އަތުގައިހުރި ކޯކްތަށި އެޅުނީ އާޔަތުގެ ހެދުމަށްށެވެ. ކުދިކިޔަމުން އިސްއުފުލާ ބަލައިލި އާޔަތުގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. ކުރިމަތީ ހުއްޓިލައިގެން ހުރީ އާޔަތުގެ ‘ޕްރިންސް ޗާމިން’ އެވެ. ދުވަހަކުވެސް ދެކެފައިނުވާ މިއަޖައިބެއްފަދަ ޒުވާނާގެ ރީތިކަންފެނި އާޔަތަށް ކުޑަ ވަގުތުކޮޅަކަށް އެސްފިޔަ ޖަހާލަންވެސް ހަނދާންނެތިފައި ހުރެވުނެވެ. އޯނޯ! އާޔޫ! ހިނގައިދިޔަ ހުރިހާ މަންޒަރެއް ޔުވާން ބަލަންހުރިއިރު އަނެއްކޮޅުގައި ޔަލްވީ ހުއްޓެވެ. ޔުވާންގެ އަޑު ޖެހުމުން އާޔަތު މޫނު އަނބުރާލީ ބުމަ ގޮށްޖަހާލަމުންނެވެ. މާޒީގައި ހިނގައިދިޔަ ކަންތައްތަކުގެ
ސަބަބުން އާޔަތު ފިރިހެނުންނަށް ނަފްރަތު ކުރެއެވެ. ކުރިމަތީ ހުރި ޒުވާނާ ކިތަންމެ ރީތި ސިފައެއްގައި ހުރިއެއްކަމަކު އެހެން ފިރިހެނުންނެކޭ އެއްގޮތް ވާނެ ކަމަށް އާޔަތު ގަބޫލުކުރެއެވެ. އާޔަތު ދެކޭގޮތުގައި ފިރިހެނުންނަކީ ވަރަށް ގޯސް ބައެކެވެ.
”އާޔޫ! އަޒާން! ދެމީހުން އޯކޭތަ؟” ދެމީހުން ހިމޭނުން ތިބުމުން ޔުވާން ދެވަނަފަހަރަށް ވެސް އަހާލިއެވެ. ”ކިހިނެއް އޯކޭ ވާނީ؟ ހީ ރުއިންޑް މައި ޕްރިޝިއަސް ޑްރެސް!” އާޔަތުގެ ރުޅި ދިޔައީ ގަދަވަމުންނެވެ. ޔުވާން ބޮލުން ޔަލްވީއަށް އިޝާރާތެއް ދިނުމުން ޔަލްވީ އާޔަތު ގޮވައިގެން ފާހާނާ ބަރިއާ ދިމާއަށް ދިޔައެވެ. ”އާޔޫ، ދެން ރުޅިމަޑުކޮށްބަ. ކޯކްގެ ސްޓެއިން ވަރަށް އަވަހަށް ފިލާނޭ.” ޔަލްވީ ބެލީ އާޔަތު ހަމައަކަށް އެޅުވޭތޯއެވެ. ”އާޙް، ނަސީބެއް ކޯކް ސްޓެއިން ފިލައިފި،
ދަޓް ރާސްކަލް ރުއިންޑް މައި މޫޑް އެންޑް މައި ޑްރެސް،ހީ ޑިޑިންޓް އިވެން ސޭ ސޮރީ!” އަދިވެސް އާޔަތު ދިޔައީ އަޒާންއަށް ކުދި ކިޔަމުންނެވެ. އާޔަތު އާއި ޔަލްވީ ގޮސް ޔުވާން ކައިރީ މަޑުކޮށްލިއެވެ. ”ސޮރީ އާޔޫ، ދެންމެވި ކަންތަކާ! އަޒާން ގަސްތުގަ ކުރިކަމެއްނޫން އެއީ.” ޔުވާން އަޒާން ފަރާތުން މާފަށް އެދުނީ އަޒާންގެ ގޮތް އެނގޭތީވެއެވެ. ގަސްތުގަ ނުކުރާކަމަކކަށް އަޒާން ދުވަހަކުވެސް މާފަކަށް ނޭދޭނެއެވެ. އަޒާންއަކީ ވަރަށް ގޮތުގައި ހުންނަ މީހެކެވެ. ”މިރޭގެ ޕާޓީއަކީ އަސްލު ދޮންބެ ތިދެކުދިންނަށް ޕްލޭންކުރި ސަޕްރައިޒް ޕާޓީއެއް، ކޮންގްރެޓްސް ފޮރ ޔުއަރ ސަކްސެސް،އަމް ސޯ ޕްރައުޑް އޮފް ޔޫ ޓޫ އެންޑް ވެލްކަމް ބެކް” ޔުވާންގެ ސަޕްރައިޒް އާޔަތު އާއި ޔަލްވީއަށް ވަރަށް ކަމުދިޔައެވެ. ”ހެއި ގާއިޒް، އައި ވޯންޓް ޔޫ ޓު މީޓް މައި ބެސްޓީ! މީޓް އަޒާން، މައި ބެސްޓް ފްރެންޑް” ޔުވާން އަޒާންގެ ކުޑަ ތަޢާރަފެއް ޔަލްވީއާއި އާޔަތަށް ދިނެވެ. ”ސޯ ދިސް އިޒް ދޮންބެގެ ވައިފް! ދަ ވަން ހޫ ކޯލްސް ދޮންބެ އެވްރީ ސިންގަލް ޓައިމް” ޔަލްވީ އަޒާންއާ ސަމާސާ ކޮށްލިއެވެ. އަޒާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލައިގެން ހުރީއެވެ. މިކަން އާޔަތަށްވީ ބޮޑު ކަމަކަށްށެވެ. ލޯ އަޅާލަމުން އަޒާން ދިމާއަށް މަޑުމަޑުން ކުދި ކިޔާލިއެވެ. ޕާޓީ ތެރޭގައި އާޔަތުއާއި ޔަލްވީ އެންމެ ސަޕްރައިޒްވީ އެކުގައި ކިޔަވަން އުޅުނު ބޭރު ރައްޓެހިންނާ ދިމާވުމުންނެވެ. އެމީހުންނަށް ޓިކެޓް ނަގައިދީ ރާއްޖެގެނެސް ހުންނާނެތަން ހަމަޖައްސައިދިނީ ޔުވާންއެވެ. ޕާޓީތެރޭ އެތައް ސަކަރާތެއް ޖެހުމަށްފަހު ޔަލްވީ އެއްފަރާތަކަށް ޖެހިލީ ޔަލްވީގެ ފޯނަށް މީހަކު ގުޅަންފެށުމުންނެވެ. ”ހެލޯ!” ޔަލްވީ އެއްކަންފަތުގައި އަތްއަޅާލަމުން އަނެއް ކަންފަތުގައި ފޯނުޖެހީ ޕާޓީ ތެރޭ އަޑުގަދަކަމުންނެވެ. ”ލައްބަ! މީ މަރިޔަމް ޔަލްވީ ޔާސިރު ކިހިނެއްތޯވީ” އެކޮޅުން ކުރި ސުވާލަށް ޖަވާބުދެމުން ޔަލްވީ އަހާލިއެވެ. ”ލައްބަ އޯކޭ! މާދަމާއިން ފެށިގެން އަޅުގަނޑު ޖޮއިން ކުރާނަން، ތެންކިއު” ފޯނު ބާއްވަމުން ޔަލްވީ ޝުކުރުއަދާކުރިއެވެ. ޔަލްވީއަށް ގުޅީ ‘އެލްޖޭ ފިޓްނެސް’ އިންނެވެ. ޔަލްވީއަކީ އަބަދދުވެސް ހަށިގަނޑު ރީތިކުރުމަށް ވަރަށް ފަރުވާ ބަހައްޓާ މީހެކެވެ. ޖިމަށް ދިއުމަކީ ޔަލްވީ އަބަދުވެސް ކުރާ ހިތްވާ ކަމަކަށްވުމުން ކޮލެޖްގަ އުޅުންއިރު ކޮލެޖްގެ ޖިމަށްވެސް ދެއެވެ. އެހެންކަމުން މާލެ އައިސް އެންމެ ފުރަތަމަވެސް ޔަލްވީ ބެލީ ޖިމަކުން ޖާގައެއް ލިބޭތޯއެވެ. ‘އެލްޖޭ ފިޓްނެސް’ އަކީ ރާއްޖޭގައި ހުރި އެންމެ މަޝްހޫރު އަދި އެންމެ އަގުބޮޑު އެއް ޖިމެވެ. އެހެންކަމުން ޔަލްވީ ބޭނުންވީ ޙިދުމަތް ރަނގަޅު ޖިމަކަށް ދާށެވެ. ދެންމެ ޖިމުން ގުޅާފައި ޔަލްވީއަށް ޖާގަ ލިބުނު ވާހަކަ ބުނުމުން ޔަލްވީ ހުރީ ވަރަށް އުފަލުންނެވެ. ޔުވާންއާއި އާޔަތަށް އެ އުފާވެރި ޙަބަރު ދިނުމަށް ޔަލްވީ ދުވެފަ ދިޔައެވެ. ޕާޓީ ނިންމާލުމަށްފަހު ހުރިހާ އެންމެންވެސް ގެއަށް ދިޔައީ ވަރުބަލި ކަންމަތީގައެވެ. އެއްޗެހި ބަދަލުކޮށް ފެންވަރާލައިގެން ޔަލްވީ ނިދަން އޮށޯތީ ހެނދުނު ޖިމަށް ދާން ޖެހޭތީއެވެ. އާޔަތު އޮށޯވެލީ ލެޕްޓޮޕް ހިފައިގެން ސީރީސް ބެލުމަށެވެ. އެންމެ ފަހުން ބެލި ހިސާބުން ޕްލޭ ކޮށްލަމުން ބުރަކަށި ދަމާލީ ވެފައިހުރި ވަރުބަލިކަމެއްގެ ބޮޑުކަމުންނެވެ. ޓައިމޫ އަދި ޝިންހަރީގެ ލޯބީގެ ބައްދަލުވުންތަކާއި ކުދިކުދި ޑޭޓްތައް ފެނިފައި އާޔަތުވެސް އެހެން އުޅެލަން ނުހަނު ބޭނުންވެއެވެ. އެކަމަކުވެސް ސީރީސްތަކުގައި ވާހެން އަސްލު ދިރިއުޅުމުގައި ވާނެކަމަށް އާޔަތަކަށް ޤަބޫލެއް ނުކުރެވެއެވެ. ރާއްޖޭގެ ފިރިހެނުންނަކީ އާޔަތު ޤަބޫލުކުރާ ގޮތުގައި އެއް އަންހެން ކުއްޖަކުން ނުފުދޭ ބައެކެވެ. ސީރީސް ބަލަން އޮވެ އާޔަތަށް ނިދުނު އިރެއްވެސް ނޭނގެއެވެ.
ފޯނު އެލާމްވާ އަޑަށް ޔަލްވީ ތެދުވެ ލޯ އުނގުޅަން ފެށިއެވެ. ގަޑިން 7:45 ވީއެވެ. ޔަލްވީ ނިދިފިލުވާލުމަށް އެނދުން ތެދުވެގެންގޮސް ފެންވަރާލިއެވެ. ފެންވަރައިގެން ނުކުމެ ތުވާލިން ގައިހިއްކާލަމުން އަޅިކުލައިގެ ސްޕޯޓްސް ލެގިންއަކާއި ކަޅުކުލައިގެ ސޮޕޯޓްސް ކްރޮޕްޓޮޕެއް ލިއެވެ. އިސްތަށިގަނޑު ފަހަތަށް އައްސާލަމުން ޔަލްވީގެ ޖިމް ދަބަސް ހިފައިގެން ސިޓިންރޫމަށް ނުކުމެ ފައިވާން ހަރުން އަޅި ކުލައިގެ ޓެނިހެއްނަގައި ދަބަހަށްލިއެވެ. ފްރިޖް ކައިރިއަށް ގޮސް ޖޫސް ޕެކެޓެއް ނަގައި ބޯލުމަށްފަހު ޔަލްވީގެ ޖިމް ފެންފުޅި ނަގައި ދަބަހަށް ލިއެވެ. ހުރިހާ އެއްޗެއް ހަމަތޯ ބަލަމުން ޔަލްވީ ގެއިން ނުކުތީ ހިނގާފައި ޖިމަށް ދިއުމަށެވެ. ޖިމް ހުންނަނީ ގެއާއި ކައިރީގައި ކަމަށްވުމުން ޔަލްވީ ދިޔައީ ހިނގާފައެވެ. ‘އެލްޖޭ ފިޓްނެސް’ ޖިމަށް ވަންނަމުން ޔަލްވީއަށް ވަށާ ބަލައިލެވުނެވެ. ތަނަވަސް ބޮޑު ޖިމެކެވެ. ބޮޑު ޝޮޕިން މޯލްއެއް ވަރުގެ މި ޖިމުގައި ކަޝްރަތުކުރަން ބޭނުންވާނެ ހުރިހާ ސާމާނެއް ނަންހުސްކޮށް ހުއްޓެވެ. ކައިރީ ހުރި ބެންޗެއްގައި އިށީންދެ ޓެނިހަށް އަރާލަމުން ޔަލްވީގޮސް ވަނީ ވީއައިޕީ ބަޔަށްށެވެ. ޔުވާން ޔަލްވީއަށް ވީއައިޕީ ބައިން ޖާގަ ހޯދައިދިނީ ޕާރސަނަލް ޓްރެއިނަރ އެއް ހަމަޖައްސާފައެވެ. ”މިސް ޔަލްވީ ރައިޓް؟” ޓްރެޑްމިލްގައި އެއްއަތް އަޅުވާލައިގެން ހުރި ހަށިގަނޑު ވަރުގަދަ ޒުވާނާ ޔަލްވީއާ ސުވާލުކޮށްލިއެވެ. ”ލައްބަ!” ޔަލްވީ ޖަވާބުދިނީ ކުޑަކޮށް އަޅައިގަނެފައެވެ. ކުރިމަތީހުރި ޒުވާނާ ފެނިފައި ޔަލްވީގެ ބަސް ހުއްޓުނުފަދައެވެ. ހަށިގަނޑަށް ބަލާލައިފައިވެސް ބޮޑީ ބިލްޑް ކުރާ މީހެއްކަން އެނގޭނެއެވެ. ލައިގެން ހުރި ކަޅު ސްޕޯޓްސް ޓީސާޓުން މޭމަތީގެ މަސްތައް ފާޅުވާން ހުއްޓެވެ. އަތުގެ ނާރުތައްވެސް އެހާ ބޮޑަށް ފެންނަން ހުރިއިރު ޔަލްވީ އެންމެ އަޅައިގަތީ މެއިންޓެއިން ކޮށްލެވިފައިވާ މަތިމަހާއި ތުނބުޅި ފެނިފައެވެ. އިސްތަށިގަނޑު ރީތިގޮތަކަށް ސްޓައިލްކޮށްލެވިފައި ހުއްޓެވެ. ”ހެލޯ މިސް ޔަލްވީ؟”ކަރުކެހިލަމުން އެ ޒުވާނާ ޔަލްވީއަށް ގޮވާލީ ޔަލްވީ ބަހެއް ނުބުނެ ހުރުމުންނެވެ. ”އަމް ލިއަމް ޖުނެއިދު، ޔަލްވީގެ ޕާރސަނަލް ޓްރެއިނަރ” ލިއަމް ޔަލްވީއަށް ކުޑަ ތައާރަފެއް ދިނެވެ. ”ހާއި އަމް މަރިޔަމް ޔަލްވީ ޔާސިރު” ޔަލްވީވެސް ތައާރަފުވެލިއެވެ. ”މިސް ޔަލްވީ ޔުއަރ 10މިނެޓްސް ލޭޓް، އައި ކާންޓް ވޭސްޓް މައި ޓައިމް، އެހެންކަންކަންވެސް ހުރޭ ކުރަންޖެހޭ، އައި ވޯންޓް ޔޫ ޓު ބީ އޮން ޓައިމް” ހަރުކަށި ރާގަކަށް ލިއަމް ޔަލްވީއަށް އިންޒާރެއް ފަދައިން ބުނެލިއެވެ. އެދެލޮލުގައއި އާދަޔާ ޙިލާފު ކަމެއް ވާކަން ޔަލްވީއައް ފާހަގަވެގެން ތަންކޮޅެއް ގިނައިން ބެލުނެވެ. ”ހިނގާ ފަށަމާ؟” ޔަލްވީ އަނގައިން ނުބުނެ ހުރުމުން ލިއަމް ވާހަކަދެއްކިއެވެ. ލިއަމްގެ ހަރުކަށިކަން ޔަލްވީ އެހާ ގަޔާވާ ގޮތެއް ނުވިއެވެ. ޓްރެއިނިން ފެށިގެން ކުރިއަށް ދާންފެށިއެވެ. ކައިރީގައި އެހެން މީހުންވެސް އެމީހެއްގެ އިންސްޓްރަކްޓަރގެ އިރުޝާދުތަކާއި އެއްގޮތަށް ކަންތައްކުރަމުން ގެންދިޔައެވެ. ”އެކްސް ކިއުޒް މީ، އެބަ އަންނަން، ވަރަށް މުހިންމު ކޯލެއް” ލިއަމް ފޯނު ކަންފަތު ޖަހަމުން އެތަނުން ނުކުތީ ޔަލްވީއަށް އިރުޝާދު ދީފައެވެ. ”ހެލޯ ޕްރިޓީ ؟ ހާދަ ލޯބިއޭ، ރީތި އުނަގަނޑެއް އިނގޭ” ދުރުގައި ހުރި ތަނޮކޮޅެއް ހަރުވަރުގެ އިންސްޓްރަކްޓަރ އެއް ޔަލްވީ ކައިރިއަށް އައީ ލިއަމް ދިޔަތަން ފެނުމުންނެވެ. ވަހުޝީ ފާޑަކަށް އެމީހާ ޔަލްވީއަށް ބަލަން ހުރުމުން ޔަލްވީގެ ރުޅި ގަދަވިއެވެ. ހިފައިގެން ހުރި ބަރު ބޭއްވުމަށްފަހު ވީއައިޕީ ރޫމުން ޔަލްވީ ނުކުމެގެންގޮސް ރިސެޕްޝަން ކައިރީ މަޑުކޮށްލިއެވެ. ‘ކޮބާ މިތާގެ މެނޭޖަރ؟” ރުޅި އައިސްގެން ޔަލްވީ ވަރަށް ބާރަށް ސުވާލުކޮށްލިއެވެ. ރިސެޕްޝަންގައި އިން ކުއްޖާ ޖެހިލުންވެ ހުރެ ޔަލްވީގެ ފުރަގަހުގައި ހުރި މީހާއަށް އިނގިލި ދިއްކޮށްލިއެވެ. ”މިހުރީ މިތާގެ މެނޭޖާ އަކީ”، ފަހަތުން އިވުނު އަޑުން ސިހިފައި ޔަލްވީ ފަހަތައް އެނބުރި ބަލާލިއެވެ.
4 Comments!
Comments are closed.

Hii dear readers, this is the 3rd episode of the story. Sorry for the delay , will upload next episode soon…. Hope you all like this episode. Lots of love…. Be safe and keep commenting ♥️♥️♥️
ޔަލްވީގެ ފަހަތުން އެ އިވުނީ ކާކުގެ އަޑެއްބާ…ދެން ވާނީ ކިހިނެއްހެން ހީވަނީ
any guesses for what will happen next???
Vrh rythi hama bunaane ehcheh vx neynge
I think yalwee ge fahathuga e hury yalwee kuryge bf… Dhen Anekkaa fahun yalwee ge personal trainer ah hih kiyaanee kanneynge… N aayath and azaan vrh gulhey… Mihaaru yuvaan ekani V dhwww..
Azaan❤️Aayath Liam❤️Yalwee Yuvaan❤️???
Can’t wait for the next ep
Thank you anonymous ♥️♥️♥️ lets see vaagotheh dhw. There might be a twist with something unexpected… Will try to upload next episode sooon. Lots of love… Be safe♥️♥️