Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހަޤީޤީބިރުވެރިލޯބި

ވާތީ މަ ކައިރީގައި 9

Lana Level 110 Stories
May 10, 2022 3 Mins Read
0 Comments

 

“އާނ، ޒޯހާއަށް ކެރޭނެތަ އަހަރެން ފަހަތަށް އަރަން؟” ޒައިން ބޯ އަރިކޮއްލަމުން އަހާލިއެވެ. ކުރުކޮށް ކޮށާލެވިފައިވާ ބުޅި އިސްތަށިކޮޅު ހުރީ ރީތި ކޮށް ސްޓައިލް ކޮއްލެވިފައެވެ. ލައިގެން ހުރި އަތް ދިގު ޓީޝާޓް އާއި ޖީންސްގައި ނުހަނު ހިތްގައިމު ގޮތެއް ހުއްޓެވެ.

“އާނ ކީއްވެ ނުކެރެންވީ؟ ޒައިންވެސް ތީ އަހަރެންގެވެސް ރައްޓެއްސެއްނު މިހާރު” ޒޯހާ އެއްވެސް ޖެހިލުމަކާއި ނުލާ ބުނެލިއެވެ. ޒައިން ވެސް ޒޯހާ ބުނެލި އެއްޗަކުން ކުޑަކޮށް މަޑުޖެހިލައިގެން ވިސްނަން ހުރެފާ ޒޯހާ ފަހަތަށް އެރުމުން ސައިކަލު ދުއްވާލިއެވެ.

ސައިކަލު ޕާކް ކުރުމަށްފަހު ދެމީހުން އައިސް މަޑުކޮށްލީ ރެސްޓޯރެންޓެއް ކައިރިއަށެވެ. ސިޑި މަތިން އަރައިގެން ދެމީހުން ގޮސް މައްޗަށް އެރިއިރު ޅަ ފުރައިގެ ފިރިހެން ކުދިންނާއި އަންހެން ކުދިންވެސް އެތާގައި ތިއްބެވެ. ޒޯހާއަށް އަމާޒުވަމުންދާ ފިރިހެނުންގެ ނަޒަރުތަކުން ޒައިން ހިތްހަމަ ނުޖެހޭ ގޮތް ވިއެވެ. ޒައިން ބޭނުންވީ ޒޯހާ އެއީ އޭނާގެ މީހެއްކަން އަންގާލުމަށެވެ. މަޑުމަޑުން ހިނގަމުން އައިސް ޒޯހާގެ އަތުގައި ހިފާލީ ސަމާސާ ވާހަކަ ތެރެއިންނެވެ. ޒޯހާވެސް މާ ބޮޑު ކަމަކަށް ނުހަދާ އައިސް އެތަނުން ގޮނޑިއެއްގައި އިށީނދެލައިފިއެވެ.

ކޮފީއަށް އޯޑަރު ދިނުމަށްފަހު ޒައިން އިނީ ޒޯހާއަށް ބަލަހައްޓައިގެންނެވެ.

“ޒޯ ވަރަށް ރީތި މިއަދު، އޭޒް އޯލްވޭސް” މޭޒުމަތީގައި އޮތް ޒޯހާގެ އަތުގައި އަތް ބާއްވާލަމުން ޒައިން ބުނެލިއެވެ.

“ޝުކުރިއްޔާ” މަޑުމޮޅި ގޮތަކަށް ހީލަމުން ޒޯހާ އަތް ދަމައި ގަތެވެ. އެގޮތަށް އެހެން ފިރިހެނަކު ޒޯހާ ގައިގާ ބީހެން ޒޯހާ ހިތްހަމަ ނުޖެހުނީއެވެ. ވަގުތު ފާއިތު ވަމުން ދިޔަ ވަރަކަށް އެ ދެމީހުން ދޭތެރޭގައިވި ދުރުކަން ދިޔައީ ނެތެމުންނެވެ. ޒޯހާއަށް، ޒައިންގެ ކިބައިން ފާހަގަ ވެގެން ދިޔައީ އޭނާ ސަނާ މެންދެކެ އިންތިހާ ދަރަޖަޔައް ލޯބިވާ ކަމެވެ. ޒައިން ގެ ސަކަ މިޒާޖު ޒޯހާ އަށް ވަރަށްވެސް ކަމުގޮއްސިއެވެ. ބޭނުންވާ ކަހަލަ ހިތްހަމަ ޖެހޭ ވަރުގެ ރަޙުމަތްތެރިއަކަށް ޒައިން ވިއެވެ. އެތަކެއް އިރެއްގައި ވާހަކައިގައި ތިބުމަށްފަހު މަޢްރިބު ނަމާދަށް ބަންގި ގޮވުމުން މާ ލަސް ނުކޮށް ގެއަށް ދާން ޒޯހާ ބޭނުންވިއެވެ. އެއީ އޭނާގެ ހިތް ފަތަހަ ކުރަމުންދާ ޒުވާނާއާއި ބައްދަލު ކުރަންވެސް ބޭނުންވެފައި ހުރިލެއް ބޮޑުކަމުންނެވެ. ގޭގެ ދޮރުމައްޗަށް ޒައިން އާއި އެއްކޮށް މަޑުކޮއްލި ޒޯހާ، ޒައިން އަށް ބަލާލާފައި ހިނިތުންވެލިއެވެ.

“ތޭންކްސް ޒައިން، އަހަރެން ސަލާމަތް ކޮށްދިނީމަ” ޒޯހާ ބުނެލިއެވެ.

“އަބަދުވެސް” ސައިކަލު މަތީގައި އިނދެ ޒައިން ބުނެލިއެވެ.

ހިނިތުން ވެލަމުން ޒައިން ސައިކަލު ދުއްވާލީ ވަރަށްވެސް ހިތްހަމަ ޖެހިފައި ހުރެގެންނެވެ. ލޯބި ހާސިލް ކުރުމަށް އެންމެ ފުރަތަމަ އެޅި އެއް ފިޔަވަޅު ކަމުގައި ނިންމައިގެންނެވެ.

އާދައިގެމަތިން އިޝާ ނަމާދު ކުރުމައްފަހު ޒޯހާ ރީތި ވެލައިގެން އުޅުނީ ބޭރަށް ދާށެވެ. ގޭދޮރުން ނިކުމެ ހުއްޓާ ޒޯހާއަށް އައީ ފޯނެކެވެ.

“ހެލޯ ބައްޕަ ކިހިނެއްވީތޯ؟” ޒޯހާ އެއްސެވެ.

“ދަރިފުޅުގެ ހާލު ބަލާލަންވެގެން، ރަށް ކިހިނެއްވަނީ؟ މަޖާތަ؟” އިސްމާއިލް އޭނާގެ ދަރިފުޅު ކައިރީގައި އަހާލިއެވެ. އޮފީހުގައި ކިތަންމެ ބުރަކޮށް އުޅުނު ކަމުގައިވިއަސް އޭނާގެ ފުރާނަ ފަދައިން ލޯބިވާ ހަމައެކަނި ދަރިއަށް އަބަދުވެސް ގުޅާ ހަދައެވެ. ދަރިފުޅު ނެތުމުން އިންތިހާއަށް އެ ދަރިފުޅު މަތިން ހަނދާންވެސް ކުރެއެވެ.

“ލައްބަ ބައްޕާ، ރަށުގައި ދިރިއުޅޭހިތް ވަރަށްވޭ، އަނެއްކަ އެހާވެސް މަޖާ. ސަނާވެސް ހުރީ މިކޮޅުގަ” ޒޯހާ ބުނެލިއެވެ.

އިސްމާއިލް އޭނާގެ ދަރިފުޅާއި ވާހަކަ ދެއްކުމަށްފަހު ފޯނު ބާއްވާލިއެވެ. އަދި ކައިރީގައި އޮށޯވެލައިގެން އޮތް ކިނާރާއަށް ގޮވާލީ ލޯބިވެތި ކަމާއި އެކީގައެވެ.

“އަހަންނަށް ކޮންމެހެން ގޮވާނެ ކަމެއް ނެތް، އޮފީހުގައި އެހާ ބުރަކޮށް އުޅެފަވެސް އިސްމާއިލް އަބަދުވެސް ގުޅާނެ ޒޯހާއަށް، އެކަމަކު އަހަންނަށް ވަގުތެއްވެސް ނުދެވިފަ އޮންނަނީ. އޭނަވެސް ރަށަށް ދާން ޖެހޭ ވިއްޔަ، މިހާރުގޭގެ ހުރިހާ ކަމެއް ކުރަން ޖެހެނީވެސް އަހަރެން އެކަނި.” މޫނު ހަދާލަމުން ކިނާރާ ޝަކުވާ ކުރަން ހެދިއެވެ. އެއީ އަބަދުގެވެސް އާދައެވެ. ކިނާރާ އަބަދުވެސް ބޭނުންވަނީ ޒޯހާއޭ ކިޔާފައި ކޮންމެވެސް ޝަކުވާއެއް އިސްމާއިލް ކައިރީގައި ކުރުމަށެވެ.

“ދެން ހުއްޓާލާ ކިނާރާ، އަހަރެންގެ ދަރިފުޅޭ ކިޔާފައި އިތުރު އެއްވެސް އެއްޗެއް ނުބުނާތި، ކިނާރާ އަށް ތިހާ އުނދަގޫ ވަންޔާ މެއިޑް އެއް ގެނޭ ގޭގެ ކަންތައް ހަމަ ޖައްސަން. އަހަރެންގެ ދަރިފުޅަކީ މިގޭގައި ހުރި ނޯކަރު ކުއްޖެއްނޫނޭ، އެއީ އަހަރެން މި ދުނިޔެ ދޫކޮށް ދިޔުމަށްފަހު އަހަރެންގެ ހުރިހާ މުދަލެއްގެވެސް ވެރި ފަރާތް” ރުޅި އައިއްސަ އިސްމާއިލް ބުނެލިއެވެ. އިސްމާއީލްގެ ފުށުން ކިނާރާއަށް އިވުނީ އާބަހެއް ނޫނެވެ. އޭނާގެ ހިތުގައި އަނދަ އަނދާހުރި އަލިފާންގަނޑަށް ހީވީ ދަރުތަކެއް އަޅާލިހެންނެވެ.

ހެވިފައިހުރެ ދޮންވެލި ފަސްގަނޑާއި ދިމާލަށް ހިނގަމުން ދިޔަ ޒޯހާ މަޑުކޮއްލީ ކައިރީގައި ހުރި ރުކެއް ކައިރީގައެވެ. ރެއަކީ ވައިގަދަ ރެއެއްކަމުން، ނަގާ ރާޅުތަށްވެސް ބޮޑެވެ. ހީވަނީ ވިއްސާރަ ވާން އުޅޭހެނެވެ. ނަމަވެސް ޒޯހާއަކީ ވިއްސާރައަށް ލޯބި ކުރާ ކުއްޖެއްކަމުން މަންޒަރު ބަލަން ހުއްޓިލައިގެން ހުރީއެވެ.

ހަނދުގެވެސް ބޯ ވިލާ ގަނޑެއްގެ ދަށަށްވަދެ ފޮރުވިގަނެގެން ހުރި ނަމަވެސް އެ އަލިކަން ފާޅުވޭވޭ ހުއްޓެވެ.

ޒޯހާ އިންތިޒާރު ކުރަމުން ދިޔަ ފަރާތުގެ އަޑު މާ ގިނައިރެއްނުވެ ފަހަތުން އައިސް އިވިއްޖެއެވެ. ލައިގެން ހުރި އަތް ކުރު ކަޅު ހެދުމުން ކޮނޑާއި ދިމާލުން ގައިގެ ހަންގަނޑު ހާމަވާން ހުއްޓެވެ. ވިހުރުވާލެވިފައިވާ އިސްތަށިގަނޑު ވާތް ފަރާތަށް އެއްކޮށް ގެނެސް ވަނީ ވައްޓާލެވިފައެވެ.

“ޒޯހާ” ފަހަތުން އައިސް ޖެހުނު ޖާދޫވީ އަޑުން ޒޯހާގެ ހިތް އުތުރި އަރައިގަތެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Lana

Level 110 Stories

Other Articles

Previous

އަބަދަށް އެކުގައި 22

Next

ތީ އޭ ހަނދަކީ – ތީމް ލަވަ

Next
May 10, 2022

ތީ އޭ ހަނދަކީ – ތީމް ލަވަ

Previews
May 10, 2022

އަބަދަށް އެކުގައި 22



All Right Reserved!