރިން ނިކުންނަނީއެވެ.

“ޒޯ ދަރިފުޅު ދަތުރު ގެންދާނެ އެއްޗެހި ތައްޔާރު ކޮށްފިންތަ؟ ނަޒީރާ އަހާލިއެވެ.

“އާނ މިއައީ އެއްކޮށް ތައްޔާރުކޮށް ނިންމާލާފަ، ހެނދުނުގެ ސައިވެސް ބޯނީ ދަތުރު ގޮއްސައެއްނު؟” ޒޯހާ އެއްސެވެ. ޖަވާބުގައި ނަޒީރާވެސް ބޯޖަހާލިއެވެ. ކުރާނެ ކަމެއް ނެތިގެން ކޮޓަރީގައި ހުރި ސޯފާގޮނޑީގައި ލައްވެލައިގެން ޒޯހާއިނީ ކުރަހާށެވެ.

“ހޭއި ޒޯ” ކޮޓަރިއަށް ވަދެގެން އައި ސަނާގެ އަޑު ޒޯހާއަށް އިވުނެވެ. ސަނާގެ ފަހަތުން ވަދެގެން އައި ޒައިން ހުރީ ދެލޯ ބޮޑު ކޮއްގެން މުޅި ކޮޓަރިއަށް ލޯ ހިންގާށެވެ.

“މީ ޒޯގެ ކޮޓަރި؟ ދިސް އިޒް ސޯ ބިއުޓިފުލް، ހަމަ ޒޯ ހެން” އެއް ލޯ މަރާލަމުން ޒައިން ބުނެލިއެވެ. މަޑުމަޑުން ކުރަހަން ހުރި ފޮތް ބާއްވަމުން ޒޯހާ ތެދުވެލިއެވެ.

“މިއައީ ޒޯ ބަލާ، ފުރަން ރެޑީ ވަނީ މިހާރު، މަންމަ ބުނި ޒޯ ގޮވައިގެން އަންނާށޭ” ޒޯހާގެ ދެ ކޮނޑުގައި ހިފާލަމުން ސަނާ ބުނެލިއެވެ.

ޕިކަޕުގައި އެންމެން ޖެޓީ މައްޗަށް މަޑުކުރުމަށްފަހު ލޯންޗު އަންނަންދެން އެންމެން ތިބީ އިންތިޒާރުގައެވެ. ލޯންޗު އަޔުމަށްފަހު އެންމެ ފުރަތަމަ އޭގެއަށް އެރީ ޒޯހާއެވެ. ޒޯހާގެ ކުރިމަތީގައި އިށީނދެގެން އިނީ ޒައިންއެވެ. އަވިއައިނު އަޅައިގެންހުރުމުން ނުފެނުނު ކަމުގައި ވިއަސް ޒައިންގެ ކަޅި އެންމެ ހިނދުކޮޅަކަށްވެސް ޒޯހާއާއި ވައްކެއް ނުވެއެވެ.

މޫދުކައިރިފަށާއި އަރާ ހަމަވުމުން ލޯންޗު މަޑުކޮއްލިތަނާއި ޒޯހާ ފުންމާލީ މޫދަށެވެ. މަޑުމަޑު ދޮންވެލިގަނޑުގައި ދެފައި ޖެހުމުން ޒޯހާއަށް ހީވީ ދެއީދު އެއްފަހަރާ އާހެނެވެ. ޒޯހާ އުޅުނު ގޮތް ފެނި އެންމެނަށްވެސް ހުރީ ހިނިއައިސްފައެވެ.

ދަތުރު ފޯރި ފެށުނީ އެންމެންވެސް މޫދުތެރޭގައި ވޮލީ ކުޅެން ފެށުމުންނެވެ. ކުޅެން ހުރެފައި ޒޯހާ ކުރިއަށް ފަތާގަތީ ކުޑަކޮށް މޫދުތެރޭގައި ހިތްހަމަ ޖައްސާލުމަށެވެ. ނަމަވެސް ކަންދިމާކުރީ ވަރަށްވެސް ދެރަކޮށެވެ. ކުއްލިއަކަށް ޒޯހާ ގެނބިގެން ދިޔައީ މީހަކު ޒޯހާ އަޑިއަށް ދަމައިގަތުމުންނެވެ.  މާ ގިނައިރެއްނުވެ ލޮނުބޮވި މީހާގައިގައި ހަކަތަ ހުސްވާހެންވެސް ހީވަން ފެށިއެވެ. ދުރުގައި އޮވެ ޒޯހާ ތެޅެމުން ފޮޅެމުން ދިޔަ މަންޒަރު އެންމެނަށް ފެނުނެވެ. އެންމެ ފުރަތަމަވެސް އެ ދިމާލަށް ފަތައިގަތީ ޒައިންއެވެ، ނަމަވެސް ޒޯހާއޮތީ މާ ދުރުގައި ކަމަށްވުމުން ފަސޭހަކަމާއިއެކު އެ ދިމާލަށް ދެވޭ ގޮތެއް ނުވިއެވެ. ކުއްލިއަކަށް ޒޯހާގެ އުނަގަނޑުގައި ދެއަތުން ހިފާ މީހަކު މައްޗަށް އުފުއްލާލިހެން ހީވިއެވެ. ޒޯހާއަށް މޫދުއަޑިއަށް ބަލާލެވުނީ މީހަކު ފެނޭތޯއެވެ، ނަމަވެސް އެއްވެސް މީހަކު ނުފެނި ދެއަތަކުން އޭނާގެ މެދުހަށިގައި ހިފަހައްޓައިގެން ޒައިން އަންނަ ދިމާލަށް ގެންގޮސްދޭން ފެށިއެވެ. އޭނާގެ އުނަގަނޑުގައި ދެއަތް އެޅުވިފާވާ ކަމުގެ އިޙުސާސް ރަނގަޅަށް ކުރެވެމުން ދިޔައެވެ.  ވަރުބަލިކަން ވަށާލެވިފައިވާ ޒޯހާގެ ލޮލަށް އަނދިރިކަން ވެރިވާން އުޅޭހެންވެސް ހީވިއެވެ. ހިތުގައިވަނީ ނޭގޭ ބިރުވެރި ކަމެއް އުފެދިފަވެއެވެ.

ޒައިންއާއި އަރާހަމަވުމުން ޒޯހާގެ އުނަގަނޑުން އެ ދެއަތް ނެއްޓުނުހެން ހީވިއެވެ. އަދި ޒައިންގެ ކޮނޑުމައްޗަށް ލައްވެލައިގެން ޒޯހާ އޮތެވެ.

“ދަރިފުޅާ، މަގޭ ދަރި” ނަޒީރާ ރޮވިފައިހުރެ ބުނެލިއެވެ. ޒޯހާއަށް ގޮތެއްވިނަމަ އޭނާގެ ހިތް ފުނޑުފުނޑު ވީހެވެ. ވަގުތު ފާއިތު ނުވަނީސް ޒޯހާއަށް ސަލާމަތްވެވުމުން މާ ބޮޑުވަރެއް ނުވެޔެވެ. ނަޒީރާ ބުނުމުން އެންމެންވެސް ޒޯހާއަށް ރެސްޓު ކޮއްލަން ވަގުތު ކޮޅެއް ދިނެވެ. ޓެންޓު ތެރޭގައި ރެސްޓު ކުރަން ޒޯހާ އޮތް އިރު މަޑުމަޑުން ލޯ މެރެމުން ގޮސް ނިދިއްޖެއެވެ. ނިދީގައިވެސް ޒޯހާއަށް ފެންނަމުން ދިޔައީ މޫދުތެރޭގައި އޭނާގެ މެދު ހަށިގައި އަތް އަޅާލައިގެން ހުރި ފަރާތަށެވެ. އެއީ ދެވަނަ ފަރާތެއް ނޫނެވެ، ނޫޙުއެވެ. އެ ނޫދެލޯ މޫދުއަޑީގައި ވީ ދިއްލިފައެވެ. ނިދިން ހޭލެވުމަށްފަހު ޒޯހާއަށް ފެނުނީ ހުވަފެނެއްކަން ޔަގީންވިއެވެ. އަދި ހައިރާންވީ އޭނާ ސަލާމަތްކުރީ ނޫޙޫގެ ގޮތުގައި ފެނުމުންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Lana

Level 110 Stories

Other Articles

Previous

ތީ އޭ ހަނދަކީ 5

....ލޯބިވާތީ
Next

ލޯބިވާތީ…6

Next
....ލޯބިވާތީ
May 9, 2022

ލޯބިވާތީ…6

Previews
May 8, 2022

ތީ އޭ ހަނދަކީ 5



All Right Reserved!