“ތި ލިއަމްއަކާއި މިކަމާއި އޮތީ ކޮން ގުޅުމެއް؟..” އަފްލާކް އިރުކޮޅަކު ބަލަހައްޓައިގެން ހުރެފައި އަހާލިއެވެ. ޔަނާލްއަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. އޭނާގެ ލޮލަށް ބޮނޑިވަމުންދިޔަ ކަރުނަ ތިކިތައް ވަންހަނާކުރަން ޔަނާލް އިސްޖަހާލިއެވެ.
“ހީ ހާޓް މީ…” ޔަނާލް ބުނެލީ އިސްޖަހާލައިގެން ހުރެއެވެ. އަފްލާކްއަށް ހުރެވުނީ ބަލަހައްޓައިގެންނެވެ. ޔަނާލްގެ އަޑު ތުރުތުރު އަޅައިގެން ދިޔައިރު އެއީ ބުނަން ފަސޭހަ ވާހަކައެއް ނޫންހެން ހީވިއެވެ. ޔަނާލްގެ ގާތަށް ދާން އެއް ފިޔަވަޅު ކުރިއަށް އެޅި އަފްލާކްއަށް މަޑުޖެހެވުނީ ޔަނާލް ދެން ބުނެލި ޖުމުލައިންނެވެ. އޭނާއަށް ހީވީ ކަންފަތް ދޮށަށް ހޮނުގުގުރިއެއް ޖެހިހެންނެވެ. ދެލޯ ބޮޑުކޮށްލައިގެން ހުރިއިރު ޔަގީނުންވެސް އެއީ އަފްލާކް އަޑުއަހަން ބޭނުންވި ޖުމުލައެއް ނޫންކަން އެނގުނީ ފަހަތަށް ދެފިޔަވަޅު އެޅުމުންނެވެ. އޭނާއަށް ޔަނާލްއަށް ބަލަހައްޓައިގެން ހުރެވުނެވެ. ކަންފަތް ދޮށުގައި އެކޯވަމުން ދިޔައީ ޔަނާލްގެ އެންމެ ފަހު ޖުމުލައެވެ.
“ހީ ރޭޕްޑް މީ……”
“ހަ…ހައު؟ ކޮންއިރަކު؟..” އިރުކޮޅެއްގެ ހިމޭންކަމަކަށްފަހު އަފްލާކްގެ ދެތުންފަތް ފޫއަޅުވާލާފައި ނިކުތެވެ. އޭނާ އަދިވެސް ހުރީ ޝޮކެއްގައެވެ. ޔަނާލް އިސްއުފުލާލަމުން އެދެލޮލުން އަފްލާކްއަށް ބަލައިލިއެވެ. އެއީ އަފްލާކް އަހާފާނެކަމަސް ޔަނާލް ހީކުރި ސުވާލެއްނޫނެވެ.
“އޮން މައި ޓްވެންޓީ ފަސްޓް ބާތްޑޭ…” ޔަނާލް ތުރުތުރު އަޅަމުން ދިޔަ އަޑަކުން ބުނެލިއެވެ. އަފްލާކް ހަނދާންވިއެވެ. އެއީ އެދެމީހުން ރުޅިވިތާ ތިންދުވަސް ކުރިއެވެ.
**************************
“އާންޓް.. މިދަނީ އިނގޭ…” ޔަނާލް އޭނާގެ ބޮޑުދައިތަގެ ކަރުގައި އަތްވަށާލަމުން ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. އަފްލާކް އޭނާ ބަލާ އައުމުން ތިރިއަށް ފައިބަން ދަމުން ޔަނާލް އެވާހަކަ ބުނެލީ އޭނާގެ ބޮޑުދައިތަގެ ގާތުގައެވެ. ޔަނާލްގެ މަންމަ އާއިލާ މީހެއްގެ ކައިވެންޏަކަށް ރާއްޖެ ދަމުން ދިޔައީ ޔަނާލް އޭނާގެ ބޮޑުދައިތަގެ ގެއަށް ލާފައެވެ.
“އެހާ ލަސް ވަންދެން ބޭރުގަ ނޫޅެއްޗޭ ޔަންނު… އަވަހަށް އަންނާތި…” އޭނާގެ ބޮޑުދައިތަ ލޯބިން ޔަނާލްގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. ޔަނާލް ބޯ ޖަހާލަމުން އެޕާޓްމެންޓުން ނުކުމެ ލިފްޓަށް އެރިއެވެ. އެވަގުތު ލިފްޓުގައި ހުރީ ލިއަމް އެކަންޏެވެ. ލިއަމްގެ އުޅުން ހުންނަ ގޮތުން ޔަނާލް އޭނާދެކެ އަންނަނީ އަމަށަކު ރުޅިއެއްނޫނެވެ. ބައެއްފަހަރު އޭނާއާއި ގާތްވާން އުޅޭހެންވެސް ހީވެއެވެ. ޔަނާލް ފޫހިކަމާއިއެކު ލިފްޓަށް އަރާ ގްރައުންޑް ފްލޯރ އަށް ފިތާލިއެވެ. ލިފްޓުގެ ދޮރު ލެއްޕުނުއިރު ލިއަމް ހުރީ އޭނާގެ ކުރިމަތީގައެވެ.
“ޕްރިޓީ ބޭބް… ކޮންތާކަށް ދަނީތަ؟..” ލިއަމް ޔަނާލްގެ އިސްތަށިގަނޑުގައި އަތްޖައްސާލަމުން އަހާލިއެވެ. ޔަނާލްގެ އަތް މުއްކެވުނެވެ. “ބެހޭ ކަމެއްތަ؟..” ޔަނާލް ލިއަމް ކޮއްޕާލަމުން ދަތްކުނޑި ވިކާލިއެވެ. އެވަގުތު ފިތްތަކުގެ ކައިރީގައި އިން ތޫނު ތަންކޮޅެއްގައި އަޅައިގެންފައި ލިއަމްގެ އަތް ކެނޑުނެވެ.
“ޔަނާލް….” ލިއަމް އޭނާގެ އަތުގައި ހިފަހައްޓާލަމުން ޔަނާލްއަށް ބަލައިލިއެވެ. އެބެލުމުގައިވި ރުޅިވެރިކަމުން ޔަނާލްވެސް ބިރުގަތެވެ. “ހަނދާންކުރާތި… މިކަމުގެ ބަދަލު ހީވެސް ނުކުރާ ގޮތަކަށް ލިބޭނީ…” ލިފްޓުގެ ދޮރު ހުޅުވުމާއެކު ނިކުމެގެން ދަމުން ލިއަމް އިންޒާރުގެ ނަޒަރަކުން ބަލައިލިއެވެ. އެތުންފަތުގައި ދުވެލާފައިވާ މަލާމާތުގެ ހިނިތުންވުން ފެނިފައި ޔަނާލްގެ ހިތް ތެޅިލިއެވެ. ނަމަވެސް އެވަގުތު ދޮރުމަތީގައި ހުއްޓިލައިގެން ހުރި އަފްލާކް ފެނުމުން ޔަނާލް އެހުރިހާ ކަމެއްގެ މަތިން ހަނދާން ނައްތާލާފައި އަފްލާކްއާއި އެކީ ހިނގައިގަތެވެ.
އަފްލާކްއާއި އެކީ ބޭރުން ކައިގެން އައިސް ގެއަށް ވަތް ޔަނާލް ޖެހުނީ އޭނާގެ ބޮޑުދައިތަގެ ގައިގައެވެ. “ދަރިފުޅާ ޔަނާލް… ބޮޑުދައިތަ މިދަނީ ބައްޕަ ބަލިވެގެން ހޮސްޕިޓަލުގަ ބޭއްވީމަ އެތަނަށް… ޔަނާލް ދަރިފުޅު ގެ ތަޅުލައިގެން ނިދާތި އިނގޭ.. ކަމެއް ބޭނުންވެއްޖެއްޔާ ލިއަމް ގާތު ބުނެލާ.. ލިއަމް އުޅޭނެ ކޮޓަރީގަ….” ބޮޑުދައިތަ އަވަސް އަރުވާލާފައި ނުކުމެގެން ދިޔައީ ޔަނާލްގެ ހިތް ހާސްކޮށްލާފައެވެ. ލިއަމްއާއި އެކީ އެކަނިވުމުން ޔަނާލްގެ ހިތުގައި ކުޑަ ބިރުވެރިކަމެއް ހިނގާލިއެވެ. އޭނާ ދޮރު ތަޅުލާފައި ދުވެފައި ގޮސް ކޮޓަރިއަށް ވަދެ ކޮޓަރި ދޮރުވެސް ތަޅުލިއެވެ. އެހިތް ތެޅެމުން ދިޔަ ބާރުމިނުގައި މޭކަށިގަނޑު ފަޅާލާފައި ނުނިކުންނާނެކަމާމެދުވެސް ޝައްކެވެ.
ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. ޔަނާލް ނިދީގައި އޮވެފައި ފުރޮޅިލީ ހޫނުވާން ފެށުމުންނެވެ. މީހަކު ކައިރީގައި އޮތްކަމުގެ އިހުސާސެއް ވެގެން ބަލައިލިއިރު މަލާމާތުގެ ހިނިތުންވުމެއް ދީގެން ހިނިއައިސްފައި އޮތް ލިއަމް ފެނުމުން އޭނާ ބިރުން ނުވިރުނީ ކިރިޔާއެވެ. ކުއްލިއަކަށް ތެދުވަމުން ޔަނާލް ދުއްވައިގަތީ ދޮރާއި ދިމާލަށެވެ. ނަމަވެސް އޭގެ ކުރިން ލިއަމް އޭނާގެ އަތުގައި ހިފައި ލުއްކިއެއް ޖަހާލަމުން އެނދުމައްޗަށް ވައްޓާލިއެވެ.
***********************
“އިކީ އައި ވޯޒް ސޯ ސްކެއަރޑް… ދެއަރ ވޯޒް ނޯ ވަން ޓު ސޭވް މީ… އައި ސްވެއަރ ދެޓް ވޮޒް ދަ ވޯސްޓް އެން ދަ ސްކެއަރިއެސްޓް ޑޭ އޮފް މައި ލައިފް… އައިމް ސޮރީ އިކީ… ބޭނުމެއްނުވި ދުރަށް ދާކަށް ބަޓް އައި ވޯޒް ބްލެކްމެއިލްޑް… ލިއަމް ބުނީ އިކީ އާއި ދުރު ނުވެއްޖެއްޔާ އަލާޔާ ވެސް…” ޔަނާލް ވާހަކަދައްކަމުން ގޮސް އަޑުކެނޑުނެވެ. އަފްލާކްއަށް ޔަނާލްގެ އެންމެ ފަހު ޖުމުލަ އަޑުއަހާފައި ފަހަތަށް ދެފިޔަވަޅު އަޅާލެވުނެވެ.
“އިޓްސް އޯކޭ..” އަފްލާކް ޔަނާލްގެ އަތުގައި ހިފާލަމުން ބުނެލިއެވެ. ޔަނާލްގެ ދޮން ކޯތާފަތުގައި ދެމެމުންދިޔަ ކަރުނައަށް ނިމުމެއް ނުވާ ކަހަލައެވެ. އަފްލާކްގެ ހިތުގައި ރިއްސާލިއެވެ. ޔަނާލް ކިހާ ދުވަހަކު ހިތާމަ ކޮށްފިހެއްޔެވެ.
“ނޯ އިކީ.. އިޓްސް ނޮޓް… އަފްލާކްއާއި ގުޅެނީ ވަރަށް ރަނގަޅު، ރީތި ކުއްޖެއް… އައި ޑޯންޓް ޑިޒާރވް ޔޫ..” ޔަނާލް އަފްލާކްގެ އަތް ފޮޅުވާލަމުން ފަހަތަށް ފިޔަވަޅެއް އަޅާލިއެވެ. ނަމަވެސް އޭނާއަކަށް ދުރަކަށް ނުދެވުނެވެ. އަފްލާކް ޔަނާލްގެ ކޮނޑުގައި ހިފައި އެ ބާރުގަދަ އަތުގެ ތެރޭގައި ހައްޔަރުކޮށްލައިފިއެވެ.
“ބޭބީ ޕްލީޒް… ދެން ދުރަށް ދާން ނުވިސްނަބަލަ… އައި ޑޯން ވޯނަ ލޫޒް ޔޫ… އައި ލަވް ޔޫ ސޯ މަޗް… ލަވް ޔޫ އަ ލޮޓް..” އަފްލާކް އެހެން ބުނެލިއިރު އެއަޑު ކުރެހުނެވެ. ޔަނާލް އެންމެ ބޭނުންވި ދުވަހު އޭނާއަށް ކައިރީގައި ނުހުރެވުނީތީ ހިތާމަކުރިއެވެ. އަމިއްލަ ނަފުސަށް ދުވަހަކުވެސް މަޢާފު ކުރެވޭނެހެނެއް ހިޔެއްނުވެއެވެ.
“އައި ލަވް ޔޫ މޯރ އިކީ…” އިރުކޮޅެއްގެ ހިމޭންކަމަކަށްފަހު ޔަނާލް އޭނާގެ އަތް އަފްލާކްގެ މެދުހަށީގައި ވަށާލަމުން އެ ތަނަވަސް މޭގައި މޫނު ފޮރުވާލިއެވެ. އެވަގުތު އަފްލާކްއަށް ހިނިތުންވެވުނެވެ. ދެއަހަރުގެ ދިގު އިންތިޒާރަކަށްފަހު އޭނާއަށް އަނެއްކާވެސް އޭނާގެ ލޯބި ކާމިޔާބުވެއްޖެއެވެ.
“ވަޓް ހެޕެންޑް ޓު ލިއަމް؟..” އަފްލާކް ޔަނާލް ގެނެސް ޓެރެސްގައި ހިޔާކޮށްފައި ހުރި ތަންކޮޅުގައި ބަހައްޓާފައިވާ ސޯފާގައި ބައިންދަމުން އަހާލިއެވެ. ޔަނާލް ފާޑަކަށް އަފްލާކްއަށް ބަލައިލިއެވެ. ވެދިޔަ ހުރިހާ ކަމަކަށްފަހު އަފްލާކް އޭނާއާއި އެހާ ރީތިކޮށް ވާހަކަދައްކާތީ ޔަނާލްގެ ހިތަށް ލިބިފައިވަނީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެކެވެ.
“ލިއަމް ފަހުން މަސްތުވާތަކެތި ބޭނުންކުރާ ކަން އެނގިގެން ޕޮލިހުން އޭނާ ހައްޔަރުކުރަން އައީ.. ދެން ލިއަމް ރުޅިއައިސްގެން ފުންމާލީ ބެލްކަނީ އިން… ފަސްވަނަ ފްލޯރ ވީމަ ވަރަށް މަތިވާނެއެއްނު… އާންޓް ވަރަށް ދެރަވެފަ ހުރީވެސް… ޝީ ވޯޒް ސޯ އެމްބެރޭސްޑް ލިއަމް ކުރި ކަންތައް އެނގުނީމަ… އެހެންވެ މަންމަ އެންމެން ގޮވައިގެން ލަންޑަންއަށް ބަދަލުވީ ޔަންނު ކިޔަވަން… ދެން މިއަހަރު ރާއްޖެ މިއައީ އެލެން ކައިވެނިކުރަން އުޅޭތީ… އައި ގެސް އަހަރުމެންގެ ވެޑިންއާއި އެއްކޮށް އެލެންގެ މެރިއެޖް ވެސް ބާއްވާނީ…” ޔަނާލް އަފްލާކްއާއި ދިމާލަށް ބަލަން އިނދެފައި ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. ނަމަވެސް އެ ހިނިތުންވުން ޔަނާލް ލޮލާއި ހަމައަކަށް ނުފޯރިއެވެ. އަފްލާކްއަށް އެނގުނެވެ. ޔަނާލް އަދިވެސް އެއިންނަނީ ވެދިޔަ ކަންތަކަށް އަމިއްލަ ނަފުސު ކުށްވެރި ކޮށްގެންނެވެ.
“ދެންމެ ތިބުނީ ކީކޭތަ؟..” އަފްލާކް ކުއްލިއަކަށް ހަނދާންވާ ކަހަލަ ގޮތަކަށް އަހާލިއެވެ. ޔަނާލް ބުމަ އަރުވާލުމުން އެބުނި އެއްޗެއް ދޭހަނުވާކަން އޭނާއަށް އެނގުނެވެ. “އަހަރުމެންގެ ވެޑިންއާއި އެއްކޮށޭ އަލާންގެ ވެޑިންވެސް ބާއްވަނީ.. ސޯ ލާލް އޯކޭ ދޯ އަހަރުމެންގެ ވެޑިންއަށް؟..” އަފްލާކް ދިމާކުރާ ކަހަލަ ހިނިތުންވުމަކާއެކު ޔަނާލްގެ އަތުގައި ހިފައި ކައިރިއަށް ދަމާލިއެވެ. ވަގުތުން ޔަނާލްގެ ކޯތާފަތަށް ޖަންބުކުލަ ވެރިވިއެވެ. ވާހަކައިގައި ޖެހިފައި އިންވަރުން އެހެން ބުނެވުނުކަން އޭނާއަށް ރެއަކާވެސްނުލިއެވެ.
“ހޫމ… އޯކޭ ވާން ދޯ ޖެހޭނީ… އިކީ ރޯން ފަށާފާނެވިއްޔަ..” ޔަނާލް ދެރަނުވާންވެގެން އިސްޖަހާލަމުން ބުނެލިއެވެ. އެވަގުތު އިވިގެން ދިޔައީ އަފްލާކްގެ ލުއި ހީލުމެވެ. ޔަނާލް ފެންކަޅިވިއެވެ. އޭނާ އަފްލާކް މަތިން ހާދަ ހަނދާންވިއެވެ.
“ރޯން ފަށާނަމޭ ތިހެން ކިޔަންޏާ…” އަލާޔާ އޭނާގެ ޓެޑީ ބެއާރ ގައި ބައްދާލަމުން ޒާލިކްއަށް ލޯ އަޅާލިއެވެ. އެވަގުތު ޒާލިކް އެއްބުމަ އަރުވާލިއެވެ. ލޯ އަޅައިގެން އިންނަ އިރުވެސް ލޯބިކަމުން އަލާޔާ ހީވަނީ ބުދެއްހެންނެވެ.
“ދެން ނުކިޔާނަމޭ… އެކަމަކު ރޯތަން ބަލަން ބޭނުން ވަންޏާ ކިޔަސް އޯކޭދޯ… ވަރަށް ބޭނުން ބަލައިލަން..” ޒާލިކް ލުއި ހީލުމަކާއެކު ދިމާކޮށްލިއެވެ. އަލާޔާ ދެކޯ ފުއްޕާލަމުން ތެދުވެގެން ގޮސް ކޮޓަރި ދޮރު ހުޅުވާލަމުން ކައިރީގައި ހުއްޓިލިއެވެ. އެ އަމަލުން ބޭރަށް ނިކުންނާށޭ ބުނާ ކަހަލައެވެ.
“ބައިދަވޭ.. ޔޫ ލުކް ކިއުޓް އިން ވައިޓް…” ޒާލިކް ނިކުންނަން ދަމުން އަލާޔާގެ ކަންފަތް ދޮށުގައި ވައި އަޑުން ބުނެލިއެވެ. އަލާޔާ ފާޑަކަށް ލޯއަޅާލަމުން ޒާލިކްގެ މޭގައި އަތްއަޅައި ބޭރަށް ކޮއްޕާލަމުން ދޮރު ޖެހިއެވެ.
“އައި ލަވް ޔޫ…” ދޮރުގައި ލެނގިލަމުން އަލާޔާ ވައިއަޑުން ބުނެލިއެވެ. ޒާލިކްގެ ކޮންމެ އަމަލެއް އޭނާގެ ހިތުގެ އެންމެ ފުންމިނުގައި ކުރެހެމުން ދެއެވެ. އެ ނަން އެހިތުގައި ފެވިފައިވަނީ ދުވަހަކުވެސް ނުފޮހެވޭނެފަދަ ގަލަމަކުންނެވެ. އޭނާއަށް މިހާރު ދެމީހުންގެ އަރައިރުމުން ރުޅިއަންނަ ވަގުތު މަދުވެ، ހިތްހަމަޖެހުން ލިބޭލެއް ގިނައެވެ. އަނެއްކޮޅުން ޒާލިކްގެ ހާލަކީތޯއެވެ. އަލާޔާގެ ކޮންމެ ސިފައެއް އެހިތާއި ހަމައަށް ވާސިލްނުވެ ނުދެއެވެ. މިރޭވެސް އޭނާ އެކޮޓަރިއަށް ދިޔައީ ބަހަނާއަކަށް އަފްލާކް ހަދާފައިވެސް އަލާޔާ ދެކިލުމުގެ ނިޔަތުގައެވެ. ނަމަވެސް އޭނާގެ ހިތުގައި އަލާޔާއަށްޓަކައި އުފެދެމުން އަންނަ އިހުސާސްތައް ފާޅުކުރާކަށް ޒާލިކް ބޭނުމެއްނުވެއެވެ.
ކޮޓަރިއަށް ވަދެގެން އައި ޒާލިކް ހުއްޓިލީ އަލަމާރި ކުރިމަތީގައެވެ. މަޑުމަޑުން ދޮރުފަތް ހުޅުވާލަމުން އޭނާ ނެގީ އެންމެ ބިއްދޮށުގައި ބައިންދާފައިވާ ފޮޓޯ ފްރޭމެވެ. ދެން އޭނާ ހިނގާލާފައި ގޮސް އިށީނީ ސޯފާގެ އަތްގަނޑު މަތީގައެވެ. އަތުގައި އޮތް ފޮޓޯ ފްރޭމަށް ބަލައިލުމާއެކު އެ ތުންފަތުގައިވާ ހިނިތުންވުން ފިލައި މޫނުމައްޗަށް ހިތާމަ ވެރިވީ ސިކުންތެއްގެ ތެރޭގައެވެ.
“އައި މިސް ޔޫ ސޯ މަޗް އެލީ…” ޒާލިކްގެ ދުލުން ނިކުތީ ހަމައެކަނި މިހެންނެވެ.
(ނުނިމޭ)
2 Comments!
Comments are closed.



Masha Allah
Mi part ves vrh rythi
Can’t wait for the next ep
Eesha ali