Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (69)

lamhus Level 910 Stories100 Login500 Login100 Stories100 Comments
May 8, 2022 3 Mins Read
2 Comments

އާތިފް މަރުވުމުން އޭނާގެ ގައިގައި ގުޅާފައި ހުރި މެޝިންތައް ނިވާލުމަށްފަހު، މޫނާއެކު މުޅި ގައިގައި ނަރުހުން ބެޑްޝީޓް އަޅާލިއެވެ.އެވަގުތު ކިތަންމެ ހިފަހައްޓަން މަސައްކަތް ކުރިނަމަވެސް ފަރީޝާއަށް ވަރަށް ބޮޑަށް ރޮވުނެވެ.

އޭނާގެ ލޯ ކުރިމަތީގައި ތާއަބަދަށް އާތިފް ވަކިވެގެން އެދިޔައީއެވެ.އައިލީންގެ ބައްޕަ މިދުނިޔެއާ ވަކިވުމުން އައިލީންނަށް ކުރާނެ އަސަރު ހިތަށް އެރުމުންވެސް ފަރީޝާއަށް އިތުރަށް ރޮވުނެވެ.ފަރީޝާ ރޯން ފެށުމުން ވިޔާމް އޭނާ ގޮވައިގެން އެކޮޓަރިން ނިކުތެވެ.

*******

އާތިފްގެ މަރު ފޯމު ފުރާ ކަށުކަމާކެމީގެ ކަންކަން ކުރަން ހޮސްޕިޓަލުގެ އިތުރުން ވިޔާމްމެން އުޅުނެވެ.ވިޔާމް މަރުވި ހަބަރު، ވިޔާމްގެ މަންމައަށް ވިޔާމް ގުޅާފައި ދިނެވެ.އެހަބަރު ލިބުމާއެކު ވިޔާމްގެ މަންމައަށް ބަލައިލެވުނީ މައުސޫމުކޮށް ނިދާފައި އޮތް އައިލީންނާ ދިމާލަށެވެ.

*********

އާތިފް ވަޅުލުމަށްފަހު ފަރީޝާމެނަށް އެނބުރި ގެއަށް އާދެވުނީ އިރުވެސް އެރި ފަހުންނެވެ.އޭރުވެސް ފަރީޝާ ހުރީ ނެގިމަޑުވެފައި ހުރި ގޮތަކަށެވެ.ފަރީޝާގެ ބަސްމަދުކަމާއި ހުންނަ ހިމޭން ކަމުން އޭނާ ރަނގަޅެއްނޫންކަން ވިޔާމަށް އެނގުނެވެ.ގެއަށް ވަނުމާއެކު ފަރީޝާ ގާތު އޯގާތެރިކަމާއެކު ފެންވަރަން ދިއުމަށް ވިޔާމް އެދުނެވެ.ފަރީޝާ ފެންވަރައިގެން ނުކުތުން އޭނާއަށް ކާއެއްޗެއް ވެސް ވިޔާމް ތައްޔާރުކުރިއެވެ.ފަރީޝާ އެއްގޮތަކަށްވެސް ކާހިތެއްނެތެވެ.ވިޔާމް އާދޭސް ކުރާވަރުން ދެތިން ފަހަރަކު އަނގަޔަށް ލުމަށްފަހު ބެހެއްޓީއެވެ.

ގިނަވަގުތު ރުއިމުގެ ސަބަބުން ފަރީޝާގެ ބޮލަށް ގަދައަށް ރިހެމުންދާތީ، ބޯހަމަޖައްސާލުމަށް ނިދޭތޯ އޭނާ އެނދުގައި ޖައްސާލިއެވެ.ނަމަވެސް ފަރީޝާއަށް ނިދޭގޮތެއް ނުވިއެވެ.ލޯމަރާލިއަސް އާތިފް ފެންނަހެން ފަރީޝާއަށް ހީވާން ފެށިއެވެ.އޭނާ ފަރީޝާދެކެ ވާލޯބި ބުނެދޭއަޑު ފަރީޝާގެ ކަންފަތުގައި ގުގުމަން ފެށިއެވެ.

އާތިފްގެ ހަނދާންވާން ފެށުމުން އަނެއްކާވެސް ފަރީޝާގެ ދެލޮލުން ހޫނު ކަރުނަތައް އޮހޮރިގެން ދިޔައެވެ.މަޑުމަޑުން އޭނާއަށް ބަލައިލެވުނީ އިނގިލީގައި އިން އާތިފް ދިން އަނގޮޓިއަށެވެ.އޭނާއާއެކު އެއްގެއެއްގައި އުޅެފައި ކުއްލިއަކަށް އާތިފް ވަކިވުމުން އެހަނދާން ފަރީޝާއަށް އަބަދުވެސް ވާނެފަދައެވެ.އާތިފާއި ވިޔާމް ކަހަލަ ރަނގަޅު މީހަކު މިދުނިޔޭގައި މަދުވާނެއޭ އޭނާގެ ހިތަށްއަރަމުންދިޔައެވެ.

ހުރިހާ ގޮތަކުން ބެލިއަސް އާތިފަށް ތައުރީފު ހައްގެވެ.އެއީ ހިތްވަރު ގަދަ ބައްޕައެކެވެ.އިތުބާރުކުރެވޭނެ އެކުވެރިއެކެވެ.ވާހަކަތައް ހިއްސާކުރެވޭނެ ރަހުމަތްތެރިއެކެވެ.ހަމަ އެހެންމެ މަސައްކަތްތެރިންނަށް އޯގާތެރި، އެމީހުންގެ އިހުސާސްތައް ދަންނަ ވެރިއެކެވެ.އާތިފް ވަކިވެގެން އެދިޔައީ ފަރީޝާއަށް ދެވޭނެ އެންމެ ބޮޑު އަދި އެންމެ އުފާވެރި ހަދިޔާ ދޫކޮށްފައެވެ.އެއީ ކުޑަކުޑަ އައިލީންނެވެ.އެކަަމަށް ފަރީޝާ އަބަދުވެސް އާތިފަށް ޝުކުރުވެރިވާނެއެވެ.

އާތިފަށް ވި ވައުދާއި ކުޑަ އައިލީންނަށްޓަކާ ފަރީޝާ ހަމައަކަށް އެޅެން ހިތްވަރު ނެރުނެވެ.އެހެންކަމުން ލޮލުގައިވާ ކަރުނަ ފުހެލުމަށްފަހު އައިލީން ގާތަށް ދިއުމަށް އޭނާ އެނދުން ތެދުވިއެވެ.އައިލީންގެ ކޮޓަރިއަށް ފަރީޝާ ވަތްއިރު އައިލީން އޮތީ ނިދާފައިކަމުން، ސިޓިންރޫމު ސޯފާގައި އިން ވިޔާމްގެ ގާތަށް ފަރީޝާ ދިޔައެވެ

“ދެންމެ ވިޔާމްވެސް ބަލައިލާފިން އައިލީން ހޭލިތޯ އެކަމް ނިދާފަ އޮތީ…މިހާރު އޯކޭތަ؟ ކީއްވެ ނުނިދީ؟” ފަރީޝާ އައުމުން އޭނާއަށް އިށީންނަން ތަންދައްކަމުން ވިޔާމް އަހާލިއެވެ. “އައިލީންނަށްޓަކާ އޯކޭވާނަން….ނިދާހިތެއް ނެތް” ވިޔާމް ކައިރި އިށީނަމުން ފަރީޝާ އަހާލިއެވެ.އެވަގުތު ފަރީޝާ ކުރިން އުޅުނު ކޮޓަރިން ވިޔާމްގެ މަންމަ ނިކުތެވެ.

“މަންމަ މިއުޅެނީ މެންދުރު ފުރަން…މަންމަގެ ޗުއްޓީވެސް ހަމަވާނެ….މަންމަ ދިޔަޔަސް އުދަނގުލެއް ނުވާނެއެއްނު؟” ކޮޓަރިން ނިކުމެގެން އައި ވިޔާމްގެ މަންމަ އަހާލިއެވެ. “މަންމަ ބޭނުންނަމަ މިތާ ހުއްޓަސް މައްސަލައެއްނެތޭ” ފަރީޝާ ބުނެލިއެވެ. “ނޫނޭ ވަޒީފާގަ އުޅޭއިރު ބޭނުން ދުވަހެއް ވަންދެން ނުހުރެވޭނެއެއްނު…މަންމަ އަދި އަންނާނަން އިރާދަކުރެއްވިއްޔާ” ވިޔާމްގެ މަންމަ ބުނެލިއެވެ.

“ދަރިފުޅުމެން ދެން ކިހިނެއް ހަދަން ތި ގަސްތުކުރަނީ؟…އާތިފް ފަރީޝާ ދަރިފުޅަށް އެއްފުލޯ ގެއިން ދިނެއްނު….ދެން މިތަނަށް ކިހިނެއް ހަދަނީ؟” ވިޔާމްގެ މަންމަ އަހާލިއެވެ. “މިތަން ކުއްޔަށްދޭން މިނިންމަނީ..އާތިފް އުޅުނު ތަން ވީމަ ވަރަށް ހަނދާންވާނެއެއްނު…ރޭގަ ސަހަރާއިން އާތިފްގެ ރައްޓެހި ލޯޔަރާ ދިމާވެގެން އޭނަ ބުނީ މީގެ ތިރީ ފުލޯއޭ ފަރީޝާއަށް އާތިފް ދޭން ނިންމީ..އެތަންހުރީވެސް ހުސްކޮށްފަޔޯ މިހާރު…އެތާނގަ އިންނާނީ ދެކޮޓަރިއޯ….މިގޭ ރަޖިސްޓްރީ އައިލީންގެ ނަން މައްޗަށް ބަދަލުކުރާނެ ވާހަކަވެސް އޭނަ ބުނި…އެއީ އާތިފްގެ އެދުމޯ….މިގޭގަ ކުއްޔަށް އުޅޭ މީހުންގާތު އާތިފްގެ މަރުގެ ޚަބަރު ލޯޔަރު ދީފީމޯ އަދި އެމީހުން ކުލިތައް ދެން ހަވާލުކުރާނީ ފަރީޝާއަށް ކަމަށްވެސް ލޯޔަރުބުނި” ފަރީޝާ ބުނެލިއެވެ.

“ކޮބާ ދެން އެތާނގެ ތަޅުދަނޑި؟” ވިޔާމް އަހާލިއެވެ. “އާތިފްގެ ކޮޓަރީގަ އެބަހުރި ތަޅުދަނޑިތަކެއް އެތާނގަހެން ހީވަނީ…ފަރީޝާ ބޭނުންނަމަ މިހާރުވެސް އެތަނަށް ވަދެވޭނެ..އެކަމަކު ލިޔުން ނިމުނީމަ ވަންނަންކަމަށް މިމަޑުކުރަނީ” ފަރީޝާ ބުނެލިއެވެ.ވިޔާމާ އޭނާގެ މަންމައާ ވާހަކަދައްކާލުމަށްފަހު ފަރީޝާ އެނބުރި އާތިފް އުޅުނު ކޮޓަރިއަށް ވަތް ވަގުތު އޭނާއަށް ފޯނަށް އައެވެ.ގުޅީ ލޯޔަރެވެ.އޭނާއަށް އާތިފް ދޭން ނިންމި އެޕާޓްމަންޓު ރަސްމީކޮށް ފަރީޝާގެ ނަން މައްޗަށް ބަދަލުވިކަމާއި ރަޖިސްޓްރީ ހިފައިގެން ގެއަށް އެބަދަން ކަަމަށް ލޯޔަރު ބުނެލިއެވެ.

އާތިފް މަރުވުމުގެ ކުރިން ފަރީޝާ ގާތު ފޮއްޓެއްގެ ވާހަކަ ބުނެފައިވުމުން އެބަލާލުމަށް، ލޯޔަރުގެ ފޯނު ބޭއްވުމާއެކު ފަރީޝާ އުޅުނެވެ.އަލަމާރީގައިވާ އެފޮށިނަގާ ހުޅުވާލިއިރު އާތިފާ އައިލީންނާއެކު ހޭދަކުރި އުފާވެރި ހިނދުކޮޅު ތަކުގެ ފޮޓޯތައް ފަރީޝާއަށް ފެނުނެވެ.އޭގައިވާ ފޮޓޯގަނޑުތައް ނަގާ ފަރީޝާ ބަލަމުންދިޔައެވެ.އެފޮޓޯތަކަށް އެކަނި ބެލިއަސް އާތިފް އައިލީންދެކެ ވާލޯބި ހާމަވެގެންދާނެއެވެ.އޭގެ ތެރޭގައި އައިލީންގެ މަންމަ ލީނާގެ ފޮޓޯގަނޑެއްގެ އިތުރުން ޕެން ޑުރައިވް އެއްވެސް އޮތެވެ.އެހެންކަމުން ކޯޑެއް ނުޖަހާ އިން އާތިފްގެ ލެޕްޓޮޕް ހުޅުވާލުމަށްފަހު، ޕެންޑުރައިވް ފަރީޝާ އެއަށް ޖެހިއެވެ.

ޕެންޑުރައިވްގައިވެސް ވަނީ ހަމަ އެފޮޓޯތަކުގެ އިތުރުން ކުރު ދެތިން ވީޑިއޯ އެކެވެ.ފަރީޝާ ފަހަރަކު ވީޑިއޯއެއް ބަލަންފެށިއެވެ.އޭގައިވަނީ އައިލީންނާއެކު އާތިފް ސަކާރާތްޖަހާ މަޖާކޮށްފައިހުރި ވީޑިއޯތަކެވެ.ފަހަރަކު ވީޑިއޯ ބަލަމުންގޮސް އެންމެ ފަހުން އިން ވީޑިއޯ ފަރީޝާ އަޅުވާލިއެވެ. އެއީ އާތިފް ކެމެރާއަށް ބަލަންހުރެ ވާހަކަދައްކާ ވީޑިއޯއެކެވެ.ވީޑިއޯ ޕްލޭކޮށްލުމާއެކު އާތިފް ދައްކަމުންދާ ވާހަކަ ފަރީޝާއަށް އިވެމުންދިޔައެެވެ.

“ދަރިފުޅާ އައިލީން…ބައްޕަ ހުންނާނެ ދަރިފުޅު އެންމެ ކުޑައިރުއްސުރެ ފެށިގެން ދަރިފުޅާ ބައްޕައާ އެކުގައިވާ ވީޑިއޯތަކާ ފޮޓޯތަކެއް ނަގާފަ..އެއީ ދަރިފުޅު ބޮޑުވުމުން ބައްޕަވި ލޯބި ދަރިފުޅަށް އަންގައިދިނުމުގެ ގޮތުން…އެ އެއްޗެހި ފެނުމުން ބައްޕަ ދަރިފުޅުދެކެ ވާލޯބި ހާމަވާނެ..އަބަދުވެސް ބައްޕަގެ މިހިތުގަ ދަރިފުޅުވާނެކަން ހަނދާންކުރާތި…ދަރިފުޅުގެ މަންމަ ދަރިފުޅު ތުުއްތުއިރު ދޫކޮށްލާފަ ދިއުމުން ދަރިފުޅު ބެލީ ބައްޕަ އެކަނިމާއެކަނި…ބައްޕަގެ އެދުމަކީ ދަރިފުޅު ބޮޑުވެގެން ބަސްއަހާ ކިޔަމަންތެރި ކުއްޖަކަށްވުން…ދަރިފުޅުގެ އުފަންމަންމަ ލީނާ އުޅުނު ވިޔާނުދާ މަގުން ނުހިނގުން….ތީ ބައްޕަގެ ހުރިހާވެސް އެއްޗަކީ ބައްޕަގެ ފުރާނައަކީވެސް…ބައްޕަ ދެން ބުނެލާނެހާވެސް ވާހަކައަކީ ފަރީޝާ ދައްތައަށް ދަރިފުޅު އޯގާތެރިކޮށް ހިތައްޗޭ..އަމިއްލަ ދަރިއެއް ފަދައިން ފަރީޝާ ދައްތަ ދަރިފުޅުދެކެ ވަރަށް ލޯބިވޭ…ބައްޕައަށް އެމަންޒަރުތައް ފެނިފަ ހުރީމަ މިހެން މިބުނަނީ…ފަރީޝާ އެއީ ދަރިފުޅުގެ މަންމަ ކަމަށް ދެކިގެން އުޅޭ” ވީޑިއޯ ނިންމާލަމުން އާތިފް ބުނެލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lamhus

Level 910 Stories100 Login500 Login100 Stories100 Comments

Other Articles

Previous

އިޙްސާސް 4

Next

ބައިވެރިޔާ (3)

Next
May 8, 2022

ބައިވެރިޔާ (3)

Previews
May 6, 2022

އިޙްސާސް 4

2 Comments!

  1. Unknown One says:
    May 8, 2022 at 3:12 pm

    Awwwwnnn butttt athiff
    Mi partv ves varah vra reethi
    Mashallah??❤

  2. lamhus says:
    May 9, 2022 at 10:41 am

    Thanks dear unknown one ?

Comments are closed.

Next Episodeހަޔާތް ބަދަލުކޮށްލި ކުޑަކުއްޖާ (ފަހުބައި)←


All Right Reserved!