Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ނޭންގި ވެވުނު ލޯވި 2

✨ IFAA ✨
✨ IFAA ✨ Level 110 Stories
May 12, 2022 5 Mins Read
0 Comments

 

* މިހެން ވާހަކަ ދައްކަން ހުއްޓާ ފަހަތުން މީހަކު އައިސް ރައިލީގެ މެދުހަށީގައި ހިފާފައި އުރާލިއެވެ. ރައިލީ އެއީ ކާކުތޯ ބެލުމަށްޓަކައި ފަހަތައް އެނބުރީލިއެވެ. ކޮނޑުގައި ބޮޑު ދަބަހެއް އަޅުވައިފައި ހުރި ނިއުޝާން ފެނި ރައިލީ ނިއުޝާން ގައިގައި ވަރަށް ބާރަށް ބައްދައިލިއެވެ.*

 

“ނިއު އައި މިސްޑް ޔޫ” ރައިލީ މިހެން ބުނުމުން އަހަރެން އަދި ޖެނީ ފޫހިވިއެވެ. “ރޯމޭންސް ފެށީ ކިތައް ފަހަރުތަ ބުނަންވީ އަހަރުން ސިންގަލް ކުދިން ކުރިމަތީގަ ރޯމޭންސް ނުކުރާށޭ” އަހަރެން ބުނެލީމެވެ. “ސިންގަލް ކުދިން ވެއްޖެއްނު މީހަކާ ރައްޓެހިވާން އޭރުން ނުޖެހޭނެ ތި ހާލުގަ އުޅޭކަށް” ނިއުޝާން މިހެން ބުނުމުން އަހަރެން ނިއުޝާން އާއި ދިމާލަށް ބިރުވެރި ނަޒަރަކުން ބަލައިލީމެވެ. “އޭތް އިފާ މަ އަޑުއެހީން ތީނަ މެންގެއަށް ފާޑެއްގެ ފިރިހެނުން ތަކެއް އައިސް ގެން އުޅޭ ވާހަކަ” ޖެނީ އަހަރެން ގާތުގައި އަހައިލިއެވެ. “ހްމމ އެއީ މަންމަ ގެ ރައްޓެއްސެއްގެ ދެ ދަރިން… މަ ބުނާނެ އިތުރު އެއްޗެއް ނެތް ޖެނީ އަށް އޭގެން ފިރިހެން ކުއްޖެއް ފެނިއްޖެނަމަ ހަމަ އޮތް ތަނަށް ފްލެޓް ވާނެ” އަހަރެން މިހެން ބުނުމުން އެންމެން ވެސް ޖަހައިލީ ހިނިގަނޑެކެވެ. “އިންގީ ދާނެތާ ތި ކިޔާ މީހުންތަކެއް ފެނިއްޖި ނަމަ އަހަރެން ފްލެޓް ވޭތޯ ނުވޭތޯ” ޖެނީ ބުނެލިއެވެ.

 

އަހަރުން ބޮޑުތަކުރުފާނު ވާހަކައިގައި ޖެހިގެން ހުއްޓާ ކުއްލިއަކަށް އިވުނީ މަޣްރިބް ނަމާދު ބަންގީގެ އަޑެވެ. އަހަރެން އަދި ޖެނީ އެއްކޮށް ދުއްވައިގަތީ ގެއާއި ދިމާލަށް ދިއުމަށްށެވެ. ރައިލީ އަދި ނިއުޝާން މަޑު ހިންގުމަކުން ދިޔައެވެ. އަހަރެން އަވަހަށް ގެއަށް ވަދެގެން އަރައިގެން ހުރި ފާވަން ބޭލުމަށްފަހު މަންމަ އަށް ވަގަށް މަތީ ފްލޯ އަށް އެރީމެވެ.

 

 އަރައިގެން ކުރިއަށް ދުއްވާގަތް ތަނާހެން ކުރިމަތީގައި ހުރި ޝަމައިލް ގައިގައި ޖެހި ވެއްޓެން ދިޔައެވެ. އަހަރެން ދެލޯ ތަގުޅި ކޮށްލައިގެން ހުރެވުނެވެ. ހިތަށް އަރަމުން ދިޔައީ ދެން ވާނީ ކީއް ބާއެވެ. އަހަރެން އަށް ދެލޯ ހުޅުވައިލެވުނީ ޝަމައިލް ގެ އެ ފިރިހެން ވަންތަ އަހަރެންގެ ކަންފަތުގައި ޖެހުމުން އެވެ. މަޑުމަޑުން ދެލޯ ހުޅުވާލާ ޝަމައިލް އާއި ދިމާލަށް ބަލައިލީމެވެ. އެއީ އަހަރެން އަދި ޝަމައިލް ގެ ހަތަރު ކަޅި ހަމަވި ފުރަތަމަ ފަހަރެވެ. އަހަރުން ދެމީހުން އެތައް އިރެއް ވާ ދެކަށް ކަޅި ޖަހައި ނުލާ އެކަކު އަނެކަކަށް ބަލަން ހުރެވުނެވެ. “އޯއި ހިންގާ ދަމާ އިރު ކޮޅަކުން ޖަމާ އަތަށް ގޮވާލާނެ” އަހަރުން ސިއްސައިގެން ދިޔައީ ޝަމީލް އައިސް އެހެން ބުނި އަޑަށްށެވެ. އަހަރެން ވަގުރުން ޝަމައިލް ގެ އަތުތެރެއިން ނިކުމެގެން ގޮސް އަހަރެންގެ ކޮޓަރިއަށް ވަދެ ތަޅުލީމެވެ. އެއަށްފަހު ދޮރުފައި ލެގިލައިގެން ހުރެ މޭމަތީގައި އަތް އަޅައިލީމެވެ. އެއިރު އަހަރެންގެ ހިތް ހީވަނީ ދެންމެ ދެންމެ ފަޅައިލާފައި ނިކުމެދާނެހެން އެވެ.

 

އެރޭ 8:00 ޖަހައިލި ހާއިރު ޖެނީ އައިސް އަހަރެންގެ ކޮޓަރީ ދޮރުގައި ޓަކި ޖަހަން ފެށިއެވެ. އަހަރެން އަވަސް އަވަހަށް ގޮސް އަހަރެންގެ ކޮޓަރީ ދޮރު ހުޅުވައިލި ތަނާހެން ޖެނީ އަހަރެން އަތުހިފައިގެން ސިޓިން ރޫމް އަށް ނެރުނެވެ. އެދިޔަ ގޮތައް ގޮސް ސޯފާގައި އިށީން ދެލާފައި އެތާންގައި އޮތް ކުޝަން އެއް ޖެނީ އޭނާގެ އުނގުމަތީގައި ބޭއްވިއެވެ. “ހްމމ ބުނެބަލަ ކޮބާތަ ނިއުސް އަކީ؟ ކީއްވެތަ ހިތް ނިކުމެދާނެ ހެން ހީވަނީ؟ ކީއްވެތަ އެހާ ލަދުރަކި ވެފަ އިފާ ތިހުރީ؟ ދެން ބުނެބަލަ އައިމް ކިޔުރިއަސް” ޖެނީ ސުވާލުގޯނި އަހަރެންގެ ބޮލަށް އޮއްސައިލިއެވެ. “ހަމަޖެހިބަލަ މި ކިޔާދެނީ އޭ އެކަމު މިތާކުއެއްނޫން ހިންގާބަލަ ބަލަ އުނދޯއްޔަށްދާން” އަހަރެން މިހެން ބުނެފައި ބަނބުކެޔޮގަސް ދޮށުގައި އެލުވާފައި ހުރި އުނދޯލިތަކާއި ދިމާލަށް ދިޔައީމެވެ.

 

 އަހަރެން ގޮސް އުނދޯލީގައި ޖައްސައިލީމެވެ. ޖެނީ އިށީންދެލީ އެތާ ކައިރީގައި ހުރި ޖޯލިފަތީގައެވެ. “ކިޔާބަ އައިމް ސޯ ކިޔުރިއަސް” ޖެނީ ކެތް މަދުވެގެން ހުރެފައި ބުނެލިއެވެ. އެއަށްފަހު އަހަރެން މިއަދު ހަވީރު ގެއަށް އައިއިރު ދިމާވި ކަންތައް ތައް ކިޔައިދޭން ފެށީމެވެ. “ވާވު އިފާ ޔޫ އާރ އިން ލަވް” ޖެނީ ލާނެތް ގޮތަކަށް އަހަރެން އާއި ދިމާލަށް ބުނެލިއެވެ. “ލަވް މައި ފޫޓް އިޓްސް ނެވާ ގޮނަ ހެޕެން… ޖެނީއަށް ވެސް އިންގޭނެދޯ މަ ގޮތް…. އައި ޑޯންޓް ޑިޒާވް އެނީ ލަވް ފްރޮމް އަ ސްޓްރޭންޖާ… ތެދަށް ބުނާނަމަ އޭނަ އަހަރެން އާދެމެދު އެގޮތަކަށްށެއް ނުވިސްނާނެ ސޯ އައި ހޭވް ނޯ ހޯޕް” އަހަރެން އިސްޖަހައިގެން ހުރެ ބުނެވުނެވެ. “އަޅޭ އިފާ އަށް ވާ ލޯބިވެސް ވެވިއްޖެއްނު މަށަށް މިއުޅެނީ އެންމެކުޑަމިނުން މަ މީ ކާކުކަންވެސް ނޭންގިގެން… ބޭރުމީހެއްގެ ދަރިއެއްތޯ އެހެން ނޫނީ ރާއްޖެ ކުއްޖެއްތޯ ވެސް މަށަކަށް ނޭގެ” “ރާއްޖޭގައެއްނު އުޅެނީ ދެން ވާނީ ރާއްޖެ ކުއްޖަކަށްށެއްނު” ޖެނީ ބުނިބަހަށް ރައްދު ދެމުން ޝަމީލް އެތެރެއަށް ވަނެވެ. އަދި ޝަމީލް ގެ ގާތުގައި ޝަމައިލް ވެސް ހުއްޓެވެ.

 

“ހަހް ވަޓް ޑޫ ޔޫ މީން” ޖެނީ ވާނުވާ ނޭންގިގެން ބުނެލިއެވެ. “ރާއްޖޭގައެއްނު އުޅެބޮޑުވީ ދޯ ރަޖިސްޓްރީ އޮތީ ރާއްޖޭގައެއްނު ސޯ ޔޫ އާރ އަ މޯލްޑިވިއަން” “ޕްރޫފް އެބައޮތްތަ؟” ޖެނީ އަށް ގަބޫލު ކުރެވެން ދަތިވުމުން އަހައިލިއެވެ. “އަޅޭ ބަލަ މަށަކަށް ނޭންގެ ނަމެއް އެކަމުވެސް ކިޔާދޭނަން… ތީ ރާއްޖޭގަ އުޅެ ބޮޑުވި ކުއްޖެއް އައިޑެންޓިޓީ ކާޑް ބަލައިލިނަމަވެސް އިންނާނީ ނަމާ އުފަންވި އަހަރު ތީ ކޮން ޖިންސްއެއްތޯ ދެން އިންނާނީ އެޑްރެސް އަދި އުޅެމުން އަންނަ ރަށް އެއަށްފަހު ގައުމު… ގެޓް ވެއްޖެ” ޝަމީލް ޖެނީ އަށް ކިޔައިދެމުން ގޮސް ޖެނީ ކައިރީގައި ހުރި ޖޯލީގައި އިށީންދެލިއެވެ. “ހޫމް… ސުކޫލު ނިމުނަސް ފިލާވަޅު ސުކޫލުގަ އުޅުނަސް ފިލާވަޅު ވެން އިޒް އިޓް ގޮއިން ޓު ސްޓޮޕް” ޖެނީ ފޫހިވެފަ ހުރެ ބުނެލިއެވެ. “ސީރިއަސްލީ ޖެނީ އައިރިސް ޖޯޑެން ކުރު ގޮތަކަށް ބުނާނަމަ ފާތިމަތް ޖެނީ” އަހަރެން ޖެނީ އަށް ޖެއްސުމަށް ބުނެލީމެވެ. “ޖެނީ އައިރިސް ޖޯޑެން؟ ފާތިމަތް ޖެނީ؟ ކޮން ނަމެއް ކިޔަން ވީ؟” ޝަމީލް މިހެން ޖެނީ އޭނާއާއި ދިމާލަށް ލޯއަޅައިލިއެވެ. “ޖެނީ ކިޔާ އެއީ އެންމެ ރަނގަޅުގޮތް” އަހަރެން އަވަސް އަވަހަށް ބުނެލީމެވެ.

 

“އޯކޭ ޖެނީ މަށަށް ކިޔަނީ ޝަމީލް ދެން އެއީ އަހަރެންގެ ޓްވިން ބްރަދާ ޝަމައިލް ކުރު ކޮށް ބުނާނަމަ އިފާގެ ބީއެފް” ޝަމީލް ޖެނީ ކައިރީގަ މަޑުމަޑުން ބުނެލިއެވެ. “ބީއެފް؟ މަރުވަން ތަ ބޭނުމީ؟” ޝަމައިލް ބިރުވެރި ގޮތަކަށް ބުނެލިއެވެ. “ސޮރީ ބްރޯ” ޝަމީލް އަނގައަށް ވައްތަރު ޖައްސަމުން ބުނެލިއެވެ.

 

 މިހެން ހަތަރުމީހުން އެކްކު އަނެކަކާ ވަރަށް އެކުވެތިކޮށް ވާހަކަ ދައްކަމުން ދިޔައީމެވެ. މަދު ސިކުންތެއްގެ ތެރޭގައި އަހަރުން ހަތަރުމީހުން އެކުވެރިން އަށް ވިއެވެ. މިހެން އޮލަ ވާހަކައިގައި ޖެހުމުން ގަޑިން ވީ ވަރެއް ވެސް ބަލައިނުލާ ހުރެވުނެވެ. ދެން އަހަރުމެން އަށް އިވުނީ އަހަރެންގެ މަންމަ އަހަންނަށް ވަރަށްބާރަށް ގޮވައިލިއަޑެވެ. އޮލަ ވާހަކައިގައި ހުރި އަހަރުން ހަތަރުމީހުން އެއްކޮށް ސިއްސައިގެން ދިޔައެވެ. އެއާއި އެކު އަހަރެންގެ މަންމަ އަހަރެން ހޯދުމަށްޓަކައި ބާރު ހިންގުން ތަކަކުން އައިސް ގޭގެ ގޭޓުކައިރީގައި ހުއްޓިލިއެވެ. އަހަރެން މަންމަ އަށް ގޮވައިލުމުން މަންމަ ބަނބުކެޔޮ ގަސް ދޮށުގައި ހުރި އުނދޯއްޔާއި ދިމާލަށް ބަލައިލިއެވެ. “ނޭންގޭނެއްނު އާނމުކޮށް ގޮސް ހުންނާނީ އެގޭ ޖޯލިފަތީގައި ބޮޑުތަކުރުފާނު ވާހަކަ ދައްކަން ވިއްޔާ” މަންމަ އަހަން ނާއި ޖެނީ އާއި ދެމީހުން އާއި މުހާތަބްކޮށް ބުނެލިއެވެ. “ދެން ދައްތާ މިއަދު ދޮންބެ އުޅުނީ އޭނަގެ އެކުވެރިން ގެނެސްގެން ވާހަކަ ޖޯލިފަތި ކަޓުވާލަގެން ވިއްޔާ އެހެންވެ މިރޭ މިގޭ ޖޯލިފައްޗައް މިއައީ” ޖެނީ އަހަރެން ގެ މަންމަ ގާތުގައި ބުނެލިއެވެ.

 

“އޭތް އިފާ މަ މިދަނީ ދާން” ޖެނީ މިހެން ބުނެފައި ޖޯލިފަތިން ތެދުވިއެވެ. “މަޑުކުރޭ މަ ގޮސްދޭނަން ލާދޭން” ޝަމީލް ގަޑި ބަލައިލުމަށްފަހު ޖެނީ ގާތުގައި ބުނެލިއެވެ. “ނޯ ނީޑް މިގޭ ކުރިމަތީގަ އަހަރެން އުޅޭގެ ހުންނަނީ” ޖެނީ މިހެން ބުނިމުން ޝަމީލް ކަޑަވިއެވެ. އެއާއި އެކުއަހަންނާއި ޝަމައިލް ގެ ހިނިގަނޑުދިޔައީ ފަޅައިގެން އެވެ.

 

ޖެނީ ދިއުމުން އަހަންނާއި ޝަމައިލް އަދި ޝަމީލް ގޭތެރެއަށް ވަނީމެވެ. އަހަރުން ތިން މީހުން މަތީ ފްލޯރ އަށް އަރާފައި އެމީހެއްގެ ކޮޓަރިއަށް ދިޔައީ މެވެ. އަހަރެން ގޮސް ކޮޓަރިއަށް ވަދެފައި އެނދުމައްޗައް ވެއްޓުނުތަނާހެން މީހަކު އައިސް އަހަރެންގެ ކޮޓަރީ ދޮރުގައި ޓަކިޖަހަން ފެށިއެވެ. އަހަރެން ޖެހިލުން ވެފައި ހުރެ ގޮސް ދޮރު ހުޅުވައިލީއިރު ކުރިމަތީގައި ހުރީ ޝަމައިލް އެވެ. “ޝަމައިލް؟!” އަހަރެން ހައިރާން ވެފައި ހުރެ ބުނެލީމެވެ.

 

ޝަމައިލް ގެ ނަޒަރު…

އަހަރެން ގޮސް ކޮޓަރިއަށް ވަތް ވަގުރު އަހަރެން ގެ ލޮލުގައި އަޅައިގަތީ މިއަދު ހެނދުނު ހޯދި ކެވެލިކޮޅެވެ. އަހަރެން އޭތި ހިފައިގެން އެނދުމަތީގައި އުއްޑުން އޮށޯއްވެލީމެވެ. އެއިރު އަހަރެންގެ ސިކުނޑިތެރޭގައި ވަނީ ހަމަ އެންމެ ސޫރައެކެވެ. އެއީވެސް އިފާގެ އެ ރީތި މޫނުކޮޅެވެ. މުށިކުލައިގެ ކަޅިއެވެ. ބޯއެސްފިޔަތަކާއެކު ހިތިފަތު ބުމައެވެ. އެރީތި ފިޔާތޮށިކުލަ ޖައްސައިފައިވާ ތުންފަތެވެ. އަހަރެން އަށް މިވާގޮތް ހުދު އަހަރެން އަކަށް ވެސް ނޭގުނެވެ. އަހަރެންގެ ހިތް ހީވީ ތެޅޭ ވަރުން ގޮސް ދެންމެ ދެންމެ ނިކުމެދާނެހެން އެވެ. “އަނެއްކާ މީ ލޯބި ބާ” އަހަރެން މޭމަތީގައި އަތް އަޅައިލައިފައި އަމިއްލަ ނަފްސަށް ސުވާލު ކުރީމެވެ. ދެން އަހަރެނ ބަލައިލީ އަހަރެންގެ އަތުގައި އޮތް ކެވެލިކޮޅަށްށެވެ. ލަހެއް ފަހެއް ނުކޮށް އަހަރެން އިފާގެ ކޮޓަރި އާއި ދިމާލަށް ގޮސް ޓަކި ޖަހަން ނުޖަހަން ހުރެފައި އިސާހިތަކުން ޓަކި ޖަހައިލެވުނެވެ. އަހަރެން އަށް ވީ ނުވީ ނޭންގިގެން އެތަކުން ދާން ހިންގާގަތް ވަގުތުގައި އިފާ އޭނާގެ ކޮޓަރީ ދޮރު ހުޅުވައިލިއެވެ. އަދި ހައިރާން ކަމާއި އެކު އަހަންނަށް އެ މަޑު މަޑު ހިމޭން އަޑުން ގޮވައިލިއެވެ.

 

އިފާގެ ނަޒަރު…

ޝަމައިލް އަހަންނަށް ދިއްކޮށްލީ އަހަރެން ގެއްލިގެން ހޯދަން އުޅުނު ކެވެލިކޮޅެވެ. އެ ކެވެލި ކޮޅު ފެނުމުން އަހަންނަށް އަހަރެންގެ ތިރީ ތުންފަތުގައި ދަތް އަޅައިލެވުނެވެ. އަހަރެން ގެ ހިތައް އަރަމުން ދިޔައީ ޝަމައިލް އަށް އެ ކެވެލި ކޮޅު ލިބުނީ ކިހިނެތް ބާއެވެ. “އިފާ ތީ ދޯ މިއަދު ހެނދުނު އަހަރެން މޫދައް ކޮއްޕާލި މީހަކީ؟” ޝަމައިލް އޭނާގެ ފިރިހެން ވަންތަ އަޑުން އަހަރެން ގާތުގައި އަހައިލިއެވެ. އަހަރެން ވަގުރުން ޝަމައިލް ގެ މޫނަށް ބަލައިލީމެވެ. އެއާއި އެކު އަހަރުން އަށް މީހެއްގެ ހުނުމުގެ އަޑުވެސް އިވެމުން ދިޔައެވެ.

 

…ނުނިމޭ…

Share Article

✨ IFAA ✨
Follow Me Written By

✨ IFAA ✨

Level 110 Stories

I enjoy reading stories and I enjoy writing stories to all the people who reads my stories thank you for your support I appreciate it 🤗😊

Other Articles

Previous

ތީ އޭ ހަނދަކީ – ތީމް ލަވަ

Next

ހަނދާންވޭ (14)

Next
May 12, 2022

ހަނދާންވޭ (14)

Previews
May 10, 2022

ތީ އޭ ހަނދަކީ – ތީމް ލަވަ



All Right Reserved!