Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީބިރުވެރިލޯބި

ވާތީ މަ ކައިރީގައި 8

Lana Level 110 Stories
May 10, 2022 4 Mins Read
0 Comments

ޓެންޓު ތެރެއިން ނިކުތް އިރު އެތާ ކައިރީގައި ސަނާއާއި ޒައިން ހުއްޓެވެ.

“ގާއިޒް އައިމް ފައިން ނައު” އެ ދެމީހުން ބަލަންހުރި ގޮތުން ޒޯހާ ބުނެލިއެވެ.

“ޒޯ، ޔޫ ސްކެއަރޑް މީ ޓު ޑެތް، ކީއްވެތަ އެހާ ދުރަށް ދިޔައީ ފަތަން ނޭގޭއިރު؟” ދެރަވެލާފައި ސަނާ އަހާލިއެވެ.

” ސަނާ އަހަންނަށް އިނގެޔޭ ފަތަންވެސް، އެހިސާބަށް ދިޔަތަނާހެން އަހަރެންގެ ދެފައިގާ ހިފާ އަޑިއަށް މީހަކު ދަމާގަތީ” ޔަޤީންކަމާއިއެކު ޒޯހާބުނެލިއެވެ.

“އެކަމު ޒޯހާ ހުރީ އެންމެނާވެސް މާ ދުރުގައެއްނު؟ އިތުރު އެއްވެސް ބަޔަކު މި ރަށުގަ ނޫޅޭ ހަމަ ޔަޤީނުންވެސް” ދެ ބުމަ ގޮށްޖަހާލަމުން ޒައިން ބުނެލިއެވެ.

ވާނުވާ ނޭގުމުން ޒޯހާ ހިޔާރުކުރީ އެއްވެސް އެއްޗެއް ނުބުނުމަށެވެ. ނަޒީރާމެން އެންމެން އައިސް ވަގުތުން ވީނުވީއެއް އޮޅުން ފިލުވަން ހެދުމުން ޒޯހާ ހަނދާން ނެތޭ ބުނެ ވާހަކަ މެދުކަނޑާލިއެވެ.

ހަވީރު ފަހެއް ޖެހި ތަނާހެން އެންމެންތައް ލޯންޗަށް އަރާ ނައްޓާލީ ރަށަށް ދިޔުމަށެވެ. ގެނބުނު ހާދިސާއަށް ފަހު ޒޯހާ މަޑުމަޑުން ހުރިނަމަވެސް އޭނާގެ ހިތަށްވެސް ދަތުރަށްފަހު ހަމަޖެހުން ލިބިގެން ދިޔައެވެ.

“ޝުކުރިއްޔާ ޒައިން” ޒޯހާ ކައިރީގައި އިށީނދެލައިގެން ހުރި ޒައިން ކައިރީގައި މަޑުމަޑުން ޒޯހާ ބުނެލިއެވެ.

“އަހަންނާ އެކީ ކޮފީއަކަށް ދާން ކެރޭނެތަ؟” ހިނިތުން ވެލަމުން ޒޯހާ ކައިރީގައި ޒައިން އަހާލިއެވެ.

“އެންމެ ރަނގަޅު، މާދަމާ ހަވީރު ހިނގާ ކޮފީ އަކަށް ދާން” ޒޯހާވެސް ބުނެލިއެވެ.

“ޒޯހާ ބޭނުން ގޮތެއް” އެއް މިޔަކަނުން ހީލަމުން ޒައިން ބުނެލިއެވެ.

ގެއަށް ދެވުމާއިއެކު ޒޯހާ ބޭނުންވީ ފެންވަރައިގެން ޖައްސާލުމަށެވެ. ނަމަވެސް މޫދުގައި މިއަދު އެ ހިނގި ހާދިސާ އެއްވެސް ވަރަކަށް ޒޯހާގެ ހަނދާނުން ފިލައިގެން ދާ ގޮތެއް ނުވިއެވެ، އަމިއްލަ ނަފްސަށް އެއީ ހީވި ގޮތެކޭ ބުނެދިނުމުންވެސް އެވެސް ޒޯހާއަށް ގަބޫލެއް ނުކުރެވުނެވެ.

ނިދާލުމަށްފަހު ޒޯހާއަށް ހޭލެވުނީ މަޣްރިބް ނަމާދުވެސް ފާއިތުވި ފަހުންނެވެ. ބޮލުގައި މަޑު ރިހުމެއް ވިނަމަވެސް ޒޯހާ އަވަހަށް އިޝާ ނަމާދު ކޮއްލުމަށްފަހު އިނީ ސޯފާގައި ފޮތެއް ކިޔާށެވެ.

ކުޑަދޮރުން ވަދެގެން އައި ފިނިފިނި ވައިރޯޅިއާއެކު ޒޯހާ ހަށިގަނޑަށް ފިނިކަން އިހުސާސް ވެގެން ދިޔައެވެ، ކުޑަދޮރު ލައްޕާލުމަށްޓަކާ ތެދުވެލި ވަގުތު ފާރުގައި އެއްފައި ވިއްދާލައިގެން ދެ ޖީބަށް އަތް ޖަހައިގެން ނުހަނު ފިރިހެންވަންތަ ކަމާއެކު ހުއްޓިގެން ހުރި ޒުވާނެއް ޒޯހާއަށް ފެނުނެވެ. އެ ނޫދެލޯ ޒޯހާއަށް ދުވަހަކުވެސް ނޯޅޭނެއެވެ. އަނގައިގާވާ ހުރިހާ ދަތްތަކެއް ދައްކާލުމައްފަހު ޒޯހާ ފޭބީ ތިރިއަށެވެ. ނަޒީރާވެސް ނަމާދުކޮއްގެން އޮންނާނީ މިގަޑީގައި ނިދާފައެވެ.

“ނޫޙު މިގަޑީގަ މިތާގަ ކީއްކުރަނީ؟” ދެ ލޯ ބޮޑުކޮއްލާފައި ޒޯހާ އެއްސެވެ.

“ޒޯހާ ދުށުމަށް މިއައިސްލީ، ނާންނަންވީތަ؟” އެއްބުމަ ހިއްލާލަމުން، ހިނިތުންވެލާފައި ނޫޙު އަހާލިއެވެ.

ލަދުރަކި ކަމާއިއެކު އިސްދަށަށް ޖަހާލަމުން މޫނު މައްޗަށް ވެއްޓިފައިވާ އިސްތަށި ކޮޅު ކަންފަތުގައި އަޅުވާލިއެވެ. ތުންފަތުގައި ދަތް އަޅާލަމުން ހަމަޖެހިލެވޭތޯ ކުރަމުން ގެންދިޔަ މަސައްކަތް ވެސްވީ ބޭކާރެވެ. ޒޯހާގެ މޫނު ހީވީ ލޭކޮޅަކަށް ވެގެން ދިޔަ ހެނެވެ. ނޫޙު ފެނުނަސް ޒޯހާ ހުންނަނީ މިހާރު އުފަލުން ފޮޅިފައެވެ.

“ނޫޙޫ އައިމަ ޒޯ ވަރަށް އުފާ ވެއްޖެ، އަންނަންވީނު އެތެރެއަށް” ގެއާ ދިމާލަށް އަތް ދިއްކޮއްލަމުން ޒޯހާ ބުނެލިއެވެ. ޒޯހާގެ ފަހަތުން ގޮސް ނޫޙު މައްޗަށް އެރީ ޒޯހާގެ ކޮޓަރިއަށެވެ.

“ޝްޝްޝް، ވަރަށް މަޑުން އިނގޭ އަންނާނީ މަންމައަށް ބަސްޓު ވެދާނެ” އަނގަމަތީގައި އަތް އަޅާލަމުން ޒޯހާ ބުނެލިއެވެ. ބޯ ދެ ފަރާތަށް ހޫރާލަމުން ނޫޙުއަށް މަޑުމަޑުން ހީގަނެވުނީ ޒޯހާ ބުނެލި އެއްޗަކުން މަޖާވެގެންނެވެ.

ކޮޓަރިއަށް ވަދެ ޒޯހާ ދޮރު ލައްޕާލިއެވެ. “ކީއްވެ މިރޭ ނައީ ތުނޑި ކައިރިއަށް؟” ނޫޙު އަހާލިއެވެ.

“ނޫޙު ނުބުނަމެއްނު އަންނާށޭވެސް” ސަމާސާ ރާގަކަށް ޒޯހާ ބުނެލިއެވެ.

“އެހެންވިއްޔާ ކޮންމެ ރެއަކު އެތަނަށް ޒޯހާ އަންނަންވީނު؟” ޖަވާބުގައި ނޫޙު ބުނެލިއެވެ.

“މިރޭގަ ވެސް ދާން އުޅުނީ، އެކަމު ދަތުރު ގޮއްސަ މާ ވަރުބަލިވެފަ ހުރީމަ ނުދެވުނީ” ހިނިތުން ވެލަމުން ޒޯހާ ބުނެލިއެވެ.

“ޒޯ ނައިމަ، ޒޯ ކައިރިއަކަށްނު މިއައީ” ޒޯހާއާއި ކައިރިވެލަމުން ނޫޙު ބުނެލިއެވެ. ނޫޙު ކައިރިވެލުމުން ޒޯހާ ހިތްއަވަސް ވާން ފެށިއެވެ. ހަތަރު ކަޅި ބައްދަލުވި ހިނދު ޒޯހާ ބޭނުންވީ ނޫޙުގެ އެ ޖާދޫވީ ރީތި ނޫ ދެލޮލަށް ގެނބިގެން ދާށެވެ. ކަޅީގެ ކުލަ ބަދަލުވެ މިހާރު ހީވަނީ ނޫ ކަނޑެއް ހެނެވެ. ބައެއްފަހަރު ލޯ ދިލިފަ ހުންނަހެންވެސް ޒޯހާއަށް ހީވެއެވެ. ނޫޙުގެ ހަށިގަނޑުން ދުވާ މީރުވަހުން ޒޯހާއަށް ބޭއިޙުތިޔާރުގައި ލޯ މަރާލެވުނެވެ. ދެ މީހުންގެ ހޫނުނޭވާ އިހުސާސްވާ ކައިރިއަށް އާދެވިއްޖެއެވެ. ނޫޙުގެ ހުރިހާ ކަމަކަށްވެސް ޒޯހާއަށް ލޯބި ޖެހިއްޖެއެވެ. ލޯ މަރާލުމައްފަހު ލޯ ހުޅުވާލިއިރު ޒޯހާ ކައިރީގައި ދެންމެ ހުރި ނޫޙު ފެންނާކަށް ނެތެވެ. ފެނުނީ ހަގީގަތެއް ކަމެއް ހުވަފެނެއް ކަމެއް ޒޯހާއަށް ބުނެދެން ނޭގުނެވެ. ދެތިން ފަހަރަކަށް ނޫޙުއަށް ގޮވާވެސް ލެވުނެވެ. އެންމެފަހުން ޒޯހާ ނިންމީ ދެންމެ ފެނުނީ ހޭލާ ހުއްޓަ ފެނުން ހުވަފެނެއް ކަމަށެވެ. ބޮލުގައި އަތް އަޅާލެވުނީ މަޑު ރިހުމެއް އުފެދިގެން ދިޔުމުންނެވެ.

އަތިރިމަތީގައިހުރި ބޯ ދިއްގާ ގަސް ކައިރިއަށް މަޑު ކޮއްލުމަށްފަހު ނޫޙު ހަމަޖެހިލަން މަސައްކަތް ކުރިއެވެ. ފުންނޭވާ ތަކެއް ލުމައްފަހު އަމިއްލަ ނަފްސަށް ބުނެދެމުން ދިޔައީ ޒޯހާ އޮޅުވާލުމެއްގެ ތެރޭގައި ނުބެހެއްޓުމަށެވެ.

“އަހަރެން އަމިއްލަ ނަފްސައް ވުރެންވެސް ލޯބިވޭ ޒޯހާ ދެކެ” ބާރަށް ދެލޯ މަރާލުމައްފަހު އަމިއްލަ ނަފްސަށް ނޫޙު ބުނެލިއެވެ. ހަމަޖެހިލުމައްފަހު ނޫޙުގެ ވަރުގަދަ ދެ ވަރަގަނޑު ހުޅުވާލުމަށްފަހު އެ ދިމާލުގައި އޮތް ބޯގަސްތަކުގެ މަތިން އުދުއްސައިގަތީ އޭނާއަށް އެކަށިގެންވާނޭ ލަފާއެއް ދެވޭނޭ ހަމައެކަނި ފަރާތް ކައިރިއަށް ދިއުމަށެވެ.

ފަތިސް ނަމާދުކޮށް ނިމިގެން ވަރުބަލި ކަމާއިއެކު ޒޯހާ އޮތީ ނިދާށެވެ. އިރުގެ ދޯދިތަށް ތޫނު ތީރު ތަކެއް ފަދައިން އެ ރީތި ދެލޮލަށް އުނދަގޫ ކުރަން ފެށުމުން މަޑުމަޑުން މޯޅިއަކަށް ދެމިލާ އެނދުމަތިން ތެދުވެލިއެވެ. ކަޅުކަންގަދަ ރީތި ބޮޑު ދެލޯމަތީގައި އަތް އަޅާލެވުނީ އިރުގެ ދޯދިތަކުން ލޮލަށް އުނދަގޫވުމުންނެވެ. އަނގަޔަށް ގޮތެއް ހަދާލުމަށްފަހު ފަތިހު ތެދުވި ގޮތަށް ލައްޕަން ހަނދާން ނެތިފައި ހުރި ކުޑަދޮރު ޒޯހާގޮސް ލައްޕާލިއެވެ. އެއްވެސް ތަރުތީބެއް ނެތި ހޭވިފައިވާ އިސްތަށިގަނޑުގައި އަތުން ފުނާއަޅާލުމަށްފަހު ޒޯހާ ފާހަނައަށް ވަދެ ފެންވަރައިގެން ފޭބީ ތިރިއަށެވެ.

“މަންމާ، ކީއްވެ ޒޯއަށް ނުގޮވީ؟” ޒޯހާ އަހާލިއެވެ.

“ދަރިފުޅު މާ ވަރުބަލިކޮއް އޮތްހެން ހީވެގެން ނުގޮވީ، މިހުރީ ސައި ހަދާފަ އާދޭ ސައިބޯން” ނަޒީރާ ބުނެލިއެވެ.

“ބައްޕައަށް ގުޅާލިންތަ ދަރިފުޅު؟” ނަޒީރާ އަހާލިއެވެ.

“އާނ މިކޮޅަށް އައި ފަހުން ކޮންމެ ދުވަހަކުވެސް ބައްޕައަށް ގުޅަން، އެކަމު އޮފީސް ކަމަކާ މާ ބޮޑަށް ބިޒީ ކޮށް އުޅެނީ މިދުވަސްކޮޅު” ޕާން ފޮތި އަނގަޔަށް ލަމުން ޒޯހާ ބުނެލިއެވެ.

“އެކޮޅުގަ އުޅޭއިރު ކިނާރާ ދައްތަ ރަނގަޅުތަ ދަރިފުޅަށް؟” އަނެއްކަވެސް ނަޒީރާ އަހާލިއެވެ.

“އާނ ކިނާރާ ދައްތަ ރަނގަޅު، ބައެއްފަހަރު ކުޑަކޮށް ރުންކުރު ގޮތެއްހުރޭ” އަނގަޔަށް ގޮތެއް ހަދާލުމަށްފަހު ޒޯހާ ބުނެލިއެވެ. ދެމައިން ސައިބޮއެ ނިމިގެން ނަޒީރާ ހޮސްޕިޓަލަށް ދާންޖެހޭ ކަމަށް ބުނެ ވަނީ ކޮޓަރިއަށެވެ.

ޒޯހާވެސް ގޮސް ކޮޓަރިއަށް ވަން އިރު ފޯނު ރިނގުވާ އަޑު އިވެޔެވެ.

“ހެލޯ” ފޯނު ނެގުމަށްފަހު ޒޯހާ ބުނެލިއެވެ.

“މިގުޅީ މިއަދު ކޮފީއަށް ދާނަމޭ ޕްރޮމިސް ކުރީމަ ހަނދާން ކޮއްލަ ދޭން ވެގެން” ޒައިން ބުނެލިއެވެ.

“ހެހެހެ، އާނ ހަނދާން އެބަހުއްޓޭ، ހަވީރު ފަހެއް ޖަހާއިރުގަ ދާނީ ދޯ؟ ސަނާ އަންނާނެތަ؟” ޒޯހާ އަހާލިއެވެ.

“ނޫން ސަނާ އިޒް ނޮޓް ކަމިންގް، ކުޑަކޮށް ބަލިވެ އުޅެނީ” ޒައިން ދޮގެއް ހަދާލިއެވެ.

“އޯ އަޅޭ، އަސްލުވެސްތަ؟ އޯކޭ އެހެންވީމަ ޒޯ ތައްޔާރު ވާނަން އެގަޑިއަށް.” ޒޯހާ ބުނެލާފައި ފޯނު ބާއްވާލިއެވެ.

ޒައިންގެ މަގްސަދު ޒޯހާ އަށް ރަނގަޅަށް ނޭގުނު ކަމުގައިވިއަސް އެކަހަލަ ގުޅުމެއް ޒައިން އާއި ބާއްވަން ޒޯހާ ބޭނުމެއްނުވެޔެވެ. ހިތް ވަނީ  އިތުރު ފަރާތަކަށް ހަދިޔާ ކުރެވިފައެވެ. ނޫޙު މަތިން މާ ބޮޑަށް ވެސް ޒޯހާ ހަނދާންވަނީ އެވެ. މާގިނަ އިރެއްނުވެ ޒޯހާ، ސަނާ އަށް ގުޅާލިއެވެ.

“ހޭ ސަނާ، ބަލިވެތަ ތިއުޅެނީ؟” ޒޯހާ އަހާލިއެވެ.

“އާނ ބޮލުގަ ރިއްސާތީ، މީ އަބަދުގެވެސް އާދަ، މައިގްރޭން ހުންނާތީ ވާ ގޮތެއް” ސަނާ ބުނެލިއެވެ.

“އޯ ސަނާ އަށް ނާދެވޭނެ ދޯ އެހެންވީމަ، ޒައިން ބުނި ކޮފީ އަކަށް ދާ ވާހަކަ ހަވީރު” ޒޯހާ ބުނެލިއެވެ.

“އާނ އަހަރެން ކައިރިގަ ވެސް ބުނި، ސޮރީ އިނގޭ ދެން ފަހަރަކުން ދާނަން” ސަނާ ބުނެލިއެވެ.

ފޯނު ބޭއްވުމާއެކީ ހިނިގަނޑެއް ޖަހާލާފައި ސަނާ އާއި ޒައިން އަތާ އަތާ ޖަހާލީ އެމީހުންގެ މޮޅު ރޭވުންގަނޑު ބޭނުންވި ގޮތަށް ކުރިއަށް ދިޔުމުންނެވެ.

ޒައިން ހިތުގައި އުފެދިގެން އަންނަ ލޯބީގެ ރާޅުގަނޑުގެ ހިލަމެއްވެސް ޒޯހާއަކަށް ނޭގެއެވެ. ނަމަވެސް ޒޯހާގެ ހިތުގައި އައީ ނޫޙުއަށްޓަކާއި ހިތުގައި ބިންވަޅުނެގެމުންނެވެ. ދުވާލުގެ ހުރިހާ ގަޑިއެއް ހޭދަވަމުން ދިޔައީ ނޫޙޫގެ ހިޔާލުގައެވެ.

ކުރާނެ ކަމެއް ނެތިގެން އުޅެނިކޮށް ޒޯހާގެ ވިސްނުމަށް އައީ ވަރަށްވެސް ރަނގަޅު ހިޔާލެކެވެ. އަލަމާރި މަތީގައި ބައިންދާލެވިފައިވާ ކެންވާސް ނެގުމަށްފަހު ޒޯހާގެ ފޮށީގައި ރައްކާކުރެވިފައިވާ ޕެއިންޓު ކުރާ ސާމާނުތަށް ނެގިއެވެ. ހުރިހާ އެއްޗެހިތަކެއް ރަނގަޅަށް ހަމަޖައްސާލުމަށްފަހު ޒޯހާގެ ހިތާއި ނަފްސު އެގަޑީގައި ހިޞާރުކުރަމުންދިޔަ ފަރާތް ކުރަހަން ފެށިއެވެ. އަތުގައިވާ ކުލަ ފިހިތައް ހަރަކާތް ކުރަމުން ޒޯހާ ދިޔައީ ނޫޙުގެ ސޫރަ ކޭންވަސް އަށް ރައްކާ ކުރަމުންނެވެ. އެ ނޫ ދެލޯ ކުރެހުމުގައި އެތައް ވަގުތެއް ހޭދަވެގެން ދިޔައެވެ. އެތަށް ގަޑީއިރެއް ފަހުން އެއްކޮށް ނިންމާލުމައްފަހު ކޭންވަސް އަށް ބަލަހައްޓައިގެން ހުރި ޒޯހާ ހުރީ ހިނިތުން ވެލައިގެންނެވެ. އެ ރީތި ސޫރަ އެހާ ފުރިހަމަ ކަމާއިއެކު ރައްކާ ކޮއްލެވުމުންނެވެ.

ހަވީރުވުމާއި އެކު ޒޯހާ ގޭދޮރު މައްޗަށް ނިކުމެ ހުރީ ރީނދޫ ކުލައިގެ އަތްދިގު ޓީޝާޓް އަކާއި ކަޅު ކުލައިގެ ޖީންސް އަކާއި އެކުއެވެ. ޒައިން އައިސް ސައިކަލުގައި މަޑުކޮއްލީ އެގޭގެ ދޮރުމައްޗަށެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Lana

Level 110 Stories

Other Articles

Previous

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (ފަހުބައި)

Next

އަބަދަށް އެކުގައި 22

Next
May 10, 2022

އަބަދަށް އެކުގައި 22

Previews
May 9, 2022

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (ފަހުބައި)



All Right Reserved!