Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (ފަހުބައި)

lamhus Level 910 Stories100 Login500 Login100 Stories100 Comments
May 9, 2022 3 Mins Read
3 Comments

އާތިފްގެ އެވީޑިއޯ ބަލާ ނިމުނު ފަރީޝާގެ ދެލޯ ކަރުނައިން ފުރުނެވެ.ވީޑިއޯ ހުއްޓައިގެން އާތިފަށް ބަލަން ދެރަވެފައި ފަރީޝާ އިންދާ، އެކޮޓަރިއަށް ވިޔާމް ވަނެވެ.ލޯޔަރު އައި ވާހަކަ ފަރީޝާ ގާތު ވިޔާމް ބުނުމާއެކު، ލޯފުހެލާ ލެޕްޓޮޕްވެސް ނިވާލުމަށްފަހު ފަރީޝާ ސިޓިންރޫމަށް ނިކުތެވެ.

ލޯޔަރު އައުމުން އޭނާއަށް މެހެމާންދާރީ ފަރީޝާ އަދާކުރިއެވެ.ކުޑަވަގުތުކޮޅަކު ފަރީޝާމެނާ އަނގަތަޅާލުމަށްފަހު، އެޕާޓުމަންޓު ފަރީޝާގެ ނަން މައްޗަށް ބަދަލުކުރިކަމުގެ ލިޔުން ފަރީޝާ އަތަށްް ލޯޔަރު ދިއްކޮށްލިއެވެ.ލޯޔަރު ދަމުން ދިޔައީ އައިލީންގެ ބެލެނިވެރިކަން ފަރީޝާމެނަށް ހޯދައިދިނުމަށް އޭނާ ވަރަށް މަސައްކަތް ކުރާނެކަމަށް ބުނުމަށްފަހުގައެެވެ.އަދި އޭނާއާ އާތިފަކީ ވަރަށް ގާތް ދެއެކުވެރިން ކަމަށްވެފައި، ފަރީޝާގެ ރަނގަޅުވާހަކަ އޭނާ ގާތު އާތިފް ދައްކާފައިވާ ކަމަށްވެސް ލޯޔަރު ދަމުން ބުންޏެވެ.

ލޯޔަރު ދިއުމުން ލިޔުން ހިފައިގެން ފަރީޝާ އަނެއްކާވެސް އާތިފްގެ ކޮޓަރިއަށް ވަދެ، އައިލީންނާ އާތިފްގެ ފޮޓޯތައް ހުރި ފޮށި އަލަމާރިއަށް ލިއެވެ.އަދި އާތިފް ތަޅުދަނޑި ބަހައްޓާފައި ހުންނަ ތަނުން، ފަރީޝާގެ އެޕާޓްމަންޓުގެ ތަޅުދަނޑި ނެގުމަށްފަހު އެ އެެޕާޓުމަންޓު ބަލާލުމަށް އޭނާ ދިޔައެވެ. އާތިފް ދިރިއުޅުނު އެޕާޓުމެންޓާ ޖެހިގެން ތިރީގައިވާ އެ އެޕާޓުމަންޓަށް ފަރީޝާގެ އިތުރުން ވިޔާމްވެސް ވަނެވެ.އެތަނަކީވެސް ހިތްގައިމުކޮށް ހަދާފައިވާ ތަނަވަސް ތަނެކެވެ.ބޮޑު ސިޓިންރޫމަކާއެކު ތަނަވަސް ދެކޮޓަރި އިންނަ އެއެޕާޓުމަންޓަށް ފަރީޝާ ވަރަށް ރަނގަޅަށް ނަޒަރު ހިންގާލިއެވެ.

***********

ވިޔާމްގެ މަންމަ ފުރުވާލުމަށްފަހު ފަރީޝާގެ އެޕާޓުމަންޓަށް ބަދަލުވާން އެމީހުން އުޅުނެވެ.އެތަނަށް އެއްޗެހިތައް ބަދަލުކޮށް ކުރިން އުޅުނު އެޕާޓްމަންޓު ސާފުކުރުމަށްފަހު އެތަން ކުއްޔަށްދޭން އައިބޭގައި އެމީހުން ޖެހިއެވެ.ގެނައި ހުރިހާ އެއްޗެއް ފަރީޝާގެ އެޕާޓްމަންޓުގައި ތަރުތީބުކުރަން ފަރީޝާގެ އިތުރުން ވިޔާމް އުޅުނުއިރު އައިލީން އިނީ ސޯފާގައި އިށީންދެލައިގެނެވެ.މުޅިން އާ ތަނަކަށް އާދެވުމުން ކޮންމެވެސް ވަރަކަށް އެކުއްޖާ އިނީ ހައިރާންވެފައެވެ.

މުޅިތަން ތަރުތީބުކޮށް ނިމުނެވެ.އާތިފް ދިން ފޮށި ވަރަށް އަމާނާތްތެރިކަމާއެކު ފަރީޝާ ރައްކާކުރުމަށްފަހު، އައިލީންގެ ގާތަށް ދިޔައެވެ.އެވަގުތު ވިޔާމް ވަނީ ފާހަނައަށް ފެންވަރާށެވެ. “ދަރިފުޅު ހިނގާ ކާން” ސިޓިންރޫމަށް ނިކުމެ ސޯފާގައި އިން އައިލީންނަށް ފަރީޝާ އަހާލިއެވެ. “އަދި ބަނޑުހައެއްނުވޭ ދެންމެ ކޮއްކޮ ކެއީމެއްނު…މީ ކޮންތަނެއް؟…ކޮބާ ބައްޕި؟” އައިލީން އަހާލިއެެވެ.އައިލީންގެ އެސުވާލުން ފަރީޝާއަށް ތުންފިއްތާލެވުނެވެ.

“މިއަދުން ފެށިގެން ތިންކުދިން އުޅޭނީ މިތާނގަ” އައިލީން ކައިރި އިށީނަމުން ފަރީޝާ ބުނެލިއެވެ. “ކޮބާ ބައްޕި މަންމީ؟” ފަރީޝާ އިށީނުމުން އޭނާގެ ގައިތެރެއަށް ވަންނަމުން އައިލީން އަނެއްކާވެސް އަހާލިއެވެ.ވަރަށް ވިސްނުމަށްފަހު އައިލީންނަށް ހަގީގަަތަށް ކިޔައިދޭން ފަރީޝާ ނިންމިއެވެ. “ދަރިފުޅުގެެ ބައްޕަ މަރުވެއްޖެ..މިއަދުން ފެށިގެން ދަރިފުޅުގެ ބައްޕަ އަކީ ވިޔާމްބެ އިނގޭ” އޯގާތެރިކަމާއެކު ފަރީޝާ ބުނެލިނަމަވެސް އެއަޑުގައި ހިތާމަވެރިކަން އެކުލެވިފައި ވެއެވ.ެ

“ދެން ބައްޕައެއް ނާންނާނެދޯ؟…ބައްޕި ބުނި ކޮއްކޮގެ މާމައާ ކާފަވެސް މަރުވީމަ ދެން ދުވަހަކުވެސް ނާންނާނެއޯ” އައިލީންގެ އެބަސްތަކުން ފަރީޝާ ފެންކަޅިވި ނަމަވެސް އައިލީން ކުރިމަތީގައި އެކަރުނަތައް ހިންދާލިއެވެ. “އާނ ދަރިފުޅޫ ބައްޕަ ދެން ނާންނާނެ..އެކަމަކު މަންމިއާ ވިޔާމް ބޭބެ އެހުރީނު ދޯ…ވިޔާމްބެ އެއީ ދެން ކޮއްކޮގެ ބައްޕިއަކީ” އައިލީން ގަޔާ ކައިރިކޮށްލަމުން އޯގާތެރިކަމާއެކު ފަރީޝާ ބުނެލިއެވެ.

ފަރީޝާ އެހެންބުނުމުން އައިލީން ދުވެފައި ފަރީޝާމެންގެ ކޮޓަރިއަށް ވަނެވެ.އެކުއްޖާ ދިޔަގޮތުން ފަރީޝާ ހީކުރީ އައިލީން އެދިޔައީ ރޯން ކަމަށެވެ.އެހެންކަމުން އައިލީންގެ ފަހަތުން ކަހަލަގޮތަކަށް ފަރީޝާވެސް ދިޔައެވެ.ކޮޓަރިދޮރު ހުޅުވާލުމާއެކު ފެންވަރައިގެން ރީތިވާންހުރި ވިޔާމް، އައިލީންގެ އިތުރުން ފަރީޝާއަށްވެސް ފެނުނެވެ.އައިލީންމެން ވަނުމުން އެމީހުންނާ ދިމާލަށް ވިޔާމް އެނބުރުނެވެ.

އެވަގުތު އައިލީން ވިޔާމާ ދިމާލަށް ބައްޕީއޭ ކިޔާ ގޮވާލުމަށްފަހު އޭނާގެ ގާތަށް ދިޔައެވެ.ބައްޕީއޭ ކިޔާ އައިލީން ގޮވާލިއަޑު ވިޔާމްގެ ކަންފަތުގައި ޖެހުމާއެކު އޭނާއަށް ސިހުމެއް ލިބިގެންދިޔަކަހަލައެވެ.ހުއްޓުންއެރިގޮތަށް އައިލީންނާ ދިމާލަށް ބަލަން ވިޔާމަށް ހުރެވުނެވެ.ވިޔާމް ބަލަންހުރުމުން ބައްޕީއޭ ކިޔާ އަނެއްކާވެސް އައިލީން ގޮވާލީ ވިޔާމްގެ ފައިގައި ބައްދާލަމުންނެވެ.އެއާއެކު ވިޔާމަށް ހޭވެރިކަން ވިއެވެ.

އައިލީން އޭނާއާ ދިމާލަށް ބައްޕާއޭ ކިޔާ ގޮވާލުމުން އެހިތަށް ލިބިގެންދިޔައީ ބަޔާންކޮށްދޭން ދަތި އުފާވެރިކަމެެކެވެ.ދަރިން ލިބުމުން މަހުރޫމުވެފައިވާ ވިޔާމަށް ދަރިއަކު ލިބުނުފަދަ އިހުސާސެއް ކުރެވުނެވެ. “މަންމި ބުނީ ތީއޯ ދެން ކޮއްކޮގެ ބައްޕިއަކީ” އައިލީން ގާތަށް ވިޔާމް ތިރިވެލުމާއެކު އެކުއްޖާ ބުނެލިއެވެ. “ކޮއްކޮ ދެން ލޯބިވާނީ ތިބައްޕަދެކެ އިނގޭ” ވިޔާމާ ދިމާލަށް ބަލަންހުރެ ނިޔަނެތި ގޮތަކަށް އައިލީން ބުނެލިއެވެ.

އެކުއްޖާގެ އެބަސްތަކުން ވިޔާމް ރޮއްވާލިއެވެ.އޭނާއަށް ލިބުނު އުފަލެއްގެ ބޮޑުކަމުން އެދެލޮލުން ކަރުނަ އޮހޮރިގެން ދިޔައެވެ.ވިޔާމް ރޯންފެށުމުން އޭނާގެ ދެލޯ ފުހެލަދިނުމަށްފަހު ރޮނީ ކީއްވެތޯ އައިލީން ވިޔާމްގާތު އަހާލިއެވެ. “އުފަލުން ގޮސް..ދެން އަބަދުވެސް ބައްޕަ އިނގޭ ކިޔާނީ ދަރިފުޅާ” އައިލީން ގައިގައި ލޯބިން ބައްދާލަމުން ވިޔާމް ބުނެލިއެވެ.

**********

އައިލީންގެ ބެލެނިވެރިކަން ހޯދަން ފަރީޝާމެން ކޯޓަށް މައްސަލަ ލިއެވެ.ފަރީޝާގެ އިތުރުން ވިޔާމްވެސް ކޯޓުގެ އަޑުއެހުމަށް ދާން ނުނިދިފައި އޮތެވެ.އެލޯބި ކުއްޖާ ހޯދަން ކުރެވެންހުރި ހުރިހާ ކަމެއްވެސް ކުރަން މިއަދު އެދެމީހުް ތިބީ ތައްޔާރަށެވެ.އެހާ ދުވަހު އެކުގައި އުޅެފައި އެކުއްޖާއާ ވަކިވާކަށް އެމީހުންނަކަށް ފަސޭހައެއް ނުވާނެއެެވެ.އެކަން އެގޮތަށް ވާން އެމީހުން އެއްގޮތަކަށްވެސް ނޭދެއެވެ.

ކޯޓަށް މައްސަލަ ލި ހިސާބުން ފަރީޝާމެން ދިޔައީ ކެނޑިނޭޅި އައިލީން އެމީހުންނަށް ދެއްވާތޯ ދުއާކުރަމުންނެވެ.ފަރީޝާމެނަށް އައިލީން ހޯދައިދޭން ލޯޔަރު ވަރަށް މަސައްކަތްކުރިއެވެ.އެގޮތުން އައިލީންގެ އުފަންމަންމަގެ ވިޔާނުދާ ވާހަކައާއި އޭނާ ކައިރި ކުޑަކުއްޖަކު ގެންގުޅެން އަމާން ނުވާނެކަމަށްވެސް ލޯޔަރު ގާޒީއަށް ކިޔައިދިނެވެ.ކޯޓުން އައިލީންގެ މަންމަގެ ތަފްސީލު ބެެލުމަށްފަހުު އޭނާއަކީ މަސްތުވާތަކެތި ބޭނުންކުރާ މީހެއްގެ އިތުރުން އެތައްފަހަރަކު ޖަލަށްވެސް ލައިފައި ހުރި މީހެއްކަމުނ،ް އޭނާއަށް އައިލީން ހަވާލުކުރުން ރައްކާތެރި ނުވާނެތީ ދެން ކޯޓުން ބެލީ އައިލީން ދުރުބަޔަކާ ހަވާލުކުރުމަށްވުރެ، އެކުއްޖާއާ ތިމާގެ މީހަކާ ހަވާލުކުރެވޭތޯއެވެ.

އައިލީންގެ ބައްޕަ ފަރާތުން ތިމާގެ އެއްވެސް މީހަކު ދުނިޔޭގައި ނެެތުމުން، ކޯޓުން ދެން ބެލީ އައިލީންގެ މަންމަ ފަރާތުން ތިމާގެ އެއްވެސް ބަޔަކު ދުނިޔޭގައި ތިބިތޯއެވެ.އައިލީންގެ މަންމަ ފަޅިން މާމައާ ކާފަގެ އިތުރުން، އައިލީންގެ މަންމަގެ އެއްބަނޑު އެއްބަފާ ބޭބެއެއް އައިލީންގެ ބޮޑުބޭބެއެއް ހުރެއެވެ.އެެހެންކަމުން އެމީހުން އެކުއްޖާއާ ހަވާލުވޭތޯ ކޯޓުން ސުވާލުކުރިއެވެ.

އައިލީންގެ މާމައާ ކާފައަކީ އުމުރުން ދުވަސްވެ މުސްކުޅިވެފައި ތިބި ބައެއްކަމުން އެއުމުރުގެ ކުއްޖަކާ ހަވާލުވުމަކީ އެމީހުންނަށް ވާނެކަމެއް ނޫންކަމަށް އެމީހުން ބުނުމުން، ދެން ކޯޓުން ސުވާލުކުރީ އައިލީންގެ ބޮޑުބޭބެއާއެވެ.ނަމަވެސް އައިލީންގެ ބޮޑުބޭބެއަކީ ގިނައިން ކަނޑުމަތީގައި އުޅޭމީހެކެވެ.އަދި އޭނާގެ އަންހެނުން އުޅެނީ އެމީހުންގެ ދަރިންތައް ބެލުމުގައު އަވަދިނެތިކަމުން އައިލީން ބެލުމަކީ ބޮޑުބޭބެއަށްވެސް ވާނެކަމަކަށް ނުވާތީ އާއިލާގެ ފަރާތުން އައިލީންނާ ހަވާލުވާނެ އެކަކުވެސް ނުވިއެވެ.

އައިލީންނާ ހަވާލުވާން ތިބީ ފަރީޝާމެންކަމުން އަދި އެއީ އައިލީންނާ ތިމާގެ ކަމެއްނެތް ބައެއްކަމުން އެމީހުންނާ ބެހޭގޮތުން ކޯޓުން ސުވާލުކުރިއެވެ.އެގޮތުން އައިލީންގެ އިތުރުން ސުކޫލު ޓީޗަރުންނާވެސް ފަރީޝާމެނާ ބެހޭގޮތުން ކޯޓުން ސުވާލުކުރިއެވެ.އައިލީންވެސް އަދި ސުކޫލުންވެސް ބުނީ ފަރީޝާދެކެ އައިލީން ވަރަށް ލޯބިވާކަމާއި ފަރީޝާއަކީ ބީރައްޓެއްސެއްހެން އުޅޭއުޅުމުން ފާހަަގަނުވާކަމަށެވެ.

އެކިގޮތްގޮތުން ބެލުމަށްފަހު އައިލީންގެ ބެލެނިވެރިކަން ފަރީޝާމެނަށް ދޭން ކޯޓުން ހުކުމްކުރިއެވެ.އައިލީން ފަރީޝާމެނަށް ލިބުމުން އެމީހުން ވަރަށް އުފާވިއެވެ.މިއަދު އައިލީން ގޮވައިގެން ފަރީޝާމެން ކޯޓުން އެނިކުންނަނީ ދުވަހަކުވެސް އެތުއްތު އަތުން ދޫނުކޮށްލާނަން ކަމަށް ހިތާހިތުން ވައުދުވާ ހާލުގައެވެ.އެއީ އައިލީންނަކީ އެދެމަފިރިންގެ ހަޔާތުގައި ފުރިހަމަނުވެފައިވާ ދަރިއެއްގެ ޖާގަ ފުރާލަދިން ކުއްޖާއެވެ.އަދި ހަމައެހެންމެ އެމީހުންގެ ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާވެސް މެއެވެ.

……ނިމުނީ….

Share Article

Follow Me Written By

lamhus

Level 910 Stories100 Login500 Login100 Stories100 Comments

Other Articles

....ލޯބިވާތީ
Previous

ލޯބިވާތީ…6

Next

ވާތީ މަ ކައިރީގައި 8

Next
May 10, 2022

ވާތީ މަ ކައިރީގައި 8

Previews
May 9, 2022

ލޯބިވާތީ…6

....ލޯބިވާތީ

3 Comments!

  1. Ayeshath Amaana says:
    May 9, 2022 at 7:12 pm

    Alheyy nimunytha ???….. Vrh rythi ingey…. Ekm vrh dheravey ehaa rythi syoryeh nimunyma.. ur vry talented Masha Allah …. Look forward to a new story from u …❤️❤️ New story eh genesdheynan dhw… Plx say yes ingey… Lysmmmmm tc n stay safe love

  2. lamhus says:
    May 9, 2022 at 7:58 pm

    Yah nimuny ayeshath amaana
    Thanks dear story kamudhiyaama v happy ?
    Adhi insha Allah alhugandah ge story eh kuriah oiytha a fennane once again thank you soooooo much ?

  3. Angry says:
    May 30, 2022 at 4:26 pm

    Best story ever

Comments are closed.



All Right Reserved!